އައިނާ (2) 4
“ހިޝާންބެ އާއި އަނާގެ އެއްކަލަ ފޮޓޯ ހައިދައްތަ ނެގީމައި ޑިލިޓް ކުރާށޭ ނުބުނުމުން.. އެކަމާ..؟” އަޝްހާ މިހެން ބުނެނިމުނުތަނާ އިވުނީ އެއްވެއް ބިންމައްޗައް ވަރަށް ބާރަށް ވެއްޓުނު އަޑެވެ. އޭރު އަޝްހާ އިނީ އައިނާގެ ކޮޓަރީގެ ދޮރުމަތީގައި ލިވިންގ ރޫމަށް ކުރިމަތި ލައިގެންނެވެ.
***
އެނބުރި ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ. ވެއްޓި ޖެހުނު ގޮތަކުން އުނަގަނޑައް ތަދުވެގެން ނުތެދުވެވިފައި އޮތީ އައިނާ އެވެ. “އަނާ.. ކިހިނެތް ތަ ތިހެދީ..؟” އަޝްހާ ހާސްކަމާއެކު އައިނާ ކައިރިއަށް ގޮސް ބުނެލިއެވެ.
ތަދުވާވަރުން އައިނާ އަށް އޮތީ ވާހަކަ ދެއްކޭ ވަރުވެސް ނުވެފައެވެ. އައިނާ އަތުލަފި ކޮށްގެން އަޝްހާ އޭނާ އެދުގައި ބަންޑުން ބާއްވާލިއެވެ. އަދި ފަސްޓް އެއިޑް ބޮކްސް އިން މޫވް ފުޅިއެއް ނަގާ އުނަގަނޑުގައި ހާކާލަ ދޭން ފެށިއެވެ. “ކިހިނެތްތަ ތިހެދީ އަނާ..؟” އަޝްހާ ކަންބޮޑު ވެފައި އަހާލިއެވެ.
“އެ.. އެއީ ސިއްސައިގެން ދިޔަ ބޮނޑީ ފައި ކައްސާލީ..” އައިނާ އަވަހަށް ބުނެލިއެވެ. “ހަމަ އެހާވަރުގެ އެއްޗެއްތަ އަހަރެންނަށް ބުނެވުނި..” އަޝްހާ ދިމާ ކުރާ ރާގަކަށް ބުނެލިއެވެ. އަޝްހާ އާއި އެންމެ ކައިރީގައި އޮތް އަތް ފޯރުވާފައި އައިނާ އަޝްހާގެ ފަލަމަސްގަނޑުގައި ޖެހިއެވެ. “އައުޗް..” އެކްޓު ދައްކާލަމުން އަޝްހާ ބުނެލިއެވެ.
“އާނ.. ނޫން.. މިއަނެއް އެތާ މަތިން ކުރަތްޕެއް ފެނުނީމައި.. އެހެންވެ..” އައިނާ އަވަހަށް ވާހަކަ އެއް ހަދާލިއެވެ. އަޝްހާ އެއްވެސް ބަހެއް ނުބުނެ މަޑު ކޮށްލިއެވެ.
“ތެދުވެ ވޭނެތަ..؟” އަޝްހާ އައިނާ ކުރެން އަހާލިއެވެ. “އައިނާ ދެފަރާތައް ބޯހޫރުވާލިއެވެ. އެވަގުތު އަޝްހާ އަށް އާޝިޔާގެ ފޯނު ކޯލެއް އައެވެ.
“ދަރިފުޅާ ހާދަ އިރެއް ނަގަނީ..؟” އާޝިޔާ ކަންބޮޑުވެފައި ސުވާލު ކުރަން ފެށިއެވެ. “އާނ މަންމާ.. މި އަނާ ގޮނޑިން ވެއްޓިގެން ބޮނޑިއެއް ބޮއެގެން މިއުޅެނީ.. މިހާރު ބޭސް ހާކާފައި އެނދުގައި އެބަ އޮތް..” އަޝްހާ ކޮޓަރިން ނިކުމެ މަތީބައިގައި އިން ސޯފާގައި އިށީން ދެލަމުން ބުނެލިއެވެ.
“ވެއްޓުނީއޭ.. ވަރަށް ވަރު ވިތަ..؟ މަންމަ ދަންތަ..؟” އާޝިޔާ ކަންބޮޑުވެފައި ސުވާލު ކުރިއެވެ. “އުނހު.. އެހާ ވަރެއް ނުވޭ އެކަމު ނުތެދުވިފައި އެބައޮތް.. މާގިނަ އިރު ރަނގަޅު ނުވަންޏާ މަންމަ އަށް ގުޅާނަން.. އޯކޭ.. މި މަންމާ.. އޯކޭތަ މިރޭ އަޅުގަނޑާއި އަނާ މިގޭގަ މަޑު ކޮށްލިއަސް.. އަނާ ތެދުވެ އުޅެވޭ ވަރުވީމައި މާދަން ދިޔަސް..؟؟؟” އަޝްހާ އުންމީދުން ފުރިގެންވާ ރާގަކަށް އެހިއެވެ.
“އެކަމު ދެކުދިން އެކަނި ވީމައި މަންމަ އަށް އާނއެކޭ ބުނަން ވަރަށް އުނދަގޫ.. އަނެއްކާ އަންހެން ދެކުދިން.. މީހަކަށް ޚަބަރު ލިބިއްޖެއްޔާ ނޭނގެ ހަދާނެ ގޮތެއްވެސް..” އާޝިޔާގެ ބަސްތަކުން ހުއްދަ ނުދޭކަން އަޝްހާ އަށް އެނގުނެވެ. “ޕްލީސްސްސް….” އަޝްހާ ރާގަށް ދަމާލާފައި ބުނެލިއެވެ.
“އޯކޭ.. އެކަމު ދެކުދިން އެކަންޏެއް ނޫން.. މަންމަ…………” އާޝިޔާގެ ވާޙަކަ ނުނިމެނީސް އަޝްހާ ހުއްޓުވާފައި ފެށިއެވެ. “ނޫން ނޫން މަންމަ އަންނާނެ ކަމެއް ނެތް.. ވީ ވިލް މެނޭޖް..” އަޝްހާ އަވަސް އަވަހަށް ބުނެލިއެވެ.
“މަންމަ ވާހަކަ ދައްކާ ނިމެންދެން މަޑު ކޮށްބަލަ.. މަންމަ ބުނީ މަންމަ ދާ ވާހަކަ އެއް ނޫނޭ.. ހިޝާންބެ ފޮނުވާނަމޭ ތިގޭގައި މިރޭ މަޑު ކޮށްލަން.. ޑޯންޓް ސޭ ނޯ.. އިނގޭ..” އާޝިޔާ ބުނެލިއެވެ. “ޕާފެކްޓް” އަޝްހާގެ ދެތުންފަތް ފޫދުއްވާލައިފައި މަޑުން ނިކުތެވެ. “ކީކޭ ދަރިފުޅު ތިބުނީ..” އާޝިޔާ އަށް އަޝްހާ ބުނިއެއްޗެއް ސާފު ނުވުމުން އަހާލިއެވެ.
“އެއީ ދޮންބެ އާއި ދޮންބެދައްތަ ކައިރީ ނުބުނައްޗޭ އަނާގެ ވާހަކަ.. ވަރަށް ކަންބޮޑުވާނެ..” އަޝްހާ ބުނެލީ ނިކަން އަވަސް އަރުވާލައިފައެވެ. “އޯކޭ..” އާޝިޔާ ވެސް އެކަމަށް އެއްބަސްވިއެވެ.
ފޯނު ކޯލު ކުރުކޮށްލާފައި އަޝްހާ އެތެރެއަށް ވަތް އިރު އައިނާ އަށް އޮތީ ނިދިފައެވެ. އުނދަގޫ ނުކުރަން ވެގެން އަޝްހާ ކޮޓަރީ ދޮރު ލައްޕާފައި ބަދިގެ އަށް ވަދެ މެންދުރަށް އެއްޗެއް ކައްކަން އުޅުނެވެ.
ނިދިފައި އޮތް އައިނާ އަށް ހޭލެވުނީ އޭނާ އަށް އެއްމެ މީރު ވައިޓް ސޯސް ޕާސްޓާގެ ވަސް ނޭފަތުގައި ޖެހޭހެން ހީވާތީއެވެ. އެހެން ކަމުން ލޯހުޅުވާލައިފައި ތެދުވާން މަސައްކަތް ކުރީ އުނަގަނޑުގައި ހުރި ރިހުން މަތިން ހަނދާން ނެތި އެވެ.
އެނދުމަތިން ތެދުވާން އައިނާ ފުރަތަމަ ތެދުވި ނަމަވެސް އުނަގަނޑައް އެރި ތަދަކުން އިތުރަކަށް ނުއެއް ތެދުވެވުނެވެ. އިރުކޮޅެއް ނުވެ އަޝްހާ ތަބަކަށް ދެ ޕާސްޓާ ތަށި ލައިގެން ކޮޓަރިއަށް ވަނެވެ. އެރި މީރުވަހުން އައިނާ އަށް ނޭފަތް ދަމާލެވުނެވެ.
އެހެން ނަމަވެސް ފުރަތަމަ ނަމާދު ކުރަން އައިނާ ބޭނުން ވިއެވެ. އަޝްހާގެ އެހީގައި ގޮނޑީލައި އައިނާ ނަމާދު ކޮށްލައިގެން އެނދުގައި އިށީންދެލިއެވެ. ޓީވީ އިން ހެރީ ޕޮޓާ އަޅުވައިގެން އެބަލަން އެމީހުން އިރު އޮއްސެން ދެން ތިއްބެވެ.
މަޣުރިބު ނަމާދު ކޮށްލައިގެން އަޝްހާ އައިނާގެ އުނަގަނޑުގައި އާޝިޔާ ފޮނުވި ތެޔޮފުޅިން އެތިފޮދެއް އަޝްހާ ދަމާލަ ދިނެވެ. އޭގެން ދުވާ ވަހުން އައިނާ އޮތީ ނޭފަތުގައި އަތްއަޅައިގެންނެވެ. ނަމަވެސް އަޝްހާ އަށް އެއީ އާވަހަކަށް ނުވުމުން އެކަމަށް ހޭނިއްޖެއެވެ.
ތެޔޮދަމާލުމުން އައިނާ އަށް ތެދުވެ އުޅެވޭ ވަރު ވިއެވެ. އެހެން ކަމުން ދެކުދިން ރޭގަނޑައް ކައްކާނެ އެއްޗަކާ މެދު ބަހުސް ކުރަން ފެށިއެވެ. “ހިނގަ އިޓާލިއަން ރެޑް ސޯސް ޕާސްޓާ ހަދަން…” އައިނާ ޚިޔާލު ދިނެވެ.
“އަނެއްކާ ޕާސްޓާ..؟!” އަޝްހާ ފޫހި ގޮތަކަށް ބުނެލިއެވެ. “ކުކުޅެއް ހިކިކޮށް ހަދާފައި ބަތާ އެއްކޮށް ކާން… ދެން ހަދާނީ މެގްނަމް ފުޑިން..؟” އައިނާ އަނެއްކާވެސް ބުނެލިއެވެ. އަޝްހާ ވެސް ވަގުތުން އެއްބަސްވިއެވެ.
އިޝާނަމާދު ކޮށްލައިގެން އެދެކުދިން ބަދިގެއަށް ވަނެވެ. އައިނާ ކުކުޅު ފިނި ކަނޑުވަން ވެގެން ނެގިއެވެ. އަދި ކޮތަޅު ފަޅާލާފައި ދެފަޔާއި އަތުގެ މަސްކޮޅުތައް ނެގިއެވެ. އަދި ދެން އޮތް ބައި ގަނޑު ކުރާ ބަޔަށް ލާން މިސްރާބު ޖެހިއެވެ.
“ތިކުރަނީ ކޮންކަމެއް..؟” އަޝްހާ އައިނާ ކުރާ ކަމެއް ނޭނގިގެން ބުނެލިއެވެ. “އަހަރުން ދެމީހުންނެއްނު..؟ ކުކުޅެއް އެއްކޮށްހެދީމައި ގިނަ ވާނީ އެހެންވެ..؟” އައިނާ ބުނެލިއެވެ. “ތީތި އެއްކޮށް ހަދަބަލަ.. މިރޭ އަހަރުން މިގޭގައި މަޑު ކުރާތީ މަންމަ އަހަރުން އެކަނި ތިބެން ހިތްހަމަ ނުޖެހޭތީވެ ހިޝާންބެ މިރޭ މިގޭގައި އަހަރުންނާއެކު މަޑުކުރަން އަންނާނެ.. ވާނެ ދޯ ކެރަމް ކުޅެން..” އަޝްހާ މިހެން ބުނުމުން އައިނާ ދެލޯ ބޮޑުކޮށްލިއެވެ.
އެތަން އަޝްހާ އަށް ނުދައްކަންވެގެން އައިނާ އަވަހަށް އަނެއް ފަރާތައް އެނބުރުނެވެ. ނަމަވެސް އެތަން އަޝްހާ އަށް ފެނުނެވެ. ފެނުނު ކަމަށް ނުހެދީ އައިނާ ލަދުގަނެދާނެތީއެވެ. ނުވައެއް ޖެހިއިރު ހުރިހާ އެއްޗެއް ހަދާ ނިމިއްޖެއެވެ.
މާގިނައިރެއް ނުވެ ހިޝާން ވެސް އައެވެ. އަޝްހާ ކާން ހިނގާށޭ ބުނުމުން ތިންމީހުން އެއްކޮށް ކާގެއަށް ވަނެވެ. ކާން އަޅައިގެން ތިން މީހުން ނިކުތީ ލިވިންގް ރޫމަށެވެ. ޓިވީއިން ނެޓްޕްލިކްސް އަޅުވައިގެން ތިން މީހުން ކާން ތިއްބެވެ.
ކައި ނިމުމުން އަޝްހާ ކެރަމް ކުޅެން އެދުނެވެ. ތިންމީހުން ވެގެން ކެރަމް ކުޅެން ވެސް ވަރަށް ދަންވަންދެއް ތިއްބެވެ. އައިނާ މާބޮޑައް ބުރަކައްޓައް ތަދުވާތީވެ އެވާހަކަ ބުނުމުން ނިންމާލިއެވެ. ހިޝާން އަށްވެސް ގޭތެރޭގައި އަޝިޔާ އެވާޙަކަ ދައްކާތީވެ އޮތީ މާކުރިން އެނގިފައެވެ.
ނިދުމުގެ ކުރިން އަނެއްކާވެސް އަޝްހާ އައިނާގެ ބުރަކަށީގައި ތެޔޮ ދަމާލަ ދިނެވެ. ހެނދުނު ހޭލިއިރު އުނަގަނޑައް ތަދުވަނީ ވަރަށް ކުޑަކޮށެވެ. މިފަހަރު ފޮށި ނެގީ އަޝްހާ އެވެ. އަދި އެއްޗެހި އަޅައިގެން ނިކުތް އިރު ހިޝާން އެމީހުން ލަސްވެގެން އުޅެއެވެ.
އެދެމީހުން ގޮވައިގެން ދާން ވެގެން ހިޝާން އައީ ކާރުގައެވެ. ޖެހިގެން އައި ދުވަހު ސްކޫލަށް ދާން ވާއިރަށް އައިނާ އެއްކޮށް ރަނގަޅު ވިއެވެ. ހުރިހާ ޝުކުރެއް އަޝްހާ އަށެވެ.
އާދިއްތަ ދުވަހު ސްކޫލުން އައިސް އައިނާ އޭނާގެ ކޮޓަރި އަށް ދާން މިސްރާބު ޖެހިއެވެ. އައިނާ އަށް އިންނަން ހަމަޖެހުނީ ކުރިން އައިނާ އެގޭގައި އުޅުނު ކޮޓަރި އެވެ. ފެން ވަރާ ތާޒާ ވެލައިގެން ނިކުމެ ނަމާދު ކޮށްގެން ފިލާވަޅުތައް ނިންމާލިއެވެ.
އަދި ކުޑައިރުކޮޅަކު ފޮތް ކިޔާލަން މަޑު ކޮށްލާފައި ފޯނު ނަގާ އިސްރާ އަށް ގުޅާލިއެވެ. އިސްރާ އާއި ވާހަކަ ދައްކާލަން އިރުކޮޅަކު އައިނާ އިނެވެ. އަދި ނިންމާލީ ގޭގެ ނޯކަރަކު އައިސް މެންދުރުގެ ކެއުމަށް އިންސާފު ކުރަން ދާން އަންނާށޭ ބުނުމުންނެވެ.
އައިނާގެ ހިތައް އެންމެ ހަމަޖެހުން ލިބުނީ އިސްރާގެ ދެމައިން ރަނގަޅޭ ޑޮކްޓަރު ބުނުމުން ނެވެ. އެކަމާ ހިތްހަމަ ޖެހިގެން އިނދެ ނިކުތް އިރު މޭޒު ދޮށުގައި މަދީ އޭނާ އެކަންޏެވެ. ގޮނޑީގައި އިށީންދެފައި ތައްޓެއް ނަގަން ކުރިމައްޗައް ބަލާލުމުން ސިހުނީ ހިޝާން ފެނިފައެވެ.
އައިނާ ބަލާލިއިރު ހިޝާން ވެސް އިނީ އައިނާ އަށް ބަލާށެވެ. ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ދެމީހުންގެ ހަތަރު ކަޅި ބައްދަލު ވިއެވެ. އަވަހަށް އައިނާ ނަޒަރު ބަދަލު ކޮށްލާފައި މަޑު މަޑުން ތައްޓައް އެއްޗެހި އަޅައިގެން އިނދެ ކާންފެށީ އޭނާގެ އިހުސާސްތައް ބޭޒާރު ވެދާނެތީވެއެވެ.
އެންމެ އަވަހަށް ކައި ނިމުނީ އައިނާ އެވެ. “ހާދަ ކުޑަގޮތެއް ތިހަދާލީ..” އާޝިޔާ އައިނާ ކުރެން އަހާލިއެވެ. “ލައްބަ.. ވަރަށް ވަރުބަލި ވެފަ މީނީ.. އެހެންވެ އަޞުރަށް ގޮވަން ވާއިރައް ޖައްސާލަން ކަމަށް..” އައިނާ އަވަހަށް ބަހަނާ އެއް ހޯދާލިއެވެ.
އަދި މައްޗައް އަރައިގެން ދިޔައީވިދުވަރެއް ހެން ހިނގާފައެވެ. އެކަމާ އިތުރަށް ވިސްނަން ބޭނުން ނުވާތީވެ އައިނާ ފޯނުހިފައިގެން އެނދުމައްޗައް ވެއްޓިގަނެގެން އިންޓަގްރާމް ހާވަން އޮތެވެ. އެހެން އޮއްވާ ނިދުނު ގޮތެއްވެސް ނޭނގެއެވެ.
ދެން ހޭލެވުނީ ހައެއް ޖެހިއިރު އެވެ. އެވެސް ފޯނު އެލާމް ވާތީވެއެވެ. މިގަޑީ އެލާމްވާތީ އައިނާ ހައިރާން ވިއެވެ. ދެން ބަލާލިއިރު ހެނދުނު ހައެއް ޖަހާއިރު ވާން ޖެހޭ އެލާމް މިގަޑީ އެވަނީ އޭ.އެމް، ޕީ.އެމް އަށް ބަދަލު ކޮށްފައި އިންނާތީވެއެވެ. އަމިއްލަ މޮޔަކަން ހިތައް އަރުވާފައި ދެފަރާތައް ބޯހޫރުވާލިއެވެ. ޢަޞުރު ނަމާދާއި މަޢުރިބު ނަމާދުވެސް ކޮށްލައިގެން އައިނާ އިރުކޮޅަކު ޤުރުއާން ކިޔަވަން އިނެވެ.
ޤުރުއާން ކިޔަވާ ނިމުމުން ޕާސް ޕޭޕަރު ނަގައިގެން އޭގެން ސުވާލުތަކެއް ހަދަން އިނެވެ. ޢިޝާ އަށް ގޮވުމުން ނަމާދު ކޮށްލައިގެން ދެން ތައްޔާރުވީ ޓިއުޝަން ކުލާހަށް ދާށެވެ. ކިރިޔާ ކަކުލާ ހަމައަށް ނާރާ ވަރުގެ ގަޔަށް ދޫ ދަނބު ކުލައިގެ ޓޮޕު ކޮޅަކާއި ކަޅުކުލައިގެ ޖިންސެއް ނަގައިގެން އައިނާ އިސްތިރި ކުރަން ދިޔައެވެ. އެހެދުމުގެ އަތް އިނީ ކޮނޑާ ހަމައިން ފެށިގެން ދޫކޮށެވެ. ހެދުމުގެ ކަރު އިނީ ކިރިޔާ ބޮލުން ވައްޓާލެވޭ ވަރަށް ކުޑަކޮށެވެ. ހެދުމުގެ މޭމަތިން ފެށިގެން އިނީ ކުދި ރޫތަކެއް ޖައްސާލެވިފައެވެ.
އެހެދުން ލައިގެން އައިނާ ލޯގަނޑު ކުރިމަތީގައި ހުއްޓިފައި އުނަގަނޑާ ހަމައަށް އަރާ ކަޅުކަންގަދަ ބުޅި އިސްތަށިގަނޑު ފުނާ އަޅާލިއެވެ. އިސްތަށިގަނޑު ބޯކަމުން އަތްގުޅި ނުކައެވެ. ނާއްސާ ފަހަތަށް ދުކޮށްލައިފައި ކުރިމަތިން ވެއްޓޭ އިސްތަށިކޮޅު ހަރު ކޮށްލަން ވެގެން އެޅީ ކަޅުކުލައިގެ ބޭނޑެކެވެ.
ތައްޔާރު ވެލައިގެން ނިކުމެވުނީ އާޝިޔާގެ ކުރިމައްޗަށެވެ. “އަނާ އެއްވެސް ތާކަށް ދާންތަ ތިއުޅެނީ..؟” އާޝިޔާ އައިނާ ކުރެން އަހާލީ އައިނާ ރީތިވެލައިގެން ހުރުމުންނެވެ.
“ލައްބަ.. ޓިއުޝަނަށް ދާންވެގެން މިނިކުތީ..” އަތުގައި ހުރި ފޮތްތައް އަތްމަތީގައި ރަނގަޅު ކޮށްލަމުން އައިނާ ބުނެލިއެވެ.
“އެކަނިތަ ދެން ދަނީ.. އިޔާޒުބެ އެހެން ނޫނީ ހައިފާގެ މީހަކަށް ގޮވާލަންތަ..؟” އާޝިޔާ އައިނާގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުނެލިއެވެ.
“ނޫން.. އެ އޯކޭވާނެ.. އެކަނި ގޮސްފާނަމޭ.. އަދި އެބައިނޭ ދިހަވަރަކަށް މިނިޓު..” އައިނާ ބަހަނާއެއް ހޯދާލިއެވެ. އެވަގުތު ކޮޓަރިއެއްގެ ދޮރު ހުޅުވުނެވެ. އައިނާ ބަލާލިއި އައިނާގެ ކޮޓަރީގެ ދޮރާއި ޖެހިގެން އިން ދޮރު ހުޅުވާލައިފައި ނިކުތީ ހިޝާން އެވެ.
_ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.




Yay me first dhoa. This part is really really really awesome ?????❤️???❤️❤️????????????❤️??????????????❤️????❤️??❤️?❤️?A aar you are the best??
yh faiherrr… jazaakallah khairan
miothy mibai ves up vefa.. kamudhaane kamah unmydhu kuran..
note: mi vaahakaige aa baeh konme dhedhuvahakun eh dhuvahu alhugandu submit kohlaanan
Vvv rythi vhk eh myy??…. Masha Allah ❤️?….. Keep it up A aaR???…. Waiting for nxt prt❣️?…. Lysm?✨?
Jazaakallah khairan shai ❤️
4 Reethi ?varah salhi?❤️?❤️