މިހުރިހާކަމެއްގެ ސަބަބުން ކުޑަ ކުޑަ ޔަނާލަށް ލިބެމުން ދިޔައީ ހައިރާންކަމެކެވެ. މަންމަގެ ނިޔާވުމަށްފަހު އޭނާގެ ބައްޕަޔަށް ބޮޑެތި ބަދަލުތަކެއް އައިސްފިކަން އެ ޅަސިކުނޑިއަށްވެސް ވިސްނުނެވެ. ލޯބިވާ ބައްޕަގެ ފަރާތުން ލިބޭ ވޭނީ ހަޅޭކާއި ކުރާ އަނިޔާތަކުން ލިބޭ ޒަހަމްތަކުގައި އަޅާ ވޭނުން އޭނާ ނުރޮއެދާ އެންމެ ދުވަހެއްވެސް ނުދެއެވެ. އެ ގޭގެ މަސްލަހަތު އިތުރަށް ގޯސްވެގެން ދިޔައީ އައިކަލް އޭނާގެ ހަޔާތަށް އިތުރު އަންހެނަކު ގެނައުމުންނެވެ.

އާލިމާއަކީ އޭނާގެ އުމުރުގެ މީހުންގެ ތެރެއިން ހޮވާލެވިދާނެ ފަދަ ރީތި ކަމެއް ލިބިފައި ހުއްޓަސް މިޒާޖުގެ ގޮތުން ނުފޫޒުގަދަ އޭނާކުރަން ބޭނުންވާ ކޮންމެކަމެއް ކުރަން އަތުކުރި އޮޅަލައިގެން ހުންނަ ޒީލަގަދަ އަންހެނެކެވެ. އޭނާގެ ކުރީގެ ކައިވެންޏަށް ލިބުނު ހަމައެކަނި އަންހެންދަރި  އާޝާއަކީ އާލިމާގެ ކޮޕީއެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.އެ މިޒާޖާއި ހަމަ އެސޫރައެވެ. އާޝާޔަށް އޭނާގެ ބައްޕަގެ ފަރާތުން ވާރުތަކުރި ހަމައެކަނި ސިފައަކީ އޭނާގެ ކަޅުކުލައިގެ ދެލޮލޭ ބުންޏަސް ދޮގަކަށް ނުވާާނެއެވެ.  އައިކަލް އާއި އާލިމާގެ ކައިވެންޏަކީ އައިކަލްގެ ވެސް ރުހުމާއެކު އާލިމާގެ އާއިލާގެ އެދުމުގެ މަތިން ކުރެވުނު ކައިވެންޏެކެވެ.  އައިކަލްވެސް މިފަހަރު ބޭނުންވީ ޔާނާގެ ޚިޔާލުތަކުން ދުރަށް ދިޔުމަށްޓަކައި ވީހާވެސް އަވަހަކަށް އަލުން ޒަވާޖީ ހަޔާތެއް ފަށާށެވެ. އެ ގޮތުން މިފަހަރު އައިކަލް އިސްކަން ދިނީ އަޚްލާގަށްވުރެ ބޭރުފުށުގެ ރީތިކަމަށެވެ. އާލިމާއަށް އައިކަލް އަކީ މުއްސަނދި މީހެއްކަން އިނގުނު ހިސާބުން ފެށިގެން މަސައްކަތްކުރީ އައިކަލް އަތުއަޅުވާލެވޭތޯއެވެ. އެ ދުވަސްކޮޅަކީ ޔާނާ ނިޔާވި ދުވަސްކޮޅުކަމުން އޭނާޔަށް އެކަން ކުރުމަށް ފަސޭހަވެގެން ދިޔައެވެ. ވުމާއެކު އައިކަލްއަށް ހެޔޮ އެދޭ މީހަކު ކަމުގައި ހެދިގެން ގޮސް އައިކަލްއަށް ހަމްދަރުދީވާ ކަމަށް ދައްކާ އައިކަލް އާ އެކުވެރިކަމުގެ ގުޅުން ބަދަހިކޮށް އެންމެ ފަހުން އެ ގުޅުން ކައިވެންޏައި ހަމަޔަށް ގެންދިޔައީއެވެ. ކުޑަ ކުޑަ ޔަނާލްއަށް މީގެން އެއްވެސްކަމެއް ރޭކާއެއް ނުލައެވެ.އެ ކުޑަ ކުއްޖާ ދިޔައީ އޭނާގެ ބައްޕަގެ ފަރާތުން ލިބެމުންދާ ވޭނީ އަނިޔާތައް ތަހައްމަލު ކުރަމުންނެވެ. އެކަންތައް އެ ފަކީރަށް އިނގުނު ނަމަވެސް ކުރެވޭނެ މާބޮޑު ކަމެއެް ނޯންނާނެކަން ޔަގީނެވެ.

އެންމެ ފުރަތަމަ އާލިމާ އައިސްގެން އުޅުނު ދުވަސް ކޮޅު ޔަނާލަށް ވަރަށް ރަނގަޅެވެ. ޔަނާލްވެސް އޭރު ހުރީ މަންމައެއްގެ ލޯތްބަށް ފެންބޮވައިގެންކަމުން އޭޭނާ ހީކުރީ އޭނާ ހީކުރީ ދެވަނަ މަންމައެއް ލިބުނީކަމަށެވެ. ނަމަވެސް އެ ހީކުރުންތައް ހަގީގަތަކަށް ނުވިއެވެ. އާލިމާ އޭނާގެ އަސްލު ކުލަވަރު ދައްކާލީ އޭނާ އައިތާ ދެތިން ހަފްތާވަރު ފަހުންނެވެ. އާލިމާއަކީ އަބަދުވެސް ކަންނެތް މީހެއްކަމުން ގޭތެރޭ މަސައްކަތްކުރުންވެސް އޭނާއަށް ވެފައިވަނީ ބޮޑު ބުރައަކަށެވެ. ނަތީޖާއެއްގެ ގޮތުންް ކުޑަ ކުޑަ ޔަނާލަށް އެ ޅައުމުރުގައި ގޭގެ މަސައްކަތްކުރަން ޖެހުނެވެ.ސްކޫލަށް ދަމުން ގޭގެ މަސައްކަތްތަށް ނިންމަން ޖެހުމުގެ ނަތީޖާއެއްގެ ގޮތުން ޔަނާލްގެ ކިޔެވުން ފުދޭވަރަަށް ދަށްވިއެވެ. ނަމަވެސް ވަގުތު ވާވަރަކުން ސްކޫލްގެ ކަންތައްތަކަށް ވަގުތު ހުސްކުރެއެވެ.މަސައްކަތްތަކުގައި އުޅެންޖެހޭލެއް ގިނަކަމުން ގޭގެ މަސައްކަތް ފުރިހަމަ ނުކުރެވިއްޖެނަމަ އާލިމާގެ ފަރާތުން އެތައް އަނިޔާތަކަކާ ކުރިމަތިލާން ޖެހެއެވެ. އައިކަލްގެ ހިމާޔަތަށް އެދި އާދޭސްކުރުމުން  ލިބެނީ ހިތްރޮއްވާލާފަދަ ނުރުހުމުގެ ބަސްތަކާ އަނިޔާތަކެކެވެ. ނަމަވެސް އެއާ ޚިލާފަށް އާޝާ އަށް އައިކަލް ވަރަށް އަޅާލައެވެ. އަމިއްލަ ބައްޕަޔަކު ކަންތައް ނުކޮށްދޭހާ ރަނގަޅަށް އާޝާއާއި މެދު ކަންތައްކޮށްދެއެވެ. ބުނާ ކޮންމެ އެއްޗެއް ބުނާ ކޮންމެ ވަގުތަކު ކޮށްދެއެވެ. އާލިމާވެސް ތިމާގެ ދަރިފުޅު ތިމާއަށް  ދޮންފުތުވާނޭ ބުނާ އުސޫލުން އާޝާ ލައްވާ އެއްވެސް މަސައްކަތެއް ނުކުރެއެވެ. މިހުރިހާކަމަކާއި ހެދި އާޝާ ހުންނަނީ ވަރަށްވެސް އުފާވެ ކިބުރުވެރި ވެފައެވެ. އޭނާ ޔަނާލްއަށް ޖެއްސުމެކޮށްނުލާ ދުވަހެއް މަދުވާނެވެ.ޔަނާލަށް މިހުރިހާ މަންޒަރެއް ފެންނަ ނަމަވެސް ހުންނަން ޖެހެނީ އެއީ ނުވާކަމަކަށް ހަދާލައިގެންނެވެ. އޭނާގެ ހިތުގައި އަޅާންވޭން އިނގޭނީ އޭނާއަށެވެ.މައިންބަފައިންގެ ލޯތްބަށް އޭނާ ސަލާން ޖަހަމުން ދާއިރު އޭނާއާއި މެދު ހަމްދަރުދާވާނޭ މީހަކު މިދުނިޔޭގައި ނެތްކަހަލައެވެ.

އައިކަލް އަކީ މުޅި އެ ރަށުގައި ނަންވިދާ އެއްވިޔަފާރިޔާ ނަމަވެސް އާލިމާއާއި ކައިވެނި ކުރިފަހުން އޭނާގެ ވިޔަފާރ ދަށްވަމުންދިޔައެވެ. އާލިމާކުރަންޖެހޭ ހަރަދުތައް ގިނަ ނަމަވެސް އޭނާގެ އަނބިމީހާގެ ހައްގުގައި އޭނާ ހުރީ ކޮންމެ ކަމެއްވެސް ކުރަން ތައްޔަރަށެވެ.ނަތީޖާއެއްގެ ގޮތުން އައިކަލްގެ ވިޔަފާރި ދުވަހެއް ދުވަހެއް ދިޔައީ ދަށްވަމުންނެވެ. އެކަމާ ހާސްވެ އާލިމާގާތު އެވާހަކަ ދެއްކުމުން އޭނާގެ ފަރާތުން އެންމެ އެދެވޭ އެއްބާރުލުމެއް ނުލިބެއެވެ. ކަންތައް މިހެން ހުރުމާއެކު އައިކަލްއަށް އޭނާގެ ވިޔަފާރި ހުއްޓާލުމަށް މަޖުބޫރުވިއެވެ.  ވިޔަފާރި ހުއްޓާލުމަށްފަހު އަތުގައި ލާރި ނެތުމުގެ ސަަބަުން އާލިމާގެ ނުރުހުމުގެ ބަސްތަކާ އޭނާޔަށް ުރިމަތިލާން ޖެހުމުގެ ނަތީޖާއެއްގެ ގޮތުން އޭނާ މަސްތުވާތަކެތި ބޭނުންކޮށް އެއަށް ދެވިހިފިއެވެ. އަދި ކުރިން އުޅުނު ރަނގަޅު ގޮތް ދޫކޮށް މަސްތުވާތަކެތީގެ ވަބާގައި ޖެހި ރަނގަޅާއި ނުބައި ވަކިނުވާ ހިސާބަށް ކަންތައްދިޔައެވެ.

ޔަނާލްއަށް އޭނާގެ ބައްޕަ މަސްތުވާތަކެތި ބޭނުންކުރަން ފެށިކަން އެނގުނު ހިސާބުން ރޮއެ ރޮއެފައި އެކަން ހުއްޓާލުމަށް އައިކަލްގެ ގާތުން އެދެއެވެ. ނަމަވެސް އޭނާއަށް ކުރިމަތި ލާން ޖެހެނީ އިތުރު އަނިޔާތަކާއެވެ.

ފުރާވަރަށް އަރަމުން އައި އިރު ޔަނާލްގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައެވެ. އެ ބުރުސޫރަ ރިވެތިވެ ހަނގަނޑުގެ ކުލަ އިތުރަށް އަލިވިއެވެ. އޭރު މަސްތުވާތަކެތީގެ އަވައިގައި ޖެހި ރަނގަޅާއި ނުބައި ވަކިކުރަން ނޭނގޭ ހާލުގައި ހުރި އައިކަލްގެ ދަހިވެތި ނަޒަރުތައް ޔަނާލްއަށް އަމާޒުވަމުން އައެވެ. ބައްޕައަކު އަމިއްލަ ދަރިފުޅަށް ބަލަންނުޖެހޭ އެތައްނަޒަރަކުން އައިކަލް ޔަނާލްއަށް ބަލަމުން އައެވެ. އެގޮތުން ޔަނާލްގެ އުމުރުން އެންމެ ތޭރަ އަހަރުގައި އެ މައުސޫމް އަންހެންއަޖާގެ އަބުރާއި އިއްޒަތް މޮޑެލީ އަމިއްލަ އުފަން ބައްޕަ އައިކަލްއެވެ. އައިކަލްއަށް މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން އެނގުހުރެވެސް އޭނާޔަށް މުހިއްމުވީ އޭނާގެ އަމިއްލަ އުފާތަކެވެ. އަމިއްލަ ލޭޙިނގާ ހުރި ހަމައެކަނި  ދަރިފުޅުގެ އަބުރާއި އިއްޒަތް މޮޑެލެވުމުން އޭނާއެކަމާ ލަދުވެސް ނުގަންނަ ކަހަލައެވެ. ޔަނާލްއަމިއްލަ ބައްޕަގެ ޝިކާރަޔަށް ވެގެން ދިޔަ ވަގުތު އެތައްވަރަކަށް ރުޔެވެ. އާދޭސްކުރިއެވެ. ގަދަހެއްޖެވެ. ނަމަވެސް އެ އަނިޔާވެރި ބައްޕަގެ ހިތަށް ރަހުމުގެ ކަންފުޅެއްވެސް ނުވަނެވެ. އެރެއަށްފަހު ޔަނާލް އޭނާގެ ބައްޕަޔާއި މެދު ދެކޭ ގޮތް މުޅީން ބަދަލުވެގެން ދިޔައެވެ. ކުރިން ބައްޕަގެ ލޯތްބަށް އެދި ސަލާމްޖެހި ނަމަވެސް މިހާރު އޭނަ އެބައްޕަ ދެކެ މާ ބޮޑަށްވެސް ބިރުގަނެއްޖެއެވެ.އެ ލޯތްބާއި އަޅަލުމުގެ ބަދަލުގައި އެ ބައްޕަގެ ޖިންސީ ޝިކާރަޔަށްވުމުގެ ސަބަބުން އޭނާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެތައް ގެއްލުންތަކެއް ކުރިމަތިވަމުން ދިޔައެވެ. ކުރިޔަށްވުރެ އޭނާގެ ކިޔެވުން ދަށްވެ އެހެންމީހުންނާއި ވަކިން އުޅެންފެށިއެވެ.  ނަމަވެސް އެވާހަކަ ބުނާނޭ ހިއްސާކުރާނޭ ގާތް އެކުވެރިއެއްގެ އިތުރުން އާއިލާގެ މީހެއްވެސްނެތެވެ. އާލިމާއާއިއެކަން ހިއްސާކުރުމުން އެހީއެއްގެ ބަދަލުގައި އޭނާއަށް ކުރިމަތިލާން ޖެހުނީ މަލާމާތާއި ފުރައްސާރައާއެވެ.

ދުވަސްތައް ވޭތުވަމުންން ގޮސް މިހާރު ޔަނާލް އުމުރުން ސޯޅަ އަހަރުވީނަމަވެސް ބައްޕައާއި ދޮންމަންމަގެ ކިބައިން ލިބޭ އަނިޔާތަކަށްއެއްވެސް ބަދަލެއްނާދެއެވެ. މިއަދުވެސް ޔަނާލް އެއްވެސް މީހެއްގެ ހިލަމެއްނުވާ މި އަތިރިމަތީ އެއިނީ ކުޑަ ހިނދު ކޮޅަކަށްނަމަވެސް އެޝަކުވާއިން ފުރިފައިވާ ހިތަށް ހިތްހަމަޖެހުމެއް ލިބޭތޯއެވެ. ނަމަވެސް އޭނާގެ މި ވޭންދެނިވި ހަޔާތާމެދު ވިސްނުން ނޫން ކަމެއް އޭނާއަކަށް ނުވިއެވެ.އޭނާގެ ހިތަށްއެރިއެވެ.

“މަންމަ މި ދުނިޔޭގައި ހުރިނަމައެވެ. އޭރުން ހަމަގައިމުވެސް މި އަނިޔާތަކާ ކުރިމަތިލާކަށް ނުޖެހުނީހެވެ. އެހެން ކުދިންހެން މިނިވަންކަމާ އުފާވެރިކަން މަތީ އުޅެވުނީހެވެ. މަންމާއެވެ. އަހަންނަށް އެހީވެދޭށެވެ. ދޮންމަންމަގެ ފަރާތުން މިލިބޭ އަނިޔާއާ ކެކުޅުންތަކުގައި އަހަރެންގެ މިހަޔާތް މިހެން ވޭތުކޮށްލަން ވީހެއްޔެވެ. މަންމާއެވެ. އަހަރެން ކުޑައިރު ކޮންމެ ކުއްޖަކުދެކެވެސް އެކުދިންގެ ބައްޕަ ލޯބިވާނޭ މަންމަ ބުނިންނުންހެއްޔެވެ.އަދި އެހެންކުދިންގެ ބައްޕަހެން އަހަރެންގެ އަހަރެންދެކެެ ވަރަށް ލޯބިވާނޭކަމަށް މަންމަ ބުނިންނޫހެއްޔެވެ.ނަމަވެސް މިވީކިހނެއްހެއްޔެވެ؟ އަންހެންކުއްޖެއްގެ އެންމެ ބޮޑު ހަޒާނާކަމަށްވާ އަބުރާއި އިއްޒަތް އަހަރެންގެ އަތުން ފޭރިގަތީ ބައްޕައެވެ. އަހަރެންގެ އުއްމީދުގެ ހުޅުކޮޅުވެސް ނިއްވާލީ ބައްޕައެވެ. ބައްޕަގެ ލޭހިނގާ މިއަންހެންކުއްޖާގެ އުފާވެރިކަން ނިއުޅައިގަތީ ބައްޕައެވެ. މަންމާއެވެ. ބްައްޕަގެ ލޯތްބަކީ މިފަދަ އެއްޗެއްނަމަ އަހަރެން މިލޯތްބެއް ބޭނުމެއް ނޫނެވެ. މަންމާއެވެ.އަހަރެން މި އަނިޔާވެރި ކަމުން ސަލާމަތްކޮށްދޭށެވެ.މަންމާއެވެ. އަހަރެން މިއިނީ ދާނެ މަންޒިލެއްނެތި ގޮތް ހުސް ވެފައެވެ. އެއްކޮޅުން ބައްޕަގެ އަނިޔާތަކެވެ. އަނެއް ކޮޅުން ދޮންމަންމަގެ އެ ވިހަގަދަ ބަސްތަކެވެ. މަންމާއެވެ. ބައްޕަގެ ޝިކާރަޔަށް އަހަރެންވުމުގެ ސަބަބަކީ ކޮބާ ހެއްޔެވެ. އަހަރެންގެ މިސޫރަހެއްޔެވެ.ނޫނީ އަހަރެންގެ އުނދަގޫ ހަމައެހާވެސް ބޮޑީހެއްޔެވެ. މިހުރިހާކަމެއެް ތަހައްމަލުކުރުމަށް އަހަރެންގެ އޮތް ކުށަކީ ކޮބައިހެއްޔެވެ މަންމާއެވެ. އަހަންނަށް އަމާން މަންޒިލަކަށް ވާސިލްވުމަށް އެހީވެދޭށެވެ.މިއަނިޔާތަކާ މި ކެހިވެރި ދުނިޔެއިން ސަލާމަތް ކޮށްދޭން އަހަރެންގެ ގާތަށް އަންނާށެވެ..އަހަރެން ތިމަންމަ މަތިން ހާދަ ހަނދާންވެއެވެ. ތި ލޯތްބާއި އަޅާލުންތަކާއި ތި ފިރުމުންތައް އިހުސާސްކޮށްލަން ހާދަ ބޭނުމެވެ.މަންމާއެވެ. އަންނާށެވެ. އަހަރެންގެ މި އެކަނިވެރިކަން ފިލުވައިލަން އަންނާށެވެ.” ފެންކަޅިވެ ރޮވެންކައިރިވެފައިވާ ހާލު އުޑުމައްޗަށް ނަޒަރުހިންގައިލައިގެން ޔަަނާލް އަމިލް ނަފްސާ މުޚާތަބުކުރަމުން ގެންދިޔައެެވެ. އިސާހިތަކު އެ ކަރުނަތައް މުތީތަކެއްހެން އޮހޮރިގަތެވެ.އޭނާގެ ވޭނީ ގިސްލުމުގެ އަޑުން މުޅި އަތިރިމަތީގެ ހިމޭންކަން ނަގާލިއެވެ. އެތައް އިރަކު އެހެން ރޯން އިނުމަށްފަހު އޭނާ ތެދުވިއެވެ. އޭރު އޭނާގެ ދެލޯވަނީ ގިނައިރު ރުއިމުގެ ސަބަބުން ދުޅަވެފައެވެ. ގިނައިރު އެތާ އިނުމުގެ ސަބަބުން ލޮޑުކަމާއި ވަރުބަލިކަން އިހުސާސްކުރެވުނު ނަމަވެސް ގެޔަށް ދާން އޭނާ ޖެހިލުންވިއެވެ. އޭނާގެ ހަށިގަނޑުގެ ދަހިވެތިކަމުގައި އޭޏާގެ ބައްޕަ ހުންނާނެކަން އޭނާއަށްޔަގީންވެއެވެ. އޭނާ އަތިރިމަގުން ހިނގާފައި އައިރު ގަސްގަހުގެ ހިޔަނިތައް އެޅިފައިވާ ގޮތުން ހީވަނީ އެއީ ފުރޭތަތަކެއްހެންނެވެ. ނަމަވެސް އެހެން އެއްވެސް މަހުލޫގަކަށް ވުރެ އޭނާ އޭނާގެ ބައްޕަދެކެ މާބޮޑަށްވެސް ޖެހިލުންވިއެވެ. އޭނާގެ ގެ ކަމަށްވާ ދޫެސް ހުންނަމަގަށް އެޅުމުން އޭނާގެ އަތްފައި ފިނިވެ ބިރުން ތުރުތުރު އަޅަންފެށިއެވެ. އައިކަލް ނިދާފައި އޮތުމަށް ދުޢާކުރަމުން ގޭގެ ދޮރު ހުޅުވާލި ތަނާ…………………………

– ނުނިމޭ-

59

18 Comments

  1. Xxxx

    April 15, 2018 at 10:09 am

    V. Reethi genesdheefai vaaleh.. Keep it up

    • hooriyer

      April 15, 2018 at 1:31 pm

      thankyou Xxx

  2. Kudhoo

    April 15, 2018 at 12:12 pm

    Alhe dhenvaa nee kihineh???
    Varah salhi mi part vess.
    ??

    • hooriyer

      April 15, 2018 at 1:31 pm

      thankyou kudhoo

  3. Shiman

    April 15, 2018 at 4:39 pm

    Wow. When next part

    • hooriyer

      April 15, 2018 at 7:01 pm

      thank you shiman

  4. lizzzzzy

    April 15, 2018 at 4:50 pm

    Best story! Waiting for next part ??

    • hooriyer

      April 15, 2018 at 7:43 pm

      thank you dear

  5. freedom

    April 15, 2018 at 4:57 pm

    varah reethi dhen kon dhuvahakun up kohdheyni

    • hooriyer

      April 15, 2018 at 7:01 pm

      iraadha kurevviyya maadhamaa

  6. GIRL

    April 15, 2018 at 5:44 pm

    Maa sha Allah!!❤️☺️? next part kon irakun??

    • hooriyer

      April 15, 2018 at 6:53 pm

      insha allah faharegga maadhamaa up kodhdheynan

  7. inan

    April 16, 2018 at 1:04 pm

    maa sha allah.. varah furihama mi vaahaka kuriyah dhaaleh.. kiyaa hithun kuyaalan indhevey.. heevany vaahaka thereyga ulheveyhen hama.. vrh vrh reethi.. kurin ves bunihen sifakurunthah varah reethi… next part kon irakun???

  8. hooriyer

    April 16, 2018 at 6:45 pm

    thank you inan

  9. hooriyer

    April 16, 2018 at 7:14 pm

    sorry guys miadhu current nethigen vaahaka nuliyevunu so insha allah maadhamaa upkodhdheynan

  10. hooriyer

    April 19, 2018 at 4:04 pm

    sorry guys alhugaduge leptop halaaku vumuge sababun dhuvas kolhakah vaahaka up koh nudheveyne vaahaka dhan navaalan.

  11. wow..best story ever.

    June 12, 2018 at 1:38 pm

    wow woww woww…haada furihama eyee..

  12. aruu

    September 3, 2018 at 2:27 pm

    The best. Keep it up girl. waiting to the day you are gonna start writing again?

Comments are closed.