އައިނާ 4 (ހަތަރުވަނަބައި)
ޓީޗަރެއް އާދޭތޯ ފަސްވަރަކަށް މިނިޓު ފާއިތުވެގެން ދިޔައެވެ. ކުދިންތައް ތިބީ ވާހަކައިގައެވެ. ގުރޫޕު ގުރޫޕަށެވެ. މީގެއިން އެއް ގުރޫޕަކީ އަޝްހާ އާއި އައިނާ އެވެ. ވާހަކަދެކެވެމުން ދިޔައީ ތަފާތު މަޢުޟޫއަކަށެވެ. “އަޅޭ.. ހާދަ ފޫހިވެއޭ އަހަރެން އެކަނި ހުންނާތީ… އަހަރެން ހިތަށް އަރާ އައިނާތީ އަހަރެންގެ ވަރަށް ކްލޯސް މީހަކަށް ވާނެނަމައޭ..” އެހެން ބުނެ ނިމުނުތަނާ އައިނާ ހީގަތް އަޑު އިވުނީމައި އަޝްހާ ތުންކޮޅު އޫކޮށްލިއެވެ. “އަޅެ.. ހަމަ އަސްލަށޭ..” “އޯކޭ އޯކޭ.. ބަޓް ވީ އާ ކްލޯސް ފްރެންޑްސް ރައިޓް..” އައިނާ މިހެން ކިޔާފައި އައިނާގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ.
*********
މިތަން ފެނުނީ ކުލާހުގެ ދަރިވަރު ރީމާ އަށެވެ. ރީމާ އަބަދުވެސް ބޭނުން ވާނީ މުއްސަނދި ކުދިންނާއި އެކުވެރިކަން ބާއްވާށެވެ. އޭރުން އަގުބޮޑެތި ހަދިޔާ ލިބޭނެއޭ ހީކުރެއެވެ. މުއްސަނދި ކުއްޖަކު ދަށްފެންވަރުގެ ކުއްޖަކާއި އެކުވެރިކަން ބާއްވާނަމަ ވަރަށް ހަސަދަވެރި ވެއެވެ. އަދި މިފަހަރު އެއްމެ ރުޅި އަންނަ އައިނާ އާއި އަޝްހާގެ އެކުވެރިކަން ފެނި، ލޮލުން އަލިފާކަނި ބުރާކަހަލައެވެ. “ބަލަން ހުންނާތި.. މިފަހަރު އަހަރެން ހުއްޓާލާނީ އަޝްހާ ތި މިޑްލް ކްލާސް ކުއްޖާއައް ބަލާލަން ނުކެރޭވަރު ކޮށްލާފައި.. ކަޓް އައިނާ.. ހަހް..” ހިތާހިތުން ކިޔާލައިފައި އަޝްހާ ކައިރީ މަޑު ކޮށްލިއެވެ. “ހެއި! އަޝްހާ.. މިއަދު އަހަރެން އަޝްހާ އާއި އެކު ކުޑަ ވާހަކައެއް ދައްކާލަން އަޝްހާ އާއި އެކު އަޝްހާގެ ކާރުގައި ދިޔަޔަސް އޯކޭތަ؟” ސީރިއަސްކަން މޫނަށް ވެރިކުރަމުން ރީމާ ވާހަކަ ދެއްކިއެވެ. “އޯހް ރީމާ.. ކާރު އޮތީ ހަލާކުވެފަ. އަހަރެން ދަނީ ހިނގާފައި.. ހިނގާފައި ދާންވިނު..” އަޝްހާ ބުންޏެވެ. “އޯކޭ.” ހިތާއި ދެކޮޅަ ރީމާ އެއްބަސް ވިއެވެ. އަދި ގޮސް ގޮނޑިގައި އިށީނދެފައި ކުދި ކިޔަން ފެށިއެވެ. “މައެއްމެ ދުވަހަކު ބުނީމައި ‘ހަލާކުވެފައި’.. އައިނާ ގެންދަންވީމައި ‘ހަލާކެއް ނުވާނެ’.” ރީމާ އެއްބަސްވީވެސް ހަމަ އަސްލަށްވެސް ވާހަކައެއް ބުނަންށެވެ. ރީމާ އަނގަޔަށް ވައްތަރު ޖައްސާފައި ކުދި ކިޔާލިތަން އަޝްހާއައް ރީއްޗައް ފެނުނެވެ. އަޝްހާ ހުރީ ހިނިގަނޑު ހިފަހައްޓައި ލައިގެންނެވެ.
ކުލާސްތަށް ނިމުމާއި އެކީ ރީމާ އަވަހަށް ކުލާހުން ނިކުމެ ގޭޓް ކައިރީ މަޑު ކޮށްލައިގެން ހުއްޓެވެ. އަޝްހާ އާއި އެކު ދާނީއޭ ބުނުމުން……..
ނުނިމޭ….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




It’s too short dear
?