އާދޭސް ކުރާ ހިތްވޭ ރޮމުން 30 (ޕާރޓް 2)
ހަތަރު ވަނަ ފަހަރު އަތް ލާ އަނެއްއަތް ވެސް އޭނާ ގެންގޮސް އެ އަތުގެ މަތީގައި ބާއްވާލިއެވެ.
“މަންމީ” އަންޖުމް ގޮވާލިއެވެ.
“ޑެޑީ… މަންމި އަށް ކިހިނެތްވެފަ؟” ރޮވިފައިވި އަޑަކުން އަންޖުމް ސުވާލުކޮށްލުމާއެކު ރާސިލް އަށް ލޯ މަރާލެވުނީ އަންޖުމް ގެ އަޑުގައިވި އަސަރުންނެވެ. އެ ހިތަށް ބަޔާންކުރަން ދަތި އިހްސާސްތަކާ ވޭން ތަކެއް ލިބިގެން ދިޔައެވެ.
ރާސިލް ކުރިއަށް ޖެހިލާ އަންޖުމް ގެ އަތްމަތީ އޭނާގެ އަތް ބާއްވާލިއެވެ. “މަންމި ބަލިވެފަ އެ އޮތީ އަންޖު… އަދި އިންޝާ ﷲ މަންމި އަންނޭނެ” ބުނާނެ އިތުރު އެއްޗެއް ނޭނގުމާއެކު ރާސިލް އަށް ބުނެވުނީ އެވަރަށެވެ.
“ޑެޑީ… މަންމި އަށް ވަރަށް ތަދުވާނެތަ؟. ކޮއްކޮ އަށް އަތަށް ކައްޓެއްޖެހިއިރުވެސް ތަދުވި…” އަންޖުމް ކޮއްލި ސުވާލުން ރާސިލް މިފަހަރުވެސް ބަސްހުއްޓުނެވެ. އެހެންނަމަވެސް އޭނާ އަށް އަންޖުމް ގެ ފަރާތުން އެކަހަލަ ސުވާލްތަކެއް އަތުވެދާނެކަމަށް ވިސްނައިލެވުމާއެކު އަވަސް އަވަހަށް މީހާ ހަމަޖެހިލަމުން އަންޖުމް އަށް ޖަވާބުދޭން އަވަސްވިއެވެ. “މަންމި ބަލިވީމަ އެ ހުރިހާ އެއްޗެއް މަންމި އަށް ގުޅާފަ އެހުރީ… އެ ނައްޓާލީމަ މަންމި އަށް މާ ތަދުވާނެ ހެން ޑެޑީ އަށް ހީވަނީ” ރާސިލް ޖަވާބުދިނީ އަންޖުމެ ހިންހަމަ ޖައްސައިދިނުމަށެވެ.
“ދެން މަންމި ހޭލާނީ ކޮން އިރަކުން ޑެޑީ” އަންޖުމް ގެ ލޮލުން މިހާރު ކަރުނަވެސް އަންނަނީއެވެ. މިތަން ފެނި ރާސިލް އަންޖުމް ގެ ކަރުނަ ފޮހެދިނެވެ. “އަންޖު… ނުރޯނޭ އިނގޭ… މިހާރު މަންމި ކައިރިއަށް އަންޖު އައިމަ މަންމި ވެސް ހޭލާނެ…” ރާސިލް އަންޖުމެ ގެ ކަރުނަތަށް ފޮހެދެމުން ބުނެލިއެވެ.
ދާނިޝް އިޒިކް މެން ގޭގައި އިންނަތާ ފަނަރަ މިނިޓް ފަހުން އިޒިކް ނުކުތުމާއެކު ދެމީހުން ވެސް އަވަސް ވެގަތީ މާނިއު އާ ކުރިމަތިލާން ދާށެވެ.
އަނެއްކޮޅުން ޒާހިދު އެ އެޕާރޓްމެންޓަށް ވަދެ ބެލް އަޅާލިއެވެ. އެއާއެކު ގިނަ އިރެއްނުވެ ދޮރު ހުޅުވާލިއެވެ. އަދި އޭނާގެ ގަމީހުގެ ގިރުވާނުގައި ހިފައިގެން ބޮޑުފިރިހެނަކު އެތެރެއަށް ވަނެވެ.
“ކަލޭ ގެ ދަރި އައިސް އެ ދިޔައީ އަހަރެން ބޭޒާރުކުރާނަމޭ ބުނެފަ… ބަލަން ހުންނައްޗޭ… އަހަރެން ގެ މަތި މިކަމުގެ އެޅިއްޖެއްޔާ ކަލޭވެސް ސަލާމަތެއްނުވާނެ… އަދި ކަލޭވެސް…” މާނިއު ފަހަރަކު މީހަކު ގެ މޫނަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. ރާއިދާ އާއި ޒާހިދުވެސް އެކަކު އަނެކަކަށް ބަލާލިއެވެ.
“ކަލޭ ބުނި ވަރަށް އަހަރެން ލާރިވެސް ދިނިން… ރާއްޖޭން ބޭރަށް ދިޔައީވެސް އަހަރެންގެ އެހީގަ. އައީމަ ވެސް ލާރި ދިނިން… ކަލޭ ބުނި ވަރަކަށް ލާރިދީގެން އަހަރެން މިހަތަރު އަހަރު މިއުޅުނީ” ޒާހިދު ބުނެލިއެވެ.
“އަހަރެން އަދި ކަލޭ އަށް ރަގަޅަކަށް ކަންތަށް ކުރަންވީ ގޮތް ކިޔައިދޭން ވެގެން މިއައީވެސް ދާނިޝް ކަލޭގެ ކިބައިން ބަދަލް ހިފަން އުޅޭ ވާހަކަ ބުނަން… ދެންމެ އަހަރެންނަށް އަޑު އިވުނު އޭނަ އެ ޒީޝާ ކައިރީ ދެއްކި ވާހަކަ” ޒާހިދު ބުނެލިއެވެ.
“ކަލޭ ހަނދާން ކުރައްޗޭ… މަ ބެދިއްޖެއްޔާ ކަލޭވެސް ބައްދާލާނަން… މަށެއް ކޮންމެހެން ތިއިން އެއްވެސް ވާހަކަ އެއް އަޑު އަހާކަށް ބޭޏުމެއްނުން” މާނިއު ވެސް ހުރީ ރުޅި މަޑުކުރާ ގޮތަކަށް ނޫނެވެ.
“ކަލޭ ހަނދާން ކުރައްޗޭ… މަ އޭނާ ގެ ދުވަސް ވެސް ދުއްވާލާކަށް ފަހެއް ނުޖެހޭނަން. އެއީ ކަލޭގެ ދަރިއަކަށް ވިޔަސް… ” މާނިއު ވާހަކަ ދެއްކިއެވެ. އެއާއެކު ޒާހިދު އަށް ބުނާނެ އިތުރު އެއްޗެއް ނޭނގުނެވެ. މީގެ ހަތަރު އަހަރު ކުރިން އޭނާ ކުޅުނު ކުޅިވަރު ދާނިޝް އަށް އެނގިއްޖެނަމަ އޭނާ އަށް ސަލާމަތް ވުމަކީ ނާދިރު ކަމެކެވެ.
“ހަތަރު އަހަރު… ހަތަރު އަހަރު ރާއްޖޭން ބޭރުގަ އުޅެފަ މިއައި ފަހަރެއްގައިވެސް މިހާ ދުވަސްފަހުން އޭނާގެ އުނދަގޫ ފޯރާނެކަމަކަށް ނޫން… އަހަރެންނަށް އިނގޭ ކަލޭ ޒީޝާ ދެކެ ރުޅި އަންނަނީ ކީއްވެގެންކަން ވެސް… އެއީ ނިކަމެއްޗަކަށް ވީމަ… އެހެންވީމަ އޭނަ އަށް ވެސް އެހެން ހަދަން ވީނު” މާނިއު ނުލަފާ ވަށްތަރަކަށް ހީލައިފިއެވެ.
“މާނިއު… އަހަރެންނަކަށް ހިޔެއްނުވޭ ދާނިޝް މިގަޑީ އަތުވެދާނެހެނެއް. އޭނަ ދަމުން ޒީޝާ ކައިރީ ބުނީ ކޮންމެވެސް މީހަކުގެ ގެއަށް ދާވާހަކަ… ހަމަޖެހިގެން ވާހަކަ ދައްކަން ހިނގާ” ޒާހިދު ބެލީ އެ ހާލަތު އޭނާގެ ކޮންޓްރޯލް ގެ ދަށް ގެނެވޭތޯއެވެ.
“މާން އެހަށް ރުޅި މަޑު ކުރޭ” ރާއިދާވެސް އައިސް މާނިއު ގެ އަތުގައި ހިފަމުން ވާހަކަ ދެއްކިއެވެ.
ރާއިދާ ބެލީ އަންނަ ރުޅިގެ މާނިއު ގޯހެއް އަނެއްކާވެސް ހަދާފާނެތީއެވެ. މިހާރުވެސް ވިސްނަން ޖެހޭ ކަންތަށް ހައްތަހާ ބޮޑީއެވެ. މާނިއު ރާއިދާ އަށް ބަލާލަމުން ފުންނޭވާއެއްދޫކޮށް މައްޗަށް ބަލާލިއެވެ. އަދި ސޯފާ ތަކާ ދިމާލަށް ހިނގައިގަތެވެ. ރާއިދާ ލޮލުން އިޝާރާތް ކޮށްލުމާއެކު ޒާހިދުވެސް އެ ދިމާލަށް ހިނގައިގަތެވެ. ތިން މީހުން ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ.
“ކިހިނެތް ތަ ދެން ހެދޭނީ” މާނިއު ބޮލުގައި ހިފައްޓަމުން އިސްޖަހާލަމުން ވާހަކަ ދެއްކިއެވެ.
ފުންނޭވާއެއް ލަމުން ޒާހިދުވެސް ބުނާނެއެއްޗެއް ނޭނގި ފައި އިނެވެ. ރާއިދާ އެހެން އިން އިރު މީގެ އަހަރުތަކެއްގެ ހަނދާނެއް އައިސް އޭނާ ވަށައިލިއެވެ.
***
“ހުވާ މިބުނީ އެ އިފްޝާ އަށް ރަނގަޅު ފިލާވަޅެއް ދީފަ ނޫނީ މަ ހުއްޓާ ނުލާނަން…” ރާއިދާ ހުރީ މާނިއުމެން ހިފާފާ ހުންނަ އެޕާރޓްމެންޓުގައެވެ. މާނިއު ސޯފާގައި އިށީނދެގެން އިން އިރު އޭނާ ގެ ހަރަކާތް ތަށް ރާއިދާ އަށް ހުއްޓިފައިވެއެވެ.
“ބަލަ ކީއްވެގެންތަ މާ ރުޅި އައިސްގެން ތިއުޅެނީ” މާނިއުއަށް އެންމެ ފަހުން ނީނދެވިގެން އަހާލެވުނެވެ. “ދާނިޝް އަތުލައިގެން އެބަ އުޅޭ ފާޑެއްގެ އަންހެނެއް އޮފީހަށް އައިސްގެން. މަށަށް އިންޒާރު ދީފަ އޮތީ މިހާރު އޮފީހުން ކަނޑާލަފާނެ ކަމަށް” ރާއިދާ ބުނެލިއެވެ. މާނިއު އަކީ އޭނާ އަށް ދިމާވި އެކުވެރިއެކެވެ. މަސްތުވާތެކެތި އޭނާ އަށް ފޯރުކޮށްދީ އެ ބެނުން ކުރުމަށް ފަހި ފުރުސަތުތަކެއް ހުޅުވައިދިނީ މާނިއުއެވެ. އެހެންކަމުން މާނިއު ވެފައިވަނީ އޭނާ ގެ ވަރަށް ގާތް މީހަކަށެވެ.
އޭގެ އަނެއްދުވަހު އޭނާ އޮފީހަށް ދިޔުމުންވެސް ފެނުނީ މާ ހިތްހަމަ ޖެހޭ މަންޒަރެއްނޫނެވެ. ދާނިޝް އާއި އިފްޝާ އާއި ދެމީހުން މާ ގާތް ވެގެން އުލޭތަން އޭނާ އަށް ފެނުނެވެ. “ކުރިން ދުވަހުވެސް އެ ސްޓޯރޫމަށް ލީމަވެސް މަ ބަސްޓް ވީ…” ރާއިދާގެ ހިތަށް އެރިއެވެ. އިފްޝާ އާ ދޭތެރޭ ހިތުގައި އުތުރި އަރަމުން ދިޔަ ނަފްރަތު އިތުރުވެ މިހާރު އޭނާ އެވަނީ އިފްޝާ އަށް ގެއްލުން ދެވެންޏާ ދެވޭނޭ ފެންވަރަށް އެ ނަފްރަތުގެ މަތީގައި ހުޅުރޯކޮށްފައެވެ.
އޮފީހުގައި އިދެގެން އެ ރޭ ހަތަރު ދަމު އޭނާ ވިސްނިއެވެ. ތަފާތު ހިޔާލް ތަށް އޭނާ އަށް އަންނަމުން ދިޔައެވެ. އެންމެ ފަހު ހިޔާލެއްގެ ގޮތުން އޭނާ އަށް އައީ ކޮންމެވެސް މީހަކު ލައްވާ އިފްޝާ ރޭޕް ކޮށްލުވާށެވެ. އެވަގުތު އޭނާ އަށް ފޯނެއް އައުމުން އެއަށް ޖަވާބުދިނެވެ. “ހޫމް… ތަޅުދަނޑި ހިފައިގެން އާދޭ މިފައިބަނީ” ގުޅީ މާނިއުއެވެ. އޭނާ ކޮންމެވެސް ތަނަކަށް ދާން ވެގެން ރާއިދާ އާ އެޕާރޓްމެންޓް ތަޅުދަނޑި ހަވާލުކުރީއެވެ.
ރާއިދާ ތިރިއަށް ދިޔައިރު މާނިއު ހުއްޓެވެ. ރާއިދާ އަތަށް ތަޅުދަނޑި ދިނުމަށްފަހު މާނިއު ބުނީ އޭނާ އެއްބައި އެއްޗެހި ބަލާ ރާއްޖޭން ބޭރަށް ދާން ޖެހޭ ކަމަށެވެ.
ރާއިދާ އެތެރެއަށް ވަނެވެ. އޭގެ ދެދުވަސްފަހުން ރާއިދާ ވަޒީފާއިން ވަކިކުރެވިގެން ދިޔައެވެ. އެއާއެކު އޭނާ ގެ ރުޅިގަނޑު ދެގުނަވެގެން ދިޔައެވެ. ކުރިންވެސް އެ ހިޔާލް އޭނާ އަށް އައި ކަމުގައި ވިނަމަވެސް އެކަމާ އެހާ އަޅާނުލީ އަދިވެސް ދާނިޝް އޭނާ އާ އެއްކޮޅަށް އަނނބުރާލެވޭނޭކަމަށް އޭނާ ގެ ސިކުނޑިއަށް ވިސްނުނީތީއެވެ. އެހެންނަމަވެސް އެކަން އެގޮތަށް ނުވާނެކަން ޔަގީންވުމާއެކު އޭނާ އިފްޝާ އަށް ހިތްދަތިކަން ދޭނީ އެކަމުން ދާނިޝް އަށް ވެސް އަސަރުކުރާ ގޮތަށެވެ. އެއާއެކު ނުލަފާ ހިނިތުންވުމެއް އޭނާގެ ހިތަށް ވެރިވިއެވެ.
މާނިއު އައުމުން ރާއިދާ އޭނާ އެ އެޕާރޓް މެންޓް ގައި މަޑުކުރީ ދާނެ ތަނެއް ނެތުމާއެކު ވަޒީފާއިން ވެސް ކަނޑާލީމައިކަމުގައި ބުނެލިއެވެ. އެއާއެކު މާނިއު އެންމެ ރަނގަޅޭ ބުނެލިއެވެ.
“މާން… އަހަރެން އެބަ ޖެހޭ ކަމަކު ކިޔަން… ހިނގާބަލަ” ރާއިދާ ބުނެލިއެވެ. “ކޮންތާކަށް” މާނިއު އަހާލީ ސުވާލުން ފުރިގެންވީ ބެލުމަކުންނެވެ. “ދިޔާމަ އިނގޭނެއެއްނު” ރާއިދާ ބުނެލިއެވެ. ޓެކްސީއަކަށް އަރައިގެން އެމީހުން ދިޔައީ ރާއިދާ ބުނެލި ތާކަށެވެ. އޭނާ ގެ ނަޒަރު ހުއްޓުނީ ވައިލެޓް ފްލާވަރ ގެ މައި އޮފީހަށެވެ.
“މިތަނަށް… މީ އެއްނު ރާއި ވަޒީފާ އަދާ ކުރި ތަން” މާނިއު އަހާލިއެވެ. ކާރުންފައިބަމުން މާނިއު އަހާލި ވާހަކަ އަށް ޖަވާބު ދޭނެ ޖަވާބެއް ރާއިދާގެ ނެތެވެ. އޭނާ މާނިއު ގޮވައިގެން ތަންކޮޅެއް ދުރަށް ހިނގައިގަތެވެ. އެތާހުރި ގަސްތަކެއްގެ ކައިރިއަށް އައުމާއެކު ރާއިދާ އޭނާގެ ވާހަކަ ފެށިއެވެ.
“މާން… އަހަރެން ބޭނުން އިފްޝާ އަށް ވަރުގަދަ ލަޑެއް ދޭން…” ރާއިދާ ބުނެލިއެވެ. “ތިވާހަކަ ބުނަންތަ އަހަރެން ތިގެނައީ… ” މާނިއު ގެ އަޑުގައި ހިންހަމަ ނުޖެހުމެއް ވިއެވެ.
“ނޫން… “ރާއިދާ ކުރު ޖަވާބެއް ދިނެވެ. “ދެން” މާނިއު އެ ވާހަކަ އަށް މާ ބޮޑު ސަމާލް ކަމެއް ނުދިނެވެ.
“އިފްޝާ ރޭޕް ކޮށްލަން ބޭނުމީ… ދާނިޝް ގެ ކުރިމަތީ” އިފްޝާ އިއްވާލިއެވެ. “ހަހަ” މާނިއު ނުލަފާ ވައްތަރަޖަށް ހީގަތެވެ. “ކަލޭ ކިހިނެތް އިފްޝާ ރޭޕް ކުރާނީ” މާނިއު އަށް އެކަން ވީ ބޮޑު ޖޯކަކަށެވެ. “އަހަރެންކަލޭ މިތަނަށް މިގެނައީ އެ އިފްޝާ ދައްކަން ވެގެން…އިރުކޮޅަކުން ނުކުންނާނެ މަޑުން ހުރޭ… ހެހެ. ކާކު ބުނީ އަހަރެންނޭ އެ އިފްޝާ ރޭޕް ކުރާނީ. އެކަން ކުރާނީ ކަލޭ” ރާއިދާ މާނިއު އާ ކުރިމަތިލަމުން ބުނެލިއެވެ. “ހަހަހާ…ގުޑް” މާނިއު ނުލަފާ ވައްތަރަކަށް ހީގަތެވެ. މީގެކުރިންވެސް އޭނާ ގެ ގްރޫޕުން ވާނީ ކުއްޖަކު ރޭޕް ކޮށްފައެވެ. އެކަން ކަމަކީ އޭނާ އަށް މާ ބޮޑުކަމެއްނޫނެވެ.
ދެމީހުން ސިހުނީ އެވަގުތު ގަސްތަށް ފޭކޮއްލާފައި މީހަކު ނުކުތް އަޑަށެވެ. ސިހިފައި ރާއިދާ އަށާއި މާނިއުއަށް ވެސް ބަލާލެވުނެވެ. އެމީހަކު އެ ދެމީހުނަށް ބަލަމުން ދިޔުމުން އެމީހުންގެ ވާހަކަ އަޑު އިވުނުކަމެއްނޫނީ ނުއިވުނު ކަމެއްވެސް ޔަގީނެއްނުވިއެވެ.
***
ރާއިދާ ހިޔާލްތަކުން ނުކުތެވެ. ދެން އެމީހުންގެ މަޝްވަރާއަކަށް ވީ މިހާރު ޖެހިގެން އެ އުޅޭ މުސީބާތުން ސަލާމަތް ވާނޭ ގޮތެކެވެ.
ރާއިދާގެ ހިތާ ސިކުނޑީގައިވެސް ވަނީ ހައިޖާންގަނޑެއް އުފެދިފައެވެ.
އޭނާ ވެސް ބެދިދާނެއެވެ.
ރާސިލް އައިލީޝް ގާތު ހުއްޓި ހުރި އިރު އެ ދެލޮލުގައި ކަރުނަ ވިދަމުން ދިޔައެވެ. އަންޖުމް އައިލީޝް ގެ އަތުގައި އަތްޖައްސައިލައިގެން ހުރި އިރު އެ ދެލޯ ވެސް ހުއްޓިފައި ހުރީ އައިލީޝް ގެ މޫނަށެވެ. “ވޭކް އަޕް އައިލީ… ވޭކް އަޕް.. އިފް ނޮޓް ފޯރ މީ… ފޯ އަވަރ ޕްރިންސެސް ޕްލީސް… ” ރާސިލް ހިތާހިތާ ބުނެލިއެވެ. އަންޖުމް އައިލީޝް ގެ އަތުގައި ހިފައްޓައިލައިގެން ހުރެ ވާހަކަ ދެއްކިއެވެ.
“މަންމީ… ކޮއްކޮ އާ ޑެޑީ އާ ދެކުދިންވެސް ވަރަށް ލޯބިވޭ މަންމި ދެކެ… ކޮއްކޮ ގެ ފެމެލީ ކޮންޕްލީޓް ވާނީ މަންމި އައިމައޭ…” އަންޖުމް ބުނެލިއެވެ. އެ އ އަޑު އިވި ރާސިލް ގެ ކަރުނަތަށް ފައިބައިގެން ދިޔައިރު ދެލޯ މަރާލެވުނެވެ. ރާސިލް ވެސް އައިސް އޭނާގެ އަތް އަންޖުމް ގެ އަތް މަތީގައި ބާއްވާލިއެވެ.
އަދި މަޑުމަޑުން އެއަތަށް ފިތާލިއެވެ. “މަންމީ… ޑެޑީ ވެސް ރޮނީ މިހާރު” އަންޖުމް ބުނެލިއެވެ. “ދެން ތެދުވޭ”އަންޖުމް ގެ އަޑުގައި އަދިވެސް މަޑު ތުރުތުރެއްވިއެވެ. “ޑެޑީ. މަންމި ކީއްވެ ނުތެދުވަނީ… ކޮއްކޮ ދެކެ ރުޅިއައިސްފަތަ؟ ނޫނީ ޑެޑީ ދެކެ ތަ؟” އަންޖުމް ދެންވެސް ވާހަކަ ދެއްކިއެވެ. އެ ކުޑަ ކުޑަ މައުސޫމް ކުއްޖާ ކުރާ ސުވާލް ތަކުގެ ޖަވާބެއް އައިލީޝް އަކަށް ނުދެވޭނެއެވެ.
“މަންމި ދެކެ ޑެޑީ ވެސް ލޯބިވެޔޭ މަންމީ… ކޮއްކޮވެސް” އަންޖުމް އެހެން ބުނެލިއެވެ. އަދި މަޑުމަޑުން އަދިވެސް ކައިރިވެލިއެވެ. “މާމަ ވެސް ލޯބިވޭ… ދޮންބެވެސް ލޯބިވޭ… ދޮންބެ ދައްތަވެސް ލޯބިވޭ… ދޯ ޑެޑީ… އެކަމަކު ކާފަ ލޯއްބެއްނުވޭ…” އަންޖުމް ގެ އަޑުގައި ހިތާމަ ވެރިކަން ވިއެވެ. ރާސިލް އަށް ވެސް ބުނާނެ އެއްޗެއް ނޭނގި ހުރެވުނީ އެހާ ކުޑައިރުވެސް ކަންތަށް ތަށް ނަގައިގަންނަލެއް އަވަސްކަމުންނެވެ.
ރާސިލް ގެ ހިތް ހަލާކުކޮށްލާފައި އެވަރުންވެސް އައިލީޝް ހަރަކާތެއް ނުކޮށްލިއެވެ. އުންމީދުގެ ހުޅުކޮޅު ނިވުން ނޫންކަމެއްނުވިއެވެ.
އިޒިކް އާ އެކީގައި ދާނިޝް ގެ މިސްރާބުހުރީ މާނިއު މެން ގެއާ ދިމާލަށެވެ. އަނެއްކޮޅުން މާނިއު މެން ގޭގައި ތިބި ތިން މީހުންގެ ސިކުނޑީގައި ދައުރުވަމުން ދިޔަ ކަންތަށް ތަކެއްގެ ސަބަބުން އެ ތިން މީހުންވެސް ތިބީ ބަސްހުއްޓިފައެވެ.
“އަން… މިއޮތީ ލާރި” ޒާހިދު ކުއްލިއަކަށް ވޮލެޓް ހުޅުވާލާ އޭގެން ނެގި ފަސްސަތޭކައިގެ ނޫޓް ތަށް ދިއްކޮއްލިއެވެ. އަދި ވޮލެޓް ސޯފާތަކުގެ ކުރިމަތީގައި ބެއިންދީ އަދިވެސް ޖީބުގައި ކޮންމެވެސް އެއްޗެއް އޮތީތީ އެ ނަގާށެވެ. ޖީބުގައި ދެން އޮތީ ތަޅުދަނޑިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ ތަޅުދަނޑި ޖީބަށް އަނބުރާލާ ކޮށްޕާލިއެވެ. “ދެން ދަނީ އޭ… އަހަރެން އަދި އަންނާނަން ކަމެއް ބޭނުން ވެއްޖެނަމަ ގުޅާތި” ޒާހިދު ބުނެލިއެވެ. އަދި ފުން ނޭވާއެއްލަމުން ތެދުވިއެވެ.
ޒާހިދު އޭނާ އަށް އެ ދިން ލާރިތަށް ހިފައިގެން އެ ގުނަން އިން މާނިއު އާއެކޭ ބުނެލިއެވެ. ޒާހިދު ދެފަރާތަށް ބޯ ހޫރާލަމުން ނުކުންނަން ހިނގައިގަތެވެ. އެވަގުތު އޭނާ ގެ ލޮލުގައި ނުކުންނަ ދިމާ ވާޒްގައި އެއްފަރާތުގައި އިން ދިއްލޭ ރަތް ކުލައިގެ އަލި ކޮޅެއް އަޅައިގަތެވެ. އެހެންނަމަވެސް އެކަމަށް މާ ބޮޑު ސަމާލް ކަމެއް އޭނާ ނުދެއެވެ.
މާނިއު ގޭގެ ދޮރުމަށްޗަށް ކާރު ހުއްޓާ އިޒިކް އާއި ދާނިޝް ފައިބާ ދެމީހުން ދެމީހުންނަށް ބަލާލިއެވެ.
އެވަގުތު ޒާހިދު ނުކުމެގެން ދިޔަ ތަން ދެމީހުންނަށް ވެސް އަޅައެއްނުގަތެވެ. ދާނިޝް ބަލާލިއިރު ޒާހިދު ހުރީ ފަސްދީކަމުން މޫނު ފެންނަ ގޮތެއްނުވިއެވެ. އިޒިކް އާއި ދާނިޝް އާއި ދެމީހުން އަވަސްފިޔަވަޅުތަކެއްގައި ވަންނަން ދިޔައެވެ.
ދާނިޝް ވަދެ އިޒިކް ވަނުމުގެ ކުރިން އެތަނަށް ނުކުންނަން އައި އަންހެން ކުއްޖާ އަޅައިގަތީ އިޒިކް ގެ ގައިގައެވެ. އެ ކުއްޖާ ވެއްޓެން ދިޔަކަމުގައި ވިނަމަވެސް އިޒިކް ހުޝިއާރް ކަމާއެކު ހިފެއްޓުމާއެކު އެ އަންހެން ކުއްޖާ ނުވެއްޓި ސަލާމަތް ވިއެވެ. ލޯ މަރާލައިގެން އޮތް ކަމުގައި ވިނަމަވެސް އެ އަންހެން ކުއްޖާ ގެ ލޮލުގައި ވި ތެތްކަމާއި އެސްފިޔަތަކުގައި ވި ތެތްކަމާއި ކޯތާފަތުގައި ވި ކަރުނަތަށް އިޒިކް ގެ ލޮލުގައި އަޅައިގަތެވެ.
މަޑުމަޑުން އެ އަންހެން ކުއްޖާ ލޯ ހުޅުވާލީ ނުވެއްޓި ސަލާމަތް ވީތީއެވެ. އެވަގުތު ކަރުނައިގެ ސަބަބުން ފުސްވެފައވާ އެ ލޮލުގެ ތެރެއިން އޭނަ އަށް ފެނުނީ ފުރިހަމަ ސޫރައެކެވެ. ބިރުވެރިކަން އެކުލެވިގެންވީ ދެލޮލުން ބަލާލުމާއެކު އަނެއްކާވެސް ތެޅިގަނެފައި އޭނާ ތެދުވަން އުޅުނެވެ. އެއާއެކު ހަދާލެވުނު ގޮތަކުން އަނެއްކާވެސް އޭނާ ވެއްޓެން ދިޔައެވެ. އިޒިކް މިފަހަރުވެސް ހުޝިއާރު ކަމާއެކު އެ އަންހެން ކުއްޖާ ހިފެއްޓިއެވެ. އަދި އަވަސް އަވަހަށް އެ ކުއްޖާ ތެދަށް ބެހެއްޓީ އެ ލޮލުން އޭނާ އަށް ބައިވަރު އެއްޗެހި ވިސްނުނީތީއެވެ. ސިހުން ފެނުނީތީއެވެ. އެ ކުއްޖާ އިޒިކް ގެ އަތް ލުމުން ސިހުނުވަރާ ނުތަނަވަސް ވީވަރު އޭނާ އަށް ސިއްރެއްނުވެއެވެ.
“އިޓްސް އޯކޭ” އިޒިކް މަޑުމަޑުން ބުނެލިއެވެ. އަދި އެތެރެއަށް ވަންނަން ހިނގައިގަތެވެ.
“އަހަރެންނަކަށް ނޭނގޭ ކަލޭ އަކީ އެކަހަލަ ކުއްޖެއްކަމެއް… އަހަރެން ބޭނުމެއްނޫން ތި ކަހަލަ ކުއްޖެއް… ދުވަހަކުވެސް ބޭނުމެއްނޫން… ތ ކަހަލަ މީހުންނަށް ލޯތްބެއް ހައްގެއްނޫން… އަހަރެން ބަލާލިޔަސް ކަލޭ ބިރުގަނޭ… އަދި އިނގިލި ކުރި ޖައްސާލާއިރު ކިހާވަރެއްވާނެބާ… އަހަރެން ކަލޭ ބޭނުމެއްނޫން… ދެން ނުގުޅާތި އަދި އަމްދުން އަހަރެން ފެންނަ ހިސާބަށްވެސް ނާންނާތި” ފޯނުން ވާހަކަ ދެއްކި ޒުވާނާ ދެއްކި ވާހަކައިގެ ސަބަބުން އެ އަންހެން ކުއްޖާ އަށް ލިބިފައިވަނީ ފުން ހިތާމައެވެ.
މުސްކާން ގެ ލޮލުގައި ވިދަމުން ދިޔަ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލަމުން އޭނާ ދުއްވައިގަތެވެ. މިސްރާބަކަށް ވެފައި ވަނީ ފޯނުން ވާހަކަ ދެއްކި މީހަކު ގެ ކައިރިއަށް ދިޔުމަށެވެ.
އެހާ ދުވަސްފަހުން އެކަމުން ނުކުމެ އަލުން ހަޔާތެއް ފަށަން އޭނާ އެޅި ފުރަތަމަ ފިޔަވަޅު އެޅީ މީގެ ފަސް މަސްކުރިންނެވެ. ބިރުން ސިހުނަސް އަތް ތުރު ތުރު އެޅިޔަސް ކަރުނައިން ލޯ ފުރުނަސް ފަރުވާލެއްނެތެވެ. ބޭނުންވީ އެ ހިތާމަތަކުން އަރައިގަންނޭށެވެ. ކޮއްޓެއްގެ ތެރޭގައި ބަންދުވެގެން އިންނާނީ ކިހާ ދުވަހަކުތޯ އަމިއްލަ ނަފްސާ ސުވާލުކޮށްކޮށް ވަރުބަލި ވުމާއެކު ދުނިޔޭގެ ތެރެއަށް ނުކުންނަން ނިންމީ އަމިއްލަ ފުރިހަމަ އިހްތިޔާރަ އެކުގައެވެ.
ފިރިހެނުންދެކެ ފޫހިވެ ގޮތްހުސްވެފައިނުއްޓާ އެ ހަޔާތަށް ޝިނާން އައިސް އެ ފޫހިކަން ފިލުވައިދިނީއެވެ. ޝިނާން އަކީ އޭނާގެ ދޮންތަބޭ ގެ ކޮއްކޮއަކާއެކު ގެއަށް އައިސް އުޅޭ ކުއްޖެކެވެ. އެ ތަނުން ޝިނާން އަށް މުސްކާން ފެނި ގަޔާވެވުނީއެވެ. މުސްކާން ގެ ރުހުން ހޯދަން ކިތަންމެ އުނދަގޫ ކަމަކަށް ވިޔަސް އޭނާ އެކަން ކުރީ މުސްކާން ކަމުދިޔަވަރުންނެވެ.
އެކަހެރި ބައްދަލު ނުކުރުމާ އަނދިރި ތަންތަނުގައި ބައްދަލު ނުކުރުމާ ގައިގައި އަތްލުން ކީކުރަން އިނގިލި ކުރި ޖައްސައިލަން ވެސް މުސްކާން މަނާކުރީއެވެ. ޝިނާންގެ އެއްބަސްވުމާ އެކަންތައް ފުރިހަމައަށް އެއްބަސްވި ގޮތަށް ކުރާތީ މުސްކާން އަށް ވެސް މީހަކަށް އިތުބާރު ކުރެވުނީއެވެ. ހުރިހާ ފިރިހެނުންނަކީ އެއް ގޮތް ބަޔެއްނޫންކަން ގަބޫލް ކުރެވުނީއެވެ. އެކަމަކު އަނެއްކާ ވެސް އޭނާގެ ކުރީގެ ކަންތަކުގެ ސަބަބުން އެ ހަޔާތަށް ހިޔަނި އެޅުނީއެވެ. ޝިނާން ގެ ލޯބީގައި އޭނާ ހީކުރީ އޭނާ އަށް އުފާވެރި ދިރިއުޅުމެއް އުޅެވިދާނޭ ކަމަށެވެ. ހަމައެކަނި އެ ބިރުވެރިކަމުން އަރައިގަންނަން މަސައްކަތް ކުރީ ޝިނާން އަށް ޓަކައެވެ.
އެހެންނަމަވެސް…
އިޒިކް އާއި ދާނިޝް އާއި ދެމީހުން ވަދެ ބެލް ޖަހާލިއެވެ.
“ވޮލެޓް ވެސް ބާއްވާފަ އެ ދިޔައީ” ޒާހިދު ގެ ވޮލެޓަށް ބަލާލަމުން މާނިއު ބުނެލިއެވެ. އެވަގުތަކީ ބެލް އަޅައިލި ވަގުތަށް ވުމާއެކު މާނިއު ގޮސް ދޮރު ހުޅުވާލިއެވެ. އެއާއެކު އޭނާ އަށް ފެނުނީ ދާނިޝް އާއި އިޒިކް އެވެ. ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ދާނިޝް ކުރިއަށް ޖެހިލިއިރު އިޒިކް ޖެހިލީ މޭޒު ކައިރިއަށެވެ.
“ކޮބާ އަނގަ ހުޅުވަން ތައްޔާރު” ދާނިޝް އާއި އިޒިކް ގެ ނަޒަރުވެސް އެވަގުތު މާނިއު އަށް ހުއްޓިގެން ދިޔައެވެ.
“ހަހަ” މާނިއު ޖަހާލީ ނުލަފާ ވައްތަރެއްގެ ހިނިގަނޑެކެވެ.
“އަހަރެންނަކީ އެހާ ފަސޭހައިން އަނގަ ހުޅުވާނެ މީހެއްނޫން” މާނިއު ދާނިޝް އާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. އެ އަޑުގައިވަނީ ރުޅިވެރިކަމެވެ.
ދާނިޝް އިތުރު އެއްޗެއް ނުބުނެ އިޒިކް އާ ދިމާލަށް ބަލާލިއެވެ. އެއާއެކު އިޒިކް ބޯ ޖަހާލިއެވެ.
“ލެޓްސް ސީ” ދާނިޝް އާއި އިޒިކް އާ ދެމީހުން ނުކުމެގެން ދިޔައެވެ. އެހާ ފަސޭހައިން ދެމީހުން ނުކުމެގެން ދިޔުމުން މާނިއު އަށް ލިބިފައިވަނީ ހައިރާންކެމެކެވެ. އޭނާ ހަމަ ތައްޔާރެއް ނޫނޭ ބުނާ އިރަށް ދާ ވައްތަރު ދެމީހުންނެއް ނޫނެވެ. އެހެންކަމުން އެދެމީހުންގެ ރޭވުން ނޭނގުމާއެކު މާނިއު އަށް ލިބިފައިވަނީ ނުތަނަވަސް ކަމެވެ. އޭރު ރާއިދާވެސް އޭނާގެ ގާތުގައި ހުއްޓެވެ.
“މަށަށް ޔަގީން… ކޮންމެވެސް އެހެންކަމަކު އެމީހުން އެއައީ…” މާނިއު ބުނެލިއެވެ. ރާއިދާވެސް ބޯ ޖަހާލިއެވެ. އެކަމަކުއ އެހާ އަވަހަށް އެ ދެމީހުން ކޮށްފައި އެދިޔަކަމެއް އެކަމަށް ވެސް ނޭގުނެވެ.
އައިލީޝް ގާތު ތިބެލާފައި ދެމައިން ނުކުތް އިރު އަދިވެސް ރާސިލް ގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. އަންޖުމްގެ މޫނުމަތިން ހިތާމައިގެ އަސަރު ފާޅުވަމުން ދިޔައެވެ.
އެތަށް ފަހަރަކު އަންޖުމް ވެސް އައިލީޝް އަށް މަންމީ އޭ ކިޔާފައި ގޮވިއެވެ. އެހެންނަމަވެސް އެއިން އެއްވެސް ފަހަރަކު އައިލީޝް ގެ ލޯ ނުހުޅުވާލައެވެ. ލޯ ހުޅުވާލުން އެއްކިބައިގައި ބާއްވާފައި އަތުގެ އެންމެ އިނގިއްޔެއްވެސް ހަލުވާ ނުލައެވެ. ރާސިލް ގެ އުންމީދު ގެ ހުޅުކޮޅު ނިވެން ކައިރިވަނީއެވެ. އެހެންނަމަވެސް އެ އުންމީދުގެ ހުޅުކޮޅު ނިވިޔަނުދީ ހިފައްޓަން މަޖުބޫރެވެ. ކުޑަކުޑަ ދަރިފުޅަށް ޓަކައެވެ. އަންޖުމް އަށް ޓަކައެވެ.
“ޑެޑީ ދެރަނުވޭ… އަދި މަންމި ހޭލާނެ” އަންޖުމް އޭނާގެ ތުއްތު އަޑު އިއްވާލަމުން ހިފާފައިވާ ރާސިލް ގެ އަތަށް ބާރުކޮށްލިއެވެ. ރާސިލް ބަލާލިއިރު އަންޖުމް ހުރީ ރާސިލް އަށް ބަލަހައްޓައިގެން ބޯ އުފުއްލާލައިގެންނެވެ. އެ ތުއްތު ދަރިފުޅުގެ ތުންފަތަށް ވެރިކޮށްލާފައިވާ ހިނިތުންވުމުން ރާސިލް ގެ ހިތަށް ފިނިކަން ލިބިގެން ދިޔައެވެ.
“ޔެސް” ރާސިލް އަންޖުމް އަށް ޖަވާބުދެމުން ބޯ ޖަހާލިއެވެ. އަވަގުތު ހިޝްމާ އައެވެ. “މާމާ… ކޮއްކި މަންމި ބަލިވެފަ އޮތީ… އަދިވެސް ކޮއްކޮ ބޭނުން އަންނަން…” އަންޖުމް ބުނެލިއެވެ. އެއާއެކު ހިޝްމާ ވެސް އަންޖުމް ގެ ބޮލުގައި ފިރުމާލިއެވެ.
“ރާސިލް ދަރިފުޅާ… ދަނީތަ؟ މަންމަ ގެއަށް ދާން… ގޮސް ފަ ޒީ ކައިރީ ބުނާތި އިނގޭ އަންނައްޗޭ… ހިޝްމާ ބުނެލިއެވެ. އެއާއެކު ރާސިލް ބޯ ޖަހާލިއެވެ. އޭނާ ހޮސްޕިޓަލުން ނުކުމެގެން ދާން މިސްރާބުޖެހިއެވެ.
އައިއިރު ހުއްޓާނުލާ ވާހަކަ ދައްކަމުން ދިޔަ އަންޖުމް ވަނީ އާދަޔާ ހިލާފަށް ހިމޭންވެފައެވެ. ހޮސްޕިޓަލުން ނުކުތް ރާސިލް އަށް އެކަން ފާހަގަ ވިނަމަވެސް އެކަމާ އެއްޗެކޭ ނުބުނެ މަޑުކޮށްލައިގެން ހުއްޓެވެ. ޕާރކް ކޮއްފައިވާ ކާރާ ދިމާލަށް މިސްރާބުޖެހިއިރު އޭނާގެ ހިތުގައިވެސް ތަފާތު ޝުއޫރްތަށް ދައުރުވަމުން ދިޔައެވެ.
ކާރަށް އަންޖުމް އެރުވުމަށްފަހު ރާސިލް ވެސް އައިސް އަނެއްފަރާތުން އެރިއެވެ. އަދި އަންޖުމް އަށް ބަލާލިއެވެ. “ޕްރިންސެސް… ވަޓް ހެޕެންޑް” ރާސިލް އޯގާތެރިކަމާއެކު އެހިއެވެ.
“ކޮއްކޮ މި ވިސްނަމީ މަންމި އާ ދޭތެރޭ” އަންޖުމް ބުނެލިއެވެ. ރާސިލް އަންޖުމް އާ ވާހަކަ ދެއްކިއެވެ.
“އަދި މަންމި ހޭލާނޭ އަންޖުމް… ސޯ ޑޯންޓް ލޫޒް ހޯޕް” ރާސިލް ބުނެލިއެވެ.
ވަކިހިސާބަކުން ޓްރެފިކްގައި ޖެހެވުނެވެ. ރާސިލް ބަރުގޮނު އަޅާލިއެވެ.
ދާނިޝް ބަރުގޮނު އަޅާލީ ދެންމެ ކާރަށް އެރިއިރު އެއްފަރާތުގައި ބޮޑު ލޮރޯއެއް އޮތުމުންނެވެ. އޭނާ އިޒިކް އަށް ބަލާލިއެވެ. “ޔޫ ގޮޓް އިޓް” ދާނިޝް އަހާލިއެވެ. “ޔެސް” އިޒިކް އޭނާގެ އަތުގައި އޮތް ކުޑަ ކެމެރާ ދައްކާލަމުން އެއްލޯ މަރާލިއެވެ. “އައި އޭމް ޝުއާރ… ތީގަ ކޮންމެވެސް ހެއްކެތް ވާނެ… ހިނގާ ދަމާ… އައި ވިލް ނެވާރ ލީވް ހިމް…” ދާނިޝް ބުނެލިއެވެ. އެ ލޮރީ ދުއްވާލުމާއއކު ދާނިޝް ވެސް އޭގެ ފަހަތުން ކަހަލަ ގޮތަކަށް ކާރު ދުއްވަމުން ދިޔައެވެ. އެ ދިޔަލެއް ލަސްކަމުން އޭނާ ގެ ގާތަށް ފުދޭވަރަކަށް ރުޅިވެސް އައެވެ.
އެދެމީހުން ކާރުގައި ދިޔަތަން ބަލަން ތަންކޮޅެއްދުރުގައި ޒާހިދު ހުއްޓެވެ. އޭނާ ވޮލެޓް ނެތްކަން ހަނދާންވުމުން އަނބުރާލާފައި އައިސް ވަންނަން ދަނިކޮށް ދާނިޝް އާއި އިޒިކް މާނިއު މެން އެޕާރޓްމެންޓްއިން ނުކުންނަނިކޮށް ފެނުމުން ދުރުގައި މަޑުކޮށްލީއެވެ. އެތަނަށް އެދެމީހުން ދިޔައީބާ އޭ ހިތަށް އެރުމާއެކު އޭނާ ނެތްއިރު އެ ދެމީހުން އެ ގެއަށް ދިޔަކަމީ ނަސީބެކޭ ހިތަށް އެރިއެވެ.
އަނެއްކޮޅުން އިޒިކް އަށް ވިސްނެނީ ދެންމެ އެ ގެއިން ނުކުތް ކުއްޖާ އާ މެދުގައެވެ. އެ ލޮލުގައި ވި އަސަރުން އެއީ ވަރަށް ވޭނުގައި އުޅެމުން ދާ ކުއްޖެއްކަން ދެނެގަންނަން އުނގަގުލެއްނުވެއެވެ. ހަމަގައިމުވެސް އެ ކުއްޖާ ވާނީ ވަރަށް ވޭން ތަހައްމަލް ކޮށްފައިވާ ކުއްޖަކަށެވެ. ދެންމެ ދިމާވި އެ އަންހެން ކުއްޖާ އާ މެދު ވިސްނެންވީ ކީއްވެކަން ނޭނގުނު ކަމުގައި ވި ނަމަވެސް އެ އަންހެން ކުއްޖާ ފެނުނު ވަގުތު އޭނާގެ ހިތަށްވެސް ގޮތެއްވެގެން ދިޔައެވެ. އެއީ އެ ކަރުނަ ތަކުގެ ސަބަބުން ހެއްޔެވެ؟ ނޫނީ އެ ލޮލުގައި ވި ވޭނީ އަސަރުތަކުގެ ސަބަބުންހެއްޔެވެ؟.
ދާނިޝް އައިސް ގޭ ދޮށަށް ހުއްޓާލިއިރުވެސް އިޒިކް އަށް ނޭނގުނެވެ. އޭނާ އަށް ސިހުން ލިބުނީ ދާނިޝް ގޮވާލުމުންނެވެ.
“ހޫމް ކީކޭ” އިޒިކް ސިހިފައި ބުނެލިއެވެ. އަދި މީހާ ހަމަޖެހިލިއެވެ. “ގެއަށް މިއައީ ފައިބަމާ” ދާނިޝް ބުނެލުމާއެކުއ އިޒިކް ވަށައިގެން ބަލާލިއެވެ. “ޔާ… ރައިޓް” އިޒިކް ބުނެލާފައި ދޮރު ހުޅުވާލާފައި ފައިބަން އަވަސްވިއެވެ.
ދާނިޝް ވެސް ފޭބިއެވެ. ދެމީހުން ގޮސް ލިފްޓް ކައިރީގައި މަޑުކޮށްލިއެވެ. ލިފްޓް އައުމާއެކު އޭގެތެރެއިން ދެމީހަކު ނުކުތެވެ. އެއާއެކު ލިފްޓް ހުސްވެގެން ދިޔައެވެ. ދާނިޝް އާއި އިޒިކް އެރިއެވެ. ހަވަނަ ފްލޯއަށް އާދެވުމާއެކު ދެމީހން ފައިބާ އެޕާރޓްމެންޓް އޭ ޖަހާފައި އިޒިކް ގެ ނަން ޖަހާފައި އިން ބަޔަށް ވަނެވެ.
ސޯފާގައި އިށީންނަމުން ދާނިޝް ފުންނޭވާއެއްދޫކޮށްލިއެވެ. “ލެޕްޓޮޕް… ދާނިޝް ބުނެލިއެވެ. “އާން މިއޮތީ މި އަންނަނީ ލެޕް ހިފައިގެން” އިޒިކް އޭނާގެ އަތުގައި އޮތް ކުޑަ ކެމެރާ ދާނިޝް އަތަށް އަތަށް އެތްލަމުން އޭނާގެ ސްޓަޑީ ރޫމާ ދިމާލަށް ހިނގައިގަތެވެ.
ދާނިޝް އޭގާއި ހިފާ އެއަށް ބަލާލިއެވެ. “މީގެން ކޮންމެވެސް ކަހަލަ ހަގީގަތެއް ހަމަ ގައިމުވެސް އަހަރެމެންނަށް އެނގޭނެ..” ދާނިޝް އަމިއްލަ ނަފްސަށް ބުނެލިއެވެ.
އިޒިކް ލެޕްޓޮޕް ހިފައިގެން އައިސް ސޯފާތަކުގެ ކުރިމަތީގައި އިން ބިއްލޫރި ކުޑަ މޭޒުގައި ބަހައްޓަމުން އައިސް ދާނިޗް ގާތު އެއްފަރާތުގައި ސޯފާގައި އިށީނެވެ.
އަދި ޔޫ އެސްބީ އެއްނަގަމުން އެ ލެޕްޓޮޕަށް ގުޅާލިއެވެ. އެއަށް ފަހު އެ ކެމޭރާގައި ލައްވާފައި އިން މެމޮރީ ކާޑް ނަގާ ފޯން އަށް ލައްވާލިއެވެ. އަދި ލެޕްޓޮޕަށް ޖަހާފައި އިން ޔޫ އެސްބީ ވާގަނޑު ފޯނާ ކަނެކްޓް ކޮއްލިއެވެ.
ދާނިޝް ގެ ހިތްވެސް ވަނީ އަވަސްވެފައެވެ. އިޒިކް އެ ކާޑް ހުޅުވާލާފައި އޭގައި އިން ވީޑިއޯ ޕްލޭކޮއްލިއެވެ.
ކެތްތެރިކަމާއެކު ވީޑިއޯ ބަލަމުން ދިޔައިރު ދާނިޝް ދިޔައީ ވިސްނަމުންނެވެ. “ރާއިދާ އަހަރެންނޭ ބެދޭނީ… ކަލޭ އެއްވެސް ކަމެއްކުރިކަމަކަށް ނުވާނޭ” ވީޑިއޯ ގެ ތިރީސްމިނިޓް ދިޔަފަހުން މާނިއު ގެ އަޑު އިވިލިއެވެ. އެއާއެކު ދާނިޝް އަށް ކުރިއަށް ޖެހިލާ އެ ވާހަކަ ކަނުލާ އަޑު އެހެން ފެށުނެވެ.
“ރާއިދާ ބުނެގެން ނޫނީ އެ ފިރިހެނާ ބުނެގެން އެކަން ކުރިޔަސް މަށޭ ބެދޭނީ…” މާނިއު އަދިވެސް ވާހަކަ ދައްކަނީ ރުޅިވެރިކަމާއެކުއެވެ. “އިޒިކް ޕައުސް” ދާނިޝް ބުނެލިއެވެ.
“އެ ފިރިހެނާ… އެހެން ވީމަ އޭގެ މާނައަކީ އަދިވެސް އެހެންމީހަކު އެބަ ވެޔޭ…” ދާނިޝް އިޒިކް އަށް ބަލާލަމުން ބުނެލިއެވެ. އިޒިކް ބޯހަޖާލިއެވެ. ޕްލޭ” ދާނިޝް ބުނެލުމާއެކު އިޒިކް އަނެއްކާވެސް އެ ޕްލޭ ކޮށްލިއެވެ.
“އާއެކޭ އަހަރެން ބޭނުންވިޔޭ އިފްޝާ ކިބައިން ބަދަލް ހިފަން… އަހަރެންނަށް ކިހިނެތް އެނގެނީ މިކަންތަށް މިހެން އެނބުރޭނެކަމެއް… މަ އޭނަ ދެކެ ރުޅިއާދޭ ނަސީބެއް އެ އިންސި ދުނިޔޭން ދިޔަކަންވެސް” ރާއިދާ ގެ އަޑު އިވިލިއެވެ. މިއަޑު އިވި ދާނިޝް ގެ އަތް މުށްކެވިގެން ދިޔައެވެ. އޭނާ ގެ ލޮލުން އަލިފާން ކަނި ބުރާކަހަލައެވެ އެކަމުގެ އަޑީގައި ރާއިދާ ހުރީތީ އޭނާ ވަނީ ރާއިދާގެ ދެކެ އިންތިހާ އަށް ރުޅިއައިއސްފައެވެ. މިވަގުތު ރާއިދާ އޭނާގެ ކުރިމައްޗަށް އަރާނެނަމަ އޭނާގެ އަތުން ރާއިދާ މަރުވާނެއެވެ. އަނެއްކޮޅުން އިޒިކް ގެ ދެ ބުމަ ގޮށްޖެހިފައިވީ އަންހެނަކަށްވެ ހުރެ އެ ހުތުރު އަމަލް ހިންގުމުގައި އަމިއްލަ ކޮއްކޮ ފަދައިން ގެންގުޅުނު މީހެއްގެ އަތެއް އޮތީތީއެވެ. ހާދަ ގޮތެއްނެތެވެ. ހާދަ ލަދެއްނެތެވެ.
ބަލަމުން ދިޔަވަރަކަށް ދެމީހުންގެ ރުޅިގަނޑު ގަދަވެގެން ދިޔައެވެ. އެދެމީހުން އަނެއްކާވެސް ވީޑިއޯއިން ގެއްލުމާއެކު ދާނިޝް އެބައި އޮޅާލުމަށް ބުނެލިއެވެ. ފަރުވާތެރިކަމާއެކު ބަލަމުން ދިޔަ ދާނިޝް އަށް މަޑުކޮށްލާށޭ ބުނެވުނީ އިތުރު ފިރިހެނަކު ވަކިހިސާބަކުން ފެނުމުންނެވެ. “އިޒިކް ފަހަތަށް އޮޅާލަބަލަ” ދާނިޝް ފަހަތަށް އޮޅާލުމަށް ބުނެލިއެވެ. އެއާއެކު އެމީހަކު ވަންނަ ހިސާބަށް އިޒިކް އޮޅާލިއެވެ. އެ މީހާ އެނބުރިލުމާއެކު ފެނުނު މޫނެއްގެ ސަބަބުން ދާނިޝް އަށް ތެދުވެވުނެވެ. ދާނިޝް ދެތުވެވުމާއެކު އިޒިކް ވެސް ކޮންޕިއިޓަރަށް ރަނގަޅަށް ބަލާލިއެވެ. އަދި ތެދުވިއެވެ.
“ބައްޕަ…” ދާނިޝް އަށް ބުނެވުނެވެ. އޭރު އެ ދެލޮލުން ކަރުނަތަށް ފައިބައިގެން ގޮސްފިއެވެ. ބައްޕަ އެ ދެމީހުންނާ ބައްދަލުކުރަން އެދިޔައީ ކޮން ބޭނުމެއްގައިތޯ ބަލަން ބޭނުމެވެ. “ދާނިޝް ކާމް ޑައުން… ބައްޕަ އެ ދިޔައީ ކޮންމެވެސް އެހެން ކަމެއްގައި ކަމަށް ވެދޭނާ މޭބީ މަޖުބޫރު…”
“ކަލޭ ގެ ދަރި އައިސް އެ ދިޔައީ އަހަރެން ބޭޒާރުކުރާނަމޭ ބުނެފަ… ބަލަން ހުންނައްޗޭ… އަހަރެން ގެ މަތި މިކަމުގެ އެޅިއްޖެއްޔާ ކަލޭވެސް ސަލާމަތެއްނުވާނެ… އަދި ކަލޭވެސް…” މަށޭ ބެދޭނީ ކަލޭ ވެސް ރާއިދާ ވެސް ނުބެދޭނެ” އެވަގުތު އިވުނު މާނިއު ގެ އަޑާއެކު ދާނިޝް އަށް ފަހަތަށް އެއްފިޔަވަޅު އަޅާލެވުނެވެ. “ދާނިޝް” އިޒިކް ގޮވާލިއެވެ. ދެން ފަހަތަށް އަޅާލި ފިޔަވަޅާއެކު ސޯފާގައި އަޅައިގަނެފައި ދާނިޝް ސޯފާމައްޗަށް ވެއްޓުނެވެ. އިޒިކް ވޯޑިއޯ ސްޓޮޕް ކޮށްލާފައި ދާނިޝް ގާތު ސޯފާގައި އިށީނެވެ.
“ރާއިދާވެސް އަންހެނަކަށް ވެ ހުރެ ކުރި ހުތުރު އަމަލް ބަލާބަލަ” އިޒިކް ގެ ދަތް ކުނޑި ވަނީ ވިކިފައެވެ. “އެއް އަންހެނަކު އަނެއް އަންހެނަކު އިހްސާސްތަށް ދަނެޔޭ ބުނާތީ އަޑު އަހަން… އެކަމަކު ރާއިދާ އަކީ އިންސާނެއް ތަ އަޅެ… އެހެން އަންހެނެއްގެ އިހްސާސްތަށް ނޭގުނު އިރު އެ ހިންގީ އަންހެން ކުއްޖަކަށް ލިބޭނެ އެންމެ ހިތްދަތި އަމަލް ކަން ނޭނގޭތަ… އަހަރެން މިއަދު ލަދު ގަނޭ އޭނާ އަހަރެމެން އާއިލާއިން ބަލާ ބޮޑު ކުރިއޭ ބުނަން… މަށަށް އެ ދުލުން ބޭބެޔޭ ކީތީ… މަ އޭނަ އަށް ރަނގަޅަށް ކަންތަށް ތައް ކޮށްދެވުނީތީ” އިޒިކް ބުނެލިއެވެ.
“ކޮން ކަހަލަ ބައްޕައެއް… ކޮންފަދަ ނުބައި މީހެއް… އަހަރެން ނާއި އިފޫ އިންނަން ނުގަބޫލް އިރު އެ ހިންގީ ހާދަ ދަށިދަރަޖައިގެ އަމަލެކޭ… އަންހެން ކުއްޖަކަށް ލިބޭނެ އެންމެ ބޮޑު ހިތްދަތިކަން… އަނިޔާ އެ ދިނީ… ހާދަ ރަހުމް ކުޑައޭ އިޒިކް… ކުޑަ އިރު އައިލީ އަށް އަނިޔާ ކުރިޔަކަށް އަހަރެންނަކަށް ހިޔެއްނުކުރެވޭ ދުވަހަކުވެސް އަމިއްލަ ބައްޕަ އެހާ ދަށު ދަރަޖައަކަށް ވެއްޓިދާނެޔެކޭ… ދުވަހަކަވެސް މާފެއްނުކުރާން… އިންސާފުގެ ކުރިމަށްޗަށް ވެސް ގެންނާނަން” ދާނިޝް އެހެން ބުނެ ދޮރާ ދިމާލަށް ހިނގައިގަތެވެ.
“ދާނިޝް މަޑުކުރޭ” އިޒިކް ދާނިޝް އަށް ހުރަސްއެޅިއެވެ. “އަންނަ ރުޅީގަ ވިސްނާ ނުލާ ކަންތަށް ނުކުރޭ… އަދި ކެތްތެރިވޭ… މިހިސާބަށް މިއާދެވުނީ ވަރަށް މަސައްކަތުން އަހަރެމެންނަށް ހެދޭ އެންމެ މިސްޓޭކަކުން މި ސިޗުއޭޝަން ގެ ކޮންޓްރޯލް އަހަރެމެންގެ އަތުން ގެއްލިދާނެ…. އަހަރެންނަށް އެނގޭ ދާނިޝް އަށް ވާނެވަރު… ރުޅިއަންނާނެވަރު. ހުދު އަހަރެންވެސް ރާއިދާ ދެކެ ވަރަށް ރުޅިއައިސް މިހުރީ… އަމިއްލަ ނަފްސުދެކެވެސް… އޭނަ އަށް ރަނގަޅަށް ކަންތަށް ތައް ކޮށްދެވުނީތީ… އެއްވެސް ކަމެއް ނޭގުނީތީ… ދާނިޝް އަށް އަދި މާ ވަރުވާނެ… އެކަމަކު އަވަސް އަރުވައިލައިގެން ކަންތަށް ކޮށްގެން ނުވާނެ.. ވީޑިއޯވެސް ބަލަން ހިނގާ އެއްކޮށް އަދިވެސް އިތުރު ހެއްކާ ޕްލޭން އެނގިދާނެ…” އިޒިކް ބެލީ ވީހާވެސް ކެތްތެރިކަމާއެކު ކަންތަށް ތަށް ކުރިއަށް ގެންދެވޭތޯއެވެ. އެމީހުން ކުރިން ދުވަހު ގޮސް ފައި އައީ އެތަނުގައި ކެމެރާ ބައިންދާފައެވެ. އެ ދުވަހު ދާނިޝް މާނިއު އަށް ވަޅިން ބިރު ދެއްކި ގަޑީގައި އިޒިކް އެތާ މޭޒުމަތގައި އިން ވާޒްގައި ޖަހާފައި ހުރި މާތަކުގެ ތެރެއަށް އެތަނުގެ ސިޓިން ރޫމް ފެންނަގޮތަށް ކެމެރާ ލީއެވެ. މިއަދުވެސް އިޒިކް އެތަނަށް ކައިރިވެފައިއެއްވެސް މީހަކަށް ނޭނގޭ ގޮތަށް ކެމެރާ ނެގީއެވެ.
“ދާނިޝް އިޒިކް އަށް ބަލާލަމުން އިޒިކް ބުނި ގޮތަށް ކަންތަށް ކުރަން ނިންމިއެވެ. އެހެންނަމަވެސް އޭރު އޭނާގެ ބޮލުގައި ރިއްސަމުން ދިޔައެވެ. ހަދާނެ ގޮތެއް ނޭގެއެވެ.
އިށީނދެ ވީޑިއޯގެ ބާކީ ބައި ބަލަން ފެށިއެވެ. އިވެމުން ދިޔަ ހަގީގަތް ތަކުން އޭނާގެ ނަފްސުގެ ހަމަޖެހުން ނަގާލައިފިއެވެ. އެއްފަހަރު ބޮލުގެ އިސްތަށިގަނޑޫގެތެރެއަށް އަތުގެ އިނގިލިތަށް މަހާލާނެއެވެ. އަނެއްފަހަރު ދެއަތުން ދަތްދޮޅީގައި ޖައްސައިލައިގެން އިންނާނެއެވެ. އަނެއްފަހަރު ފުންނޭވާއެއްލާނެއެވެ. ވަށައިގެން ބަލާލާނެއެވެ. ޒީޝާ މެސެޖް ކޮށްފައި ޒާހިދު އައި ވާހަކަ ބުނެފައި ވާތީ އޭނާ އަށް އެތަނުގައި އިނދެވުނީ ވަރަށް ހާލުންނެވެ. ބޭނުންވަނީ މިހާރުން މިހާރަށް އިފްޝާ ގެ ހަގީގަތް ހާމަކޮށް ޒާހިދު ބޭޒާރުކޮށްލާށެވެ.
އެރޭ އަށެއްޖެހިއިރުވެސް ދާނިޝް ހުރީ އިޒިކް މެން ގޭގައެވެ. މެންދުރު އެއްޗެއް ބޭރުން ގެނެސްގެންވެސް ކެވޭ ގޮތެއްނުވިއެވެ. ގިނަވަގުތު ދެމީހުންވެސް ހޭދަކުރީ ދެން ކަންތަށް ކުރާނޭ ގޮތަކާ މެދު ވިސްނުމުގައެވެ.
“ދާން… ދެން ގޮސްލަން ވީނު… ގެއަށް ގޮސް… އަރާމުކޯށްލާ… އަހަރެންވެސް ވަރަށް ވަރުބަލިވެއްޖެ…” އިޒިކް ބުނެލިއެވެ. “ހަނދާން ކުރާތި އަދި ބައްޕަ ފެނުނަސް ކެތްތެރިވާތި” އިޒިކް ދެންވެސް ދާނިޝް ސޯފާއިންތެދުވެ ހިނގައިގަތުމާއެކު ނަސޭހަތް ތެރިވިއެވެ. އެހެންނަމަވެސް ދާނިޝް އަށް ޝައްކެވެ. ޒާހިދު ފެންނަ އިރަށް އޭނާގެ ރުޅިގަނޑު ފެޅޭނެކަން ޔަގީނެވެ.
“ޒީ ކޮންތާކު” ޒީޝާ އަށް ގުޅާލާއި އެކޮޅުން ހަލޭ އޭ ބުނުމާއެކު ދާނިޝް އަހާލިއެވެ. “ދާން… ހާދަ ގޮތަކަށް. ކިހިނެތްވީ އިޒް އެވްރީތިން އޯކޭ” ޒީޝާ އަހާލިއެވެ. “އެބަދަން” ދާނިޝް ޒީޝާގެ ސުވާލަށް ޖަވާބު ނުދީ ބުނެލިއެވެ. އަދި ފޯން ކަނޑާލިއެވެ. ޒީޝާ ފޯން އަށް ބަލާލަމުން ދެކޮނޑު އަރުވާލީ ވީ ގޮތް ނޭނގުމުންނެވެ. އެހެންނަމަވެސް ވަރަށް ބޮޑު ކަމެއް ދިމާވެއްޖެކަމުގައި ހިތް ބުނެލިއެވެ. ދާނިޝް ގެ މިސްރާބުހުރީ ހޮސްޕިޓަލާ ދިމާލަށެވެ. ކާރު ޕާރކް ކޮއްލަމުން އޭނާ ހޮސްޕިޓަލަށް ވަނެވެ. ލޮލުގައިވި ރަތްކަން ފެނިދާނެތީ އަވި އައިނަކުން ފޮރުވާލާފައި ވެއެވެ. އޭނާ ގޮސް އައިލީޝް ގެ ރޫމާ ހިސާބުން ފުންނޭވާއެއްލިއެވެ. ދޮރު ހުޅުވާލާފައި ވަނުމާއެކު އައިލީޝް ކައިރިގައި އިން ޒީޝާ ފަހަތަށް ބަލާލިއެވެ. އޭނާ ގޮނޑި ކުޑަކޮށް ދުރަށް ޖައްސާލަމުން ތެދުވެލިއެވެ. އެއާއެކު ދާނިޝް ބާރުމިނުގައި އައިސް ޒީޝާގެ ގައިގައި ބައްދައިގަތެވެ.
“ޒީ…” ދާނިޝް އެހެން އޮވެ ޒީޝާ އަށް ގޮވާލި ގޮތުން ދާނިޝް ރޮނީކަން ޒީޝާ އަށް ދެގެނަނެވުނެވެ. “ދާން… ކިހިނެތްވީ” ޒީޝާ ކަންބޮޑުވުމަކާއެކު އަހާލިއެވެ. “ބައްޕަ…” ”
ބައްޕަ އަށް ކިހިނެތްވީ ދާން” ޒީޝާ އަހާލިއެވެ.
“ޒީ… އެކަމުގެ ފަހަތުގަ… ފަހަތުގަ ވަނީ ބައްޕަ… ބައްޕަގެ އަތް” ދާނިޝް އިއްވާލިއެވެ. އެއާއެކު ޒީޝާ އަށް ވެސް ބާރަށް ކީކޭ ހޭ އަހާލެވުނެވެ.
އިޒިކް ސޯފާގައި ދާނިޝް ދިޔަފަހުންވެސް އެތަށް އިރަކު އިނދެފައި ދޮރާ ދިމާލަށް ދިޔައީ ތަޅުނުލާ ހުރީތީ ތަޅުލާށެވެ.
ދޮރާ ހިސާބަށް ގޮސް ތަންޑު އަޅުވާލަން އަތް ނެގިތަނާ އެ ކަންފަތުގައު ވޭނީ ގިސްލުމެއްގެ އަޑު ހަރުލިއެވެ.
“ނޫން… ޝިނާން… ނާން… ތިހެން ނަހަދާ… އޭހަ ކޮބާތަ އަހަރެންގެ ކުށަކީ… ދޫކޮށްނުލާ ޝިނާން… ޕްލީޒް…” އެއީ އަންހެން ކުއްޖެއްގެ އަޑެވެ. އެ އަޑު އައީ ކެނޑެމުން ކެނޑެމުންނެވެ.
“މަށަށް ތިއީ އެއްވެސް ބޭނުން މީހެއްނޫން…” ފިރިހެން ބަރު އަޑެއް އިވިގެން ދިޔައެވެ.
“ޝިނާން… އަހަރެން ހުރީ ނުބުނާކަށެއްނޫނޭ… ތިހެން ނަހަދާ… އެކަމުގެ އަހަރެންގެ އެއްވެސް ކުށެއްނެތޭ… ޕްލީޒް…އެއްފަހަރުވެސް އެމީހުންނާ ދިމާލަށް އެއްޗެއްބުނެބަލަ. އެކަމަކު އަހަރެންނާ ދިމާލަކަށް ނޫން ޝިނާން… ޕްލީޒް… ތިހެން ނަހަދާ… ޝިނާން އަށް އެނގޭނެ އަހަރެން އުޅޭ ހާލު… ތިހެން ނަހަދާ” ކެނޑިނޭޅި އާދޭސް ކުރަމުން ދިޔަ އެ އަންހެން ކުއްޖާގެ ވޭނީ އަޑުގެ ސަބަބުން ދެންމެ ދެންމެ ދޮރު ހުޅުވާލެވެން އުޅޭހެން ވެސް އިޒިކް އަށް ހީވިއެވެ.
“ނޫން… ދުވަހަކުވެސް ކަލޭގެ ތި ސޫރަ ދެކޭކަށް ބޭނުމެއްނޫން…” އެވަގުތު ދެން އިވުނީ ހުތުރު ބަހެއްބުނެލުމަށްފަހު ބާރަކަށް ދޮރު ޖެހުނު އަޑެވެ.
“ނޫން ނޫން ނޫން…” އެ އަންހެން ކުއްޖާ ގެ އަޑު ގަދަވެ ގިސްލުމަކަށް ބަދަލްވެގެން ދިޔައެވެ. އިޒިކް ދޮރުހުޅުވާލާފައި ނުކުތެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އެ ފްލޯގެ އެޕާރްޓްމެންޓް ބީ ގެ ދޮރުމަތީ އިނދެރޮމުން ދިޔަ އަންހެން ކުއްޖާއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
54 Comments!
Comments are closed.








yey me first …. wow himi …varah salhi mibaives .. kn irakun vaahaka nimeynii dhn..
yes luba. ur first. varah bodah sorry lahun luba ge commnt ah reply kurevunithy. dhenme reply nukurevi in than fenunima mi kohli. alheyh. luba beynun vani avahah vaahaka nimentha?. hehe. mihaar dhen nimumakaa gaathah midhani ingey. IN SHA ALLAH. eyrun himi varah missvaane luba matihin ves hehe. 🙂
yes luba.thankyou. ur first. varah bodah sorry lahun luba ge commnt ah reply kurevunithy. dhenme reply nukurevi in than fenunima mi kohli. alheyh. luba beynun vani avahah vaahaka nimentha?. hehe. mihaar dhen nimumakaa gaathah midhani ingey. IN SHA ALLAH. eyrun himi varah missvaane luba matihin ves hehe. 🙂
Assalaam Alaikum. Mi part himi ge stort read kuraa hurihaa kufhinnah haassa kollan. mi part ah fahu anehkaaves suvaal thakeh ufedheynekan yageen. muskaan aki anehkaaves varah important character akah vaane. lets see dw. dhen mihaaru mi oh enguni dhaanish ah ves hageegai. do u think he will be able to control his anger. and lets see ailee ah vaagotheh. sad dw mifaharu wake up nuvima. i hope u will like this part too. mi varah long part eh. over 3000 words. nearly 3500 words innaane. tomorw aki himi story up kuran bunefa in dhuvahakah viyas bixi day eh. ehen v ma yageen kan nudheveyne ingey. sorry about this. and hope u will all forgive me. do comment on DHEN VAANI KIHINEHBAA?. And thankyou for ur love support and care.
Jazakallah Khairan.
alhey varah asaru koffi anjum aa dheytherey visnaafa. Kuda kuda muskulhi eh dhw. Heheheh
Varah touching igey
Btw muskaan aky maaniu men rape kolli aneh kujjaa dhw ????
Kon kahala anheneh tha e raaidha eii. Zaahid ge vaahaka baavvama. Amilla dhari akah nei rahumeh kuluneh ehen myhakah noannaanennu pisss pisss pisss
Hama ekani hure ves piss piss kiyeny rulhi gadha vegen gosss?????
Hehe. Dw. Asluves anjum varah dheravaane dw. Ekamakuves dhen hingaa micaharu kei kohlan dw. Dhen vaani kihineh thoa balaalan keep waiting dear. V ufaavey thidhey support ah. Muskaan aki kaakukamaa muskaan ge muhimmu kan ves kuri ah huri baithakun ingigendhaane. In Sha Allah. Keep waiting… zaahidh dheke aslu ves himi ves rulhi… v ufaavehjje. Thankyou. ???❤
Haada haasru bondi ekey himi.. Waiting for next part
Oh. Sorry dear. Dhen part akun balaanan rangalhu kohleveythoa ingey. Hiyaal ufalaa eki balaigannan. Himi ah libey kuri erumeh. Vvv ufaavehjje. Anehkaaves story gendhan vaa gothah ithuru hiyaaleh. Thanks dear. ???❤
Vvv reethi alhey dhen an na bayakah v inthizaaru kurevey…
Thanks nadhee. Thidhey support ah v shukuriyya. Himi ah libey ithuru hiyy vareh. V ufaavehjje. ???❤
Wow v reethi… dhn baakee inee kithah prt tha himi…. dhn v avahah nimeyne dhw mi story… mi story nimuneema ehn story eh kiyaalan libeyne tha?? Himi ge hurihaa story eh ves vvvv reethi keep it up dear… waiting for tha nxt prt…??
Thankyou Riyaa. V ufaavehjje comment kiyaalaafa. Mi story himi liye nimmaaafa neennaathy kithah part thw bunan dhathi. Adhives kanthah thakeh neygi eba huri ehnu. Hishma dheke ailee rulhi anna sababaa. Raaidhaamen aslu e plan kuri gothaa kaamiyaab kuri goi. Adhi ailee alamaari ah laigen foruvaigen gengukhey ethi adhives adhives. Hehe. Ekam dhen nimumakaa gaathah midhani ingey. As for a new story dhen new story eh fennigendhaane dhuvaheh bunan dhathi. Thanks dear. ???❤
Awesome ♡♡♡.. waiting for next part..
Thanks nash. V ufaavehjje. Next ep ves soon libeyne. In Sha Allah.
alhey varah reethi aili u need to wakeup anju ves kihaa dhera vaane. cant wait for u to wakeup. anyway iyoh zahid ves bust v hehe. so excited. i hope dhanish just kill him. And muskan heevani izik ge future wife ah hen vaani ?. hehe. i think muskan aki ves maniu rape kohffa huri kujjeh hen. lets see i cant wait for the next part. love it
Hello annoying reader. Hehe. Dw e oh zaahidh bust v. Majaa dw. Dhen kanthah hunnaaane ingey adhi. Hingaa balamaa dw. Ailee adhives heylaakah nulhey. Himi kihineh hadhan v. Gadhakamun nagan v tha?. Hehe. Muskaan aki ves v important charecter eh. Muskaan ge bai ves fudheyvarakah annaane dhen. Lets wait and see dw dear. V ufaavehjje. Thankyou. ???❤
Wow! Varah reethi???
Varah furihama
??????????
Waited for next part???
Awwww…. 100 eh tha thi dhini?. Sana. Hehe. V ufaavehjje. Next ep ves liyevynuhaa avahah kiyaalan libeyne. In Sha Allah. Maa laheh nukuraanan. ???❤
V v v reethi mi part ves ??
Thanks naadhee. V ufaavehjje. Thankyou dear. ???❤
Woww…. vrh vrh reethi… who is Muskaan? Shinaan r maaniu mnnaa eh s connection eh ovey baa? Ailee wake up vaane baa? Vrh vrh reethi… curiously waitinn for the nxt prt…♥♥♥♥♥
Hey dear mishy. Muskaan aki kaakukan ves varah avahah ingeyne. Ingey. Eyi ves v important kujjeh story ga. Letsvsee dw. Suvaal thakehbdw dear. In Sha Allah… thi suvaal thakuge javaab ves v avahaah libryne. Keep waiting. And keep reading. Thanks. ???❤
????v v reethi ? ? ?
ehaa furihama ? ? ?
Thanks HI MI ??
Waiting for next part
Thanks Axy . So happy to see ur comment again. V ufaavey thidhey support ah. ???❤
Speechles .. just???
Hehe. Thanks lotus. Alhe konmes ehchei bunelinama. ????❤
Wow.. varh reethi. Varh furihama. Anju haadha lwbiey. So cute. Himi dhn aileesh hey aruvaba. Raasil n anju ehaa dhera kiraakah nuvaane
Anju charecter eba genevey dw himi beynun vi gothah ehen vma. Hehe. Thi kudhim e charecter dheke ehaa loabi vaathy. Hehe. V ufaavehjje. Thankyou. ???❤
Anehka kihinehvaan baa dhw miulheny… Now dhaanish ah hageegah eguny dhw… Hi Mi idea v molhu igey… Dhaanish mennah hageegah hoadhan thi hiyaalkuri goeh v ves molhey buneveyny… V hiyaal thanavahey buneveyny… Alhamdhulihllah babies hama v rangalhu… Thanks a lot thikahala loabi frndeh libunythy… Luv n Miss u…?❤??❤?
Thankyou shann. V ufaavehjje. Babies v varah rangalhu vaaahaka bunima. Same here dear. V ufaavey thihaa loabi loabi frnd eh libunima. Shann ves rangalhu dw?. Hey dear. V hiyy thalhuva levijje dw. Hingaa dhen vaa gotheh balamaa. Dhaanish men sikundi beynun kohgen e kanthah kurani hehe. Rangalhu dw e hiyaal. V ufaavehjje. Thanks dear. ???❤
Amazing dhn inna part ah inthixaar kureveny
Thanks neela. V ufaavehjje. Soon e part ves libeyne. ???❤
Muskaan akee dhn emeehun rape kohli kujjaa kanneyge. Ailee wake-up vaane kanneyge dhw dhn dhaanish evaahaka thah kiyaa dhey adu ivigen
Hama possible zeeth. Ekamaku hingaa dw dhen vaa gotheh balamaa. V ufaavehjje. Ingey thanks dear. V ufaavehjje. ???❤
Wowww ?????…. Haadha reehchey mi part Maasha Allah ❤️❤️❤️❤️❤️??????????… Superb ?????… Finally dhaanish n izik ah vx truth inguny dhw ?????… Muskaan akeee kaakubaa??? ?????… Ifoo aa ehvx gulhumeh huredhaane baa Muskaan aa ?????… N pinky ge guess correct dhw Hi Mi ????… Pink bunymehnu zaahidh ey maaniu menah pay kurany… Mifaharu vx ailee wake up eh nuvi dhw ????… It’s really awesome hama ❤️❤️❤️❤️????????????… Curiously waiting for the next part… Keep up the good work Hi Mi ❤️❤️❤️❤️????… Lots of love ❤️❤️❤️❤️????????????????????…
Thanks pinky. V ufaavehjje. Yes. Dhaanish and izik ah mioh truth ves inguni. Dhen vaane goi ingen kuda inthixaareh dear. Hehe. Liyevunuhaa avahah gebes dheynan ingey. In Sha Allah. Muskaan dw. Hingaa balamaa hama possible. Ebai kuri ah huri baithakun ingeyne. V bodah ebai thah ves annaanr kanneygedhen hehe. V ufaavey thidhey support ah dear. Thankyou. ???❤
Maa sha Allah.. Vrh furihama…???????❤️❤️ Kon irakun nxt part??❤️???
Thanks aesh. V ufaavehjje. Liyevynuhaa avahah up kohladheynan. Maa lehen nuvaane. In Sha Allah. ???❤
Wow varah reethi mi part ves…Hi Mi ailee ragalhu vaane tha? varah dheravey anjum rothee ?????? dhen konirakun next part…. waiting for next part…keep it up
Alheyh hingaa balamaa dw ailee rangakhuveythoa. Anju so cute dw. Next ep ves liyevunuhaa avahah ingey dear. Keep waiting. ???❤ Thankyou
Wooooooooow??❤❤?? Masha Allah haadha reechey mi partves????❤❤himi dhooni v inthixaar kurin mi partah belunu adhadhehves neyge vvvv ufaavejje up veema thnx dear❤❤❤???kamakaa medhu hih hama nujehifa hunna iruves story kiyaaleema vvvv mind fresh vey????himige hurihaa storyehves xaannah vvv reethi theehama xaange fvr luv u dear❤❤ himi muskan enan kiyaa kujjeh story ah aima xaan vvv ufaavejje eh e xaannah vvvv reethi nameh?????izik ahves girleh libeny dhw?himi dhooni xaan mi inthixaar kurany aily heylaane dhuvahakah raasil dheravefa hunnaathy vvv dheravey????himi xaahidh me konkahala bappa ehtha eynayah hahgu adhabu dheythi ekahala meehun dheke vvv rulhiaadhey? xaahidhu dheke rulhiayas story vvvvvv reethi ingey himi dhooni??❤❤??waiting next part?????❤
Xaaaan ge dhigu dhigu loabi loabi comment eh dw. V ufaavehjje stories reerhi v ma himige. Fav ey bunuma ufalun bunaane ehchei neygey. Muskaan e name xaaaan ah reethi v ma himi ves ufaavehjje. Xaaaan ah ves reethi name eh levijje dw. Hehe. Ailee ves v avahaah rangalhuvedhaane xaaaan. Hehe. Hingaa balamaa. Dhen zaahidh dw himi v foohivey hehe. V ufaavehjje. Ingey. 6 much more loves. ???❤
himi yur da best <3 v furihama mi part vx :*
Thanks dear. V ufaavehjje. ???❤
Varah reethi ingey mi part ves??? dhen inna part ah inthizaaru kurevenee…dhn vaanee kihineh baa? alhey Ailee hey araane nama ehnu dhn alhe???? mihaaru kithah aharu tha??? btw vaahaka is habeys??♥♥♥✨
Thanks suty. V ufaavehjje. Adhi fahun rangalhuvaane ingey. Thihaa shauhu verikamaaeku story kiyaathy fafashun shujuriyya. Much loves. ???❤
Kon iraku next ep?
Sorry dear. Liyamum midhani. Liyevunuhaa avahah up kohlaanan. Keep waiting. ???❤
Wow varh reethi.. varh furihama.. varh intrresting.. Dhaanish men haadha molhu gothakashey hageegaih e hoadhy.. HiMi ge ideathah varh furihama inge..Next part haadha kiyaa hih vejjey.. waitingsss n himi ge mikahala reethi vaahaka eh varh avahah kiyaan libeyne kamah ummeedh kuran?
Thankyou zoya. It means a lot ingey. V ufaavehjje himi ah h
Thihaa support kuraathy. Himi ge story kuri ah oi thaa bes fenigen dhaane. In Sha Allah. Ekam kanda elhigen vaki dhuvaheh bunan dhathi. Ummeedh kuran inthixaar kuraane kamah. Thanks a lot ingey dear. ???❤
wen nxt prt?
Plx mak it fst.
Thankyou. for ur support Hh. IN SHA ALLAH mireyge vaguthehga genesdheeythoa himi mi try kurani.
🙂
When next part? ????
thankyou shif. mirey ge vaguthehga kiyaalan libeyne. maadhamaaki tuesday ah viyas himi ah maadhan vaahaka up nukohdhevidhaanethy mirey libeyne. In Sha Allah. 🙂