“ކޮންކަމެއްތަ.. އައިރާއަށް ކިހިނެއްތަވީ.. ބަލަ ޖައިލަމްއާއިއެކު ހަތަރުދަމުއުޅުނަސް ދޮންތަ ބުނަންތަ އެއްވެސް އެއްޗެއް.. ވީއިރު އައިރާވެސް ހުރިހާ ކަމަކާއި ނުބެހިހުރޭ.. އެހެން ނޫނަސް އައިރާ އާ ނުޖެހޭނެ ދޮންތަކުރާ ހުރިހާ ކަމަކާ ބަސްބުނަން.. އެހެންނަމަ އައިރާއަށް އަހަރެން ދޯ ދޮންތަ ކިޔާނީ..” ހިތުގައި އަޅަމުންދިޔަ ވޭނާއެކު އައިރާފެނުމުން އާޔާ އައީ އަމަށަކުރުޅިއެއް ނޫނެވެ. އާޔާ ހިކޮއްގެންހުރީ ރޭ އެހާދަންވަންދެން އައިރާ އުޅުނީ އެޒުވާނާ އާއެކީގައި ކަމަށެވެ. ވުމާއެކު އާޔާވެސް ބޭނުންވީ އޭނައަށްވެސް ވާނެކަން ދައްކާލާށެވެ. ނަމަވެސް އެހެންކަންތައްކުރުމުން […]
އެވަގުތު ދެމީހުންވެސް ސިހުނީ ގޭގެ ދޮރުފަތް ވަރަށް ބާރަށް ހުޅުވުނު އަޑަށެވެ. މީހަކު އައީ ކަމަށް ހީކުރެވުނު ކަމުގައި ވިނަމަވެސް ވަޔާ ހުޅުވުނީއެވެ. ރާސިލް މަންމަ އާއި ވާހަކަ ދައްކާލާފައި ބާރަށް ދަނީ ކަމަށް ބުނެ ދިޔައެވެ. ***** “އައިލީ… އަހަރެންގެ ހަޔާތުގެ ސަފްހާތަކަކީ ވަރަށް ހިތި ހަނދާންތަކެއް އޭގާއި ފޮރުވިފައިވާ ސަފްހާތަކެއް… އެއީ އަހަރެންގެ ވެސް ދިރިއުޅުން ބަދަލް ކޮއްލި ދުވަސްތަކެއް…. މުޅި މި ހަޔާތް އަނދިރި ކަމުން ވަށާލި ދުވަސްކޮޅެއް…. ތިހެން ނޯވޭ ދެން… […]
އަހަންނަށް ހުރިގޮތަށް ތެދުވެވުނެވެ. އޭސީގެ ތެރޭގައިވެސް މުޅި މީހާ ވަނީ ދާހިތްލާ ފޯވެފައެވެ. އަހަރެން ގެންގުޅުނު އިސްލާމް ފޮތްވެސް އޮތީ ބިންމައްޗަށް ވެއްތިފައެވެ. ދެން އަހަރެންގެ އެނދެވެ. ފުރޮޅި ފުރޮޅި އެނދުގައި އޮތް ރަޖާގަނޑުވެސް އޮތީ ގުޅައަކަށް ވެފައެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ މި ފެނުނީ ހުވަފެނެއް ކަން އެނގުމުންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެ ހުވަފެނާއިމެދު ވިސްނެން ފެށުނެވެ. އާޔާ އަހަންނަށް ކޮންމެވެސް އެއްޗެއް ބުނެދޭް ޔަގީނުންވެސް އެބަ މަސައްކަތް ކުރެއެވެ. ނަމަވެސް ކޯންޗެއް ހެއްޔެވެ؟ ދެން […]
ހަވީރުގެ ފިނިފިނި ވައިރޯޅިއާއި އެކު ހެލިލާ ގަސްތަކުގެ ފަތްތަށް ހިތްގައިމު ނާނާއެއްކިޔާލާފަދައެވެ. މިއަދަކީ އޮފްދުވަހަކަށް ވުމުން އާޔާއިނީ އައިރާ އާއި އައިކާ ކުޅޭތަން ބަލަން އަތިރިމަތީގައެވެ. އެތަނަަށް އެމީހުން ގޮވައިގެންދިއުންވެސް އެއީ ވަޒީފާއެއްފަދައިން އޭނާކުރަންޖެހޭ ކަމެކެވެ. މަންމަބުނާތީ ކިތަންމެ ހިތްހަމަނުޖެހުނަސް ކޮންމެ އޮފްދުވަހެއްގައި އާޔާ ކޮއްކޮމެންގޮވައިގެން އެގޮތަށްދެއެވެ. ހިޔާލީ ދުނިޔެއަކަށް ގެއްލިފައި އިން އާޔާ އަށް ބަޔަކު ވާހަކަ ދައްކާހެން ހީވެގެން ބަލާލިއިރު އެއްކަލަ ޒުވާނާ އާއި ޖައިލަމްގެ ދޮންބެ އެދިމާ އަތިރީ ހަޓުގައި ތިބިއިރު ޖައިލަމްވެސް […]
އިފްޝާގެ ކޭސް އާ ބެހޭ މައުލޫމާތުން މުޅި ނިޔުސް ފީޑް ފަޅުފިލުވަމުން ދިޔައީ އެއީ މަޝްހޫރު ވައިލެޓް ކޮންޕެނީ އާއި ވިޔަފާރިވެރިޔާ ޒާހިދު ގެ ދަރި ދާނިޝް އާ ގުޅޭ ކޭސްއަކަށް ވެސް ވީމައެވެ. އިފްޝާގެ އިއުތިރާފަށްފަހު ދާނިޝް ޖަލަށް ލެވުނުތާ ދެދުވަސްތެރޭ ދޫކޮށްލެވުމާއެކު ރާސިލް ގެ ރުޅި އިތުރަށް ގަދަވެ ބަދަލް ހިފުނު ގޮތަކަށް ބަދަލް ހިފުމުގެ ރޫހް އާލާވިއެވެ. ގިނަ މީހުން އިނގިލި ދިއްކުރަމުން ދިޔައީ އިފްޝާއަށެވެ. ހަބަރުފަތުރާ ގިނަ މީހުން ވާހަކަ ދައްކަމުން […]
“އަހަރެންގެ އާއިލާ އާ ބެހޭ އެއްވެސް އެއްޗެއް ދާން އަކަށް ނޭނގެއެއްނު…” އިޒިކް ބުނެލިއެވެ. “ވަޓް ހެޕެންޑް އިޒިކް؟” ދާނިޝް އަހާލިއެވެ. އިޒިކް ދުވަހަކުވެސް ނުދައްކާ ވައްތަރަކަށް ވާހަކަ ދައްކާތީ ދާނިޝް އަށް ވެސް ވަނީ ހައިރާންކަމެއް ވެރިވެފައެވެ. އެއާއެކު އިޒިކް ފުންނޭވާއެއް ލަމުން ދާނިޝް އަށް ބަލާލިއެވެ. “އަހަރެން ދުވަހަކުވެސް ދެކެން ބޭނުންނުވާ މީހެއް ފެނުނީ… އަހަރެން ދުވަހަކުވެސް އެމީހެއްގެ ކުރިމަށްޗަށް އަރަން ބޭނުންނުވާ މީހެއްގެ ކުރިމަށްޗަށް އެރުނީ… ހެހެ. އަހަރެމެން ކޮށްދިން ކަންތަކުގެ އަގު […]
“ޔޫހާ….ދޭ ބަ ފެންވަރައި ލައިގެން އަންނަން “ވިޝާލް ދިޔުމުން މާޔާ އައިސް ޔޫހާ ކައިރީގައި އިށީނެވެ. “އެ ކީއްކުރަންތަ….ހިނގާ ބަ ނިދާލަން އައި އޭމް ފީލިން ސޯ ސްލީޕީ…..”ޔޫހާ ފާހާނަ ޔަށް ވަންނަން ދެކޮޅު ހަދަމުން އައިސް އެނދު މައްޗަށް އަރައި އޮށޯތެވެ. “ޔޫހާ….ދެންންން…….ޕްލީޒް….”އެހެން ބުނެލުމަށް ފަހު މާޔާ ގޮސް ޔޫހާގެ ކޮޓަރި ތެރެއިން ލާފައި ގޮސް ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ހުޅުވާލާފައި ބެލްކަންޏަށް ނުކުތެވެ.އެ ވަގުތު މާޔާގެ ލޮލުގައި އަޅައިގަތީ އުޑު މަތި ކަޅު […]
“ބޭބެކަން ހަނދާންވޭތަ؟” އެ ޒުވާނާގެ އަޑުގައިވަނީ ނުރުހުމެވެ. ނަފްރަތެވެ. އޭނާ އެ ކުއްޖާ ނަގާ ރީއްޗަށް ބެހެއްޓިއެވެ. އަދި ފަހަތަށް އެނބުރުނެވެ. އެ އަންހެން ކުއްޖާ އަށް ނަޒަރު ހުއްޓައިލައިގެން ހުރި އިޒިކް ގެ ހިޔާލްތަކަށް މީގެ އެތަށް އަހަރެއް ކުރީގެ ހަނދާނެއް އައެވެ. ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން އޭނާ އެ ހިޔާލް ތަކުން ނުކުތެވެ. އަދި ވާހަކަ ދެއްކިއެވެ. “އަހަރެންނަށް ބޭބެ އޭ ކިޔަން ލަދެއް ނުގަނޭތަ؟” އިޒިކް އިއްވާލިއެވެ. އެއާއެކު އެ އަންހެން […]
މަންމަ ވާހަކަ ދައްކަމުން ދިޔައިރު އަހަންނަށް އިނދެވުނީ ހިނިތުން ވެލައިގެންނެވެ. މައިންނަކީ ޙަޤީގަތުގައިވެސް ހާދަ މަތިވެރި ބައެކެވެ. ދަރިން ކުރާ ކޮންމެ ކަމަކަށް އެއްޗެހި ކިޔުމުގެ ބަދަލުގައި ރަނގަޅު ކުރަންވީ ކަންކަން ބުނެދީ އެ ވަނީ ކެތްތެރިއެވެ. އަހަރެން ބޯ ޖަހާލަމުން އަނެއްކާވެސް ކޮޓަރިން ނިކުންނަން ދިޔައީމެވެ. މިވަގުތު އަހަންނަށް އެރުނީ ސީދާ ބައްޕަގެ ކުރިމައްޗަށެވެ. އަހަރެންގެ ހިނިތުންވުން ވަގުތުން ފިލާ ދިޔައެވެ. އަހަރެން ފެނުނު ވަގުތު ބައްޕައަށްވެސް ވީ އެވަރެވެ. އެއަށްފަހު ދުރުބަލަން ފެއްޓިގޮތުން އަނެއްކާވެސް […]