“ކޮން ވާހަކަ އެއްދައްކަން؟” ދާނިޝް އަހާލިއެވެ. އޭނާ ރާސިލް އާ ކުރިމަތިލިއެވެ. “މާދަން… މާދަން އަހަރެން މިއުޅެނީ އަންޖުމް އައިލީ އާ ބައްދަލު ކުރަން ގެންދަން” ރާސިލް ފުރަތަމަ އަޅައިގަތަސް ފަހުން ޖުމްލަ ފުރިހަމަ ކޮއްލީ ޔަގީންކަމާއެކުގައެވެ. “އާރ ޔޫ ޝުއާ” ވެރިވި ހައިރާންކަމާއެކު ދާނިޝް އަށް އަހާލެވުނެވެ. “ޔެސް އައި އޭމް… އަންޖު އަބަދު މަންމަ ގެ ވާހަކަ ދައްކާއރު އަހަރެން ހުންނަނީ ދޭނެ ޖަވާބެއް ނޭނގިފަ… އައިލީ ފެނުމުގެ ނަސީބު އަންޖުމް އަށް ވެސް […]
“އަހާ…. ހަހަ… މަމީ ކަލޭގެ ކުރީގެ އަންހެނުން ޒީޝާ ގެ ފިރިމީހާ… ކަލޭގެ ދުޝްމަނެއް… ކަލޭ ކުރި ކުށްތަށް ދުނިޔެއަށް ބޭޒާރުކުރަން ފެން ބޮވައިގަނެފައިވާ މީހެއް… ކަލޭ އަށް އަހަރެން ނޭނގިދާނެ… އެކަމަކު އަހަރެންނަށް ކަލޭ އެނގޭ… ކަލޭގެ ތި އަތުގަ އިން ލަފު… ތިއީ އަހަރެން ކަލޭ ހޯދަން އަންނަން ޖެހުނު އެންމެ ބޮޑު ސަބަބު… އަދި މިވަރުން ނޭނގުނިއްޔާ… އަދިވެސް ކިޔާލަދީފާނަން… އިފްޝާ ރޭޕް ކުރުމުން ކަލޭގެ ކިބައިން ބަދަލް ހިފަން އުޅޭ މީހެއް” […]
ވިއްސާރަ ދުވަހެކެވެ. އެއްއަތުން ކުޑައެއް ނަގައިގެން އަނެއް އަތުން ފޯނާ ކުޅެމުން އޭ.ޑީ.ކޭ ހޮސްޕިޓަލު ތެރެއިން ނިކުތް ނައުރީންއަކަށް އޭނާ ކުރިމަތިން އައި ޒާއިންއެއް ނުފެނުނެވެ. ޒާއިންގެ ނަޒަރުވެސް ހުރީ އޭނާގެ ފޯނަށް ހުއްޓިފައި ކަމުން އޭނާއަށް ނައުރީން ފެނުންވީ ނާދިރުކަމަކަށެވެ. ކުޑައެއްގެ ހިޔާ ނުވަތަ ކޯޓެއްގެ އެހީތަރިކަން ލިބިފައި ނެތުމުގެ ސަބަބުން އޭނާ ދިޔައީ ބޮޑު ތިކިވާރޭގެ މުތީތަކެއް ފަދަ ތިކިތަކުން ތެމި ފޯވަމުންނެވެ. ލައިގެން ހުރި ނޫކުލައިގެ ޓީޝާރޓު ވަނީ ގައިގައި ތަތްލަވާފައެވެ. ކަނދުރާއާ […]
އަހަރެންނަށް އެއްކަމެއް ޔަޤީންވިއެވެ. ފުރަތަމަ ނަޒަރުންވެސް އަހަރެންގެ ހިތުގައި އިބާއަށްޓަކައި ޙާއްސަ މަޤާމެއްދެވިއްޖެކަމެވެ. ******************************* ދުވަހަކަށްފަހު ދުވަހެއް މާޒީއާއި އެކުވަމުންދެއެވެ. އަހަރެންވެސް ހިތްވަރާއިއެކު މަސައްކަތްކުރަމުންދިޔައީ އޯލެވެލް އިމްތިޙާނުން ރަނގަޅު ނަތީޖާއެއް ހޯދާ މަންމަމެންގެ ހުވަފެންތައް ހަޤީގަތަކަށް ހަދާދިނުމަށެވެ. ނަމަވެސް ކޮންމެ ދުވަހަކު ފިލާވަޅުހަދާ ނިންމާާލުމަށްފަހު އިބާގެ ހަރަކާތްތަކަށް ބަލަން އިނުމަކީ އަހަރެންގެ ދުވަހުގެ ތާވަލުގައި ހިމެނިފައިވާ ކަމެއްފަދައެވެ. އިބާ ސްކޫލަށް ނާންނަ ދުވަހެއްނަމަ އަހަރެންގެ މިލާ މޯޅިވެފައިވާާ މޫނުފެނި އަދުހަމް އަހަރެންނަށް މަލާމާތްކުރާނެއެވެ. ކޮންމެ ދުވަހަކު އިބާ […]
އޭނާ މޫނު ދޮވެލަމުން މީހާ ހަމަޖެހެން މަސައްކަތް ކުރިއަސް ހަށިގަނޑުގައި މަޑު ތުރުތުރެއް ވިކަން ފާހަގަވިއެވެ. މޫނު ދޮވެލާ އަދިވެސް އެއްފަހަރު އޭނާ ލޯގަނޑޫން އަމިއްލަ ސޫރައަށް ބަލާލިއެވެ. އަދި ފާހާނާ ދޮރު ހުޅުވާލާފައި ނުކުތެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އެ ދިމާލަށް ބަލަހައްޓައިގެން ހުރި މީހާއެވެ. ހުރިތަނަށް މީހާ ގަނޑުވުމާއެކު އިސްޖަހާލެވުނެވެ. އަނެއްކޮޅުން ދެންމެ އިވުނު އަޑު ތަކުން ދާނިޝް ގެ ހިތާ ސިކުނޑި ހިސާރުކޮށްފައިވާއިރު ހަމަ ހަގީގަތުގައިވެސް ރާސިލް އެކަމާ ދެރަވާކަމުގައި އޭނާ […]
އަހަރެން ގްރޭޑް ދިހަޔަކަށްދިޔަ އަހަރު އަހަރެން މާލެ ބަދަލުކުރީ ރަށު ސްކޫލުގައި ކިޔަވާދޭގޮތާމެދު މަންމަމެން ހިންހަމަ ނުޖެހޭތީއެެވެ. ފަހުއަހަރަށްވުމާއެކު އަހަރެންވެސް ބޭނުންވީ ފެންވަރު ރަނގަޅު ސްކޫލެއްގައި ކިޔަވާ ރަނގަޅު ނަތީޖާއަކާއެކު ސްކޫލު ދައުރު ނިންމާލާށެވެ. މަންމަގެ ގާތް އެކުވެރިއެއްކަމަށްވާ ސިލްމާ ދައްތަ މާލޭގައި އުޅުމުން މިކަން ހަމަޖައްސާކަށް މާކަ އުނދަގުލެއް ނުވިއެވެ. ******************************* މާލޭގެ ބަނދަރަށް ލެފުމާއިއެކު އަހަރެން ކުޑަކޮށް ނުތަނަވަސް ވާާގޮތްވިއެވެ. އެހެން ފަހަރުތަކަށްވުރެ މިފަހަަރު މާލެ އާދެވުމުން ކުރެވެމުންދިޔަ އިޙްސާާސް ވަރަށް ތަފާތެވެ. ކުރިޔަށް […]
ފަހަތަށް އެނބުރި ބަލާލި އާޔާ ސިހުނީ ކުރިމަތީގައިތިބި ޖުނައިދުއާއި ހިޝާމްގެ އިތުރުން ޒަފަރު ފެނުމުން ނެވެ. “ޖު.. ޖުނައިދު މިތާ.. ” އާޔާ އަށް ވާހަކަދެއްކުނީ އުނދަގުލުންނެވެ. ހަޤީގަތަކީ އާޔާ މިހާރު މަސައްކަތްކުރަނީ ޖުނައިދުމެންނަށް ނޫންކަމެވެ. މަސްތުގެ ހާލަތުގައިވަނިކޮށް އާޔާގެ އިއްފަތްތެރިކަން ޖުނައިދުމެން ގްރޫޕް އެެެންމެންހެން ފޭރިގަނތުމާއެކު އާޔާގެ ހިތުގައި އެމީހުންގެ މައްޗަށްވަނީ ނަފުރަތާއި ރުޅިވެރިކަމުގެ އިތުރުން ބިރުވެސް އެކުވެފައި ވާކަމެވެ. އެރޭ އާޔާއަށް ހަމަހޭވެކަން ވީއިރު ހަށިގަނޑުގަ އަޅަމުންދިޔަވޭނާއެކު ބޭހަށްއެދުމުންވެސް އެމީހުން އެކަމަށް ދިނީ ބީރުކަންފަތެކެވެ. […]
ސަމާލްކަމަށް: ކުރީގެ ޕާރޓަށް ވާނީ އިތުރު ކުރެވިފައެވެ. އެހެންކަމުން މި ޕާރޓް ކިޔާލުމުގެ ކުރިން އެ ޕާރޓް ކިޔާލުމަކީ ވަރަށް ބޮޑު އެދުމެކެވެ. ފެންވަރައިގެން ނުކުމެ އެނދުމަތީގައި ޖައްސާލީ ނިދާކަށް ނޫނެވެ. އެހެން ނަމަވެސް ވެފައި ހުރި ވަރުބަލި ކުޑަކޮށް ފިލުވާލުމަށެވެ. މަންމަ ގެ ބޭސް ވެސް ހުސްވަނީއެވެ. ދެން އިނީ އެންމެ ދދުވަހެއްގެ ބޭހެއެވެ. ބޭސް ހުސްވިހާ އަވަހަށް ޑޮކްޓަކަށް ވެސް ދައްކަން ޖެހޭނެއެވެ. އެހެންނަމަވެސް އަތުގައި އެންމެ ލާރިއެއްވެސް ނެތެވެ. މާދަމާ ކާނީ ކޯއްޗެއްބާއޭ ހިތަށް އެރުމާއެކު އެނދުމަތިން ފުންމައިގެން ތެދުވެވުނެވެ. އެއާއެކު ލައިގެން ކާނޭ އެއްޗެސް ވެސް ނެތް ކަން ހަނދާންވވިއެވެ. އަތުގައި ހުރި މަދު […]
“ދޮންތާ… ހަމަޖެހޭ” ރާސިލް އަށް އެހެން ބުނެވުނީ އިފްޝާ އަށް ގޮތެއް ވަނީކަމަށް ހީކުރެވިފައެވެ. ވީވެސް އެހެންނެވެ. އިފްޝާގެ މެއާ ދިމާލުން އެއްފަރާތަށް އެރި ތަދާއެކު އޭނާ އަށް ވޭނީ އާހް އެއް ދޫކޮށްލެވުނެވެ. “ރާސިލް ޕްލީޒް…ދާން ގެނެސްދީ” އިފްޝާ ބުނެލިއެވެ. އަދި ކުއްލިއަކަށް ރާސިލް އަތުން ވީއްލިގަނަގެން ދުއްވައިގަތެވެ. ދޮރޯއްޓާ ހިސާބުން އިފްޝާ ވެއްޓުނީއެވެ. އޭރު އެ ހިސާބަށް ސަލީމާ އާއި ރާސިލް ވެސް އަރާ ހަމަވަނީއެވެ. “ދޮންތާ” ރާސިލް ހަޅޭއްލަވައި ގަނެފައި ގޮސް އިފްޝާ […]