ރިޔާޝްއާއި ރަޔާގެ މިސްރާބު ހުރީ ތުނޑިޔާދިމާއަށެވެ. އަރަމުން އަންނަ އިރުގެ ދޯދި ތަށް ވިލާތަކުން ފުރޭނިގެން ގަސްތަކުގެ ކުރިތަކަށް އެޅެމުން ދިޔައެވެ. ފަތިސް ނަމާދަށްފަހު ދުވުން އެއީ މިދެމީހުންގެ އާދައެވެ. ރަޔާ އިށީނދެލީ އާންމުކޮށްވެސް އޭނާ އައިސް އިށީންނަ ގާގަނޑުމަތީގައެވެ. ރިޔާޝް އެއްބުރު ޖަހައި ނިމެންދެން ރަޔާ އިންނާނީ އެތާނގައެވެ. “ކިހިނެއްވީ ދޮންބޭ؟..ނިމުނީ..؟” ރިޔާޝް އައިސް ރަޔާ ކައިރި އިށީނުމުން ރަޔާ އަހާލިއެވެ. “ޔާ.. މިއަދު ދާންވެގެން ތަންކޮޅެއް އަވަހަށް..” ރަޔާ ދާންވީހޭ އަހާލާފަދަ ގޮތަކަށް ނިތް […]