ހުޅުކޮޅު 2
“ޒީވް މިއަދު ހާދަ ލަސް ވީ؟” އާންމުކޮށް އަންނަ އިރަށްވުރެ ލަސްވުމުން އަޔާނީ ޒިވާ އާއި ސުވާލު ކޮށްލިއެވެ. “ބޮޑު ތަކުރުފާނާއި ޖެހުނީމަ އޭނާގެ ވާހަކަ ފަށައިގެން ލަސް ވީނު..” ޒިވާ އެހެން ބުނެލީ ކޮންމެހެން މައިހާ އާއި އަޔާނީ ހެއްވާލުމުގެ ނިޔަތުގައެއް ނޫނެވެ. ނަމަވެސް އެކަން ވެއްޖެއެވެ. ބޮޑު ތަކުރުފާނު ޒިވާ އެ މުޚާތަބު ކުރީ ޔައީޝް އަށްކަން އެދެމީހުންނަށް އިނގުނެވެ. އެކުދިން ސަމާސާ ކުރަމުން ދިޔައިރު އެ ކްލާސްރޫމު ދޮރުމަތިން އެއްކަލަ އަންހެން ކުއްޖާ ދިޔައެވެ. ދޮރާ ހަމައަށް އަރައިފައި ޒިވާއާއި ދިމާލަށް ބަލައިލީ ނުހަނު ރުޅި ވެރި ކަމާއިއެކުއެވެ. އޭނާގެ ދެ އަތް ވަނީ މުއްކެވިފައެވެ. އެ ދެލޮލުގައިވީ ނުރުހުމުގެ ސަބަބުން ހީވަނީ ޒިވާ ފިއްސާލަފާނެހެންނެވެ. ކޮންމެޔަކަސް އިރުކޮޅަކުން އެ ކްލާހުގެ ދޮރުމަތިން އޭނާ ގޮއްސިއެވެ. ނަމަވެސް ޒިވާއާއި އަޔާނީ އަދި މައިހާ އަށްވެސް އެކަމެއް ނޭނގެއެވެ.
އިންޓަރވްލަ އިން ކުދިންތައް އަންނަން ފެށުމުން ޕްރިފެކްތުންތައް ސްކޫލުތެރޭގައި ޙަރަކާތްތެރިވާން ފެށިއެވެ. “ޒިވާ” ވޯކްވޭއިން ހިނގައިފައި ދިޔަ ޒިވާގެ ދެފައިގައި ތަޅު އެޅުވުނީ ކުއްޖަކު ގޮވާލި އަޑަށެވެ. އަޑު އައީ އެއިރު އޭނާގެ ވައަތް ފަރާތުގައި ހުރި ކްލާސް ތެރެއިންނެވެ. އެއަށްފަހު ވައަތް ފަރާތަށް ބަލައިލިއިރު ޔައިޝް އައިސް އެ ކްލާހުގެ ދޮރުގައި އަތް އަޅުވާލިއެވެ. “އަން.. ޔުއަރ މެތް ބުކް..” މިއީ އަޖައިބެއް ކަހަލަ އިންސާނެކޭ ޒިވާގެ ހިތަސް އެރިއެވެ. ޒިވާގެ ގާތުގައި އޭނާ ވާހަކަދެއްކި ގޮތުން ފިލާވަޅުން އެންމެ ތަންކޮޅެއްވެސް ނަހަދާހެން ޒިވާއަށް ހީވިއެވެ. އެކަމަކު ފިލާވަޅު ނިންމާލައިފައި އެދިނީ ހާދަ އަވަހަކަށެވެ. ޒިވާ ހައިރާން ކަމާއިއެކު ޔައީޝްގާތު އެހެން އަހާލިއެވެ. “ޕިސް ޕިސް… ޒިއްޕުޑިންވެސް ދޯ… މަ މިއީ ބޮޑުތަކުރުފާނެއްނު… އެހެން ވީމަ މަ ވަރަށް ވަރުގަދަވެސް ވާނު.. މަސައްކަތްތައް ވެސް އަވަސްވާނު..” ޒިވާ ދެއްކި ވާހަކަ ޔައީޝްގެ ތޫނު ކަންފަތަށްވެސް ފޯރައިފިއެވެ. ލަދުން ގޮސް ޒިވާ ތިރީ ތުންފަތުގައި ދަތް އަޅާލަމުން އަވަހަށް އެތަނުން ދިޔައެވެ. އަނެއްކާ ޔައިޝް ކުރިމަތީގައި ބޭޒާރުވާން އެހިތް ނޭދޭތީއެވެ.
ގަޑިއަކަށްފަހު ގަޑިއެއް އުފާވެރިކަމާއިއެކު ފާއިތުވަމުން ދިޔައިރު ޒިވާ އާއި އޭނާގެ އެކުވެރިންވެސް ދިޔައީ މަޖާ ކުރަމުންނެވެ. ނަމަވެސް އެ ގްރޭޑްގެ އެހެން ކުލާހެއްގައި އިން އަންހެން ކުއްޖާ އިނީ މުޅި މޫނު ކުނިކޮށްލައިގެންނެވެ. އޭނާ އިނީ ރުޅިން ގޮސް ރަތް ވެފައެވެ. މިއަދު އިންޓަރވަލް އަށްފަހު މި އަންހެން ކުއްޖާ އިންނަނީ އެހެންނެވެ. ކުއްޖަކު އެއްޗެކޭ ބުނެލިއަސް ޖަވާބު ދެނީ ނުރުހުންވެ ހުރެއެވެ. އޭނާއަށް އެ ވަނީ ކިހިނެއްކަން އޭނާގެ އެކުވެރިންނަށްވެސް ނޭނގެއެވެ. އެކަން ހޯދުމަށް އެމީހުން ނުހަނު މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އޭނާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބެއެވެ. އެންމެ ފަހުން އެކުދިންވެސް ހަތިޔާރު ބެހެއްޓިއެވެ.
ސެޝަން ނިމުމުން ގެއަށް ދާން ހުރިހާ ކުދިން ތައްޔާރުވަމުން ދިޔަ ވަގުތު ސްކޫލުން ކޮންމެވެސް އެނައުންސްމެންޓެއް ގޮވާ އަޑު އިވުނެވެ. އެއީ މިއަދު ހަވީރު އެ ސްކޫލުގެ ހަތަރު ހައުސްގެ ތެރެއިން ދެ ހައުސް ބައްދަލު ކުރާ ފުޓުބޯޅަ މެޗަށް ސަޕޯޓު ކުރަން ކުދިން ދިއުމަށެވެ. ފުޓުބޯޅަ ކުޅެނީ ޔައިޝްމެންގެ ހައުސް އާއި އެހެން ހައުސް އެކެވެ. ޔައިޝް އާއި ޒިވާގެ ކްލާހުގެ އަދި އިތުރު އޭނާގެ ދެ އެކުވެރިން ކަމުގައިވާ ޒަޔާން އާއި އަދްޔަން އެ ހައުސްގައި އުޅެއެވެ. އަނެއް ކޮޅުން އެއީ މައިހާގެވެސް ހައުސް އެވެ. އަޔާނީ އާއި ޒިވާ އެއީ އެހެން ހައުސް އެކެވެ. އެ ދެކުދިންގެ ހައުސް ނުކުޅުނެއް ކަމަކު އެމީހުންވެސް ސަޕޯޓުކުރަން އަންނާނެއެވެ. މައިހާ އާއި ހެދި ނައިސް ހުރެވޭނެ ހެއްޔެވެ؟
ޒިވާ ގެއަށް ދިޔުމަށްފަހު އިންތިޒާރު ކުރަމުން ދިޔައީ ހަވީރަށެވެ. މިއަދު އޮންނާނީވެސް ވަރަށް ފޯރިގަދަ ފުޓުބޯޅަ މެޗެކެވެ. ޔައިޝްމެންގެ ހައުސް އަކީ ފުޓުބޯޅައިގަ އެ ސްކޫލުގެ އެންމެ ވަރުގަދަ ހައުސް އެވެ. ދެން އޮތް ހައުސްވެސް ވަކި ބައްޔެކޭ ނުބުނެވޭނެއެވެ. އެހެން ކަމުން ކޮންމެހެންވެސް މިއަދު އެތަނަށް ދާން އެބަ ޖެހެއެވެ.
ދަނޑަށް ދިޔުމުގެ އެއް ގަޑިއިރު ކުރިން ޒިވާ ހެދުން އިސްތިރި ކުރަން ފެށިއެވެ. އެއަށްފަހު ފެން ވަރާލައިގެން އައިސް އެ ހެދުން ލިއެވެ. އޭނާ ލީ ކަޅު ކުލައިގެ އަބާޔާ އެކެވެ. މޭ މަތިންނާއި ފުރަގަހުން ހަމަ އެ ދިމާލުން ރޫ ތަކަެއް ޖައްސާފައި ވީއިރު ހެދުން ވަރަށް ދުލެވެ. ހަށިގަނޑުގައި އެއްވެސް ވަރަކަށް ނުޖެހި ދޫކޮށް ހުރިއިރު އޭނާއާއި ކިތަންމެހާވެސް ގުޅެއެވެ. އޭނާއަކީ ކުރުހެދުން ލައި އުޅޭ ކުއްޖެއް ނޫނެވެ. އޭނާ އެކަހަލަ ހެދުމާއި އެހާ ހިތްހަމަ ނުޖެހެނީއެވެ. އިރުކޮޅެއް ފަހުން ކަނޑު ނޫކުލައިގެ ޕްލޭން ޝޯލް ރީތިގޮތަކަށް އަޅާލިއެވެ. މޭ މަތި ފޮރުވޭ ވަރަށް ޝޯލް އަޅާލައިފައި ވީ އިރު ނުހަނު ފުރިހަމަ އެވެ. ޝޯލްގައި ގޮފިކޮޅުތަކެއް ޖަހާފައި ނެތް ނަމަވެސް ޝޯލް އެޅި އިރު ބޭނުންކުރި ޕިން ތައް ފިޔަވާ އިތުރު އެއްޗެއް އޭނާ ބޭނުން ނުކުރެއެވެ. އެހެން ނަމަވެސް އެހާ ރީއްޗެވެ. ޒިވާ އަކީ މާ ގޮތް ބޮޑު ކުރާ ހިތްވާ ކުއްޖެއް ނޫނެވެ.
ޑްރެސިން ޓޭބަލް މަތީގައި އެކި ވައްތަރުގެ ފުޅިތައް އަތުރާފައި ވިއެވެ. ސެންޓު ފުޅިއާއި ލޯޝަން ފުޅިއެވެ. ލިޕްސްޓިކް އެއް ވެސް އެތާ ހުއްޓެވެ. ޒިވާ އެ ޑްރެސިން ޓޭބަލް ގައި ހުރި ލިޕްސްޓިކްއާއި ދިމާލަށް އަތް ގެންދިޔައެވެ. ނަމަވެސް އޭނާ އެ ނަގާކަށް ނޫޅުނެވެ. އެއާއި ޖެހިގެން އިން ސެންޓުފުޅި ނެގުމަށްފަހު ގަޔަށް އެ ބުރުވާލިއެވެ. އަދިވެސް އެއް ފަހަރު ލޯގަނޑުން އަމިއްލަ ސިފަ ބަލާލުމަށްފަހު ގޮސް ފިޔާތޮށި ކުލައިގެ ބެޑުޝީޓު އަޅާފައިވައި ޑަބަލް ބެނޑުގައި އިށީނދެލިއެވެ. އަޔާނީ އަންނާނަމޭ ބުނީމަ އަދި އޭނާ ނާންނާތީވެއެވެ. ޒިވާ އަކީ އެކަނި އެގޮތަށް ތަންތަނަށް ގޮސް އުޅޭ ކުއްޖެއް ނޫނެވެ. އޭނާ އެކަނި ތާކަށް ދަންޏާ ދާނީ ހަމައެކަނި އަޔާނީމެން ގެއަށެވެ.
“ޒީވް” ޚިޔާލަކަށް ގެއްލިފައި އިން ޒިވާ ސިހުނީ އަންހެން އަޑަކުން އޭނާއަށް ގޮވާލިކަން އެނގިގެންނެވެ. ކުޑަދޮރަށް ނަޒަރު ހުއްޓައިގެން އިން ނަމަވެސް އެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުން އެތަނުން ނަޒަރު ވަކިކޮށްލުމަށްފަހު އަޑު އައި ދިމާލަށް ބަލައިލިއެވެ. ކަޅު ކުލައިގެ ގަޔަށް ދޫ އަބާޔާއެއްގައި ގަދަ ނޫ ކުލައިގެ ޝޯލް އެއް އަޅައިގެން އެ ހުރީ އަޔާނީ އެވެ. ހެދުމުގައި މާ ބޮޑު ގޮތެއް ހަދާފައި ނެތް ނަމަވެސް މޭމަތިން ފެށިގެން ބަނޑާއި ހަމައަށް އަންނަވަރުގެ ނޫ ކުލައިގެ ރީތި މާގަނޑެއް ހަރުކޮށްލާފައި ވިއެވެ. މޭކަޕް ކޮށްފައި ނެތް ނަމަވެސް އެ ދޮން މޫނުމަތި ނުލާހިކު ފުރިހަމައެވެ. އެއީވެސް ޒިވާއެކޭ އެއްފަދައިން އާދައިގެ ގޮތަކަށް ހެދުން އެޅުމަށް ލޯބިކުރާ ކުއްޖެކެވެ. “މާޝާ ﷲ ޔާނީ… ހާދަ ލޮތްބޭ މިއަދު..” ޒިވާ އަޔާނީ އަށް ތައުރީފްގެ ބަސްތައް އޮއްސާލިއެވެ.
“ހޫން… ޒީވް ވެސް ދައްކާ ވާހަކަ… ޒީވް ވެސް ވަރަށް ލޯބި… މާޝާ ﷲ… ކޮބާ ދާންވީނު… ފަނަރަ މިނެޓަށް ވެއްޖެ.. މަޑުމަޑުން ހިނގާލައިފައި ދެވޭނީ ކުރިން ނިކުތީމަ…” ޒިވާއަށް ތައުރީފް ކުރުމަށްފަހު ފުރިހަމަ ހިނިތުން ވުމަކާއެކު އަޔާނީ ބުނެލިއެވެ. “އަހަނ.. އިހަށް މަޑުކޮށްލަބަލަ… ޒިވް އިސްޓާކީނަށް ނާރަ މި އިނދެވުނީ… ޖަސްޓް ވަން މިނިޓް…” ޒިވާ އަކީ ދުވަހަކުވެސް ހިލޭ މީހުން ކުރިމައްޗަށް އިސްޓާކީނަށް ނާރާ ނިކުންނަ ކުއްޖެއް ނޫނެވެ. އައުރަ ނިވާ ކުރުމަކީ އޭނާ އެންމެ ބޮޑަށް އިސްކަން ދޭ އެއްކަމެވެ. ﷲއަށް އޭނާ ބިރުވެތިވެއެވެ. އައުރަ ނިވާކުރުމަށް ބައެއް އަންހެން ކުދިން މާ ބޮޑަށް ސަމާލުކަމެއް ނުދެނީ އެކުދިންނަށް އަދި ނުވިސްނޭތީ ކަމަށް އޭނާ ޤަބޫލު ކުރެއެވެ.
މަޑުމަޑުން ހިނގަމުން ދިޔަ ޒިވާ އާއި އަޔާނީ ސްކޫލު މަގަށް އެޅުނު ތަނާ ހުއްޓެން މަޖުބޫރުވީ މައިހާ ގޮވާލި އަޑަށެވެ. “ހާދަ އަވަހަކަށް ދެމީހުން ތިދަނީ… އަދި ލަހެއް ނުވޭ…” މައިހާ އައިސް އަޔާނީ އާއި ޒިވާ އަށް އެހެން ބުނެލި އިރު ފިޔާތޮށި ކުލައިގެ ލިޕްސްޓިކް އިން ފަވާލެވިފައިވި އޭނާގެ ތުންފަތުގައި ފުޅާ ހިނިތުން ވުމެއް ވިއެވެ. މޫނުމަތީގައި ފައުންޑޭޝަން ހާކައިފައި ނެތަސް އޭނާގެ މޫނު ދޮނެވެ. ލޮލުގައި އަޅާފައިވައި އައިލައިނަރ ގެ އިތުރުން އެއްވެސް އެއްޗެއް މޭކަޕްގެ ގޮތުގައި ބޭނުންކޮށްފައި ނުވެއެވެ. ކަޅުކުލައިގެ ޝޯލްއެއް އަޅާފައި ވީ އިރު ތަފާތު ނޫކުލަތަކުން ޒީނަތްތެރި ކޮށްފައިވި ފޮއްޗެއްގައި ފަލަމަސްގަނޑާއި ހަމައަށް އަރާވަރުގެ ޓޮޕްކޮޅުގައި އޭނާ ހުރި އިރު އެ ހިމަތޮޅި ހަށިގަނޑާއި ނުހަނު ގުޅެއެވެ. ތިރިން ލާފައި ހުރި ކަލުކުލައިގެ ސްކިނީއިން އެ ރީތިކަން އިތުރު ކުރުވައެވެ.
“ކިހިނެތް ވީ މިއަދު މާ ރީއްޗަކަސް ތިމީހުން ތި ބަލައިލީ؟” މައިހާ ފާޑަކަށް ހުރެ ބުނެލިއެވެ. “ރީތިކަމުންނެއްނު…” ޒިވާ ހިނިގަނޑެއް ޖަހާލަމުން އެހެން ބުނެލި އިރު އޭނާ އެހެން ބުނީ ހަމަ ޙަޤީގަތުގައި ވެސް މައިހާ ރީތި ވީމައެވެ. ތިން އެކުވެރިން މަޖާ ވާހަކަތައް ދައްކަމުން ގޮސް ދަނޑާއި ހަމައަށް ދެވުނު އިރު ހަތަރެއް ޖަހައިފިއެވެ. ނަސީބަކުން މާ ގިނައިރެއް ނުވަނީސް މެޗު ފަށައިފިއެވެ. އެއިރު ސަޕޯޓު ކުރުމަށްޓަކައި ބައެއް ކުދިން ދިދަ ފަދަ ތަކެތި ބަހަމުން ދެއެވެ. ޒިވާ ވެސް އަރާ ހުރި ފޯރީގައި ‘ފިނދަނަ’ ހައުސް އަށް މުޚާތަބުކޮށް ހަދާފައި އިން ދިދައެއް އެކުއްޖާ އަތުން އަތުލިއެވެ. “ވެއިޓް ލައިޝާ…” ދިދަ ބަހަން ހުރި ޒިވާ އާއި އެއް އުމުރެއްގެ ލައިޝާއަށް ގޮވާލާ އޭނާ ހުއްޓުވިއެވެ. “ދީބަ ތިއޮތް ދިދަ އާއި ދެން އޮތް ދިދަ….” ޒިވާ އެ ދިދަތައް ވަކި ވަކިން ބަލާލުމަށްފަހު ދެ ދިދައަކަށް އިޝާރާތްކޮށް ބުނެލިއެވެ. ލައިޝާވެސް އިތުރު އެއްޗެކޭ ނުބުނެ އެ ދެ ދިދަ ޒިވާ އަށް ދިނުމަށްފަހު އޭނާގެ މަސައްކަތައިގެން މަސްޣޫލުވިއެވެ.
“ހެއި ގާރލްސް… ސަރޕްރައިޒެއް އެބައޮތް ދެ ކުދިންނަށް…” ޒިވާ އޭނާގެ ދެއަތް ފުރަގަހަށް ލައިގެން ހުރެ އެހެން ބުނެލީ ލާނެއް ހިންޏަކާއި އެކީއެވެ. އަޔާނީ އާއި މައިހާވެސް ވާނުވާ ނޭނގޭ ޙާލު ކޯންޗެއްހޭ އަހާލިއެވެ. “މި ދެ ދިދަ މަތިން ތި ދެމީހުން އަޅެ ހަނދާން ނެތުނީ ކޮން އިރަކު؟ އަނ… މިއޮތީ ނާއިޝްގެ ދިދަ އާއި އަލްޔަންގެ ދިދަ… ދެންވެސް މި ހިފައިގެން ހުރޭ…” ޒިވާ އޭނާގެ ދެ އެކުވެރިންނާއި ސަމާސާ ކޮށްލިއިރު ހުރީ ލާނެއް ހިންޏެއް އައިސްފައެވެ. އަދި އެ ވާހަކަ ބުނި ވަގުތު އަޔާނީ އާއި މައިހާގެ މޫނުމައްޗަށް އެރި ކުލަވަރުން އޭނާ ހުރީ އެތެރެއިން ހީހީ ބަލިވެފައެވެ. ޒިވާ އެހެން ބުނެ ނިމުނުތަނާ އޭނާގެ ދެ ކޮނޑުގައި ބާރަކަށް އަޔާނީ އާއި މައިހާ ޖަހާލިއެވެ. “އައްދޯތް… ތަދުވެއްޖޭ… ދެން އެއްޗެއް ބުނެލިޔަސް ވީ ވަރެއް ދޯ… ހެހެހެހެ..” ޒިވާ ސަމާސާ ހުއްޓާލާ ޚިޔާލެއް ނުކުރިއެވެ. އެ ތިން އެކުވެރިންގެ ސަކަރާތް ގަނޑަށްފަހު ކުޅިވަރުގެ ފޯރިއަށް އެނބުރުނު އިރު އެމީހުންނަށް ނަފްރަތުގެ ލޮލަކުން ކުއްޖަކު ބަލަން ހުރި ކަމެއް ރޭކާވެސް ނުލައެވެ.
“ރައި… ކިހިނެއް ވެފަތަ މި ދުވަސްކޮޅު ތި ހުންނަނީ؟ އަބަދު ހުންނަނީ ދެބުމަ ގޮށްޖަހާލާފަ ވިއްޔަ… އެހެންވެ މިހެން މި ބުނީ… ދެން އަހަރެމެން ބުނީމަކާ ވާގޮތެއް ކިޔައެއް ނުދޭ.. ތި ވެގެން އުޅޭ ގޮތެއް ބުނީމަދޯ އަހަރެމެންނަށްވެސް ކަމެއް ކޮށްދެވެނީ..” ޒިވާ މެންނާ ދިމާލަށް ބަލަން ހުރި ރައިފާގެ ގައިގައި ކުޑަކޮށް ކޮށްޓާލަމުން ފައިހާ ބުނެލިއެވެ. ފައިހާ އާއި އައިރީން އަކީ ރައިފާގެ އެންމެ ގާތް ދެ އެކުވެރިންނެވެ. އޭނާގެ ކަނާ އަތާއި ވާ އަތެވެ. ރައިފާ ކުރާ ކޮންމެ ކަމެއްގައި އެ ދެކުދިން އެހީތެރިވެދެއެވެ.
“އޯކޭ… ކިޔައިދޭން ވީ ދޯ… އަޑުއަހާ.. މަ ބޭނުން އެ ޒިވާ ހުއްޓުވަން.. މާ ކަންތައް ބޮޑުކޮށްލައިގެން އެ އުޅެނީ… އޭނާ ހިތުން އެއީ މާ މޮޅު މީހަކީތަ؟ ޒިވާ… ޖަސްޓް ވެއިޓް އެން ވޮޗް..” ނުލަފާ ހިންޏެއް ރައިފާގެ ތުންފަތުގައި ދުވެލިއެވެ. އޭނާ ޒިވާއަށް ކޮންމެފަދަ ކަމެއް ކުރަންވެސް ފަހެއް ނުޖެހޭނެއެވެ. ލައްކަ ދުވަހު މިހާރު ކެތް ކުރެވިއްޖެއެވެ. ދެން އިތުރަކަށް އޭނާއަކަށް އެންމެ ހިނދުކޮޅަކަށްވެސް ކެތެއް ނުކުރެވޭނެއެވެ. ހުރިހާ ކަމަކުން ޒިވާ އޭނާއަށްވުރެ ކުރި ހޯދައެވެ. އެއީ އޭނާއަށް ތަޙައްމަލު ކުރަން އެންމެ ދަތި ވޭނެވެ.
މެޗު ނިމުނު އިރު ފަސް ގަޑި ބައި ވަނީއެވެ. ދެން އިތުރަށް އެތާ މަޑުކުރުމުގެ ބޭނުމެއް ނެތުމުން ޒިވާ ވެސް އޭނާގެ އެކުވެރިންނާއި އެކީ އަނބުރާ ގެއަށް ދާން ހިނގައިގަތެވެ. އިރުއޮއްސުމުގެ ކުރިން ގެއަށް ދިއުމުގެ ބޭނުމުގަވެސް މެއެވެ. ނަމާދުގަޑި ވާއިރު ބޭރުގަ ހުރެގެން ކަމަކު ނުދާނެއެވެ. “ޒި.. ވާ..” ރީތި ރާގަކަށް އަންހެން ވަންތަ އަޑަކުން ޒިވާއަށް ކުއްޖަކު ގޮވާލުމުން އޭނާއާއިއެކު ދެން ތިބި ދެ އެކުވެރިންވެސް އެއްފަހަރާ ފަހަތް ބަލައިލިއެވެ. “ރައިފާ؟” ޒިވާއަށް މަޑުމަޑުން އެ ނަން އަނގަތެރެއިން ބޭރުކޮށްލެވުނީ ހައިރާން ވީ ވަރުންނެވެ. ޒިވާގެ ކްލާހުގައި ނޫނަސް ރައިފާ އަކީ އޭނާއާއި ވަރަށް ވާދަކުރާ ކުއްޖެކެވެ. ކިޔެވުމުގައިވެސް ޒިވާ އޭނާއަށްވުރެ މަތިން މާކްސް ހޯދައިފިއްޔާ އޭނާ ދެކެ ރުޅި އަންނާނެއެވެ. ސީދާ ޒިވާގެ ކުރިމައްޗަށް ނޭރިޔަސް ތުންތުންމަތިން އެ ވާހަކަތައް ޒިވާއާއި ހަމައަށް ފޯރައެވެ. ޒިވާ އެއިރަށް އަންނަނީ ރުޅިއެއް ނޫނެވެ. ބަދަލުގައި އޭނާ ރައިފާއާއި ދޭތެރޭ ހަމްދަރުދީވެއެވެ. އޭނާއަށް ޙަސަދަވެރިކަމީ ކިހާ ނުބައި ކަމެއްކަން ކިޔައިދޭން ބޭނުންވެއެވެ. ނަމަވެސް ރައިފާ އޭޏާއަށް އެ ފުރުސަތު ދޭނެ ހެއްޔްވެ؟
“ހުމްމް.. މީ ރައި.. ލޯބި ލޯބި ޒިވް ހާދަ އަވަހަކަށް ގެއަށް ތި ދަނީ؟ އަދި އިހަށް މަޑުކޮށްލަން ވީނު.. އެހާ އަވަހަށް ގެއަށް ދާކަށް ނުވާނެ.. އަދި ފިރިހެން ކުދިންވެސް ނާދެޔެއްނު.. ކުޑަކޮށް އެމީހުންނާވެސް ޓޯކް ކޮށްލާފައެއްނު ދާންވާނީ… އޭ އަދި ހަނދާން ނެތުނިއްޔޭ.. ކިހާ ވަރެއްތަ ލިބުނީ އިސްލާމް ޓެސްޓުން؟” ރައިފާ އެ ހުރިހާ ވާހަކައެއް ދެއްކީ ޒިވާ ރުޅި އަރުވާލުމުގެ ބޭނުމުގައެވެ. އޭނާއަށް ނޭނގުނު ކަމަކީ އޭނާގެ އެ ސުވާލުތަކުން ޒިވާ ވީ ފޫހި ކަމެވެ. އޭނާއަކީ އެގޮތަށް ފިރިހެން ކުދިން ފަހަތުން އުޅޭ ކުއްޖެއް ނުނެވެ. އެއީ ގޯސް ކަމެއްކަން އިނގޭތީއެވެ. ގަސްދުގައި އޮޅިގެންވެސް އެފަދަ ޢަމަލެއް އޭނާ ނުކުރާނެއެވެ.
“ރައި… ބުނަންތަ ވާހަކައެއް… އަސްލު ރައި އަށް އަދި ތިއުޅެވެނީ އެންމެ ރަނގަޅަކަށް ނޫން… ރައި އަކީ ވަރަށް ރީތި ކުއްޖެއް.. މާޝާ ﷲ.. އެކަމަކު އޭގެ މާނައެއް ނޫނެއްނު އެއީ ރައިގެ ޒީނަތްތެރިކަން އެހެން މީހުންނަށް ފާޅުކުރަން ވީޔެކޭ.. އަދި އެ ޒީނަތްތެރިކަމުގެ ދަލުގައި ފިރިހެން ކުދިން ޖައްސަން ވީޔެކޭ.. ރައިގެ ތި ޒީނަތްތެރިކަން އެހެން މީހުންނަށް ފާޅުނުކޮށް ނިކަން ފޮރުވަބަލަ… ފައިދާ ވާނީ ހަމަ ރައި އަށް.. ރައި އަށް ހިލޭ ފިރިހެނުންގެ ފަރާތުން ވާ އުނދަގޫވެސް މަދު ވާނެ… ދެންން… ޒިވާ އަކަށް ނޭނގެ ޒިވާ އަށް އިސްލާމް ޓެސްޓުން ލިބުނު މާކްސް އެއް… ހަނދާނެއް ނެތް މިހާރަކު…” ޒިވާ ރައިފާއަށް ނަސޭޙަތް ދިން އިރު އަޔާނީ އާއި މައިހާ ތިބީ ހިނިތުން ވެލައިފައެވެ. އެހާ ހިތްހެޔޮ ރަނގަޅު އެކުވެރިއެއް އެކުދިންނަށް ލިބުނު ކަމަށްޓަކައި ހިތާހިތުން ﷲއަށް ޙަމްދު ކޮށްލިއެވެ. ޒިވާ އޭނާގެ މާކްސް ނުބުނީ ޙަގީގަތުގައިވެސް އޭނާގެ ހަނދާނުން އެ ކައްސާލައިފައި ވުމުންނެވެ. ކޮންމެހެން ރައިފާ ގާތު ނުބުނާކަށް ނޫނެވެ. ނަމަވެސް ރައިފާއަށް ހީވެފައި އޮތީ އެފަދައިންނެވެ.
“މާ ކަޓު ވާނެ ކަމެއް ނެތް.. ނުވެސް އުޅެން މަށެއް ތި ޒިވާ އާއި ވާހަކަ ދައްކާކަށް..” ކަންތައް މި ވީ ރައިފާ ޕްލޭން ކުރި ގޮތާއި ދިމާ އިދިކޮޅަށެވެ. ޒިވާ ރުޅި ނައި ތާނގާ ނުރުހުންވެ ހުރެ އެއްޗެއް ވެސް ބުނެ ނުލިއެވެ. ބަދަލުގައި ރުޅި ގަދަ މި ވީ އޭނާއެވެ. ޒިވާ އާއި ވާހަކަ ދެއްކުމަކީ ބޮޑު އުނދަގުލެކޭ އޭނާގެ ހިތަށް އެރިއެވެ. ރައިފާ އައިސް ހުރި ރުޅީގައި އޭނާގެ ދެފަރާތުގައި ތިބި އައިރީން އާއި ފައިހާ ގޮވައިގެން ބާރުބާރަށް ހިނގާލައިފައި ދިޔައެވެ. ރައިފާ ކަންތައް ކުރި ގޮތުން ބަލަން ހުރެފައި ޒިވާ ދެފަރާތަށް ބޯ ހޫރުވާލިއެވެ.
“އަޅާ ނުލާ ޒިވް.. އަދި ވިސްނޭނެ އެމީހުންނަށް.. އިންޝާ ﷲ..” މައިހާ ޒިވާއަށް ހިތްވަރު ލައިދެމުން ބުންޏެވެ. ޒިވާވެސް ހަމައެކަނި ހޫމް ލައްވާލީއެވެ. މައިހާވެސް ދިޔުމުން ޒިވާ އާއި އަޔާނީ އެކަނިވިއެވެ. ނަމަވެސް އެދެމެދުގައި ވާހަކަ ދެކެވުނެވެ. “ޕޮއް…” ސިހުނުވަރުން ޒިވާ ދެލޯބޮޑުވެފައި ހުރެ ކުޑަކޮށް ފުންމާލި އިރު އަޔާނީއަށް ކޮޑަކޮށް ހަޅޭއްވެސް ލަވައިގަނެވުނެވެ. އެ ދެކުދިންނަށް ވީ ގޮތުން ޔައީޝް ބަނޑުގައި އަތް އަޅައިގެން ހަމަ ހެނީއެވެ. ޒިވާއަށް މި ސަމާސާ ކަމަކު ނުދިޔައެވެ. އޭނާ ދެބުމަ ކައިރި ކޮށްލީ ނުރުހުން ވީ ވަރުންނެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އަދިވެސް އޭނާ ހުރީ މޭގައި އަތް އަޅައިގެންނެވެ. ފުން ނޭވާތަކެއްވެސް ލެވެމުން ދިޔައެވެ. އެއީ ސިހުނު ވަރުންނެވެ.
އަޔާނީގެ ޙާލަކީވެސް އެއީއެވެ. ނަމަވެސް އޭނާ ފެށީ ހޭށެވެ. ޔައީޝް އާއި ބައިވެރި ވެެންނެވެ. އޭރުވެސް ޒިވާ ދެ އަތް އުރާލައިގެން ހުރި ގޮތަށް ހުރީއެވެ. “ޔައީޝް ދެން ތީ ބޮޑުވަރު އިނގޭ… މާ މައްޗަށް ތި ދަނީ މިހާރު… ތިހެން މާ ގަދައަށް ސަމާސާ ކުރަނިކޮށް މީހަކަށް ކަމެއް ވެއްޖިއްޔާ؟ ކުރާ ސަމާސާ ވިހަ ވާ ފަހަރުވެސް އާދެ.. އެކަން ދަންނާތި..” ޒިވާ އެންމެ ފަހު ބަސް ބުނެލީ ކުޑަކޮށް ޔައީޝް އާއި ދިމާލަށް އިނގިލި ދިއްކޮށްލަމުންނެވެ. ނަމަވެސް ޒިވާގެ އެ ޢަމަލުންވެސް ޔައީޝްއަށް ވީ މަޖަލެވެ. އޭނާއަށް ނޭނގުނު ކަމަކީ އޭނާ އެހެން ހެދުމުން ޒިވާގެ ރުޅި އެއަށްވުރެ ގަދަ ވެދާނެކަމެވެ.
އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ގަދަ ހަދާން އުޅުނު ޒިވާއަށް އެކަން ކާމިޔާބު ވާ ގޮތެއް ނުވިއެވެ. އޭނާ މާ ބޮޑަށް ބިރުގަތީމަ ޔައީޝްދެކެ ރުޅި އާދެވުނީއެވެ. އޭނާ ޔައީޝްދެކެ ރުޅި އަންނާކަށް ބޭނުމެއް ނޫނެވެ. އެކަމަކު އެއީ އޭނާ ގަސްދުގައި ކުރާ ކަމެއް ނޫނެވެ. އައި ރުޅީގައި އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް އެކަން ޔައީޝް އަށާއި އަޔާނީ އަށް އެނގުމުގެ ކުރިން ފުހެލިއެވެ. އޭނާގެ ހިތަށް ޙަޤީގަތުގައިވެސް ތަދުވެއްޖެއެވެ. އެހެންކަމުން އިތުރަށް އެތާ ހުންނާނެހާ ހިތްވަރު ނެތުމުން އެކަނި ބާރުބާރަށް ހިނގައިގަތީ ގެޔަށް ދިޔުމުގެ ބޭނުމުގައެވެ.
ޒިވާ ހިގައިގަތް ތަން ފެނުނު ޔައީޝް އަށް ވެސް ލިބުނީ ސިހުމެކެވެ. އޭނާ އެކަން ކުރީ އެއްގޮތަކަށްވެސް ޒިވާ ރުޅި އަރުވާލުމުގެ ބޭނުމުގައެއް ނޫނެވެ. ޒިވާ ދެބުމަ ގޮށް ޖަހާލައިގެން އަތް އުރާލި އިރުވެސް އޭނާ ހަމަ ޙަޤީގަތުގައިވެސް ރުޅިި އައީ ކަމަކަށް ޔައީޝް އަކަށް ޤަބޫލެއް ނުކުރެވުނެވެ. އެހެންވެ އިތުރަށް ހެން ފެށީއެވެ. ނަމަވެސް ޒިވާ އެފަދަ ގޮތަކަށް ދިޔުމުން އަމިއްލަ ނަފްސު ކުއްވެރި ކުރެވުނީ ބޭ އިޚްތިޔާރުގައެވެ. ޒިވާ ދުވަހަކުވެސް އޭނާ ރުޅި އަންނަފަދަ އެއްޗެއް ބުނެފަކާ ނެތެވެ. އޭނާ ރުޅި އަރުވާލައިފަކާ ނެތެވެ. އެކަމަކު ކޮންމެ ފަހަރަކު އޭނާ ޒިވާ އަށް ޖެއްސުން ކުރެއެވެ. އެ އަންހެން ކުއްޖާއަށް އޭނާ ކުރަން ޖެހޭ އިޙްތިރާމް އޭނާއަށް ނުކުރެވެއެވެ. އޭނާ ދުވެފައި ގޮސް ޒިވާ ހުއްޓުވަން ބޭނުން ވިއެވެ. މާފަށް އެދެން ބޭނުންވިއެވެ. އެ ޚިޔާލުން ބޭރުވެވުނު އިރު ވަގުތު ފާއިތުވެއްޖެއެވެ. ޒިވާގެ ހިލަމެއްވެސް އޭރު ނެތެވެ. އަޔާނީވެސް އޭނާ ޒިވާ ބާކީ ކޮށްލެވުމުން ދެރަވެ ހުރެ ގެޔަށް ދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
31 Comments!
Comments are closed.





Yet me first
yesss.. hehe.. congrats dear… 🙂
V reethi Masha Allah..
thank you ary… vrh ufaavefa noor mihury story kamudhiyaeema Ary ah.. 🙂
Masha Allah.. vvvv reethi…whn is the nest part?? Can’t wait????????
vrh happy vefa noor mihury, Blachaholic dear ehaa story kiyaalaa hiyy vefa huryma… thank you dear.. 🙂
tommorow in sha allah nxt part kiyaalan libeyne.. 🙂 thigothuga keiyytheri kamaai eku ihah madukolla ingey.. hehe
Varah salhi❤when next part???waiting☺☺☺
jazakillah khairan Siya dear.. 🙂 maadhama in sha allah nxt part up koh dheveytho noor masakkaiyy kuraanan.. 🙂
Wowww ?????… V v reethi ?????… Keep it up noor ?????… Curiously waiting for the next part ??????????❤️❤️❤️❤️❤️???
awwn.. haadha colourful comment ekey Pinky Shifoo.. 🙂 vrh vrh loabi comment eh… jazakillah kairan Pinky Shifoo… keep waiting dear.. nxt part vrh avahah genesdheveytho noor eba balan… in sha allah.. 🙂
Vrh vrh reethi nghh…. mii noor ge 1st story dhwh… kudhi kudhi mistakes eb huri… nd 2 sntnce hama eh nujehey… lt me tll yuh…”Shwlga gofikolhu thkhh jahrfai neyy nama s shwl elhi iru beynun kuri pin thh fiyavr ithuru ehchh eynr beynun nukureyey.” Miige badhalu ”eynaa shwl ekhumah gofikolhu ge badhal gai beynun kurii piney”… mhn bunelias rangalhu vrne… nd also ”ekan hwdhumah emiihun nuhanu masakkaiyy kuramn dhiya ey..” mi sntnce okih ekm dhiya ey iniim ehaa ehr eh nun… eyge badhal ”masakkaiyy kuri ey” buniim reethi vrne….nd kiyrln easy vrne… dnt tke it negativelyy ngh… jst bunelii nghh… stry vrh vrh nyc…whn nxt? Curiously waitinn ngh… ♥♥♥♥♥♥♥♥
awwwn.. jazakillah khairan mishy… yep, miee noor ge first… i understand dear.. oh, thank you vrh bodah ingey thithan faahaga kolladhinyma.. plus vrh ufaavefa noor mihury, mishy komme faharakuves thihaa loabi loabi comment kollaathy.. dhn thihaa supportive v ma vrh happy.. thank you sooo much… yeah of course.. negative koh keeh kuran nagan v.. mishy thi kiyaala dhinynun.. dhn part eh ga ekahaa thanthankolhu noor ah rangalhu kolleveynee ves thigothah faahaga kolladhinyma.. vrh bodah thanks ingey anehkaa ves. hehe.. 🙂 in sha allah maadhan up kohdheveytho balaanan. keep waiting dear.. 🙂
Wow..❤
thank you Areen.. 🙂
Alhe varah reethi when is the next part
Alhamadhulillaah! shukuriyyaa varah bodah riyer dear… in sha allah, maadhamaa ebai riyer mennaa hamayah genesdheveytho noor mi balany…
Varah reethi when is the next part????♥♥❤?
jazakillah khairan suty dear.. 🙂 in sha allah, maadhamaa ebai genesdheveytho noor eba try kuran.. 🙂
Good try dear ! And warah happy wet ma sha Allah and in sha Allah kahala words beynun kohffa hureema! Can’t wait to read the next part! Ramadan Mubarak noor
jazakillah khairan dear… alhamdhulillah! vrh ufaavehje samha dear thihaa loabi comment eh kollyma.. plus mi part kamudhiyaeema.. 🙂 hehe.. maadhamaa in sha allah, nxt part genesdheveytho noor eba balan.. kepp waitind dear… Ramadan kareem dear.. 🙂
assalaamu a’laikum dear readers… miothy hulhukolhu ge 2nd episode… ummeedhu kuran hurihaa readers ah ves mi part kamudhaane kamah… 🙂 noor vrh masakkaiyy koffa hunnaane readers ge shauquverikan hifehettey gothah liyeveytho.. readers ah mi part kamudheytha? 🙂 and, Ramadan Kareem dear readers… dhn, noor evves episode eh in sha allah reygandu up kuraakah gasdheh nukuran.. faharegga readers story ge inthizaaruga maa las vandhen nunidhaa thibehje kamugai vany nama rey alhukamah nuheylevi fathis namaadhah nuheylevun ves ekasheegen vey.. noor beynumeh noon noor ge sababun ehaa muhimmu, mathiveri adhi maaiyy kameh readers ge athun beevedhakah.. 🙂 mi ramadan mahu hurihaa kudhin ves alhukamuga gina vaguthu heydha kurahchey… in sha allah, noor ves noor ge gina vaguthu alhukamuga heydha kuraanan allah iraadhakurevviyyaa.. 🙂 noor ge ves dua aky alhamen emmen ge faafathah maaiyy allah mi mathiveri mahugai fussavai dhevvun.. adhi alhamen emmennaky ekalaange mathin handhumakoh ekalaange ah alhukan kurumugai gina vaguthu heydha kuraa baeh kamugai levvun… maaiyy allah mi mathiveri mahuge heyo dharuma aai savaabu alhamen emmenah dhevvaashi… 🙂
Wow.. knirakn aneh part nerenii?..can’t wait for the next part..
jazakillah khairan Gud.. 🙂 mihaaru innaany 3rd part up vefa.. 🙂
Vr vr rythi.. curiously waiting for the next part♥️❤️???
jazakillah khairan No one dear.. 🙂
wow noor this part is amazing ..first story aa balaafa v reethi//.//
Jazakillah khairan maya dear.. for the support too.. 🙂
keep it up noor
jazakillah khairan for the support ira dear… 🙂
Wonderful stry ma sha allah…?