“ޔާއިންް” އަހަންނަށް ހަމަ ބިމަށް އާދެވުނީ ރިހާމްް ދެތިން ފަހަރު ގޮވާލުމުންނެވެ. ރަސްފައްނު ގެ ގޮނޑިއެއް ގައި އަހަރުމެން ތިބި އިރު ހިތްގައިމު ވައިރޯޅިތައް ޖެހެމުން ދިޔަ އެވެ. ނަމަވެސް އަހަރެންގެ ހިތަށް ކުޑަވެސް ފިނިކަމެއް ނުވެއެވެ. “ޔާން ހިތް ވަރު ކުރަންވާނެ އިންޝާﷲ ޔާން ގެ މަންމަ އަދި ރަނގަޅުވާނެ! ޔާން ހިތްވަރު އެލުވާ ލީމަ ކާކު ނައިރާ އަށް ހިތްވަރު ދޭނީ؟” ރިހާމްް އަހަންނަށް ވިސްނައިދޭން މަސައްކަތް ކުރަނީއެވެ. ނަމަވެސް އެއްޗެއް ވިސްނޭ ވަރަށްވުރެ […]
އާހިލްގެ އެ ވާހަކަތަކުން އަހަންނަށް އިތުރު ދިރުމެއް ލިބުނު ފަދައެވެ. ހިތުގެ ކަނެއްގައި ފޮރުވިފައި ހިތްވަރު މިލާ މޯޅިވަމުންދާ ގަހަކަށް ފެންދިނުމުން އާރޯކަން ލިބޭ ފަދައަކުން އާވިއެވެ. މަޑުމަޑުން ދާން ހިނގައިގަތް ވަގުތު ހީލްސަގައި ހިނގީމަ ގޮވާފަދަ ޓޮއް އަޑެއް އިވެން ފެށިއެވެ. އެ އަޑު ހީވަނީ އަހަންނާއި ދިމާލަށް އަންނަހެންނެވެ. އަހަރެން އެ އަޑަށް ސަމާލުކަން ދެމުން މަޑުމަޑުން އިސްއުފުލާލައި ބަލައިލީމެވެ. ދެން ފެނުނު މަންޒަރަކުން ހުރިތަނަށް އަހަރެންގެ ފިޔަވަޅު ގަނޑުވިއެވެ. ހައިރާންވެގެންނެވެ. ލިބިފައި ހުރި […]
އެމީހުން ޑެލްޓާ ވެސް ހިފެހެއްޓީ ހެއްޔެވެ؟ އަހަރެން ހާސްވާންފެށީ އެހިސާބުންނެވެ. ހިތުތެރޭގައި އުތުރި އަރަމުން ދިޔަ ރުޅިވެރިކަން ނުތަވަސްކަމަށް ބަދަލުވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަހަރެމެންގެ މިޝަން މި ފެއިލްވީ ހެއްޔެވެ؟ އަހަރެމެންނަށް ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ޒަފަރުއަށް މިހާރު އަހަރެމެންނަކީ ކޮންބައެއްކަން އެނގިއްޖެއެވެ. ހަމަގައިމުވެސް އޭނާ އަހަރެމެން ދިރިހުއްޓަކާ ނުދޭނެއެވެ. ** ** އަހަރެން ލަސްލަހުން އެސްފިޔަތައް ތަޅުވާލަމުން އުނދަގޫ ގޮތަކަށް ދެލޯ ހުޅުވާލީމެވެ. އެހިނދު ލޮލަށް އެޅިގެން ދިޔަ އޮރެންޖު ކުލައިގެ […]
ދާނިޝް ހިޔާލްތަކުގައި ބެހިގެން ދިޔައިރު ރާސިލް ވެސް ދިޔައީ ވިސްނަމުންނެވެ. ފޮޓޯ ގަނޑަށް ބަލަހައްޓައިގެން އިނދެ ދޮންތަގެ އުފާވެރި ކޮންމެ ހަނދާނެއް އޭނާ އާކުރަމުން ދިޔައެވެ. އެ އޮފީހަށް އޭނާ ވަށައިގެން ބަލާލި ކަމުގައި ވިޔަސް ސިފަވަނީ ދޮންތައެވެ. މިއީ އެ ދޮންތަވެސް އެންމެ ފުރަތަމަ ވަޒީފާ އަދާކުރިތަނެވެ. ކެބިން އަށް ވަށައިގެން ބަލާލެވުނީ އެތަނަށް ނަފްރަތު ކުރާ ހާލުގައެވެ. ************ އިންޓަރި ވިއުއިން ދޮންތަ ފާސްވޭތޯ އޭނާ ދުއާ ކުރި އަދަދެއް ނޭގެއެވެ. ސިޓިން ރޫމްގައި […]
*********************************************************************** އެއީ މީގެ ތިން އަހަރު ކުރިއެވެ.އޭރު މާޔާ އާއި ވިޝާލް އުޅެމުން ދިޔައީ ކޮލެޖް ގައެވެ.ވިޝާލް އަކީ ސަކަ މިޒާޖެއްގެ ކުއްޖެކަމުން ކޮލެޖްގެ ހުރިހާ ކުދިންނާއި ވެސް ވަރަށް އެކުވެރިއެވެ. ނަމަވެސް ވިޝާލްގެ އެ ސަކަ މިޒާޖަށް ބަދަލު ވެގެން ދިޔައީ ދިމާވި އެކުވެރިއެއްގެ ސަބަބުންނެވެ..އާއެކެވެ.ވިޝާލް ގެ ހަނދާނުން ނުފިލާ ވަރުގެ ދުވަހެކެވެ. އާދައިގެ މަތިން މިއަދުވެސް އަޒާން ކޮލެޖް ގެ ގޭޓް ތެރެއިން ގޮސް ކޮލެޖް ގެ އެތެރެއަށް ވަނީ ލާފައި ހުރި ނޫ ކުލައިގެ […]
އިރާދަކުރެއްވިއްޔާ އޭނާގެ ހުރިހާ ސުވާލެއްގެ ޖަވާބު މިއަދު ލިބޭނެއެވެ. ***** “ހިނގާބަަލަ ދާން ދެން. ސައިކޮލޮޖީ މީހަކާ ދައްކާލާނީ” އީތަންގެ އަތަށް ދަމަމުން ޔާމީން ބުނެލިއެވެ. “ނޫން ނުދާނަން. މަށަކަށް ނުކެރޭނެ ދާކަށް” ޔާމީންގެ އަތް ފޮޅާލާފައި ދުވެފައި ގޮސް އެނދުގައި އޮށޯންނަމުން އީތަން ބުނެލިއެވެ. ޔާމީން ފުންނޭވާއެއް ލިއެވެ. “ބޭބެ އަކަސް ތީ ބޮޑުވަރު. ކުޑަކުއްޖަކަށް ވުރެ ކަންތައް ފަލައޭ. އީތަން އޮވޭ ތިތާ. މަށެއް ނުހުންނާނަން. މިއަދު ފުރަންވާއިރަށް މަ […]
“އަދި ދިމާވާން ވާނެ އިނގޭ… އިންޝާ ﷲ… ޔަޝޫ ވަރަށް ފޯރިހުންނާނެ މިތަނަށް އަންނަން” މައިލީން ތެދުވަމުން ބުނެލިއެވެ. އެ ދެމީހުން ދިޔަ ދިމާބަލަން ތިބި ޒީޝާ އާއި އައިލީޝް ގެ ތުންފަތް މަތީގައި ވަނީ ހިނތުންވުމެކެވެ. އުނދަގޫވޭ ބުނެދޭން ދަތިވޭ… ހާތަލު މީ… ދެނެގެން މީ އަހަރެންގެ ހާލުކަން އެހީ ވާނުހޭ ރޯތަން ފެންނާނެޔޭ ވީ ކީއްކަން ނޭނގޭނެޔޭ… މީ އުފެދުމުގާ ހުންނަ އުނި ކަމެކޭ… ހިތަށް އަރާ ފެންނާނެނަމައޭ މި ދެލޮލުން ދުނިޔެ އެންމެނަށް […]
އަހަރެންގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އޭގެ މަޤާމު ދޫކޮށް ކޯތާފަތް މައްޗަށް ފެތުރިގަތީ އަހަރެންގެ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އަހަންނަށް ކުރެވުނު ކުށުގެ ބޮޑުކަން ވަޒަން ކޮށްލެވުނީ އެވަގުތުއެވެ. އޭގެ ހިތި ރަހަ އަހަރެންގެ އަރުތެރެއިން މިއިން ދުވަހަކު ފިލާނެކަމެއް ނޭނގެއެވެ. އަހަންނަށް ހުރެވުނީ ކަޅިވެސް ޖަހާނުލައި ބައްޕައާއި ދިމާލަށް ބަލާށެވެ. ބައްޕަގެ އާދަޔާ ޚިޔާލު ޙަރަކާތްތައް ފެނިފައެވެ. ނަމަވެސް ކުއްލިޔަކަށް އަހަރެން ސިހުނީ ބައްޕަ ގެނައި ކުއްލި ޙަރަކާތަކުންނެވެ. ގައި ހުރި ބާރެއް ލައިފައި ބައްޕަ […]
އޭނާ ބޯ ޖަހާލުމާއެކު އަހަރެން ގޮސް އެމީހާގެ އަތުގައި އައްސާފައިވާ ވާތައް މޮހާލީމެވެ. އެވަގުތު އެމީހާ އަވަސްއަވަހަށް އަތުން އިޝާރާތްތަކެއް ކުރަން ފެށުމުން އަހަންނަށް އަނެއްކާވެސް ބަލާލެވުނީ ޑެލްޓާގެ މޫނަށެވެ. މިއޮއް ހުރިހާ އިރަކު އެމީހާއަށް ވާހަކަނުދެއްކިގެން އުޅުނު ސަބަބަކީ މިއީ ހެއްޔެވެ؟ އެއީ ވާހަކަނުދެއްކޭ މީހެއް ހެއްޔެވެ؟ ** ** ލިވިންގް ރޫމުގައި ބަހައްޓާފައިވާ ބޮޑު ބިއްލޫރި މޭޒު ކައިރީގައި އިނދެގެން އަހަރެން ވިސްނަމުން ގެންދިއައީމެވެ. މޭޒުމަތީގައި އަތުރާފައިވާ އެކި ވަރުވަރުގެ ޕޭޕަރުތަކާއި ލެޕްޓޮޕުތަކުގެ ސަބަބުން […]