Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

އެކުއްޖާ 5

yooon 10 Stories100 Comments100 Login100 Stories
May 9, 2020 10 Mins Read
4 Comments

* ކައިޔަން ކުޑަކޮށް މާޔޫސްވިއެވެ. ފެނިގެން އަނެއްކާ މިއުޅެނީ ޖިންނިއެއް ނޫންބާވައެވެ.؟ *

 

ގޭޓު ހުޅުވުމުން ހީވީ ހަތަޔަކުން ކުޅަނދުރު ބައިގަނޑެއް އުދުހިގަތް ހެންނެވެ. އެހާވެސް ގިނަ ބެލެނިވެރިން އެކުއެކީގައި އެތެރެއަށް ވަންނަން ފަށައިފިއެވެ. އެކުއްޖާގެ ޚިޔާލުތަކުގެ ތެރޭގައި ގެނބިފައި ހުރި ކައިޔަން އަށް ބޯހޫރުވާލެވުނެވެ. ޒިވީންމެން މިއަދު އަވަހަށް ސްކޫލް ނިމޭ މަތިން ކައިޔަން ހުރީ ރަނގަޅަށް ވެސް ހަނދާން ނެތިފައެވެ. ވާނީވެސް އެހެންނެވެ. އެ ކުއްޖާގެ އަސްލު ނޭނގެނީސް ކައިޔަންއަށް ދެން ހަމަ ނޭވައެއް ވެސް ނުލެވޭނެއެވެ. ހުރެވުނީ ޒިވީންމެންގެ ކްލާސް ކޮރިޑޯގައި ކަމުން ކައިޔަން އަވަސް އަވަހަށް ޒިވީން ބަލާ ކްލާހަށް ދިޔައެވެ. އިރުކޮޅެއް ނުވަނީސް ފޮތް ބޮނޑީގައި ބައްދާލައިގެން ހެވިފައި ހުރި ޒިވީން ކައިޔަންގެ ލޮލުގައި އަޅައިގަތެވެ. ކައިޔަން ހީނލާފައި އަނބުރާ ހިނގައި ގަތީ ގޭޓުން ނުކުންނާށެވެ.

 

ޒިވީން ހުރީ އަލާންއާއެކީގައި ކަމަށްވުމުންނެވެ. އެލޯބި ވަގުތުކޮޅު ޚަރާބު ކޮއްލާކަށް ކައިޔަންގެ ހިތެއް ނޭދުނެވެ. ކައިޔަންއާއި ދިމާލަށް ފަރުވާ ކުޑަ ބޭބެއެކޭ ކިޔަސްވެސް ހެވެއެވެ. އަލާން ޒިވީންއަށް ގޯސް ގޮތެއް ނުހަދާނެކަމުގެ ޔަގީންކަން ކައިޔަންގެ ހިތުގައި ވެއެވެ. ކައިޔަންގެ ސަބަބުން އަލާން އާއި ޒިވީން އެ ލިޔަމުން ގެންދާ ވާހަކަ ނިމުމަކީ ކައިޔަން ބޭނުންވާ ގޮތެއް ނޫނެވެ. ދެން ކައިޔަން ބަލާ ނައީމައި އަލާން އާއި އެކީގައި ޒިވީން ގެއަށް ހިނގައިދާނެއެވެ.

 

ކައިޔަން ގެއަށް ދިޔައިރު ފުދޭވަރަކަށް ރަސްމީވައްތަރެއް ޖަހާ ކާރެއް ގޭ ދޮރުމަތީގައި ޕާކު ކޮއްލާފައި ވެއެވެ. “މާލެއިން އަންނަން ބުނެފައި އޮތް މީހުން ބާ..؟؟” ކައިޔަންއަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. އެޔެއް ޔަގީން ކުރަން ކައިޔަން ދޮރު ކުރިމަތީ ހުއްޓި ތަޅުދަނޑި ތަޅުވަޅަށް ޖަހާލިއެވެ. ތަޅުދަނޑި ރަނގަޅަށް އަނބުރާވެސް ނުލެވެނީސް ކާރުން ކޯޓް ފަޓުލޫން ލައިގެން ހުރި ދެ މީހަކު ފައިބައިފިއެވެ.

 

އަލާންއާއެކީގައި ބައިސްކަލުގައި ޒިވީން އައިސް މަޑުކޮއްލީ އެވަގުތެވެ. “ތިއީ ކާކުތޯ..؟” ކޯޓް ފަޓުލޫން ލައިގެން ހުރި އަންހެން މީހާ އެއްސެވެ. ”އަޅުގަނޑަކީ ކައިޔަން.. ޒިވީންގެ ބޭބެ..” ކައިޔަން ބުނެލިއެވެ. އެއީ މާލެއިން އަންނަން ބުނެފައި އޮތް މީހުންކަން ޔަގީން ވުމުންނެވެ. “އޯހް އެހެން ދެއްތޯ..؟ އަޅުގަނޑަކީ ޒިޔާދާ.. އަޅުގަނޑުމެން އިއްޔެ ރޭ ބެލިން ކައިޔަން އަށް ގުޅުއްވޭތޯ.. އެކަމަކު ނުގުޅުއްވުނު.. މާފުކުރައްވާ.. އެކަމް އަޅުގަނޑުމެން އިހަކަށް ބޭނުންވަނީ ޒިވީން އާއި ބައްދަލުކުރަން..” ޒިޔާދާ ބުނެލިއެވެ.

 

ޒިވީން ދުވެލާފައި އައިގޮތަށް އައިސް ޒިޔާދާ ކުރިމަތީ ހުއްޓުނެވެ. “މިއީ ދޯ އެ ޒިވީންއަކީ ނާޒިމް..؟؟” ޖެހިގެން ހުރި ފިރިހެން މީހާގެ ކަންފަތް ބުޑުގައި ޒިޔާދާ އަހާލިއެވެ. “އާނ..! މިއީ ޒިވީން އަކީ.. އެއީ ކައިޔަން އަކީ…” ފޯނަށް ބަލާލާފައި ނާޒިމް ބުނެލިއެވެ. “އެންމެރަނގަޅު… އިހަށް އެތެރެއަށް ވަންނަމާ..” ފުން ނޭވައެއް ލާފައި ޒިޔާދާ ދޮރާއި ދިމާލަށް އިޝާރާތް ކޮއްލިއެވެ. ކައިޔަން ދޮރު ހުޅުވާފައި އެންމެން އެތެރެއަށް ވެއްދިއެވެ.

 

ވަތް ކޮންމެމީހެއް ބޯން ޖޫސް ތައްޓެއް ޒިވީން ގެނެސް ދިނެވެ. “ނަހާ..!! އަވަހަށް ގެނޭ…” ޒިޔާދާ ބޭރުގައި ހުރި މީހަކަށް ގޮވާލިއެވެ. ދެ ފުލުހުންނާއެކީ ކާރުން ނުކުތީ ކުޑަކުދިންގެ ހިޔާ ގައި މަސައްކަތް ކުރާ އަންހެން މީހެކެވެ. އެވަރު ނަހާ އަޅައިގެން ހުރި ފާހުން އެނގެއެވެ. ނަހާ އާއި ފުލުހުންނާއެކީ ތޭރަ ސާދަ އަހަރު ވާވަރުގެ ފިރިހެން ކުއްޖެއްވެސް އެތެރެއަށް ވަނެވެ.

 

އެއީ ރީތި ކުއްޖެކެވެ. އެ ފިރިހެެން ކުއްޖާ އާއި ކައިޔަންއާއި އެއްގޮތް ސިފަ ގިނައެވެ. ކޮނޑާއި ހަމައަށް ފޯރާހާ ދިގުކޮށް އޮތީ ހަމަ ކައިޔަންއަށް ވެސް ލިބިފައިވާ މުށި ކުލައިގެ ބުޅި އިސްތަށިގަނޑެވެ. ބޮޑު ދެލޮލެވެ. އެ މޫނަށް ބަލާލައިފި ނަމަ އެންމެ ބޮޑަށް ފާހަގަ ކުރެވޭނީ ރީތި ބައްޓަމަކަށް އިން އިސްތަށި ގިނަ ކަޅު ދެ ބުމައެެވެ. އެ ފިރިހެން ކުއްޖާ ހަށިގަނޑުން ވަރުގަދަހެން ހީވެއެވެ. ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓަކާއި ފެހި ޖިންސެކެވެ.

 

”ވޯވް..!!!” ޒިވީންގެ ދުލުން ބޭރުވިއެވެ. “އަޅުގަނޑުމެން ދަނީ.” ނިންމަން ޖެހޭ ބައެއް ޕޭޕަރވޯކްތައް ނިންމާލެވުމުން އެ ފިރިހެން ކުއްޖާ ކައިޔަންމެންނާއެކީ ދޫކޮއްލާަފައި އެ މީހުން ކާރަށް އަރާ ދާން ނައްޓާލިއެވެ.

 

“ކޮންނަމެއްތަ ކިޔަނީ.،؟” ޒިވީން ވަރަށް ލޯބިން އެކުއްޖާގެ ބޮލުގައި ފިރުމާލަމުން އެއްސެވެ. “އަޅުގަނޑަށް ކިޔަނީ ޒާއިން.. ތިއީތަ އަޅުގަނޑުގެ ދައްތަ އަކީ..؟ ވަރަށް ރީތި..!!” ޒާއިން ފުރަތަމަވެސް ކޮއްލީ ތައުރީފެވެ. “ތޭންކްސް ކޮއްކީ..!!” ޒިވީން ނިކަން ބޮޑަށް ފޮނިވެލިއެވެ. އެއީ ކައިޔަންއަށް ބުނަން ނޭގުނު ޖުމްލަ ތަކުގެ ތެެރެއިން އެއްޖުމްލައެވެ.

 

“ޒާއިން..! ޒިވީން..! ބައްޕަ އެހުރީ ޒިވީއާއި ގުޅުވާފައި ނަންދީފައި ދޯ…؟” ކައިޔަން ބުނެލިއެވެ. “ދެން ބައްޕަ މަރުވީމައި ޒާއިން ދެރައެއް ވެސް ނުވޭތަ..؟” ޒިވީން އެއްސެވެ. ޒާއިން ފާޑަކަށް ޒިވީންގެ މޫނަށް ބަލާލިއެެވެ. އެ ދެލޮލުން ފުރަތަމަ ފެނުނީ ބީރައްތެހި ކަމެވެ. ދެވަނަ ސިކުންތު ކޮޅުގައި ޒާއިން އެއް މިޔަކަނަކަށް ހީނލިއެވެ. “ދޮންތި ދެރައެއް ނުވޭތަ..؟؟” ޒާއިންގެ ބަސްމަގު ހާދަ މޮޅޭ ކައިޔަންގެ ހިތަށް އެރިއެވެ. “ދޮންތަ ބައްޕަ ދުށް މަތިންވެސް ހަނދާނެއް ނެތް..” ޒިވީން ހިތާމަވެރި ގޮތަކަށް ހީނލިއެވެ. “ޒާއިން..! އަސްލު ވީ ގޮތް ބޭބެއަށް ކިޔާދީބަލަ.. ޒާއިންގެ މަންމަ، ބައްޕައަށް ފިލީ ކީއްވެ..؟؟ ބައްޕަ މަރުވީ ކިހިނެތް..؟؟” ކައިޔަން އަހާލިއެވެ. ޒާއިން ފުން ނޭވާއެއް ލާ ކައިޔަންގެ މޫނަށް ބަލާލިއެވެ.

 

“އަޅުގަނޑު އަސްލު މިވާހަކަ އެހާ ދައްކާ ހިތެއް ނުވޭ.. އެކަމަކު ބޭބެ ބުނީމައި ދެން ކިޔައިދީފާނަން.. އަޅުގަނޑުގެ މަންމައަކީ ވަރަށް ނުލަފާ އަންހެނެއް.. އެނގޭ މަންމައަށް ވީމަ އެހެން ބުނާކަށްވެސް ނުވާނެ ކަން.. މަންމަ ދިޔައީ ބައްޕަގެ ފައިދާ ނަގަމުން.. މަންމަ ބައްޕަ ބޭނުންވަނީ ލިބޭ އާމްދަނީއަށް އެކަނި.. ލިބޭ މުއްސަނދިކަމަށް އެކަނި… ބައްޕަ އުޅެމުން ދިޔައީ ވަރަށް ހާލުގައި އަޅުގަނޑަށްޓަކައި..” ޒާއިން ނޭވާ ލާން ކުރުކޮއްލިއެވެ. “މަންމަ ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަނީ އަޅުގަނޑު.. ކުނި ކަހާ އެއްޗެހި ދޮވެ އިސްތިރި ކޮށް ހަދަނީ ހަމަ އަޅުގަނޑު.. ކައްކަނީވެސް އަޅުގަނޑު.. ކެއްކުމަކީ އަޅުގަނޑު ކުރިންސުރެ ފަށައިގެންވެސް ވަރަށް ކުރާ ހިތްވާ ކަމެއް… އެކަމަކު އަޅުގަނޑު ކައްކާ ހިތް ކެނޑެން ފެށީ ހަމަ މަންމަ އާއި ހެދި..! ކޮންމެ ރެއަކު އަޅުގަނޑު ކައްކާފައި ނިދަން އޮށޯންނަ ފަހުން ބައްޕަ އައީމަ މަންމަ ދޮގު ހަދާނީ އެއީ މަންމަ ކެއްކި އެއްޗެއްސޭ ކިޔައިގެން..!” ޒާއިންގެ ދެ ލޮލުން ނަފްރަތުގެ އިތުރުން ހިތާމަ ފެނެއެވެ.

 

“އަދި ބައްޕަ ރޭގަނޑު ގަޑީގައި ވަޒީފާއަށް ދާ ރޭރޭ މަންމަ ގެއަށް އެހެން މީހުން ގެނެސްގެން މަޖާކުރޭ.. އެންމެފަހުން މީގެ ކުރިން ހަފްތާގައި ބައްޕައަށް ލިބުނު މުސާރަކޮޅު ނަގައިގެން ކޮންމެެވެސް އެހެން ފިރިހެނަކާއެކީގައި މަންމަ ފިލީ.. އަޅުގަނޑު ހުރިހާ މަންޒަރެއް ވެސް ދެކުނިން.. އެތާ ހުންނާނެ ގާތްގަނޑަކަށް ދިހަ ހާހަށްވުރެ ގިނަ ރުފިޔާ.. މަންމަ އެހެން ހަދާފައި ދިޔުމުން ބައްޕަގެ ސިކުނޑީ ގޯސްވީ ކަންނޭނގެ.. އެއްރެއަކު ބައްޕަ ގެއަށް އައީ ފާޑެއްގެ ޕެކެޓްތަކެއް ހިފައިގެން..! އެއީ ކޯޗެއް ކަމެއް އަޅުގަނޑަކަށް ނޭނގޭ.. ބައްޕަ ކޮޓަރީގައި ތަޅުލައިގެން ހުރެ ހުރެފައި ނުކުތީ.. އަޅުގަނޑު ބައްޕަ ގާތު ކާން އަންނާށޭ ބުނީމައި ގޮސް އިށީނީ ބެލްކަނީގައި… އަވަހަށް ކާއެއްޗެއް ގެންނާށޭ ކިޔާފައި… ދެން އަޅުގަނޑު ކާއެއްޗެހި ދިނީމައި ފެން ކަމަށް ހިތާ ބައްްޕަ ބޯލީ ވެނީލާ އެސެންސް ފުޅި.. އެރޭ ބާރަ ޖަހަނިކޮށް ބައްޕަ ނުކުތީ…  އޭގެފަހުން އަޅުގަނޑު ގޭގައި ދެދުވަސް ވަންދެން ހުރެފައި އެއްރޭ ދަނިކޮށް ފުލުހުންގެ ކާރެއް ކުރިމައްޗަށް އެރުނީ.. އެ މީހުން ކިޔައިދިނީމައި އަޅުގަނޑަށް އެނގުނީ އެރޭ ބޮޑު ލޮރީއެއްގައި ޖެހިފައިގޮސް ބައްޕަ މަރުވިކަންވެސް… ދެން ނަސީބަކުން އެމީހުން އަޅުގަނޑަށް އެހީތެރިވެދިނީ..” ޒާއިން ހާ އިން ޗަވިޔަންޏަށް ކިޔައިދިނެވެ.

 

“ސުބުހާނައްﷲ..” ޒިވީން ހުރީ ފެންކަޅިވެފައެވެ. ޒާއިން އުފަންވީއްސުރެ ހަޔާތުގެ ކޮންމެ ސަފްހާއެއްގައި ލިޔެވިފައިވަނީ ވޭނީ އަދި ހިތްދަތި ވާހަކަތަކެއްކަން ނަގައިގަަނެވުމުންނެވެ. ”އޯކޭ.. މީގެފަހުން މީ ހަމަ ޒާއިންގެ ދޮންބެ އާއި ދޮންތަ… މިގެއަކީ ވެސް ހަމަ ޒާއިންގެ ގެ.. ކުރީގައި ވީހާ ކަމެއް ހަނދާން ނައްތާލާފައި ދޮންބެމެންނާއެކީގައި އިނގޭ ދެން އުޅޭނީ.. އެހެން އެއްވެސް މީހަކަށް ޒާއިންއަކާ ނުބެހެވޭނެ.. ޒާއިންގެ މަންމައަށްވެސް..” ކައިޔަން ޒާއިން ގާތްކޮއްލަމުން ބުނެލިއެވެ.

 

“ޒިވީ މިއަދު އެއްވެސް ތަނަކަށް ނުދަންޏާ ޒާއިންއާއެކީގައި މަޑުކޮއްލައްޗޭ.. ހެޔޮ ޒާއިން ގޮވައިގެން އަވީނާ ދައްތަ މެންގެ ގެއަށް ދިޔަޔަސް..! އެގޭ މީހުންނާއި ވެސް ޒާއިން އެކުވެރި ވާންވާނެއްނު..؟ އެންޑް ދޮންބެ ދޭއް ޖަހާލާކަށް ހާއިރު އެބަދާންޖެހޭ..” މޫދަށް އައުމަށް އެދި ރަނާ ކޮއްފައިވާ މެސެޖަށް މިދަނީ އޭ ބުނެ ރިޕްލައި ކޮއްލަމުން ކައިޔަން ބުނެލިއެވެ. “އެއްދުވަހު ދޮންބެ ތި ދާތާކަށް ޒިވީވެސް ގޮވައިގެން ދޭބަލަ..” ޒިވީން ބުނެލިއެވެ. ”ނޯވޭ ކިޑޯ..!!! ބޮޑު ވަންދެން އަދި އިހަކަށް ގޭގައި މަޑުކޮއްލާ..” ކައިޔަން އެހެން

ބުނެފައި މައްޗަށްއަރާ ތިންވަނަ ކޮޓަރިން އޭނާގެ ކޮމްޕިއުޓަރާއި އެހެން ވަޒީފާގެ ސާމާނުތައް ނެރި ޒާއިން އަށް އެ ކޮޓަރި ރީތިކޮއްދިނެވެ. ޒިވީން ޒާއިންއަށް ކާންދިނެވެ.

ޕްރިންސިޕަލްގެ އެދުމުގެ މައްޗަށް ސްކޫލަށް ބޭނުންވާ ދެތިން ވޯކްޝީޓެއް ނިންމާލާފައި ކައިޔަން ބޭރަށް ނުކުތެވެ. އޭރު ދޭއް ޖަހަން މާ ގިނައިރެއް ނެތެވެ. އޭރު ޒާއިންއާއި ޒިވީން ޓީވީ ބަލަން ހުއްޓެވެ. “ކައުންޓް ޑައުން” ކިޔާ މީހަކު ބިރުން ހުރިތަނަށް ކުޑަކަމު ދާވަރުގެ އެ ބިރުވެރި ފިލްމް ބަލަން ޒިވީން އާއި ޒާއިން ވަރަށް ފޯރީގައި އިނެވެ. “ގަދަ ދެކުދިންނޭ…!!” ކައިޔަންގެ ހިތަށްއެރިއެވެ. ބައްދަލު ވިތާ އިރުކޮޅެއްނުވަނީސް އެއީ ދޮންތި އާއި ކޮއްކޮގެ ގޮތުގައި ވެނިމިގެން ގޮސްފިއެވެ.

ކައިޔަން ކާރަށް އަރަން ދޮރުފަތް ހުޅުވާލިތަނާ ރަނާ ގުޅިއެވެ. “މިރޭ ޔޫޝުއަލް ބޭއްވޭނެ ހެންނެއް ހިޔެއް ނުވޭ. އަދި މިއަދު މަޣުރިބަށް ގޮވަންވާއިރަށް ވާރޭ ވެހިއްޖެނަމަ ޔޫޝުއަލް ކެންސަލޯ އިކޫ ބުނީ.. ރަނޫ މި ބަލަނީ ނުބޭއްވޭނެ ކަމަށް… ބަލާބަލަ އުޑުމައްޗަށް.. ހީވަނީ ދެންމެ ދެންމޭން ރޯން ފަށާ ވާރޭ ތިކިތަކުން އަހަރެމެން ތެންމާލަފާނެހެން..!!” ރަނާ ބުނެލިއެވެ. ރަނާ އެހެން ބުނެލުމުން ކައިޔަން މައްޗަށް ބަލާލިއެވެ. އުޑުމަތި ވަނީ ކަޅުވިލާތަކުން ބައްދާލާފައެވެ. ދެން މިއަދު އަވި އަރާނެހެންނެއް ހިޔެއް ނުވެއެވެ. އެހާވެސް ވިއްސާރަ ހަދާފައި އޮތެެވެ. ”އޯކޭ.. މި އަންނަނީ އިނގޭ..” ލައިގެން ހުރި އޮރެންޖް ޓީޝާޓްގެ ކަރުވަޅަށް ދަމާލަމުން ކައިޔަން ކާރަށް އަރާ ދުއްވާލީ ގަޑިޖެހުމުގެ ކުރިން އަތިރިމައްޗަށް ދެވޭތޯއެވެ.

ކައިޔަންއަށް އެހިސާބަށް ފޯރުނުއިރު އެންމެންގަނޑު ވެގެން މޫދުގައި ސަކަރާތްޖަހަނީއެވެ. ކައިޔަންވެސް ދިޔަގޮތަށް ގޮސް މޫދަށް ފުންމާލިއެވެ.

“ޔޭ.. ކައި އިސް ދަ ބެސްޓް..” ރަނާ ހަޅޭއްލަވައިގަނެފައި ކައިޔަންގެ ކޮނޑުގައި އެލިގަތެވެ. ރަނާގެ އަތުން ސަލާމަތްވާން ކައިޔަންއަށް ދެވުނީ އަޑިޔަށެވެ. ހަމަރަނގަޅަށްވެސް ރަނާ މިހާރު އެއުޅެނީ މާ އަވަހަށް ކަންތައްތައް ހިންގުވާލަންކަން ކައިޔަންއަށް އެނގުނެވެ. ރަނާ ލައިގެން ހުރި ރަތް ކުލައިގެ ބާރު ޓީޝާޓާއި ކަޅު ޓައިޓް ގައި ފަތަން ފަސޭހަ ވާނެ ކަން ޔަގީނެވެ. ބުޅި އިސްތަށިކޮޅު ތެމިފައި ހުރުމުން ވަނީ މޫނުމަތީގައި ތަތްލަވާފައެވެ.

 

ދެއަކުން ފަށައިގެން ފަސްގަޑި ބައި ވަންދެން މޫދުގައި މަޖާކުރަން ހުރެހުރެފައި ކައިޔަން އެކަނި ފަތާލުމައްޓަކައި ތަންކޮޅެއް ފުނަށް ދިޔައެވެ. ރަށުގެ ކުޑަކުޑަ ފާލަން ހުންނަނީ ރަށުގެ އެހިސާބުގައެވެ.

އަޑިއަށް ގޮސް ފީނާލާފައި ކައިޔަން މައްޗަށް އެރިއެވެ. އޭރު ރާޅުވެސް ހޮޅިލައި ނަގަން ފަށައިފިއެވެ. އެވަރުންވެސް އެއްވެސް މީހަކު އަރާ ޚިޔާލު ނުކޮށް ސަކަރާތް ޖަހަން ތިއްބެވެ. މައްޗަށް އެރި ތަނާހެން ޖެހުނު ފިނި ރޯޅިން ކައިޔަންގެ ގައިން ހީބިހި ހިލުވާލިއެވެ. ހަމަ އެވަގުތު ކައިޔަންގެ ލޮލުގައި އަނެއްކާ ވިހުރުވިގެން ދިޔަ ދިގު އިސްތަށިގަނޑު އަޅައިގަތެވެ. އެއީ ހަމަ އެކުއްޖާއެވެ. އެކުއްޖާ ލައިގެން ހުރީ ކަކުލާއި ހަމައަށް އަންނަވަރުގެ ހުދު ޖެކެޓަކާއި މަޑު އޮރެންޖް ޓީޝާޓެކެވެ. ދެން ލައިގެން ހުރީ އަޅިކުލައިގެ މަޑުފޮއްޗަކުން ހަދާފައިވާ ސޯޓެކެވެ. ކުރިން ފަހަރުހެން އެކުއްޖާ ލޮލު ކުރިމަތިން ގެއްލިގެން ގޮސްފާނެތީ ކައިޔަން ސިއްރު ސިއްރުން ބަލަން ހުއްޓެވެ.

 

އެކުއްޖާ ހުރީ ކައިޔަން އުނދޯލީގައި އޮއްވާ ދެކުނު ކުޑަ އަންހެން ކުއްޖާއާއި އެކީގައެވެ. އެހެން ވެއްޖެނަމަ އެ ކުޑަ އަންހެން ކުއްޖާއަކީ ހަމަ އަވީނާ ދައްތަގެ ދަރިފުޅެވެ. އެ އެކުޑަ ކުއްޖާ ކުޅެން އިން ތައުސަން ފްލާވާރ އަތުން ދޫވިއެވެ. ވަޔާއެކީގައި އެ މާ ދިޔައީ ފާލަމުން ބޭރަށެވެ. އެކުޑަކުއްޖާ ބާރަކަށް ދުވެލާފައި ގޮސް އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވިގެން މޫދަށް ވެއްޓުނެވެ. އެ ކުޑަ އަންހެން ކުއްޖާ ފިސް އަޑަކުން ހަޅޭއްލަވައިގަތެވެ. “އައިއްކޯ…!!!” އެކުއްޖާގެ ދެލޯ ބޮޑުވިއެވެ.

 

ކައިޔަން އެ ރަނުގެ ފުރުސަތު ދޫކޮއްލާކަށް ބޭނުމެއް ނުވިއެވެ. ވަގުތުން އެދިމާލަށް ފަތައިގަތެވެ. ކައިޔަން އެކުޑަ ކުއްޖާއާއި ވަރަށް ކައިރިވެފައި ހުއްޓާ ފާލަން މަތީ ހުރެ އެކުއްޖާ ލައިގެން ހުރި ޖެކެޓް ބާލާ އެއްލާލާފައި މޫދަށް ފުންމާލިއެވެ. ފެތުމުގެ މުބާރާތެއްގައި ވެސް މީހަކު ނުފަތާނެހާ ބާރަަށް އެކުއްޖާ ފަތައިގަތެވެ. ހީވީ މަހަކަށްވެސް ދޫ ނުކުރާނެ ހެންނެވެ. ކައިޔަންގެ އަތް އެ ކުޑަ އަންހެން ކުއްޖާގެ އަތުގައި ޖެހުނުއިރު އެކުއްޖާ ވިދުވަރެއް ހެން، ފަތާލާފައި އައިސް ހަމަ ކޮއްލައިފިއެވެ.

 

“މަރި… މަރިޔަން ދައްތާ..!!!!” އެކުޑަކުއްޖާ އެކުއްޖާގެ ގައިގައި ބައްދައިގަތެވެ. ފިނިވެފައިވާ ވަރުން އެ ކުޑަ ކުއްޖާގެ ދަތްދޮޅި ތެޅެމުން ދިޔައިރު ހީވަނީ ފަހާފޮއްޓެއްގެ ދަތްގަނޑު ހިންގާލާފައިވާ ހެންނެވެ. ކައިޔަންއަށް ހުރެވުނީ ބަހެއް ބުނަން ނޭގިފައެވެ. “ޝު…ކުރިއްޔާ އައިން ސަލާމަތް ކޮއްދިނީތީ ވަގު ބޭބެ އަށް..” ތުރުތުރު އަޅަމުން އެކުޑަކުއްޖާ ބުނެލިއެވެ. ކައިޔަން ކުޑަކޮށް ރަކިވިއެވެ. އިސްޖަހާފައި އިސްތަށިގަނޑު ފުދޭވަރަކަށް ހާވާލެވިއްޖެއެވެ. ހަމަ އެކުޑަކުއްޖާގެ ހަނދާން ގަދައީތާއެވެ.

 

އެކުއްޖާ ކަިއޔަންއަށް ހީލުމަށްފަހު ފާލަމަށް އެރިއެވެ. އަދި އެ ކުޑަ ކުއްޖާ އުރާލައިގެން ދިޔައެވެ. “މަރިޔަން އޭ..؟؟؟” ކައިޔަންއަށް އެ ނަން ކިޔާލެވުނެވެ. “އެހޫރެއްފަދަ، އެކުއްޖާއަށް ކިޔާ ނަމަކީ މަރިޔަން..؟؟؟” ކައިޔަންއަށް ކުޑަކޮށް ހީލެވުނެވެ. ހަގީގަތަށް ބުނާނަމަ އެނަމާއި އެކުއްޖާއަކާއި ނުގުޅެއެވެ. ނަމަވެސް ހެވެއެވެ. ކިޔާ ނަމެއް ކިޔާފާނެއެވެ. ނަމަކީ މުހިއްމު އެއްޗެއްނޫނެވެ.

 

ކުއްލިއަކަށް ކައިޔަންގެ ފައިގައި ހިފާ މީހަކު އަޑިއަށް ގަންބާލިއެވެ. ވިސްނާނުލާ ހުރުމުން ކައިޔަންއަށް ލޮނު ކޯވަރެއް ބޮވުނެވެ. “ރަނޫ..!” މައްޗަށް އެރިގޮތަށް ކައިޔަންއަށް ބުނެވުނެވެ. ”އާދެބަލަ..!!” ރަނާ ބުނެލިއެވެ. ރަނާ އެދުނީ ރަނާއާއި އެކީގައި ފަތާލަން ދާށެވެ. މަޖުބޫރުވެގެން ކައިޔަން ފަތަން ދިޔައެވެ. މިވަނީ ކިހިނެތްބާވައެވެ.؟؟؟ ގާތުގައި މިހުރީ ތިން އަހަރު ވަންދެން ކައިޔަންގެ ހުރި ހަމައެކަނި ރާނީއެވެ. ރަނާއާއެކީ ކުރިން އުޅެވުނުހެން ނޫޅެވެނީ ކީއްވެގެންކަމެއް ކައިޔަންއަކަށެއް ނުވިސްނުނެވެ. އެކުއްޖާ ފެނުނު ފަހުން ކައިޔަން ބޭނުންވަނީ ރަނާއާއި ވީހާވެސް ދުރުގައި ހުރުމަށެވެ. ނަމަވެސް ފުރަތަމަ ނަޒަރުގައި ލޯތްބަކީ ވެސް ކައިޔަން ގަބޫލުކުރާ ވާހަކައެއްނޫނެވެ.

 

މަޣުރިބަށް ގޮވިތަނާ ވާރޭ އޮއްސައިގަނެފިއެވެ. ރަނާގެ ލަފާ ކުރުން ސީދަލެވެ. އެންމެން ގެއަށް ދާން ހިނގައިގަތެވެ. ކައިޔަންގެ ސަމާލު ކަން ހޯދަން ވެގެން މިފަހަރު ވެސް ލަނޑު ލިބުނީ ރަނާއަށެވެ. ރަނާ ދާން ޖެހުނީ އިކުވާންއާއެކީ ސައިކަލުގައެވެ. އެންމެން ދިޔުމުން ކައިޔަން ގެއަށް އައެވެ. އޭރު ގޭގެ ދޮރުގައި ސްޓިކީ ނޯޓެއް ހިއްޕާލާފައިވެއެވެ. އަތު ލިޔުމަށް ބަލާލުމުން އެއީ ޒިވީން ލިޔެފައިވާ ނޯޓެއްކަން ކައިޔަންއަށް ވިސްނުނެވެ. “މިހުރީ އަވީނާދައްތަމެންގެ ގޭގައި.. ދޮންބެވެސް އާދޭ..” ނޯޓު ކިޔާ ނިންމާލާފައި ކައިޔަން ދޮރު ހުޅުވިއެވެ. އަދި އެތެރެއަށްވަދެ ފެންވަރާލައިގެން ކައިޔަން ކަޅު ހޫޑީއަކާއި ފެހި ޖިންސު ސޯޓެއް ލިއެވެ. ކައިޔަން ނުކުތް ތަނާ އިޝާއަށް ބަންގި ދިން އަޑު ފަޒާގައި ގުގުމާލައިފިއެވެ.

 

ކައިޔަން އެގެއަށް ވަދެ ސަލާމް ގޮވިއެވެ. ޖަވާބު ދޭނެ އެކަކުވެސް ނުވިއެވެ. އެންމެން މިގަޑީގައި ތިބޭނީ ނަމާދަށް ކަންނޭނގެއެވެ. ދެ ފިކުރެއްގައި ހުރެފައި ކައިޔަން އެެތެރެއަށް ވަނެވެ. ސަލާމް ބަލައި ނުގަންނަނީސް ގެއަކަށް ވަނުމަކީ ރަނގަޅުކަމެެއް ނޫންކަން އެނގިހުރެ ވެސް ކައިޔަން ސޯފާގައި އިށީނެވެ. އިންތާ ދެ މިނެޓްވެސް ނުވާނެއެވެ. ކުއްލިއަކަށް ކޮޓަރިއެއްގެ ދޮރު ހުޅުވާލާފައި މަރިޔަން ނުކުތެވެ.

 

މަރިޔަން ދިޔައީ ސިއްސައިގެންނެވެ. ކައިޔަން ފެނުނީމައި ތޯއްޗެކެވެ. އިރުކޮޅަކު ކައިޔަންއާއި ހަތަރު ކަޅި ހަމަކޮއްލައިގެން ހުރެހުރެފައި މަރިޔަން މަޑުމަޑުން އިސް އޮބާލާފައި ބަދިގެއަށްވަދެ ކާން ހަދަން ފެށިއެވެ. ކައިޔަންއަށް ހުރެވުނީ ބަލާށެވެ. އެބޮޑު އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލާފައިވުމުން ތަފާތެވެ. އެ ދޮން ކަނދުރާ ހާމައަށް އޮތުމުން މަރިޔަންގެ ރީތިކަން އިތުރު ކޮއްދެއެވެ. ކުއްލިއަކަށް ނަމާދު ދޮޅި އަޅައިގެން ހުރެ އަވީނާ ނުކުތެވެ. ”އަނހަ.. ކައިޔަން އައީތަ..؟ މަރިޔަން މަންމަ ގާތު ބުނެލިނަމަ..” އަވީނާ ބުނެލިއެވެ. “ސޮރީ މަންމާ..!” މަރިޔަން ބުނެލިއެވެ.

 

“އެންމެން އެބައުޅޭ ބޮޑު ކޮޓަރީގައި މަޖާކުރަން.. ދޭބަލަ ކައިޔަންވެސް..” އަވީނާ އެހެން ބުނެލާފައި ވާތުގައި ނޫ ދޮރެއް ހުރި ކޮޓަރިއަށް އިޝާރާތްކޮއްލިއެވެ. ކައިޔަން އެތެރެއަށް ވަތްއިރު އަލާންއާއި ޒިވީން ފޯރީގައި އައިޕެޑް ބަލަން ހުއްޓެވެ. ޒާއިންއާއި އެ ކުޑަ ކުއްޖާ ވެސް އެކުވެރިންނަށް ވެއްޖެއެވެ. ޒާއިން ކައިޔަންއަށް އެ ކުޑަ ކުއްޖާ ތައާރަފް ކޮށްދިނީ އެހެރަ ވަނީ ވަގު ބޭބެއޭ ބުނުމުންނެވެ. އެ ކުޑަކުއްޖާ އަށް ކިޔަނީ އައިންއެވެ. ”ހާދަ އެއްވައްތަރު ކޮށޭ އަވީނާ ދައްތަ ނަން ދެނީ..” ކައިޔަން ބޯ ހޫރާލާފައި ކަނުގައި ހުރި ގޮނޑިއެއްގައި އިށީނދެލިއެވެ. އުފާވެރިކަމުން ފުރިފައިވާ އެ ކޮޓަރިއަށް ކައިޔަން ބަލާލިއެވެ.”ކަންތައް ހިނގައިގެން ދަނީ ހާދަ އަވަހަކަށޭ..” ކައިޔަންއަށް ބުނެވުނެވެ.

 

“މަންމަ މިބުނީނު މަންމަ އަމިއްލައަށް ކާން ހަދާލަފާނަމޭ.. އަބަދު މަރިޔަންވެސް ތިހެން އުޅޭކަށް ނުވާނެއްނު..؟ ސަތާރަ އަހަރު ވިޔަސް އަބަދު މަސައްކަތް ކުރަންޏާ މަރިޔަންވެސް ވަރުބަލި ވާނެއްނު..؟ އިހަށް ދޭބަލަ ކޮއްކޮމެންނާއެކީގައި ހުރެލަން..” އަވީނާ މަރިޔަންގެ އަތުގައި ހިފާ ކޮޓަރި ތެރެއަށް ވައްދާލުމަށްފަހު ދިޔައެވެ. “ހާއި މަރީ..!!! އާދެބަލަ އިށީނދެލަން..” އަލާން ބުނެލިއެވެ. “ދޮންތައޭ ކިޔާ ގޮވާލާނީ ކޮންދުވަހަކުންބާ..؟” މަރިޔަން ޕިސްޕިސް ކިޔަމުން ގޮސް އަލާންއާއި ޖެހިގެން އިން ހުސް ތަންކޮޅު ގައި އިށީނދެލިއެވެ.

 

ފަންސުރާއި ފޮހޭ ރަބަރުކޮޅަކާއި ކުރަހާ ފޮތެއް ނަގާ މަރިޔަން ފެށީ ކުރަހާށެވެ. ކައިޔަން ހުރީ މަރިޔަންގެ ހަރަކާތްތަކަށް ބަލާށެވެ. ވަރަށް ފަރުވާތެރިކަމާއެކީ މަރިޔަން އެކުރަހަނީ ކޯއްޗެއްކަން އެނގޭތޯ ކައިޔަންއަށް ދުއާ ކޮއްލެވުނެވެ. ނަސީބު ހިފީ ކައިޔަންގެ އަތުގައެވެ. މަރިޔަން ކޮންމެވެސް އެއްޗެއް ނަގަން ގަނޑު ބޭއްވި ގަޑި ފަންކާގެ ވަޔަށް ކެތް ނުވެގެން ގަނޑު އައިސް ވެއްޓުނީ ކައިޔަންގެ ފައި ބުޑަށެވެ. ކައިޔަން ގަނޑު ނަގާ ވަގު ލޮލަކުން ބަލާލިއެވެ. އެ ތަސްވީރު ފުރިހަމައެއްނުވެއެވެ. ކުރަހަން ފަށާފައިވަނީ ފިރިހެން ކުދިންތަކެކެވެ. މަތީގައި ބޮޑު އަކުރުން ބީ ޓީ އެސް ޖަހާލާފައި ވުމުން މަރިޔަންއަކީ ކޮރެއާ އެއްޗެއްސަށް ލޯބިކުރާ ކުއްޖެއް ކަން ދައްކުވައިދެއެވެ. މަރިޔަން އައެވެ. ކައިޔަން ގަނޑު ދިއްކޮއްލިއެވެ. މެސެންޖަރ އިން އިކުވާންއާއި ވާހަކަ ދައްކަނިކޮށް އަވީނާ އައިސް ކާންގޮވިއެވެ.

 

ކައްކާފައިވަނީ މީރު ބިރިޔާނިއެވެ. ތަރުކާރީއާއި އެކީގައި ކުކުޅު މަސް އެއްކޮއްލާފައި ވުމުން ރަހަ އިތުރަށް ފުރިހަމަ ކޮއްލަދެއެވެ.

 

އެ މީރުކަމުން ޒިވީންވެސް ދެވަނަ ފަހަރަށް އަޅައިގެން ކެއެވެ. ”މްމްމްމްމް.. ކާކުތަ މި ކެއްކީ..؟” ޒާއިން އެއްސެވެ. “މަރީ.. އެނޫން ކާކުތަ..؟ މަރީ ވަރަށް މީރުކޮށް ކައްކާނެ.. އެހެންވެ ބުނެލަން އޮތް ވާހަކަ އަކީ މަރީ ކަހަލަ ދައްތައެއް އެންމެންނަކަށެއް ނުލިބޭނެޔޭ..” އަލާން ހީގަތެވެ. މަރިޔަން ކުޑަކޮށް ރަކިވިއެވެ.

ކޯމައްޗަށް ރަތްކުލަ ފާއްދާލި ގޮތުން މަރިޔަން ހުރީ އަލާން އެހެން ބުނެފާނެ ކަމަކަށް ނޫންކަން ކައިޔަންއަށް އެނގުނެވެ. “ސަޅި..! އަޅުގަނޑަށް ރެސެޕީ ދެއްޗޭ..” ކާ އެއްޗެއްގެ މައުޟޫއަށް ވުމުން އެންމެ ފޯރި ގަދަ ވެފައި ހުރީ ޒާއިންއެެވެ. މަރިޔަން ހީނލާފައި ބޯ ޖަހާލިއެވެ.

 

ޒާއިންއާއި ޒިވީން ގޮވައިގެން ކައިޔަން ގެއަށް ވަތްއިރު ވާރޭ ހުއްޓާލައިފިއެވެ. ވެފައިވާ ވަރުބަލިން ބޮކި ނިއްވާލިގޮތަށް ކައިޔަންއަށް ނިދަން ވެއްޓިގަނެވުނީއެވެ. ނިދާ އެއްޗެއްސަށްވެސް ބަދަލު ނުކޮށް ކައިޔަން ނިދީއެވެ.

 

”މްމްމް.. ހާދަމީރުވަހެކޭ..” ނޭފަތް ދޮށުގައި އެނބުރިގަތް މީރު ވަހުން ކައިޔަންގެ ނިދި ފިލުވާލިއެވެ. އެ ދުވަނީ މީރު ސެންޓެއްގެ ވަހެއް ނޫނެވެ. މީރު ކާ އެއްޗެއްގެ ވަހެވެ. ފެން ވަރައިގެން އަތްދިގު ހުދު ޓީޝާޓަކާއި އަޅި ޖިންސެއް ލައިގެން ކައިޔަން ނުކުތީ އެވަސް އަންނަނީ ކޮން ތަނަކުން ކަން ހޯދުމަށެވެ.

ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ޒާއިންއެވެ.

 

ޒާއިން ތެލި ދޮންނަނީއެވެ. ކާމޭޒުމަތީގައި ސޭންޑްވިޗާއި ކުޅިމަހާއި ރޮށިތައްޓެއް ހުއްޓެވެ. “އާދޭ ދޮންބެ ސައިބޯން…! ދޮންތި އަދިވެސް ނުތެދުވޭތަ..؟” ޒާއިން ވާހަކަ ދެއްކީ ހަމަ އާއިލާ މީހަކާއި ވާހަކަ ދައްކާ ހެންނެވެ. “މިއީ… މިހުރިހާ އެއްޗެއް.. މީ ހަމަ ޒާއިން ކައްކާފަތަ..؟” ހައިރާންވި ވަރުން ކައިޔަންއަށް އެހުނެވެ. “އާނއެކޭ އާނއެކޭ.. ކުރިންވެސް ބުނީމެއްނު ޒާއިން ވަރަށް ކައްކާ ހިތްވެއޭ… ދޮންބެ އަވަހަށް އާދޭ.. އެބައަންނަން ދޮންތި ގޮވައިގެން އިނގޭ.. އެނޫނީ ގަޑިޖެހޭނެ..” ޒާއިން ހާދަހާ ހަލަންޏެވެ. ތަނަކު ދެފައި މަޑު ކޮއްލައިގެން އެކުއްޖާފުޅަށް ހުރެވޭ ކަމަކަށް ނުވެއެވެ. ސިޑިން މައްޗަށް އެރީވެސް ހަމަ އެހާ ބާރަށް ދުވެފައެވެ.

 

”ވޯވް..! ގަދަ ސޮރެކޭ..” ކައިޔަންއަށް އެހެން ނުބުނެ ނުހުރެވުނީ ސަތާރަ އަހަރު ވީއިރު ކައިޔަންއަށް އެންމެ ކުޑަމިނުން ބިސްގަނޑެއްވެސް އަޅާލަން ނޭނގޭތީއެވެ. ހުރެ ބަހައްޓާފައި ޒާއިން އެ ހުރިހާ އެއްޗެއް ހަދާލުމުން ކައިޔަން ހަމަ ހައިރާންވީއެވެ. އަނގަ ނަގައިގެން އިރުކޮޅަކު ހުރެފައި ކައިޔަން ސައިބޯން އިށީންތަނާ ޔުނީފޯމް ލައިގެން ޒިވީން އައެވެ. “އޯހް ވެއިޓް..!! އަދި ބުނަންވާ ވާހަކައެއް އެބައޮތް.. ތިން މަސް ވަންދެން ޒާއިންގެ ޚަރަދުތައް އެކޮޅުން ބަލަހައްޓާނެ.. ޒާއިން ސްކޫލަށް ވަންނަނީ އަންނަ ހަފްތާގައި..” ޒިވީން ސޭންޑްވިޗެއް ނަގަމުން ބުނެލިއެވެ.

 

”އެހެންވިއްޔާ ޒިވީ އާއި ދޮންބެ ސްކޫލަށް ދާއިރު ކާކު ޒާއިންއާއި އެކީ ހުންނާނީ..؟” ކައިޔަން އެއްސެވެ. “އަވީނާދައްތަ.. ދޮންބެ އޯކޭއިއްޔާ..” ޒިވީން ބުނެލިއެވެ. ހޫމްއެއް އަޅުވާލާފައި ކައިޔަން މޭޒުގާތުން ތެދުވެގެން ހިނގައިގަތެވެ. އަޅާފައިވާ ކޮފީތަށި ހުސްކޮއްލާފައެވެ.

 

ސްކޫލް ގާތަށް މަޑުކޮއްލެވުނު އިރު ސްކޫލް ކުރިމަތީގައި ކުދިންތައް ތޮއް ޖެހިފައި އޮތެވެ. “އަނެއްކާ ކިހިނެތްބާ މިވަނީ..؟” ކައިޔަން ކާރު ޕާކު ކޮއްލާފައި ކުދިންތަކުގެ ތެރެއަށް ވަދެވޭތޯ މަސައްކަތް ކުރަން ފެށިއެވެ. ކުދިންގެ މޫނުތަކަށް ބަލާލާފައި ހީވަނީ މާ ބޮޑު އުފަލެއް ލިބިގެން އުޅޭ ހެންނެވެ.

 

އޭރު ނޯޓިސްބޯޑުގައި ލިޔުމެއް ހަރު ކޮއްލާފައިވެއެވެ. “ހުރިހާ ބެލެނިވެރިންނާއި މުވައްޒަފުންގެ ސަމާލުކަމަށް ދަންނަވާލަން.. ޓީޗަރުންނަށާ ސްކޫލްގެ މުވައްޒަފުންގެ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ ކުޑަހަފްލާއެއް ބުރާސްފަތި ދުވަހު އޮންނާނެއެވެ. ސްކޫލްގެ ކުދިންނަށްވެސް އެދުވަހު އެސެމްބްލީއެއް ވެސް ބާއްވާނެއެވެ. ބުރާސްފަތި ދުވަހު ސްކޫލް ކުދިންނަށް ކުލަހެދުން ލައިގެން އައުމުގެ ހުއްދަވަނީ ދެއްވާފައެވެ.  މުވައްޒަފުންނަށާއި ޓީޗަރުންނަށް މިކަމާއި ގުޅޭގޮތުން ބާއްވާ މީޓިންގއެއް ބުދަދުވަހުގެރޭ ގައި އަށްގަޑިބައިގައި ސްކޫލް ހޯލްގައި އޮންނާނެއެވެ. އަލަށް ބައިވެރިވާ މުވައްޒަފުންވެސް މިމީޓިންގއަށް ހާޒިރުވުމަކީ ވަރަށް މުހިއްމުކަމެކެވެ. ޝުކުރިއްޔާ!.” ފޯނުން އޭގެ ފޮޓޯއެއްނަގާފައި ކައިޔަން އެ ރަނގަޅަށް ކިޔާލިއެވެ.

 

“އޫހް.. ޖޮބަށް ދާންފެށިތާ ހަފްތާއެއްވެސް ނުވަނީސް.. ހަފްލާއެއް.. ދެން ޕިސްޕިސް.. އަދި މިއަދު މީ ހޯމަ ދުވަސް.. ދެންމީ ކޮންކަމެއް..؟” ކައިޔަން އޮފީހާއި ދިމާލަށް މިސްރާބު ޖަހަނިކޮށް ކުރިމައްޗަށް އެރީ ޕްރިންސިޕަލެވެ. ކައިޔަން ނެގި ފިޔަވަޅު މައްޗަށް ހުރެވުނެވެ. “އާދެބަލަ..” ޕްރިންސިޕަލް ބުނެލިއެވެ. ކައިޔަންއަށް ހިންދިރުވާލެވުނެވެ. އޭނަގެ މަސައްކަތާއި ދޭތެރޭ ޕްރިންސިޕަލް ހިތްހަމަނުޖެހެނީބާވައެވެ.؟

 

“މިއައީ ކައިޔަންގެ ސެކްޝަން ބަދަލުވި ވާހަކަ ބުނެލަންވެގެން.. ކައިޔަން ދެން މަސައްކަތްކުރާނީ ކައުންސެލިންގ ރޫމްގެތެރޭގައި.. އެތަނުގައި ކުދިންނަށް ދޭންޖެހޭ ހުރިހާ ނަސޭހަތެއްދީ ހަދާ ކުއްޖާއަކީ ކައިޔަންގެ އޮފީސް ޕާޓްނަރ.. ދަ ގައިޑެންސް ކައުންސިލަރ.. އެކުއްޖާ ވަޒީފާއަށް ދާން ފަށާނީ މާދަމާއިން ފެށިގެން.. އެއްވެސް މައްސަލައެއް އެބައޮތްތަ..؟؟؟” ޕްރިންސިޕަލް އަޅައިގެން ހުރި ބޮޑު ލޯ ވަށް އައިނު ލޮލަށް ހެޔޮވަރު ކޮއްލާފައި އެއްސެވެ. “ނޫން.. އަޅުގަނޑަށް އެންމެ ރަނގަޅު..” ކައިޔަން އަވަސްއަވަހަށް ބުނެލިއެވެ. “މައްސަލަ އެއް އުޅޭނަމަ އަންގާލާތި..!!” ޕްރިންސިޕަލް ކައިޔަންގެ ކޮނޑުގައި ޖަހާލާފައި ދިޔައެވެ.

 

ކައިޔަން ކައުންސެލިންގ ރޫމްތެރެއަށް ވަނެވެ. އެރޫމް ހުންނަނީ ފުރަތަމަ ފްލޯރގައެވެ. “ނޮޓް ބޭޑް..” ކައިޔަން އިށީނދެފައި މަސައްކަތް ފެށިއެވެ. “ކައިޔަން.” މަޑު ފިޔަވަޅު ތަކެއްގައި ހައިނާ އެެތެރެއަށް ވަތް އިރު ހީވީ މީހަކަށް ފިލަން އުޅުނުހެންނެވެ. “ވާހަކައެއް ބުނަންދޯ ތިއައީ.؟” ކައިޔަން އެއްސެވެ. “ޔެސް.. ވަރަށް ބޮޑު ވާހަކައެއް.. ރަނޫ ގާތު ނުބުނައްޗޭ އިހަކަށް.. ހައި ބޭނުންވަނީ ކައި ގެ ދެމެދުގައި މިވާހަކަ ބާއްވަން.. ރުޅި ނާންނައްޗޭ މިވާހަކަ ބުނީމައި.. އައި ނޯ ކައިޔަންއަށް ފީލް ވާނެ ގޮތް މިވާހަކަ ބުނީމައި… އެކަމް ވަރަށް ގިނަ ދުވަސް ވަންދެން ހައިއަށް މި ވާހަކަ ސިއްރު ކުރެވިއްޖެ…” ހައިނާ އެ ބުނަން އުޅެނީ ކޮން ވާހަކަ އެއްކަން ނޭނގޭތީ ކައިޔަން ދާ ހިއްލަން ފެށިއެވެ.

 

“ކި.. ކީކޭ.. ހަ.. ހައި ބުނަން ތި އުޅެނީ…؟؟” އާގަންނަމުން ކަހަލަ ގޮތަކަށް ކައިޔަން އަހާލިއެވެ. “ބަލަ ބުނަންށޭ މިއުޅެނީ.. މާ ސަޕްރައިޒް ނުވާތި…!! މިއީ ކައިއަށް ސިއްރު ކޮއްލައިގެން ވަރަށް ދުވަސް ވަންދެން ގެންގުޅުނު ސިއްރެއް… ހަމަހުވާ ރުޅި ނާންނައްޗޭ.. އައިސްފިއްޔާ މަ ރޯންފަށާނަން..!!” ހައިނާ އަދިވެސް ޝަރުތު ކުރަމުން ދިޔައީއެވެ. “އޯކޭ އޯކޭ..” ކައިޔަން އަދިވެސް ދާ ހިއްލަނީއެވެ. އަންހެން ކުއްޖަކަށް ވުރެ ކައިޔަން ބަލިވީއެވެ. ހައިނާ ބުނަން އެއުޅޭ ވާހަކަ ދާ މިސްރާބަކީ ކައިޔަންގެ ހިތުގައި އޮތް މިސްރާބަށް ނުވުމަށް ކައިޔަން ދުއާ ކުރިއެވެ.

 

ހައިނާ މަޑުމަޑުން ކައިޔަންއާއި ގާތަށް ގުދުވެލިއެވެ. އަދި ހިނިތުންވެލިއެވެ. އެއަށްފަހު އެ ބުނަން ބޭނުންވާ ވާހަކަ ބުނަން ދެ ތުންފަތް ހަރަކާތް ކޮއްލިއެވެ. ކައިޔަންގެ ދެލޯ ވަނީ ބޮޑުވާނެ ވަރަކަށް ބޮޑުވެފައެވެ. ހަމަ ރަނގަޅަށްވެސް ދާ ހިއްލާ ހިއްލާ ކައިޔަން ހީވަނީ ޖިމްގައި ކަސްރަތު ކުރަން ހުރެފައި އައި މީހެއް ހެންނެވެ. އަތްފައި ފިނިވެގެން ގޮސް ގަނޑު ފެންގަނޑެއްހާ ފިނިވެއްޖެއެވެ. “އައި…………….” ހައިނާ އެ ވާހަކަ ބުނަންވެގެން ފެށިއެވެ.

 

= ނުނިމޭ =

Share Article

Follow Me Written By

yooon

10 Stories100 Comments100 Login100 Stories

Transcend reality in this little safe space <3

Other Articles

Previous

ވާލޯބި އެނގޭނަމަ…(2)

Next

ވިސްނާ!

Next
May 9, 2020

ވިސްނާ!

Previews
May 9, 2020

ވާލޯބި އެނގޭނަމަ…(2)

4 Comments!

  1. Haishamm says:
    May 9, 2020 at 3:09 pm

    She is going to say I love you. Curiously waiting for the next part. Love you so much yoon

  2. LAZY_QUEENY says:
    May 9, 2020 at 3:11 pm

    Vvvv reethi mi part vx.. Whn is next part.. Curiously waiting for next part ngey.. Next part thankolheh avahah up kohdhehchey… Lysm ?????

  3. Yoon says:
    May 9, 2020 at 3:28 pm

    Thank u very much.. next bai V avahah up kohdheynan.. just so u knw you guys are my biggest inspiration ?

  4. ޔޫން says:
    May 9, 2020 at 7:49 pm

    thank you Haishamm
    & Lazy_Queeny

    nxt part v avahah up kohdheynan 🙂

Comments are closed.


All Right Reserved!