ކައިވެނީގެ ބޮޑު ހެދުމުގައި ކައިޒީން ފެންނަނީ ހޫރު ޕަރީއެއްގެ ސިފައިގައެވެ. އެއް ހެދުން ފަހާފައި ވަނީ އެއް ރޫޅާފަތި ހަށިގަނޑާ ގުޅޭ ގޮތަށެވެ. ކައިރީގައި ހުރި ކިޔާން ހުރީ ވަރަށް އުފާ ވެފައެވެ. ނަމަވެސް ކައިޒީން ގެ މޫނު މަތިން ފެންނަނީ ރުޅިވެރިކަމެވެ. އިރު އިރު ކޮޅާ ކައިޒީން ކިޔާން އާއި ދިމާލަށް ބަލާލައިފައި ލޯ އަޅުވައެވެ. އެއް މަންޒަރު ބަލަން ދުރުގައި ތިބި އީނާޝް އާއި ރިޔާޝާ ތިބީ ހީހީ ބިދިފައެވެ. އީނާޝް އާއި ރިޔާޝާ އަކީ ވަރަށް ގާތް ދެއެކުވެރިންނެވެ. ކިޔާން އަކީ ގުރޭޑު 5 ކުން ފެށިގެން ކައިޒީން ލޯބީގައި ޖެހިފައިވާ ޒުވާނެކެވެ. ކައިޒީން ކިޔާން ދެކެ ކުޑަ އިރުން ސުރެއް ރުޅި އާދެވެ. އެހެން ނަމަވެސް ދެމީހުންގެ އެކުވެރިކަން ފެށުނީ ކައިޒީންގެ އުމުރުން 13 އަހަރުގައެވެ. އިންޓަނެޓުގެ ޒަރިއްޔާއިން އީނާޝް އަދި ރިޔާޝާ އިތުރުން ކައިޒީން އަދި ކިޔާން ވާހަކަ ދައްކައެވެ. ކައިޒީން މި ކައިވެންޏަށް އެއްބަސްވީ މައިންބަފައިންގެ އެދުމުގެ މަތިންނެވެ. އީނާޝް އަދި ރިޔާޝާ ލައިފައިވަނީ ރަތް ކުލައިގެ ދިގުހެދުމެކެވެ. އަޅާފައިވަނީ އަޅި ކުލައިގެ ސޯލްއެކެވެ. ދެމީހުންނަކީ ވެސް ސަކަ މިޒާޖެއްގެ ބައެކެވެ. ގަތަ ރަތް ކުލައިން ފަވާލެވިފައިވާ ތުންފަތުގައި ކޯކު ތަށި ޖައްސާލަމުން އީނާޝް ހީގައެވެ. ” އީނާ .. ވަރަށް ކިއުޓޫ ކަޕަލްސް އެއް ދޯ .. އައި މިރޭ ގަޑެއް ގަންނާނެހެން ” ރިޔާޝާ ކިޔާން އަދި ކައިޒީން އާއި ދިމާލަށް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ. ” ރިޔާޝާ ވެސް ބިޓޭއް ހޯދަންވީނުން.. މިތަނުން ވެސް އެބަ ފެނޭ ހޮޓު ބިޓުން ” އީނާޝް އިޝާރާތް ކުރީ އިއާން އާއި ދިމާލަށެވެ. އިޔާން އަކީ ވަރުގަދަ ހަށިގަނޑަކާ އަންހެން ކުދިން ހިތް ކަތިލާ ފަދަ ރީތި ހިނިތުންވެމެއް ލިބިފައިވާ ރީތި ޒުވާނެކެވެ. ” އައްޗީ.. މަށަކާ ނުގުޅޭނެ އައި ތިންކް […]
އަދި އެއީ އައިނާ އުއްމީދު ވެސް ކުރާ ގޮތެވެ. ނަމަވެސް، އެތަން އެބަ ފެނޭ ހެއްޔެވެ؟ އެދުވަސް އަތުވެދާނެ ހެއްޔެވެ؟ *************** އައިނާ އަކީ އެހާ ތަނަވަސް ޢާއިލާ އެއްގެ ވެރިއެއް ނޫނެވެ. ނަމަވެސް، ދިރިއުޅެމުންދަނީ އުފާވެރިކޮށެވެ. ބައްޕައެއްގެ ލޯތްބާއި ނުލައި ހަމައެކަނި މަންމައެއްގެ ލޯބި ލިބިގެންނެވެ. ކުޑައިރު ބައްޕަގެ ވާހަކަ އަހާއިރަށް، މަންމަ އެހެން މަޢުލޫއަކަށް ބަދަލު ކޮށްލާތީ ފަހުން ނާހަނީއެވެ. ނަމަވެސް، އަބަދުވެސް ބައްޕަ އައްނާނެކަމަށް އުއްމީދު ކުރެއެވެ. ކޮއްމެ ނަމާދަކަށް ފަހު މަންމަ އާއި ބައްޕައަށް ހެޔޮ ދުޢާ ކުރެއެވެ. އަދި އެއްކުލާހުގެ ކުދިން އޭނައާއި ދިމާ ކުރުން ހުއްޓާލާ ތޯވެސް ދުޢާ […]
އުމުރުގެ ހުރިހާ ކުދިންގެ މަލާމާތްތައް ރައްދު ވަނީ އައިނާ އަށެވެ. މަލާމާތް ނުކުރާ ކަމެށް ނެތެވެ. ބުޅި އިސްތަށިގަނޑާއި އެވެ. އިސްކޮޅުން ކުރުކަމުންނެވެ. މިހެންގޮސް ލިސްޓު ކިޔާ ނުނުމޭނެއެވެ. ނަމަވެސް، އައިނާ ރައްދު ކީއްކުރަން އަޅާވެސް ނުލާނެއެވެ. އެކަމަކު އައިނާ އާއި އެކު އަބަދުވެސް އެއްމެ ގާތް އެކުވެރިޔާ އަޝްހާ އުޅެއެވެ. ކިތައްމެ ދުވަހަކު އެހެން ނަހަދާ އަމިއްލަ ދިފާއުގައި ތެދުވާށޭ ބުނެއެވެ. އެހެން ފަހަރުތަކެކޭ އެއްފަދައިން އައިނާ އަބަދުވެސް ބުނާ އެއްޗަކީ އެކުދިން ހުއްޓާލާނެ އެވެ. […]
މިގަޑީގައި އައީ ކާކުބާވައޭ، އަހަރެންގެ ހިތަށް އެރިއެވެ. ގޭގެ ހުރިހާ ފިރިހެންވެރިންވީ އޮފީހުގައެވެ. ދޮންބެދައްތަވީ ރީމާ ގޮވައިގެން، އެމީހުންގެ ތިމާގެ މީހެއްގެ ގެއަށް ގޮހެވެ. މަންމަ ބަލިވެ އުޅޭތީ މިއަދަކު، މަންމައެއް މިބަޔަކަށް ނާންނާނެކަން އަހަންނަށް އެނގެއެވެ. އެހެން ނޫނަސް، އަހަރެން މި އައީވެސް، މަންމަ ނިދަން އޮށޯތުމުންނެވެ. ސުވާލުތަކެއްގެ ތެރޭގައިހުރެ، ދޮރު ހުޅުވާލިއިރު، ފެނުނު މީހެއްގެ ސަބަބުން އަހަރެންގެ ދެލޯ ބޮޑުވިއެވެ. ********************** “ޝަބާ…” މަޑުމައިތިރިކަމާއެކު އަހަރެންގެ ނަމުން ގޮވާލި އަޑު އިވުމުން، އަހަންނަށް […]
*ނޯޓް: އީނާޝް ، ކައިޒީން އަދި ނަބާހު އަކީ އެއް އުމުރެއްގެ ތިން ކުދިން. އެކަމު ފުރަތަމަ ބައިގައި އިންނާނެ ލިޔެފައި އީނާޝް ވައްތަރީ 16 އަހަރުގެ ކުއްޖަކާއި އޭ. އަސްލު އެތާ އިންނާނީ 15. އެކަމު އެ ތިން ކުދިންނަށް ވުރެ ކައިޒީން ދޮށި ވާނެ މަހުގެ ގޮތުން. އެއް ގުރޭޑެއްގައި ތިން ކުދިންވެސް އުޅެނީ.* އެންމެން ފަހަތުން ހިނގާފައި ދިޔަ ފަޒީލް އާއި މާޙިލްއަށް އެތަނުގައި ހިނގާ އެއްވެސް ކަމެއް ނޭނގެއެވެ. އެއަށް ވުރެ […]
މުނާ ހުރީ މަންމަ ރުޅި އައީ އޭ ހީކޮށް ވަރަށް ބިރުންނެވެ. ************** މުނާާ މަންމަ ޝައިމްް ކައިރީގައި ބުނެލިއެވެ ” މަންމަ މިހާރު ބޭނުންވަނީ ތި ދެކުދިން އަވަހަށް ކައިވެނި ކުރަން ”…. މިހެން ބުނުމުން ޝައިމް ކޮޅަށް ތެދުވެ ކުޑަކޮށް ކުރިއަށްް ޖެހިލާފަ ” އަހަރެން ބައްޕަ ކައިރީގައި މި ވާހަކަ ދައްކާލާފައި ކައިވެނީގެ ހުރިހާ ކަމެށް ހަމަ ޖައްސާލާާނަން.. މި ގޮތް ކިހިނެއް ވާނީ؟ ”…. ޝައިމް ބުނެލިއެވެ. މުނާ ހުރީ ކައިވެންޏަކާ […]
ރަހްމާ ނުވަ ބުރިއަށް ނަގާފައި ހުރި އިމާރާތުގެ ފަސްވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއިއެކީ އަހަރެން ފޭބީމެވެ. އަޅާފައި އޮތް ބުރުގާ ލޯގަނޑުން ރީތި ކޮށްލަމުން “ގެލެކްސީ ފުޑް ސަޕްލައިސް” ޖަހާފައި އިން ދަނބު ކުލައިގެ ދޮރުން އެތެރެއަށް ވަނީ ތެޅި ތެޅި އޮތް ހިތަކާއި އެކުގައެވެ. އެތެރެެއަށް ވަންތަނާހެން ނޭފަތުގައި ޖެހުނު ފޮނި ލުނބޯ ވަހުން އަހަރެންގެ އެތެރެ ހައްޓަށް ތާޒާ ކަމެއް ގެނުވިއެވެ. ރިސެޕްޝަންގައި އިން އަންހެން ކުއްޖާ ހިނިތުންވެލަމުން އަޅި ކުލައިގެ ސޯފާގައި އިށީދެލުމަށް […]
ބައްޕަ އެހެން ބުނެލުމާއި އެކީ ޖައިލާގެ މޫނު އުޖާލާވެގެން ދިޔައެވެ. ވިލްދާން ބޯ ހޫރަމުން މިސްރާބުޖެހީ އަނބުރާ އައި ކޮޅަށެވެ. ކުރާނެ ކަންތައް މަދުވެގެނެއް އޭނާ ނޫޅެއެވެ. ނިންމަން އޮތް ކިލާސް މަސައްކަތާއި އޮފީހުގެ ކަންތައް ވެސް ހުރީއެވެ. “ވިލްދާން.. ދަރިފުޅާ.. މަޑުކޮށްބަލަ.” ބައްޕަގެ އަޑަށް ފުރަގަސްދިނުމަކީ ވިލްދާންއަށް ކުރަން ކެރޭ ވަރުގެ ކަމެއް ނޫނެވެ. އެހެން އުޅޭނީ ހަގަށް ހުރި ގައިޝާންއެވެ. ވިލްދާންއަކީ ނަމޫނާ ދައްކަން ހުރި މީހާއެވެ. ވިސްނެންޖެހޭ މީހާއެވެ. “އާނ..” ފަހަތަށް އެނބުރިލުމަށްފަހު […]