ފަތިސްނަމާދު ކޮށްގެން ރިޔާޝަށް ނިދުނެވެ. އެހެންކަމުން މިއަދު ރަޔާ އެކަނި ދުވަން ދާންޖެހުނެވެ. ފޯނު އެލާރމް ވުމާއެކު ރިޔާޝަށް އޭނާގެ ބަރު އެސްފިޔަތަށް ހުޅުވާލަން މަޖުބޫރުވިއެވެ. ތެދުވެގެން ގޮސް ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލިއިރުވެސް ރަނގަޅަށް އެދެލޯ ނުހުޅުވެއެވެ. ލޯއުނގުޅަމުން ރިޔާޝް އެނބުރުނު ވަގުތު ފަހަތުގައި ހުރި ރަޔާ ފެނި ސިހުނެވެ. އެ ތާޒާ މޫނަށް ރިޔާޝަށް ބަލައިލެވުނީ އެހެން ނަޒަރަކުންނެވެ. ބުމަ ގޮށްޖަހައިގެން ލޯއަޅައިގެން ހުރިއިރު ރަޔާ ހާދަ ލޮތްބޭ ރިޔާޝް ހިތާ ހިތާ ކިޔާލިއެވެ. […]
ޖެހިލުންވެ ހުރެ، ރަޔާންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖެހީމެވެ. ރަޔާން ދޮރު ހުޅުވާލާ ބަލާލިއިރު، އެ މޫނުމަތިން ހައިރާންކަން ފެނުނެވެ. ކުރިމަތީގައި ހުރީ އަހަރެންކަމާއިމެދު، ސުވާލު އުފެދިފައި ހުރިހެން ހީވިއެވެ. ********************** “ރަޔާން” ހިތްވަރުކޮށްލާފައި އަހަރެން ރަޔާންއަށް ގޮވާލީމެވެ. ހުއްޓުން އަރާފައި ހުރި ރަޔާނަށް ހޭވެރިކަންވީ، އަހަރެން ގޮވާލުމުންނެވެ. ދޮރުފަތް ބޮޑަށް ހުޅުވާލަމުން، އެތެރެއަށް ވަންނަން ބުންޏެވެ. އަހަރެން، ޔަމާންއާއި ދިމާއަށް ބަލާލީމެވެ. ޔަމާން ބޯ ޖަހާލުމުން، އަހަރެންވެސް ޔަމާންއާއިއެކު އެތެރެއަށް ވަނީމެވެ. ރަޔާން އެނދުގައި […]
ރިޔާޝްއާއި ރަޔާގެ މިސްރާބު ހުރީ ތުނޑިޔާދިމާއަށެވެ. އަރަމުން އަންނަ އިރުގެ ދޯދި ތަށް ވިލާތަކުން ފުރޭނިގެން ގަސްތަކުގެ ކުރިތަކަށް އެޅެމުން ދިޔައެވެ. ފަތިސް ނަމާދަށްފަހު ދުވުން އެއީ މިދެމީހުންގެ އާދައެވެ. ރަޔާ އިށީނދެލީ އާންމުކޮށްވެސް އޭނާ އައިސް އިށީންނަ ގާގަނޑުމަތީގައެވެ. ރިޔާޝް އެއްބުރު ޖަހައި ނިމެންދެން ރަޔާ އިންނާނީ އެތާނގައެވެ. “ކިހިނެއްވީ ދޮންބޭ؟..ނިމުނީ..؟” ރިޔާޝް އައިސް ރަޔާ ކައިރި އިށީނުމުން ރަޔާ އަހާލިއެވެ. “ޔާ.. މިއަދު ދާންވެގެން ތަންކޮޅެއް އަވަހަށް..” ރަޔާ ދާންވީހޭ އަހާލާފަދަ ގޮތަކަށް ނިތް […]
އެގޮތަށް އޮވެ ކައިޒީންއަށް ނިދުނު އިރުވެސް ނޭނގުނެވެ. ނިދާފައި އޮތް އިރުވެސް ކައިޒީންއަށް ދިޔައީ ގިސްލެވެމުންނެވެ. އަދި މަޑު މަޑުން ދިޔައީ މަންމައަށް ގޮވެމުންނެވެ. މިއަދު އެހިތުގަ އަޅާ ވޭން ބަޔާންކުރަންވެސް ދަތި ވާނެއެވެ. ***** މެލޭސިއާގެ ކާރުބާރު ބޮޑު ހައިވޭގައި ދުއްވާފައި ވޭން ދިޔައީ ޖެހޭ ވައި ވެސް ކަފަމުންނެވެ. ވޭނުގެ އެތެރޭގައި އިން ކައިޒީން އަށް ހީވީ އީދެއް އައިސްގެން އުޅޭ ހެންނެވެ. ކައިޒީންގެ އަނގައިގައި ނުފެންނަ އެންމެ ދަތެއް ވެސް ނެތެވެ. ހީވަނީ […]
ކްލާސްތަށް ނިމުމާއި އެކީގައި ރީމާ އަވަހަށް ކުލާހުން ނިކުމެފައި ގޭޓް ކައިރީ މަޑުކޮށްލައިގެން ހުއްޓެވެ. ********** މަންމަ ބަލައި އައިމަވެސް އަޝްހާ އާއިއެކު ދާނީއޭ ބުނުމުން އެއްމެ ރަނގަޅޭ ބުނެލިއެވެ. އަދި އިރުކޮޅެއް ނުވެ އަޝްހާ އައިނާ އާއި އެކު އަންނަތަން ފެނުނެވެ. އަޝްހާ އަރާ ހަމަވީ އިރަށް ބުންޏެވެ. “މީ އަހަރެން ބޭނުމީ އަޝްހާ އާއި ވާހަކަ ދައްކާލަން” “އެކަމަކު އަނާ….” އަޝްހާ އެހެން ބުނެ ނުނިމެނީސް އައިނާ އަޝްހާ އަތައް ފިއްތާލައިފައި އަހަރެން ދަނީ […]
ޓީޗަރެއް އާދޭތޯ ފަސްވަރަކަށް މިނިޓު ފާއިތުވެގެން ދިޔައެވެ. ކުދިންތައް ތިބީ ވާހަކައިގައެވެ. ގުރޫޕު ގުރޫޕަށެވެ. މީގެއިން އެއް ގުރޫޕަކީ އަޝްހާ އާއި އައިނާ އެވެ. ވާހަކަދެކެވެމުން ދިޔައީ ތަފާތު މަޢުޟޫއަކަށެވެ. “އަޅޭ.. ހާދަ ފޫހިވެއޭ އަހަރެން އެކަނި ހުންނާތީ… އަހަރެން ހިތަށް އަރާ އައިނާތީ އަހަރެންގެ ވަރަށް ކްލޯސް މީހަކަށް ވާނެނަމައޭ..” އެހެން ބުނެ ނިމުނުތަނާ އައިނާ ހީގަތް އަޑު އިވުނީމައި އަޝްހާ ތުންކޮޅު އޫކޮށްލިއެވެ. “އަޅެ.. ހަމަ އަސްލަށޭ..” “އޯކޭ އޯކޭ.. ބަޓް ވީ އާ […]
ރަހްމާ ސޭލްސް ކެބިންއަށް ދުން ކަނޑާފައި ވަންއިރު އަނގަ ހުޅުވައިގެން ޗުވިންގަމެއް ހަފަން އިން އީނާޝްގެ ކަންފަސޭހަ ނަޒަރު އަހަރެންނާއި އަމާޒުވިއެވެ. އީނާޝްއާއި އަަހަރެން ފިޔަވައި ދެން ތިބި އެންމެން ވީ ކާން ގޮހެވެ. އަތުގައި އޮތް އާފަލުގައި ހިފާލުމުން ސުލްތާންގެ ސޫރަ ސިފަވެގެން ދިޔައެވެ. ދަތް ކުނޑި ވިކަމުން އަހަރެންނަށް ހާއްސަކުރެވިފައި ވާ ގޮނޑީގައި އިށީނީމެވެ. ސުލްތާންއަކީ ހަމަ އަހަރެން ހީކުރި ކަހަލަ މީހެކެވެ. މީހުނަށް އިހުތިރާމު ނުކުރާ އަނގަ ހަޑި މީހެކެވެ. ސިކުނޑި ވެސް […]
ކަައިޒީން އެހެން ބުނުމާއިއެކީ އާރިފާގެ ފައިގައި ތަޅު އެޅުވުނު ފަދައެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅާނުލައި ހުރިތާ ހުރީއެވެ. ކައިޒީން އަދި ޒިރާންވެސް ބަލަން ހުރީ އާރިފާއަށެވެ. އެހެންކަމުން އާރިފާ ކުދި ފިޔަވާޅުތައް އަޅަމުން ގޮސް ކައިޒީންގެ ޕޭޕަރުތައް ބަހައްޓާފައި ހުރި މޭޒާ ހަމަ ކޮށްލިއެވެ. އަދި ވަކިވަކިން ޕޭޕަރުތަކަށް ބަލަން ފެށިއެވެ. ”ދަރިފުޅާ.. މަންމަ ވަރަށް ހިތްހަމަ ޖެހިއްޖެ ދަރިފުޅު މިއަދު ތި ގެނަ ނަތީޖާ އާ މެދު.. މަރުހަބާ ދަރިފުޅާ.. ” އާރިފާގޮސް އީނާޝްގެ […]
ނޫ އުޑުގައި އެއްމެ ވިލާ ރޮއްޖެއްވެސް ނެތްއިރު އެބޮޑު ކަނޑުގައި ހީވަނީ ތަރަފާލު އަޅާފައިވާ ހެންނެވެ. އިރު، ރޭގަނޑުގެ ފިނިކަމަށް ހޫނުކަން ގަދަކުރަމުންދާ ވަގުތަކީ ސްކޫލަށް ކުދިންތައް ކިޔަވަންދާ ވަގުތެވެ. އައިނާ ކުލާހުގެ އެއްކަނުގައި ހުރި ދެމޭޒުން ކުރެ އެއްމޭޒުގައި ކައިރީގައި ހުރި ކުޑަދޮރުން ބޭރުބަލަން ހުއްޓެވެ. ********** ކުއްލިއަކަށް ސިއްސައިގެން ދިޔައީ މޭޒުމައްޗައް ފޮތެއް ވެއްޓުނު އަޑަށެވެ. އެއީ ހަލާކުވެ ވަރަށް ބާވެ ހަޑިވެފައި އޮތް ފޮތެކެވެ. އައިނާ ހިތާއި ދިމާލު އަތް އަޅައިގެންހުރެ ވަށައިގެން […]