Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ފުހެވިގެން ނުދާނޭ – 02 –

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
May 10, 2020 7 Mins Read
25 Comments

ކޮޓަރީ އެނދުމަތީގައި އޮތް އިލްފްގެ ދެލޮލުން ނިދިވީ އެތައް މޭލެއް ދުރުގައިކަން ނޭނގެއެވެ. އެ ދެލޮލާއި ނިދި ރުޅިވެފައިވާފަދައެވެ. ޚުދު އިލްފްވެސް ނިދީގެ ފުންކަނޑަށް ވެއްޓޭކަށް ބޭނުމެއްނޫނެވެ. އެންމެފަހުން އިލްފް އެނދުން ތެދުވެގެން މިސްރާބުޖެހީ ބެލްކަންޏާއި ދިމާލަށެވެ. މަޑު ހިނގުމެއްގައިގޮސް އިލްފް ހުއްޓެލީ ބޭރުފެންނަ ހިސާބުގައެވެ. އިސްއުފުލާލަމުން އުޑުގައި ފިކުރެއް ޙިޔާލެއްނެތި ރަސްކަންކުރަމުންދިޔަ ހަނދަށް ބަލާލިއެވެ. ތަރުތީބެއްނެތި އުކާލެވިފައިވާ ތަރިތަށް ފިޔަޖަހަމުންދިޔައީ އެހެން ރޭރެއާ އަޅާބަލާއިރު ނުހަނު ފުރިހަމަކަމާއިއެކުގައެވެ. ޖެހިލި ފިނި ވައިރޯޅީގެ އެހީގައި ބެލްކަނީގައިވާ މާތަކުގެ ހިތްގައިމުވަސް މުޅިތަނަށް ފެތުރިގެން ދިޔައިރު އެ ވައިރޯޅީގެ ސަމާސާގައި ބައިވެރިވަމުން އިލްފްގެ ކަޅު ރޭގަނޑެއްފަދަ އިސްތަށިގަނޑު އެ ދެލޮލަށް ނިވާއަޅާލުމުގައި ކާމިޔާބުކުރަމުންނެވެ. އެވަގުތު އިލްފްގެ ދެތުންފަތް ފޫއަޅުވާލާފައި ނިކުތީ އެންމެ ނަމެކެވެ.

“ޒީކް…” އެ ނަން އިލްފް ކިޔާލީ މީހަކާއި ސުވާލެއް ކޮއްލިފަދަ ގޮތަކަށެވެ. ކަމާލިޔާ އޭނާ ނުވެސް ދަންނަ އަންހެންކުއްޖަކާއި އޭނާގެ ކައިވެނިކުރުވަން އެ އުޅެނީ ކީއްވެބައޭ ހިތަށް އެރިއެވެ. ކުއްލިއަކަށް މުޅި މާޙައުލުގައި ގުގުމާލީ އިލްފްގެ ފޯނު ރިންގް ވާން ފެށި އަޑެވެ.

“ކޮބާ ދެވިއްޖެދޯ؟ ” ފޯނުގެ އަނެއްފަޅިން އިވުނީ ބަރުއަޑެކެވެ.

“ލައްބް! ސަރ. އަޅުގަނޑު ބޭނުން އެ ކޭސް ނަގަން. ” އިލްފްގެ އެހެން ބުނިއިރު އެ އަޑުގައި އެއްވެސް ކަހަލަ އަސަރެއްނެތެވެ. ނަމަވެސް އިލްފްގެ އަތް މުއްކެވިގެންދިޔައެވެ.

“އޯކޭ. އިލްފް ނުބުންޏަސް ސަރ އުޅުނީ އެ ކޭސް އިލްފް އާއި ހަވާލުކުރަން. އެއީ އެ ކޭސް އެންމެ ކުރާހިތުން ކުރާނީވެސް އަދި އެ ކޭސްގެ ހުރިހާ ކަމެއް ބަލަހައްޓަން އެންމެ އެކަށޭނޭ މީހަކީ ތީކަން ސަރ އަށް އެނގޭތީވެ. ” އެކޮޅުން ކުޑަ ހުނުމަކާއެކު އެ ފިރިހެންމީހާ ބުންޏެވެ.
“އެހެންވީމާ ފައިލްސްތަކާ އޭރު ރިކޯޑް ކުރެވިފައިވާ އެއްޗިހިތައް ދާނިޝްއާ ހަވާލުކުރާނަން. ” އަނެއްކާވެސް އެކޮޅުން ބުންޏެވެ.

“މިހާރު އެމީހުން މިކޮޅަށް އައީތަ؟ ” އިސްތަށިގަނޑުގައި އަތުން ފުނާއަޅާލަމުން އިލްފް އަހާލިއެވެ.

“ނޫން. ދެތިން ދުވަސްފަހުން ހުރިހާ ކަމެއް ރެޑީކޮށްފަ އަދި ތިކޮޅުގެ މީހުނާ ވާހަކަ ދައްކާފަ އެމީހުން ފޮނުވާނަން. ”

“އެހެންވީމާ އަދި އެއްހަފްތާ.” އިލްފްގެ އަޑުގައި ކުޑަ ނުރުހުމުގެ އަސަރެއްވިއެވެ.

“އާން. ދެން ކެއްތެރިވޭ. ﷲގެ އިރާދަފުޅާއެކު އެކަމުގެ ޙަޤީޤަތް ފެންމަތިވެގެން އަންނާނެ ވަރަށް އަވަހަށް. ” މިފަހަރު އެކޮޅުން ވާހަކަ ދެއްކިއިރު އެ އަޑުގައިވީ ތަފާތު އަސަރެކެވެ.

“އެއީ ކުރަން އެހާ ފަސޭހަކަމެއް ނޫން. އެމީހުން އެއީ ކޮން ގޭންގެއްކަން އެނގުނަސް އެމީހުން ހުންނަގޮތް އަދި އަލަށްދާން ދޭންވެސް މީހަކަށް ނޭނގޭ. އެ ގޭންގް މީހުންގެ އިސްވެރިއަކީ ކާކުކަމެއްކަންވެސް އަދި ނޭނގޭ.ވަރަށް ހުޝިޔާރުބައެއް. ” ކޮޓަރިއަށް ވަންނަން މިސްރާބުޖަހަމުން އިލްފް ބުނަމުންދިޔައެވެ. ފޯނުގެ އަނެއް ފަރާތުން ފުން ނޭވާއެއް ދޫކޮށްލިއަޑު އިވުނެވެ.

“ތިކަން ސަރ އަށް ވެސް އެނގޭ. އެކަމަކު އިލްފް ތީ މި އެންމެންގެ ތެރެއިން ޓްރެއިން ކުރުވާފަހުރި އެންމެ މޮޅު ވިސްނުން ތޫނު ޒުވާނާ. އަހަރެން ހުންނާނީ އިލްފްއަށް ރަނގަޅަށް އުކުޅުތައް ބޭނުންކުރަން ދަސްކޮށްދީފަ. އެންޑް. އިލްފް ބަލިކޮށްލުމަކީ އެހާ ފަސޭހައިން ވާނެކަމެއް ނޫން. އެމީހުންނަށްވުރެ އަހަރެމެން ޖެހޭނެ ހުޝިޔާރުވާން. އެހެންވީމާ އަހަރެން އެމީހުން ތިކޮޅަށް ފޮނުވާނަން ކަންތައްތައް ހަމަޖެހުނުހާ އަވަހަށް، މި ކޭސްގެ ހުރިހާ ކަމެއްގައި ލީޑް ކުރާނީ އިލްފް. ” އަނެއްކާވެސް އެ ފިރިހެންމީހާ ބުންޏެވެ. އެމީހާ ވާހަކަ ހުރިގޮތުން އިލްފްމެން އެ ކުރަން އުޅެނީ ވަރަށް ނުރައްކާތެރިކަމެއްކަން އަޑުއަހަން ހުރި މީހަކަށް ނަގައިގަނެވޭނެކަން ނޭނގެއެވެ.

“އަހަރެންގެ ފުރާނަ ދަންދެންވެސް މިކަން ކާމިޔާބުނުކޮށް ހުއްޓައެއް ނުލާނަން. ” ކުރަން އުޅުނީ ކިތަންމެ ނުރައްކާތެރިކަމެއްކަން އެނގުނު ނަމަވެސް، އިލްފް އޭނާ ކުރަން އެއުޅޭ ކަންތައް ކާމިޔާބުނުވަނިސް އަމާންދޭކަށް ނުވިސްނައެވެ. އޭނާ ބޭނުންވާ އެއްޗެއް ހޯދާފައި ނޫނީ އޭނާ ހުއްޓައެއްނުލާނެއެވެ. ގަދަކަމުން ނުވަތަ މަޖޫބުރުންވިއަސް ހެވެވެ. އޭނަގެ ފަރުވާލެއްނެތެވެ.

“އޯކޭ. ” ދެ ކޮނޑުއަރުވާލަމުން ކުރުކުރު ޖަވާބަކުން އިލްފް ނިންމާލިއެވެ.

“އެހެމް. އެހެންމަ މީހަކާ އިންނަންދޯ ތި އުޅެނީ؟ ” މިފަހަރު އެމީހާ ބުނެލިއިރު އެ އަޑުގައިވީ ލާނެތްކަމެކެވެ.

“ޒިވަމް ބުނީ ދޯ! “އިލްފްގެ މޫނުމަތިން ޙައިރާންކަމުގެ އަސަރު ފެންނަން ނެތެވެ. އެކަން ހިނގިގޮތް އޭނާއަށް އެނގުނީއެވެ.

“އެހެ. އާން. އޭނާ ދެން ނުބުނެ ހުންނާނެތަ.” ހިނިގަނޑެއްޖަހާލަމުން އެމީހާ ބުންޏެވެ.

“އަހަރެން ޒީކް އާއި ކައިވެންޏެއް ނުކުރާނަން. ” އިލްފް އެހެން ބުނިއިރު އެ އަޑުގައި އެއްވެސް ޝައުގުވެރިކަމެއްނެތެވެ.

“ދެން ކީއްކުރަން ތި ވިސްނަނީ..” މިފަހަރު އެ ފިރިހެންމީހާގެ އަޑުގައިވީ ޙައިރާންކަމެވެ.

“ދެން ބައްވަނީ. ” އަނެއްކާވެސް ދެކޮނޑު އަރުވާލަމުން އިލްފް ބުންޏެވެ. އެ ސުވާލަށް ޖަވާބުދިނުން އިލްފްއަށް އެހާ މުހިއްމެއް ނުވިއެވެ.

“ހްމްމް. އޯކޭ އޯކޭ. ” އެކޮޅުން ފޯނު ކަނޑާލުމުން ފޯނު އެނދުމައްޗަށް ހޫރާލަމުން އިލްފް އެނދުމައްޗަށް ވެއްޓިގަތެވެ. ވެފައިވާ ވަރުބަލީގެ ސަބަބުން އިރުކޮޅެއްނުވެ ނިދީގެ ފުން ކަނޑެއްގެ ތެރެއަށް ގެނބިގެން ދިޔައީ ހިތް އެކަމާ ދެކޮޅު ހަދަހަދާ އޮއްވައެވެ.

***

ރޭގައި އެހާ ލަހުން ނިދުމުގެ ސަބަބުން އިލްފްއަށް ހޭލެވުނީ ތިނެއްވެސްޖަހާ ބޮޑުވިފަހުންނެވެ. ހޭލެވުނުއިރު މުޅި މޫނުގައި ދާތިކިތަށް ވިދަމުންދިޔައިރު އެ ދެލޮލުން ފެނިލީ ތަފާތު އަސަރެކެވެ. އިރުކޮޅަކު އެހެން އިނދެފައި މޫނުގައި އެ ފިރިހެންވަންތަ އަތް ހިންގާލަމުން ފުން ނޭވާއެއް ދޫކޮށްލީ މީހާ ހަމައަކަށް އެޅުމުގެ ބޭނުމުގައެވެ. ނަމަވެސް ދެން ފެނުނީ ތަފާތު މަންޒަރެކެވެ. ކަކުލުގައި އުޅަނބޮށި ވިއްދާލަމުން އޭނާގެ ކަޅުކަންގަދަ އިސްތަށިގަނޑު ތެރެއަށް އިނގިލިތަށް މަހާލަމުން ވާންކޮއްލީ ފެނުނު ހުވަފެން ހަނދާން ނައްތާލަން ބޭނުންވުމުގެ ސަބަބުންކަން ނޭނގެއެވެ. އެހެން ނަމަވެސް އެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އެންމެ ފަހުން އެ އިޙުސާސްތަކުގެ މައްޗަށް އިލްފް އިސްކުރީ ރުޅިވެރިކަމެވެ. ދަތްތައް ކާރުވައިގަންނަމުން ދެއަތް ކުއްކަވާލާފައި ކޮޅަށް ތެދުވަމުން ފާޙަނާއަށް ވަދެ ބަންލާފައި ދޮރު ޖަހާލިއެވެ. އެއީ ކޮންމެ ދުވަހެއްގެހެންވެސް އާދައެކެވެ.

އިރުކޮޅެއްކޮއްފައި ފާޙަނާއިން ނުކުމެގެން ތުވާތްޔަކުން ބޯހިތްކަމުން އިލްފް ނުކުންއިރު ހުރީ ހަމައެކަނި ކަޅުކުލައިގެ ޖިންސްއެއްގައެވެ. ބައިމަތިފުޅާވެފައި އެ ހަށިގަނޑުގައި ހުރި މަސަލްސްތަށް ފެންނަ ކޮންމެ މީހަކަށްވެސް އިލްފްގެ ބާރު އަންދާޒާކޮށްލެވޭނެކަން ނޭނގެއެވެ. ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑުއިވުމުން އަދިވެސް މޫޑު ޚަރާބުވެފައިވުމުގެ ސަބަބުން އިލްފް ދޮރު ހުޅުވަންދިޔައީ ދެބުމަގޮށްޖަހާލައިގެން ހުރެއެވެ.

“ޒީކް ދައްތަ އެބަ އިން އައިސް. ” ހިނިތުންވެލާފައި އީނަލް ބުންޏެވެ. އިލްފް ބޯޖަހާލަމުން މިދަނީއޭ ބުނެލާފައި ދޮރުލައްޕާލިއެވެ.

“ޑޭމްއިޓް!!!” ދަތްތައް ޖައްސާ ބާރުކޮށްލަމުން އިލްފްއަށް ބުނެވުނެވެ. އެއްކޮޅުން ދުވަސް ފެށުނީވެސް އެހާ ރަނގަޅަކަށެއް ނޫނެވެ. އަނެއްކާ މިއޮތީ އަނެއްކަންތަކާ ކުރިމަތިލާން ޖެހިފައެވެ. ބޮލިގައި ކުޑަކޮށް ރިއްސާލުމުން އިލްފް ދެބުމަ ގޮށްޖަހާލަމުން އަލަމާރި ކައިރީގައި މަޑުކޮށްލަމުން އަތުގައި ޖެހުނު ހުދުކުލައިގެ ވީނެކް އަތްދިގު ޓީޝާޓު ގަޔަށް މަހާލަމުން ކޮޓަރިން ނުކުންނަން ހިނގައިގަތީ ތެއްވެފައިވާ ކަޅުކަންގަދަ އިސްތަށިގަނޑުގައި އަތުން ފުނާއަޅާލަމުންނެވެ. އެ ޓީޝާޓުގެ މެދުގައި ކަޅުކުލައިން ‘ ޕާޓް ޑެވިލް މޯސްޓްލީ އޭންޖެލް’ ޖަހާފައި އިނެވެ. ސިޑިން ފައިބަމުން ޖީބުން ފޯނުނަގާފައި ގަޑި ބަލާލިއިރު ހަތަރުގައި ބައިވަނީއެވެ.

***
ބޮޑު ސިޓިންގ ރޫމުގައި އިން ޒީކް އިނީ އިސްޖަހާލައިގެން ދެއަތް މޮޑެލަމޮޑެލައެވެ. އޭނާ އިނި ފުދޭވަރަކަށް ހިތް ނުތަނަވަސްވެފައެވެ. އޭރު ކަމާލިޔާގެ އިތުރުން އީނަލްވެސް އެތާގައި އިނެވެ. އަހްވަމްވީ ކޮންޕަނީގެ ކަމެއްގައި ރިޒޯޓަކަށް ގޮހެވެ. މީހަކު ފިޔަވަޅުނަގާ އަޑު އިވުމުން ޒީކް އިސްއުފުލާލަމުން އެދިމާލަށް ބަލާލިއެވެ. އޭރު އެ ޒުވާނާ އައިސް ކަމާލިޔާ ކައިރީގައި އިށީންނަނީއެވެ. ނުރައްކާތެރިޖަރަޖައަކަށް ރީތިކަން ހުއްކޮށްލައިގެންހުރި ޒުވާނެކެވެ. ތެއްވެފައިވާ ކަޅުކަންގަދަ އިސްތަށިގަނޑު ފެނިފައި އެއައީ ދެންމެ ތާޒާވެލައިގެންކަން ޒީކް ދެނެގަތެވެ. މުޅިތަނުގައި ހިފާލީ ނުހަނު މީރުވަހެކެވެ. ދިގު އިސްކޮޅަކާއި ބައިމަތިފުޅާ ހަށިގަނޑެކެވެ. ކަޅުކަންގަދަ ވަރުގަދަ ބުމައެކެވެ. އެ ޒުވާނާ އޭނާގެ ބޯ އެސްފިޔަތަށް ހިއްލާލަމުން އެ އަސަރުގަދަ ތޫނު ދެލޯ ޒީކްއަށް ހުއްޓާލި ވަގުތު ޒީކް އާޝޯޙުވިއެވެ. އެ ފެހި ކަޅީގެ ރީތިކަން ފެނި އެދެލޮލުގެ އެންމެ އަޑިއަށް ފީނައިގަތުމަށް ހިތް ތެޅިފޮޅިގަތެވެ. ނަމަވެސް ޒީކް ބޭރުފުށުން ދެއްކީ އެހެން އަސަރެކެވެ. އިސްޖަހާލަމުން ދަތްތައްޖައްސާ ބާރުކޮށްލިއެވެ.

އިލްފްއަށް އެ އަންހެންކުއްޖާ ފެނުމާއިއެކު ކަމާލިޔާ ގާތުގައި އިށީންނަމުން އިސްއުފުލާ އެ އަންހެންކުއްޖާއާއި ހަތަރުކަޅި ހަމަކޮށްލީ އެއްޗެއް އޮޅުންފިލުވަން ބޭނުންވުމުންކަން ނޭނގެއެވެ. ނަމަވެސް އޭނާއަށް އެދެލޮލުން އެއްވެސްކަހަލަ އަސަރެއް ނުފެނުނެވެ. އެ ކަޅުދެލިކޮޅެއްފަދަ ކަޅީގެ ވިދުވަރު ފަނޑުވެފައިވާއިރު މައްޗަށް ލެނބިފައިވާ ބޯ އެސްފިޔަތައް ތިރިކޮށްލިގޮތުން އިލްފް ޙައިރާންވިއެވެ. ދޮން ވަށް މޫނަކާއި ހިމަ ބަޓަން ނޭފަތެއްގެ އިތުރުން ގަދަ ފިޔާތޮށިކުލައިގެ ތުންފަތުގައި މޭކަޕުގެ އަސަރެއްނެތެވެ. ދިގު އިސްތަށިގަނޑު މެދަށްގެނެސް ހުޅިއެއްޖަހާލެވިފައިވާއިރު ކުރު އިސްތަށިތައް މޫނުމައްޗަށް ވެރިފައިވުމުން ވަރަށް ވެސް ހިތްގައިމެވެ. ލައިގެންހުރި ސާދާ ކަޅުކުލައިގެ އަތްދިގު ކަކުލާއިހަމައަށް އަރާ ދޫ ހެދުމަކާއި ކަޅުކުލައިގެ ޖިންސްއެކެވެ. އިލްފްއަށް އެ އަންހެންކުއްޖާގެ ދެލޮލަށް ބަލާލުމުން ނަގައިގަނެވުނީ އެންމެ ދެ ކަމެކެވެ. މަޢުޟޫމުކަމާއި އެ ދޮލުގައިވާ ހުސްކަމެވެ. އެކަމަކު އެއީ ކީއްވެހެއްޔެވެ؟

“އިލްފް މީ ޒީކް. ޒީކް މީ އިލްފް..” ކަމާލިޔާ ބުނެލީ އިލްފްއާއި ޒީކްއަށް ބަލާލަމުންނެވެ. އިލްފް ޒީކްއަށް ތޫނު ނަޒަރަކުން ބަލަން އިނދެފައި ބޯޖަހާލިއެވެ. ޒީކް އިލްފް އާއި ދިމާދަށް ބަލާވެސްނުލާ އިނީ އިލްފްގެ ތޫނު ނަޒަރު އޭނާއަށް ހުއްޓިފައިވާކަން އިޙުސާސްކުރެވުމުންނެވެ.

“މަމް. އަޅުގަނޑު ޒީކްއަށް މި ގޭގެ ތަންތަން ދައްކާލަން ގެންދަންތަ؟ ” އިލްފް ބުންޏެވެ. ޒީކް އިސްއުފުލާލަމުން އިލްފްއަސް ބަލާލިއިރު އަދިވެސް އިލްފްގެ ނަޒަރުހުރީ އޭނާއަށް ހުއްޓިފައެވެ. ކަމާލިޔާ އެކަމާއި އެއްބަސްވުމުން އިލްފް ޒީކް ގޮވައިގެން މައްޗަށް ހިނގައިގަތެވެ.

އިލްފްގެ ފަހަތުން ހިނގަމުންދިޔަ ޒީކްއަށް އިޙުސާސްކުރެވުނީ އޭނާ އަމިއްލައަށް މަތިންބައިން ޖެހިގެން އިލްފްގެ ފަހަތުން ހިނގަމުންދާހެންނެވެ. އިލްފް ގޮސް މަޑުކޮށްލީ އޭނާގެ ކޮޓަރީ ދޮރުމަތީގައެވެ. ޒީކްއަށް ބަލާލަމުން ދޮރުހުޅުވާލާފައި ވަނުމަށް ބުންޏެވެ. ޒީކް އިލްފްއަށް ބަލާލާފައި ކޮޓަރިއަށް ވަނެވެ. އިލްފް ކޮޓަރިއަށް ވަންނަމުން ދޮރުލައްޕާލއި އިރު ޙައިރާންވީ މި އަންހެންކުއްޖާ އޭނާ އާއި އެކު އެކަނި ކޮޓަރިއަށް ވަންނަން ޖެހިލުންވެސް ނުވުމުންނެވެ.

“ލުކް. ޔޫ ޑޯންޓް އިވެން ނޯ މީ. އެންޑް އައި އިވެން ޑޯންޓް ނޯ ހޫ ޔޫ އަރ ” އިރުކޮޅައްދެމިގެންދިޔަ ހިމޭންކަން ފޫދުއްވާލަމުން އިލްފް ބުނީ ޒީކް އާއި ހަތަރުކަޅިހަމަކޮށްލަމުންނެވެ. ޒީކް ހަމައެކަނި އެސްފިޔަތަށް ތިރިކޮށްލިއެވެ.

“އަހަރެން ބޭނުމެއް ނޫން ޒީކް އާ ކައިވެނިކުރާކަށް. އެކަމަކު އަހަންނަކަށް މަންމަ ކައިރިއަކު އެހެނެއް ނުބުނެވޭނެ. އައި ތިންކް ޔޫ އިވެން ޑޯންޓް ވޯންޓް ޓު ޑޫ ދިސް ރައިޓް! ޒީކް ވީ އަހަރެންގެ މަންމަ ކައިރީގަ ބުނަން މި ކައިވެންޏެއް ނުކުރެވޭނޭ..އޭރުން އަހަރެމެން ދެމީހުންނަށްވެސް މެރީކުރާކަށް ނުޖެހޭނެ. ” ޒީކް އެސްފިޔަތަށް ތިރިކޮށްލުމުންވެސް އިލްފް ބުންޏެވެ. ޒީކް އަދިވެސް އެއްޗެއް ނުބުނެ އިސްޖަހާލައިގެން ހުރުމުން އިލްފްއަށް ދެއަތް މުއްކަވާލެވުނެވެ.

“ލުކް. އައިމް ޓްރައިންގ ޓު ހެލްޕް ބޯތް އޮފް އަސް ހިއަރ..ތި ހަމަހިމޭންކަމުން ނަގަންވީ މާނައެއް ނޭނގުނު. އެހެންވީމާ ޔޫ ވިލް ޑޫ އިޓް ދޯ؟” ދެބުމަ ހިއްލައިލަމުން އިލްފް ބުނެލީ ރުޅިގަނޑު ކޮންޓްރޯލްކުރަން މަސައްކަތް ކުރަމުންނެވެ. މި އަންހެންކުއްޖާގެ މި ހަމަހިމޭންކަން އޭނާއަށް ކަމަކު ނުދިޔައެވެ.

“ނޫން! ” އިލސްއުފުލާލަމުން އިލްފް އާއި ހަތަރުކަޅި ހަމަކޮށްލަމުން ޒީކް ބުންޏެވެ.

“ވަޓް ޑޫ ޔޫ މީން ބައި ނޯ؟ ” ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިގެން ދިޔައިރު އިލްފް ބުނެލީ ފާރާއި އޭނާ އާއި ދޭތެރޭގައި ޒީކް ހަތްޔަރުކޮށްލަމުންނެވެ.

” ނޯ މީންސް ނޯ! ސްޓޭ އަވޭ ފްރޮމް މީ. އެހެން ނޫނީ…. ” އިލްފް އޭނާ އާއި އެހާ ކައިރީގައި ހުރުމުން ޒީކް ބުނެލީ ދެބުމަގޮށްޖަހާލަމުންނެވެ.

“އެހެން ނޫނީ ކީއްތަކުރެވޭނީ؟ ތި ނާޒުކު އަންހެންކުއްޖާއަށް އެއް ކަމެއްވެސް ނުކުރެވޭނެ. ” ރުޅިގަނޑު ކޮންޓްރޯލުން ނެއްޓުނުއިރު އިލްފް ބުނެލީ ޒީކްގެ އަތުގައި ހިފަހައްޓާލަމުން އިތުރަށް ފާރާއި އޭނާ އާއި ދޭތެރޭގައި ފިއްތާލަމުން ދާއިރާ ހަނިކުރަމުންނެވެ.

“އޯވްހް ޗެލެންޖް އެއްތަ ތިކުރީ؟…” ރުޅިވެރިކަމާއެކު އިލްފްއަށް ބަލާލަމުން ޒީކް ބުންޏެވެ.

“ޔޫ ވޮނަ ޖެލެންޖް މީ؟ އަރ ޔޫ ކްރޭޒީ؟ ” ޒީކް އާއި ނުރައްކާތެރި ދަރަޖައަކަށް ކައިރިވެލަމުން އެ ދެލޮލާއި ހަތަރުކަޅި ހަމަކޮށްލަމުން އިލްފް ބުންޏެވެ. މި އަންހެންކުއްޖާ އޭނާ އާއި ޗެލެންޖް ކުރުމުން އިލްފްއަށް ކުޑަކޮށް މަޖާވިއެވެ. ދެން އިލްފްއަށް ފެނުނީ ޒީކް ހިނިތުންވެލިތަނެވެ. ކުޑަކޮށް ޙައިރާންވި ނަމަވެސް، ޒީކްގެ އަތުގައި އިތުރަށް ބާރަށް ހިފަހައްޓާލަމުން އިލްފް ދެބުމަގޮއްޖަހާލިއެވެ.

“ދޫކުރާށޭ! ” އަމުރެއްކޮށްލިހެން ޒީކް ބުންޏެވެ. އިލްފްގެ ހުރި ބޮޑާ ގޮތަކުން ޒީކް ގާތަށް ކުޑާކޮށް ރުޅިއަތުވެއްޖެއެވެ. ދެން ފެނުނީ އިލްފް އެއްމިޔަކުން ހީނލިތަނެވެ.

“އައި ޑޯން ޓޭކް އޯޑާރސް.. ނޯ ވަން ގިވްސް މީ އޯޑާރސް..” އެއަޑުގައި ނުރައްކާތެރިގޮތެއް ހުރިއިރު އިލްފް ބުނެލީ ވައިއަޑުން ޒީކް އާއި ހަތަރުކަޅިހަމަކޮށްލަމުންނެވެ. އެންމެކުޑަމިނުން އެ ދެލޮލުން އެއްވެސް ކަހަލަ އަސަރެއް ނުފެނުނުއިރު އިލްފްއަށް ފެނުނީ ޒީކްގެ ތުންފަތަށް ވެރިވި ހިނިތުންވުމެވެ. މި އަންހެންކުއްޖާގެ މިޒާޖުދެކެ އިލްފްއަށް ލޯބިވެވިއްޖެއެވެ. އެހެން އަންހެންކުއްޖެއްނަމަ އޭނާދޭ ރުޅިވެރި ނަޒަރަކުންވެސް ތިބެނީ ބިރުން ވިރިވިރިއެވެ.

“އޫޕްސް. ޓޭކް ދިސް ދެން ” ކުއްލިއަކަށް ޒީކް އިލްފްގެ އަތުތެރެއިން އޭނާގެ އަތް މިނިވަންކޮށްލަމުން ޒީކްގެ ބުރަކަށި އިލްފްގެ ހަށިގަނޑުގައި ޖައްސާލަމުން އުޅަނބޮށިން އިލްފްގެ ބަނޑުގައި ގައިހުރި ބާރެއް ލާފައި ޖެހިއެވެ. އަދި ހަލުވި ޙަރަކާތަކާއި އެކު ދުރަށް ޖެހިލަމުން އިލްފްއަށް ނަޒަރު ހުއްޓާލިއިރު އެ ތުންފަތްމަތީގައި ފުޅާ ހިނިތުންވުމެއްވިއެވެ.

“ޑޭމް. ހާދަ ބާރަކަށޭ ތި ޖެހީ. ” ޒީކްއަށް ބަލާލަމުން އިލްފް ބުންޏެވެ.

“އައި ޑޯންޓް ކެއަރ. ދޫކޮށްލާށޭ ބުނީމަ ދޫކޮށްލާނީ! ” ރުޅިވެރިކަމާއިއެކު އިލްފްއަށް ބަލާލަމުން ޒީކް ބުންޏެވެ.

“ވަޓްއެވަރ. އަދި މީގެ ބަދަލު އޮންނާނެ. ބައި ދަ ވޭ. ކިހިނެއް އެ މޫވް ދަސްކުރީ؟ ” ދެލޯ ހަނިކޮށްލަމުން އިލްފް އަހާލިއެވެ. މި އަންހެންކުއްޖާއަށް އެކަހަލަ މޫވްސްތަށް ބޭނުންކުރަން އެނގުމުން ކުޑަކޮށް ޙައިރާންވި ނަމަވެސް، އިންޕްރެސްވެސް ވިއެވެ.

“އައި ޑޯންޓް ހޭވް ޓު ޓެލް ޔޫ. ” ފުރަތަމަ ކުޑަކޮށް ހާސްވި ނަމަވެސް، ފުން ނޭވާއެއްލަމުން ޒީކް ބުންނެލީ ހާސްކަން ފޮރުވާލަމުންނެވެ. އިލްފްގެ ތޫނު ސިކުނޑިއަށް އެކަން ނަގައިގަނެވުނެވެ.

“ހްމްމް. މަންމަ އާ ބައްޕަ ކޮބާ؟ ” ޒީކްއަށް ނަޒަރެއްދެމުން އިލްފް އަހާލިއެވެ. އެވަގުތު ޒީކްގެ މޫނުމަތިން ފެނުނު ކުލަވަރަކުން އޭނާ ކުޑަކޮށް ޙައިރާންވިއެވެ. އިތުރު އެއްޗެކޭ ބުނަން އަނގަހުޅުވާލުމާއި އެކު އިވުނީ ދޮރުގައި ޓަކިދިން އަޑެވެ.

” ޔެސް މަމް؟ ” ސުވާލެއްކޮށްލިފަދަ ގޮތަކަށް އިލްފް އަހާލިއެވެ.

“ޒީކްގެ ކޮޓަރި ހުންނާނެ ތިންވަނަ ވަނަ ފްލޯރ ގަ. އެވާހަކަ ބުނެލަން ވެގެން. އެއްޗެހިވެސް ހުންނާނެ ގެނެސްފަ. ” ހިނިތުންވެލައިގެންހުރެ ކަމާލިޔާ ބުންޏެވެ. އޭރު އީނަލް ވެސް އެތަނުގައި ހުއްޓެވެ.

“ހްމްމް. ޒީކް ދާންވީނު އީނަލް އާއި އެކީގަ؟ ” ޒީކްއަށް ބަލާލަމުން އިލްފް ބުންޏެވެ. އިލްފްއަށް ބަލާލަމުން ކަމާލިޔާއަށް ނަޒަރުހުއްޓާލާފައި ހިނިތުންވެލަމުން ޒީކް ނުކުމެގެން ދިޔައެވެ. އެ ހިނިތުންވުމުގެ ނިވަލުގައި އެތަށް ވޭނެއް ފޮރުވިފައިވާކަމަށް އިލްފްގެ ހިތް ބުނީ ކީއްވެކަމެއް ޙުދު އޭނާއަށްވެސް ނޭނގެއެވެ.

“މަމް. ވަދޭ. ” އެނދުގައި އިށީންނަމުން އިލްފް ބުންޏެވެ. ކަމާލިޔާ ކޮޓަރީ ދޮރު ލައްޕާލަމުން ހިނިތުންވެލާފައި އައިސް އިލްފްއާއި ޖެހިގެން އެނދުގައި އިށީނެވެ.

“މަންމަ ވަރަށް އުފާވާނެ ދަރިފުޅު ޒީކް އާއި ކައިވެނިކުރަން އެއްބަސްވެއްޖެއްޔާމު. ” އިލްފްގެ އަތުގައި ހިފަހައްޓާލަމުން ކަމާލިޔާ ބުންޏެވެ.

“ދެން އެއްބަސް ނުވެއްޖެއްޔާ؟ އަދި އަޅުގަނޑު ކައިވެނިކުރާކަށް ނުވިސްނަން. ” ދެ ކޮނޑު އަރުވާލަމުން އިލްފް ބުންޏެވެ. ކަމާލިޔާ ފުންނޭވާއެއް ދޫކޮށްލަމުން އިލްފް އާއި ހަތަރުކަޅި ހަމަކޮށްލީ ބޮޑު ސިއްރެއް ބޭރުކޮށްލަން އުޅުމުން ހަމަޖެހިލުމަށްޓަކައިކަން ނޭނގެއެވެ.

“އިލްފް. މީ މަންމަގެ ނިންމުމެއް ނޫން. މީ މީގެ އެގާރަ އަހަރުކުރިން ކުރަން ހަމަޖެހިފައިވާ ކައިވެންޏެއް. ” ނުތަނަވަސްވެފައިވާ އަޑަކުން ކަމާލިޔާ ބުންނެވެ.

“ތިބުނީ؟ ” ދެބުމަގޮށްޖަހާލަމުން އިލްފް އަހާލީ ކަމާލިޔާ އެބުނި އެތި ނަގައިނުގަނެވުމުންނެވެ.

“މިބުނީ އެމީހުން މަރުވުމުގެ މާކުރިން ހަމަޖެހި ނިމިފައިވާ ކަމެކޭމީ. އެމީހުން ނިޔާވުމުގެ ކުރިން ވެފައިވާ ވަޢުދެއް އެއީ. ” އިލްފްގެ އަތުގައިހިފާ ބާރުކޮށްލަމުން ކަމާލިޔާ ބުންޏެވެ. އިލްފްއަށް ކުޑަކޮށް ނަގައިގަނެވުނު ނަމަވެސް ޤަބޫލެއްނުކުރެވުނެވެ.

“ކާކު؟”

“އަހާނާ އާއި އާޔަންގެ ނިންމުމެއް. ” ދެލޯ މަރާލަމުން ކަމާލިޔާ ބުންޏެވެ. ދިހަ އަހަރުފަހުން އެ ނަން މީހެއްގެ ދުލުން ބޭރުވުމުން އިލްފްގެ ތަބިއްޔަތުވަގުތުން ގޯސްވިއެވެ. އެ ދުވަސްމަތިން ހަނދާންވުމުން ދަތްކުނޑިވިކާލެވުނެވެ. އަމިއްލަ ނަފުސު ކުއްވެރިކުރެވެން ފެށުނެވެ. އޭނާއަށް އެދުވަހު އެތަނުގައި ފިނޑިވެފައި ނުހުރެވުނުނަމައޭ ހިތަށް އެރިއެވެ. އެތަށް އިޙުސާސްތަކެއް އެއްފަހަރާއި އެހިތަށް ވެރިވިއެވެ. ނަމަވެސް ދެން އަނެއްކާވެސް ފެނުނީ އިލްފްގެ އެ އަސަރެއްނެތް ދެލޮލާއި މޫނެވެ. އިޙުސާސްތެއް ފޮރުވަން މިވަރުގެ ކުޅަދާނަ ޒުވާނެއް އުޅެނެހެއްޔެވެ؟

“ކިހިނެއް ޒީކް އެނގުނީ؟ ” މިފަހަރު އެ އަޑުގައިވީ ފިނިކަމެވެ.

“އެމީހުންގެ އެންމެ ގާތް އެމީހުން އެންމެ އިތުބާރުކުރާ ދެ މީހުންނަކީ ޒީކްގެ މަންމަ އާ ބައްޕަ. ” ކުޑަ ހިނިތުންވުމަކާއި އެކު ކުރީގެ ހަނދާނެއް އާކޮށްލަމުން ކަމާލިޔާ ބުންޏެވެ.

“ކޮބާ ޒީކްގެ މަންމަ އާ ބައްޕަ؟ ” ކުއްލިއަކަށް ޒީކްގެ މޫނަށް ވެރިވި ކުލަވަރު ހަނދާނަށް އައުމުން އިލްފްއަށް އަހާލެވުނެވެ.

“އެދެމީހުންވެސް ނިޔާވީ. ” ކުރު ޖަވާބަކުން ކަމާލިޔާ ފުއްދާލިއެވެ.

“ޒީކްގެ ފުރިހަމަ ނަމަކީ ކޮބާ؟ ” އަނެއްކާވެސް އިލްފް ސުވާލެއްކޮށްލިއެވެ.

” އައިޝަތު ޒީކް ޒަޔާން. ” ބޯޖަހާލަމުން އިލްފް ކަމާލިޔާއަށް ބަލާލިއެވެ.

“ދަރިފުޅު މި ކައިވެނިކުރާންތަ؟ އެމީހުންނަށްޓަކާ ނަމަވެސް؟ ” ވަރަށް އުންމީދާއިއެކު އިލްފްއާއި ހަތަރުކަޅި ހަމަކޮށްލަމުން ކަމާލިޔާ އަހާލިއިރު އެ ދެލޯވީ ކަރުނުން ފުރިފައެވެ.

“ލައްބަ ” އަހާނާ އާއި އާޔަން އަކީ ކާކުބާއެވެ؟ އެ ދެ މީހުންނައްޓަކައި އިލްފް އެ ކައިވެނިކުރަން އެއްބަސްވުމުން މި ވާހަކަތަށް އަޑުއަހަން ހުންނަ މީހެއް ޙައިރާންވެ އަންތަރީސްވާނެކަން ގައިމެވެ.

“މަންމަ ވަރަށް އުފާވެއްޖެ ” އިލްފް ގައިގައި ބައްދާލަމުން ކަމާލިޔާ ބުންޏެވެ. އޭރު އެ ދެލޮލުން މަކަރުވެރި ވިދުމެއް ފާޅުވީއިރު އެ ތުންފަތްމަތީގައިވީ ނުލަފާކަމުންފުރިގެންވި ހިނިތުންވުމެކެވެ. ހީވީ އިލްފް އެއްބަސް ނުވާނެކަން ޔަޤީންވުމުން އިލްފްގެ ބަލިފައިގެ ބޭނުންކޮށްލިހެންނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

ކައިލީން

Next

ހުދާއްކޮ(ފުރަތަމަ ބައި)

Next
May 10, 2020

ހުދާއްކޮ(ފުރަތަމަ ބައި)

Previews
May 10, 2020

ކައިލީން

25 Comments!

  1. Kairaa says:
    May 10, 2020 at 6:41 pm

    Varah varah reethi…curiously waiting for the nxt….

    1. Malsa Moosa says:
      May 10, 2020 at 7:39 pm

      Thankx kai

    2. Malsa Moosa says:
      May 10, 2020 at 7:42 pm

      Salam readers. Hope You will like this part 2. btw Next part Insha Allah Tuesday night ga. Feel free to comment your viwes. love ya all
      #stay home, be safe

  2. Isha says:
    May 10, 2020 at 7:14 pm

    Wow salhi ey malsss

  3. Malsa Moosa (Lysh) says:
    May 10, 2020 at 7:42 pm

    Heh. Thankc Isha:)

  4. Pispis says:
    May 10, 2020 at 8:14 pm

    Pispis cancer as hanguraamakuramunves film kulhenjehey viyya dho.pispis??

    1. Malsa Moosa says:
      May 10, 2020 at 8:56 pm

      Haha. Adhi balamaa vaagotheh vx dhw. 🙂

  5. Falakk says:
    May 10, 2020 at 8:16 pm

    Malko varah reethi mipart curiously waiting for the next part.lysm and stay safe

  6. Malsa Moosa (Lysh) says:
    May 10, 2020 at 8:57 pm

    Thanks Falakk. u 2 be safe:)

  7. Meekkomee says:
    May 11, 2020 at 1:46 am

    Malkoo… mi part ves varah Varah Reethi ?? Masha Allah ?? curiously waiting for the next part ?? Luv yeahhhh ❤️❤️ be safe ❤️❤️ ttyl ✌️✌️

    1. Malsa Moosa says:
      May 11, 2020 at 4:59 pm

      Thnkx meekk?. Ly 2

  8. Kylie says:
    May 11, 2020 at 2:00 am

    Maasha allah v reethi mi bai vxx.???… Bt thankolheh avahah story up koh dhevi dhaanee tha????? Waiting fr nxt part Ingey sis…???.. Nd hurihaa kudhin vx #stay home #stay safe igey☝️?☝️…..

    1. Malsa Moosa says:
      May 11, 2020 at 4:59 pm

      Thankx kylie. Yeah I’ll try nge? tc

  9. Naj says:
    May 11, 2020 at 11:05 am

    I don’t think she has cancer. Maybe it’s just acting. Anyways love this story. And ly Mal . I’m a big fan of yours?????☑️

    1. Malsa Moosa says:
      May 11, 2020 at 5:00 pm

      Awwe. Thank you a lot>3 btw balamaa dhw dhn vaagotheh ??

  10. love_reading says:
    May 11, 2020 at 2:31 pm

    mal.. varah reethi mi part vx❤️… i think ilf ge mom nubai kanneyge..?… curiously waiting
    stay safe mal

  11. malsamalkkomal says:
    May 11, 2020 at 5:01 pm

    Thankx Love_reading. Let’s see dhw? u 2 be safe ?

  12. magnumm says:
    May 12, 2020 at 12:22 am

    ކަމާލިޔާގެ ކޮންމެވެސް ކަމެއް އެބައުޅޭ.. އޭމް ސޯ ކިއުރިއަސް ޓު ފައިންޑް ބައުޓް ހަރ. ❤ބައިދަވޭ ވެއިޓިންގ ފޯ ދި ނެކްޓް. ޓޭކް ކެއަރ އެން ސްޓޭ ސޭފް ސްވީޓީ. މަޗް ލަވްސް

    1. Malsa Moosa (Lysh) says:
      May 14, 2020 at 7:14 pm

      Thankx bro. tc

  13. Lamko says:
    May 12, 2020 at 5:13 am

    Mal mi part vrh vrh reethi???whn nxt…. Curiously waiting for the next part??☺️☺️ly

    1. Malsa Moosa (Lysh) says:
      May 14, 2020 at 7:12 pm

      Thankx lamko

  14. Een says:
    May 12, 2020 at 11:00 pm

    Hey Mal where is the next part ??? Tonight is Tuesday right??? So that’s why asking

    1. Malsa Moosa (Lysh) says:
      May 14, 2020 at 7:13 pm

      Thankx gonna upload the next part soon. thanku

  15. R ❤ says:
    May 14, 2020 at 4:16 pm

    Varah reethii maasha allah I laav this story and I’m a hugeee fan of yours ?? but baeh thanthanugai English words beynun khfa huryma kudakoh odd .. next time rangalhu khlahcheyy.. much loves ?❤❤

  16. Malsa Moosa (Lysh) says:
    May 14, 2020 at 7:13 pm

    Thankx R. Yepp. Cya

Comments are closed.

Next Episodeފުހެވިގެން ނުދާނޭ – 01 –←


All Right Reserved!