Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެން

ފިކުރީ ޢަައިބު

Allura Level 110 Stories
January 27, 2019 2 Mins Read
2 Comments

‍‍‍‍‍‍‍‍‍ކަޅުފޮއި ރެއެކެވެ. އާންމުކޮންހެން އިޝާގެ ފަހުން އެ ދެ ކުދިން އޮތީ ގޭގެ ފުރާޅުމައްޗަށް އަރާ އޮށޮއިވެލައިގެންނެވެ. ހިޝާންގެ އަހަރުން ބާރަ އަހަރެވެ. އަދި ޔާސްމީންގެ އަހަރުން ނުވައެކެވެ. އުޑުގެ ވިދުވަރަށް ކަޅިގެއްލިފަ އެވެ. ހަނުހިމޭންކަމަކާ އެކު ދެ ކުދިން ހިނިތުންވަމުން ގެންދިޔަ ހިނދު ސިފަކުރުވީ އިޝްރާޤީ މުޢާމަލާތެއް ދެމެދުގަަައި ހިނގެވެމުން ދިޔަ ފަދަހެންނެވެ. އެކަކުގެ ކަނާ އަތް އަނެކަކުގެ ވައަތު އަތާ ގުޅި ގަތާލެވިފަ އެވެ. އެއީ ޖާދޫވަންތަ ކަމެކެވެ.

‘ޔާޝްކޮ އަށް އެނގޭތަ ޔާޝްކޮ އުފަންވުމުގެ ކުރިން ޝާންބެގެ އެއް ވެސް ހުވަފެނެއް ނެތްކަން? ޔާޝްކޮގެ އެއްވެސް ހުވަފެނެއް އެބަ އޮތްތަ މިހާރު, މި އުމުރުގަ?’ ހިޝާންގެ މޫނު ޔާސްމީންގެ މޫނާދިމާ އަށް އަނބުރާލުމަށްފަހު އެހި އެވެ. ޔާސްމީންގެ ހިނިތުން ފުޅާވި އެވެ.

‘އާން, ޔާޝްކޮ ބޭނުން ޕަރީއަކަށް ވާން. ނުފެންނަ މީހަކަށް ވާން. އެއިރުން އެއް ވެސް މީހަކަށް ޔާޝްކޮ ކުރާ ކަންތަކެއް ނުފެންނާނެ. ޔާޝްކޮ ބޭނުން ތަނަކަށް ގޮސް ބޭނުން ކަމެއް ކުރެވޭނެ. އަދި ޕަރީއަކަށް ވުމުން އުދުހެވެވޭނެ.’

‘އަސްލުވެސްތަ, ޕަރީއަކަށްތަ?,’ ހިޝާން އަށް ކުޑަކޮށް ހީގަނެވުނެވެ. ވިސްނުމުގައިވި މައުސޫމު ކަމަކުންނެވެ.

‘ހްްހްމް, ފެނޭތަ އެއޮއް އަލިގަދަ ތަރި, އެހެން ތަރިކަށްވުރެ ކުލަ ތަފާތުކޮށް އަދި ބޮޑުކޮށް, އެއީ އަސްލު ޕަރީ އެކޭ.’ އޮތްތަނުން ތެދުވެ ކަކޫ ދަމާލާ އިށީންދެލުމަށް ފަހު ކަނައިތު ޝަހާދަތް އިނގިލި ހަވާގެތެރެއަށް އުފުލި އެވެ. ފުލޯކެއް އުފައްދަން ހިޝާން މަސައްކަތްކުރި އެވެ. މަންމަމެން ވެސް ކަންކުރަމުން ގެންދާ އުސޫލުންނެވެ.

ޔާސްމީންވެސް ތެދުވެ އިށީންދެއްޖެ އެވެ. ހައިރާންކަމެއްގަ އެވެ.

‘އެކަމަކު އެއީ ޕަރީއަކަށް ވަންޏާ ކީއްވެތަ ހަރުވެފަ އެ ހުންނަނީ, ނުއެއް ދުވައެއްނު. އަދި ކީއްވެ އެންމެ ޕަރީ އެއް ވަކިން އެއްތަނެއްގަ މިހާ އިރުވަންދެން އެ ފެންނަނީ,’ ޔާސްމީންގެ މޫނުމަތި ވީ ސުވާލުތަކުން ފުރިފަ އެވެ. އިތުރަށް އޮޅުވާލެވޭނެ ގޮތެއް ހިޝާނަކަށް ނުހޯދުނެވެ.

‘ހިޝާންބެ އަށް އޮޅިގެންކަންނޭގެ ތި ބުނެވުނީ. އަސްލު އެ ތަރިއަކީ ޕަރީންގެ ދުނިޔެ. އެހެން ބައެއް ރޭތަކުގައި ވެސް އަޅުގަނޑުމެންނަށް ފެނެއެއްނު ހަމަ މި ތަރި. އަނެއްބައި ރޭރޭ އެ ނުފަންނަނީ އެ ޕަރީންގެ ދުނިޔެ ހަރުނުލާތީ. އުޑުގަައި ތަޅުންގަނޑެއް ނޯންނާތީ.. އެހެންދޯ?!’ ޔާސްމީނަށް މުހިންމުވީ އަޑުއިވޭ ވާހަކަތައް ހަމަޖެހުމެވެ. އަދި އެކަން ކުރުމުގަައި އޭނާގެ ވިސްނުން ފުޅަލެވެ.

ހިޝާންއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. ހުރިހާކަމެއް ހަމަ އެހާ منطقیވާން ޖެހޭ ބާއްވައެވެ. އެއްބަސްވެވުނެވެ.

……….

އެއީ މީގެ ފަސްއަހަރުކުރި އެވެ. އެ ރޭގެ ހުރިހާ ސިކުންތެއް ހިތުތެރޭ ބިންވަޅުނެނގިފަ އެވެ. ޚާއްސަކޮށް, އުފެދުނު އެ އެންމެ ފަހުގެ މުޢާމަލާތެވެ. ޔާސްމީނަށް ބޭރުކުރުވުނު އާޚިރުގެ ބަސްތަކެވެ. ޔާޝްކޮއާ އެކު ހިޝާން އަށް ހޭދަކުރެވުމަށް އޮތް ތަންވަޅުތަކަށް ނިމުމެއް ގެނުވި ސިކުންތުތަކެވެ. އާންއެކެވެ. އެ ރޭ ވީ ތަދުބީރަކަށެވެ. އެންގުމަކާ ނުލައެވެ. އެ ފެށެވުނު ވާހަކަ އެވެ. އިއްތިފާގެއްބާވައެވެ. ނޫނީ ނަފުސުގެ ޟަމީރު ގެއްލުނީ ހެއްޔެވެ.

ހަޤީގަތެއް އެކަކަށް ވެސް ކަށަވަރެއް ނުވެއެވެ. އެއީ ދަންޖެހުމުގެ އަމަލެކެވެ. ނޫނީ ހާދިސާއެކެވެ. ނޫނީ ޖަރީމާއެކެވެ. އެންމެންވެސް އިސްކުރީ ބަލައިގަންނަން ފަސޭހަވި ގޮތެވެ. ދަންޖެހުމެވެ. ޔަޢުނީ, ހާދިސާއަކަށް ވެވެން އޮތްގޮތެއް ނެތްކަމެވެ. އެއް ވެސް ހަޅޭއްކުގެ އަޑެއް ނޫނީ ނާގަސްތުވެރި ހަރަކާތްތަކެއްގެ އަޑުތަކެއް ނީއްވެއެވެ. އިވުނީ އެއްފަހަރުމަތިން އެންމެ އަޑެކެވެ. ‘ތަޑް’ ގެ އަޑުން މަތިން އެއްޗެއް ތިރި އަށް ވެއްޓުމެކެވެ. ނަމަވެސް ހިތިކަމާއި އެވެ. އެއީ ‘އެއްޗެއް’ ނޫނެވެ. ފުރާނައެކެވެ. ޔާސްމީނެވެ.

ހިޝާން އަށް އެ ވިސްނުންތައް ވީ ބިލާހަކަށެވެ. އެހެނީ ޔާސްމީން އެންމެ ގާތުން ދަންނަ ކުއްޖަކަށް ހުރީ ހިޝާންކަން ހުދު އޭނާގެ އަމިއްލަނަފުސާމެދު ބޭއްވުނު ޔަޤީންކަމުގެ ބޮޑުކަމެވެ. ސަބަބަކަަށް ހިޝާން އަށް ވިސްނުނީ عصبی ބަލިކަށިކަމެކެވެ.

ފަހަރުގައި ޔާޝްކޮ އަށް ޕަރީ އެއް ނޫނީ ޕަރީންތަކެއް ސިފަކުރެވުނީ އެވެ. އޭނާގެ ކުރިމަތީ ވަށާ އެނބުރެނިކޮށެވެ. އޭނާގެ ބޮލުގެ އިސްތަށިތަކާ ކުޅެ ހެއްވުއުމުގަ އެވެ. އެ ޚުލުޤުން އޭނާގެ އެކުވެރިންނަށް ވީ އެވެ. އަދި އެ ބަޔަކުގެ ގާތަށް ވާސިލުވުމަށް މަސައްކަތް ކުރީ އެވެ. އިޚުތިޔާރުގަ އެވެ. ޚިޔާލާތާއި ހަޤީޤަތު ދެނަނުގަނެވުނީ އެވެ.

………

އެ ރޭ ދިޔައީ ސުކޫންވެރިކޮށެވެ. ޔާޝްކޮ އެކަނިކޮށްް, ފުރާޅުމަތިން ފައިބައި, ފާހާނާއަކަށް ހިިިިިޝާން ދިޔަދިޔުން އެ ވީހީ ހަމައެކަނި ތަޤުދީރުގަައި ހުރި މިނިވަންކަމަކާއި ފުރިހަމަކަމަކަށެވެ. ބޭނުންޖެހިފައިވީ އިޝާރާތަކަށެވެ. ޟަމީރު ދައްކުވާށި އެވެ.

(ނިމުނީ)

Share Article

Follow Me Written By

Allura

Level 110 Stories

Other Articles

Previous

އެނގުމެއްނެތި…11

Next

ދިނީ ޒަހަރު… 09

Next
January 28, 2019

ދިނީ ޒަހަރު… 09

Previews
January 27, 2019

އެނގުމެއްނެތި…11

2 Comments!

  1. ailyyn says:
    January 28, 2019 at 4:08 am

    Story vv cute bunaane ehcheh neyngifa mihury

    1. Allura says:
      January 28, 2019 at 5:48 pm

      Thanks ailyyn. ?

Comments are closed.



All Right Reserved!