ހާސިލް ވުމަށް އެދި 15
ކަައިޒީން އެހެން ބުނުމާއިއެކީ އާރިފާގެ ފައިގައި ތަޅު އެޅުވުނު ފަދައެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅާނުލައި ހުރިތާ ހުރީއެވެ. ކައިޒީން އަދި ޒިރާންވެސް ބަލަން ހުރީ އާރިފާއަށެވެ. އެހެންކަމުން އާރިފާ ކުދި ފިޔަވާޅުތައް އަޅަމުން ގޮސް ކައިޒީންގެ ޕޭޕަރުތައް ބަހައްޓާފައި ހުރި މޭޒާ ހަމަ ކޮށްލިއެވެ. އަދި ވަކިވަކިން ޕޭޕަރުތަކަށް ބަލަން ފެށިއެވެ.
”ދަރިފުޅާ.. މަންމަ ވަރަށް ހިތްހަމަ ޖެހިއްޖެ ދަރިފުޅު މިއަދު ތި ގެނަ ނަތީޖާ އާ މެދު.. މަރުހަބާ ދަރިފުޅާ.. ” އާރިފާގޮސް އީނާޝްގެ ގައިގައި ބައްދާލައިގެން ހުރެ ބުރަކަށީގައި ފިރުމަން ފެށިއެވެ. އެވަގުތު އާރިފާގެ ފަރާތުން ފެނިގެން ދިޔައީ ލޯތްބާއި އަޅާލުމެވެ. ނަމަވެސް އާރިފާގެ އެތެރެ ހަށި ދިޔައީ އަދާ ހުލިވަމުންނެވެ.
އީނާޝްގެ ލޮލުން ހުއްޓާނުލައި ކަރުނައަކަށް ފަހު ކަރުނައެއް ރޮނގަކަށް އަންނަމުން ދިޔައެވެ. އޭރު އެދެލޯ ވަނީ ރަތް ވެފައިއެވެ. އިނާޝްވެސް އާރިފާ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. ނަމަވެސް އެވަގުތު އާރިފާގެ ދަތްތައް ފިއްތާ ބާރުކޮށްލި ގޮތުން ހީވީ އީނާޝްވެސް ޗިސްކޮށްލަ ދާނެހެންނެވެ. އީނާޝްގެ ހޫނު ކަރުނައިން އާރިފާގެ ހެދުން ތެމެން ފެށުމުން އީނާޝް ދުރުކޮށްލެވެނީ އާރިފާއަށް ވަރަށް ބާރަށެވެ. އެވަގުތުގައި ވެސް ކައިޒީން އަދި ޒިރާންވެސް ހުރީ އާރިފާއާ ދިމާއަށް ކަޅި ޖަހާވެސް ނުލައި ބަލާށެވެ. ”ދަރިފުޅާ އީނާޝް ކީއްވެ ތި ރޮނީ؟ މިއޮށް އުފާވެރި ދުވަހުވެސް ރޯން ވާނެތަ؟ ނިކަން ހެވިބަލަ… ގެނަ މޮޅު ނަތީޖާއަށް ފަހުރުވެރިވާން ވެސް ނޭނގޭތަ؟ ” އާރިފާގެ ފަހު ޖުމުލަ އަޑު އިވިފައި އީނާޝްގެ ހިތް ކުދިކުދި ވި ހެން ހީވިއެވެ. އެވަގުތު އާރިފާ ކުޅެލީ ތަމްސީލެއް ކަން އެނގުމުން އީނާޝްގެ ހިތަށް ނުހަނު ތަދުވިއެވެ.
”މަންމަގެ އެ އަމަލުތަކަކީ ހަގީގަތެއް ނަމަ ކިހާ ރަނގަޅު ވީސް ހެއްޔެވެ؟ އެތަށް ދުވަހަކަށްފަހު މަންމަ އެފިރުމާލީވެސް ބަޔަކަށް ދައްކާށެވެ. އަހަރެންގެ ހަޔާތުގައި މައެއްގެ ލޯބި ލިބެން ހަމަ ނެތީ ހެއްޔެވެ؟ މައެއްގެ އަޅާލުމައި އޯގާތެރިކަން ލިބެން ނެތީ ހެއްޔެވެ؟ އަހަރެންނަކީ ކިހާ ބަދު ނަސީބު މީހެއް ހެއްޔެވެ؟ ބައްޕައެއްގެ ލޯބި ނުލިބުނު ތާގައި މައެއްގެ ލޯބިވެސް ލިބެން ހަމަ އަހަރެންނަށް ތަގްދީރުގައި ނެތީ ހެއްޔެވެ؟ ކޮންފަދަ އަނިޔާވެރި ދުނިޔެއެއް ހެއްޔެވެ؟” އީނާޝް ގެ ސިކުނޑި ދިޔައީ އެކި ކަހަލަ ބަސްތަކުން ފުނި ޖެހެމުންނެވެ. އެހިތަށް މިއަދު ކޮށްފައިވާ އަސަރު ބަޔާން ކުރަންވެސް ދައްޗެވެ. ނަމަވެސް އީނާޝްއަށް ނޭނގުނު ކަމަކީ ތަގްދީރުގައި އޭނާއާ މެދު ލިޔެވިފައި އޮތް ގޮތެވެ.
އާރިފާ އެތަނުން ދިޔައީ އެންމެން ކައިރީވެސް ކާން އައުމަށް ބުނެފައިއެވެ. ނަަމަވެސް އާރިފާގެ އަޑުގައިވެސް ރުޅިވެރިކަމެއް ވި ކަން އެތިން މީހުންނަށްވެސް ފާހަގަ ކުރެވުނެވެ. އެކަން އެންމެ ބޮޑަށް ފާހަގަވީ ދަތް ފިއްތާގެން ވާހަަކަ ދެއްކުމުންނެވެ. އާރިފާ ދިޔުމުން ކައިޒީންއަށް ވަރަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހީވަނީ ހުރިހާ އިރު ނޭވާ ނުލައި ހުރި ހެންނެވެ. އަދި ދެފަރާތަށް ބޯ ހޫރުވާލައި އެތަނުން ދިޔައީ ބަނޑުހައި ވެފައި ހުރުމުން ކާން ދާށެވެ. އީނާޝް އަދި ޒިރާންވެސް ކާން ދިޔައެވެ.
ހަ މީހުން އެކުގައި ކާން ތިބިއިރު އެތަނުން އެކަކުވެސް ވާހައެއް ނުދައްކައެވެ. ”މިއަދު މާ އަނގަ މަޑުވެފަ ތިތިބީ ކީއްވެފައޯ ކައި.. ދައްކާނެ ވާހަކަ އަނެއްކާ ހުސްވީތަ؟” ޖަންނަ ރޮށި ކޮޅެއް އަނގައަށް ލަމުން ބުނެލިއެވެ. އެއާއިއެކު ދެން އެތަނުގެ ހަމަ ހިމޭންކަން ނަގައިލީ ކައިޒީންގެ އަނގަގަދަ އަނގައެވެ. އެންމެން ކާ ނިމުނު އިރުވެސް ކައިޒީންގެ ތަށީގައި ކާ އެއްޗެހި ހުރީ ހުރި ގޮތަށެވެ. އެހެންނުވާންވީ ކީއްވެގެން ހެއްޔެވެ. ދައްކަމުން ދިޔަ ވާހަކައިގެ ސަބަބުން ކައިޒީންގެ އަނގައަށް ފަހުން އެންމެ އެތިކޮޅެއްވެސް ނުލައިއެވެ.
އީނާޝް ކައި ނިމިގެން ކޮޓަރިއަށް ވަނުމާއިއެކު އާރިފާވެސް އައިސް ކޮޓަރިއަށް އީނާޝްގެ ފަހަތުން ކަހަލަ ގޮތަކަށް ވަނެވެ. ”އީނާޝް ވަރަށް އުފާވެފަ ދޯ ކަލޭ ތިހުރީ.. ތި ހޯދި ނަތީޖާއިން މަހިތަށް ނާރާ އެކައްޗެކޭ ވެސް.. ތި ހޯދި ނަތީޖާއިން މަ ވީ ދެރަ.. އާ ރުޅި.. މަ ބޭނުމެއް ނުވޭ ކަލޭ އެހާ މަތިން ނަތީޖާ ގެންނާކަށް.. ކިތަންމެ ވަރަކަށް ތިފަދަ ނަތީޖާ ގެނަޔަސް މަ ހިތަށް ހަމަ ނާރާނެ އެކައްޗެކޭވެސް.. ކުޑަމިނުން އުފާވެސް ނުވާނެ.. ހަނދާން ކުރާތީ މިގޭ މީހެއް ކައިރީ މިވާހަކަތައް ނުވާނެ ކިޔައިދީގެން.. ހަގީގަތުގައި މަ މިގެއަށް އައީ ޒިރާންގެ މުދާގަނޑު ބޭނުމުގައި.. އަދި ބަލަން ހުންނާތި.. މަ އަދި ޒިރާންއާއި ކައިވެނިވެސް ކުރާނަން.. މި މުދާގަނޑު މަ ނަން މައްޗަށް ބަދަލުވެސް ކުރާނަން..” އާރިފާ ވަރަށް މަޑުމަޑޫން އީޏާޝްގެ ކަންފަތް ދޮށުގައި ވާހަކަ ދައްކަމުން ދިޔައެވެ. އޭރު އީނާޝް އެސްފިޔަތައް ފޫ އަޅުވާލައިފައި ކަރުނައަކަށް ފަހު ކަރުނައެއް ވެއްޓެމުން ދިޔައީ އެދޮން ކޯތާފަތުގައި ބޮސްދެމުންނެވެ. އީނާޝްގެ ހިތް ހީވީ ކަފާ ކުދި ކުރާ ހެންނެވެ. ދުވަހަކު ތެރެސް ލާފައި ތަތްކޮށްގެންވެސް ނުގުޅުވޭނެ ގޮތަށެވެ. އެއާއިއެކު އީޏާޝްގެ މެޔަށް އެރި ތަދާއިއެކު އީޏާޝްއަށް މެޔާއި ދިމާލުގައި އަތް އަޅާފައި ތިރިވެވެން ފެށުނެވެ. ދެން އިވެން ފެށީ އީޏާޝްގެ ގިސްލުމުގެ އަޑެވެ. މުޅި އެ ހަމަހިމޭން ކޮޓަރިގައިވެސް ހަރުލާފައި ހުރީ އެއަޑެވެ.
”މަންމާ ތިހެން ނުބުނޭ.. ކީއްވެ މަންމަ އަހަރެން ދެކެ ތިހައި ފޫހިވަނީ ތި؟ ކީއްވެ؟ ކީއްވެ މަންމާ؟ އަހަރެން މަންމަ އަށް ކީއްކޮށްގެން މަންމަ އަހަރެން ދެކެ ތިހައި ރުޅި އަންނަނީ ތި.. މަންމާ އާދޭސް ކޮށްފައި ބުނަން.. އަހަރެންދެކެ ތިހައި ރުޅިއަޔަސް ފޫހިވިޔަސް މި ލޯބިލޯބި އާއިލާގެ ދެމެދަށް ވަންނަން ނޫޅޭ.. މިއަދު އަހަރެމެން ޖެހޭނީ އެމީހުންނަށް ޝުކުރު އަދާކުރާކަށް ނޫންތަ މަންމާ؟ އެމީހުން އަހަރެމެންނަށް އެވެދިނީ ކިހާ ބޮޑު އެހީއެއް.. މަންމަ އަހަރެންނަށް އެމީހުންނޭ ކިޔައިގެން އެއްޗެހި ކިޔާއިރު އަހަރެންނަށް ވިސްނައިދޭން މަސައްކަތް ކުރާއިރު މަންމަ އެންމެ ފަހަރަކުވެސް ވިސްނައެއް ނުލަންތަ އާއިލާއަކަށް ތިދެވެން އުޅެނީ ކިހާ ބޮޑު ދެރައެއް ކަމެއް.. މަންމާ ބިރުވެތި ވެބަލަ.. މުދަލާއި ފައިސާއަށް މަންމަ ތިހުންނަނީ މޮޔަ ވެފައި.. އެއީ ވަގުތީ އެއްޗެއްސޭ މަންމާ.. މިއަދު މަންމަ އަށް އެ މުދާގަނޑު ލިބިދާނެ.. އެކަމަކު މާދަމާ އެއެއްޗެހި ބީވެގެން ގޮސްދާނެ..” އީނާޝްއަށް ގިސްލެވޭ ވަރުން ވާހަކަދެއްކުން ވެސް ވީ އުނދަގޫ ކަމަކަށެވެ. އީނާޝްގެ ހުރިހާ ވާހަކައެއް އަޑުއަހާފައި އާރިފާ ލުއި ފިޔަވަޅުތަކެއް އަޅަމުން ގޮސް އީނާޝް އާއި ކައިރިވެލިއެވެ. އަދި އިނާޝްގެ ދެކޮޑުގައި ހިފާ އީނާޝް ކޮޅަށް ނެގިއެެވެ. އޭގެ ދެވަނަ ސިކުންތުގައި އާރިފާގެ އަތުގެ ހޫނު އެތިފަހަރެއް އީޏާޝްގެ ކޯތާފަތް މައްޗަށް އަރައިގެން ދިޔަވަގުތާއި އެކީ އާރިފާގެ ދެލޯވެސް ބޮޑުވެގެން ދިޔައެވެ. އެވަގުތު އީނާޝްގެ ބޮލަށް އެނބުރުން އަރައިގެން ވެއްޓެންވެސް ދިޔައެވެ. ނަމަވެސް ހިތްވަރުކޮށްލާފައި އޭނާގެ ހަށިގަނޑު ހަމައަކަށް އަޅުވާލިއެެވެ.
”ކީކޭ ހިތަށް އަރައިގެން މަށަށް ވިސްނައިދޭން ތި މަސައްކަތް ކުރަނީ.. ކާކު ކަލޭ ކައިރީ ބުނީ މަށަށް ވިސްނައިދޭން.. މަ ކަލޭ ބުނާ ބަސްއަހާނެ ކަމަށްތަ ހީކުރީ.. ހެހެހ… ތި ހީކުރެވުުނީ ބޮޑު ކުން ހީއެއް… ތީ ދުވަހަކުވެސް ނުވާނެ ކަމެއް އީނާޝް..” އާރިފާގެ އެންމެ ފަހު ބަސް އިއްވާލާފައި ގޮސް ކޮޓަރިން ބޭރަށް ނުކުމެވެން އިންނަ ބެލްކަންޏަށް ގޮސް ވަނެވެ. އޭރު އާރިފާއަށް ނޭނގުނު ކަމަކީ އެނާ އެދެއްކި ވާހަކަތަށް އީނާޝް ނޫން އެހެން ފަރާތަކަށްވެސް އަޑު އިވުނު ކަމެވެ. އަދި އޭނާއަށް ނޭނގުނު ކަމަކީ މިއަދު އީނާޝްގެ ކޮލުގައި އެޖެހިތާ މާދަމާ އޭނާއަށް ފިރުމާލަން ޖެހޭނެ ކަމެވެ. އަދި އެކީ އެއްޗެއްސަށް މާދަމާ މަޢާފަށް އެދެން ޖެހޭނެ ކަމެވެ.
ކައިޒީން ރޮމުން ރޮމުން ކޮޓާރިއަށް ދުވެފައި ގޮސްވަނެވެ. އަދި ބާރަށް ދޮރުޖަހައި ދޮރު ތަޅުލިއެވެ. ކޮޓަރިއަށް ވަނެފައި ކައިޒީން ޖެހިގަތީ އެނދަށެވެ. އޭރު އެދެލޮލުން ހުއްޓާނުލައި ކަރުނަ ފައިބަމުން ދިޔައެވެ. އިރުކޮޅަކު އެނދުގައި އޮވެފައި ކައިޒީން ބޯ ހިއްލާލައިފައި ސައިޑް ޓޭބަލް މަތީގައި އިން ފޮޓޯ ފްރޭމް ނަގައި އެއަށް ވަރަށް ފުންކޮށް ބަލާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި ދެން ވެސް އިވެންފެށީ ކައިޒީންގެ ވޭނީ ގިސްލުމުގެ އަޑެވެ. އޭރު ކައިޒީންގެ ދެ އަތުގައިވެސް މަޑު ތުރުތުރެއް ހުއްޓެވެ. ”މަންމާ ކީއްވެ ކައި ދޫކޮށްލާފައި ތި ދިޔައީ؟ ކައި މަންމަ މަތިން ވަރަށް ވަރަށް ހަނދާން ވޭ.. އެހެން ކުދިން އެކުދިންގެ މަންމަ މެންނާއިއެކު ހީ ސަމާސާ ކުރާ ތަން ބަލަން ވަރަށް އުނދަގޫ.. ހީވަނީ ހިތް ފަޅައިގެން ދާ ހެން.. މަންމަ އަބަދުވެސް ބުނަމެއްނު ކައި ކައިރީ އަބަދުވެސް މަންމަ ހުންނާނަމޭ.. ދެން ކީއްވެ މަންމަ މިއަދު ކައި އާ ބައްޕަ ދޫކޮށްލާފަ ތި ދިޔައީ.. އިނގޭތަ މަންމަ ކައިމެން ދޫކޮށްލާފަ ދިޔައީމަ ކައި ވީ ދެރަ.. އެދުވަހަށް ފަހު ދުވަހަކުވެސް ބައްޕަ ކައި ރޮއްވައެއް ނުލާ.. އެދުވަހަށް ފަހު އެއް ނޫން.. މަންމަ ދުނިޔޭގައި ހުރިއިރުވެސް ބައްޕަ ކައި އެއް ރޮއްވާނުލައި ދޯ.. މިއަދާ ހަމައަށްވެސް.. އެއްވެސް ކަމަކާ ކައި ނޯންނާނެ ދެރަވެގެން ބައްޕަ ކައިރިއަކު ރޯފައެއް.. އެކަމަކު މިއަދު ވަރަށް ދެރަވޭ.. އެނގޭތަ؟ ކައިގެ ސަބަބަން އެހެން ކުއްޖެއް އަޅަމުން ދާ ވޭން.. ކުރާ ހިތާމަ.. ދުވަހަކުވެސް ކައި ބޭނުމެއް ނޫން އެކަހަލަ ކަމެއް ވާކަށް ކައިގެ އަތަކުން.. އެކަމަކު މަންމާ.. މިއަދު ކައި އަތުން އެކަން ވެސް ވެއްޖެ.. ދުވަހަކު ހިޔެއް ނުވޭ އެކުއްޖާ ކައިއަށް މައާފު ކުރާނެ ހެންނެއް.. ދެން ކިހިނެއް ހަދާނި މަންމާ.. މަންމާ.. ކައިއަށް އެކުއްޖާ މައާފު ކުރާނެތަ؟ އަޅެ މަންމާ ބުނެބަލަ..” ކައިޒީން މޮޔައެއް ހެން އެފޮޓޯ ގަނޑަށް ބަލަމުން ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް ކައިޒީންއަށް ވާހަކަ ދެއްކުން ވީ އުނދަގޫ ކަމަކަށެވެ. އެންމެ ފަހުން ކައިޒީން ފޮތޯ ގަނޑު ހުރިތާ ބަހައްޓާފައި އުއްޑުން ވާ ގޮތަށް އެނދުގައި އޮށޯވެލިއެވެ. އޭރުވެސް ދިޔައި އެދެލޮލުން ކަރުނަ ފައިބަމުންނެވެ.
އެގޮތަށް އޮވެ ކައިޒީންއަށް ނިދުނު އިރުވެސް ނޭނގުނެވެ. ނިދާފައި އޮތް އިރުވެސް ކައިޒީންއަށް ދިޔައީ ގިސްލެވެމުންނެވެ. އަދި މަޑު މަޑުން ދިޔައީ މަންމައަށް ގޮވެމުންނެވެ. މިއަދު އެހިތުގަ އަޅާ ވޭން ބަޔާންކުރަންވެސް ދަތި ވާނެއެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.







Nice
Thanks..❤️❤️❤️
Masha Allah? varah? reeth mi ?part ?vs ?…keep ?it? up ?dear?…? and ?whn ?is ?n3xt ?part ?
Thanks a lot dear.. ❤️❤️❤️ and thank u soo much for ur support.. Insha Allah miadhu vaahaka liyelaafa submit kuraanan.. so tomorrow next part..❤️❤️❤️❤️
Assalam alaikum..
Miothy HAASIL VUMAH EDHI ge 15 vana Bai up vefai.. mi bai thankolheh kuruvaane.. namaves dhn huri baithah miah vure dhigu kireveythr masahkaii kuraanan.. next part Insha Allah tomorrow.. Nd thanks a million for support and feedback.. keep commenting.. and share ur views about the story..❤️❤️❤️❤️
Have a nice day.. lysm❤️❤️❤️
Very nice n emotional
Thanks jiji.. and❤️❤️❤️ thank u soo much for ur non-stop support.. ❤️❤️❤️❤️❤️
dhen avahah eenaash ah rangalhu gotheh hoadhan ulheba. cant wait to read next part. varah reethi mi part ves. eenaash aa kai aa friend veema hurihaa kameh rangalhuvaane
Ya hingaaba.. abadhu eenaash ah hithaama dhw.. ???Let’s c dhw vaane gotheh..??? awwn.. but keep waiting Inge dear..♥️♥️♥️ Nd thank u so much..❤️❤️❤️ ya dhw.. ❤️❤️❤️ naash❤️ thanks a lot for ur support.. and I hope I will meet u in upcoming parts of the story..?♥️❤️❤️
wow… mi part vs vr vr vr rythi… hama speechless… and vr emotional…
Thank u soo much FLOWER❤️❤️❤️
omg… haadha haa vaa ryhchey.. adhi ehaame emotional.. hithuge enme hima naaraa vs kulhelaafi.. next part ah waiting
Thank u sooo much nish.. it means a lot❤️❤️❤️❤️❤️♥️
vr vr vr rythi mi part vs
Thank u soo much dear..❤️❤️❤️❤️
varah salhi hama vaahaka kuri ah dhaa goy
Thanks Niha❤️❤️❤️
wow.. warah warah reethi.. hama ney bunaane ehcheh vs.. haadha reehchey..
Aww.. thank u soo much❤️❤️❤️
nice
Thanks thaa❤️❤️❤️❤️
masha allah.. beautiful.. obbiness to the max..
Aww.. thanks a lot❤️❤️❤️❤️❤️
masha allah… herdha salhiey nafu mi part vs.. kiyer hithun huhtaa nimuny vs.. dhn avahah nxt part genes dhyba..
Aww.. thank u soo much ❤️❤️❤️❤️ submit kohfaa v.. keep waiting inge
story feshunyn sure vs hama kiyan.. hama buneveyny vaahaka vrh ryhchey.. sifa kurun thah vs hama ehaame furihama.. vr salhi story.. dhn oii bai avas plx
Aww.. thank u sooo much.. Mal.. mihaaru v submit kohfai..❤️❤️❤️❤️ keep waiting..❤️❤️