“ދާން… އައި ތިންކް އައި އޭމް ޕްރެގްނެންޓް” ޒީޝާ މަޑުމަޑުން ބުނެލިއެވެ. ދާނިޝް އަށް ސިހިފައި ދުރަށް ޖެހިލެވުނެވެ. “ވަޓް އަސްލު” އެހެންނަމަވެސް ދާނިޝް ގެ އަޑުގައިވަނީ އުފާވެރިކަމެވެ. އޭނާ އަށް ބުނެވުނެވެ. “ކިހާ ދުވަހެއް” “މިހާރު ވީކްއެއް ވެއްޖެ އެކަމަކު ޔަގީނެއްނޫން….” “އެހެން ވިއްޔާ އެންމެ ރަނގަޅުވާނީ ޑޮކްޓަރެއް ގާތަށް ގޮސް ބްލަޑް ޓެސްޓެއް ހަދާލިއްޔާ” ދާނިޝް ބުނެލިއެވެ. މީގެ ކުރިން ދަރިއަކު ހޯދުމަށް އެ ދެމަފިރިން ވެސް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އަދި ވެސް […]
އުފާވެރި ވަގުތު ކޮޅަކަށްފަހު އިރުއޮއްސެން ގާތް ވުމުން އެމީހުން ގެއަށް ދާން މިސްރާބު ޖެހިއެވެ. އައި މަގުމަތީގައި ވެސް ނަވާރްގެ ލޯބިވެތި ވާހަކަތައް ނުހުއްޓެއެވެ. އެމީހުންވެސް ހިނިތުން ވެލަނީ އާއިލާ އަށް އައިސް އޮތް ބަހާރު މޫސުމުގެ އުފާ ޙާސިލް ކުރުމުގެ ގޮތުންނެވެ. ނައިޝަމް އާއި ޔަންހާގެ ފަހަތުން ގެއަށް ވަތް ޒިވާވެސް ހިނިތުން ވެލައިގެން ހުރެ ގެއަށް ވަނީ އެ އުފާވެރިކަން މިގޮތުގައި ލެހެއްޓެވުމަށް އެދި ހިތާހިތުން ދުޢާ ކުރާ ޙާލުއެވެ. ގެއަށް އައިސް ވަތް […]
އެގޮތުގައި ހިނގަމުން ގޮސް އަހަރެންގެ ގެއާރި އަރާ ހަމަވުމުން ގެއަށް ވަނީމެވެ. ތަޅުވަޅަށް ތަޅުދަނޑި ކޮށްޕާލުމަށްފަހު އެ ގޮތަކަށް އަނބުރާލުމާއިއެކު ދޮރު ހުޅުވިގެން ދިޔައެވެ. އަހަރެން އަވަހަން އެތެރެއަށް ވަދެ ތަޅުދަނޑި ނެގުމަށްފަހު ދޮރު ލައްޕާ އެތެރެއިން ތަޅު ލީމެވެ. ދެން އެނބުރިލީ ތަނާ ސިހިގެން ދިޔައީ ކުރިމަތިން ފެންނަންހުރި ބައްޕަގެ ނުރުހުން ވެފައިވާ މޫނު ފެނުމުންނެވެ. ހިތުގެ ހިނގުން އަވަސް ވާން ފެށީ އެޔެއް މިޔެއް ބަލައިފައެއް ނޫނެވެ. ހިތް ހީވަނީ ދެންމެ ދެންމެ މޭގަނޑު […]
ޒިވާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ރައިފާގެ ހިތުގައި ބަދަލު ހިފުމުގެ ރޫޙު އެވަނީ ހާދަވަރަކަށެވެ. ރައިފާއަށްތަކައި އެހެން ފަހަރުތަކެކޭވެސް އެއްފަދައިން މިފަހަރުވެސް އޭނާ ހަމްދަރުދީ ވިއެވެ. ނަމަވެސް ހިތާމައަކީ ރައިފާއަށް އެއިން ކަމެއް ރޭކާވެސް ނުލާ ކަމެވެ. އަމިއްލަ ދަހިވެތިކަމުގައި އޭނާ އެވަނީ ބެހިގެން ގޮސް މާ ދުރަށް ގެއްލިފައެވެ. އަތު އަޅުވާލަންވެސް އުނދަގޫވާ ހިސާބަށް ގޮއްސައެވެ. ނަމަވެސް ޒިވާ ﷲގެ ހަޟްރަތުން އުންމީދު ކަނޑައެއް ނުލައެވެ. ރައިފާއަށްވެސް އަދި ކޮންމެވެސް ދުވަހަކުން ވިސްނޭނެ ކަމަށް […]
މުތާގެ އައު ވާހަކައެއް ކިޔުންތެރިންނަށް https://vfp.mv މެދުވެރިކޮށް މިހާރު ކިޔާލަންލިބޭނެއެވެެ. އުއްމީދަކީ މިވާހަކަ ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް، އަދި މުތާގެ ކުރީގެ ވާހަކަތަކަށް ލިބުނު ފަދަ ތަރުހީބެއް މިވާހަކައަށް ވެސް ލިބިގެންދާނެ ކަމަށެވެ.
އެ އާއެކުއެ އަންހެން ކުއްޖާ ފެނި ދާނިޝް އަށް ސިހުން ލިބުނެވެ. އެހެނެއްކަމަކު ދެވަނަ ފަހަރު އޭނާގެ މޫނުމަތިން ރުޅިވެރިކަން ފާޅުވިއެވެ. “ރާއިދާ” އެ ދުލުން ބުނެލިއެވެ. އެއާއެކު ރާސިލް ވެސް ބަލާލިއެވެ. ދާނިޝް އަށް ބަލާމުމަށް ފަހު ހުއްޓުން އަރާފައިވެސް ރާއިދާ އަށް ހުރެވުނެވެ. އޭނާ ގެ ދެލޯ ހުރީ ބޮޑުވެފައެވެ. އެ ވީ މަދު ސިކުންތު ކޮޅުގައި ރާސިލް އަވަސް އަވަހަށް ކާރުގެ ދޮރުފަތް ހުޅުވާލާފައި ނުކުތެވެ. ދާނިޝް ރާސިލް އަށް ގޮވާލިކަމުގައިވިނަމަވެސް އެ […]
“ލަޔަކް . އަސްލު .. އަސްލު ލަޔަކްގެ ބައްޕަ މާލެ ދަތުރުކުރި ލާންޗްގައި ކަރަންޓް ސޯޓެއްވެގެން ރޯވީކީ ނޫން.. ބަޔަކު ގަސްތުގައި ލާންޗްގައި ރޯކޮށްލީ.. އެމީހުންގެ ޓާގެޓަކީ ލަޔަކްގެ ބައްޕަވީމަ.. ” ޒޯހާއަށް އެހެންބުނެވުނު ވަގުތު ކޮޓަރީންބޭރުން ދޮރާދިމާއިން ބާރުއަޑެއް އިވިގެންދިޔައެވެ. ދޮރާއި އެންމެ ކައިރީގައި ހުރިއަލޫކް އަވަހަށް ތެދުވެދޮރާދިމާއަށް ދިޔައެވެ. ދެންތިބިމީހުންވެސް ލިބުނު ސިހުމާއެކު ބާރަށް ދޮރާއި ދިމާއަށް ދިޔައިރު އަލޫކް ދޮރުހުޅުވައިގެން ދެލޯބޮޑުވެފައި އިނެވެ. ދުވެފައި ނިކުތް ލަޔަކްއަށްވެސް ވީ އެވަރެވެ. ފެނުނުމަންޒަރާއެކު މީހާ […]
އިރުއޮއްސެން ގާތް ވުމުން ނަމާދު ގަޑިވެސް ކައިރި ވާތީއާއި އެއްކޮށް ނައިޝަމް ޒިވާ ގެއަށް ލައިފައި ނަމާދަށް ދާންވެގެން ސައިކަލުގެ މިސްރާބު ގެއާއި ދިމާލަށް ޖެހިއެވެ. ދިހަ ވަރަކަށް މިނެޓުން ގެއާއި ހަމައަށް އެމީހުންނަށް ފޯރައިފިއެވެ. މުށިކުލައިގެ ފިލާ ދޮރޯށި ހުޅުވާލުމަށްފަހު ނައިޝަމް އާއި ޒިވާ ގޭތެރެއަށް ވަދެގެން ދިޔައެވެ. ދެމީހުންވެސް ހައިރާން ވީ އެވަގުތު ނޫރީން އެމީހުންކުރިމައްޗަށް އަރައި ހިނިތުން ވެފަ ހުރިލެއް ބޮޑުކަމުންނެވެ. ޔަގީނުންވެސް މަންމަ އުފާވަ ކޮންމެވެސް ކަމެއް ވެއްޖެޔޭ ޒިވާގެ ހިތަށް […]
ފަރާތް ފަރާތް ހޯދާލުމަށްފަހު އޭނާ ހިނގައިގަތީ ބައި ވާން ވާއިރަށް އޭނާގެ މަންޒިލަށް ފޯރާތޯއެވެ. ނިކަން ސިއްރު ސިއްރުން އެ ފަޅު ގޭގެ ވަލު މަގުން އޭނާ އެތެރެއަށް ވަނެވެ. ނަަވެސް އޭނާއަށް ނޭނގުނު ކަމަކީ އެ މަންޒަރު އިތުރު ކުއްޖަކަށް ފެނުނު ކަމެވެ. އެ ކުއްޖާ އޭނާގެ ފޯނުން ކޮންމެވެސް މީހަކަށް ގުޅާލުމަށްފަހު އެއްޗެކޭ ބުނެލައިފައި ފޯނު ބޭއްވިއެވެ. “ޕޮއް..” ރައިފާ އެގޭގެ ކޮންމެވެސް ކޮޓަރިއެއްގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ ފަހަތުން މީހަކު އައިސް އޭނާ ސިއްސުވާލިއެވެ. […]