2016 ވަނަ އަހަރު ރ. ވާދޫ ސްކޫލުން އޯލެވެލް ނިންމާ އިތުރަށް ކިޔެވުމަށް މާލެ އައުމަށްފަހު އަހަރެން ރަށަށް ދިޔަ މިއީ ފުރަތަމަ ފަހަރެވެ. އެދުވަހު ކަންތަށް ހިނގި ގޮތް ކިޔާލަ ދޭނަމެވެ. ޝައުޤުވެރިކަމާއެކު ކިޔަމުން ދާނެ ކަމުގެ އުންމީދުގައެވެ. ފަތިހު ހައެއް ޖަހާއިރު ފުރަން ހަމަޖެހިފައި ވާތީ ތައްޔާތު ވެލައިގެން އަހަރެން ގެއިން ނިކުތީމެވެ. ދެން އަހަރެންގެ އަމާޒު ހުރީ ޓެކްސީއެއް ނެގުމަށެވެ. މިހާރު މާލެއިން ޓެކްސީއެއް ހޯދުމަކީ ވަފާތެރި ލޯބިވެރިއެއް ހޯދުންހާ އުނދަގޫ ކަމެކެވެ. […]
އެސްފިޔައިގެ ހުނަރުވެރި ލިޔުންތެރިންނަށާއި ފޫހިކަމެެއްނެތި ވާހަކަ ވިދާޅުވާ ކިޔުންތެރިންނަށް 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަމެވެ. – އެސްފިޔަ ޓީމް – – 7997991 –
“ޒީވް މިއަދު ހާދަ ލަސް ވީ؟” އާންމުކޮށް އަންނަ އިރަށްވުރެ ލަސްވުމުން އަޔާނީ ޒިވާ އާއި ސުވާލު ކޮށްލިއެވެ. “ބޮޑު ތަކުރުފާނާއި ޖެހުނީމަ އޭނާގެ ވާހަކަ ފަށައިގެން ލަސް ވީނު..” ޒިވާ އެހެން ބުނެލީ ކޮންމެހެން މައިހާ އާއި އަޔާނީ ހެއްވާލުމުގެ ނިޔަތުގައެއް ނޫނެވެ. ނަމަވެސް އެކަން ވެއްޖެއެވެ. ބޮޑު ތަކުރުފާނު ޒިވާ އެ މުޚާތަބު ކުރީ ޔައީޝް އަށްކަން އެދެމީހުންނަށް އިނގުނެވެ. އެކުދިން ސަމާސާ ކުރަމުން ދިޔައިރު އެ ކްލާސްރޫމު ދޮރުމަތިން އެއްކަލަ އަންހެން ކުއްޖާ […]
“ޒާހިދު” ދާނިޝް އިއްވާލީ އިރުކޮޅެއް ފަހުންނެވެ. “ޒާހިދު. ދޮންބެ ބައްޕަ؟’ ރާސިލް އަށް ބޭއިޚްތިޔާރުގައި ސުވާލުކޮށްލެވުނެވެ. ލިބުނު ސިހުމގައި ސޯފާއިން ތެދުވެވުމާއެކު ރާސިލް ދާނިޝް އަށް ބަލަހައްޓައިގެން ހުރި އިރުވެސް އެ ލޮލުގައި ވަނީ ނޭނގޭ ވިދުމެކެވެ. “ޒާ… ޒާހިދު… ދޮންބެ ބައްޕަ… އައިލީ ބައްޕަ” ރާސިލް އަށް ދެލޯ ބޮޑުކޮށްލަމުން އަހާލެވުނީވެސް އަޅައަޅައިގަންނަމުންނެވެ. އެ ލޮލުން ސިހުމާ ރުޅިވެރިކަންވެސް ފާޅުވަމުން ދިޔައެވެ. “އައި އެމް ގޮނަ ކިލް ހިމް… ޒާހިދު އައިސް އެ ބައުޅޭ…” ރާސިލް […]
އާ ދުވަހަކަށް އިރު އެރީ ޒިވާ ސްކޫލަށް ދާން ތައްޔާރުވަމުން ދަނިކޮށެވެ. ހިކިގެން ގޮސް ދެފުށް ނުޖެހުނެއް ކަމަކު އެ ހިކި ހަށިގަނޑުގައި ނުޖެހި ހުރި ދޫ ހުދު ޔުނީފޯމު އޭނާއާއި ނުހަނު ގުޅެއެވެ. ޒިވާ އަކީ ހަށިގަނޑަށް ފިޓުކޮށް ހުންނަ ހެދުން ލުމަށް ނަފްރަތު ކުރާ ކުއްޖެއް ކަމުން އޭނާގެ މަންމަ ގާތު ބުނެގެން އެ ޔުނީފޯމުވެސް ދޫކޮށް ފެހީއެވެ. އެ ދޮން ވަށް މޫނު ހުދު ކުލައިގެ ބުރުގަލަކުން ވަށާލެވިފައި ވީ އިރު ސްކޫލުގެ […]
“ނޫން ނޫން ނޫން…” އެ އަންހެން ކުއްޖާ ގެ އަޑު ގަދަވެ ގިސްލުމަކަށް ބަދަލްވެގެން ދިޔައެވެ. އިޒިކް ދޮރުހުޅުވާލާފައި ނުކުތެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އެ ފްލޯގެ އެޕާރްޓްމެންޓް ބީ ގެ ދޮރުމަތީ އިނދެރޮމުން ދިޔަ އަންހެން ކުއްޖާއެވެ. އިޒިކް އަށް ސިހުން ލިބުނީ އެއީ މިއަދު މާނިއުމެން އުޅޭ އެޕާރޓްމެންޓްއިން ނުކުތް ކުއްޖާ އަށް ވީމައެވެ. އެހެންކަމުން ހައިރާން ކަމެއް އިޒިކް އަށް ލިބިފައިވެއެވެ. ހުރިތަނަށް ތިރިވެވުނު މުސްކާގެ ގެ ލޮލުގައި ދުޅަކަމެއްވުމާއެކު ތުންފަތުގައި […]
ހަތަރު ވަނަ ފަހަރު އަތް ލާ އަނެއްއަތް ވެސް އޭނާ ގެންގޮސް އެ އަތުގެ މަތީގައި ބާއްވާލިއެވެ. “މަންމީ” އަންޖުމް ގޮވާލިއެވެ. “ޑެޑީ… މަންމި އަށް ކިހިނެތްވެފަ؟” ރޮވިފައިވި އަޑަކުން އަންޖުމް ސުވާލުކޮށްލުމާއެކު ރާސިލް އަށް ލޯ މަރާލެވުނީ އަންޖުމް ގެ އަޑުގައިވި އަސަރުންނެވެ. އެ ހިތަށް ބަޔާންކުރަން ދަތި އިހްސާސްތަކާ ވޭން ތަކެއް ލިބިގެން ދިޔައެވެ. ރާސިލް ކުރިއަށް ޖެހިލާ އަންޖުމް ގެ އަތްމަތީ އޭނާގެ އަތް ބާއްވާލިއެވެ. “މަންމި ބަލިވެފަ އެ އޮތީ އަންޖު… […]
ގޭގެ މައިދޮރުގެ ބެލް ރިންގްވި އަޑު މުޅިގޭގައި ގުގުމާލިއެވެ. ނިބާލް ސޯފާއިން ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަދެގެން އައި ސައިމަންގެ އާއިލާއާ ސަލާން ގަލާން ކުރަމުންނެވެ. އެހެންނަމަވެސް ސައިމަންގެ ދެވަނަ ދަރިފުޅު ޒާއިންއާ ސަލާންކޮށްލިއިރު ދެމީހުންގެ ނަޒަރު ބައަދަލުވި ހިނދު ނިބާލްއަށް އޭނާއަށް ދެވަނަ ފަހަރަށް ބަލާލަން މަޖުބޫރުވިއެވެ. ކުރިން ކޮންމެވެސް ތާކުން ފެނުނު ސޫރައެކޭ އެހިތް ބުނަމުން ދިޔައެވެ. ނަމަވެސް ހަނދާނަށް އެ ސޫރަ ގެންނަން ކުރި މަސަތްކަތްވީ ނާކާމިޔާބެވެ. ސައިމަންގެ ދޮށީ […]
ރޭގަނޑުގެ ވަގުތެވެ. ހޮޅިބުރިއެއްގެ އަލިކަން ވެސް ނުވާ އަނދިރި ގޯޅީގަނޑުގެ ތެރެއިންއިވެމުން ދިޔައީ ދެ ފިރިހެނެއްގެ ބަރު އަޑެވެ. އެކަކު އަނެކަކާ ވާހަކަ ދައްކަމުން ދިޔަ ރާގުން އެތާނގައި ޒުވާބެއް ހިނގަމުން ދަނީކަން ދެނެގަންނަން ފަސޭހައެވެ. ” ޒައިއްޓެ ކަލޭ ހަނދާން ކުރާތި އަހަރުމެންނާ ގުޅުން ކަނޑާލައިފިއްޔާ ކުރިއަށް އޮތްތާނގަ އަހަރުމެންގެ އުނދަގޫ ވަރަށް ބޮޑުވާނެ… އޭރުން ކަލޭގެ މުސްތަގުބަލަކީ މާ އުޖާލާ އެއްޗަކަށް ނުވާނެ ” އިންޒާރެއް ދޭފަދަ ގޮތަކަށް ކަމާލު ބުނެލިއެވެ. އޭނާ ހުރީ […]