ވަގުތު 4
ރޯޝީންއާއި ނައީމު ގެއަށް އައިސް ވަން އިރު ގޭގެ ދޮރު މަތީގައި ހުރި ފައިވާނުން އިޔާން އައިއްސި ކަން އެނގުނެވެ. އަތުގައި ހުރި ކޮތަޅުތަށް ބެހެއްޓުމަށްފަހު އިޔާން ކައިރިއަށް ދާން އުޅުނު ރޯޝީން ހުއްޓުވީ ނައީމުއެވެ. ރޯޝީން އާއި ނައީމުއަށް އެމީހުންގެ ހަޔާތަށް އަންނަން އުޅޭ ކޮޅިގަނޑުގެ ހިލަމެއްވެސް ނުވެއެވެ.
މެންދަމުގެ ހަމަ ހިމޭން ވަގުތުގައި އިޔާންއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާ އަޑަށެވެ. ”ހަލޯ.. އަދިވެސް ނިދަނީތަ؟ އާދެބަލަ ރުފިޔާކޮޅެއް ހިފައިގެން.. އަހަރެމެންގެ ގުރޫޕަށް މިހާރު އެހެން ދެ މީހަކު އިތުރު ވެއްޖެ.. ދެންވެސް އާދެބަލަ.. ވަރަށް ފޯރި މިތަން..” ފޯނު ނެގުމާއިއެކު ލޫޝާން ވާހަކަދައްކަން ފެށިއެވެ. މެންދުރު ނިދި ގޮތަށް އިޔާންގެ ދެލޯ ހުޅުވާލީ ފޯނު ރިންގުވި އަޑަށެވެ. ނަމަވެސް އޭނާގެ ލޮލުގައި އަދިވެސް ނިދީގެ އަސަރު އެބަހުއްޓެވެ. އިޔާން ހޫމް އޭ ބުނުމުން ލޫޝާން ފޯނު ބޭއްވުމާއިއެކު ދެން ގޮސް އޭނާ ވަނީ ފަހަނާއަށް މޫނު ދޮވެލާށެވެ. ކޮޓަރީގެ ދޮރު ލައްޕާލާފައި ހިޔަންޏަކަށް ވެސް ނޭނގޭނެހާ ސިއްރު ސިއްރުން އިޔާންގޮސް އޭނާގެ މަންމަމެން ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލިއެވެ. ތަޅުނުލައި ހުރުމުން އިޔާން އަށް އެކޮޓަރިއަށް ވަރަށް ފަސޭހައިން ވަދެވުނެވެ. ރޯޝީންމެންނަށް އަޑު ނީވޭނެ ގޮތަށް ފައިގެ އިނގިލި ކުރި ޖައްސައިގެން ހިނގަމުން ގޮސް ހެނދުން އަޅާ ބޮޑު އަލަމާރީގެ ދޮރު ހުޅުވާލިއެވެ. އަލަމާރީގެ ދޮރު ހުޅުވާލިއިރަށް ފުރަތަމަވެސް ފެނުނީ އޭނާގެ މަންމަގެ ވޮލެޓެވެ. ވޮލެޓުނަގައި ހުޅުވައިލައިފައި އޭގައި ހުރި ހުރިހައި ރުފިޔާއެއް ނަގައިފައި ޖީބަށް ލިއެވެ. އަދި ކުރިން ހުރި ގޮތަށް އެތަން ބަހައްޓައިފައި އިޔާން އެ ކޮޓަރިން ނުކުމެގެން ދިޔައީވެސް ނުހަނު މަޑުމަޑުންނެވެ. އޭނާގެ މަންމަމެން ތިބީ ގަދަނިދީގައި ނިދާށެވެ. އެއިން އެއްވެސް ކަމެއް އެމީހުންނަކަށް ނޭނގޭނެއެވެ. ސިޓިންގް ރޫމް ގިރާ ކުރުމަށްފަހު ގޭގެ ބޮޑު ދޮރު އިޔާން ހުޅުވައިލީވެސް އެހައި މަޑުމަޑުންނެވެ. އެކަކަށް ވެސް އަޑުނީވޭނޭ ގޮތަށެވެ. އެހާވެސް ސިއްރުންނެވެ. ގެއިން ނިކުމެވުމުން އިޔާންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހީވަނީ ނޭވާ ނުލައި އުޅުނު މީހަކު ހެންނެވެ. އަދި ޖީބުން ރުފިޔާ ނަގައި ގުނަން ފެށިއެވެ. ގުނައި ނިންމައިފައި އަނެއްކާވެސް ރުފިޔާތަށް ވައަތު ޖީބަށް ލައިފައި ކަނާއަތު ޖީބަށް އަތްކޮށްޕާލައިފައި ތަޅުދަނޑި ނަގައިފައި އިޔާން ދެން މިސްރާބު ޖެހީ އޭނާގެ ސައިކަލާއި ދިމާލަށެވެ. ސައިކަލަށް އަރައި ސްޓާޓް ކޮށްލައިފައި ނުހަނު ބާރަށް ސައިކަލު ދުއަވާލިއެވެ. އިސާހިތަކު އޭނާ މަގުގެ ކޮޅަށް އޮބައިލީ ނުހަނު އަވަހަށެވެ.
”ކައެ އަށް އާނދެވިއްޖެ ދޯ.. ކައެ އަންނަން ދެން އަހަރެމެން މިތިބި މަޑު ކޮށްގެން.. ކައެ އައިމަ ނުފަށަން ވެގެން.. ރުފިޔާ ގެނައިންތަ؟” އިޔާން ފެނުމާއިއެކު ޝިބާން އައިސް ވާހަކަ ދެއްކިއެވެ. އެމީހުން ތިބިތަން ކުޑަވެފައި ނުހަނު އަނދިރިއެވެ. ”އަން މިއޮތީ ދިހަ ހާސް ރުފިޔާ..” އިޔާން ޝިބާންއާއި ދިމާއަށް އޭނާ ގެނަ ރުފިޔާތަށް އެއްލާލިއެވެ. ހުޝިޔާރު ކަމާއިއެކީ ޝިބާން ރުފިޔާގައި ހިފިއެވެ. އާން. އަދި އިޔާންއަށް މިމީހުން ތަޢާރަފު ނުކޮށްދެވޭދޯ؟ މިއީ ވާއިލް.. ގޭންގް އެއްގައި އުޅޭމީހެއް.. ދެން މިހިރީ ރާއިފު… ހަމަ އެއްތަނެއްގައި ދެމީހުން މަސައްކަތް ކުރަނީ.. މިއަދަށްފަހު މިދެ މީހުންގެ ސަބަބުން އަހަރެމެންނަށް ވަރަށް ފަސޭހަ ވާނެ.. އެމީހުން ބުނެގެން ރުފިޔާ ގެނައީ.. ކޮންމެ މީހަކު ރުފިޔާ ދޭން ޖެހުނު.. ބަލާބަލަ އެމީހުން ދީފައި ހުރި އެއްޗެހި.. މިރޭ އޮތީ ތިކަން..” ޝިބާން އެތާއި ހުރި ދެމީހުން އިޔާން އަށް ތަޢާރަފުކޮށްދީ ނިންމައިފައި އެމީހުން ގެނެސްދީފައި ހުރީ ރާ ފުޅިތަކާއި ދިމާއަށް ދިޔައެވެ. ޝިބާން އެ ހުރިހައި އެއްޗެއް ކިޔައިދިނީ ދެން ވާން އޮތް ގޮތް ނޭނގޭ ހާލުއެވެ. އިޔާން ގޮސް އެމީހުންގެ ގައިގައި ބައްދާލައިފައި އޭނާގެ އަމިއްލަ ތަޢާރަފެއްދިނެވެ. އިޔާން ހުރީ އުފަލުން ގޮސް މޮޔަވާވަރު ވެފައިއެވެ. އެތާތިބި އެންމެންގެ މޫނުމަތިންވެސް އުފާވެފައި ހުރިކަން ވަރަށް ރަނގަޅަށް ދޭހަވެއެވެ. ”ހޫމް.. ދެން ހިނގާ އަވަހަށް ފައްޓަން..” ވާއިލް ރާ ފުޅިތަކެއް ހިފައިގެން އައިސް އެތާނގައި ހުރި ސޯފައިގައި އިށީންދެލިއެވެ. އަދި މޭޒުމަތީގައި ހުރި ކުދި ކުދި ބިއްލޫރި ތަށްޓަށް އަޅަން ފެށިއެވެ. އެޔާއިއެކު ދެން ތިބި ފަސް މީހުން ވެސް ގޮސް ސޯފައިގައި އިށީންދެލިއެވެ. އެންމެން އެއްކޮށް ޗިއާރސް އޭ ކިޔާލައިފައި ބޯލިއެވެ. އާއިޒް އާއި ޝިބާން އަދި ލޫޝާން މެންނަށް އެއީ އާ އެއްޗެއް ކަމުގައި ވިނަމަވެސް އެމީހުންވެސް އެއްވެސް ޖެހިލުން ވުމަކާއި ނުލައި އެބޯލިއެވެ. ނަމަވެސް އިޔާންއަކަށް އެއީ އާ އެއްޗަކަށް ނުވިއެވެ. ހީވާގޮތުން އޭނާއަކީ ކުރީގައިވެސް އެކަހަލަ ކަންކަމުގައި އުޅުނު މީހެކެވެ. އެމީހުންނަށް ނޭނގުނު ކަމަކީ އެމީހުންނަށް ފާރަލާން އެތާނގައި މީހަކު ތިބިކަމެވެ. އަދި ކިތަންމެ ސިއްރުން ކަމެއް ކުރި ނަމަވެސް އެކަމެއް ދެނެވޮޑިގެންވަ ފަރާތެއްވާ ކަމެވެ. އެއްވެސް ބިރެއްކަމެއް ނެތި ހަ މީހުން އެދަނީ މާތްﷲ ހަރާމް ކުރައްވާފައިވާ އެއްޗެއް ބޮމުންނެވެ. މިނޫން ދުވަހެއް އަންނާނެ ކަން ނޭނގޭ ހާލުއެވެ. އެހައިވެސް އެމީހުންގެ ބޮލަށްވަނީ ޝައިތާނާ ސަވާރުވެފައިއެވެ.
މެންދަމުގެ ހަމަހިމޭން ވަގުތުގައި ފަރުހާނާ ހުރީ ޓިނުން ހަދާފައި ހުރި ކުޑަ ކުޑަ ތަންކޮޅެއް ކައިރީ ހުއްޓިލައިގެން އެތަނުގެ އަޑީގައި ތިބި މީހުން ކުރާ ކަމެއް ބަލާށެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ ލައިގެން ހުރި ހައުސްކޯޓުގެ ޖީބުން ފޯނުނަގައިފައި ފިއްތަކަށް އޮބައިލުމަށްފަހު ފޯނު ކަންފަތުގައި ޖައްސާލިއެވެ. އަދި އެކޮޅުން ފޯނު ނެގުމުން ވަރަށް ސިއްރު ސިއްރުން ވާހަކަ ދައްކާފައި ފޯނު ކަނޑާލައިފައި ޖީބަށްލިއެވެ. ފަނަރަ ވަރަކަށް މިނެޓްފަހުން އެތަނަށް ޕޮލިސް ޖިޕު އަންނަތަން ފެނުމުން ފަރުހާނާ އެ ޖިޕާ ދިމާއަށް ދިޔައެވެ. އޭރު އޭނާ ވަނީ އުދާސްވެގެން ހަލާކުވެފައެވެ. ދަންވަރުގެ ވަގުތުގައި އެކަނި އަނދިރިތަނެއްގައި ހުރުމުން ވާނީ އެހެން ނޫން ހެއްޔެވެ؟ ޖިޕުން ޕޮލިހުން ފައިބައިގެން އައިސް ފަރުހާނާގާތު ހުއްޓިލުމުން ފަރުހާނާ އެ ޓިނު ގެއަށް އަތުން އިޝާރާތް ކޮށްލިއެވެ. ޕޮލިހުން އެގެއާއި ދިމާއަށް ދުއްވައިގަތީ ނުހަނު ބާރަށެވެ. އިރުކޮޅަކުން އެމީހުން ނިކުތީ އަމަލުވެފައި ހުރި އިޔާންމެންގެ ގުރޫޕް ގޮވައިގެންނެވެ. ދެ ޖިޕަށް އެމީހުން އަރުވައިގެން ޕޮލިހުން ދިޔައިރު ފަރުހާނާވެސް ދިޔައީ ޖިޕަށް އަރައިގެން ޕޮލިސް ސްޓޭޝަނަށެވެ. ޖިޕުގައި އިން އިރު އޭނާ ދިޔައީ އިޔާންގެ މަންމަ ރޯޝީންއަށް ހުއްޓާނުލައި ގުޅަމުންނެވެ. ރޯޝީން ފޯނު ނުނެގުމުން އެންމެ ފަހުން ފަރުހާނާ ނިންމީ އެގެއަށް ދިޔުމަށެވެ. ނަމަވެސް ޕޮލިހުން އެކަން މަނާކުރީއެވެ. ސަބަބަކީ އެމީހުން އެގެއަށް ދިޔުމަށެވެ.
”އައްސަލާމް ޢަލައިކުމް.. ތީތޯ އިޔާންގެ މަންމަ އާއި ބައްޕަ؟ އަޅުގަނޑުމެން މީ ޕޮލިހުން.. އަޅުގަނޑަކީ ނާޝިދު.. ދެން މިހިރީ ރުހާމު..” ބޭރު ޖޯލިފަތީގައި ތިބި ރޯޝީންއާއި ނައީމު ސިއްސައިގެން ދިޔައީ ގޭގެ މައި ދޮރު ހުޅުވައިލައިފައި ވަން ދެ ޕޮލިހުން ފެނިފައިއެވެ. ”އާދެ.. ކިހިނެއްތޯ ވީ؟ އިޔާން އަނެއްކާ ކަމެއް ކުރީތޯ؟” ނައީމު އާއި ރޯޝީން ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. ”ހިންގަވާ އަޅުގަނޑުމެންނާއިއެކު ޕޮލިސް ސްޓޭޝަންއަށް..” ނާޝިދު އެހެން ބުނެފައި ދިޔައީ ރޯޝީންމެންނަށް ވާހަކަ ދައްކާނެ ފުރުސަތެއްވެސް ނުދީއެވެ. ރޯޝީންމެން ވެސް މާބައިވަރު ވާހަކަދައްކާކަށް ނޫޅެއެވެ. އެމީހުންވެސް ބެލީ އަވަހަށް ޕޮލިސް ސްޓޭޝަންއަށް ދެވޭތޯއެވެ.
ޕޮލިސް ސްޓޭޝަންއަށް ރޯޝީންމެންނަށް ދެވުނު އިރު އެތނާގައި ލަމްހާމެން އަދި ރުހުޒީވެސް ހުއްޓެވެ. ރޯޝީންމެންގެ ފަހަތުން އައްޒަވެސް އަންނަތަން ފެނެއެވެ. ފަރުހާނާވެސް ދުވެލައިފައި އައިސް ރޯޝީންމެންގެ ކުރިމަށްޗަށް ހުއްޓިލައިފައި ރޭގައި ވީ ކަންތައްތައް ކިޔާދޭންފެށިއެވެ. ”ފަރުހާނާ.. ކިހިނެއްތޯ އެނގުނީ އެމީހުން ވީ އެތަނުގައި ކަން؟” ނާޝިދުއައިސް ފަރުހާނާއާ ސުވާލު ކުރިއެވެ. ”އަޅުގަނޑު ކޮއްކޮއެއްގެ ގެއަށް ބާބަކިއު ހަދަން ދިޔައީ.. ދެން އާދެވުނީ ވަރަށް ލަހުން.. އޭރު ހުރީ މެންދަމު އެކެއް ޖަހާފައި.. ހުރިހާ ކަމެއް ކޮށް ނިމިގެން އަޅުގަނޑު ގެއަށް ދާން ނިކުމިއިރަށް އެރުނީ އިޔާންގެ ކުރިމައްޗަށް.. އިޔާން ދިޔައީ ވަރަށް ބާރަށް ސައިކަލު ދުއްވާފައި.. ދެން އަޅުގަނޑު ހިތަށް އެރީ އިޔާންގެ ފަހަތުން ދާންވީއޭ.. ދެން އަޅުގަނޑުގެ ބައިސްކަލަށް އަރައިގެން ދިޔައީ އިޔާންގެ ފަހަތުން.. އެކަމަކު އިޔާން އަކަށް ނޭނގޭނެ އަޅުގަނޑު ފަހަތުން ދިޔަ ކަމެއް.. އިޔާން ގޮސް ހުއްޓުނީ ޓިނުން ހަދައިފައި ހުރި ތަނަކަށް އެތަނުގައި އިރުކޮޅަކު ހުރެފައި އަޅުގަނޑު ތިބޭފުޅުންނަށް ގުޅީ.. މި ފޯނުގައި ހުންނާނެ އަޅުގަނޑު ރިކޯޑް ކޮށްފައި އެމީހުން ދެއްކި ވާހަކަ..” ފަރުހާނާ ރޭގައި ވީ ކަންތައްތައް ނާޝިދުއަށް ކިޔައިދިނެވެ. އަދި ނާޝިދު ބުނުމުން އެ ރިކޯޑްވެސް އަޑު އިއްވާލިއެވެ. ރޯޝީންއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. ”ކަލޭގެ ދަރި މަގޭ ދަރި ނުބައި ކުރީ.. ތި އިޔާންއަކާއި ޖެހުނު ފަހުން އާއިޒް މަށާއި ރުހުމުގައި ވާހަކައެއް ނުދައްކާ.. އެނާގެ ބައްޕައަކާއި ވާހަކައެއް ނުދައްކާ.. ހަމަ ކަލޭގެ ސަބަބުން އިޔާންވެސް ނުބައި ވީ.. ކަލޭ އުޅުނު ގޮތަށް އޭނާވެސް އެއުޅެނީ..” އައްޒަ އައިސް ރޯޝީންއާއި ދިމާއަށް ބުނި ކޮންމެ ޖުމުލައެއް ދުނި ތީރުތަކެއްހެން އައިސް ރޯޝީންގެ ހިތަށް ހެރުނެވެ. ލަމްހާވެސް އަދި ރުހުޒީވެސް ހުރީ އައްޒައާއި އެއްބައިވެލައިގެންނެވެ. ރޯޝީންއަށް ކުރެވުނުހާވެސް ކަމަކީ އެތާ ހުރެގެން ރުއިމެވެ. އަދި ދިޔައީ އައްޒަ މެން ގާތު މަޢާފު ކުރާށޭ ކިޔަމުނެވެ. އެހިތަށް ވަނީ ނުހަނު ބޮޑު ފުންއަސަރު ތަކެއް ކޮށްފައިއެވެ. ރޯޝީންއަށް ހަމައެކަނި ހިތްވަރު ލައިދޭން ހުރީ ނައީމު އާއި ފަރުހާނާއެވެ. ޕޮލިހުން އެމައްސަލަ ބަލާފައި އިޔާންމެން ހަތަރު އަހަރަށް ޖަލަށްލީއެވެ. ޝިބާންގެ ކޮއްކޮ ޝިނާންގެ ލޮލުންވެސް ކަރުނަ ނުހިކެއެވެ. ލަމްހާވެސް ދިޔައީ ރޮމުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.







Assalaam alaikum.
Miothy 4 vana part up vefai..? unmeedhu kuran mi part vs kiyuntherinnah kamudhaane kamah..? nd mi part thankolheh kuruvaane.. ??
Alhugandu mi vaahaka genesdheyn bunefaivaa dhuvas thakugai vaahaka nugenes dheveythyve dhn ehdhuvas thakugai vaahaka eh nugenes dheynan.. Monday, Wednesday , nd Friday Mee alhugandu vaahaka genesdheyn bunefaivaa dhuvas.. but dhn midhuvas thakugai vaahaka nugenes dheynan..??
Readers alhugandu ge mi vaahaka ah thidhey support ah fahfashun shukuru adhaakuran.. ❤️?❤️
Thanks nd lysm❤️?
Happy new year❤️
Have a nice day to all the readers?❤️
Mi part kiyaa ninmaafai comment kohlahchey..?
oh dear im curious to see what happens next ❤❤❤❤❤❤❤❤ ur one my fav writers now mariyanbu. hama bunelan othi mi vaahaka vrh habeyz eyy i luv it maasha allah u rlly do have talent ?????????????? btw whn next part ? im waiting impatiently and hope ur wifi is doing fine dear ?☺??????? me first tha if so yayyyyy???????❤❤❤❤???
and happy new year to u too dear ???????❤❤❤????????? may allah bless u with more and more happiness , talent , a wonderful year and a bright future ???????????
Awwn❤️.. manha.. I am waiting for u r comment..?? let’s see dhw what happens next..?? vr vr vr happy vehjje manha ge favourite writer ah v ma..?? thanks manha..❤️?it means a lot dear..❤️❤️❤️ next part vr avahah up kohla dheynan..?
Nd yes dear.. u r first..❤️❤️ congratulations on being first manha❤️❤️
May Allah bless u with more happiness, and a wonderful year and a bright future to u too dear❤️❤️
Haadha lahun Thi up kuranee . Thankolheh Avahah next part upkohdhyba. Maa curious koh Thu ninmaalee?happy New year to you also?
Awwn queen❤️.. yes maalahun dhw mihaaru story up kureveni..??next part avahah up kohla dheynan.. ? insha Allah? keep waiting dear❤️❤️?
Yeyyy..?????me third dhw mifaharu..vrh vrh rythi mi prt..masha allah..????????❤❤sis u r really so gud in writing storiexx?..I can Just say ‘ wow ‘ to ur stryx..whn nxt sis..I am just curiously waitinn????avahah up kohdhehchey..can’t wait..heheh????mi stry mihaaru nimen ulhenytha..????ehaa avahah nunimmahchey..??LYSM❤❤
Yess beryl stone.. mifaharu third dhw milibuny..?? awwn… Thank u beryl stone.. it means a lot dear..❤️?? vr vr vr happy vehjje beryl stone ge colourful nd lovely comment kiyaafa..??❤️❤️❤️ yeah vr avahah next part up kohla dheynan.. insha Allah..❤️❤️? yess dear.. adhi mi vaahaka nimey kah noolhey.. keep waiting. ❤️❤️?
Lysm ❤️