
ވަގުތު 5
ލަމްހާވެސް އަދި ރުހުޒީވެސް ހުރީ އައްޒައާއި އެއްބައިވެލައިގެންނެވެ. ރޯޝީންއަށް ކުރެވުނުހާވެސް ކަމަކީ އެތާ ހުރެގެން ރުއިމެވެ. އަދި ދިޔައީ އައްޒަ މެން ގާތު މަޢާފު ކުރާށޭ ކިޔަމުނެވެ. އެހިތަށް ވަނީ ނުހަނު ބޮޑު ފުންއަސަރު ތަކެއް ކޮށްފައިއެވެ. ރޯޝީންއަށް ހަމައެކަނި ހިތްވަރު ލައިދޭން ހުރީ ނައީމު އާއި ފަރުހާނާއެވެ. ޕޮލިހުން އެމައްސަލަ ބަލާފައި އިޔާންމެން ހަތަރު އަހަރަށް ޖަލަށްލީއެވެ. ޝިބާންގެ ކޮއްކޮ ޝިނާންގެ ލޮލުންވެސް ކަރުނަ ނުހިކެއެވެ. ލަމްހާވެސް ދިޔައީ ރޮމުންނެވެ.
އިރުކޮޅަކުން ޕޮލިސް ސްޓޭޝަންގައި ހުރި ބޮޑު ފަތި ޓީވީއިން ދިހައެއްގެ ހަބަރު އައެވެ. ”ހއ. ވަށަފަރުގައި ރޭގެ ދަންވަރުގެ ވަގުތުގައި ވަލުތެރޭގައި ޓިނުން ހަދައިފައި ހުރި ގެއަކުން މަސްތުވެފައި ތިބި އަށާރަ އަހަރުގެ ހަ ޒުވާނުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި.. އިބްރާހިމް އިޔާން އަހްމަދު އާއި އިސްމާއިލް ޝިބާން އާއި އަހްމަދު ލޫޝާން އަދި އާއިޒް މުހައްމަދު ވަނީ ހަތަރު އަހަރަށް ޖަލަށް ލެވިފައި.. އަދި ހުސެން ރާއިފް އާއި އަހްމަދު ވާއިލް ވަނީ އަށް އަހަރަށް ޖަލަށް ލެވިފައި.. މި ދެ ޒުވާނުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގައި ވަރަށް ކުރީސަފުގައި އުޅޭ ބަޔަކަށް ވުމުން މި ދެ ޒުވާނުންގެ ބަންދުގެ މުއްދަތު ވަނީ އިތުރު ކުރެވިފައި..” ހަބަރު އަޑު އަހަން ހުރި ރޯޝީން ގެއަށްދާން ހިނގައިގަނީ އެތަނުގައި ހުރުމުގެ ބޭނުމެއްނެތޭ ކިޔާފައއެވެ. ފަހަތުން ނައީމު އާއި ފަރުހާނާވެސް ދިޔައެވެ. ގެއަށް ވަނެވުމާއިއެކު ރޯޝީން ދިޔަގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އަދި ތަޅުވެސްލިއެވެ. ނައީމުގޮސް ދޮރުގައި ޓަކިޖެހުމުންވެސް ރޯޝީން ދޮރެއް ނުހުޅުވައެވެ. އެންމެ ފަހުން ނައީމުވެސް ދޮރުގައި ޓަކި ޖެހުން ހުއްޓާލައިފައި ބަދިގެއަށް ގޮސް ފެންބޮއިގެން އައިސް ސޯފާގައި އޮށޯވެލިއެވެ. ވަރުބަލިވެފައި ހުރުމުން ނައީމު އަށް ނުހަނު އަވަހަށް ނިދުނެވެ. ރޯޝީން ދިޔައީ ކޮޓަރީގައި އޮވެގެން ރޮމުންނެވެ. އެދޮން މޫނު ވަނީ އެއްކޮށް ރަތްވެފައެވެ. ދެލޯ ވަނީ ދުޅަވެފައެވެ. ނައީމު ގޮވި އަޑުވެސް ނާހާ ރޯޝީންއޮތީ ބެޑްމަތީގައި ބަންޑުންވާގޮތަށެވެ. އެހެން އޮތްއިރު ރޯޝީންގެ ކަންފަތުގައި ގުގުމަމުން ދިޔައީ އައްޒަގެ ބަސްތަކެވެ. އެއިން ކޮންމެ ބަހެއްގެ ސަބަބުން ރޯޝީންގެ ހިތް ދިޔައީ ކުދިކުދި ވަމުންނެވެ. އެގޮތަށް ރޯން އޮވެ އެތަށް އިރެއް ފަހުން ރޯޝީންއަށް ނިދުނެވެ. އޭރުވެސް އެދެލޯ ވަނީ ކަރުނުން ފުރިފައެވެ.
ރުހުޒީގެ ހާލު އަދި ރޯޝީންއަށް ވުރެ ދެރައެވެ. ހަމައެކަނި ހުރި ދަރި އޭނާއާ ދުރަށް ދިޔުމުން ވާނީ ވެސް އެހެން ނޫހެން ހެއްޔެވެ؟ އެކަނިމާއެކަނި ކޮޓަރީގައި އޮވެގެން ރުއި އިރު ހިތްވަރުގެ އަތެއް ދިއްކޮށްލާނެ މީހަކުވެސްނެތެވެ. ބާކީ އޮތް ހަތަރު އަހަރު އޭނާއަށް ދެން ގޭގައި އުޅެން ޖެހޭނީ އެކަނިއެވެ. ލޫޝާން ހުރުމަކުންވެސް ރުހުޒީއަށް ވަކި ފަސޭހައެއް ނުވެއެވެ. ނަމަވެސް ލޫޝާން އޭނާގެ ކައިރީގައި ވާ ކޮންމެ ވަގުތަކު ރުހުޒީގެ ހިތަށް ހިތްހަމަ ޖެހުން ލިބެއެވެ. އަދި އެއާއި އެއްވަރަށް ހިތާމަވެރިކަން ވެސް ގެނެސްދެއެވެ. ސަބަބަކީ ލޫޝާން އެންމެ ވައްތަރީ ލޫޝާންގެ ބައްޕަ ލާޝީންއާއެވެ. ލާޝީންއަކީ ދިގު އިސްކޮޅެއްގެ ވެރިއެކެވެ. ހަންގަނޑު ދޮނެވެ. އިސްތަށިގަނޑުގެ ކަޅުކަންނުހަނު ގަދަވެދައި ފަތް ބޮލެވެ. ލޫޝާންއަށް އެހުރިހާ ސިފަތަކެއް ލިބިފައިވާއިރު މޫނުމަތިންވެސް ލާޝީންއާއި ނުހަނު ވައްތަރެެވެ. ލޫޝާން ފެންނަ ކޮންމެ ފަހަރަކު ރުހުޒީއަށް އެހިތާމަވެރިކަން ގެނެސްދެނީ އެހެންވެއެވެ. ލޫޝާން ފެންނަ ކޮންމެފަހަރަކު ރުހުޒީގެ ސިކުނޑި ލާޝީން މަތިން ހަނދާންކޮށްދޭތީއެވެ. ”ލޫޝާން ކީއްވެ ތިހެން ތި އުޅެނީ؟ މަންމައަށް ކީއް ނުކޮށްދެވިގެންތަ ދަރުފުޅު ގޯސްކޮށް ތިއުޅެނީ؟ މަންމަގެ ބަސް ނޭހުމުން ދަރިފުޅަށް މިއަދު ތި ޖެހުނީ ހަޔާތުގެ އެންމެ މުހިންމު ދުވަސްތަށް ޖަލުގައި ހޭދަކުރަން..” ރުހުޒީގެ ހިތުގައި ލޫޝާންއަށްޓަކައިވީ ޝަކުވާއެވެ. އެމައިމީހާގެ ހިތްވަނި ކުދިކުދިވެފައިއެވެ. ލޫޝާން ނުހަނު ރަނގަޅަށް ބަލައިށޭ ބުނެފައި ލާޝީންވަކިވެގެން ދިޔައީއެވެ. ނަމަވެސް ރުހުޒީއަށް އެ ވަސިއްޔަތް ފުއްދައިނުދެވުމުން އިތުރަށް ރޮވޭ ގޮތްވިއެވެ.
****
ދުވަސްތަށް ހަލުވިކަމާއިއެކު ފާއިތުވަމުންދިޔައެވެ. ރޯޝީންއަށް އިންތިޒާރު ކުރެވެމުން ދިޔައީ އިޔާންމެން ދޫކޮށްލާނެ ދުވަހަކަށެވެ. އަދި ވިސްނިގެން އިޔާން އައިސް އޭނާގެ ގައިގާ ބައްދާލާނެ ދުވަހަކަށެވެ. އިޔާން ޖަލަށް ލީ ދުވަހުން ފެށިގެން ރޯޝީންގެ ހަޔާތުގައި ފާއިތުވަމުން ދިޔަ ކޮންމެދުވަހެއް ދިޔައީ ރޯޝީންގެ ހިތް ކުދިކުދި ކުރަމުންނެވެ. ”އިޔާން ދަރިފުޅާ ދެން އަވަހަށް އާދޭ ތިތަނުން.. ހެޔޮ ވިސްނިގެން އާދޭ.. މަންމަ ހެޔޮ ހިތުން ދަރިފުޅަށް މަޢާފު ކުރާނަން.. ދަރިފުޅާ އާދޭ.. މަންމަ ވަރަށް ފޫހިވޭ އެބަ ދަރިފުޅު މަންމަ އާއި ދިމާއަށް އެއްޗެކޭ ބުނެލަން ނެތީމަ.. އާދޭ ދެން އަވަހަށް..” ކޮންމެ ވަގުތަކު ރޯޝީންގެ ހިތުގައި މިބަސްތަށް ވެއެވެ. މިއަދުވެސް ބޭރު އުނދޯލީގައި ރޯޝީން އިށީންދެލައިގެން ވިސްނަމުންދިޔައީ އިޔާން އާއި މެދުއެވެ. ”ރޯޝީން ކޮން ފިކުރެއްގައި؟” ފަރުހާނާ އައިސް ރޯޝީން ގާތު އިށީންދެލިއެވެ. އިޔާން ޖަލަށް ލީ ފަހުން ފަރުހާނާ އެގެއަށް އައިސް ރޯޝީންއަސް ވިސްނައިނުދޭ ދުވަހެއް ނުދާނެއެވެ. ”ފަރުހާނާ މަ އެބަ ވަރަށް ފޫހިވޭ.. ދޭބަލަ އިޔާން ގޮވައިގެން އަންނަން.. އިޔާން އަކީ މަގޭ ފޫހިފިލުވައިދޭ ހުރި ހަމައެކަނި ދަރިފުޅު.. އިޔާން މަށާ ދިމާއަށް ހަޅޭލަވަން ނެތުމުން މަ ވަރަށް ފޫހިވޭބަ.. އިޔާން ހަޅޭލަވާނެ ދުވަހަކަށް ވަރަށް އިންތިޒާރު ކުރެވޭބަ.. ފަރުހާނާ ދޭބަލަ އިޔާން ގޮވައިގެން އަންނަން.. ފަރުހާނާ މަށަށް ދުވަހަކު ކަމެއް ކޮށްދެންޔާ އެދަރިފުޅު ގެނެސްދީ.. އިޔާން ގެނެސް ދޭށޭ..” ރޯޝީން ހީވަނި މޮޔަވެފައި ހުރި މީހަކު ހެންނެވެ. އެވަގުތަކީ ނައީމު ވެސް އޮފީހުން އާދެވުނު ވަގުތުކަމުން ރޯޝީންދެއްކި ވާހަކަތަށް ނައީމުއަށްވެސް އަޑު އިވުނެވެ. ”ރޯޝީން ކީކޭތަ ތި ކިޔަނީ؟ މިތާ އިށީންނަން އާދެބަލަ..” ނައީމު އައިސް ރޯޝީން ހަމައަކަށް އަޅުވަން އުޅުނެވެ. ނަމަވެސް ރޯޝީން ދުއްވައިގަނީ ޕޮލިސް ސްޓޭޝަންއަށް ދިޔުމަށެވެ. ނައީމު ހުށީޔާރުކަމާއިއެކީ ރޯޝީން ހިފަހައްޓާފައި ސޯފައިގައި ބައިންދަން ދިޔައެވެ. ނަމަވެސް ރޯޝީން ގަދަހަދަމުން ދިޔުމުން ނައީމުއަކަށްވެސް ރޯޝީން ގެންދާކަށް ފަސޭހައެއްނުވިއެވެ. އެންމެފަހުން ރޯޝީން ހޭނެތިގެން ނައީމުގެ އަތްދަނޑީ މައްޗަށް ދެމުނީއެވެ. ރޯޝީން އުޅުނި ގޮތުގެ ސަބަބުން ނައީމުގެ ލޮލުންނާއި ފަރުހާނާގެ ލޮލުންވަނީ ކަރުނަ ނީރައިލާފައެވެ. ”ފަރުހާނާ އެންބިއުލެންސް އަށް ގުޅާބަލަ..” ނައީމު ނިކަން ބާރަށް ވާހަކަދެއްކުމުން ހުއްޓިފައި ހުރި ފަރުހާނާއަށް ހޭވެރިކަން ވިއެވެ. އަދި ލަސްނުކޮށް އެމްބިއުލެންސްއަށް ގުޅަންފެށިއެވެ.
އެމްބިއުލެންސްގެ ސައިރެންސް އަޑު މުޅި ރަށުގައި ވަނީ ގުގުމާލާފައެވެ. ބާރު ދުވެލީގައި އެންމިއުލެންސް ގޮސް ހޮސްޕިޓަލުގެ ތެރެއަށް ވަންއިރު ގިނަ މީހުންގެ ލޯވަނީ އެއަށް އަމާޒުވެފައިއެވެ. އެމްބިއުލެންސް އިން ފުރަތަމަ ވެސް ނިކުތީ ފަރުހާނާ އާއި ނައީމުއެވެ. އެދެމީހުންވެގެން ރޯޝީންނެރެން އުޅުނި ވަގުތަކީ އެތަނަށް ޑޮކްޓަރަކާއިއެކު ނަރުހަކަށްވެސް އާދެވުނު ވަގުތެވެ. ރޯޝީން ވެއްދީ އެމަޖެންސީ ރޫމަށްކަމުން ބޭރުގައި ނައީމުމެންނަށް ފަނަރަ މިނެޓް ވަންދެން ތިބެން ޖެހުނެވެ. ފަނަރަ މިނެޓްގެ އެ ވަގުތު ކޮޅުވެސް ނައީމު ވީ ގަރުނަކަށެވެ. ޑޮކްޓަރު ރޫމުން ނުކުމުން ނައީމު ގޮސް ޑޮކްޓަރުގެ ކުރިމަތީގައި ހުއްޓުނެވެ. ފަހަތުގައި ފަރުހާނާވެސް ހުއްޓެވެ. ”ރޯޝީން އަށް ވަނީ ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރުކޮށްފައި.. އަދި ލޭވެސް ހުރީ ކުޑަކޮށް ދަށްވެފައި.. އެހެންވެ ކަމަށް ބެލެވެނީ އެނބުރުން އެއެރީ.. ގިނައިން ދިޔާތަކެތީ ދެއްވާ.. ގައިގައި ވަރުޖެހޭނެ ކަހަލަ ތަކެތި.. އައިވީ ހުސްވުމުން ޑިސްޗާޖް ކުރާނަން.. މިހާރު މިއުޅެނީ ވާރޑް އަށް ބަދަލުކުރަން..” ޑޮކްޓަރު ބުނަން ހުރި ވާހަކަތަށް ނިންމާފައި އަނެއްކާވެސް އެތެރެއަށް ވަނީއެވެ. އިރުކޮޅަކުން ނިކުތީ ރޯޝީން ގޮވައިގެންނެވެ. އޭރު އޮތީ ރޯޝީންއަށް ނިދިފައެވެ.
”މަންމާ ދެން ހުއްޓާލަބަލަ.. ހިނގާ ކާ އެއްޗެއް ކާން ދާން.. ދޮންބެ ޕޮލިހަށް ގެންދިޔަފަހުން މަންމަ ރަނގަޅަށް ކަނީކީ ވެސް ނޫން.. ހިނގާ ދާން..” އައްޒަގެ އެންމެ ހަނގަށް ހުންނަ ދަރިފުޅު އަޒްލީ ދިޔައީ އައްޒަގެ ގާތު އާދޭސް ކުރަމުންނެވެ. އާއިޒް ޖަލަށް ލީ ދުވަހުން ފެށިގެން އައްޒަގެ ކަމަކީ ހިތާމަކުރުމެވެ. އޭނާގެ ފިރިމީހާ ހައްސާނުވެސް މިހާރު އެތަށް ފަހަރަކު ނަސޭހަތް ދީފިއެވެ. ނަމަވެސް އައްޒަ އެއަޑެއް ނާހައެވެ. އަޒްލީ ކުރުނުކޮށް ކިޔަން ފެށުމުން އެންމެ ފަހުން އައްޒައަށް ޖެހުނީ ކާންދާށެވެ. ކޮންމެ ދުވަހަކުވެސް އަޒްލީ އޭނާގާތު އެވަރަށް އާދޭސްކުރުމުން ނޫނީ އައްޒަ ކާކަށް ނުދެއެވެ. ބައެއްފަހަރު ހައްސާން އައްޒައާއި ދިމާއަށް ކުޑަ ކުއްޖެކޭ ކިޔައިފައިވެސް ދިމާކުރެއެވެ. އަޒްލީ އަކީ އެދެމަފިރިންނަށްލިބިފައި ހުރި ހަމައެކަނީ އަންހެން ދަރިއެވެ. އަޒްލީގެ ހަގަށް ދެން ހުންނާނީ ފިރިހެން ދަރިފުޅު އާޒިންއެވެ. އާޒިންއަކީ ވެސް ނުހަނު ވިސްނުން ތޫނު އަދި އެހައިމެ މަޖާ ކުއްޖެކެވެ. އުމުރުން އެގާރަ އަހަރު ކަމުގައި ވިނަމަވެސް ނުހަނު އަނގަ ގަދައެވެ. ކޮންމެފަދަ ވާހަކައެއްވެސް ބުނެލާނެއެވެ.
ރޯޝީން އަށް މުޅި އެތަނަށް ނަޒަރު ހިންގެމުން ދިޔައީ އޭނާއަށް އޮވެވުނު ތަން ނޭނގުމުގެ ސަބަބުންނެވެ. ނަމަވެސް ނަރުހުން އެތަނުގައި އަވަދިނެތި އުޅެމުން ދާތަން ފެނުމުން އިރުކޮޅެއްގެ ތެރޭގައި އެއީ ހޮސްޕިޓަލްކަން ރޯޝީންއަށް ފަހުމްވިއެވެ. ރޯޝީންގެ ކައިރީގައި އިން ނައީމުވެސް އިނީ ރޯޝީން މުޅި ތަނަށް ބަލަމުން ދިޔަގޮތުން މަޖާވެފައިއެވެ. ”ކީއްވެ އަހަރެން މިތަނަށް ގެނައީ؟” ރޯޝީން ނައީމުއާއި ދިމާއަށް ބަލަހައްޓައިގެން އިނެ ބުނެލިއެވެ. ”ރޯޝީން އެބުރިގެން ވެއްޓުނީމައެއްނު ގެންނާނީ.. ހިނގާ ދޯ އެއްޗެއް ކާލަން.. ޑޮކްޓަރު ބުނެފަައި އޮތީ ހަށިގަނޑަށް ފައިދާ ހުރި އެއްޗެހި ކާށޭ.. ގިނައިން ދިޔާ ތަކެތި ބޯށޭ..” ނައީމު ދިޔައީ ކުޑަކުއްޖަކާ ވާހަކަދައްކާ ގޮތަށް ރޯޝީންއާއި ވާހަކަ ދައްކަމުންނެވެ. އަދި ކޮށައިފައިހުރި އާފަލުއާއި އޮރެންޖުން ފޮއްޗެއް ނަގައިފައި ރޯޝީންއަށް ދިއްކޮށްލިއެވެ. އެތަނަށް ފަރުހާނާ އައުމުން ނައީމު ތާޒާވެލުމަށްޓަކައި ގެއަށް ދިޔައެވެ. ”ފަރުހާނާ ވާހަކައެއް ދައްކަބަލަ.. ދެން ތިހެން ވާހަކަ ނުދައްކާ އިންނަނީތަ؟” ރޯޝީން އިނީ ފޫހިވެފައިއެވެ. ”ރޯޝީން މަ މިވިސްނަނީ… ރޯޝީން ހުރެއެއްނު އަދި ދަރިއަކު.. އެދަރި ގެންނަން ވީނުން.. އޭރުން ރޯޝީން ފޫހިވެސް ފިލާނެ.. އެކުއްޖާއަށް މިހާރު ހީވޭ ވިއްސަކަށް އަހަރުވެދާނެހެން.. އަޅެ ނޫންތަ ރޯޝީން؟” ފަރުހާނާ ވަރަށް ވިސްނަން އިދެފައި ބުނެލިއެވެ. ރޯޝީންއަށް ވެސް އެކަމާ ނުހަނު ފަސޭހައިން އެއްބަސްވެވުނެވެ. އޭނާގެ ފޫހިވެސް މިވީގޮތުން ފިލާނެއެވެ. ނަމަވެސް އެކުއަޖާ މަތިން މި ހުރިހާ ދުވަހު ހަނދާން ނެތުމުން ރޯޝީން ހައިރާންވިއެވެ. ”ހޫމް.. މަވެސް ތިކަމާ އެއްބަސް.. އެކަމަކު ނައީމު އެއްބަސް ވާނެތަ މިކަމަށް.. އާން އެކުއްޖާ އިޔާންއަށް ވުރެ ދެއަހަރު ބޮޑުވާނީ.. އެކަމަކު ހިތަށް އަރަނީ އޭނާ އަންނާނެ ބާއޭ.. ނޭނގޭ ވީ ތަނެއްވެސް..” ރޯޝީންގެ ހިތުގައި ދިއްލުނު ހުޅުކޮޅުވެސް ދިޔައީ ކުޑަވަމުންނެވެ. ”ނައީމު އެއްބަސް ވާނެ ހެން މަށަށް ހީވަނީ.. އެއީ ނައީމުއާއި ނީންނައިރު ވީ ކަމެކެއްނު.. އަނެއްކާ ނައީމު ރޯޝީންއަށް މަޢާފުވެސް ކޮށްފައެއްނު.. ނައީމުއާ ވާހަކަދައްކާލަންވީނު.. ޖެންޑާއަށް ގުޅައިލަންވީނު.. އަދިވެސް އެތަނުގައި ހުރެދާނެ.. ކޮން ނަމެއްތަ އެކުއްޖައަށް ކިޔަނީ؟ އަންހެން ކުއަޖެއް ދޯ އެއީ؟” ”ހޫމް.. އައިޝަތު އިޔާނާ ކިޔަނީ.. ނައީމު އައީމަ އަހާލާނަން.. މަހިތަށް އަރަނީ އިޔާން އެކުއްޖާ ދެކެ ވެސް އަންނާނީ ރުޅި ބާއޭ.. މަ ދެކެ ވެސް މާބޮޑަށް ރުޅިއައިސް ދާނެ ނަން އެއްވައްތަރު ކޮށްފައި ހުރީމަ.. އެކަމަކުވެސް ހެޔޮ މަ ގެންނާނަން..” ރޯޝީން ހުރީ ގޮތްދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. ދެމީހުން އެގޮތުގައި ވާހަކަދައްކަން އެތަށް އިރަކު ތިއްބެވެ. ދެމީހުންގެ ވާހަަކަ މެދު ކަނޑާލަން ޖެހުނި އެތަނަށް ނަރުސް ކުއްޖަކާއިއެކު ޑޮކްޓާރވެސް އައުމުންނެވެ. ޑޮކްޓަރުބަލާފައި ރޯޝީން ގެއަށް ދޫކޮށްލިއެވެ. އައިވީ ނައްޓުވާލައިފައި ރޯޝީންއަށް އެނދުން ތެދުވުމަށް ވެސް އެހިވެދިނީ ނަރުސްކުއްޖާއެވެ. އެވަގުތަކީ އެތަނަށް ނައިމުއަށް ވެސް އާދެވުނު ވަގުތެވެ. ލާފައި ވަނީ ކަޅު ކުލައިގެ ފަޓްލޫނަކާއިއެކު ކަނޑު ނޫކުލައިގެ ގަމީހެކެވެ. ގަމީހުގެ އަތް އޮޅާލައިފައިވާއިރު ނުހަނު ރީތިކަމަށް ދައްކައެވެ. ނައީމުގެ ފިރިހެންވަންތަ ހިނގުމުގައި ހިނގާލައިފައި އައިސް ރޯޝީންގެ ކުރިމަތީގައި ހުއްޓިލިއެވެ. އަދި ނަރުސް ކުއްޖާއަށް ޝުކުރު އަދާކުރުމަށްފަހު އެތަނަށް އެމީހުންގެނެސްފައި ހުރި ތަށި ބަރި އާއި ރޯޝީން ގޮވައިގެން ދިޔައެވެ. ފަރުހާނާވެސް ރޯޝީން ގެއަށް ލުމަށްފަހު މަޣްރިބު ނަމާދު ބަންގި ގޮވީމައި ދިޔައެވެ. ފަރުހާނާ ދިޔުމުން ރޯޝީން ނައީމު ގާތު މިއަދު އޭނާއާއި ފަރުހާނާ ދެއްކި ވަހަކަ ކިޔާ ދިނެވެ. އަދި އެއީ އެނާ ވަރަށް ބޮޑާށް ބޭނުންވާ ކަމެއްކަމާއި އެދަރިފުޅު ގާތުން މަޢާފަށް އެދެން ބޭނުންކަމުގައިވެސް ރޯޝީން ބުނީ ގިސްލެވޭ ހާލުގައިއެވެ. ނައީމު ދޭނެ ޖަވާބަކަށް އިންތިޒާރު ކޮށްލައިގެން ރޯޝީންއަށް އިނެވުނީ ނޭވާ ހިފައްޓައިލާގެންނެވެ. އަދި އޭނާގެ ހިތް ދިޔައީ ނުހަނު ބާރަށް ތެޅެމުންނެވެ. ނައީމުވެސް ފުންނޭވާއެއް ދޫކޮށްލާފައި އޭނާގެ ޖަވާބު ރޯޝީންއަށް އިއްވާލިއެވެ.
(ނުނިމޭ)
14 Comments!
Comments are closed.
Reethi
thanks ibsha 🙂
assalaam alaikum..
miothy 5 vana part up vefai.. unmeedhu kuran kamudhaane kamah.. nd mistakes huriyyaa buneladhinun edhen.. eyrun dhn faharakun rangalhu kohleveyny.. 🙂 readers ge faraathun nihaayathah maafah edhen part thah genesdheveyleh lasvi kamahttakai.. iyya noon enehdhuvahu alhugandu vaany mipart submit kohfa.. ehkamu varah lahun mihaaru up vany.. 🙁
kiyaalaifa comment kohlahchey.. 🙂
have a nice day 🙂
Yey..me second dhw..masha allah..vrh rythi mi prt vx..kyp up to gud wrk dear❤?
Yeah beryl stone… U r second..??❤️❤️ thanks beryl stone..❤️??
Masha Allah… Varah varah rythi mi part vs..??
Thanks girl..??
Wow… Masha Allah.. haadha ryhchey mi part vs.. ??????
Thanks leena???
masha allah.. 🙂 varah rythi mi part vs.. vr furihama.. 🙂
thanks nish… 🙂
Wow.mash allah ??varah reethi. Keep it up. ????
Thanks aika??
Thanks aika??