Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredބިރުވެރިއެހެނިހެން

އެ ސިއްރު… 1

Emm Level 3100 Comments10 Stories100 Login
March 11, 2019 One Min Read
54 Comments

އޮއްސެމުން ދިޔަ އިރުގެ ކުލަތަކުން މުޅި ޖައްވު ރަންގު ކުރަމުން ދިޔައެވެ. ކާޅާއި ކޮވެލީގެ އަޑު ހިނދެއް ހިނދަކަށް ދިޔައީ މަޑުވަމުންނެވެ. ހަމަ އެފަދައިން ރަށުގެ މަގުތައް މަތިން ހިނގާ ބިނގާވެ އުޅޭ މީހުންވެސް ގެއްލި ހުސް ވަމުން ދިޔައެވެ. ތާރު އެޅި އެ މަގުތަކުގެ ދެ ފަރާތުގައިވާ ފެހިކަން ގަދަ ގަސްތަކުން އެ ހަމަހިމޭން މާހައުލަށް ދިރުން ގެނެސްދީފައިވާ ފަދަ އެވެ.

ކޮޓަރީގެ ލޯގަނޑު ކުރިމަތީ އަހަރެން ހުރީ ހައިރާން ވެފައި ލޯގަނޑުން ފެންނަމުން ދިޔަ އަހަރެންގެ ސޫރައަށް ބަލަހައްޓައިގެން ނެވެ. އަހަރެން ހައިރާން ވީ ލޯގަނޑުން ފެންނަ އަހަރެންގެ ސިފަ ފެނިފައެއް ނޫނެވެ. އެއީ ހަމަ އަހަރެންގެ ސިފަ އެވެ. އެއްވެސް ތަފާތެއް ނެތެވެ. ނަމަވެސް އަހަރެން ހައިރާން ވީ އަހަރެންގެ ބުރަކަށީގައި ދެ ފަރާތުގައި ކަޅުރަތް ކުލައިން ދެ އިންޗީގެ ދިގުމިނަށް ދެމިފައި އިން ރޮނގު ފެނިފައެވެ. ނޫނެކެވެ. އެއީ ރޮނގެއް ނޫނެވެ. ފާޑެއްގެ ލަފެކެވެ. ނަމަވެސް މިއިން ދުވަހަކު މި ލަފު އަހަރެންގެ ބުރަކަށީގައި އިން ތަނެއް ނުދެކެމެވެ. މަޑު މަޑުން އެ ތަނުގައި އަތް ހާކާލީ އެތަން ހިރުވާލުމުން ނެވެ. އެތަނުގައި އިނގިލި ކުރި ޖެހުމާއި އެކު ހީވީ ބުރަކަށީގައި ދިރޭ އެއްޗެއް ދުވެލި ހެންނެވެ. ކަރު ފަޅައިގެން ދާހާ ބާރަށް ހަޅޭއްލަވައި ގަނެވުނީ އިހުސާސް ކުރެވުނު ދިލަ ތަދުން ނެވެ. ހުރި ތަނަށް ތިރިވެވުނީ އެ ތަދަށް ކެތް ކުރަން ދަތި ވުމުން ނެވެ. ” ދަރިފުޅާ! ދަރިފުޅާ! ޖަޒްލީ… ” ދޮރުގައި ތަޅައިގަތް އަޑާއި އެކު މަންމަގެ ކަންބޮޑުވުން އެކުލެވިފައިވާ އަޑުން އަހަރެންނަށް ގޮވާލި އަޑު އިވުމުން ދެ ލޯ މަރާ ތަގުޅި ކޮށްލަމުން ފުން ނޭވާއެއް ދޫކޮށްލީ އެ ތަދަށް ކުޑަ ނަމަވެސް ލުޔެއް ލިބޭތޯ އެވެ. ކުއްލިއަކަށް އެ ތަދު އެއްކޮށް ކެނޑިގެން ދިއުމުން ހައިރާންވި ނަމަވެސް މާ ބޮޑަށް އަޅައި ނުލާ އަހަރެން އަވަސްވެގަތީ ދޮރު ހުޅުވުމަށެވެ. ހެދުމުގެ ޒިބު އަޅުވާލުމަށްފަހު އިންތަނުން ތެދުވެ އަވަސް ހިނގުމެއްގައި ގޮސް ދޮރުހުޅުވާލުމާއި އެކު އެތެރެއަށް ދެމިގަތް މަންމަގެ މޫނުމަތިން ހާސްވެ ކަންބޮޑުވެފައިވާ ވަރު އިނގެ އެވެ. ” ދަރިފުޅާ! ކިހިނެއް ވީ… ހާދަ ބާރަކަށް ތި ހަޅޭއްލަވަނީ…” އަހަރެންގެ ކޮނޑުގައި ހިފަހައްޓައިލަމުން މަންމަ އެހުމާއި އެކު މޫނު މަތީގައިވި ނުތަނަވަސްކަން ފިލުވާލާ ހިނިތުން ވެލަމުން ޖަވާބު ދިނީމެވެ. ” އެ… ކުރަތްޕެއް ފެނުނީ…” ” ޕިސް… ޕިސް… އެ ވަރު ކަމަކާ ބިރުންތަ ހަވަރު އެއްވާ ވަރަށް ތި ހަޅޭއް ލަވަނީ… ކޮބައިތަ ތި ކުރަތްޕެއް…” ފަރާތް ފަރާތަށް ލޯ ހިންގަމުން މަންމަ ބުނެލީ ހިތްހަމަ ނުޖެހިފައި ހުރި ފާޑަ ކަށެވެ. ”  އަޅެ ދެން…. އޭތި އޮތީ އަޅުގަނޑު ފާހަނަ އިން ނިކުތް އިރު ފައި ކައިރީގަ އޭ…. ދެން ބިރު ގަންނާނެ އެންނު…” އަހަރެން ބުނީ ސެލްޓެކްސް ފުޅި ހިފައިގެން ކުރަފި ހޯދަން އުޅުނު މަންމަ ކައިރިއަށް ދަމުން ނެވެ. ” ދެން އަވަހަށް ނަމާދު ކުރަން އުޅޭ… މިހާރު ބަންގި ގޮވައިފާނެ… އެ ކުރައްޕެއް ވެސް ނުފެނުނެއްނު… ” އެހެން ބުނެފައި މަންމަ ނިކުމެގެން ދިއުމުން އަހަރެން ވަނީ ފާހަނަ އަށް ވުޞޫ ކުރާށެވެ.

އިޝާ ނަމާދު ކޮށްލައިގެން އަހަރެން ކޮޓަރިން ނިކުތް އިރު ގޭގެ ބޮޑު ސިޓިންރޫމްގައި ބެހެއްޓިފައިވާ ފުޅާ ތިން ސޯފާގެ ތެރެއިން ސޯފާ އެއްގައި އިށީންދެލައިގެން ކުރިމަތީގައި ހުރި ކުޑަ ބިއްލޫރި ވަށް މޭޒަށް ފައި ލައިގެން ފޯނެއްގައި އިންނެވި ބައްޕަ ފެނުމުން ތުންފަތް މައްޗަށް ވެރިވި ފުޅާ ހިނިތުންވުމުގައި އެ ދިމާލަށް މިސްރާބު ޖެހީމެވެ. ބައްޕައަކީ ރާއްޖެއަށް މަޝްހޫރު ‘ނައިޓިންގ ގޭލް ‘ ކުންފުނީގެ ވެރިޔާ ކަމުން އުޅެން ޖެހެނީ މާލޭގައެވެ. ނުވަތަ ރާއްޖެއިން ބޭރުގައެވެ. އެހެންކަމުން ގިނަ ފަހަރަށް ހަފްތާ އަކު އެއްފަހަރުވެސް ރަށަށް ނާދެވެ އެވެ. ” ބައްޕާ! ”  ފޯނު ނިންމާލުމަށްފަހު ސޯފާއިން ތެދުވި ބައްޕައަށް އަހަރެން ފެނުމާ އެކު ފުން ހިނިތުން ވުމަކާއި އެކު އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. ” ކޮބާ ދަރިފުޅާ! ހާލު ކިހިނެއްތަ… ކިޔެވުން ކިހިނެއް ވަނީ…  ޓެސްޓު ތައް ކިހިނެއް… ” އަހަރެންގެ ގައިން ދޫކޮށްލުމަށްފަހު ބައްޕަ އަހާލި އެވެ. ބައްޕަގެ ދުލުކުރީގައި ބަސް އޮއްވާ އަހަރެން ދުއްވައިގަތީ ކޮޓަރި އާ ދިމާލަށެވެ. ނިކުމެގެން އައީ އެންމެ ފަހުން ނެގި ޓެސްޓު ޕޭޕަރުތައް ހިފައިގެން ނެވެ. އަހަރެންގެ އަތުގައި ހުރި ޕޭޕަރުތައް ފެނި ވާނުވާ ނޭނގިފައި ހުރި ބައްޕަ ހީލިއެވެ. ” މި ބަލާ ދޯ ތި ދިޔައީ ” އަހަރެން އަރާ ހަމަވެފައި ޕޭޕަރުތައް ދިއްކޮށްލުމުން ބައްޕަ ބުނެލިއެވެ. އަހަރެން ހީލީ މެވެ. އެއްލި ކަޅި އަކުން ސިޓިންރޫމް ދޮރުމަތީ ހެވިފައި ހުރި މަންމަ ފެނުނެވެ. މަންމަގެ މޫނުމަތިން ބައްޕަ އައި ކަން އިނގޭކަން ހާމަވެ އެވެ. ” މަންމަ އަށް އިނގޭ ދޯ… ބައްޕަ ދުރުވިކަން… ދެން ކީއްވެ އަޅުގަނޑު ކައިރީގަ ނުބުނީ ” ކުޑަކުއްޖެއް ފަދައިން ބޮޑާ ހާކާ ރާގެއްގައި އަހަރެން ބުނެލީމެވެ. ” މާދަމާ 14 އަހަރު ވަނީ… އެކަމަކު އަދިވެސް ތި އުޅެނީ ކުޑަ ކުއްޖަކު އުޅޭހެން… ” ބައްޕަ ބުނި ބަހާ އެކު މަންމަ އާއި ބައްޕަގެ މޫނުމަތީގައިވި ކުލަވަރު އޮއްސުނުތަން އަހަންނަށް ފެނުނެވެެ. ކުޅަދާނަ ކަމާއި އެކު ފޮރުވާލީ އަހަރެންނަށް ފޮރުވަން ތޯއްޗެކެވެ. ނަމަވެސް އެކަން އަހަރެންނަށް ސިއްރެއް ނުވި އެވެ. ” ދަރިފުޅާ! ބައްޕަ ވަރަށް ފަޚުރުވެރިވޭ ދަރިފުޅާ މެދު… ހުރިހާ އެއްޗަކުން ފާސްވީމަ ހަދިޔާ އެއް އޮންނާނެ… ” ޓެސްޓު ޕޭޕަރު ތަކަށް ބަލަން ހިތްހަމަ ޖެހިފައި ހުރެ ބައްޕަ ބުންޏެވެ. ” ދަރިފުޅާ! ހިނގާ ކާން ދާން… އަވަހަށް ނިދަން ޖެހޭނެ އެއްނު… މާދަމާ ސްކޫލުވެސް އެބަ އޮތެއްނު…” މަންމަ އަހަރެންގެ އަތުގައި ހިފާލަމުން ބުންޏެވެ. އަހަރެން މަންމަ އާ އެކު ކާ ކޮޓަރި އާ ދިމާލަށް ދަމުން ފަހަތް ބަލާލިއިރު ބައްޕަ ވެސް ފަހަތުން އާދެ އެވެ.

ކާ ކޮޓަރިއަށް ވަތް އިރު ދުވާ މީރު ވަހުން ބަނޑު ފުރި އުތުރި އަރާހާވެ އެވެ. އަށް މީހުންނަށް އިށީނދެވޭ ގޮތަށް ހުރި ދިގު މޭޒު މަތީގައި ބައިވަރު ވައްތަރުގެ ކާއެއްޗެހި ހުއްޓެވެ. އެންމެ ކައިރީގައި ހުރި ތަނުން ގޮނޑިއެއް ގައި އަހަރެން އިށީނދެ ކާ އެއްޗިހި އަޅާ ކާން ފެށީމެވެ. ކެއުމުގެ ތެރޭގައި ދެކެވުނީ މާދަމާ އަހަރެންނަށް 14 އަހަރު ވާތީ އެކަމުގެ ވާހަކަ އެވެ. އަހަރެންގެ އެދުމުގެ މަތިން މާދަމާ ރޭ އެކުވެރިންނާއި ގެޓް ޓުގެދާރ އެއް ހެދުމުގެ ހުއްދަ ދިނެވެ. އަދި އެ ކަމުގެ ހުރިހާ ހަރަދެއް ބައްޕަ ކުރާނެ ކަމަށް ބުންޏެވެ.

ކައި ނިމިގެން އަހަރެން ކޮޓަރިއަށް ގޮސް ފޮތްތައް އަޅާ ހުރިހާ އެއްޗެއް ހަމަ ތޯ ބެލީމެވެ. އެ ކަން ކޮށް ނިމުމުން އަވަހަށް ފާހަނައަށް ވަނީ ނިދަން ތައްޔާރު ވެލުމަށެވެ. ނިދާ ހެދުން ބަދަލުކޮށްލައިގެން ފާހަނައިން ނުކުތް ވަގުތު ކަންފަތް ކައިރީ ވައި އަޑުން ” ޖަޒްލީ ” އޭ ކިޔާ އަހަރެންނަށް ގޮވާލި ހެން ހީވުމުން މުޅި ކޮޓަރި ވަށާ ބަލާލެވުނެވެ. މުޅި ކޮޓަރި ޒީނަތްތެރި ކޮށްފައި ވަނީ އަހަރެންނަށް އެންމެ ރީތީ ދެ ކުލަ ކަމަށްވާ ވިލު ނޫ ކުލަ އާއި ހުދުކުލައިންނެވެ. ވިލު ނޫ ކުލަ އާއި ހުދު ކުލައިން ފާރުތައް ފަޅުފިލުވައިލާފައިވާ އިރު ފަރުނީޗަރުތައް ވެސް ހުރީ ހަމަ އެ ދެ ކުލަ އިންނެވެ. އަހަރެންގެ ބޮޑު ކޮޓަރީގެ ތެރެއިން ނިކުމެވޭ ގޮތަށް ހަދާފައިވާ ބެލްކަނީގެ ދޮރު ފޮތިތަކުގައި ވެސް ހުރީ އެ ދެ ކުލައެވެ. ފާރުގައި ޖައްސާފައިވާ ކްއީން ސައިޒް އެނދުގެ ބެޑްޝީޓް ހުރީ ހުދުކުލައިގައި ނަމަވެސް މެދުގައި ވިލު ނޫ ކުލައިގެ ބޮޑު މަލެއް ވެއެވެ. ކޮޓަރީގެ ފުޅާ ދޮރު ހުރީ ދެ ފަރާތަށް ހުޅުވޭ ގޮތަށެވެ. ދޮރާ ކުރިމަތި ވާގޮތަށް ތަންކޮޅެއް ދުރުގައި ވިލު ނޫ ކުލައިގެ ސޯފާއެއް ހުރި އިރު ސޯފާ މަތީގައި ތަރުތީބުން ހުދުކުލައިގެ ދެ ކުޝަން ބާއްވާފައި އޮތެވެ. އަނެއް ފަރާތުގައި ކޮޓަރި ތެރެއިން ވަދެވޭ ގޮތަށް އެތެރެ ފެންނަ ބިއްލޫރިން ހަދާފައިވާ ވަނީ އަހަރެންގެ ލައިބްރަރީ އެވެ.

މުޅި ކޮޓަރިއަށް ނަޒަރު ހިނގާލި އިރުވެސް އިތުރު އެއްވެސް އަޑެއް ނީވުމުން އެއީ ހީ އެއް ކަމަށް ނިންމާ ކޮޓަރީގެ އަލި ފަނޑު ކޮށްލާ ނިދަން އޮށޯތީމެވެ. އޮށޯވެވުމާއި އެކު އެތައް ޓަނެއްގެ ބަރު މިނުގައި އައިސް ބޮލުގައި ޖެހިގަތީ ބުރަކަށީގައި އިން ލަފުގެ ޙިޔާލެވެ. އެ ޙިޔާލުގައި އޮއްވާ ނިދީގެ ފުންކަނޑުގެ ތެރެއަށް ފީނައި ގަނެވުނު އިރުވެސް ނޭނގުނެވެ.

ސިއްސައިގެން ގޮސް އަހަރެންނަށް ހޭލެވުނީ ކަރުހިއްކައި ގަނެގެން ނެވެ. ފުރަތަމަވެސް އެނދުމަތީ އަތް ކާއްތާލާ ބަލާލެވުނީ ފޯނުން ގަޑި އެވެ. އޭރު ގަޑިން 12:30 ވެ ބޮޑުވެއްޖެ އެވެ. ހިކިފައިވާ ތުންފަތުގައި ދޫ ހާކާލަމުން މޭޒުމަތީގައި ހުރި ފެން ޖަގު ބަލާލީ ފެން ހުރި ތޯ އެވެ. މޫނަށް ފޫހި ވައްތަރެއް ޖައްސާލެވުނީ ޖަގުގައި ފެން ނެތުމުން ނެވެ. މަޑު މަޑުން އެނދުން ތެދުވީ ފެން އަޅަން ދާށެވެ. ކޮޓަރިން ނިކުތް އިރު ސިޓިންރޫމް ނިއްވާލާފައި ހުރުމުން މަންމަމެން ނިދަން ދިޔައީކަން އިނގުނެވެ. ލަސް ހިނގުމެއްގައި ކާކޮޓަރިއަށް ވަދެ ފެން އަޅައިގެން އެނބުރި އައި އިރު މަންމަމެންގެ ކޮޓަރި ބޮކި ނުނިވާ ހުރުމުން ހައިރާން ވިއެވެ. އަހަރެންނަށް އެ ކޮޓަރިއާ ދިމާލަށް ހިނގައި ގަނެވުނީ އިޚްތިޔާރުން ބޭރުގަ އޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

އެ ކޮޓަރީގެ ދޮރުގައިރިއަށް އައި އިރު އެތެރެއިން މަންމަ ބައްޕަ އާ ވާހަކަ ދައްކާ އަޑު އިވުމުން ދެ ފަރާތަށް ނިކުމެވޭ ގޮތަށް ހުރި އެ ދޮރުގައި ކަންފަތް ޖަހާލެވުނީ އެ ދައްކާ ވާހަކައެއް އަޑު އަހާލާ ހިތް އޮތްލެއް ބޮޑުކަމުން ނެވެ. ” ޖާޒިމް! ހަނދާން އެބަ ހުރިތަ… ޝީރީން ވީ ވައުދުގެ މަތިން… އަނެއްކާ އަހަރެމެންނަށް ޖަޒްލީ ގެއްލެން އުޅެނީ ތަ… އޭނަ އަންނާނެ ތަ…  ” މަންމަގެ މޫނު ނުފެނުނު ކަމުގައިވިޔަސް އަޑުން ހާސްވެފައިވާ ވަރު ހާމަ ވެ އެވެ. އަހަރެންގެ ހިތަށް އެތައް ބައިވަރު އެއްޗެއް އަރާ ފައިބަމުން ދިޔައެވެ. ކޮން ޝީރިން އެއް ބާ އެވެ. އަހަރެން ގެއްލެން ވީ ކީއްވެބާ އެވެ. ކޮން ވައުދެއް ބާވައެވެ. ދެން ބައްޕަ ބުނެލި އެއްޗަކުން އަހަރެން ދިޔައީ އެއްލިގެންނެވެ. ” އާނނ… އެދުވަސް މަތިން އަހަރެން ހަނދާން ނެތޭނީ ކިހިނެއް… އެއީ ޖަޒްލީގެ މަންމަ… އެކަން އަހަރެމެންނަކަށް ބަދަލެއް ނުކުރެވޭނެ….އޭނަވެސް ޖަޒްލީ ބޭނުންވާނެ… އެކަމަކު އޭނަ ކިހިނެއް ޖަޒްލީ ގެންގުޅޭނީ… އޭނަގެ ބަނޑުން އުފަންވިޔަސް ޖަޒްލީ އަކީ އެ ނަސްލަށް ނިސްބަތްވާ ކުއްޖެއް ނޫން… އެ މީހުންނާއި އަހަރެމެން ހާސް ތަފާތު ވާނެ…”

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Emm

Level 3100 Comments10 Stories100 Login

I am a 13 year old girl who loves to write stories as a hobby... ? Mii aim is to make readers happy and pleasant... ❤️❤️❤️ Feel free to comment ya views... ??? Pls help me to improve myself... ? Luv ya all ?? Proud author of " Nuurish " " E sirru " " manzil hiy edhey " " shakuva hithah kurevey romun "

Other Articles

Previous

ވިންދޭ ލޯބި ތީ އެދޭ 35

Next

އެ ހަނދާންތައް

Next
March 11, 2019

އެ ހަނދާންތައް

Previews
March 10, 2019

ވިންދޭ ލޯބި ތީ އެދޭ 35

54 Comments!

  1. Eiimerr says:
    March 11, 2019 at 11:07 pm

    hellow guys… my second story here… hope u all will like it… n feel free to comment your views… i will surely appreciate all

    1. Ishu says:
      March 12, 2019 at 8:09 am

      Vvvvvvv S all…m unmah
      good luck when next

  2. Eiimerr says:
    March 12, 2019 at 8:37 am

    owwwn…. thanx ishu… in sha allah tomorrow… luv ya

  3. Zaa says:
    March 12, 2019 at 9:19 am

    Wow???? what a beautiful story.???? Longing for the next part. ??? I really luv it❤️❤️❤️

    1. Eiimerr says:
      March 12, 2019 at 9:35 am

      Owwwn… ???Thanx… Happy to know that u luv it…?

  4. ??? says:
    March 12, 2019 at 9:21 am

    Awesome… 12 yrs ge kuhjaka balaafa hama 100 dhevey varu vey

    1. Eiimerr says:
      March 12, 2019 at 9:36 am

      Thanx… For your comment???

  5. Ainth says:
    March 12, 2019 at 9:22 am

    Hama habbu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????????????????

    1. Eiimerr says:
      March 12, 2019 at 9:38 am

      ??? what a colorful comment… Luv it

  6. Haaix ge fan says:
    March 12, 2019 at 9:26 am

    Wow… Thy HAAIX dhw… My love u are back… OMG.. Just can’t believe… Luv u n miss you so much??????

    1. Eiimerr says:
      March 12, 2019 at 9:40 am

      Owww… So so so happy to meet u my loving fan???… Luv u too???… N much misses?

  7. Zum says:
    March 12, 2019 at 9:28 am

    Oh… Welcome back dear?… Btw nice beginning… Hope to see the story regularly…

    1. Eiimerr says:
      March 12, 2019 at 9:42 am

      Thanks Zum…? in sha Allah I’ll

  8. Sexy says:
    March 12, 2019 at 9:29 am

    Vrh reethi vaane hen hyvanii… When next…

  9. Hass says:
    March 12, 2019 at 9:31 am

    Masha allah… Varah reethi… Eagerly waiting…

    1. Eiimerr says:
      March 12, 2019 at 9:43 am

      Thanx Hass…?

  10. Cute Lips says:
    March 12, 2019 at 9:36 am

    woww… so nice … don’t tell me jazlee mother is an ghost….dhn who is the father.kon lakuneh burakashyga.. kaaku ba dw e govany…. cant wait to find out these question.. this is gonna be intresting…

    1. Eiimerr says:
      March 12, 2019 at 9:45 am

      My loving cute blips???… Haha…. Let’s see… U will get to know it… Much loves???

  11. Cute Lips says:
    March 12, 2019 at 9:47 am

    Alheeyyyy i am Cute Lips eyy Cute blips eh nooney….don’t mind i know it is an typing mistake ….. :p much loves from Cute Lips

    1. Eiimerr says:
      March 12, 2019 at 9:53 am

      oh… yeah sorry… cute lips… nasiibehnu cute flips nujehunu kan…. haha

  12. Cute Lips says:
    March 12, 2019 at 9:56 am

    laaaaa eeiim kiyaa ehchehi hi…. pis pis pis… dhuvahaku bodeh nuvaane ????????????? just kidding ingey…

    1. Eiimerr says:
      March 12, 2019 at 9:59 am

      hahaha…. yeah… adhi 18 vaan ves 6 year eboiy…. LOL

  13. Cute Lips says:
    March 12, 2019 at 10:11 am

    oh yeah…. i thought you are 81… hahahaha just kidding

    1. Eiimerr says:
      March 12, 2019 at 10:13 am

      no… um more than 1000 … haha

    2. Kitty says:
      March 12, 2019 at 10:36 am

      And ur calling me sis!!!!! ?????.. Im too young to be called sis by someone who is more than 1000….lolll…btw story is just out of the world ????…. As usual ur stories are just habbu ingey… ❤️❤️❤️??… Will b waiting forthe next part of the story.. Love you so much bae??❤️??❤️????❤️?… My lil sissy keep it up ingey

  14. Eiimerr says:
    March 12, 2019 at 10:43 am

    hehe thanx sis… so may i call u baby… so u’ll surely be younger than me… hehe… thank u for your support… luv u n miss u loadsss….

    1. Kitty says:
      March 12, 2019 at 12:15 pm

      Lol.. Baby ey kiyan adhi maa bodey baby akah vuren… And welcome, ???❤️❤️?.. And i also miss you loadsssss.. N luv u more

  15. Wow says:
    March 12, 2019 at 10:49 am

    Hey seeing that comment i just imagine that dian starplus drama nazar… LOL ??? btw story vrh salhi ingey

    1. Eiimerr says:
      March 12, 2019 at 10:55 am

      haha… that dian is too younger than me… dhes just 200 n um 5 times older than her…. thanx wow

  16. Sooo says:
    March 12, 2019 at 10:53 am

    Hama habeys…. Ley kehkuvaalaifi

    1. Eiimerr says:
      March 12, 2019 at 10:57 am

      haha… bodu beru tha mii… ley kahkuvan…. anyways thanx sooo

  17. Raaya says:
    March 12, 2019 at 11:02 am

    Wow… Just wow… My biggest fan is back… High five…. Sis… Story is awesome

    1. Eiimerr says:
      March 12, 2019 at 11:07 am

      Oh hellw Raaya my loving friend…??? Thanx for your support❤️❤️❤️❤️

  18. Cute Lips says:
    March 12, 2019 at 11:03 am

    umm boduberu ekani tha ley kahkuvany… haadha hoonu gadha ehchkah v ma ey dw… kihaa degree eh baa hunnany.. ley ekani tha..?

    1. Eiimerr says:
      March 12, 2019 at 11:08 am

      Yeah… More 350 degree… Haha???

  19. Cute Lips says:
    March 12, 2019 at 11:11 am

    naseeebehnun 10000 neyrikan..

    1. Eiimerr says:
      March 12, 2019 at 11:12 am

      dhw… haha

  20. Ishu says:
    March 12, 2019 at 12:46 pm

    Eiimerr miaky author ey ingihke…

    1. Eiimerr says:
      March 12, 2019 at 1:34 pm

      sorry but,i have no idea about what u r trying to say… so can u make me understand

    2. Kitty says:
      March 12, 2019 at 2:29 pm

      Well dear i think she’s trying to say that she is a author.. Maybe thats ishaaa.. That wattpad ga. U know?

  21. jiji says:
    March 12, 2019 at 2:31 pm

    Hey sisthey avahah up kohdhehchey ????????❤❤????????..lwbi ganduuu..

  22. Eiimerr says:
    March 12, 2019 at 4:37 pm

    yeah… maybe…

    1. Ishu says:
      March 12, 2019 at 6:28 pm

      ….Ya ekam mihaar noolhen vv fan in eiimerr aaa vaahaka dhehkin I am author ishaaa ishu….. ????????????????????

  23. Eiimerr says:
    March 12, 2019 at 6:57 pm

    Oh… So thats u ishu… Nice to meet u again… ???

  24. Anonymous says:
    March 12, 2019 at 7:19 pm

    miee I Eimerr ge vaahaka eh kiyaa furathama faharu.. maa sha allah.. vrh furihama ibaaraaiyy kurumaa sifakurunthah ves.. konme scene eh ves dhanee lolah sifa vamun.. neynge bunedheykah ves.. vrh vrh vrh furihama.. kiyamun dhaairah dhn vaanee kihineh baavaey, e feeling indhey.. vrh furihama.. maa sha allah.. dhn mi part kiyaa nimmaalithanun mi fenuny author ge kuda tha’aaraf.. ethan kiyaalithanun i was shocked.. hama aslah ves i surprise v.. 12 yrs ge kuhjeh ge mi liyun heevanee aslu hama abadhu ves story liyaa author ehge liyun hen.. vrh furihama.. thi age aa balaafa hama 100% miah libeyne hama gaimuves i ge faraathun.. maa sha allah.. good job and keep it up.. thi age ge kuhjehge faraathun i ah fenun emme perfect writing miee.. just wow! ummeedhu kuran writer ehge faraathun fennan jehey varuge harudhanaa kan Eimerr ge faraathun ves fennaane kamah.. all the best..

    1. Eiimerr says:
      March 12, 2019 at 7:24 pm

      oh… thanks sis…. in sha allah i’ll try my best to be like a real writer… n i was really shocked to c this long comment…. thanks sis for your kindness n support… luv ya n that lovely comment… hope u’ll always be their for me to support me n help me to improve my skill…

    2. Anonymous says:
      March 13, 2019 at 12:27 am

      In sha allah.. Dear.. neiyytha ehves gotheh mi cover change kohlevidhaane? Aslu it’s really uncomfortable mi cover fenunyma.. so hope you won’t take this as a negative comment..?

  25. Eiimerr says:
    March 13, 2019 at 5:46 pm

    sorry dear but i don’t think i could do that… cox i mi storyge idea hoadhii mi pic balaigen ehnve…. so i don’t think so… what makes u so uncomfortable seeing this pic…

    1. jiji says:
      March 13, 2019 at 6:19 pm

      Hey I will try to help you to make the cover pic ?????..Don’t worry sis ???

  26. ލޮލް says:
    March 15, 2019 at 9:16 pm

    މާޝާ ﷲ ވަރަށް ރީތި

  27. Thaaee says:
    March 30, 2019 at 3:31 pm

    Wow varah reethi

  28. Nanna says:
    April 6, 2019 at 10:08 pm

    Vahaaka v v v salhi keep it up dear!!

  29. Afraah says:
    April 28, 2019 at 4:57 pm

    Varah reethi.

  30. Nishu nish flower says:
    May 8, 2019 at 7:23 pm

    Ebbai meehun hurey v hadikoh vaahaka liyaameehun also varah nice koh story write kuraameehun. But mivaahaka nish ah varah kamudhey. Vvvv nice . Keepitup.i luvv love love your beautiful story. Hama ke madhuvefa next baya

Comments are closed.

Next Episodeއެ ސިއްރު… 2←


All Right Reserved!