Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވިންދޭ ލޯބި ތީ އެދޭ 13

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
December 30, 2018 5 Mins Read
28 Comments

އަރާމުކޮށް ނިދާފައި އޮތް މިންހާއަށް ހޭލެވުނީ އޭނަގެ ދޮން މޫނަށް އިރުގެ ރަން ދޯދިތައް އެޅުމުންނެވެ. ބެލްކަންޏަށް ނިކުމެވެން ހުންނަ ދޮރު ކަހާލާފައިވާއިރު ދޮރު ފޮތިތަކުން އިރުގެ ރަން ދޯދިތައް އެޅިފައިވީ ސީދާ އޭނަގެ މޫނަށެވެ. ފަތިސް ނަމާދަށް ފަހުވެސް ނިދީގެ އަސަރު ކޮންމެވެސް ވަރަކަށް ހުރުމުން މިންހާާ ގަސްތުކުރީ ނިދާލާށެވެ. އުނދަގުލުން ކަހަލަ ގޮތަކަށް ދެލޯ ހުޅުވާލަމުން މިންހާ ތެދުވިއެވެ. އާދައިގެ މަތިން އެނދުމަތި ތަރުތީބުކޮށްލުމަށްފަހު މިންހާ ފާޚާނާއަށް ވަނީ ފެންވަރާ ތާޒާ ވެލުމަށެވެ. މަޑު ނޫކުލައިގެ ސްކިނީ އަކާއެކު ކަޅާއި ހުދު ކުލަ ހިމެނޭ ކަކުލުން ތަންކޮޅެއް މައްޗަށް އަންނަ ވަރުގެ ހެދުމަކާއެކު އާދައިގެ ތިނެސްކަން ކަޅު ބުރުގަލެއް އަޅާ ތައްޔާރުވެގެން މިންހާ ތިރިއަށް ފޭބިއެވެ. ”މިންނު… ހޭލީތަ… އާދޭ ސައިބޯން… ދޮންބެދައްތަ މިދަނީ އަދި މިންނުއަށް ގޮވަން ކަމަށް… ” ލުއި ހިނިތުންވުމަކާއެކު މައިޝާ އެހެން ބުނުމާއެކު މިންހާ މައިޝާގެ ފަހަތުން ގޮސް ކާކޮޓަރިއަށް ވަނެވެ. އޭރު އެންމެންވެސް ކާމޭޒު ދޮށުގައި ތިއްބެވެ. އުފާވެރި ހަމަޖެހޭ މާހައުލެއްގައި ތިބެ އެންމެންވެސް ހެނދުނު ނާސްތާއަށް އިންސާފުކުރަމުން ދިޔައެވެ.

އެހެން ދުވަސް ދުވަހެކޭ އެއްފަދައިން މިއަދުވެސް އީލާފްއަށް ހޭލެވުނީ އޭނަގެ މަންމަ ގޮވުމުންނެވެ. ” އީލާފް… މަންމަ އިއްޔެ އެވަރަށް ބުނީމަވެސް ކޮޓަރިތެރެ މިއޮތީ ދޯ ބާއްވަން އިނގުނު ގޮތް… މަންމަ މިއަދު ބައްޕަ ގާތު ބުނާން އީލާފްގެ އުޅުން ހުންނަ ގޮތުގެ ވާހަކަ… މަންމަ ނަސޭހަތްދިނީމަ އީލާފްގެ ކަންފަތަކަށް ނީވޭ އަޑެއް… ” ހިތްހަމަނުޖެހިފައި ހުރެ އާޒިމާ ވާހަކަ ދެއްކުމާއެކު އީލާފްގެ ގާތަށްވެސް ރުޅިއައެވެ. ” އޯ ގޯޑް… މަންމަ ހަމަ ކޮންމެ ދުވަހަކު އަހަންނާ ދިމާލަށް އެއްޗެހި ނުކިޔާ ނުވޭ ދޯ… ބޮލަށް އުނދަގޫވޭ ކޮންމެ ދުވަހަކު މަންމަ އެއްޗިހި ކިޔާތީ… ” އައިސްފައި ހުރި ރުޅީގައި ނުރުހުންތެރިކަމާއެކު ވާހަކަ ދައްކަމުން އީލާފް ގޮސް ފާޚާނާއަށް ވަނެވެ. އާޒިމާ ދެފަރާތަށް ބޯ ހޫރާލަމުން ކޮޓަރިތެރެ ތަރުތީބު ކުރުމެއްނެތި އެކޮޓަރިން ނިކުތެވެ. އޭނާ މިސްރާބުޖެހީ އޭނަގެ އަމިއްލަ ކޮޓަރިއަށެވެ.

ކޮޓަރިއަށް ގޮސް ވަންއިރު ސޯފާގައި ވަލީދު ލެޕްޓޮޕް ހިފައިގެން އޮފީސް މަސައްކަތެއްގައި އިނެވެ. ” ވަލީދު… މިވަގުތު ވާހަކައެއް ދައްކާލަން ބޭނުން… ” އާޒިމާ އައިސް ސޯފާގައި އިށީންނަމުން އެހެން ބުނެލުމާއެކު ވަލީދު ލެޕްޓޮޕުން އޭނަގެ ނަޒަރު ވަކިކޮށްލާ ލޮލުގައި އަޅާފައިވި ނަމްބަރު އައިނު ނަގައި އާޒިމާއަށް ބަލައިލިއެވެ. ” ބުނެބަލަ… އާޒިމާ އާ ހަމަ ކޮންމެ ވަގުތަކުވެސް ވާހަކަ ދައްކޭނެ… ” ލުއި ހިނިތުންވުމެއް ހަދިޔާކުރަމުން ވަލީދު އެހެން ބުނުމާއެކު އާޒިމާވެސް ހިނިތުންވެލިއެވެ. ”ވަލީދު… އީލާފްގެ އުޅުން ހުންނަ ގޮތުން އަހަރެން މިހާރު ކަންބޮޑުވޭ… މިހާރު އެހެރަ ފަނަރަ އަހަރުވީ… އަދިވެސް އުޅުމަކުން އެއްވެސް ހަރުދަނާކަމެއް ނުފެނޭ… އެއުމުރުގެ އެހެން ކުދިންނާ ބަލާފަ އީލާފްގެ އުޅުން ވަރަށް ތަފާތު… އަމިއްލައަށް އެއްވެސް ކަމެއް ނުކުރޭ… އެންމެ ކުޑަމިނުން ނިދާ ތެދުވެފަ އެނދުމަތިވެސް ތަރުތީބުނުކޮށްލާާނެ… އަމިއްލަ އެއްވެސް ކަމެއްވެސް ނުކުރޭ… ގޭތެރޭގެ އެއްވެސް ކަމެއްވެސް ދަސްކުރާކަށް ނޫޅޭ… ކުދި ކުދި ކަންތައްތައްވެސް ކޮށްނުލާ… އެއުމުރުގެ ގިނަ ކުދިން މިހާރު ގޭތެރޭގެ މަސައްކަތްވެސް ކުރޭ… ހަމގައިމުވެސް އެކުދިންގެ އަމިއްލަ ކަންތައްތައްވެސް ކުރާނެ އަމިއްލައަށް… އަހަރެން ނަސޭހަތްދީދީ މިހާރު ވަރުބަލިވެެއްޖެ… އުޅުން އިސްލާހެއްނުކުރި… ވަލީދު އަޅެ އީލާފް އާ ވާހަކަ ދައްކާލަބަލަ… ” އާޒިމާ އޭނަގެ ކަންބޮޑުވުން ފިރިމީހާ އާ ހިއްސާކުރިއެވެ. ” އެންމެ ރަނގަޅު.. މިއަދު އަހަރެން އީލާފް އާ ވާހަކަ ދައްކާނަން… އާޒިމާ ކަންބޮޑުނުވޭ… ” ވަލީދު މިފަހަރުވެސް ވާހަކަ ދެއްކީ ލުއި ހިނިތުންވުމަކާއެކުގައެވެ. އާޒިމާވެސް ހިތްހަމަޖެހިފައިހުރެ ކޮޓަރިން ނިކުތެވެ.

އީލާފް ސައިބުއިމަށް ތިރިއަށް ފޭބިއިރު ސިޓިން ރޫމު ސޯފާގައި ވަލީދު ނޫހެއް ކިޔަން އިނެވެ. ”ބައްޕާ… މިއަދު އޮފީހަށް ނުދާ ދުވަހެއްތަ؟ ” ސުވާލު އުފެދިފައިހުރެ އީލާފް އޭނަގެ ބައްޕަ ގާތު އަހާލިއެވެ. ” އާނ… މިއަދު ބައްޕަ ބޮލުގަ ރިއްސާތީ އޮފީހަށް ނުދަން… ދަރިފުޅު ސައިބުއީތަ… ” ނޫހުން އޭނަގެ ނަޒަރު ވަކިކޮށްލަމުން ވަލީދު ބުނެލިއެވެ. ” ނުބޮން އަދި… މިދަނީ ސައިބޯން… ” މިހެން ބުނެ އީލާފް ކާކޮޓަރިއަށް މިސްރާބުޖެހިއެވެ. ” އީލާފް… ދަރިފުޅާ އާދެބަލަ މިތަނުގަ އިށީންނަން… ބައްޕަ އެބައޮތް ދަރިފުޅާ ވާހަކައެއް ދައްކާލަންވެފަ… ” ސައިބޮއެގެން ގެއިން ނިކުންނަން ދިޔަ އީލާފްގެ ހިނގުން ހުއްޓުނީ އޭނަގެ ބައްޕަ ވާހަކަ ދެއްކުމުންނެވެ. މަޑު ހިނގުމެއްގައި އައިސް އީލާފް ސޯފާގައި އިށީނެވެ. ” ދަރިފުޅު ފަތިސް ނަމާދު ކުރިންތަ މިއަދު… ” ވަލީދު ސީދާ އީލާފްގެ މޫނަށް ބަލަހައްޓާއިގެން އިނދެ ސުވާލުކުރުމާއެކު އީލާފް ކުށްވެެެރިއެއް ފަދައިން އިސްޖަހާލަމުން ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލިއެވެ. ” ބައްޕަ އަބަދުވެސް ބުނަމެއްނު ފަރުޟު ފަސް ނަމާދު ކުރަންވާނޭ… ކީއްވެ ނަމާދު ނުކުރީ… ” ވަލީދު އިސްޖަހައިލައިގެން އަތުގެ އިނގިލިތަކާއި ކުޅެލަ ކުޅެލާ އިން އީލާފްއަށް ބަލަހައްޓާއިގެން އިނދެ ބުންޏެވެ. ” ނުހޭލެވުނީ… ރޭގަ ފިލްމެއް ބަލަން އިނދެފަ… މާ ލަހުން ނިދީމަ… ” ކޮންމެވެސް ވަރެއްގެ ޖެހިލުންވުމަކާއެކު އީލާފް ޖަވާބު ދިނެވެ.

” މަންމަ އަބަދުވެސް ބުނެއެއްނު ދަރިފުޅު ކައިރީ އެހާ ދަންވަންދެން ފިލްމު ބަލަން ނީންދެ ނިދަންވާނޭ… އެހާާ ލަހުން ނިދާތީ ފަތިސް ނަމާދަށް އެ ނުހޭލެވެނީ… އަދި ހޭލެވުނަސްވެސް ތެދުވާހިތްނުވެ ނިދަން ބޭނުންވެގެން އެ އޮވެވެނީ އެހާ ލަހުން ނިދާއިރު ހަމަ ނިދި ނުލިބޭތީ… އެހެންވީމަ އެގޮތަށް ކަންތައް ކުރުން ރަނގަޅެއް ނޫނެއްނު ދޯ… މީގެ ފަހުން އެހާ ދަންވަންދެން ފިލްމު ބަލަން ނީންދެ އަވަހަށް ވާނެ އިނގޭ… ދެން ފަތިސް ނަމާދުކޮށްގެން ނިދާލިޔަސް އެންމެ ލަސްވެގެން އަށެއް ޖަހަންވާއިރަށް ކޮންމެ ދުވަހަކުވެސް ވާނެ ތެދުވަން… ” ވަލީދު މަޑުމައިތިރިކަމާއެކު އީލާފްއަށް ވިސްނައިދެމުން ދިޔައެވެ. ބައްޕަ ދެއްކި ވާހަކަތައް ގަބޫލުކުރެވުމާއެކު އީލާފް މަޑުމަޑުން ބޯ ޖަހާލިއެވެ. ” އަދި ދަރިފުޅު އެބަޖެހޭ މިހާރަށްވުރެ ޒިންމާދާރުވާންވެސް… އަމިއްލަ ކަންތައްތައް ވާނެ އީލާފް އަމިއްލައަށް ފެނިގެން އަމިއްލައަށް ކުރަން… ކޮޓަރިތެރެ ރީތިކޮށް ތަރުތީބުކަމާއެކު ބެލެހެއްޓުމަކީ އީލާފްގެ ކަމެއް މީގެ ފަހުން… މީގެ ފަހުން މަންމަ ނުބުންޏަސް ދަރިފުޅު ވާނެ އަމިއްލަ ކަންތައްތައް ކުރަން… ކޮޓަރިތެރެ ތަރުތީބު ކުރުމާއި އެއްޗެހި ދޮވުން ކަހަލަ ކަންކަން ދަރިފުޅަށްވެސް ކުރެވޭނެ އެއްނު ދޯ… އަދި ގޭތެރޭގެ މަސައްކަތުގައިވެސް ދަރިފުޅު ވާނެ މަންމައަށް ވީ ވަރަކުން އެހީތެރިވެދީ ކަންތައްތައް ކުރަން ދަސްކުރަންވާނެ… ދަރިފުޅުގެ ކަންތައްތަކާއި ބައްޕަ އާއި ދޮންބެގެ ކަންތައްތައްކޮށް އަދި ގޭތެރޭގެ ކަންތައްތައް ކުރާއިރު މަންމައަށް ކިހާ ބުރަވާނެ… އެހެންވީމަ މީގެ ފަހުން އީލާފް ވާނެ ވަގުތު ވީވަރަކުން މަންމައަށް އެހީތެރިވެދޭން… ބައްޕަ މިބުނީ ކިޔަވަމުން ވަގުތު ވީވަރަކުން… އަދި މީހަރަކަށް އައިސް ބައްޕައަށް ވަރަށް ފާހަގަކުރެވޭ އީލާފް ބޭރު ތެރޭގަ އުޅޭލެއް ގިނަކަން… މާގިނައިން ބޭރު ތެރޭގައި އުޅޭކަން ފާހަގަވޭ ޗުއްޓީ ވީ ފަހުން… ޗުއްޓީ ވިޔަސް އޭގެ މާނައެއް ނޫން އެއީ ކިޔެވުމާ ދުރުވާށޭ… މި ސެމިސްޓާ ބްރޭކްގަ އިތުރަށް ކިޔެވުމަށް މަސައްކަތްކުރަންވާނެ އެއްނު ދެވަނަ ޓާމުގެ ނަތީޖާ ފުރަތަމަ ޓާމުގެ ނަތީޖާއަށްވުރެ ރަނގަޅު ކުރެވޭތޯ… އެހެންވީމަ ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރަކަށް ފިލާވަޅުތައް ހަނދާން އާކޮށްލާ ދަސްކުރުމުގައި ވަގުތުކޮޅެއް ހޭދަކުރަންވާނެ… އިނގޭ… ބައްޕަ އުއްމީދުކުރަން ބައްޕަ ދެއްކި ވާހަކަތަކާއިމެދު ވިސްނާ ދަރިފުޅުގެ އުޅުމުން ވަރަށް އަވަހަށް ހެޔޮ ބަދަލުތަކެއް ފެނިގެންދާނެ ކަމަށް… ދެން އެންމެ ރަނގަޅު ދަރިފުޅު ދިޔަޔަސް… ” މަޑުމައިތިރިކަމާއެކު ވާހަކަ ދައްކަމުން ދިޔަ ވަލީދު އޭނަގެ ވާހަކަ ނިންމާލީ ލުއި ހިނިތުންވުމަކާއެކުގައެވެ. އެހުރިހާ އިރުވެސް އީލާފް މަޑުމައިތިރިކަމާއެކު އޭނަގެ ބައްޕަގެ ވާހަކަތައް އަޑުއަހަން އިނެވެ. ބައްޕަގެ ކުރިމަތީގައި ދެކޮޅު ހަދާ ބަސްބުނަން ނުކެރުމުން އީލާފް ގަދަކަމުން ހިނިތުންވެލަމުން ލައްބައޭ ބުނެ ސޯފާއިން ތެދުވެ ބޭރަށް ދިއުމުގެ ބަދަލުގައި އޭނަގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

” ބައްޕައަށްވެސް އެންމެ ފަހުން އަހަންނެއްނު މި ގޯސްވީ… އެންމެނަށްވެސް އަހަރެން ގޯސް ވަނީ ކީއްވެތަ… އަހަރެން ކަންތައްކުރާ ގޮތެެއް އެއްވެސް މީހަކަށް ކަމަކު ނުދޭ… އަހަރެން ދެކޭ ގޮތް އެއްވެސް މީހަކު ބަލާކަށް ބޭނުމެއްނުވޭ… އަހަރެންގެ ޕޮއިންޓް އޮފް ވިއު އެއްވެސް މީހަކަށް މުހިއްމެެއްނޫން… ” ސިޑިން މައްޗަށް އަރަމުން ދިޔަ އީލާފް ދިޔައީ އޭނަގެ އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް ކުދި ކިޔަމުންނެވެ. އަލޫފްގެ ކޮޓަރި ހުރަސްކޮށް ހިނގައިގަން ވަގުތު ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އޭނާ ކޮޓަރިން ނިކުތެވެ. ”އީލޫ… ” އީލާފް ފެނުމާއެކު އަލޫފް ގޮވާލިއެވެ. އެހެނަސް ޖަވާބު ދިނުމެއްނެތި އީލާފް ކުރިއަށް ހިނގައިގަތެވެ. ލޯބިވާ ކޮއްކޮގެ ދުރުކަން ފެނި އަލޫފްގެ ހިތް މާޔޫސްވިއެވެ. އެހެނަސް ހިތްވަރުކުރަމުން އަލޫފް އީލާފްގެ ފަހަތުން ހިނގާފައި ގޮސް ކޮޓަރިއަށް ވަނެވެ. ” އީލޫ… ދޮންބެ ބޭނުމޭ އީލޫ އާ ވާހަކަ ދައްކާލަން… ” ރުޅި މޫނު ހަދައިގެން ހުރެ އެނދުމަތި ތަރުތީބު ކުރަމުން ދިޔަ އީލާފްގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެ އަލޫފް ވާހަކަ ދެއްކިއެވެ. ”އީލޫ… ދޮންބެ ދެކެ ހަމަ އެހާ ރުޅި އައއިއްސަތަ… ” މިފަހަރުވެސް ވާހަކަ ދެއްކީ އަލޫފެވެ. ” އީލޫ… ދޮންބެ ދައްކާ ވާހަކަ އަޑު އަހާ ބަލަ… ޕްލީޒް… ” އެންމެ ފަހުން އަލޫފް ގޮސް އީލާފްގެ ކޮނޑުގައި ހިފާ އޭނަ އާއި ދިމާލަށް އަނބުރާލަމުން ބުނެލއެވެ. ” ބަޓް އައި ޑޯންޓް ވޯންޓް ޓު ޓޯކް… ” ދެދަތްޕިލަ ޖައްސައިގެން ހުރެ އެހެން ބުނަމުން އީލާފް އޭނަގެ ކޮނޑުގައި ބާއްވާލެވިފައިވި އަލޫފްގެ އަތް ދުރުކޮށްލިއެވެ. އަދި އެނބުރި އޭނަގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

” އީލޫ… އީލޫ ތި ވިސްނަނީ މުޅިން ރަނގަޅަކަށް ނޫނޭ… މިންހާއަކީ އީލޫ ތިހީކުރާ ކަހަލަ ކުއްޖެއް ނޫން… އެއަށްވުރެ މާ ރަނގަޅު ކުއްޖެެއް… ދޮންބެ މިންހާދެކެ އެހާ ލޯބިވާއިރު އީލޫ ކީއްވެތަ ނުރުހުން ވަނީ… ” މަޑުމައިތިރިކަމާއެކު އަލޫފް ވާހަކަ ދައްކަމުން ދިޔައިރުވެސް އީލާފް ރުޅި މޫނު ހަދައިގެން ހުރެ ޑްރެސިން ޓޭބަލް ތަރުތީބު ކުރަމުން ދިޔައެވެ. ” ބިކޯޒް އައި ހޭޓް ހާ… އިނގިއްޖެތަ ދޮންބެއަށް… ނައު ޖަސްޓް ގޯ އަވޭ ފްރޮމް ހިއާ… އިތުރަށް ރުޅި ނާރުވާ މިތަނުން ދޭ… ” ނުރުހުންވެފައި އީލާފް ދިން ޖަވާބުން އަލޫފް ހައިރާންވީއިރު ދެރަވެސް ވިއެވެ. ފަހަރެއްގައިވެސް އީލާފް އޭނަ އާ އެހާ ނުރުހުންވެފައި ވާހަކަ ދައްކަފާނެ ކަމަކަށް ހިޔެއްނުކުރެއެވެ. ” އީލޫ… ތިހެން ނުވިސްނަބަލަ… އީލޫއަށް އިނގެއްނު ދޮންބެ މިންހާދެކެ ލޯބިވާކަން… ދޮންބެއަށް މިންހާވެސް މުހިއްމު… އީލޫވެސް މުހިއްމު… އީލޫ ދޮންބެއަށް ތި މަޖުބޫރު ކުރަނީ މިތަނުން ކޮންމެވެސް އެކަކު ޗޫޒްކުރަން… ހައު ކޭން އައި ޑޫ ދެޓް އީލޫ… އައި ނީޑް ބޯތް އޮފް ޔޫ… އެކަކު ޗޫޒްކޮށްގެނެއް ދޮންބެއަކަށް އުފަލަކު ނޫޅެވޭނެ… އީލޫ ބޭނުމެއް ނުވޭތަ ދޮންބެ އުފަލުގަ ހުންނާކަށް… ” އާދޭހުގެ ރާގެއްގައި އަލޫފް ދެއްކި ވާހަކަތައް އަޑު އަހަން ހުރި އީލާފްގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. އެވަގުތު އޭނަގެ ހިތް ދޮންބެގެ އުފާތައް އިސްކޮށް އެގުޅުމަށް ހިތުން ރުހުމަށް އެދެން ފެށިއެވެ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

މަގޭ މުދައްރިސް

Next

ނިޢުމަތް

Next
January 1, 2019

ނިޢުމަތް

Previews
December 30, 2018

މަގޭ މުދައްރިސް

28 Comments!

  1. ifoo says:
    December 30, 2018 at 7:37 pm

    salaam dear readers… here is the next part… hope all will like this part too… bxy kamun mi part lasvefa kuru vy… Im extremly sorry for this… In Sha Allah next part miahvure dhigukohdheynan.. feel free to comment your views… love you all n thankyou all for the support ❤❤❤❤❤…

  2. Naash says:
    December 30, 2018 at 8:01 pm

    I am first dhw….??…mi part vx vrh vrh vrh riithi…?????…when next part?? Much loves frm naash…..???????????????❤❤❤❤❤????….missed….?❤❤❤❤?????????????????????????….

    1. ifoo says:
      December 30, 2018 at 10:05 pm

      Naash ❤️❤️❤️… Congratulations on being first ❤️❤️❤️??????… Thankyou soooooo much dear for the support ❤️❤️❤️?????????… Much more loves from me dear ???❤️❤️❤️??????…

  3. @Ikleel says:
    December 30, 2018 at 8:15 pm

    Yes…!!! Its finally here…??❤❤??….Inthizaarakah fahu vaahaka kiyaalan libuny thy vrh ufaa vejje…❤❤?????….Its okay ifoo i foo..Ifoo bixy v ma ehnvex vaane thaa dhw…??❤❤??…I forgive you for that dear ❤❤??????…Letx talk about this part dhw…This part also very nice and intresting…??❤❤??…Anekkaa eelaaf okay v tha minnu aa aloof ge relation ah…,?? Dhn aan ah kihineh baa vaany dhw…????…Is he lost his love for ever…??? ??????Hope next part avahah up vaane kamah…❤❤????Kon irakun tha next part up kureveyny…,?? Keep it up dear ifoo…??❤❤??…THE BEST STORY….!!!Waiting for next part…!!!❤❤❤?????…Miss you and love you a lotxxx….???❤❤❤???

    1. ifoo says:
      December 30, 2018 at 10:09 pm

      @lkleel ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Let’s see whether eelaaf agree to their relationship n what happens for aan ???… Will try to upload the next part as soon as possible ???… Hope fully Wednesday ???… Thanks a lot n much loves from me ❤️❤️❤️?????????…

  4. Sis says:
    December 30, 2018 at 8:25 pm

    Yaayyyy finally Mi part vx up vejje dhw? ???????? me second that? ????? varah Salhi Mi part vx ingey… ❤️❤️❤️❤️ At the moment Mi site ga thibi gunaalevey madhu reethi stories thakuge thereyga himeney story eh Mi..?????????? varah varah ufaa vejje and varah unexpected…??? Anekka eelaaf ah visnuni baa? ??? varah varah curious.. When next part ifoo sis? ??? ???????? next part thankolheh dhigu kohlahchey ingey.. I think this is tooo short.. ?? lots of lovesss??????? #IN WAITING ❤️❤️❤️❤️❤️❤️❤️❤️❤️

    1. ifoo says:
      December 30, 2018 at 10:12 pm

      Sis ❤️❤️❤️… Thankyou soooooo for the support ???❤️❤️❤️??????… Ifoo v v v ufaavehje sis ge commenteh fenunyma ???… Unexpected v gina kanthathah adhi othy kuriah hama ???.. Keep reading ???… Let’s see whether eelaaf agree to their relationship ???… I will try my best to upload the next part on Wednesday ???… In Sha Allah miahvure dhigukoh genesdheynan ???… Much more loves from me ❤️❤️❤️?????????…

  5. Naju says:
    December 30, 2018 at 9:03 pm

    Wonderful ??? Ifoo mi partvx v v v rythi n ehaame intresting ingey ??????❤❤❤… I just love it ?????????… Omg eelaaf ah visnuny tha… Alhey aan ah eyna ge loabi eh nulibeyne tha… v v v curious kohlaafa ingey thi ninmaaly ?????????… Next part avahah up kphladheachey plus dhigukohgenasdheachey plxxxxxxxxxxx ?????????… V v v happy vehje bxy koh ulhemunvx kurukohviyas up kohladhinyma ???❤❤❤???… I really appreciate ur hard work dear ???????… curiously waiting for the next ??????⭐⭐⭐… Much n more loves from naju ❤❤❤?????????????????????

    1. ifoo says:
      December 31, 2018 at 7:56 am

      Naju ❤️❤️❤️… Thankyou soooooo much for the support ❤️❤️❤️?????????… V v v ufaavehje appreciate kuryma ???… Let’s see whether eelaaf agree to their relationship n what happens for aan ???… Heheh… Much more loves from me ❤️❤️❤️?????????…

  6. Maee says:
    December 30, 2018 at 9:31 pm

    Minnu aa aan aa maa gulhey.. Just my opinion..

    1. ifoo says:
      December 31, 2018 at 7:58 am

      Maee ❤️❤️❤️… Thankyou for your opinion ❤️❤️❤️?????????… V ufaavehje ???… Let’s see what happens ???…

  7. Naum says:
    December 30, 2018 at 11:14 pm

    Mi part ves v reethi…???. Eelaaf ehbas vany tha e minnu and aloof ge gulhumah… alhey dhn aan ah vaany kihineh??????. Curiously waiting for next part..unmeed kuran avahah kiyaalan libeyne kamah next part..and miah vure dhigu vaane kamah.??. Much love??❤❤?❤?❤?❤?❤?❤?❤?❤

    1. ifoo says:
      December 31, 2018 at 8:09 am

      Naum ❤️❤️❤️… Let’s see dhw eelaaf hadhaa gotheh ???… Thankyou soooooo much ❤️❤️❤️?????????… Aan ah vaagotheh vx ingigen dhaane adhi ???… He might get his love or not ???… Let’s see ???… In Sha Allah Wednesday ga miahvure dhigukoh kiyaalan libeyne ???… Much more loves from me ❤️❤️❤️?????????…

  8. unique says:
    December 30, 2018 at 11:46 pm

    mi partvx hama best just love it n thanks ifoo, im fine now alhamdhulillah……
    ifoo ur doing a grt job bxy koh ulhemunvx story upkohdheythy varah bodah thanks
    n miss yuh soo much dear…. so much more loves

    1. ifoo says:
      December 31, 2018 at 8:15 am

      Unique ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Thanks a lot once again ❤️❤️❤️?????????… Ur one of the best reader ey buneveynee ???… Miss you too n much more loves from me dear ❤️❤️❤️?????????…

  9. Beryl Stone says:
    December 31, 2018 at 8:02 am

    Masha allah??????mi prt vx vrh reethi ingey??????????curiously waitinn fr the nxt??????assu vx minnu r aan maagulhey dhw??????ekm it’s up to ifoo sis ehnu dhw???❤❤❤LYSM

    1. ifoo says:
      December 31, 2018 at 8:38 am

      Beryl Stone ❤️❤️❤️… Thankyou soooooo much dear for the colourful Comment ❤️❤️❤️?????????… Let’s see what happens… Haalathu hana knme fadha gothakah vx badhalu vedhaane ???… Much more loves from me dear ❤️❤️❤️?????????…

  10. Nau says:
    December 31, 2018 at 9:59 am

    Mee first time comnt kura…?ekm hama mi stry kiyan feshign mihaa hama ah vx….ifoo ge stry thah varah reethi nau ah❤❤❤curiously waitin for the nxt part…..ifoo thee hama best writer ???❤❤??ifoo nau ah kameh kohdhnyaa plx aan ah dhera gotheh nahadhachchey???????lysm❤❤

    1. ifoo says:
      December 31, 2018 at 12:14 pm

      Nau ❤️❤️❤️… Thankyou soooooo much dear story feshigen kiyamun gos comment eh vx kohleema ❤️❤️❤️?????????… V v v ufaavehje comment kohleema n story ifoo ge stories Nau ah reethi v ma ❤️❤️❤️?????????… In Sha Allah aan akah dhera gotheh nahadhaanan ???… Hope to see ur comment more often n much more loves from me ❤️❤️❤️?????????…

  11. Mailyn says:
    December 31, 2018 at 11:24 am

    Vaahaka v reethi mifaharuves..???

    1. ifoo says:
      December 31, 2018 at 12:17 pm

      Mailyn ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Much loves from me dear ❤️❤️❤️?????????…

  12. Vishibbe says:
    December 31, 2018 at 10:41 pm

    Salhi

    1. ifoo says:
      January 2, 2019 at 3:22 pm

      Vishibbe ❤️❤️❤️… Thankyou so much ❤️❤️❤️?????????…

  13. Mailyn says:
    January 1, 2019 at 9:16 pm

    Ifu whn nexg part up kurany????

    1. Beryl Stone says:
      January 2, 2019 at 1:10 pm

      Hopefully Wednesday..?I mean miadhu ey ifoo bunelaafa e inynu @ikleel ge comment ah kuri reply ga?mihaaru Mailyn ah ingijje tha dear..

    2. ifoo says:
      January 2, 2019 at 3:23 pm

      Mailyn ❤️❤️❤️… Now u can read the story ???.. Thankyou Beryl Stone ❤️❤️❤️???…

  14. Faimu says:
    January 1, 2019 at 9:34 pm

    mi stry ah adhi cmnt eh nukohlevey dhw ?.. okey here i am starting.. aslu hama cmnt nukoh nuhurevuny ?? dhn ithurah bunaane ehcheh neiii thee hama my fav nge ?????? aslu vx vrh hama vrh salhi.. hope to see yuh next part soon love ???

    1. ifoo says:
      January 2, 2019 at 3:24 pm

      Faimu ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Ifoo v v v ufaavehje ???… Hope to see ur comment more often ???… Much more loves from me ❤️❤️❤️?????????…

Comments are closed.

Next Episodeވިންދޭ ލޯބި ތީ އެދޭ 14←


All Right Reserved!