ހާސާ
ނޭވާގައި ކުއްލި ބަރުކަމެއް ފެތުރުވި ގެންނުވި އެވެ. ކޮންފަދަ އިޝާރާތެއް ކަމެއް ނުދަނެ ހުއްޓެވެ. މަޑު ހިނގުމެއްގައި މަގުގެ މެދުން ހަރަކާތް ކުރެވެމުން ގެންދެވުނެވެ. އަތްދަބަސް އެއް ފަޅިއެއްގައި ލެގިފައެވެ. ބެލެވެމުން ދިޔައީ އުޑުމައްޗަށެވެ. ތަރި އެއް އަދި, ހަނދު ވެސް މެ ފައުޅެއް ނުކުރި އެވެ. ނަމަވެސް ހަނދުވަރީ ކަމެއް ވި އެވެ. ވަރުގަދަ ޙަސީންކަމެކެވެ. ދެ ފަރާތުގެ ފަތްބޯ ކުރު ގަސްތަކުން ހަށްޓަށް ތާޒާ ކަމެއް ފޯރުކޮށްދީ ހަންގަނޑުގަަައި ހީބިހި ނަންގުއްވާފަ އެވެ. ކަރަންޓެއް ނެތެވެ. ޤަދީމީ އިހުސާސްވެރިކަމެކެވެ. ބޭރީ ބަސްތަކުގެ ހިފެހެއްޓުންތަކުން ބާރުވެރިކަމެއް ހޯދަައިގަނެވިއްޖެ އެވެ. މިއީ ހަމަ އެ ރާސްތާ އެވެ. އެ ފަޅުކަމަކާއި ކަނުކަމެވެ. ހަވާގައިވި އެ ވަސްތަކެވެ. ބަދަލުވެފައިވީ ހަމައެކަނި ޠާހިރުގެ ގޮތުންނެވެ.
ގަސްތައް އަނުރޫފަވެ ވަޅޯކަމެއްގަ އެވެ. އަދި އެ ކަމަކުން ތަނުގެ ބިރުވެތިކަން ލުއި ކުރެވިފައެވެ. ފަތްތަކުގެ ސަމައްތަރުތަކުން ބޭޖާނުކަމެއް ތަރައްޤީ ކުރުވާފަ އެވެ. އަދި ރުއްތައް މަރުގަންނުވާފައި ވުމެވެ. ހަފުސްކަން ނެތިގަނތްފައެވެ. ކޮންބަޔަކުގެ އަމަލެއްބާވަ އެވެ. މިއީ ތަޅު އެޅުވިފައިވި ހިސާބެކެވެ. އަހަރުންގެ ޒާތީ މަޙަލް އެވެ. އެ ބަޔަކަށް އޮޅުނީ ކީއްވެ ހެއްޔެވެ. ހައިސިއްޔަތު ފިސްކުރުމަށް އެދުނީ ހެއްޔެވެ. އެއިރުން ހާޟިރުގައި ވީހީ ހަމައެކަނި ނަންކާޑެކެވެ. ނޫނީ މިއީ ޤުދުރަތުގެ ލައުނަތްވެރިކަމެވެ. ބަލަައިނުގަނެވިގެން މި އުޅެނީ ކޮންކަމެއް ބާވައެވެ. ވިންދުގައި ބަނދެގަނެވިފައިވި ޙަޒީނަކީ އެވެ. ފެއްސޭކަށެއް ނެތެވެ. ދިރިހުރުންވަނީ އެއާ އެކު އެވެ. ނަފުސު ފަޅު ކުރުވިނަމަވެސް ހިއްމަތުގެ ޒަރިއްޔާ އެވެ. ނޫނެކޭ ބުނުމުގައި ނިޔަތެއް ނެތެވެ. މިއީ ހަޔާތުގެ ބައިވެރިޔާ އެވެ.
…………………….
މާޒީގައިވީ އޮޅުންވެރިކަމެވެ. އެކަމަކުން ނަފުސު ޤައިދުކުރުވި ރޫޙިއްޔަތެވެ. ދުރުނޫން ނަޒަރިއްޔާތުތަކަކުން މަސްހުނިކުރުވި ފަތްފުއްތަކެވެ. ދެލީގައިވީ ފަނޑުކަމެވެ. މިއީ މަޢުލޫމު ކުރުމަށް ނާޤާނޫނީ އިމަކީ އެވެ. އެ ރެއަކު ހަވާލާ އެއް ނެތެވެ. އަދި އިލުޒާމު އެޅުވުނީ ނަފުސުގެ ކަރުގައެވެ. އެ ބަޔަކުގެ މާއްދިއްޔަތެއް ނެތަތީ އެވެ. އިޝްރާޤީ ބާރުވެރިކަމެކެވެ. ތަމުސީލުތައް ޗާލާކީކަމުން ފުރުވިފައެވެ. އެފަދަ ދެވަނަ އެއް ނެތްފަދަ އެވެ. ތަކުލީފުގެ އެ ކޮންފަދަ ފަރުދާ އަކީ ތޯ އެވެ. ޙިފާޡަތެއް ނުދެވުނެވެ.
ހިއްސުތައް މިހަރަ މަރުގަންނުވަނީ އެވެ. އަޘަރެއް ކުރާނަމަތާ އެވެ. ނޭވާގެ ބާރުން ގިލަންތަކެއް ނިޔަނެތި ކުރެވިއްޖެ އެވެ. ގަނޑުފިނިކަމުގައިވި އަންދާޒުތައް މުށުން އެ ލުހެލުވުނީ އެވެ. ހަކަތައިގައި އަދު މަސްއޫލިއްޔަތެއް ނެތެވެ. މިސްރާބުގެ ފާލަން ގަނާތަކުގެ ޝިކާރައިން އިޔާދަ އެއް ނުކުރެވުނެވެ. ނިޒާމުތައް ފަސްއެނބުރި ދަތުރުކުރެވެމުން ދިޔައީ ދިރުވުމުގެ ބާރެއް ބިނާކުރުވުމަށެވެ. ކަށަވަރުވުމެއް ނެތް ފަރުމާކުރުން ތަކެކެވެ. ބީހުންތަކުން ފާރުތައް ތަދުކުރުވައެވެ. އަދި ޝިފާވުމުގައި ސިޙުރަވީ ގަދަފަދަ ކަމެއް ގުނަންތައް ނަށުގަންނުވައެވެ. މަޑުޖެހިލުމެއް ނުގެނެވުނެވެ. މަތަކުރުމުގެ ބާރު ދަމައިގަނެވިއްޖެ އެވެ. މިއީ ނާދިރު ފިކުރާތުތަކަކީހެވެ. އެ ތަޞައްވަރުތަކެއްގައި ނަފުސު ޚަތުރާ އެއްގެ ތެރެއަށް ފީނުވިއްޖެ ހެވެ. އަދި ސަލާމަތުގެ އައްސޭރީގެ ފާގަތިކަން ލިބިގަތުމަށް މާ ފަސްވެއްޖެފަދަ އެވެ. ގުނޭނޭ މުއްދަތެއް ނެތް ދެމިހުންނަނިވި ސަބަބުވެެރިކުރެވުންތަކެވެ.
(ނިމުނީ)
5 Comments!
Comments are closed.


vaagothe neege? kihine aslu vane?
It just has an unresolved ending, is all..
Ehaa bodAkah neyngun
That’s fine too. ☺
It’s probably the ambiguousness of it.
mi ahvure dhigu stry eh liye faanun tha…. plxxxxxxx