ތިޔައީ ބައްޕަގެ ރަން ދޫންޏެވެ.
އިސްމާޢީލް ޢަލީ ރ.ކަނދޮޅުދޫ
ދަރިފުޅު ދެކެ ބައްޕަ ވަރަށް ލޯބި ވެއެވެ. ތިޔައީ ބައްޕަގެ ހިތްހަމަ ޖެހުމުގެ ސިއްރެވެ. ދަރިފުޅު ފެނުމުން ހިތް އުޖާލާ ވެއެވެ. ދަރިފުޅަށްޓަކައި ޤުރްބާން ވުމުގެ ވިންދު ހިތުގައި ޖަހައެވެ. ތިޔައީ ބައްޕަގެ ފޮނި އުއްމީދެވެ. ދަރިފުޅާމެދު ބައްޕަ ކުރާ އުއްމީދު ގިނަގުނައެވެ.ދަރިފުޅުގެ މަޑުމަޑު އަދި ފިނި އަތް ބައްޕަގެ މޫނުގައި ބީއްސާލުމުން ދަރިފުޅުގެ އޯގާތެރިކަން ހިތަށް ތަސައްވަރު ކުރެވެއެވެ. ދަރިފުޅުގެ ފިރުމުންތަކާއި އަޅާލުން އެންމެ ބޭނުންވާ ދުވަހު ލިބޭނެ ކަމަށް އުއްމީދު ކުރަމެވެ.
ދަރިފުޅު ދުނިޔެއަށް ނޭވާލީ ދުވަހަކީ ބައްޕަގެ ޙަޔާތުގައި އައި އެންމެ އުފާވެރި ދުވަފެވެ. އެދުވަސް ދުވަހަކުވެސް ހިތަކުން ނުފިލާނެއެވެ. ދަރިފުޅު ދުނިޔެއަށް އައުމުގެ ކުރީންވެސް ދަރިފުޅާމެދު ވިސްނީމެވެ. މިގޮތުން އެންމެ ފުރަތަމަ ދަރިފުޅަށް ހޯދައި ދިނީ ރަނގަޅު މަންމައެކެވެ. އެފަދަ މަންމައެއް ލިބުނީތީ ދަރިފުޅު އުފާ ކުރާނެކަން ޔަޤީނެވެ.
ޞާލިހް ދަރިއަކަށް އެދި ދުޢާ ކުރަނިކޮށް ދަރިފުޅު އުފަންވާން އުޅޭ ކަމުގެ ނިޝާން ފެނުނެވެ. ހަމަ އެވަގުތުން ފެށިގެން ދަރިފުޅުގެ މަންމައަށް ދޭ ސަމާލުކަން އިތުރު ކުރީމެވެ. ދަރިފުޅު ، ވިސްނުންތޫނު ، ދުޅަހެޔޮ ކުއްޖަކަށް ވޭތޯ ރަގަޅު ކާނާ މަންމަ އަށް ކާން ދިނީމެވެ. ދަރިފުޅުގެ މަންމަ ބޮޑު ޤުރުބާނީއެއް ވިއެވެ. ނުހަނު ގިނގުނަ ވޭންތަކެއް ތަޙައްމަލު ކުރިއެވެ.
ދަރިފުޅު ދުނިޔެއަށް އައުމުގެ ވަގުތު ކުޑަތަންވަމުން ދިޔަވަރަކަށް ބައްޕަގެ ހިތް އަވަސް ވަމުން ދެއެވެ. ކެތްތެރިކަން ކޮޅުންލަމުންދެއެވެ. ދިގު އިންތިޒާރަކަށްފަހު ދަރިފުޅުގެ ރުއިމުގެ އަޑު އިވިގެން ދިޔަ ވަގުތަކީ ހާދަހާ އަސަރެއް ކުރުވިވަގުތެކެވެ.އެވަގުތުކޮޅު ބައްޕަ އަކަށް ބަޔާނެއް ނުކުރެވޭނެއެވެ.ދީނީ އަދި ދުނިޔެވީ ގޮތުން ކުރަންޖެހޭ ކަންތައްތަކަށްފަހު ތިޔަފުއްގަނޑު ބައްޕަގެ އަތަށް އެރުމުން އުފަލުންގޮސް ރޮވުނެވެ.ބައްޕަގެ ލޮލުން ފޭބި ކަރުނަފޮދު ގޮސްޖެހުނީ ތިޔަ ލޯބިލޯބި ކޯތާފަތުގައެވެ.ހުދުހެދުމެއްލައިގެން އަތްމުއްކަވާލަފައި އޮތްއިރު ދަރިފުޅު ވަރަށް ލޯތްބެވެ. ތިޔަ މަޢުޞޫމު ކުއްޖާފުޅަކީ ހަމަ ޙަޤީޤަތުގައިވެސް މިބައްޕަގެ ދެލޮލުގެ ނޫރެވެ. ﷲ ހަވާލު ކުރެއްވި ބޮޑު އަމާނަތެކެވެ. ބައްޕަގެ ޢަޒުމަކަށްވީ ދަރިފުޅު ދުޅަހެޔޮކަންމަތީ ގެންގުޅުމެވެ.ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމެވެ.ފިންޏާއި ހޫނުން ސަލާމަތްކޮށް ދިނުމެވެ.ޝައިތާނީ ވަސްވާސް ތަކުންނާއި، އެސްފީނައިން މިންޖުކުރުމެވެ.ރައްކާތެރި އަދި ތަނަވަސް ބޯހިޔާވަހިކަމާއި ރަގަޅު ކާނާ ހޯދައިދިނުމެވެ. ދެޙަޔާތް ކާމިޔާބު ކުރެވޭފަދަ ޤާބިލުކަން ލިބިފައިވަ މީހަކަށް ހެދުމެވެ.
ދަރިފުޅު ދިރިއުޅޭންވާނީ ﷲ އަށްޓަކައެވެ. ދަރިފުޅަކީ، ﷲގެ އަޅެކެވެ.ކޮންމެ ހިނދުކޮޅަކުމެ ﷲގެ މަތީން ހަނދާން ކުރާށެވެ.ﷲގެ ދީން މަތިވެރިކުރަން މަސައްކަތްކުރާށެވެ.ދުލާއިޤަލަމުގެ ބޭނުން ހިފައިގެން މީސްތަކުންނަށް ފައިދާހުރި ޢިލްމުތައް ފަތުރާށެވެ.ޢާއިލީ ދިރިއުޅުމުގައި ލާމަޘީލު ނަމޫނާއެއް ދައްކާށެވެ.
( ނިމުނީ )
6 Comments!
Comments are closed.




Masha Allah..❤️❤️❤️ vr rythi.. vr asaru gadha…???????❤️❤️❤️❤️
Varah reethi adhi ehaame asarugadha… Masha allah isse… Hats off to u.. Keep it up my friend….. ❤️❤️?? i just loved it isse
thanx a lot
Welcome isse ❤️❤️.. Dhn Koniraku ehen vaahakaeh up kurany
Welcome isse.. Dhen Koniraku isse ge ehen vaahakaeh kiyaalan libeyny ❤️❤️
Vvvvv Reethi Marsha Allah keep it up