Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ސޫރަ 2

Ninninaal Level 1
April 13, 2018 3 Mins Read
13 Comments

މޯޅިއަކަށް ދެމެމުން ބަދިގެއާ ދިމާލަށް މިސްރާބު ޖެހީ ގޭތެރެއޮތް ހާލަތު ބަލާލުމަށްޓުކައެވެ. ބަދިގެ ދޮރުމައްޗައް އެރުމަށްފަހު އެތެރެއަށް ބޯދިއްކޮއްލީ އެއްވެސް މީހެއްގެ ހިލަމެއް ނުވުމުންނެވެ. ” މަންމާ..” މަންމަ އަށް ގޮވަމުން މަންމަގެ ކޮޓަރިއާ ދިމާލަށް އަޔާނީ ހިނގައިގަތީ ބަދިގެ ތެރެއިން މަންމަ ނުފެނުމުންނެވެ. މަަންމަ ކޮޓަރި ދޮރު ހުޅުވާލި އަޔާނީއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ތަޅުން ގަނޑު މަތީ ވެއްޓިފައި އޮތް އޭނާގެ މަންމަ އާމިރާ ފެނި މަންމަ އަށް ގޮވަންފަށައިފިއެވެ. އާމިރާގެ ފަރާތުން އެއްވެސް ހިލަމެއް ނުވުމުން އޭނާއަށް ރޮވެން ފެށުނެވެ.

އެވަގުތު އަޔާނީގެ ލޮލުގައި އަޅައިގަތީ އާމިރާގެ ފައިދަށުގައި ހުރި ގަނޑުތަކެވެ. އެ ގަނޑުތައް އަތަށް ނެގުމަށްފަހު އަޔާނީ އެ އެއްޗިއްސަށް އަވަސް ނަޒަރެއް ދިނެވެ. ގަނޑުގެ ވާތްފަރާތުގައި ގަލަމުން ޑޮކްޓާރސް ރިޕޯޓް ޖަހާފައި އިން އިރު ކަނާތް ފަރާތުގައި ޖަހާފައި އިން ބަސްކޮޅު ފަނޑުވެގެން ދިޔައީ އަޔާނީގެ ލޮލުން ވެއްޓުނު ކަރުނަ ތިކީގެ ސަބަބުންނެވެ. ” ކޮރޮނަރީ ހާރޓް ޑިސީސް ” އަޔާނީ ކިޔާލިއެވެ. ލިބުނު ކުއްލި ހައިރާން ކަމުގެ ސަބަބުން ޝޮކުގައި ހުރި އަޔާނީ ދެފަރާތައް ބޯހޫރާލަމުން އެންބިއުލޭންސް އަކަށް ގުޅަން އަވަސްވެސްވެގަތެވެ.

ސިއްޙީ މަރުކަޒު ދޮރުމައްޗައް ހުއްޓުނު އެންބިއުލޭންސަށް އެވަގުތު އެތާ ހަރަކާތްތެރިވަމުން ދިޔަ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. އެންބިއުލޭންސްއިން ބޭލުވި އާމިރާ ފެނި އާމިރާގެ ގާތް އަވަށްޓެރިންނާ ރައްޓެހިން އެތަނަށް އެއްވެ އާމިރާގެންދިޔަ އެނދާއެކު އެތެރެއަށް ވަދެގެން ދިޔައީ ޙަބަރު ދަބަރު އޮޅުން ފިލުވުމަށްޓަކައެވެ. ބައެއް މީހުން އަޔާނީއަށްވެސް ހިތްވަރު ދެމުން ދިޔައެވެ. އާމިރާ ގޮސް އަވަސް ފަރުވާދެ ކޮޓަރިއަށް ވެއްދުމުން އެތާ ބޭރުގައި އެތައް ބަޔަކު މަޑު ކޮށްގެން ތިއްބެވެ. އާމިރާގެ އާއިލާ މީހަކަށް ހުރީ އޭނާގެ ހަމައެކަނި ދަރިފުޅު އަޔާނީއެވެ.

އެތައް ބައެއްގެ ހިތްވަރުން އަޔާނީ ހަމައަކަށް އެޅުނެވެ. މީހާރު އޭނާ އިންތިޒާރު ކުރަމުން އެދަނީ ޑޮކްޓަރުގެ ޙަބަރަކަށެވެ. މާގިނަ އިރަަަކު މަޑު ކުރާކަށް ނުޖެހުނެވެ. ޑޮކްޓަރުން ނިކުތް އިރު އެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން އަޔާނީގެ ހިތުގެ ތެޅުން ބާރުވެގެން ދިޔައެވެ. ” ޝީ ވޯސްއަ ކޮރޮނަރީ ހާރަޓް ޑިސީސް ޕޭޝަންޓް ސޯ.. ޝީ ޖަސްޓް ހެޑް އަ ހާރޓް އެޓޭކް.. އެންޑް ހަރ ކޮންޑިޝަން ވޯސް ވެރީ ކްރިޓިކަލް.. ދެއާރ ވޯސް ނޯ މެޑިކޭޝަން ވީ ކުޑް ގިވް.. ސޮރީ ޓު ސޭ ދިސް ބަޓް ޝީ އިޒް ނޯމޯ.” ޑޮކްޓަރު ދެފަރާތައް ބޯހޫރާލަމުން ބުނެލި ވާހަކައިން އަޔާނީގެ ހިތް ހިނދުކޮޅަކަށް ހުއްޓުނުކަހަލައެވެ. ހަމަ އެވަގުތު އެއްވެސް އިންޒާރެއް ދިނުމެއްނެތި ވާރޭގެ ބޯ ކެރިގަނޑެއްވެސް އޮއްސާލިއެވެ. ދިރުމެއްނެތް އިންސާނެއް ފަދައިން ހޮސްޕިޓަލްގެ ގޯތިތެރެއަށް އަޔާނީ ނިކުތެވެ. ހިމަފޮދޮ ވާރޭގެ ތިކިތަކުން އޭނާ ދިޔައީ ތެމެމުންނެވެ. ގޯތިތެރޭގެ ވަކި ހިސާބަކަށް ދެވުުމުން އޭނާގެ ކެތްތެރިކަން ކޮޅުން ލިއެވެ. ބިންމައްޗައް ތިރިވެ އަޑުގެ ނެތްތަނައް އޭނާއަށް ރޮއެގަނެވުނެވެ. ވެހެމުން ދިޔަ ވާރޭވެސް ދިޔައީ އަޔާނީގެ ހިތާމައިގައި ބައިވެރިވަމުންނެވެ.

އެވަގުތު ހޮސްޕިޓަލް ތެރެއަށް ވަދެގެން އައި އީތަން އަށް ޑޮކްޓަރުގެ އެބަސް ކޮޅު އަޑު އިވުނެވެ. އޭނާގެ މޫނުމަތިން ހައިރާން ކަމުގެ ކުލަވަރު ފެނުނެވެ. އެ ޙަބަރުން ހައިރާންވީ އީތަން އެކަންޏެއް ނޫނެވެ. އެތާތިބި އެތަށްބަޔަކު ތިބީ އެވާހަކައިން ސިހިފައެވެ. އާމިރާ އެވާހަކަ ސިއްރު ކުރި ސަބަބާ މެދު ކޮންމެ މީހަކުވެސް ހިތާހިތުން ސުވާލު ކުރަމުންނެވެ. އެހެންނަމަވެސް އެ ސުވާލަށް ޖަވާބުދޭން އާމިރާއެއް މިއަދަކު ނެތެވެ.

އީތަން އަޔާނީ އާ ދިމާލަށް މިސްރާބުޖެހިއެވެ. ވެހެމުން ދިޔަ ވާރޭއަށް ފަރުވާލެއް ނުބަހައްޓައެވެ. ކައިރިން މީހެއްގެ ހިލަން ވުމުން އަޔާނީ އިސްއުފުލާ ބަލާލިއެވެ. އޭނާ ކައިރީ ދެކަކޫ މައްޗައް އިށީނދެގެން އިން އީތަން ފެނި އޭނާ އަށް ކުއްލި ހަރަކާތަާއެކު އީތަން ގައިގައި ބައްދައިގަނެވުނެވެ. ކޮންމެ މީހަކުވެސް ދެރަވާ ވަގުތެއްގައި ބޭނުންވާނީ އަނެކާގެ އޯގާތެރިކަން ނޫންހެއްޔެވެ. މަޑު ގިސް ލުމަކާއެކު ރޮމުން ދިޔަ އަޔާނީގެ ސަބަބުން އީތަންގެ ހިތް ދިޔައީ ވިރެމުންނެވެ. ތިމާ ލޯބިވާ ފަރާތެއް ހިތާމަ ކުރާތަން ދެކެން ކެތްވާނީ ކޮން ހިތަކައް ހެއްޔެވެ. ރޮމުން ދިޔަ އަޔާނީ އޭނާގެ މެއާލާ ބޮނޑި ކޮށްލެވުނީ ބޭއިޙްތިޔާރުގައެވެ. ހަމަ އެސިކުންތުކޮޅު ތެރޭގައި ބާރު ގުގުރިއެއްގެ އަޑާއެކު ވިއްސާރަވެސް ބޯކޮއްލިއެވެ. އީތަންގެ ލޮލުން ކަރުނަ އަންނަފެށީ ކީއްވެ ކަމެއް ޙުދު އޭނާ އަކަށްވެސް ނޭނގުނެވެ. އޭނާ މިހާ ހިތްބަލިވީ ކޮންއިރަކު ހެއްޔެވެ. ވާރޭ ތެރޭގައި އެކަކު އަނެކަކު ގައިގައި ބައްދައިގެން ތިބެ ރޮމުންދިޔަ، މުޅި ރަށަށްވެސް ” ފޯއެވާރ ބެސްޓީސްގ” ގެ ނަމުން މަޝްހޫރު އީތަންއާ އަޔާނީ ދިޔައީ އެތަށް ބަޔެއްގެ ހިތް ރޮއްވަމުންނެވެ.

އާމިރާގެ ކަށުކަމާކެމީގެ ކަންތައް ނިންމާލުމަށްފަހު އީތަން އާއި އަޔާނީ ސަހަރާ އިން ނިކުތީ އެތަށް ހަނދާންތަކެއް ހިތުގައި ފަސްއަޅާ ފޮރުވަމުންނެވެ. ސަހަރާ އިން ނުކުތް ކޮންމެ މީހެއްވެސް މެއެވެ. އާމިރާއަކީ މުޅި ރަށުގެ އެންމެން ދަންނަ ރަނގަޅު އެކުވެރިއެކެވެ. ހިތް ހެޔޮ އަވަށްޓެރިއެކެވެ. މުރާލި އަންހެނެކެވެ. ދެވަނައެއް ނުވާނެ ފަދަ މަންމައެކެވެ.

ރޭގަނޑުގެ ވަގުތު މަގުން މެދުން ހިނގައިފައި ދިޔަ އަޔާނީ އަކަށް އޭނާގެ ފަހަތުން މީހަކު ފާރަލަމުން ދިޔަ ކަމެއް ނޭނގެއެވެ. އޭނާގެ ހިތާ ސިކުނޑި ވަނީ ވަށައިގެންވާ މާހައުލާ މާ ދުރުގައެވެ. އަޔާނީ ފަހަތުން ހިޔަންޏެއް ފަދައިން އާމިރާގެ ރޫޙު ދިޔައީ ހަރަކާތްތެރި ވަމުންނެވެ. ހުރިހާ އިންސާނުންގެ ލޯތަކަށް އާމިރާގެ ރޫޙުވަނީ ޢައިބު ވެފައެވެ. އިރު އިރު ކޮޅާ އޭނާ ލޮލުން ހޯސްލާފައި ފައިބަމުން ދިޔަ ކަރުންތައް އަތުގެ ނުފުށުން ފޮހެލަން ޖެހެއެވެ. އަޔާނީގެ ލޮލުން ވެއްޓެމުން ދިޔަ ކޮންމެ ކަރުނަތިކެއް ދިޔައީ އާމިރާގެ ހިތުގައި ކޫރުން އަޅުވަމުންނެވެ. އަލުން އަނބުރާ އޭނާގެ ދަރިފުޅު ގާތަށް އާދެވޭނެ ނަމައޭ އާމިރާ ހިތަށް އަރަމުން ދިޔައެވެ. އެހެންނަމަވެސް އަޖަލު ހަމަވުމުން ކޮންމެ އިންސާނަކުވެސް މި ފަނާވެނިވި ދުނިޔެއާ ވަކިވެގެން ދާނެކަން އާމިރާވެސް ގަބޫލުކުރެއެވެ. އޭނާ ނެތް މި ދުނިޔޭގައި އޭނާގެ ހަމައެކަނި ދަރިފުޅު އަޔާނީއަށް އުފާވެރި ހަޔާތަކަށް އެދެމުން ދުންތަކެއް ފަދައިން އާމިރާގެ ސޫރަ ފަޒާގެ ތެރެއަށް އަރައިގެން ދިޔައެވެ.

އެއް މަސް ފަސް..

 

ނުނިމޭ…

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ninninaal

Level 1

a girl who loves reading and writing stories . i have been writing stories for a long time . and i thought writing stories in a site like this would be a great way to show you all my talent. please point out my mistakes for me so i could improve. your support can be the the best path to my success. - Ninninaal-

Other Articles

Previous

ލޯބިނުވިޔަސް ފިރުމާލަދީ…. 15

Next

ތިޔަ އިންތިޒާރުގައި…

Next
April 13, 2018

ތިޔަ އިންތިޒާރުގައި…

Previews
April 12, 2018

ލޯބިނުވިޔަސް ފިރުމާލަދީ…. 15

13 Comments!

  1. Anonymous says:
    April 13, 2018 at 3:07 pm

    V reethi vaahaka. Ekam maa kury vaahaka genesdhayleh

  2. Alyss says:
    April 13, 2018 at 4:58 pm

    nice story waiting friend for the next part
    kuriah oth thaaga story thankolheh dhigu kohgenes dheyne kamah ummedhukuran
    thankolheh avahah up kihdheythi igey
    :):)

  3. Ninninaal says:
    April 13, 2018 at 5:01 pm

    HELLO FRIENDS ?
    This is the 2nd part of the story SOORA. hope you will like it ❤
    Next part on Sunday insha allah
    And this is just a fantasy story of my own imagination ☺
    I am a primary school student so I may not be that good in vocabulary or describing scenes. Because I am still learning those .?
    Hope you all will understand and appreciate ☺ Thank you ☺
    Salaam
    -ninninaal-?

  4. Insha says:
    April 13, 2018 at 5:54 pm

    ❤❤❤love this sis….varah reethi vaahaka!!??cant wait for too long till next part??keep up the good work

    1. Ninninaal says:
      April 13, 2018 at 5:58 pm

      Thanks ?❤❤
      Next part on Sunday

  5. mishy says:
    April 13, 2018 at 6:40 pm

    Alheyy… ninniii… vrh reethi mi prt s… ninni thii kn gr eh…cn yuh tll me?

    1. Ninninaal says:
      April 13, 2018 at 6:58 pm

      Thank you mishy. .❤
      I am from grade 5☺

    2. mishy says:
      April 13, 2018 at 7:52 pm

      Alheyyy… I cnt believe tht yuh r in gr 5… cux this strii is awesome… m in 7… soo here aftr I’ll cll yuh kokki… okii dhwh kokki kias?

  6. Shiman says:
    April 13, 2018 at 6:57 pm

    Varah reethi..❤❤

  7. Ninninaal says:
    April 13, 2018 at 10:16 pm

    Yup I am fine with you calling me kokki ☺ ?

  8. Ninninaal says:
    April 13, 2018 at 10:16 pm

    Yup I am fine with you calling me kokki ☺ ? hehe

  9. Afaa says:
    April 13, 2018 at 11:51 pm

    V salhii??

  10. Aysh says:
    April 14, 2018 at 10:24 am

    Varah reethi? looking forward for the next part?

Comments are closed.

Next Episodeސޫރަ 3←


All Right Reserved!