Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންއެހެނިހެން

ސަލާމަތުގެ އައްސޭރި ލިބިގަންނާށެވެ.

ismail ali kaleyfaanu Level 310 Stories100 Login100 Comments
January 28, 2019 One Min Read
5 Comments

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

އަހަރެމެން ވަރަށް އުފާ ކުރަމެވެ. އެކުވެރިކަމުގެ ރިވެތި ނަމޫނައެއްގެ ގޮތުގައި އިންސާނުން އަހަރެމެންފަދަ ނިކަމެތި އެއްޗެއް ބަލައިގަތީމައެވެ. ޙަޤީޤަތުގައިވެސް އަހަރެމެންނަކީ ވަރަށް އެކުވެރި ބަޔަކީމުއެވެ. އަހަރެމެންގެ ނިސްބަތުން ބޮޑެތި ފަރުބަދަ ފަޅިއެއް ވަރުގެ ކާނާވެސް ފަސޭހަކަމާއި އެކު ލިބިގަނެވެނީ އަހަރެމެންގެ މެދުގައިވާ އެކުވެރިކަމުގެ ގަދަފަދަ ބާރުންނެވެ.

ޙަޤީޤަތުގައި އެކުވެރިކަމުގެ މާތްސިފަ އެންމެ ފުރިހަމަގޮތުގައި އޮންނަންވީ އިންސާނުންގެ މެދުގައެވެ. އިންސާނާ ހައްދަވާފައިވަނީ އެކަކު އަނެކަކާއި ގުޅިގެންނޫނީ ނޫޅެވޭނެ ފަދަ ގޮތަކަށެވެ. އަހަރެމެން އަބަދުވެސް އެކަކަށް އެއްޗެއް ފެނިއްޖެ ނަމަ އަނެކަކަށް ޚަބަރު ކުރަމެވެ. ހުރިހާ އެންމެން ބައިވެރިވެގެން ކާނާ ހޯދުމުގެ މަސައްކަތް ކުރަމުއެވެ. އެކަކަށް ލިބޭ ހިތާމައާއި ވޭނުގައި އަނެކަކު ބައިވެރިވާނެއެވެ.އަހަރެމެންގެ މީހަކަށް އަނިޔާއެއް ލިބިފައިވާތަން ފެނިއްޖެ ނަމަ ރައްކާތެރި ހިސާބަކަށް ގެންދަމުއެވެ. އިންސާނުންގެ ޢަމަލު ހުންނަނީ މިފަދައިން ބާވައެވެ؟ އިންސާނުންގެ ތެރެއިން ހާލުގައިޖެހި ކަނޑުވެފައިވާ މީހުން ސަލާމަތަށް އެދި ރޮއިއާދޭސް ކުރާއިރުވެސް އެއަޑު ނާހާ ދާމީހުން އިންސާނުންގެ ތެރޭގައި އުޅެއޭ ބުނާތީ އަޑުއަހަމެވެ.

އަހަރެމެންނަކީ އަޒުމުވަރުގަދަ މުރާލި ބަޔަކީމުއެވެ. ފަހަށް ރައްކާ ކުރުމުގެ އުޞޫލު ގެންގުޅޭ ބަޔަކީމުއެވެ.އަހަރެމެން ކަމެއް ކުރާން އުޅެފި ނަމަ އެކަމެއް ކާމިޔާބު ކުރާނޫއެވެ. އެއީ ގަދަ ހިތްވަރާއި،ބުރަ މަސައްކަތުންނެވެ.މިގޮތަށް އިންސާނުން  ޢަމަލު ނުކުރުމުގެ ނަތީޖާއަކީ އިންސާނުން ކުރިއަރައިގެން ދާންވީ ވަރަށް ކުރިއަރައިގެން ނުދިއުމެވެ. ދިރިއުޅުން އުދަގުލަކަށް ވުމެވެ. ދިރިއުޅުންމަތީން ފޫހިވެ މާޔޫސް ވުމެވެ.

އަހަރެމެންނަށް ލިބޭ ކޮންމެ އެއްޗެއް ހުރިހާ އެންމެންނަށް ޙިއްސާ ކުރަމުއެވެ. އަހަރެމެންގެ ތެރޭގައި ވަކި ނިކަމެތި ދެރަމީހަކު ނޫޅޭނެއެވެ.ހުރިހާ އެންމެންވެސް އަނެކާއަށް އަޅާލާނެއެވެ. ހަމްދަރުދީ ވާނެއެވެ. އިންސާނުނުންގެ ތެރެއިން ބައެއްމީހުން އެބައިމީހުންގެ އަވަށްޓެރިޔާ ބަނޑުހައި ކަމުގައި އުޅެމުން ދާއިރު ބަނޑު ފުރާލައިގެން މަޖާ ކުރަމުން ދާވަހަކަ އިވެއެވެ. ޙަޤީޤަތުގައި އިންސާނުންގެ ތެރޭގައިނިކަމެތި ކަމާއި،ބަލިކަށިކަމުގެ ވަބާ އުފެދިގެން ދަނީ އިންސާނިއްޔަތުކަމުގެ އިމުންބޭރުވާ މީހުން އުޅޭތީއެވެ.

އަހަރެމެން ،އަހަރެމެންގެ އަޚުންނަކަށް ގޯނާކޮށެއް ނުހަދަމުއެވެ.ދުވަހަކުވެސް އެކަތި އަނެކަތި ފަހައިގަނެގެން އުޅޭތަނެއް ނުފެންނާނެއެވެ. އިންސާނުން މިފަދަތޯއެވެ؟ އެއްބަނޑު އެއްބަފައި ދެބެއިންގެ މެދުގައިވެސް އޮންނަނީ ޙަސަދަވެރި ކަމާއި، ހަނގުރާމައެވެ.ހަތުރުވެރި ކަމުގެ ހުޅު ރޯނުކުރާ ދުވަހެއް ނުދެއެވެ.މިއަލިފާނުން އަނދާ ހުލިވަނީ ކޮން ބައެއް ހެއްޔެވެ؟

ތެދެކެވެ. އިންސާނުން ހަމަ މަގުން ކައްސާލުމަށްޓަކައި އިންސާނާގެ އަދާވާތްތެރިޔާ މަސއްކަތް ކުރަމުން ގެންދެއެވެ.މިޢަދާވާތްތެރިޔާގެ މަޅިން ސަލާމަތް ވާނެ މަގުތައް ލައްވަވާފައިވެއެވެ. އެމަގުތަކުން ހިނގާކަށް ނުވޭބާވައެވެ. އަހަރެމެންނަކީ މާނިކަމެތިބަލިކަށި ބަޔަކީމުއެވެ.އެހެންނަމަވެސް އަހަރެމެންގެ ދުޝްމަނުންގެ ކިބައިން އަހަރެމެން ސަލާމަތް ވަމުއެވެ.އަހަރެމެންނަށް ޙަމަލައެއް ދީފާނެ ފަރާތްތަކަށް ސަމާލުވެ ތިބެމުއެވެ.

( ނިމުނީ )

Share Article

Follow Me Written By

ismail ali kaleyfaanu

Level 310 Stories100 Login100 Comments

Other Articles

Previous

ލޯބި1

Next

ކަލާޔާ ނުލާ 6

Next
January 29, 2019

ކަލާޔާ ނުލާ 6

Previews
January 28, 2019

ލޯބި1

5 Comments!

  1. Kitty says:
    January 29, 2019 at 6:22 am

    Varah reethi ehaame rangalhu iburatheh libigendhaa furihama liyumeh… Masha allah keep up the good work… Thank u isse ❤️❤️❤️❤️

    1. ismail ali kaleyfaanu says:
      January 29, 2019 at 8:12 am

      thnx a lot

  2. Kitty says:
    January 29, 2019 at 9:17 am

    Welcome dear

  3. Kitty says:
    January 29, 2019 at 7:47 pm

    Dhn Koniraku isse liyumeh liyany..? Just asking because isse ge liyunyhakun libey Iburai thah reethive.. Liyaa goi reethi kamun❤️❤️❤️

  4. Kitty says:
    January 29, 2019 at 7:48 pm

    Liyunthakun*

Comments are closed.



All Right Reserved!