ނައުރީން 2
ގޭގެ މައިދޮރުގެ ބެލް ރިންގްވި އަޑު މުޅިގޭގައި ގުގުމާލިއެވެ. ނިބާލް ސޯފާއިން ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަދެގެން އައި ސައިމަންގެ އާއިލާއާ ސަލާން ގަލާން ކުރަމުންނެވެ. އެހެންނަމަވެސް ސައިމަންގެ ދެވަނަ ދަރިފުޅު ޒާއިންއާ ސަލާންކޮށްލިއިރު ދެމީހުންގެ ނަޒަރު ބައަދަލުވި ހިނދު ނިބާލްއަށް އޭނާއަށް ދެވަނަ ފަހަރަށް ބަލާލަން މަޖުބޫރުވިއެވެ. ކުރިން ކޮންމެވެސް ތާކުން ފެނުނު ސޫރައެކޭ އެހިތް ބުނަމުން ދިޔައެވެ. ނަމަވެސް ހަނދާނަށް އެ ސޫރަ ގެންނަން ކުރި މަސަތްކަތްވީ ނާކާމިޔާބެވެ. ސައިމަންގެ ދޮށީ ދަރިފުޅު ޒަޔާންއާ ސަލާން ކުރުމަށްފަހު ހަގު ސަރިފުޅު ޒައިޝާއާ ސަލާން ކުރުމަށްޓަކައި ނިބާލް އަތް ދިއްކޮށްލިއެވެ. ޒައިޝާ އިސްއުފުލާލާ ބަލާލި ވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ވަގުތާ ގުޅިގެން ދިޔައެވެ. އެއީ މިއަދު އެސްޓީއޯ ކުރިމަތިން ދިމާވި ކުއްޖާކަން ދެނެގަންނާކަށް ނިބާލް އަދި ޒައިޝާއަކަށް އުނދަގުލެއް ނުވިއެވެ. ޒައިޝާގެ އަތުގައި ހިފައި ސަލާން ކޮށްލި ހިނދު ނިބާލްގެ އެތެެރެހަށީގައި ކަރަންޓުގެ ރޭޅުބާންޏެއް ދަތުރު ކޮށްލިފަދައެވެ. އެ ސިކުންތުކޮޅު ދެމިގެން ދިޔުމަށް ޒައިޝާގެ ހިތް އެދެމުން ދިޔަ ވަރު ކުޑައެއްނޫނެވެ.
ޒައިޝާ އަދި ނިބާލްވެސް ދެމީހުންގެ ބަސްނާހާ ހިތުގެ އެދުމަށް ފުރަގަސްދިނެވެ. މިއަދު ހެނދުނު ވީ ކަންތައް އެއީ ނުވާ ކަމަކަށް ހަދާލަން ނިބާލް ނިންމިއެވެ. އޭނާ އަކީ މީހެއްގެ ފިރިއަކަށްވާތީއެވެ. އެހެންނަމަވެސް ޒައިޝާއަށް އެކަން އެނގޭނީ ކިހިނަކުންތޯއެވެ. އޭނާއަށް ނިބާލްގެ ނަން ނޭނގޭއިރު ނިބާލްއަކީ މީހެއްގެ ފިރިއެއްކަމެއް ނުވަތަ ނޫންކަމެއް އެނގުންވެސް ވާނީ ނާދިރު ކަމަކަށް ނޫންތޯއެވެ.
ނިޔާޒަށް އޭނާގެ އެކުވާރިޔާ ފެނުނު ހިނދު ކޮނޑާ ކޮނޑު ޖައްސާ ސަލާން ކުރިއެވެ. އަދި އޭނާގެ އާއިލާ ތަޢާރަފު ކޮށް ދިނެވެ. ” މީ މަގޭ ދޮށީ ދަރިފުޅު ނިބާލް ދެން ހަގު ދަރިފުޅު ނައުރީން… ދެން މީ ނިބާލްގެ އަންހެނުން އަލީޝާ ” އަލީޝާ އަކީ ނިބާލްގެ އަންހެނުން ކަމަށް ނިޔާޒް ބުނި ވަގުތު ޒައިޝާގެ ހިތް ހިނދުކޮޅަކަށް ހުއްޓުނު ކަހަލައެވެ. ލޮލަށް ކަރުނަ ޖަމާވާން ފެށީ އިޙްތިޔާރުން ބޭރުގައެވެ. ވަގުތާއި ހާލަތުގެ ގޮތުން އެހުރިހާ ކަމެއް އޭނާ ހަމައަކަށް އަޅުވާލިއެވެ. ވަރަށްވެސް ހާލުންނެވެ.
ޒާއިން ދިޔައީ މުޅު ގޭތެރެއަށް ނަޒަރު ހިނގަމުންނެވެ. އެހެންކަމުން ނިޔާޒް ދައްކަމުން ދިޔަ އެއްވެސް ވާހަކައަކަށް އޭނާގެ ސަމާލުކަމަކަށް ނައެވެ. ހުދު ކުލަ ލެވިފައިވާ ޒަމާނީ ފަރުނީޗަރުން ޑިޒަން ކުރެވިފައިވާ ބޮޑު ގެ ފެންނަމުން ދިޔައީ ވަރަށްވެސް ޝާޙީ ކޮށެވެ. ގޭތެރެއަށް ވަދެވޭއިރު އެންމެ ފުރަތަމަ ލޮލުގައި އަޅައިގަންނަނީ ރިހި ޗާންދަލިއާއެއްގެ އަލިކަމުން އަލިވެފައިވާ ސިޓިންގް ރޫމެވެ. ބަދިގެއަށް ވަދެވެނީ ސިޓިންގޮރޫމް ތެރެއިންނެވެ.
ސައިމަންގެ ހުރިހާ ކުދިންގެ ތެރެއިންވެސް ޒާއިންގެ ތަފާތުތައް ނިޔާޒަށް ފާހަގަ ކުރެވުނެވެ. ސައިމަންގެ ދޮށީ ފިރިހެން ދަރިފުޅު ޒަޔާންގެ ސިފައަށް ބަލާލާފައި އޭނާގެ އަޙްލާގް ރަނގަޅު ވާނެކަމަށް ނިޔާޒްއަށް ހީކުރެވުނެވެ. ނަމަވެސް ޒާއިންގެ ދިގު ކޮށްފައިވާ އިސްތަށިގަނޑާ ނިޔަފަތި ތަައް އަދި އޭނާ ލައިގެން ހުރި އުނަގަނޑުން ތިރިއަށް ކުޑަކޮށް ސޮހިފައިވާ ޖިންސާ ގޯނި ޓީޝާރޓުން ނިޔާޒަށް ނެގުނީ ނުބައި މާނައެކެވެ. ގަދައަށް ސިނގެރޭޓު ބޯކަންވެސް އޭނާގެ ހަށިގަނޑުންހާމަވެއެވެ. ނުބައި ޝައްކުތަކާއި ވަހުމުތައް ހިތުން އެއްފަރާތް ކޮށްލަމުން ނިޔާޒް ، ސަލާންކުރުމަށްޓަކައި ޒާއިންއަށް އަތް ދިއްކޮށްލިއެވެ. އެހެންނަމަވެސް ގޭތެރެއަށް ވަށައި ނަޒަރު ހިނގަމުން ދިޔަ ޒާއިންއަށް އެކަމުގެ ހިލަމެއްވެސް ނުވިއެވެ. ޒާއިންއަށް އެކަން އަނގައިދިނުމުގެ ގޮތުން އޭނާގެ ބޭބެ ޒަޔާން އޭނާގެ އަތުގައި ކޮށްޓައިލިއެވެ. ޒާއިން ސިހިފައި އޭނާގެ ކުރިމަތީގައި ހުރި މީހާއަށް ބަލާލިއެވެ. ނިޔާޒްގެ އަތުގައި ހަފައި ސަލާން ބަލާގަތް ވަގުތު އޭނާގެ ހިތަށް ކުއްލި ސިހުމެއް ލިބިގެން ދިޔައެވެ.
އާނއެކެވެ. ކޮއްޅަށް ހުރި ނިޔާޒް ކައިރީ އިށީނދެލައިގެން އެއިނީ ހަމަ އޭނާއެވެ. ރޭގަނޑުގެ އަރާމު ނިދިން މަހްރޫމް ކުރުވާ ، ހިތުގެ ހަމަޖެހުން ނަގާލާ ސޫރައެވެ. މުޅި އުމުރުގައިވެސް ވެވުނު ހަމައެކަނި ހަގީގި ލޯތްބެވެ. ދުރުގައި ހުއްޓަސް އެ ހިޔާލް ތަކުން ހިތުގެ ހިނގުން އަވަސްކުރުވާފަދަ ހަނދާންތަކެއް ޒާއިންގެ ހަޔާތުގެ ސަފުހާތަކުގައި ކުރުހައިދިން އަންހެންކުއްޖާއެވެ. ލޯތްބަށްޓަކައި އިންތިޒާރުގައި ހުރުމުގެ ކެތްތެރިކަން އުނގަންނައިދިން ނިޔަނެތި މައުސޫމު ކުއްޖާއެެވެ. އޭނާގެ ކުރިމަތީގައި މިއަދު އެހެރީ ނުވައަހަރު ވަންދެން އެ އިންސާނަކު ދުށުމަށްޓަކައި ދެ ލޯ ބޭޣަރާރުވި އިންސާނާއެވެ.
ނައުރީންއަށް ޒާއިން ފެންނަ ގޮތް ނުވީ އޭނާ ހުރީ އޭނާގެ މަންމަ ސަމީމާއާއެކު ޒާއިންގެ މަންމަ ރޭޝަމްއާއި ކޮއްކޮ ޒައިޝާއާ ވާހަކަ ދައްކަން ކަމަށް ވާތީއެވެ.
ސައިމަންގެ އާއިލާއާއެކު ސައިބޯން ކާމޭޒު ކައިރިއަށް ސަމީމާ މިސްރާބު ޖެހިއިރުވެސް ޒާއިން އުޅެން ޖެހުނީ އޭނާގެ ބޭބެ ފަހަތަށް ވަދެ ނައުރީންއަށް ފިލައިގެންނެވެ. ޒާއިންގެ އަމަލުތަށް ހުރި ގޮތުން ބޭބެ ޒަޔާންވެސް ހުރީ ހައިރާންވެ ކޮސްވެފައެވެ. އާއިލާގެ އިތުރު މީހުންނަށް އެކަން ނޭނގުނުކަން ނަސީބެކެވެ. އެހެންނޫނަމަ ހުރިހާ އެންމެންގެ ސަމާލުކަން ޒާއިންގެ އަމަލުތަށް އަންނާނެއެވެ. ނައުރީންއާއި ޒާއިންގެ ދެމެދުގައިވި ގުޅުން ބަލާލުމަށް ޒަޔާންގެ ހިތުގައި ޝައުގުވެރިކަން އުފެދުނެވެ. އެހެންނަމަވެސް ޒާއިންގެ މިޒާޖު ހުންނަ ގޮތުން އޭނާ ކައިރިން އަހައި އޮޅުން ފިލުވަގެން ކަންކަން ހޯދުމަކީ މާ ފަސޭހަ ކަމެއް ނޫންކަން ޒަޔާން އޭނާގެ ހިތަށް ވިސްނައިދިނެވެ.
” ހަލޯ…” ނައުރީންގެ ފޯނަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން ފޯނުކޯލެއް އައުމުން އެއަށް ޖަވާބުދިނެވެ. ” ލައްބަ.. އަޅުގަނޑު އެބަދަން. ތިކޮޅަށް ” ފޯނު ކޮށްފައިވާ ފަރާތުން ބުނެލި ވާހަކައަކަށް ނައުރީން ރައްދުދިނެވެ. ނައުރީންގެ ފަހަތުގައި ހުރި ޒާއިން ހުރީ ނައުރިންގެ މިއުޒިކީ އަޑު އަހާލުމަށް ކެތްމަދުވެފައެވެ. އެ ފޯނު ކޯލަކީ އެކަމަށްޓަކައި ޒާއިން ކުރި އިންތިޒާރު ނިމުމެއް ކަމުގައިވިއެވެ. އެތަށް އަހަރަކަށްފަހު ނައުރީން ހިތްގައިމު އަޑު އަހާލަން ލިބުމުން ޒާއިންގެ ހިތަށް ބަޔާންކުރަން ނޭނގޭފަދަ އުފާވެރިކަމާއި ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.
” .. އަޅުގަނޑު ދާން ޖެހިއްޖެ ހޮސްޕިޓަލަށް…ފޭޝަންޓެއްގެ ހާލު މާ ގޯސްވެގެން އެކޮޅުން ގުޅައިފި ދެންމެ ” އޭ.ޑީ.ކޭ ހޮސްޕިޓަލުގައި މަސަތްކަތް ކުރަމުންދާ ހިތުގެ ބަލީގެ ހާއްސަ ޑޮކްޓަރު ނައުރީން އޭނާ ބައްޕަ ކައިރީގައި މަޑުމައިތިރިކަމާއެކު ބުނެލިއެވެ. ނިޔާޒުގެ ހުއްދައާއެކު ނައުރީން ބާރު ހިނގުމެއްގައި ގެއިން ނިކުމެގެން ދިޔައެވެ. އޭނާ ލައިގެން ހުރީ އާންމުކޮށް ޑިއުޓީއަށް ދާންވެސް ލާފަދަ ހެއްދުމެއް ކަމުން ހެދުން ބަދަލުކުރުމުގެ ބޭނުމެއް ނެތަކަން އޭނާ ހިތަށްއެރިއެވެ. ” އެމަންޖެ އެއީ ޑޮކްޓަރެއްތަ ” ނިޔާޒް އާއެކު ތަފާތު ސިޔާސީވާހަކަތަށް ދައްކަމުން ދިޔަ ސައިމަންއަށް ނައުރީން ބުނިއެއްޗެއް އަޑުއިވިގެން ސުވާލު ކޮށްލިއެވެ. ނިޔާޒު ބޯޖަހާލަމުން އޭނާގެ ދަރިފުޅަކީ ހިތުގެ ބަލީގެ ޙާއްސަ ޑޮކްޓަރެކޭ ބުނެލީ އެދަރިފުޅާމެދު ފަޙުރުވެރިވާ ހާލުއެވެ.
ޒާއިންގެ ހާލަކީތޯއެވެ. ނައުރީންއަކީ ޑޮކްޓަރެއް ކަން އެނގުމުން އޭނާއަށް ލިބިފައިވާ ޝޮކު ކުޑައެއް ނޫނެވެ. އެއީ ދުވަހަކުވެސް އޭނާ އުންމީދު ކުރިފަދަ ކަމެއް ނޫނެވެ. މީގެ ނުވައަހަރު ކުރިން ނައުރީން ދޫކޮށްލާފައި އޭނާ ދިޔައީ ނައުރީންގެ ހަޔާތުގައި ހިތާމަވެރިކަމުގެ ސާލެއް އޮޅާދީފައެވެ. ކިތަންމެ ދުރުގައި ހުއްޓެއް ކަމަކު ނައުރީން އުޅުނު ގޮތް އޭނާ ދިޔައީ ވަރަށްވެސް ގާތުން ބަލަމުންނެވެ. ނައުރީން އަމިއްލައަށް މަރުވާން އުޅުނު ކަމުގެ ޙަބަރުވެސް ޒާއިންއަށް ލިބުނެވެ. އެހުރިހާ ކަމަކަށްފަހުވެސް ނައުރީންއަކީ ހަޔާތުގައި އެހާ ކާމިޔާބު މީހަކަށްވެދާނެ ކަމަކަށް ޒާއިންއަށް ހީކުރެވިފައި ނެތީއެވެ. އެހެންނަމަވެސް ނައުރީންއަށްޓަކައި ޒާއިން މިއަދު ފަޙުރުވެރިވިއެވެ.
ނަމަވެސް އެ އިހުސާސްތައް ހިތުގައިވީ ހިނދުކޮޅަކަށެވެ ކަމާލްގެ ވާހަކަތައް ހަނދާން ވުމުން ޒަާއިންއަށް ހިންދިރުވާލެވުނީ ވަރަށްވެސް އުނދަގުލުންނެވެ. ” އެހެންވީމަ ކެމަލް ” ނައު” އޭ އެކިޔާ މަންޖެއަކީ ހަމަ މަގޭ ނައުރީން.” ޒާއިން އަމިއްލަ ނަފްސަށް އިވޭވަރަށް ބުންޏަސް ޒަޔާންއަށްވެސް އަޑުއިވުނެވެ. ” އެއްޗެއް ބުނިންތަ” ޒާއިން ބުނި ވާހަކަ އަޑުއިވުނަސް ނޭނގޭ ކަމަށް ހަދާލަމުން ޒަޔާން ބުނެލިއެވެ. ޒާއިން ދެފަރާތަށް އޭނާގެ ބޯ ހޫރާލިއެވެ. ” ނައުޝާ ކިޔާ އަންހެނުންނަށްވެސް ކުރުކޮށް ނައު ކިޔާ އުޅޭ ދޯ.. ނައުރީން ކިޔާ އެހެން ޑޮކްޓަރެއް ކަމަށްވެސް ވެދާނެއެއްނު ” ހިތަށް ވަގުތީ ހިތްހަމަ ޖެހުމެއް ހޯދުމުގެ ގޮތުން ޒާއިން އަމިއްލަ ނަފަސަށް ވިސްނައިދޭން ފެށިއެވެ. އަމިއްލަ ނަފްސަށް ދޯ އެއްލަމުންނެވެ. މިފަހަރު އެވަހަކަތަށް ޒަޔާންއަށް އަޑު ނީވުނީ ޒާއިން ވާހަކަދެއްކީ ހިތާހިތުން ކަމަށްވީތީއެވެ.
ޕޭޝަންޓެއްގެ ހާލު ގޯސްވެގެން ނައުރީން ދިޔަކަން އެނގުމާއެކު ޒާއިންގެ ހިތަށް ކުޑަ ވަރެއްގެ މާޔޫސުކަމެއް ވެރިވިއެވެ. ނަމަވެސް ނައުރީންއަށް އޭނާ ނުފެނި ދިޔަކަމަށްޓަކައި އުފާ ކުރިއެވެ.
ކާމޭޒު މަތީގައި އަތުރާލެވިފައިވާ މީރު ސައިބޯ ތަކެތީގެ ވަހުން މުޅި މާހައުލު އެއްވަސް ކުރިވައިފިއެވެ. ސައިމަން އާއި އޭނާގެ އަންހެންްނުން ރޭޝަމްއާއެކު އެ ދެމީހުންގެ ތިންކުދިން ކަމަށްވާ ޒަޔާން ، ޒާއިން އަދި ޒައިޝާ އާއެކު ކާމޭޒު ކައިރީ އަތުރާފައިވާ ގޮނޑުތަކުގައި އިށީނދެލިއެވެ. ސައިމަން ގެ ކުރިމަތީގައި ނިޔާޒް އިން އިރު ރޭޝަމްގެ ކުރިމަތީ އިނީ ސަމީމާއެވެ. ޒައިޝާ ކުރިމަތީގައި ނިބާލް އިށީނުމަށްޓަކައިި އޭނާ ދަމާލި ގޮނޑީގައި އީށީނީ އޭނާގެ އަންހެނުން އަލީޝާއެވެ. ޒައިޝާމެން މިގެއަށް އައިއްސުރެ ޒައިޝާ ނިބާލްއަށް ބަަލަމުން ދިޔަ ނަޒަރުގެ ސަބަބުން އަލީޝާގެ ހިތުގައި ހަސަދަ ވެރިކަމުގެ އަލިފާންގަނޑެއް ރޯވިއެވެ. ޙާއްސަކޮށް ޒައިޝާގެ ރީތިކަން އަލީޝާއަށް ވުރެ އެތަށް ގުނައެއް އިތުރުވުމުން ނިބާލްގެ ހިތް ޒައިޝާގެ މައްޗައް ލެނބިދާނެ ކަމަށްޓަކައި އަަލީޝާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ.
އަލީޝާގެ އަމަލުތަށް ހުރި ގޮތުން ނިބާލް ކައިރިއަށް ހިނިއައިނަމަވެސް ހިނިގަނޑު ހިނދާ ލަމުން ޒަޔާން ކުރިމަށްޗައް ވާގޮތަށް އިށީނދެލީ އަލީޝާގެ ރުޅިގަނޑު އެންމެ ތެރޭގައި އޭނާއަށް ބާލަފާނެތީއެވެ. ޒާއިންގެ ކުރިމަތީގައި ހުރި ގޮނޑިިއިނީ ހުސްކޮށެވެ. ނައުރީން ހުރިނަމަ ނައުރީން އިންނާނީ އޭނާ ކުރިމަތީގައި އެގޮނޑީގައި ކަން ހިތަށް އެރުމުން އަމިއްލަ ނަފަސަށް ޒާއިން ހީލެވުނެވެ. އޭނާގެ ސިކުނޑިއަށް ތަފާތު ހިޔާލުތަށް ވެރިވާން ފެށުމުގެ ސަބަބުން ޒާއިންގެ ހުނުން އިތުރުވިއެވެ. ޒާއިން ވިސްނަނީ ކޮންކަމަކާ މެދުކަން ދެނެވޮޑިގަންނަވަނީ ހަމަ އެންމެ ފަރާތެކެވެ. އެކަނި އިނދެގެން ޒާއިން ހޭތަން ފެނުމުން ޒަޔާންގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އެހެންނަމަވެސް އެންމެގެ ތެރޭގައި ޒާއިންއާއި އޭނާ ފަޝީހަތް ވުމަށް ނޭދޭތީ ހުނުން ކޮންޓްރޯލިކޮށްލިއެވެ.
ކާއެއްޗިއްސައް ނަޒަރު ހުއްޓައިލައިގެން އިނދެފައި ކާންފެށި ޒާއިންއަށް އޭނާ ކާން ނެގި ސަމުސާ މޭޒުމަތީގައި ބާއްވާލަން މަޖުބޫރުވީ ކަމާލުގެ ފޯނު ކޯލެއް އައުމުންނެވެ. ކާ މޭޒުމަތީގައި ފޯނާއި ކުޅެ ފޯނު ކޯލުތަަކަށް ޖަވާބުދީ ހަދަންޏާ ބައްޕަ ސައިމަން ހިތްހަމަ ނުޖެހޭނެކަން ޒާއިިން ހަނދާންވީ ފޯނުގެ ރިންގް ޓޯން އަޑު ކާމޭޒުމަތީގައި ގުގުމާލި ވަގުތު ސައިމަން އޭނާއަށް ބަލާލި ނަޒަރުގެ ސަބަބުންނެވެ. ފޯނުގެ ސްކުރީނަށް އަރާފައި އިން ކަމާލުގެ ނަން ފޮހެވިގެން ދިޔައީ ޒާއިން އެ ފޯނު ކޯލަށް ޖަވާބު ނުދީ ފޯނު ކަނޑާލުމުންނެވެ. އޭނާއަށް ނޭނގުނު ކަމަކީ އެ ފޯނު ކޯލަކީ އޭނާގެ ދިރިއުޅުން އެފުއްމިފުށަށް ޖަހާލާނެ ޙަބަރެއް ލިބޭން އުޅުނު ފޯނުކޯލެއްކަމެވެ.
ނުނިމޭ
14 Comments!
Comments are closed.

Naureen ah kameh vany tha…???
Curiously waiting….???
Thank you rifu…❤ I am so happy you liked it..☺and let’s see dhw dhen vaanegotheh ? it is going to unexpected ?
Hello friends! ! ❤
Here is the second part of this story.?. It might be a little short. It’s just cuz Im busy . And I’m really sorry I can’t publish daily cuz I have my school tests. But I’ll try to publish the next part as soon as possible ?
Luv yuh all so much ????
Thank you for the support ?
Vr vr vr vr rythi.. I’m curiously waiting for the next part.. nd cover pic is awesome????❤️??
Varah reethi mi part vex when next part?? Waiting love u writer
Thank you siya❤ Next part as soon as possible ☺ and ramadan mubarik?luv yuh too ?
varah reethi allie..good job ..when is next part??????/alhey naureen ah dhera gotheh nuhadhahchey……..
M salhi kon iraku three
Koba next part??????
Hey……allie???…….where are you my dear???????……..allie???……hih nuthalhuvaa dhen next episode up kobba dhw??…. ???????Curiously waiting for the next part?????????????……hope it will be as soon as possible????????????????…..loves a lot from allie ge loabi? loabi? zaaaan?
???????????????????????????????????????????????????????
Plsss reply to my comment…….
zaaaan?
allie dear??????…..koba next part? ? ? ?…..v v v v v misvey ????
Alhey.. next part up kohladheebaa??
vvvvvvvvv.reethi awesome ,i am waiting for next part .. luv you writer .. you are intelligent…..