ޒިރާން ހެނދުނު ގަޑީގައި ފަޒީލް އާއި އެކު ފިހާރައަށް ދާން ނުކުންނަން އެއުޅެނީ ފިހާރައަށް ބޭނުންވާނެ ބައެއް ސާމާނު ގަންނާށެވެ. ޒިރާން އާއި ފަޒީލް ބޭރަށް ނުކުމެ އިރުކޮޅެއްވީ ފަހުން މުޅި ގޭތެރެ ވެސް ހޭލައްވާލީ ބާރުގަދަ އަޑު ފައްގަނޑެއް އިވުމުންނެވެ. އެއާއި އެކު އެންމެން ވެސް ގެއިން ނުކުމެގެން ބޭރަށް ދިޔައީ ވެގެން އުޅޭ ގޮތެއް ބަލާލުމުގެ ޝައުގުވެރިކަން ހުރިލެއް ބޮޑުކަމުންނެވެ. ބޭރަށް ނުކުމި ކައިޒީންމެން އެންމެންގެ ވެސް ލޯތައް ބޮޑުވެގެން ދިޔައީ ކުރިމަތިން ފެންނަމުން […]
“ކޮބާ ލުވެއިޒް…” އަހަރެން އަހާލީމެވެ. އާންމުކޮށް މިދެމީހުން އެއްތަނަކު ތިބެންޏާ ބޮޑީ ގަރޑަކަށް ލުވެއިޒް ނުހުރެ ނުދާނެއެވެ. “ކޮންފެރެންސަކަށް ދިޔަގޮތަށް އަދި ނާދެ..” އެލީނާ ޖަވާބު ދީ ނިމުންތަނާހެން ޓީވީއިން ކުއްލި ޚަބަރެއް ދައްކަން ފެށިއެވެ. “ޖަލުން ބައިވަރު ޤައިދީންތަކެއް ފިލައިފި.. މިކަން ހިނގިތާ މާ ގިނައިރެއް ނުވެ، ގޭންގުތައް ދެމެދު ބާރު ބޮޑުވެ، ދެމީހަކު ގަޔަށް ވަޅި ހަރާ ޒަޚަމްވެސް ކޮށްލައިފި… ފުލުހުން އިލްތިމާޒް ކުރައްވަނީ، މި މައްސަލަ ފުލުހުންގެ އަތް ދަށަށް ގެނެވެންދެން، ބޭރުތެރޭގައި […]
ރަހްމާ އޮފީހަށް އާދެވުނުއިރު ބަނޑުހައިވެގެން ދެފައި ތުރުތުރުއަޅަނީއެވެ. ހެނދުނު ކެއީ ބަދަން ކޮޅެއް އެކަންޏެވެ. ލިފްޓް ތެރޭގައި އިން ލޯގަނޑުން ވެނީލާ ކުލައިގެ ހެދުމަކާއި ގަދަ މުށިކުލައިގެ ބުރުގާއެއް އަޅައިގެން ހުރި އަހަރެންގެ ސޫރައަށް ބަލާލެވުނީ ބޭއިހްތިޔާރުގައެވެ. ކަޅުކަން ގަދަ ދެލޯ ފެންނަ ކޮންމެ ފަހަރަކު ހަނދާންވަނީ ދެލޮލަށް ލޭ އަރާ ދުޅަވެފައި ހުރި ދުވަސްތަކެއްގެ މަތިންނެވެ. އެވަގުތު ލިފްޓު ދޮރު ނުލެއްޕެނީސް ފިރިހެނެއްގެ ބޫޓު ހަނިވަމުން ދިޔަ ދޭތެރެއަށް ކޮއްޕާލާ ލިފްޓުގެ ދޮރު ހުޅުވާލިއެވެ. ލިފްޓަށް […]
އަޝްހާ ގޮސް ގެއެއް ވަތްއިރު މަންމަ އާއި ބައްޕަ، މާމަ ކައިރީގައި ވަރަށް ހެވިފައި ހުރެ ވާހަކަ ދަށްކާތަން ފެނުނެވެ. “މަންމާ، ބައްޕާ، މާމާ، ކިހިނެތްވީ؟” އިވުނު ޚަބަރަކުން އަޝްހާއަށް ޝޮކެއްގެ އިތުރުން އުފާވެސް ވިއެވެ. “ދަރިފުޅާ!! ދަރިފުޅަށް އިނގޭތަ؟ ދަރިފުޅުގެ ހުރެއޭ އަންކަލް އެއް! އެކަމަކު އަންކަލްގެ އެއްވެސް ކުއްޖެއް ނުހުންނާނެ.. މާދަން ރަށަށް އެބައާދޭ.. އަންކަލް ދެއްމެ ގުޅާފަ ބުނީ… ދަރިފުޅު ގާތު ގައި މިވީ ތޭރަ އަހަރުތެރޭގައި އެވާހަކަ ނުބުނީ އަންކަލް ނުބުނާށޭ […]
ހިތުގައި އެޅިފައިވި ކޫރުންތަކަށް ލުއިކަމެއް ލިބޭތޯ ރިޔާޝް ހުރީ ބެލްކަނީގައެވެ. އޭނާގެ ހިތުގައި ވިކަމުން ދިޔައީ ރަޔާގެ ހިޔާލުތަކެވެ. ޖެހިލައި ވައިރޯޅިތަކުން އޭނާގެ އިސްތަށިގަނޑުވަނީ ހޭވިފައެވެ. ނިދިވެސް އޭނާއާ ރުޅިހަދާލައިފައި ވަނީ މާދުރަށް ގޮހެވެ. ޖީބުގައި އޮތް ފޯނު ރިންގްވާން ފެށުމުން ރިޔާޝް ފޫހިގޮތަކަށް ފޯނުގެ ސްކްރީނަށް ބަލައިލިއެވެ. އެ ފޯނަށް ޖަވާބުދޭން ފަސޭހަ ނުވާނެތީ އޭނާ ފޯނަށް ބަލަން ހުރީއެވެ. ރިންގުގެ އަޑު ކެނޑުމުން ރިޔާޝް އަށް ހަމަހޭވެރިކަން ވިއެވެ. “ކީއްވެތަ ރަޔާ ގުޅީމަ ފޯނު […]
ތަމަންނާއާއި ފާރަލާތާ މިވޭތުވެދިޔަ ފަނަރަ މިނިޓު ތެރޭގައި އިނގިގެން ދިޔަކަމަކީ އޭނާ ބިރުގެންފައި ހުރިވަރެވެ. އޭނާ ނޭނގޭ ހިތާމައަކާއި ކުރިމަތިލާކަމެވެ. ދެކޮޅަށް ބޯ ހޫރުވަމުން ކުށެއް ކުރި މުޖުރިމެއް އުޅޭ ފަދައިން އޭނާ ހަލުވި ހިނގުމެއްގައި ގޮސް ބަސް ހުއްޓިއަކަށް މަޑުކުރިއެވެ. ބަސް އާދޭތޯ އިންތިޒާރުކުރަމުން ދިޔައިރުވެސް އޭނާގެ ދެލޮލުން ކަރުނަ ނުހިކޭކަން ދުރުން ވެސް އިނގެއެވެ. ވަށައިގެން ތިބި މީހުން ފާހަގަވެގެން ބަލާލާ ކޮންމެ ފަހަރަކު ރުމަލުން ލޯ ކައިރި ފޮހެލައެވެ. ބަހަށް ތަމަންނާ އެރުމާއިއެކު […]
ޖެހިލުންވެ ހުރެ، ރަޔާންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖެހީމެވެ. ރަޔާން ދޮރު ހުޅުވާލާ ބަލާލިއިރު، އެ މޫނުމަތިން ހައިރާންކަން ފެނުނެވެ. ކުރިމަތީގައި ހުރީ އަހަރެންކަމާއިމެދު، ސުވާލު އުފެދިފައި ހުރިހެން ހީވިއެވެ. ********************** “ރަޔާން” ހިތްވަރުކޮށްލާފައި އަހަރެން ރަޔާންއަށް ގޮވާލީމެވެ. ހުއްޓުން އަރާފައި ހުރި ރަޔާނަށް ހޭވެރިކަންވީ، އަހަރެން ގޮވާލުމުންނެވެ. ދޮރުފަތް ބޮޑަށް ހުޅުވާލަމުން، އެތެރެއަށް ވަންނަން ބުންޏެވެ. އަހަރެން، ޔަމާންއާއި ދިމާއަށް ބަލާލީމެވެ. ޔަމާން ބޯ ޖަހާލުމުން، އަހަރެންވެސް ޔަމާންއާއިއެކު އެތެރެއަށް ވަނީމެވެ. ރަޔާން އެނދުގައި […]
”އަހަންނަށް ހަމަ ތިހާ އަވަހަށް ޓުރަސްޓު ކުރަން ފެށީތަ… ދެން ރަނގަޅުތާ!…”ޝާޔާ އައިސްް ހުރި ރުޅީގައި ބުނެލިއެވެ. ”ޔެސް ޝާ އަހަރެން ވަރަށް ޓުރަސްޓު ކުރަން ޝާ އަށް…” އިވިގެން ދިޔަ ޖުމުލަތަކުން ޝާޔާގެ ހިތައް ތަދުވިއެވެ. ”ލަމް. އައި ތިންކު ޔޫ އާ އަ ފޫލް… މީހެއްގެ ހަގީގަތް ނުބަލާ ޓުރަސްޓު ކުރެވޭތަ އެހާ އަވަހަށް ” ޝާޔާ ބުނެލިއެވެ. ”ވަޓަ އިޒް ދި ޕުރެބްލެމް ޝާ.. އަހަރެންނަށް ޝާ ވަރަށް ރަނގަޅަށް އެނގޭ… މާޒީ […]
ސުލްތާން ގެޔަށް އާދެވުނުއިރު ބަރާބަރު ފަހެއް ޖެހީއެވެ. ދެފައި ވައްކޮށްގެން ސޮފާމަތީގައި އިން ނީނާ ފެނި އަނެއް ފަރާތަށް އަހަރެން މޫނު އަނބުރާލީމެވެ. ދެނެހުރިކަމަށް ވެސް ނަހަދާ ބޫޓު ބާލަމުން އަހަރެން ތިން ކޮޓަރީގެ އެޕާޓްމަންޓަށް ވަނީ ހަލުވިކޮށެވެ. ހިތާމައަކީ އެވަރުންވެސް ނީނާގެ ސަމާލުކަން ލިބުނީމައެވެ. ބޮކެއް ފުންމަމުން އަންނަ ކަހަލަ ގޮތަކަށް އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ. ބަލާބެލުމަށް ހީވަނީ އެއްޗެއް ބޭނުން ވެގެން އުޅޭ ހެނެވެ. “ނީނާ ޕްރެގް ތަ؟ މަ ހީ ވެސް […]