Skip to content
އެސްފިޔަ

މަންޒިލް

 

ޖެހެމުންދާ މަޑުވައިރޯޅިން ވަށައިގެންވާ ގަސްތަކުގައި ހީވަނީ ލުއި ނާނާއެއް އަޅުވާހެންނެވެ. ހުދުބޯ ކިރުކޮޅެއްފަދަ ދޮންވެލިގަނޑުގައި ބޮސްދެމުން ދިޔަ ކުދި ރާޅުތަކުގެ ހިތްގައިމު އަޑުން މުޅި އަތިރިމަތީގެ ހިމޭންކަން މުގުރާލަމުން ދިޔައެވެ. ވަގުތަކީ ރޭގަނޑުގެ ހިތްގައިމު ވަގުތުކަމުން ރޭގަނޑުގެ ރާނީކަމަށްވާ  ހަނދު އޭގެ ދަރުބާރުގައި ހިނިތުންވެލައިގެން އިންއިރު ތަރިތައް އެދަރުބާރުގެ އަމީރުންގެ ގޮތުގައި ކުދި މުތީތަކެއްހެން އޭގެ އޭގެވާޖިބު އަދާކުރުމުގައި ދެމި ތިއްބެވެ. ހަނދުގެ ރިހި އަލިން މުޅި އަތިރިމަތި ހީވަނީ ހުދު ފަނޑު ބޮތްކަކުން ދިއްލާލާފައިވާހެންނެވެ. ވަށައިގެން ނަށަމުންދިޔަ ދޫނިތަކުގެ ލަވަތަކުގެ އަޑުން މުޅި އެމާހައުލަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެމުން ދިޔައެވެ. ވަށައިގެންވާ ކޮންމެތަނަކަށް ނަޒަރު ހިނަގާލި ނަމަވެސް ފެނިގެން ދަނީ ގުދުރަތުގެ ފުރިހަމަކަމުގެ މިސާލު ތަކެކެވެ. މި ގުދުރަތުގެ ލާމަސީލު މާހައުލަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ދޮންވެލިގަނޑު މަތީ އިށީނދެގެން އިން ފުރާވަރުގެ ރީތި ފަތްމިންޏެއްފަދަ އަންހެން ކުއްޖާެއެވެ.އެކުއްޖާގެ ގަދަ މަޑުމުށިކުލައިގެ ފަން އިސްތަށިގަނޑު ވައިގެ ގޯނާތަކަށް ކެތްނުކުރެވިގެން ވަޔާ ވިހުރެމުން ދިޔައިރު އެމަންޒަރު ބަލާލަން ނުހަނު ހިތްގައިމެވެ. މަޑުމުށިކުލައިގެ ލޮލާއި އެ ހިތިފަތު ބުމައިގެ ސަބަބުން އެކުއްޖާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެެސްދެއެވެ. އެމަޑު ފިޔާތޮށި ކުލައިގެ ތުންފަތުގައި އެއްވެސް ލިޕްސްޓިކެއް ބޭނުންކޮށްފައި ނުވިނަމަވެސް އެރީތިކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. ކަޅުކުލަކަންގަދަ ދިގު އެސްފިޔަތަކާއެކު އެކުއްޖާ ފެންނަނީ ކުރެހުންތެރިޔަކު ކުރަހާލަފައިވާ ތަސްވީރެއްހެންނެވެ.

ގުދުރަތުން ގުނާ އަދަދު ނުކުރެވޭހާ ގިނަ ރީތި ކަމެއް ލިބިފައިވީ ނަމަވެސް އެކުއްޖާގެ މޫނުމަތިން ފެންނަމުން ދިޔައީ ތަފާތު އަސަރުތަކެކެވެ. ހީވަނީ ކޮންމެވެސް ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އިންހެންނެވެ.އެ މުށިކުލައިގެ ލޮލަށް ބަލާލާ މީހަކަށް އެކުއްޖާ ސިފަވާނީ ހީތާމައިގެ އޮއެވަރެއްގައި ޖެހި ސަލާމަތްވުމުގެ އުއްމީދު ގެއްލިފައިވާ މުސާފިރެއްގެ ގޮތުގައެވެ. އެކުއްޖާ ހަށިގަނޑުގެ އެތަންމިތަނުގައި އަނިޔާތަކެއް ތަހައްމަލުކުރަމުންދާ ކަމުގެ ނިޝާންތަކެއް ހުއްޓެވެ.މޫނުމަތިން ތަންކޮޅެއް ދުޅަވެފައިވާއިރު އެ ކުއްޖާގެ ލޯވަނީގިނައިރު ރުއިމުގެ ސަބަބުން ރަތްވެފަވެ.މާޔޫސްކަމާއި ހިތާމައިން އެ މޫނުމަތި މިލާފާވާއިރު އެ ކުއްޖާ ހީވަނީ އެއްވެސް މަންޒިލެއް ނެތް މުސާފިރެއްހެންނެވެ.

ހިތާމައިގެ ކަނޑެއްގައި ބެހެމުން އެދާެ އެކުއްޖާ އަކީ ހަގީގަތުގައި ކާކުބާވައެވެ؟.އެކަނިމާއެކަނި އެއްވެސް މީހެއް ނެތް މި މާހައުލުގައި އެކުއްޖާ ވަގުތުތައް ވަގުފުކޮށްލުމުގެ ބޭނުމަކީ ކޮބައިބާވައެވެ؟. އަދި އެކުއްޖާގެ ހަށިގަނޑުން އެފެންނަ އަނިޔާތަކާއި މޫނުމަތިން އެފެންނަ އަސަރުތަކުގެ ސިއްރަކީ ކޮބައިބާވައެވެ؟. މިއީ ހަމަގައިމުވެސް އެމަންޒަރު ފެންނަ މީހެއްގެ ހިތުގައި އަށަގަންނާނެ ސުވާލުތަކެއްކަން ޔަގީނެވެ.

މި ކަޅުފޮއެރޭ ގަހެއްގެދޮށުގައި އެކަނިމާއެކަނި ވަގުތުތައް ހޭދަކުރަމުން އެދަނީ އެންމެ ސޯޅައަހަރުގެ ޔަނާލްއެވެ. އޭނާގެ ލޮލުން އޮހެމުންދާ ވޭނީކަރުނައިން އެ މައުސޫމް އަންހެންކުއްޖާގެ ވޭންދެނިވި ހަޔާތުގެ ވާހަކަ ކިޔައިދޭކަހަލައެވެ.

އާނއެކެވެ. މީގެ އަހަރުކެއްކުރިން އޭނާއަކީ އެހެންކުދިންތަކޭ އެއްގޮތަށް އުފާވެރި ދިރިއުޅުމެއް އުޅެމުން އައި ކުއްޖެކެވެ. ލޯބިވާ މަންމައެއްގެ އިތުރުން ކޮންމެ ނުރައްކަލަކުން ސަލާމަތްކޮށް ރައްކާތެރިކޮށްދިނުމަށް ލިބުނު ހިތްހެޔޮ އެބައްޕަގެ ސަބަބުން އޭނާގެ ދިރިއުޅުން ފުރިހަމަވެގެންދިޔައެވެ. އޭނާގެ މަންމަ ޔާނާއި ބައްޕަ އައިކަލްގެ ކައިވެންޏަކީ ދެ އާއިލާގެވެސް ނުރުހުމުގައި ކުރެވުނު ކައިވެންޏެއްކަމުން އެދެ އާއިލާގެ ފަރާތުން މާބޮޑު އަޅާލުމެއް އެމީހުންނަކަށް ނުލިބުނެވެ. ނަމަވެސް ޔަނާލްއަކަށް އޭގެއިން މާބޮޑު އަސަރެއްނުކުރެއެވެ. އޭނާ ބޮޑުވަމުން އައީ މަންމައާއި ބައްޕަގެ ލޯބި އޭގެ ފުރިހަމަ ގޮތުގައި ލިބިގެންނެވެ. ނަމަވެސް ޔަނާލްގެ އުމުރުން އެންމެ އަށް އަހަރުގައި ކުއްލިގޮތަކަށް އޭނާގެ މަންމަ ޔާނާ މިދުނިޔެއާއި އަލްވަދާޢު ޖެހުނުކަމީ އައިކަލްއަށް ބަރުދާސްތުކުރެވޭ ކަމަކަށްނުވިއެވެ. ޔާނާގެ ކުއްލި ވަކިވުމަށްފަހު އައިކަލްގެ މިޒާޖަށް ބޮޑެތި ބަދަލްތަކެއް އަންނަންފެށިއެވެެ. ކުރިން ޔަނާލްގެ ކަންކަމަށް ފަރުވާ ބެހެއްޓި ނަމަވެސް ފަހުން އެކަންތައްތަކަށް ފަރުވާ ކުޑަކުރަންފެށިއެވެ. ކުދިކުދި ކަންތަކާއި ރުޅި އައިސް ހުރިހާ ވަރެއް ބާލަނީ ކުޑަ ކުޑަ މައުސޫމް ޔަނާލަށެވެ. އެކުއްޖާ އެއްޗަކަށް ބުނެފިނަމަ ހަޅޭއްލަވައިގަނެއެވެ. ނޫނީ ހިތްފުރޭވަރު ވަންދެން އަނިޔާ ކުރެއެވެ.

މިހުރިހާކަމެއްގެ ސަބަބުން ކުޑަ ކުޑަ ޔަނާލަށް ލިބެމުން ދިޔައީ ހައިރާންކަމެކެވެ. މަންމަގެ ނިޔާވުމަށްފަހު އޭނާގެ ބައްޕަޔަށް ބޮޑެތި ބަދަލުތަކެއް އައިސްފިކަން އެ ޅަސިކުނޑިއަށްވެސް ވިސްނުނެވެ. ލޯބިވާ ބައްޕަގެ ފަރާތުން ލިބޭ ވޭނީ ހަޅޭކާއި ކުރާ އަނިޔާތަކުން ލިބޭ ޒަހަމްތަކުގައި އަޅާ ވޭނުން އޭނާ ނުރޮއެދާ އެންމެ ދުވަހެއްވެސް ނުދެއެވެ. އެ ގޭގެ މަސްލަހަތު އިތުރަށް ގޯސްވެގެން ދިޔައީ އައިކަލް އޭނާގެ ހަޔާތަށް އިތުރު  އަންހެނަކު ގެނައުމުންނެވެ.

Comments (18)

  1. inan

    maa shaa allah.. varah reethi vaahakaeh… sifakurunthah varah reethi… varah furihama vaahakaeh… 🙂 keep it up… nxt part kon irakun??? 🙂 <3<3<3

  2. hooriyer

    thank you inaan. insha allah i will try to upload tomorrow

  3. Shiman

    Masha Allah varah reethi story. when next part??

  4. hooriyer

    thank you shiman. insha allah maadhamaa up kureveytho balaanan

  5. Pinky shifoo

    V reethi ???… Sifakurunthah hama obiness to the max ???… V furihama ???… Waiting for next part of ???…

  6. Fan

    vaahaka kiyamun dhiya iru heevany hama vaahaka thereyga ulheveyhen…? Maa sha Allah!!! It’s really nice… Overall, it’s great… Just wow!!! Wonderful story… Love it! Keep it up the good work..??? I’m waiting for the next part…?❤️❤️❤️

  7. hooriyer

    thank you

  8. Afaa

    V salhii mi part.. Waiting for next part..???

    1. hooriyer
      Afaa

      thank you afaa

  9. freedom

    v salhi , vaahaka genesfa hurigothun varah kiyaalaahie vaagotheh ebahuri, dhen part varah avahah up kohdhechey,

    1. hooriyer
      freedom

      thank you freedom

  10. Kudhoo

    Varah reethi. Waiting for next part ??

    1. hooriyer
      Kudhoo

      thank you kudhoo

  11. aakko

    wow varah reethi feshun kolhu.never seeen this love it

    1. hooriyer
      aakko

      thank you aakko

  12. lizzzzzy

    Very nice my friend! Hats of to you! Keep going like that

    1. hooriyer
      lizzzzzy

      thank you my friend

  13. maffaan

    v salhi…

Comments are closed.