“ޖައި ހިނގާބަލަ އެތެރެއަށް .. ” ޒޯހާ ޖައިލަމްއަށް ބަލަންއިންގޮތުން ގާސިމްގެ ވާހަކަ ބުނެފާނެތީ ލަޔަކް އަވަހަަށް ޖައިލަމްގޮވައިގެން ޒޯހާބަހައްޓަން ވިސްނި ކޮޓަރިއަށް ވަނެވެ. ލަޔަކް އިތުރު ވާހަކައެއް ދެއްކުމެއްނެތި އަވަހަށް އެތާންގެ އެތެރެސާފުކުރަން ފެށުމުން ޖައިލަމްވެސް އެއީ ކޮންކުއްޖެއްތޯ އަހަން ހިތަށްއަރާފައިވެސް ލަޔަކްއަށް އެހީވެދިނުމަށް އެނބުރިލިއެވެ. “ތިޔައީ ކޮންކުއްޖެއްތަ..” ރަޝްފާ އޯގާތެރިކަމާއެކުގައި އަހާލިއެވެ. ” އަޅުގަނޑަށް ކިޔަނީ ޒޯހާ… އަޅުގަނޑަކީ ފުއައްމުލަކް ކުއްޖެ.. ހާލުގައިޖެހުނުދުވަހު އެހީތެރިކަމާއި ރައްކާތެރިކަމުގެ އަތެއް ފޯރުކޮށްދެއްވީ ތިޔަފަރާތުހެޔޮލަފާ ދަރިފުޅާއި އޭނާގެ ރަހުމަތްތެރިއެއް.. […]
“ޔޫހާ”އެނދު މަތީ ގައި އޮތް ޔޫހާ ފެނުމުން ވިޝާލް ވަރަށް ބާރަށް ގޮވައިލިއެވެ.ނަމަވެސް ޔޫހާގެ ހަބަރެއް ނުވުމުން ވިޝާލް ބާރަށް ހިގާފައި ގޮސް މާޔާ ގެ އަތު ގައި ހިފައި ތަޅުވައި ގަތެވެ.އެ ވަގުތު ވިޝާލް ގެ ލޮލުގައި އަޅައިގަތީ ޔޫހާ ގެ ކަންފަތަށް ޖަހައި ފައިވާ ހެޑް ސެޓެވެ.ވިޝާލް މަޑު މަޑުން ހެޑްސެޓު ނައްޓު ވައިލާ ފައި ޔޫހާގެ މޫނުމަށް ޗަށް ވެއްޓި ފައި އޮތް އިސްތަށި ކޮޅު ރަނގަޅު ކޮއްލިއެވެ.ފަހަތުން މާޔާ ވެސް އައިސް […]
“ހަނދާން ކުރައްޗޭ… ކަލޭ އަށް ވުރެ ނިކަމެތި ކުދިންނަށް އަނިޔާ ކުރުމަކީ މޮޅުކަމެއް ނޫން. އޭން އެ ދައްކާ ދެނީ ކަލޭގެ ފިނޑިކަން…” ދާނިޝް ވާހަކަ ދެއްކިއެވެ. އަދި ޒީޝާގެ ގާތު ތި ދާ ތާކަށް ދިއުމަށް ބުނެލިއެވެ. ނޫނީ އޭނާ ގެންގޮސް ދޭނޭ ކަމަށް ބުނެލިއެވެ. ޒީޝާ މާނިއު އަށް ބަލާލަމުން ގޮސް ދާނިޝް ގެ ކާރުގެ ދޮރުފަތް ހުޅުވާލާފައި ވަނެވެ. އެތަން ބަލަން ހުރި މާނިއު ހުރީ ރުޅިއައިސް ރަތްވެފައެވެ. އޭނާގެ ދެއަތް މުށްކެވިގެން […]
6އަހަރު ފަސް ޔާއިން ގެ ނަޒަރުން މިއަދަކީ 6އަހަރަށް ފަހު އަހަރެންގެ އާއިލާ ގާތަށް ދެވޭދުވަހެވެ. ވޭތުވެ ދިޔަ ފަސްއަހަރު އާއިލާމީހުން ލޮލަށް ފެނުނީ އަހަންނަށް ހުކުމް އިއްވިދުވަހުގައެވެ. އަމިއްލައަށް ކުށަށް އިއުތިރާފް ވުމުން ޝަރީއަތް ދިގު ދެމިގެންނެއް ނުދެއެވެ. ގަސްދުގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ކުށް ސާބިތުވެ 5އަހަރުގެ ޖަލުހުކުމެއް އިއްވިއެވެ. ނަމަވެސް އަހަރެން ޖަލުގައި ހުންނަށް ޖެހުނީ އެންމެ މަސްދުވަހުއެވެ. ޖިޔާންގެ އެދުމުގެ މަތިން އަހަރެން ދޫކޮށްލެވުނެވެ. ޖަލުން ދޫކޮށްލުމާއި އެކު ޖިޔާންގެ ޚަރަދުގައި […]
އަހަރެންވެސް އަހަރެންގެ ގޮތުގައި ހިފަހައްޓާލީމެވެ. ނަމަވެސް އަހަރެންގެ ސިކުނޑި ވަނީ އެހެން ކަމަކަށް ގޮސް ހުސްވެފައެވެ. މިހެން ދަނިކޮށް އަހަންނާއި އާހިލް އާއި ދެމެދު އޮތް މަރުފަދަ ހިމޭންކަން ފޫއަޅުވާލީ އޭނާ އަހަންނާއި ކޮށްލި ސުވާލަކުންނެވެ. އަހަންނަށްވެސް ހުރި ފިޔަވަޅުމަތީ މަޑުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާ އެކޮށްލީ ހަމަ އަހަރެންގެ ހިތަށްވެސް ދެންމެޔަކު އެރި ސުވާލެވެ. މަންމަ ކޮބައިބާވައެވެ؟ އާހިލްވެސް އަހަރެން ގާތު އެހީ މަންމަގެ ޙާލު ކިހިނެއް ހެއްޔެވެ؟ އަހަރެން އަދި ރޭގަ އައި ގޮތަށް މިއުޅެނީ […]
އެއަށްފަހު ބާރަކަށް ވަޓްއޭ ބުނިގޮތުން ނަބާ އަށް އެވީ ކީއްކަން އެނގުމަށް ޝައުގުވެރިވެވުނެވެ. **** “އަމް އެވްރީތިންގެ އޯކޭ؟” ފޯނު ކަނޑާލުމުން ވެސް އަކްމަލް އިންގޮތަށް އިނުމުން ނަބާއަށް އަހާލެވުނެވެ. “އަހަރެން ދަނީ. އީތަން މަރުވެއްޖޯ” އެއްމެ ހިނދުކޮޅަކަށްވެސް އެތާ މަޑުނުކޮށް އަކްމަލް އެތަނުން ދިޔައީ ނަބާގެ ދެލޯ ބޮޑުކޮށްލާފައެވެ. **** އަކްމަލް އަށް ހޮސްޕިޓަލްއަށް ދެވުނު އިރު އެވަގުތު ޑިއުޓީގައި ތިބި ޕޮލިހުންވެސް އެތަނުގައި ހުރިއެވެ. އަކްމަލް ގޮސް ހުއްޓުނީ […]
ނަމަވެސް ހުއްޓެން މަޖުބޫރުވީ އެތަނުން އެއް ފުލުހަކު ކުރި ސުވާލުންނެވެ.”މުހައްމަދު ޔާއިން ޔުނާން ދިރިއުޅެނީ ކޮންފަންގިފީލާއެއްގަތޯ؟” ******************** އަހަންނާ ރިހާމަށް އެކަކު އަނެކަކަށް ބަލާލީމެވެ.ފުލުހުން އަހަރެން ހޯދަންވީ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނުނެވެ.ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނާފަދައަކުން ރިހާމް ބޯ ޖަހާލިއެވެ.އަދި ފުލުސްމީހާއާއި ސުވާލުކުރިއެވެ.”ޔާއިން…ކިހި..ނެއް..ވީތޯ؟” “ގ.އުފާވިލާ މުހައްމަދު ޔާއިން ޔުނާން އަށާރަ އަހަރު ހައްޔަރުކުރުމަށް ކޯޓުން މިއޮތީ އަމުރު ނެރިފަ”ރިހާމް އަތަށް ގަނޑެއް ދެމުން އެ ފުލުސް މީހާ ބުންޏެވެ. އަހަންނަށް ހީވި ބޮލުގައި އެތައް ހާސް ދަގަނޑުތަކަކުން […]
ޝުބާގެ ނަޒަރުން: ކުރިމަތީގައި ބަހައްޓާފައިވާ ކުޑަ ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިން ނަމަވެސް އަހަރެންގެ ޚިޔާލާއި ފިކުރު ވަނީ މުޅިން އެހެން ދިމާއެއްގައެވެ. ކުރަން ހުރި މަސައްކަތަށް ސަމާލުކަން ދެވޭތޯ މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. އަހަރެންގެ ހިތް ބިރުގަންނަނީއެވެ. އެ ދުވަހު އަހަރެންނަށް އަރޫން ކައިރީގައި ކިޔުނީކީ ކިޔަންވާނެ ކަހަލަ އެއްޗެހިތަކެއް ނޫނެވެ. އަމިއްލަ ނަފްސު ކޮންޓްރޯލުން ނެއްޓީއެވެ. ހިތުގައި އުތުރި އަރަމުން ދިޔަ އިހުސާސްތައް ފުރިގެން ބަންޑުންވީއެވެ. އެދުވަހު އަހަރެންގެ ހިތަށް […]
މިއީ މިހާރު އޭނާ ދިރިއުޅެމުން އަންނަ ދުނިޔެއެވެ. އޭނާ އަދިވެސް މީގެ ފަސް އަހަރު ކުރިން ސޯޅަ އޭޕްރީލްގައި މަރުވާން އުޅެނިކޮށް ޖިންނިންތަކެއް އޭނާ ސަލާމާތްކުރި ހަނދާންވިއެވެ. އެއާއެކު މާޒީގެ ސަފުހާއެއް ހުޅުވާލާ ފަދައިން އޭނާގެ ހިޔާލަށް އެދުވަސް ސިފަވެގެން ދިޔައެވެ. ******************************************** އަޔާނީގެ އުނގުތެރޭގައި އޮވެ ފުންނޭވާތަކެއް ލަމުން އީތަން އެއީ އޭނާގެ އެންމެ ފަހު ވަގުތު ކޮޅު ކަމަށް ހީކޮށް ހިތާހިތުން ޝަހާދަތް ކިޔާލިއެވެ. އަދި އެންމެ ފަހު ފަހަރަށް އަޔާނީގެ މައުސޫމު މޫނަށް […]