ވީމޭ ތިޔަ އިންތިޒާރުގައި..1
ރިޔާޝްއާއި ރަޔާގެ މިސްރާބު ހުރީ ތުނޑިޔާދިމާއަށެވެ. އަރަމުން އަންނަ އިރުގެ ދޯދި ތަށް ވިލާތަކުން ފުރޭނިގެން ގަސްތަކުގެ ކުރިތަކަށް އެޅެމުން ދިޔައެވެ. ފަތިސް ނަމާދަށްފަހު ދުވުން އެއީ މިދެމީހުންގެ އާދައެވެ. ރަޔާ އިށީނދެލީ އާންމުކޮށްވެސް އޭނާ އައިސް އިށީންނަ ގާގަނޑުމަތީގައެވެ. ރިޔާޝް އެއްބުރު ޖަހައި ނިމެންދެން ރަޔާ އިންނާނީ އެތާނގައެވެ.
“ކިހިނެއްވީ ދޮންބޭ؟..ނިމުނީ..؟” ރިޔާޝް އައިސް ރަޔާ ކައިރި އިށީނުމުން ރަޔާ އަހާލިއެވެ. “ޔާ.. މިއަދު ދާންވެގެން ތަންކޮޅެއް އަވަހަށް..” ރަޔާ ދާންވީހޭ އަހާލާފަދަ ގޮތަކަށް ނިތް އަރުވާލުމުން ރިޔާޝް ކުޑައިރުކޮޅަކުންނޭ ބުނެލިއެވެ. ކޮވެލީގެ ހިތްގައިމު އަޑު ނީވުނެއްކަމަކު، މާލޭގެ މަގުތަކަށް ހަލަބޮލިކަން ވެރިވާން ފެށިއެވެ. އުޅަނދުތަކުގެ ބަރުގޮނު އަޑާ އެކުވެގެން އަންނަ ކާޅުގެ އަޑުގެ އިތުރުން ކޮތަރުތަށް އުދުހިގަންނަ އަޑުވެސް ދޭތެރެއަކުން އިވިލައެވެ.އިރުކޮޅެއް ވަންދެން ތިބުމަށްފަހު ދެމީހުންވެސް ގެޔަށް ދާންހިނގައިގަތެވެ.
ޓިއުލިޕްގެ ގޯތިތެރެއަށް ހީވަނީ ބަހާރުމޫސުން އައިސްފައި އޮތްހެންނެވެ. މުޅިގޯތިތެރޭވެސް އޮތީ ޓިއުލިޕްގެ މާތަކުން ގަސްތަށް ބަރާވެފައެވެ. ގަސްތަކަށް ފެންދޭން އޭރު ގޭގެ މަސައްކަތު މީހާ،ހުއްޓެވެ. ވަދެގެން އައި ރިޔާޝް މަރީނާއަށް ގޮވާލުމުން ރަކިގޮތަކަށް ހީލަމުން ބޯތިރިކޮށްލިއެވެ. އެއީ ރިޔާޝްގެ ވަރަށް ހިތްހެޔޮ ސިފައެކެވެ. ގޭގެ މަސައްކަތު މީހަކަސް ގޮވާލާ ހާލު ބަލާހަދާނެއެވެ. އޭނާގެ ބައްޕަވެސް އެއީ ނަމޫނާއެކެވެ. އުފަންދުވަހަށް ހަދިޔާވެސް ދީހަދާނެއެވެ. އެހެންކަމުން އެމީހުންވެސް މަސައްކަތަށް ނުހަނު ފަރުވާތެރިއެވެ.
ރޯމާއާއި އަރޫން ކައިވެނިކޮށްގެން ދިރިއުޅެމުންދިޔައީ މެލޭޝިއާގައެވެ. ކައިވެންޏަށް އެއްއަހަރުވީތަނާ ރިޔާޝް ލިބުނެވެ. އެދެމީހުންގެ ހަޔާތަށް ރަޔާއައީ ބަނަ ވިލާކޮޅެއްހެންނެވެ. އެހުރިހައި ކަމަކަށް ފަހު އުފަންވަޒަން ދޫކޮށް ރޯމާ އަރޫންއާއި އެކީ ރާއްޖެބަދަލުވީއެވެ. ގެއްލިފައިވީ އުފާވެރިކަން ރޯމާއަށް ހޯދައިދޭން އަރޫން ވަރަށް މަސައްކަތް ކުރިއެވެ. ރަޔާއާ ރިޔާޝްއާއެކީ އެދެމީހުން ދިރިއުޅުން ބިނާކުރީ ގެޔަށް ‘ޓިއުލިޕްގެ’ ނަންދެމުންނެވެ. އެދެމީހުންގެ ދިރިއުޅުން އުޖާލާވެގެންދިޔައީ ރަޔާއަދި ރިޔާޝްގެ ރުއިމާ ހުނުމުގެ އަޑުތަކުންނެވެ. މިއަދު މިވަނީ ދުވަސްތަށް މާޒީވެ ކުދިން ބޮޑެތިވެފއެވެ. ރަޔާއަކީ އާދަޔާހިލާފަށް ރީތިކަން ލިބިފައިވާ ކުއްޖެކެވެ. ރިޔާޝަކީ ވެސް ފިރިހެންވަންތަކަން ފަހަނައަޅައިފައި ހުރި އަންހެންކުދިންގެ ހިތްތަށް ފަތަހަ ކޮށްލެވޭފަދަ ޒުވާނެކެވެ.
ސައިބޯންމޭޒުދޮށުގައި ތިބި އެންމެންގެ މެދުގައި ވެސް ވަނީ ހިމޭންކަމެވެ. “ކިހިނެތްވެފަ މިތިބީ މިއަދު؟” އެންމެފަހުން ރޯމާ އަށް ނީނދެވިގެން އަހާލިއެވެ. “ތެދެއް..ދޮންބެއާދެކުދިން ހިންހަމަ ނުޖެހިފަ ތިބޭހެން ތިތިބީ ކިހިނެއްވީ؟..” އަރޫންވެސް ރޯމާއަށް ބަލާލަމުން ނިތްކުރިއަރުވާލިއެވެ. އެންމެފަހުން ހަތަރުމީހުންގެ ހިނިގަނޑުފަޅައިގެންދިޔައީ ސަކަރާތުގެ އަމަލަކަށް ރިޔާޝާ ރަޔާ އެކަންހެދުމުންނެވެ. އެ އާއިލާގެ އަބަދުވެސް ކާމޭޒުމައްޗަކީ ވަރަށް މަޖާ މާހަލެކެވެ. ސައިބޮއެގެން އެކުއެކީހެން އެންމެން ނުކުތުމުން ރޯމާ ތަށިތަށް ނަގަންފެށީ މަރީނާއަށް ސައިބޯން އަންނާށޭ ގޮވާލަމުންނެވެ.
ރިޔާޝްއޭނާގެ ކާރުގައި ކޮލެޖަށްދިޔައިރު ރަޔާ ކާރު ޕާކްކޮށްލަމުން ކާރުން ފައިބަނީއެވެ. ޖައްވަށް ފެތުރިފައިވާ އިރުގެ އަވިން އުނދަގޫވުމުން ރަޔާ އަވިއައިނު އަޅާލިއެވެ. މިހާރު އޭނާ ވައްތަރީ ބޭރުގެ ސެލެބްރިޓީއަކާއެވެ. ރިޔާޝަށް މިތަންބަލަން އިރުކޮޅަކު އިނދެވުނެވެ. އެއީ އޭނާގެ ކޮށްކޮކަންވެސް ހިނދުކޮޅަކަށް ހަނދާންނެތުނެވެ. ދެވަނަ ސިކުންތުގައި ރިޔާޝް އިސްޖަހައިލިއެވެ. އެ ނުލަފާ ހިތާހެދި އޭނާ އަމިއްލަ ނަފްސަށް ލަދުގަނެއްޖެއެވެ.
ރަޔާ ކްލާހަށް ވަންނަންދެން އޭނާއަށް ނަޒަރު ހުއްޓިފައި ގިނަ ފިރިހެންކުދިން ތިއްބެއެވެ. އެހައި ރީތިވުމުން ހަސަދަވެރިންގެ ނަޒަރުތަށްވެސްމެއެވެ. އޭނާގެ އަންހެންވަންތަ ހިނގުމާއި ގުދުރަތުން އޭނާއަށްލިބިފައި އެވާ ވިލުފެހިކަޅިއެވެ. ފިޔާތޮށިކުލައިގެ ތުންފަތަށް ހިނިތުންވުންވެރިވާ ކޮންމެފަހަރަކު އެއްކޮލަށް އެޅިގެންއެދާ އަޑިކޮޅެވެ. މާޝާﷲ.. ރީތީގެ ރާނީއަކަށް ފުދެއެވެ.
ރިޔާޝް އޭނާގެ ދިގު ކްލާސްތައް ނިންމާލުމަށްފަހު ރައްޓެހިކުދިންނާއެކީ ކޮފީއަކަށް ދިޔައެވެ. އެތާވެސް ގިނައިން ދެކެވުނީ އޭނާގެ ކޮއްކޮގެ ވާހަކައެވެ. އެހެންމީހުންގެ ދުލުން އެވާހަކަ އަޑުއިވުމުން ރިޔާޝްވެސް އެކަމާ ވިސްނާލިއެވެ. މަންމައަކީވެސް ރާއްޖޭން ބޭރު މީހެކެވެ. ރީތި މީހެކެވެ. ނަމަވެސް ރަޔާހާއެއް ނޫނެވެ. އެރީތިކަން އެއީ ކިހިނެތް ވާރުތަވެފައިވާ އެއްޗެއްބާވައެވެ. ރިޔާޝްގެ ހުވަފެނީ އަންހެންކުއްޖާގެ ހުރިހައި ސިފައެއްވެސް ރަޔާގެ ވެއެވެ. އޭނާ އެންމެ ހިތްއެދޭފަދަ ހުރހައި ސިފައެކެވެ. އަދި ދިމާވާނެތާއޭ ރިޔާޝްގެ ހިތަށް އެރިއެވެ.
ރިޔާޝަށް ގެޔަށް އާދެވުނު އިރު ގަޑިން4 ވެސް ޖަހައިފިއެވެ. ފެންވަރއިގެން ޖައްސާލުމާއެކު ރިޔާޝަށް ނިދިއްޖެއެވެ. ހޭލެވުނީ 1ވެސް ޖެހި ފަހުންނެވެ. ރޭގަނޑުގެ ހަމަހިމޭންކަމުގެ ތެރެއިން ގޭގެ ސިޓިންގް ރޫމްގެ ފާރުގައި އިންގަޑީގެ އަޑުފިޔަވައި އިތުރު އަޑެއް ނީވެއެވެ. ސިޑިން ފައިބައިގެން އައި ރިޔާޝް ހުރީ ނިދި މޫޑެއްގައެވެ. އޭނާ ބަދިގެއަށް ވަދެ ތަށިތަށް ހާވަންފެށީ ބަނޑުހައިކަން އިހުސާސްވުމުންނެވެ. ކޮފީއެއް ގިރައިގެން ނިކުމެވުނީ އޮފީސް ނިންމައިފައި އައި އަރޫން ކުރިމައްޗަށެވެ. “އަދި ނުނިދަނީތަ ދަރިފުޅާ..؟” އަރޫން ހިނިތުންވެލަމުން އަހާލިއެވެ. “ނޫނެ.. ހަވީރު ނިދި ގޮތަށް ދެންމެ މިހޭލެވުނީ..” އަރޫން މަޑޫކުރުމެއް ނެތި ސިޑިން އަރައިގެން ދިއުމުން ރިޔާޝް ވެސް ފަހަތުން ކޮފީތަށި ހިފައިގެން މައްޗަށް އެރިއެވެ.
އޭނާގެ ކޮޓަރިން ބެލްކަންޏަށް ނުކުންނަން ނެގި ފިޔވަޅަށް ހުއްޓުން އެރީ މީހެއްގެ ގިސްލުމުގެ އަޑުއިވިގެންނެވެ. ޖެހިގެންހުރި ގޭގެ ބޮޑު ބެލްކަނިން އެއަންނަ އަޑަކީ ދެވަނަ މީހެއްގެ އަޑެއް ނޫނެވެ. އޭނާގެ މަންމަގެ އަޑެވެ. ރިޔާޝް ސަމާލުވިއެވެ. މަންމަ ރޯންވީކަމަކާ ދޭތެރޭ އޭނާގެ ހިތުގައި ސުވާލު ފުނި ޖެހެންފެށިއެވެ. “ހަމަ ވިސްނެނީ..ހިތަށްއަރަނީ މީ ރަޔާއަށް ވެޥޭ އޮޅުވާލުމެއްބާއޭ..އެދެކުދިންނަށް ކިޔައި ނުދީ ތިއްބަ އެހެންގޮތަކުން އެގޭދުވަހަކުން ވާނީ ކިހިނެތްބާއޭ…” ރިޔާޝް އެވާހަކައަށް ސަމާލުކަން ދެމުން ތަންކޮޅެއް ކައިރިޔަށް ޖެހިލިއެވެ. “ރޯމް ދެން ނުރޮއެބަލަ.. ތީދެން ރެގްރެޓްވާން ޖެޙޭވަރުގެ ކަމެއްތަ؟ އަދި އެކުދިންނަށް ކިޔައިދޭކަށް ނުޖެހެޔޭ.. ވަގުތު ޖެހުނީމާ އަހަރެމެންނަށް އިނގޭނެ ..ރަޔާއެއީ ހަމަ އަހަރުމެންގެ ދަރިޔެއް..ރޯމްގެ ބަނޑުން އުފަންނުވިޔަސް އެއީ ރޯމްގެ ތަރުބިއްޔަތުން ބޮޑުވި ރޯމް އާ އަހަރެންގެ ނުއުފަންދަރިއެއް.. ދެން އެހައި ނުވިސްނާ.. ރަޔާ ނުދާނެ އަހަރެމެން ދޫކޮށްލާފައެއް.. އެއަށްވުރެ ލޯބިވާނެ އޭނަ އަހަރުމެންދެކެ…” މަންމައާ ބައްޕަގެ މިވާހަކަތަކުން ރިޔާޝަށް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
ރިޔާޝް ކޮޓަރިޔަށް ވަދެ ކައުޗުގައި އިށީނދެވުނެވެ. މިއޮތްހުރިހާ ދުވަހު އެއްކޮށް އުޅެވުނީ އެއްބަނޑު އެއްބަފާ ކޮއްކޮ އެއް ނޫންކަން އެނގުމުން ބުނެދޭން ނޭނގޭކަހަލަ އިހުސާސެއް ކުރުވިއެވެ. ވިސްނާލަން އުދަގޫވީ ރަޔާގެ ހަގީގަތް ނޭނގޭތީއެވެ. ރިޔާޝްގެ ހިތުގައި ނޭނގޭ އިހުސާސެއް އުފަންކުރުވައިފިއެވެ. އިތުރަށް އެހިތުގައި ރަޔާ ހާއްސަވިއެވެ. ކުރިން ދެކުނުގޮތްވެސް ތަފާތުވާން ފަށައިފިއެވެ. ހިތަށް ވިސްނައިދެވޭނީ ކިހިނަކުންހެއްޔެވެ؟.. އެ އިހުސާސްތަކަށް މަރުހަބާކިޔަމުން އައިރިޔާޝްއަށް މިކުރެވެނީ ކިހައި ބޮޑުކަމެއްކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ނިދިހަމަވެފައ ވުމުން އެނދުގައި އެތަށް އިރެއްވަންދެން ފުރޮޅި ފުރޮޅި އޭނާ އޮތީ ރަޔާއާމެދު ވިސްނާށެވެ.
ފަތިސްނަމާދުކޮށްގެން ރިޔާޝް އަށް ނިދުނެވެ. އެހެންކަމުން މިއަދު ރަޔާ އެކަނި ދުވަން ދާން ޖެހުނެވެ. ފޯނުއެލަރމް ވުމާއެކު، ރިޔާޝަށް ބަރު އެސްފިޔަތަށް ހުޅުވާލަން މަޖުބޫރުވިއެވެ.
17 Comments!
Comments are closed.

Reeethi
Hey me first dhw..kiyaafa I’ll comment ngeyy❤❤❤???
Thanks❤️
Wow uhthuu..Feshun v habeysss..Am waiting fr da nextu?????????❤❤❤
Vara reethi.. When next part?
Soon inshallah ❤️Thanks for reading ☺️
Vrh reethi waiting for next part… Luv yuh uhthu
Thanks?❤️ Luv more.. ❤️❤️
Varah reethi mashallah keep it up❤
Varah Reethi… Knirakuh next part
Thanks ?❤️
Soon inshallah ❤️?
Waiting for next part……..
Varah reethi ❤ it already.
Mi waahakaige story , “inthizaarugai hurin ” ge dhewana season ge story aa same hen heewany!
Knirakuh tha next part
Waiting…….
Thanks for the comment.. it’s my own story.. and it have been long time I’ve written it.. Publish mikohlee adhi maa fahun..I think you should see more parts to clear it.. thanks again.. ?