Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެންލޯބި

ނަސީބު

Allura Level 110 Stories
January 23, 2019 3 Mins Read
4 Comments

‍‍‍‍‍‍‍‍‍‍‍‍‍އެއީ ކައިވެނި ކުރުމުގެ އުމުރެވެ. އުމުރުން 27ވީހެވެ. އާއިލާގެ ތެރެއިން އަހުރެންނަށް ދިޔައީ ނޭދެވޭ ސަމާލުކަމެއް ލިބެމުންނެވެ. ކަައިވެނި ކުރުމުގެ ޚިޔާލެއް ފައުޅުކޮށްފައި ނުވާތީ އެވެ. ކުއްޖަކާ އެކު އެއްވެސް ކަހަލަ ގުޅުމެއް ބޭއްވިފައި ނުވާތީ އެވެ. އަދި އާއިލާގެ ދަރަޖަ އުފުލުމުގައި ނުކުޅެދުންތެރިކަން ފެންނާތީ އެވެ.

އާއިލާތެރެ ފެށުނޫންސުރެ ބައްޓަންވަމުން އައީ ވަކި އުސޫލުތަކެއްގެ ތެރެއިންނެވެ. ސީދާސާދާ ކޮށެވެ. އިހުތިރާމުވެރިކޮށެވެ. އަމަލުތަކާއި މުޚާތަބުގައި އަދަބުވެރިކޮށެވެ. ދިރިއުޅުމުގެ ފެންވަރު ދެއްކުވުމުގައި މަތީ ދަރަޖައެއްގަ އެވެ. ހަށިތަކުގައި ބަރު, ބޯ ފޭރާމެއްލެވިފަ އެވެ. މުޖުތަމައުގެ ތެރޭ ޤަދަރުވެރިކޮށެވެ. މަންމައާއި ބައްޕަ އޮފީހެއްގެ ބޮޑު މަޤާމެއްގައެވެ. އާއިލާތެރޭގެ ދައްތައިން އަދި ބޭބެއިން ވެސް މަޤާމު ބަލައިގަނެވޭ ފަދަ ދާއިރާތަކުގަ އެވެ. އަހުރެން މަސައްކަތް ކުރަމުން ދިޔައީ އިސްކޫލުގެ ސުޕަވައިޒަރެއްގެ މަޤާމުގަ އެވެ. އެއިރު މަސައްކަތް ކުރަމުންދާތާ ހަތަރުވަރަކަށް އަހަރުވަނީ އެވެ.

މަންއިންބަފައިންނަށް ލިބުނު ހަމައެކަނި ދަރިއަކީ އަހަރެންނެވެ. މިއީ އެމީހުންނަށް އަދި އަހަންނަށް ވެސް މެދުވެރިވި ބަދުނަސީބެއްކަމަށް ކުރިން އަހުރެން ހީކުރީމު އެވެ. ނަމަވެސް ހަޔާތުގެ ވަކި ކުލަތަކެއް ގިރާކުރެވުމަށްފަހު އަސްލު ނަސީބަކީ އެ ޚާއްސަ މެދުވެރިވުންކަންކަމާ މެދު ޔަގީންވެވުނެވެ.

އާންއެކެވެ. ކުއްޖަކާ ކައިވެނި ކުރެވިއްޖެ އެވެ. މަހެއްގެ ތެރެއިންނެވެ. މައިންބަފައިންގެ ޚިޔާރު ކުރުމެވެ. ބޭރުފުށުން ރީތި ނަލަ ކުއްޖެކެވެ. އަވައްޓެރި ކުއްޖެކެވެ. އެ އާޢިލާއަކާ އެކުވެރިކަން އޮތް ބަޔެކެވެ. އަހަރެންނާ ޚިލާފަށް, ކުޑަ އާއިލީ އެކެވެ. ނަމަވެސް ނަސީބުލިބިފައިވި އާއިލާއެކެވެ.

ބޭއްވިގެން ދިޔައީ ހީވެސް ނުކުރެވޭފަދަ ބޮޑު ކައިވެނީގެ މުނާސަބައެކެވެ. އާއިލާގެ މެންބަރުން އެއްކުލައަކުން ހެދުންއަޅާ ނަލެހެދިފަ އެވެ. ބޮޑަތި އިއްޒަތްތެރިން އެއްކުރެވުނެވެ. ބިނާ, ބޮކިތަކާއި ފަނުން ގެތި ބަރާވެފަ އެވެ. ހުނުމާއި ޚިޔާލީ ފޮލާތަކެވެ. ފެނެވެމުން ދިޔައީ މާކަ ގަބޫލުވާ މަންޒަރުތަކެއް ނޫނެވެ. ބޭރުފުށް އޮމާންކޮށް ފެންނަމުން ދިޔަނަމަވެސް އެތެރެފުށުގަައި ހިނގަމުންދިޔައީ ނަފުސުގެ ހަނގުރާމައެކެވެ. ނަފުސުގެ ނާޒުކުކަން ފޮރުވިފައި ބޭއްވުމުން ކުރަމުން ދިޔަ ހިތްނުބައި ކަމެކެވެ. މުސްތަޤުބަލު ތޫފާނެއްގެ ތެރެއިން ވަޒަންކުރެވުމުން ދިޔަތީ އެވެ.

ކަން ނިމި ހިނގައިދިޔައީ ވެސް އަހުރެން ސިފަކުރި ގޮތާ އެއްހަމައަކުންނެވެ. މަހެއްވީއިރު ކައިވެނި ރޫޅިއްޖެ އެވެ. ދެ މީހުންނަށް ބިނާކުރުވި ގެ ލަދުގަންނުވައިފި އެވެ. ކައިވެނި ހަފުލާގެ ހަނދާންތަކާއި ފޮޓޯތައް ތަޣައްޔަރުވެ ހިތިކަމެއް ރަހައިގައި ލައްވުވަައިފި އެވެ. އާޢިލާގެ ތެރެއަށް ރުޅިވެރިކަމާއި ފޫހިކަން ގެނުވާ ޖާގަ ދުރުކުރެވިއްޖެ އެވެ.

ކީއްވެހެއްޔެވެ. ވެށެމުންދިޔަ އަޑަކަށްވީ ހަމައެކަނި މި އެވެ. އެންމެންނަށް ވެސް ފަހުމުވާން ބޭނުންވި އެވެ. ސަބަބުތަކެވެ. ނަމަވެސް ބަލައިގަންނަން ބޭނުންނުވީ އިޚުތިޔާރެވެ. އެބައިމީހުންގެ އަމިއްލަ ފިކުރުތަކާއި އެނދުންތަކެވެ. މއީ މަސްއޫލިއްޔަތެވެ. އަހުރެންވީ އެމީހުން ބަލަމުން ގެންދިޔަ ކުޑަކުއްޖަކަށެވެ. އަދި ކަަިވެނި އެއީ ބަރީއަވެގަތުމުގެ ކިއްލާއަކަށެވެ.

……..
އަހުރެންނަށް ހާމަކުރެވުނީ އެންމެ ސަބަބެކެވެ. އެއީ ލޯބިނުވެވުމެވެ. މިއީ އެއްވެސް ސަބަބެއްގެ އަސްލެއް ނޫނެވެ. ސަބަބުތަކަކުން ނުކުނތް އަޘަރެކެވެ. ނަމަވެސް މައުނަވީ ވިސްނުމަކުން ފަހުމުވާން އެދި ހުރި އެއް ލޮލެއްވެސް ނުހޯދުނެވެ. އަޑުތަކުގައިވީ ހަރުކަށިކަމެވެ. އަމަލުތަކުގައި ނޭނގާނިއްޔަ ކަމެކެވެ. ހަށީގައި ބީރައްޓެހިކަމެއް ހަރުލެއްވެވޭން ފެށުނެވެ. ވާހަކަތަކުގައި އިޖާބަ އެއް ނުދެވުމެވެ. އަޑުއެހުމުގައި ބީރުކަމެވެ. ދުށުމުގަައި ލޯފަންކަމެވެ. ތަބީޢަތުގައި އެކަހެރިވުމެކެވެ. އެ ފުރާނައެއްގެ ކުރިމަތީ ހިތް ޚަލާސް ކޮށްލެވޭނޭ ވަރުގެ ރޫޙެއް ނެތަތީ އެވެ.

މައްސަލައަކަށްވީ ދެމީހުންގެ މިޒާޖު އެއްގޮތްވުމެވެ. މަސްހުނިވާން ނޭނގުމެވެ. ފަހަރުގައި އައުވީމާ ކަމަށްވެސް ބުނެވިދާނެ އެވެ. އެކަމަކު އިޚުތިލާފުތައް މާ ފުޅަލެވެ. އެކަކު އަނެކަކު ދެނެގަތުމަށް ވީ ފަސްޖެހިވެވިފަ އެވެ. ފަހަރުގައި ދެ މީހުން ވެސް ކައިވެނިކުރީ ތައްޔާރުވެވިގެންނެއް ނޫނެވެ. ދެ ކޮޅުންވެސް އާޢިލާގެ ކަނޑައެޅުމަށް އާބަސްދެވުމުގައި ހައިބަތު ނުދެއްކުނީ އެވެ. ކައިވެނި މާ ފަސޭހަކޮށް ނަގާލެވުނީ އެވެ. އަދި މުޅި އުމުރު މިފަދަ ކޮށްޓެއްގެތެރޭ ދިރި ވުމުގެ ތަޞައްވުރު ބަރުދާސްތު ކުރުމަށް ސިކުނޑި އަށް ތަންނުދެވުނީ އެވެ. ފަހެ ނޫނެކޭ ބުނެވުން ހަމަ އެހާ އުނދަގޫ ކަމަކީބާވައެވެ.

ހެއްވައެވެ. ކައިވެނި ކުރެވުމަށްފަހު ނޫނެކޭ ބުނެވިއްޖެ އެވެ. ބޭނުންވީ ވަރުގަދަ ހާލަތެކެވެ. އެއޮތީ ކުރަން ނުކެރުނު ކަމަކަށް ކުރިމަތިލެވިފަ އެވެ. ބަދަލުވުމަކީ ހީކުރިފަދަ އުނދަގޫކަމަކަށަށް ނުވި އެވެ. ބޭނުންވީ އަމިއްލަ ނަފުސު އިސްކުރުމެވެ.

………
ދުވަސްކޮޅެއް ނުވެ އަލަތު އަނބިމީހާ ފިލައިފި އެވެ. މައްޗަށް ކިޔެވުމަށް ކަމަށް ބުނެއެވެ. ނޫނެކެވެ. އުޒުރެކެވެ. އަމާޒަކަށްވީ މުޖުތަމައުގެ ފާޑުކިއުންތަކުން ދުރުވެގަތުމެވެ. ހިތަށް ތާޒާކަން ފޯރުކޮށްދިނުމެވެ. ތިބާގެ އަވަށުގައި ދެމިހުރުން ބަައެއްފަހަރު ވެ ދަނީ ތިބާގެ ހަލާކަށެވެ. އޭނާގެ އެ އަމަލުން އަހަންނަށް ނަގައިގަނެވުނު މާނަ އަކީ މި އެވެ.

ހުދު އަހަރެންވެސް އެ ފަދަ ނިންމުމަކަށް ހިތްއެދުނެވެ. ނަމަވެސް ދެ މީހުން އެތްގޮތްވާން ބޭނުންނުވީ އެވެ. އެ ވާނީ އަހުރެންނަށް ފިނޑި އަމަލަކަށެވެ. އަހުރެންގެ ވަޒީފާގައި އަހުރެން ކާބިޔާބުވެފައި ހުނަރުވެރި އެވެ. އަހުރެންގެ ޝައުޤު އެ މަސައްކަތެއްގައި ފޫހިމެނުކުރުވައެވެ. މީހުން އަހުރެންނަށް ހުރީ ބޭނުންވެއެވެ. އަދި އަހުރެންނަށް އެ މަސައްކަތް މުހިންމުކަން ދެއެވެ. ހިނގާ ދިޔަ އެންމެ ހާދިސާއަކުން މުޅި ދިރިއުޅުން ބަދަލުކުރުމުގެ މަޖުބޫރިވެރިކަމެއް އިހުސާސެއް ނުކުރެވުނެވެ. ވަޒީފާ އެއީ އަހުރެންގެ ދިރހުރުމުގެ ބާރަކަށްވި އެވެ.

……
މިގޮތުގަައި އިތުރު ދެ އަހަރު ހޭދަކުރެވުނެވެ. މާޒީ ފަސްލެވިފަ އެވެ. އަހަރުންނަށް ކުއްޖަކާ ހިތްކިއުނެވެ. ސައިކަލު ދުއްވަމުންދާ އިރު މަގުދޮށް ކުނިކެހުމުގައި އުޅޭ ކުއްޖެކެވެ. ހަވީރުތަކުގައި އާއިލާއާއުކު މަސްހުނިވެ ހިނގާލުންތަކުގައި ވި އެވެ. އަޑާއި މޫނުގައި އަބަދުވެސް ވީ އުޖާލާކަމެކެވެ. މަޖާވެެރި ކަމެކެވެ. ކުޑަކޮށް ފަލަނަމަވެސް ލޫޅާފައްޗެވެ. ހަރަކާތްތެރިކަމުގައި ގޮތްވެރި ގޮތެކެވެ. ވާހަކަތަކުގައި މަޑުމައިތިރި އަދި ކަންކަން ހަމައިގައި ބޭއްވުމުގެ އުސްލޫބެކެވެ. ފަސްޖެހުމެއްނެތި އެ ސަހުޝިއްޔަތަށް އާންއެކޭ ބުނެވުނެވެ. ނަސީބުގައި, އެ އަންހެން ކުއްޖާގެ އިޖާބަވެސް އެއްގޮތްވެ, އަހުރުމެންގެ މަސްއޫލިއްޔަ ހަޔާތް ފެށިގެން ދިޔަ އެވެ.

ފަޅުކޮށް އޮތް ލަދުވެތި ގެ ދިރުވިއްޖެ އެވެ. ހަތް އަހަރާއި ފަސްއަހަރުގެ ލޯބި ފިރިހެން ދެ ކުދިން މި ދެވެނީ ތަރުބިއްޔަތު ކުރެވެމުންނެވެ. ފުރަތަމަ އާއިލާގެތެރެއިން ގެނުވީ ޝަަކުވާތަކެވެ. އަނތްބަކަށް ތަޢުލީމުވެރި ކުއްޖަކު ހޯދުމަށެވެ. ނަމަވެސް އަހަރެން އެއިރު ވަނީ ބޯހަރުވެފަ އެވެ. އާޢިލާގެ ލަޤަބު އިސްކުރުން މުހިންމެއް ނުކުރެވުނެވެ. އެބައިމީހުންނަށް ވެސް އަހުރެން ވެފައިވީ ކުޅޭ ބުދަކަށެވެ. އަދި އަމަލުތައް މަތަކުރެވުން އޮތީ އަހުރެންގެ ތަފާތު ފަޅި އެއް ދައްކުވައިދީގެންނެވެ.

ތެދެކެވެ. ބައެއްފަހަރު ކަންކަމަށް ބޭނުންވަނީ އަމިއްލަ ވަގުތާއި ތަންވަޅެވެ. އެހެންބަޔަކު ގަސްތުކުރާ އުސޫލުތަކެއް ނޫނެވެ.

(ނިމުނީ)

Share Article

Follow Me Written By

Allura

Level 110 Stories

Other Articles

Previous

ވިންދޭ ލޯބި ތީ އެދޭ 21

Next

ކަލާޔާ ނުލާ 3

Next
January 23, 2019

ކަލާޔާ ނުލާ 3

Previews
January 23, 2019

ވިންދޭ ލޯބި ތީ އެދޭ 21

4 Comments!

  1. kala123 says:
    January 23, 2019 at 4:10 pm

    Allura
    Well done.A big improvement over your previous
    attempts. Congrats.And best wishes

    1. Allura says:
      January 24, 2019 at 11:01 am

      Yeahh, am definitely flattered. ?

  2. Ala Marvel says:
    January 24, 2019 at 3:31 pm

    Hi Allura. Hope we will get another story of yours. Your doing good. Insha allah kaamiyaabu writer akah vaane. Ly ❤❤❤?????????????????????

    1. Allura says:
      January 28, 2019 at 2:56 pm

      Aww, thanks. Inshallah..

Comments are closed.



All Right Reserved!