Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ (ސާދަވަނަ ބައި)

Hafsath Noora Level 610 Stories100 Comments100 Login500 Comments
June 30, 2020 6 Mins Read
30 Comments

“ބައްޕަ ކީއްވެތަ އަހަރެން ތި ދުރުކޮށްލީ؟ ކީއްވެތަ؟ އަހަންނަށް ކޮން ކަމެއްތަ ކުރެވުނީ ބައްޕަ ހިތްހަމަނުޖެހޭވަރުގެ؟ އަހަންނަށް ކުރިން ބައްޕަގެ އެދުމަށް ދެކޮޅު ހެދުނުނަމަ.” ޒާޔާ އޭނާގެ އަމިއްލަ ނަފްސާއި ޝަކުވާކުރަމުން ދިޔައެވެ. މިއަދު އޭނާގެ ބައްޕަ ގާތުގައި އެ ޝަކުވާތައް ކުރިޔަސް ބައްޕަ އަޑެއް ނާހާނެކަން ޒާޔާއަށް އިނގިއްޖެއެވެ. އާނއެކެވެ! މައުސޫމް ދަރިފުޅަށްވުރެ ބައްޕައަށް އެ މުހިންމުވީ އެހެން މީހެކެވެ. ދަރިފުޅު ދެރަވާނެފަދަ އެއްވެސް ކަމެއް ބައްޕަ ނުކުރާނެކަމަށް ބައްޕަ ކުރި ވަޢުދު ޒާޔާ ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ބައްޕަ އެހާ ފަސޭހައިން އެ ވަޢުދުތައް މަތިން ހަނދާން ނައްތައިލީ ހެއްޔެވެ؟

ޒާޔާ އެނދުން ތެދުވެ އޭނާގެ މަންމަގެ ފޮޓޯ ފްރޭމް ނެގިއެވެ. ކިތަންމެ ވަރަކަށް ވާހަކަދެއްކިޔަސް ނުވަތަ ޝަކުވާކުރިޔަސް އެ އަޑު ދެން އެނާގެ މަންމައަކަށް ނީވޭނެކަން އެނގިހުރެވެސް ޒާޔާ އެ ފޮޓޯ ފްރޭމްގައިވި އޭނާގެ މަންމަ އާއި ވާހަކަ ދައްކަމުން ދިޔައެވެ. ހިތުގައި އުފެދިފައިވި ހުރިހާ ޝަކުވާތަކެއް ބަންޑުންކޮށްލިއެވެ. ނަމަވެސް ދިރޭ ފުރާނައެއްގެ ކުރިމަތީ އެ ހުރިހާ ޝަކުވާތަކެއް ބަންޑުންކޮށްލާނެހާ ހިތްވަރެއް އަދި ޒާޔާގެ ކިބައިގައި ހުރިހެނެއް ހިޔެއްނުވެއެވެ.

ފަވާޝަތު އޭނާގެ ކޮޓަރީގައި ފިލާވަޅު ހަދަން އިންދައި އޭނާގެ ފޯނަށް މެސެޖެއް އައި އަޑު އިވުމުން ފިލާވަޅު މެދު ކަނޑައިލައިފައި ފޯނު ބަލައިލިއެވެ. އެއީ ފަވާޝަތުގެ ބޭބެގެ މެސެޖެކެވެ. ފަވާޝަތު މެސެޖަށް ރިޕްލައި ނުދީ މެސެޖު ކޮށްފައި އިން ނަމްބަރަށް ގުޅައިލިއެވެ. ސިނުންތެއްވެސް ނުވަނީސް އެކޮޅުން ފޯނު ނަގައިފިއެވެ. ހީވަނީ އެކޮޅުން އޮން ކޯލުގައި އިންނަހެނެވެ. “ބޭބެ ކީއްވެތަ މިއޮތް ހުރިހާ ދުވަހު ޚަބަރެއް ނުވީ؟ ބޭބެ މަތިން ހާދަ ހަނދާންވެޔޭ.” އެކޮޅުން ހަލޯ އޭ ބުނެލުމާއިއެއްކޮށް ފަވާޝަތު ޝަކުވާކުރަން ފެށިއެވެ. “ހެހެ. ސޮރީ ދޫނި. ފަވާ އަށްވެސް އިނގެޔެއްނު ބޭބެ މީ ކިހާ ބިޒީ މީހެއްކަން. ހުސްވަގުތެއްވެސް ލިބެނީ މަދުމަދުން. ކިޔަވަމުން ވަޒީފާއަށް ގޮސް އަނެއްކާ ޕާޓް ޓައިމް ކޮށްވެސް އެބަ މަސައްކަތެއް ކުރަން… ބޭބެވެސް ވަރަށް ހަނދާންވޭ ފަވާ މަތިން. ފަވާ ރަނގަޅުތަ؟ ކޮބާ ބޮޑުދައިތަ؟” އަފްލާހް ވާހަކަ ދައްކަމުން ގޮސް އެންމެ ފަހުން ބޮޑުދައިތަ ކޮބައިހޭ އެހުމުން ފަވާޝަތުގެ މޫޑު ޚަރާބުވިއެވެ. އޭނާ އެއްގޮތަކަށްވެެސް މިހާރު ބޮޑުދައިތަގެ ނަން ދުލުން ކިޔައިލަންވެސް ބޭނުމެއްނުވެއެވެ. “އެ.. އެބަ. އެބައުޅޭ. އަހަރެން ރަނގަޅު އިރާދަކުރެއްވިއްޔާ… ބޭބޭ ދެން ބާއްވަނީ އިނގޭ. ވަރަށް ބޮޑު މަސައްކަތެއްގަ މީނީ.” އެކޮޅުން އަފްލާހް އެންމެ ރަނގަޅޭ ބުނެލުމުން ފަވާޝަތު ފޯނު ކަނޑައިލިއެވެ. އަދި ފޮތް ކައިރީގައި އޮތް ގަލަން ނަގައި ފިލާވަޅު ހަދަން ފެށިއެވެ.

މާލޭގެ ތަނަވަސް ބޮޑު އެޕަރޓްމެންޓެއްގައި ހުރި ބޮޑު ކޮޓަރިއެއްގެ ތެރޭ ހުރި ލިޔާ މޭޒު ކައިރީ އަފްލާހް އިނެވެ. އަފްލާހް އިނީ އޭނާ ކިޔަވާ ކޮލެޖުން ހަދަން ދީފައިވި އެސައިންމެންޓުތައް ނިންމާށެވެ. އެހެން އިނދެ ކުއްލިއަކަށް އޭނާ ފަވާޝަތު މަތިން ހަނދާންވެގެން ފަވާޝަތަށް ގުޅައިލީއެވެ. އާއިލީ މާ ބޮޑު ގުޅުމެއް އެ ދެމެދުގައި ނެތަސް އަފްލާހަކީ ފަވާޝަތުގެ މަންމަގެ އެއްބަފާ ދައްތަގެ ދަރިއެކެވެ. ނަމަވެސް އަފްލާހުގެ ހިތްހެޔޮކަމުން ކަންނޭނގެއެވެ. އޭނާ އަބަދުވެސް ފަވާޝަތަށް އަޅައިލައެވެ. އަފްލާހް ފަވާޝަތު ދެކެނީ އޭނާގެ އަމިއްލަ ކޮއްކޮއެއް ގޮތަށެވެ. މި ދޭތެރޭ އޭނާއަށް އެއްގޮތަކަށްވެސް ފަވާޝަތަށް ގުޅައިލައި ވާހަކަ ދައްކައި ހަދައިނުލެވުނީތީ އަފްލާހް ހުންނަނީ ދެރަވެފައެވެ. އަފްލާހް މިހާރުވެސް އެ މަސައްކަތްކުރަނީ ފަވާޝަތަށްޓަކައެވެ. ފަވާޝަތު ކިޔަވައި ނިންމައިގެން އަދި އިތުރަށް ކިޔަވަން މާލެ އަންނަން ބޭނުންވާކަން އަފްލާހަށް އިނގެއެވެ. ކިޔެވުމުގެ އިތުރަށް ވަޒީފާއަށާއި އަދި އިތުރު އެހެން މަސައްކަތްތައްވެސް އަފްލާހް އެ ކުރަނީ އޭނާ އަމިއްލަ ފައި މައްޗަށް ކޮޅަށް ހުންނަން ބޭނުންވާތީއެވެ. އަދި މުސްތަޤުބަލުގައި ފަވާޝަތު އެގޭގައި ހުންނަން ބޭނުންވާތީއެވެ. ފަވާޝަތަށް ކުރަންޖެހޭ ކޮންމެ ޚަރަދެއްވެސް އޭނާ ކުރަން ބޭނުންވެއެވެ.

މެންދުރު ނަމާދުން ފައިބައިގެން މަލައިކާ ގޭގެ ގޯތިތެރެއަށް ނުކުތެވެ. އިއްޔެ މާ ބޮޑަށް ވާރޭ ވެހުމުގެ ސަބަބުން ގިނަ ގަސްތަކުގެ ދިރުން ވަނީ ގެއްލިފައެވެ. މަލައިކާ މަޑުމަޑުން ހިނގައިލައިފައި ގޮސް އެއްކަލަ ކަރާދަނޑު ކައިރީ މަޑުކޮށްލިއެވެ. ކަރާ ކާ ހިތުން ކުޅުދިޔާވިއިރުވެސް މަލައިކާ އަށް އެތަނުން ކަރަލެއް ބިންނާކަށް ނުކެރުނެވެ. އެއީ އެހެން މީހެއްގެ ދަނޑަކަށްވާތީވެއެވެ. އެތަނުގައި އުޅޭ ދެތިން މީހަކު ފެނި މަލައިކާ ތަންކޮޅެއް ދުރަށް ގޮސް އޭނާގެ ސިފަ އާދައިގެ އިންސާނެއްގެ ސިފައަށް ބަދަލުކޮށްލިއެވެ. އަދި އެތާ މަސައްކަތް ކުރަން ހުރި މީހާ އާއި ދިމާލަށް ހިނގައިގަތެވެ.

“އައްސަލާމު ޢަލައިކުމް.” އެމީހެއްގެ ފަހަތުގައި ހުއްޓި މަލައިކާ ސަލާމް ގޮވައިލިއެވެ. އެއާއިއެކު ފަތް އުފުރަން ހުރި މީހާ މަލައިކާ އާއި ދިމާލަށް ބަލައިލައިފިއެވެ. އެމީހަކު ސަލާމް ބަލައިގަތުމުން މަލައިކާ އެދުނީ އޭނާއަށް އެ ދަނޑުން ކަރަލެއް ދިނުމަށެވެ. އެ މީހާ ހިތްހެޔޮކަމުން އެއްވެސް އަގަކާއި ނުލައި މަލައިކާއަށް އެތަނުގައި ހެދިފައި އޮތް އެންމެ ބޮޑު ކަރާ ދިނެވެ. މަލައިކާ އެމީހާއަށް ޝުކުރު އަދާކޮށްފައި އެތަނުން ދިޔައެވެ. އޭނާ އެތަނުން ދިޔައިރު އެމީހަކު އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރިކަންވެސް މަލައިކާއަށް އިނގެއެވެ. މަލައިކާއަށް އުނދަގޫވިއެއްކަމަކު އެ ދަނޑާއި ދުރަށް ދެވުމުން މަލައިކާ އަށް ހަމަޖެހުމެއް ލިބުނެވެ. ގޭގެ ގޯތިތެރޭ ހުރި ކުޑަ ލަކުޑި މޭޒުމަތީ ކަރާ ބާއްވައިފައި މަަލައިކާ އެއްކަލަ ދިގު ރުށް ކައިރިއަށް ޖެހިލިއެވެ. އޭނާގެ ލޮލުގެ ބާރު ބޭނުންކޮށްގެން އެ ރުކުން ކުރުނބަލެއް އަޅައި އެ ކުރުނބާވެސް އެ މޭޒުމަތީ ބޭއްވިއެވެ. ކާ އެއްޗެހި ތައްޔާރުވުމުން މަލައިކާ އަވަހަށް ކާން ފެށިއެވެ.

އެދުވަހު މެންދުރު ކެއުމަށް ޒާޔާ ފަވާޝަތުގެ ގެއަށް ދާން ޖެހުނެވެ. އާލިޔާ އެހެން ގެއަަކަށް ކޮންމެވެސް ކަމަކު ދިޔުމުން ފަވާޝަތު ބޭނުންވީ ޒާޔާ އެގެއަށް ގެނެސް ކުޑަވަގުތުކޮޅެއް ނަމަވެސް އެންމެ ގާތް އެކުވެރިޔާއާއިއެކު ހޭދަކޮށްލުމަށެވެ. ޒާޔާ ދާން ނުކުތް ވަގުތު ޖަމީލާ އޭނާއަށް ގޮވައިލިއެވެ. ޒާޔާއަށް ވަގުތުން ކަޅި މައްޗަށް ހިންގައިލެވުނެވެ. ޖަމީލާގެ އަޑު އިވުނަސް އޭނާ ވަނީ ފޫއްސެވެ. “ކީކޭ ދައްތާ؟” ފަސްއެނބުރި ޖަމީލާއާއި ދިމާލަށް ބަލައިލަމުން ޒާޔާ އެހިއެވެ. އެވަގުތު ޖަމީލާ އައިސް ޒާޔާ ކައިރީ ހުއްޓުނެވެ. “މަންމަ ކިޔާބަލަ. މީ މިހާރު ދަރިފުޅުގެ މަންމައޭ.” ޒާޔާގެ ކޮނޑުގައި ހިފަހައްޓައިލަމުން ޖާމީލާ ބުނެލިއެވެ. ޖަމީލާ އޭނާ ގައިގައި އަތްލުމުން ޒާޔާއަށް ޒާތެއްގެ އުނދަގުލެއް ވެގެން ދިޔައެވެ. ޒާޔާ ކުޑަކޮށް ފަހަތަށް ޖެހިލުމުން ޖަމީލާ އޭނާގެ އަތް ޒާޔާގެ ކޮނޑުން ދުރުކޮށްލިއެވެ. ޒާޔާ ދެން މަޑުމަޑުން ބޯ ޖަހައިލީއެވެ. “ކޮންތާކަށް ތި ދަނީ؟” ދެލޯ ހަނިކޮށްލަމުން ޖަމީލާ އެހިއެވެ. އޭނާ ބޭނުންވީ ޒާޔާ ދިޔުމުން ހަމަ ރަނގަޅަށްވެސް ނިހާންގެ ހިތް ޝައްކުން ފުރައިލާށެވެ. “ފަވާގެ ގެއަށް. އެގެއަށް ކާންވެގެން މިދަނީ.” ޖަމީލާ އެންމެ ރަނގަޅޭ ބުނުމުން ޒާޔާ ނުކުމެގެން ހިނގައްޖެއެވެ. ނުރައްކާތެރި ނަޒަރަކުން ޒާޔާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެފައި ޖަމީލާ ކޮޓަރިއަށް ވަދެއްޖެއެވެ.

“ނިހާން.” އެނދުގައި އޮށޯވެގެން އޮތް ނިހާންގެ މަގަތުގައި އިށީންނަމުން ޖަމީލާ ނިހާނަށް ގޮވައިލިއެވެ. “އޮފީސް މަސައްކަތްތައް ނިމިއްޖެއްނު މިހާރު. އަދިވެސް ކުރަން ޖެހޭ މަސައްކަތްތައް ގިނައީތަ ނިއްކުރީގަ އަތްއަޅައިގެން ތި އޮންނަނީ؟” ޖަމީލާ ސަމާސާ ރާގަކަށް ސުވާލުކުރިޔަސް މަލާމާތުގެ ރާގެއްވެެސް ޖަމީލާގެ އަޑުގައި އެކުލެވިގެންވެއެވެ. އެކަމަކު އެކަން ނިހާނަކަށް ފާހަގައެއްނުވެއެވެ. “ނޫނޭ. ހަމަ އަރާމުކޮށްލަންވެގެން އޮތީ. ކޮބާތަ ޒާޔާ؟” ނިހާން ޒާޔާ ކޮބައިހޭ އެހުމުން ޖަމީލާގެ ގާތަށް ރުޅިއައެވެ. ވަގުތުން ދޮގުތަކެއް ހަދައިލަން ހިތަށް އެރިއެވެ. އެހެނަސް ޒާޔާއަކީ މައުސޫމް ކުއްޖަކަށްވާތީ ނިހާން ޖަމީލާ ހަދަހަދައިގެން ދައްކާ އެއްވެެސް ވާހަކައެއް ޤަބޫލެއްނުކުރާނެކަން ޖަމީލާއަށް އިނގެއެވެ. އެހެންކަމުން ކޮންމެވެސް އެހެން ގޮތަކުން ނިހާން ގެ ހިތުގައި ޝައްކު އުފެއްދޭތޯ ޖަމީލާ ބެލިއެވެ. “ޒާޔާ ހިނގައްޖެ އޭނަގެ ރައްޓެއްސެއްގެ ގެއަށް ކާންވެގެނޭ ކިޔާފަ. އެކަމަކު ނިހާނަށް ހީވޭތަ އެގޮތަށް އޭނަ ތަންތަނަށް އެކަނި ދިޔުމަކީ ރަނގަޅު ކަމެއްހެން؟” ޖަމީލާ ވަރަށް މަޑުމައިތިރިކަމާއިއެކީ ސީރިއަސް އަޑަކުން ސުވާލު ކުރިއެވެ. ޖަމީލާ ސުވާލުކުރި ގޮތުން ނިހާންގެ ހިތުގައި ކޮންމެވެސް ވަރަކަށް ސުވާލު އުފެދުނެވެ. ޖަމީލާ މި ދައްކަން އުޅެނީ ކޮން ވާހަކައެއް ހެއްޔެވެ؟ އަނެއްކާ އޭނާގެ ދަރިފުޅު ގޯސް ކަމެއް ކުރަނީބާވައެވެ؟ “ކީއްވީ ތިހެން ތި އެހީ؟” ނިހާން އެ ސުވާލުކޮށްލުމާއިއެއްކޮށް ޖަމީލާ މަޑުމަޑުން ހީނލިއެވެ. “ހަހަ. މާ ބޮޑު ކަމެއް ނުވޭ… އަސްލު މި ޒަމާނުގަ ނުވާނެ ފުރާވަރުގެ ކުދިންނަށް އިތުބާރު ކުރާކަށް. އެކުދިން ނިކަން ތޫނުފިލިވާނެ މިހާރު. ކޮންމެފަދަކަމެއްވެސް ކޮށްފާނެ. އިނގިގެންވިޔަސް ނޭނގިވިޔަސް ބޮޑެތި ކުށްތަކަށް އަރައިގަންނަ އެވަރުގެ ކުދިން މަދެއް ނޫން މިޒަމާނުގަ.. މި ބުނަން އުޅޭ ވާހަކައަކީ ޒާޔާވެސް ހަ…” ޖަމީލާއަށް ސިހުމަކާއިއެކު ވާހަކަ މެދުކަނޑައިލެވުނީ ނިހާން ތަންކޮޅެއް ބާރަށް ހުއްޓާލާށޭ ބުނުމުންނެވެ. ހަމަ އެވަގުތު ޖަމީލާ ދެރަވާކަމަށް ހެދެމުން އިސްޖަހައިލިއެވެ. އަދި ނިކަން މައުސޫމް ގޮތަކަށް ސޮރީއޭ ބުނެލައިފިއެވެ. “އަހަންނަށްވެސް މާފުކޮށްދެއްޗޭ. ތަންކޮޅެއް ބާރަށް ކަންނޭނގެ އަހަންނަށް ހުއްޓާލާށޭ މި ބުނެވުނީ. އެކަމަކު ޖަމީލާ ދެން ތިގޮތަށް ވާހަކަ ނުދައްކައްޗޭ. ޒާޔާ އެއީ އެކަހަލަ ކުއްޖެއް ނޫން. އެއަށްވުރެ މާ ރަނގަޅު ކުއްޖެއް އެއީ.” ނިހާން އަދިވެސް ޒާޔާއަށް އިތުބާރުކުރާކަން އިނގުމުން ޖަމީލާ ހިތްހަމަނުޖެހުނެވެ. ނިހާން ޒާޔާއަށް އެ ކުރާ އިތުބާރު ގެއްލުވައިލަން ކޮންމެވެސް ކަމެއް ކުރަން ޖަމީލާ ނިންމިއެވެ. ޖަމީލާ ދެއްކުންތެރިކަމާއިއެކު ހިނިތުންވެލަމުން ނިހާންގެ މޭގައި ބޯ އަޅައިލިއެވެ.

“ކޮބާ ކެއުން ކިހިނެތްވަނީ؟” ބަދިގެތެރޭ ލައިޓްތައް ނިއްވައިލަމުން ސިޓިންގްރޫމަށް ނުކުމެ ސޯފާގައި އިށީންނަމުން ފަވާޝަތު އެހިއެވެ. “ހަމަ ބަރާބަރު. ފަވާ އަސްލު ވަރަށް މޮޅު އިނގޭ މާޝާﷲ… އޭ ސްކޫލުން ދިން ވޯރކްސްތައް ނިންމައިފިންތަ؟” ސުޕާރި ޕެކެޓުން ސުޕާރި އޮއްޓަރެއް ހަފައިލަމުން ޒާޔާ އަހައިލިއެވެ. “އެއްބައި އަދި ނިންމުނީ. އަދި އެބައޮތް ފުދޭވަރަކަށް ވޯރކްސް. މިފަހަރު ދީފަ ހުރި އެއްޗެހި އެހާ އުނދަގުލެއް ނޫން ދޯ.” ފަވާޝަތު ބުންޏެވެ. “އަހަންނަށް ކުޑަކޮށް އުނދަގޫވި. އެކަމަކު މަލ… މިބުނީ ބޭނުން އިރަކު ނެޓުން މައުލޫމާތު ލިބޭތީވެ އެހާ އުނދަގުލެއް ނޫނޭ. ހެހެ.” ޒާޔާއަށް މަލައިކާގެ ނަން ނުކިޔުނީ ހަމަ ކިރިޔާއެވެ. އޭނާއަށް މިހާރު މަލައިކާގެ ޙަޤީޤަތް އެނގިފައިވާއިރު މަލައިކާ އަކީ އޭނާގެ އެކުވެރިއެއްކަން އެކަކަށްވެސް އެނގޭކަށް ޒާޔާ ބޭނުމެއްނުވެއެވެ. ކުރިން މަލައިކާގެ ވާހަކަ އެއްވެެސް މީހެއް ގާތުގައި ނުދެއްކުނުކަން އެއީ ހަމަ ނަޞީބެކޭ ޒާޔާގެ ހިތަށް އެރިއެވެ. ދެކުދިން ސްކޫލުން ދިން ފިލާވަޅާއި ބެހޭގޮތުން ވާހަކަދައްކަން ތިއްބައި އާލިޔާ އާއި މަތީން އެ ގެއަށް އައެވެ.

އާލިޔާ ފެނުމުން ފަވާޝަތަށް ހިންދިރުވައިލެވުނެވެ. މި ނުދަންނަ މީހާ ހުއްޓައިވެސް އާލިޔާ ޒާޔާ އާއި ދިމާލަށް އެއްޗެހި ގޮވައިފާނެތީ ފަވާޝަތު އިނީ ބިރުންނެވެ. އެހެނަސް އާލިޔާ އެއްވެސް އެއްޗެކޭ ނުބުނެ މަތީން ކައިރީ އެތާ އިށީންނަން ބުނުމަށްފަހު ދިޔައީއެވެ. ނުވެސް ދަންނަ މީހެއް އައުމުން ޒާޔާ ބޭނުންވީ ފަވާޝަތުގެ ކޮޓަރިއަށް ދާށެވެ. އެކަމަކު ޒާޔާއަށް އެވާހަކަ ބުނާކަށް ނުކެރުނެވެ. އިސްޖެހި ގޮތަށް ފޯނާއި ކުޅެން ޒާޔާ އިނީއެވެ. ފަވާޝަތު އެތަނުން ނުދޭތޯ ހިތާއި ހިތުން ޒާޔާ އަށް ދުޢާކުރެވުނެވެ.

ފަވާޝަތު އަށް ޒާޔާގެ އެ ހަމަހިމޭންކަން ފާހަގަވިއެވެ. އޭނާ އެހެން އެ އިންނަނީ ނުދަންނަ މީހަކު އައުމުންކަން ފަވާޝަތަށް އެނގުނެވެ. ފަވާޝަތު ކޮޓަރިއަށްދާން ބޭނުންވެފައިވިއެއްކަމަކު ޒާޔާ އެކަނި ބައިންދާފައި ދާކަށް ފަވާޝަތު ބޭނުމެއްނުވިއެވެ. ފަވާޝަތު އޭނާ އާއި ކުރިމަތިވާގޮތަށް އިށީނދެގެން އިން މަތީންގެ މޫނަށް ބަލައިލިއިރު މަތީން އިނީ ކަޅިވެސް ޖަހައިނުލައި ޒާޔާއާއި ދިމާލަށް ބަލާށެވެ. މަތީން މާވަރަކަށް ޒާޔާއާއި ދިމާލަށް ބަލާކަން ފާހަގަކުރެވޭތީ ފަވާޝަތު ގާތަށް އައީ ސިނގުރުޅިއެކެވެ. އެކަމަކު އެކަން އެއްފަރާތް ކޮށްލުމަށްފަހު ޒާޔާއާއިއެކީ އެތަނުން ދާން އޭނާ ބޭނުންވިއެވެ. “އޭތް. ހިނގަ ދާން. އެބައޮތް އެއްޗެއް ދައްކަންވެފަ.” ފަވާޝަތު ވާހަކަދެއްކުމުން ޒާޔާ އިސްއުފުލައިވެސްނުލައި އެތަނުން ތެދުވެ ފަވާޝަތާއިއެކީ އޭނާގެ ކޮޓަރިއަށް ދިޔައެވެ.

ކޮޓަރިއަށް ވަދެވުމާއިއެއްކޮށް ޒާޔާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. “ހާދަ ވަރެކޭ ތިވީ ޒާޔާ. މިއޮތް ހުރިހާއިރުވެސް ނޭވާ ނުލާތަ އިނީ؟ ހަހަ.” ޒާޔާ އަށް ވަމުން ދިޔަ ގޮތް ފެނި ފަވާޝަތަށް ނުުހީ ނުހުރެވުނެވެ. “ދެން މީނަވެސް ހޭނެ ކިރިޔާ ކަމެއް ވާއިރަށް. އިނގެޔެއްނު ކުއްލިއަކަށް އެހެން ނުދަންނަ މީހަކު އައީމަ.. ދެން ނޭނގެ އަހަންނަކަށް. ބިރުން ފިއްކަނޑައިގެން ދާވަރުވެފަ އިނީ.” ފަވާޝަތު ކޮޓަރީގެ އޭސީ ޖެއްސުމުން ޒާޔާ ގޮސް އެނދުގައި އިށީނދެލިއެވެ. “ޒާޔާ އޭނައަށް ނުބެލިކަން އެއީ ހަމަ ނަސީބު. އޭނަ އައިސް ސޯފާގަ އިށީންގޮތަށް ޒާޔާ ނޫނިއްޔަ އެހެން ދިމާލަކަށް ބަލާވެސްނުލާ.” ލިޔާ މޭޒު ކައިރީ ހުރި ގޮނޑީގައި އިށީންނަމުން ފަވާޝަތު ބުންޏެވެ. “ދެން ފަވާ. ސަމާސަ ނުކުރޭ އިނގޭ.” ޒާޔާ ހީކުރީ ފަވާޝަތު އޭނާ އާއި ސަމާސާ ކުރަނީ ކަމަށެވެ. “މީ ސަމާސައެއްނޫނޭ. ހަމަ އަހަރެންގެ ދެލޮލުން ފެނުނު މަންޒަރެއްގެ ވާހަކަ މިބުނީ. އޭނަ ހަމަ ޒާޔާއަށް ބަލަން އިނީ. ޔަގީނޭ އަޅައިގަނެގެންކަން އެއުޅެނީ.” ފަވާޝަތު ޒާޔާ ރުޅިއަރުވައިލުމުގެ ގޮތުން ބުންޏެވެ. ޒާޔާ އައި ރުޅިން އެނދުމަތީ އޮތް ކުޑަ ބާލީހެއް ނަގައި ފަވާޝަތާއި ދިމާލަށް އެއްލިއެވެ. “އައްދޯއި. ތިވަރުގެ އުދުވާނީ ހަމަލައެއް އަދި ދުވަހަކުވެސް ނާދޭ. ހަހަހަ.” ފަވާޝަތުގެ މޫނުގައި އެ ބާލީހުން ޖެހުމުން ފަވާޝަތު ބުންޏެވެ. ފަވާޝަތު ބުނި ޖުމުލައިން ޒާޔާއަށްވެސް ނުހީ ނުހުރެވުނެވެ.

މަތީން އިނީ ޒާޔާގެ ޚިޔާލުތަކަށް ގެއްލިފައެވެ. މަތީން އެއޮތްވަރަށް ޒާޔާއަށް ބެލިއިރު ޒާޔާ އެންމެ ފަހަރަކުވެސް މަތީނާއި ދިމާލަށް ބަލައިނުލީތީ މަތީން ކުޑަކޮށް ހިތްހަމަނުޖެހުނެވެ. ޒާޔާ ހިސާބަށްވުރެ ފޮނީކަންނޭނގެއެވެ. ހަމަ އޭނާގެ މަންމަ ޒިޔާނާގެ ގޮތެވެ. ޒިޔާނާ މަތީން އުޅޭ ބައިގަނޑަށް ދިން ލަނޑުގެ ބަދަލު ހިފަން މިހާރު އެމީހުން އެތިބީ އަތުކުރި އޮޅައިލައިގެންނެވެ. މާދަމާ އެ ބައިގަނޑުގެ ބޮޑު މީހާ އަންނާނެއެވެ. މަތީންގެ ހިތުގައި އެކަމަށް ބަދަލު ހިފުމަށް އޮތް ރޫޙު އިތުރަށް ވަރުގަދަވެގެން ދިޔައެވެ. ޒާޔާ ކިތަންމެ މައުސޫމް ވިޔަސް ޒާޔާ މުޅި މި ދުނިޔެއަށް ބޭޒާރުކޮށްލަން އެމީހުން އެ ތިބީ ނިންމައިގެންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ނުވާނަމޭ ބަދަލެއް ހުވާޔާރާ…(2)

Next

ދުރުވާކަށް ތި ލޯތްބަށް މަ ނޭދެން ( ދެވަނަ ބައި )

Next
June 30, 2020

ދުރުވާކަށް ތި ލޯތްބަށް މަ ނޭދެން ( ދެވަނަ ބައި )

Previews
June 30, 2020

ނުވާނަމޭ ބަދަލެއް ހުވާޔާރާ…(2)

30 Comments!

  1. Faiherrr?? says:
    June 30, 2020 at 2:10 pm

    Yay. Me first dhoa this part is awesome Vvvvvvvvvvvvvvvv nice ???????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????

    1. Dhonthy says:
      June 30, 2020 at 7:22 pm

      Yeyyyy Faiherrr au first. Congrats. Thank you so much dear. Vvvv ufaavejje thikahala beautiful and colourful comment eiy kolleema. <3 <3 <3 <3 <3 <3 <3 <3 <3

  2. Shaiiii says:
    June 30, 2020 at 2:49 pm

    Vvv salhi mi prt vx❣️…… Curiously waiting for next part ?♥️….. Lysssssmmmm dhonths??

    1. Dhonthy says:
      June 30, 2020 at 7:24 pm

      Awwww thank you so much Shaiiii 🙂 🙂 🙂 Yes keep waiting for the next ep. Love you toooooooooo Shaiiii <3 <3 <3 😉

  3. Dhonthy says:
    June 30, 2020 at 7:27 pm

    Salaam all readers. Miothee saadhavana bai upload vefa. Unmeedhukuran hurihaa kiyuntherinnau es kamudhaanekamau 🙂 🙂 🙂 Next episode iraadhakurevviyyaa Saturday ga liyelaafa submit kolladheynan. Sorry lahun submit kurevytheeve but schl kiyevun feshuneema i don’t think mikamau ehaa gina vaguthu libeyneheneiy. Hope all you will understand 🙂 🙂 🙂 Enjoy reading. Stay safe dears and love you all <3 <3 <3 <3 <3 <3 <3

  4. Sadha says:
    June 30, 2020 at 8:34 pm

    Wooowww woowww wowwww vrh vrh vrh salhi mi part vx … mi jameela ge act bodu kamun dhw?‍♀️ … zaaya ah dheragotheh nuhadhahcheyyy…
    Vrh curiouse vefa mihuriii…
    ❣?‍♀️

    1. Dhonthy says:
      June 30, 2020 at 10:46 pm

      Awwwww thank you so much Sadha ? ? ? Ahaha. Jameelaa aa hedhi mihaaru boa govaifi dhw. Haha ? ? ? Zaayaa au dheragotheiy nahadhaa veythoa mi balanee inge. Hehe. Keep waiting inge <3 <3 <3 <3 <3 <3

  5. Kairaa says:
    June 30, 2020 at 9:07 pm

    varah varah reethi mi bai vx……curiously waiting for the nxt part…..lysm…stay safe…

    1. Dhonthy says:
      June 30, 2020 at 10:48 pm

      Awww thank you so much Kairaa ? ? ? Yes keep waiting for the next ep. Love you too and stay safe <3 <3 <3

  6. Afu says:
    June 30, 2020 at 9:55 pm

    Mee Varah salhi stry eh igey siss♥️♥️♥️♥️♥️ …. Alhuga siss ge hurihaa strys eh vx keen btw this is my first comment …. Siss ge hurihaa strys eh vx hama varah habeys???? … Waiting for nxt … Hope siss alhuga aa vx frnd vaane kamah ??? stay safe
    Tc
    Luv u ♥️♥️♥️ <3 <3

    1. Dhonthy says:
      June 30, 2020 at 10:52 pm

      Awlheyyy Afu ? ? ? ? ? Alhamdhulillah vvv ufaavejje mi comment kiyaalaafa. Thank you so much dear. It means a lot for me. Hope to see your comments more often. Yes keep waiting for the next episode inge ? ? ? And yes! Dhonthi hama thihurihaa kudhinnaa friend vaane inge ? ? ? Stay safe and take care. Love you too <3 <3 <3 <3 <3 <3 <3 <3 <3

  7. Naani says:
    July 1, 2020 at 3:03 pm

    Very nice… Waiting for next… ?

    1. Dhonthy says:
      July 1, 2020 at 8:37 pm

      Thank you so much Naani ? ? ? Yes. Keep waiting for the next ep. ? <3 <3 <3

  8. Ahuu says:
    July 2, 2020 at 9:49 am

    OMG OMG OMG OMG ???????? molhey molhey molhey molhey molhey ????? hama speechless ???????bunaane eheh cheh ves neyge hama molhee ?????????superb ???????dhonthy ah thaureef kuran vegen Adhi mi ulhevenee vhk ah thaureef nukoh mi part ves hama habeys ????????? nd varah varah varah varah varah varah varah Reethi ??????????you are so talented dhonthy ??????????mihaaru dhonthy ves my favorite story writer akah vehje ?????????? tc……. Stay safe ?☺️?☺️?☺️?☺️lots lots lots and lots love ????? from Ahuu ?❤️?❤️?❤️?❤️?❤️?❤️?❤️

    1. Dhonthy says:
      July 2, 2020 at 11:01 am

      Awlheyyy anekkaa es Ahuu ge dhigu dhigu colourful comment eiy ? ? ? ? Alhamdhulillah hama v ufaavejje mi comment kiyaalaafa ? ? ? Thank you so much Ahuu ? ? ? Awww v ufaavejje fav story writer ey buneleema ? ? ? ? V bodu kurierumeiy kanneynge dhonthi au mi libunee Alhamdhulillah ? ? ? Take good care and stay safe Ahuu ? ? ? Love you too <3 <3 <3 <3 <3 <3 <3 <3 <3

  9. Ahuu says:
    July 2, 2020 at 9:51 am

    I want thoddo ah gohssa you all dhemaavan plss my friends aa ehkoh ❤️❤️❤️❤️❤️❤️❤️❤️❤️

    1. Dhonthy says:
      July 2, 2020 at 10:56 am

      ?

  10. Ahuu says:
    July 2, 2020 at 11:03 am

    Mi part ge me ge commets ah Javaabu dheeba ?????????

    1. Dhonthy says:
      July 2, 2020 at 11:24 am

      Ow Ahuu dhonthi eba reply kodhdhemennu vaguthu veevarakun dhw ? ? ?

  11. Ahuu says:
    July 2, 2020 at 11:07 am

    Alsu donthy favorite stories writer akah vee dhey reply kind kamun Adhi mi site aku neh thihaa kind reply readers ah they author eh me ah fehnagothugaii???????????congratulations dhonthy ????????????????
    ?????????
    ???❤️???
    ??????
    ????❤️TAKE CARE OF YOUR SELF DONTHY

    1. Dhonthy says:
      July 2, 2020 at 11:27 am

      Awwwwwn Ahuu ? ? ? vvvv ufaavejje anekkaa es mi comment kiyaalaafa Alhamdhulillah! Ahuu es thee enme supportive reader dhonthi au ? ? ? ? ? ? ? Thank you so much Ahuu and take good care <3 <3 <3 <3 <3 <3 <3

  12. Adhy says:
    July 2, 2020 at 1:09 pm

    V v Rythi mi part vx whn is nxt part………
    Gud luck sis ❤️

    1. Dhonthy says:
      July 20, 2020 at 7:43 pm

      Thank you so much Adhy ? ? ?

  13. ❤️lamee❤️ says:
    July 2, 2020 at 2:40 pm

    Alhey mi part maaaaaa bodah curious kohlaafa thi ninmaaly v reethi waiting for the next part ♥️♥️♥️♥️❤️♥️♥️❤️♥️❤️

    1. Dhonthy says:
      July 2, 2020 at 8:45 pm

      Awlhey lamee ? ? ? Thank you so much dear. Hope to see your comments more often ? ? ? Yes keep waiting for the next. <3 <3 <3 <3 <3 <3 <3

  14. Ahuu says:
    July 2, 2020 at 10:22 pm

    Thanks I also very very very very very happy “ahuu thee enme supportive reader Dhonthy ah” ehen buneleema ?❤️?❤️?❤️?❤️?❤️?❤️?❤️?❤️
    Adhi ves eh faharu thee ehme favorite story writer❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️ and ehme kind reply readers ah dhey Author me ah fennagothugaiiiiiii???????????????
    Adhi ves eh faharu love you more and moreeee Dhonthy my sissooooooooo ???????????????
    Mihaaru thee my story writer siss ok thr…. ????????egoii gaboolu thr thrrrrr Dhonthy meege fahun thee my sissooo Dhonthy eh noon ok dhww ????????????????adives eh faharu love you more siss

    1. Dhonthy says:
      July 2, 2020 at 11:30 pm

      Awlheyyy Ahuu ? ? ? What will I say? Haha ? Alhamdhulillah! Ahahaha. Okay hama Ahuu beynun nameiy kiyanvee. No problem in that ? ? ? ? <3 <3 <3 <3 <3 Adhi es efaaharu Ahuu au vvvvv bodau thank you dhonthi au thidhey support au. Sis always love you Ahuuuuu <3 <3 <3 <3 <3 <3 <3 <3 <3 <3 <3

  15. Anonymous says:
    July 2, 2020 at 11:42 pm

    Not ahuu Kokee plx now I am smaller than sis my grade is 7 sis ge grade akee 9 ehnu dhw ehen veema plx siss me aa dhimaalah kiyaa Kokee ok always ahuu Kokee also love my siss ok ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. Dhonthy says:
      July 3, 2020 at 12:08 am

      Ow okay dhn kiyaanee thihen inge kokkee ? ? ? ? ? ? ? ? ? ? ? ? ? ? ? <3 <3 <3 <3 <3 <3 <3 <3 <3

  16. Ahuu says:
    July 2, 2020 at 11:45 pm

    Ooooooooo shit not anonymous ahuu ok siss that’s me ok ❣️?????????????❣️❣️?????????????❤️???❣️❣️????????????????????????????????????????????????????????????????????????????????

Comments are closed.

Next Episodeޒާޔާ (ފަނަރަވަނަ ބައި)←


All Right Reserved!