Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

އަތްތައް އުފުލާލަމާ

Dreamy Level 1
January 9, 2014 2 Mins Read
6 Comments

އާދައިގެ މަތިން އަހަރެން ‘ޔޫޓިއުބް’ އަށް ވަދެލީ އާންމުކޮށް ބަލާ އުޅޭ ވީޑިއޯ ބަލާލުމަށެވެ. ނަމަވެސް ކުއްލިއަކަށް ހަނދާނަށް އައީ ދުވަސްކޮޅެއް ކުރިން އެކުވެރިއަކު ‘ޖީ ޕްލަސް’ އިން ޝެއަރ ކޮށްފައިވާ މަދަހަ މަތިންނެވެ. އަހަރެންނަކީވެސް ކޮންމެވެސް ވަރަކަށް މަދަހަ އަޑުއަހާ އުޅޭ މީހަކަށްވުމުން ދިވެހި މަދަހަތައް ބަލާލީމެވެ. އަޑުއަހާލަން ހިތްގައިމު ވާނެހެން ހީވާ ދެތިން މަދަހައެއް ނަގާ ބަލާލީމެވެ. އެންމެފަހުން ނެގި މަދަހަ ޕްލޭ ކޮށްލީމެވެ. ހިތުގެ ހިނގުން ހުއްޓެއް އުޅޭހެން ހީވާންފެށިއެވެ. ނޭވާލާން އުދަނގޫވެ މޭގާވެސް ރިހުމެއް އުފެދިއްޖެއެވެ.

ކިޔުންތެރިންނޭވެ. އަހަރެންގެ ސަމާލުކަން ހުއްޓުނީ މަދަހައިގައި އިވެމުންދިޔަ ބަސްތަކަކަށް ނޫނެވެ. ފެންނަމުން ދިޔަ މަންޒަރުތަކުންނެވެ. ލޮލަށް ކަރުނަތައް ޖަމާވެ ކޯތާފަތް މައްޗަށް އޮހިގެން ދިޔައީ ފެންނަމުންދިޔަ މަންޒަރުތަކުން އަހަރެންގެ ހިތަށް ކުރަމުން ދިޔަ އަސަރުން ކެތް ނުކުރެވިގެންނެވެ. އަހަރެންނަކީ އަބަދުވެސް ހިތްވަރުގަދަ ކަމަށް އެންމެންވެސް ބުނަމުން ދިޔަ މީހެކީމެވެ. ނަމަވެސް މިރޭ… އާނއެކެވެ. އެންމެންގެ “ބުރޭވް ގާރލް” މިރޭ މިވަނީ ފިނޑިއަކަށްވެފައެވެ. އަސަރު ނުކޮށްނުދާނީ ކާކަށް ހެއްޔެވެ؟ ފެންނަމުން އެދަނީ ހަމަ އަހަރުމެން ކަހަލަ އިންސާނުންނަށް އެތައް އަނިޔާތަކެއް ލިބެމުންދާ ތަނެވެ. އެތައް މުސްލިމުން ތަކެއް އުޅެމުންދާ ހިތްދަތި ހާލެވެ.

” ހޭލާށޭ މުސްލިމުންނޭ ސޫރިޔާގެ ހާލަތާމެދު” އެއީ އަހަރެންނަށް ފުރަތަމަ ފަހަރަށް ދިރިއުޅުމާމެދު ވިސްނާލަން މަޖުބޫރު ކުރުވި ސަބަބަށެވެ. އަމިއްލަ ދިރިއުޅުމުގައި ކުރެވިފައިވާ އެތައް ކުށްތަކެއް އިހުސާސްވެގެން ދިޔަ ސަބަބަށެވެ. ދެލޮލުން ކަރުނަ އޮހުރެމުން ދިޔަ ހާލު އަހަރެންނަށް އެމަދަހަ ބެލުނީ ވަރަށް ކެތްކޮށްގެންނެވެ. ކުށެއްނެތް މައުސޫމް އެތައް ބަޔަކު މަރާލާފައިވާ މަންޒަރު ބަލަން ފަސޭހަވާނީ ކޮން މުސްލިމަކަށް ހެއްޔެވެ؟ އެބައިމީހުންނަށް ލިބެމުން އެދަނީ ކޮން ކުށެއްގެ ސަޒާއެއްހެއްޔެވެ؟ މަންމައިން އެމީހުންގެ ދަރީންނާ ވަކިކުރެވިގެން އެދަނީ ކީއްވެހެއްޔެވެ؟

ކިޔުންތެރިންނޭވެ ވިސްނާލައްވާށެވެ. އަމިއްލަ ދަރިފުޅުގެ ހަށިގަނޑުގައި ކިތަންމެ ކުޑަ ނަމަވެސް ޒަޚަމެއް ހުރެއްޖެނަމަ އަމިއްލަ ހިތަށް އަސަރު ނުކުރާނީ ތިޔައިގެ ތެރެއިން ކިތައް މަންމައިންނަށްތޯއެވެ؟ ނުވަމަހާއި ނުވަދުވަސް ވަންދެން އެތައް ބުރައަކާއި ވޭނެއް އުފުލައިގެން އުފަން ކުރާ ދަރިފުޅު ތިބާގެ ކުރިމަތީގައި ނިމިދިއުމަށް އެދެވޭނީ ކޮން މަޔަކަށްތޯއެވެ؟ ބަލިވެ އިނީއްސުރެ ވިހަންދެން އެދަރިފުޅު ދެކިލުމަށް ކެތްމަދުވެފައިވާ ލޮލަށް އެދަރިފުޅު ޒަޚަމުވެ ލެއިން ތަތްތެޅިފައިވާ މަންޒަރު ބެލުމަށް ފަސޭހަ ވާނީ ކޮން ބައްޕައަކަށްތޯއެވެ؟ މަންމަ އާއި ބައްޕައަށް ޚިދުމަތްކުރުމަށް އެތައް ހުވަފެންތަކެއް ދެކެމުން ދަނިކޮށް އެމައިންބަފައިން އަނިޔާވެރިންގެ އަތްދަށުގައިވާތަން ބަލަން ތިބޭވޭނީ ތިޔައިގެ ތެރެއިން ކިތައް ކިތައް ދަރިންނަށްތޯއެވެ؟

ނިކަން ވިސްނާލަންވާށެވެ. އުފަން ދަރީން ގެއްލި ، އެކަނިވެރިވެފައި ތިބޭނީ ސޫރިޔާގެ ކިތައް މަންމައިންތޯއެވެ؟؟ ފިރިމީހާ ނުވަތަ އަނބިމީހާ ވަކިވެ ގޮސްފައިވާނީ ކިތައް މީހުންގެ ބާއެވެ. ވިސްނާ ފިކުރު ކޮށްލައްވާށެވެ. އެއީވެސް ހަމަ އަޅުގަނޑުމެންފަދަ މުސްލިމުންނެވެ. އެމީހުންގެ ހިތްތަކުގައި އަޅަމުންދާ ވޭން އިހުސާސް ކޮށްލައްވާ ބައްލަވާށެވެ. އެއިހުސާސްތަކަކީ ކެތްކުރުމަށް ފަސޭހަ އިހުސާސްތަކެއްތޯއެވެ؟ އެވޭނާއި ރިހުމަކީ ކުޑަ ރިހުމެއްތޯއެވެ؟؟

މުސްލިމުންގެ މިސާލަކީ އެއްހަށިގަނޑެއްގެ މިސާލެވެ. އެއް ގުނަވަނެއްގައި ރިހުން އުފެދިއްޖެ ނަމަ މުޅި ހަށިގަނޑަށް އޭގެ އަސަރުކުރެއެވެ. ތިބާއަށް އަސަރެއް ނުކުރޭތޯއެވެ؟ ތިބާގެ ކުރިމަތީގައި ތިބާގެ ލޯބިވާ އާއިލާގެ މެންބަރަކު ޒަޚަމުވެފައިވާ މަންޒަރު ފެނުމުން ތިބާއަށް ވާނީ ކިހިނެއްތޯއެވެ؟ ކުރާނީ ކޮންކަހަލަ އިހުސާސްތަކެއްތޯއެވެ؟ މިއަދު އެމީހުން އުޅެމުންދާ ޙާލުގައި އެއުޅެނީ ތިބާކަމުގައި ހީކޮށްލައްވާ ބައްލަވާށެވެ؟؟

ޕްލޭވަމުން ދިޔަ ވީޑިއޯއަށް ނަޒަރު ހުއްޓާލައިގެން އިން އަހަރެންނަށް އަނގަމަތީއަތް އަޅާ ލެވުނީ ފެނުނު މަންޒަރުންނެވެ. އަނިޔާވެރިކަމުގެ ހައްދެއްނެތެވެ. އަޑުން އަޑު ނަގާ ރޯންފެށުނީ އަހަރެންގެ ދެލޮލުގެ ކޮއިފަދައިން ލޯބިވާ ކޮއްކޮގެ ހަނދާންވުމުންނެވެ. ފެންނަމުން ދިޔައީ ތޭރަ ނޫނީ ބާރަވަރަކަށް އަހަރުގެ ފިރެހެން ކުއްޖެކެވެ. އެކުއްޖާގެ މޫނުގައި ނޭފަތުން ތިރިއެއް ނެތެވެ. ހީވަނީ މިނިކާ ޖަނަވާރެއްގެ ތޫނުވަކިތަކުގެ ޝިކާރައަކަށް ވެފައި ވާހެންނެވެ. އޭރު އެކުއްޖާ ދިރިހުއްޓެވެ. ނިކަން ވިސްނާ ބައްލަވާށެވެ.. އެ ކުއްޖާއަށް ކުރާނީ ކޮންކަހަލަ އިހުސާސްތަކެއްތޯއެވެ؟ އެކުއްޖާ މިދުނިޔެއަށް އުފަންކުރި އެމަންމައަށް ކުރާނީ ކޮންފަދަ އަސަރު ތަކެއްތޯއެވެ؟ މުޅި ހަށިގަނޑު ރޫރޫ އަޅައިގަތީ އެ ނިކަމެތި މަންމައަށް ކުރާނެ އިހުސާސް ހިތަށް އެރުމުންނެވެ. އެ ކުށެއްނެތް މައުސޫމު ކުއްޖާގެ ހަށިގަނޑުގައި އަޅާނެ ވޭން ހިތަށް އެރުމުންނެވެ. އެއީވެސް މަޔެއްގެ އުންމީދެކެވެ. ބައްޕައެއްގެ ހުވަފެނެކެވެ. ތިބާ ފަދަ ދައްތަ އެއް ނުވަތަ ބޭބެއްގެ ކޮއްކޮއެކެވެ.

ޤައުމެއްގެ ކުރިމަގަކީ އެޤައުމެއްގެ ޒުވާނުން ކަމަށް ބުނެވެއެވެ. ނަމަވެސް ޤައުމުގެ ޅަދަރީން ޝަޙީދު ކުރެވެމުންދާއިރު އޮންނާނީ ކޮން ކުރިމަގެއްތޯއެވެ؟ މާދަމާ ޒުވާނުން ބިރުވެރި އަމާންކަމެއްނެތް މުޖުތަމަޢެއްގައި ބޮޑުވަމުންދާނަމަ އެފަދަ ގައުމަކަށް ވާނީ ކިހިނެއްތޯއެވެ؟ މީ އަޅުގަނޑުމެން މިއަދު ވިސްނާލުން މުހިއްމު ކަމެއް ނޫންތޯއެވެ؟ އަޅުގަނޑުމެން އަޚުންނާއި ޢުޚުތުންނާ ދޭތެރޭ ވިސްނާލުން މަޖުބޫރެއް ނޫންތޯއެވެ؟

އަޅުގަނޑުމެންނަށް އެ ނިކަމެތި ރައްޔިތުންނަށްޓަކައި ކުރޭނެ އެއްވެސް ކަމެއް ނެތީތޯއެވެ؟ އެމީހުން އެހާލަށް ދޫކޮށްލައިގެން އަޅުގަނޑުމެންނަށް ބަލަން ތިބެވޭނެތޯއެވެ؟ އަޅުގަނޑުމެން އަރާމު ތަންމަތިތަކުގައި ނިދާއިރު ނިއްޖެއް އަރާމެއް ނެތި ސޫރިޔާގެ ކިތަން ރައްޔިތުން ތިބޭނެތޯއެވެ؟ ގެއިން ނުކުމެއްޖެ ނަމަ ސަލާމަތުން އެނބުރިގެއަށް އާދެވޭނެ ކަމުގެ އުންމީދު އޮންނަނީ ކިތައް ރައްޔިތުންނަށް ބާއެވެ؟

އަޅުގަނޑުމެން އެންމެހާ ދިވެހިން ސޫރިޔާގެ ރައްޔިތުންނަށްޓަކައި އަތްތައް އުފުލާލަމާތޯއެވެ. މާތް ﷲ ގެ ހަސްރަތުގައި އެ އަޙުންނާއި ޢުޚުތުންނަށް ޓަކައި ދުޢާ ކުރުމަށް އަތްތައް އުފުލާލަމާތޯއެވެ؟؟
-ނިމުނީ-

Tags:

ހަޤީޤީ

Share Article

Follow Me Written By

Dreamy

Level 1

Other Articles

Previous

މަންމަގެ ޑައިރީ 8 ވަނަ ބައި ( ކޮޅުފައިން ޖެހުން )

Next

އުމުރަށްވެސް

Next
January 9, 2014

އުމުރަށްވެސް

Previews
January 9, 2014

މަންމަގެ ޑައިރީ 8 ވަނަ ބައި ( ކޮޅުފައިން ޖެހުން )

6 Comments!

  1. hhhhhhhhhhhhhhhhhhh says:
    January 10, 2014 at 1:09 pm

    varah iburahteri vaahaka kolhe……gina ginain mikahala liun liun feney

  2. Dreamy says:
    January 10, 2014 at 3:33 pm

    Thanks.. yh.. thikama eba visnan.. nd thnx for the comment

  3. zoya says:
    January 11, 2014 at 2:36 am

    .very touching
    .May God bless them all and take away their suffering soon
    Insha Allah

  4. Dreamy says:
    January 11, 2014 at 8:28 am

    thnx zoya.. yhh insha allah

  5. ސައްފާހު says:
    January 27, 2014 at 9:15 pm

    ޔާ ﷲ. ސޫރިޔާ ރައްޔަތުންނަށް އަވަސް ސިފާ ދެއްވާ ފާންދޭވެ. އެމީހުން ތެރޭ އެކުރެވެމުންދާ ހަނގުރާމަ ހުއްޓެވުމްށް އިރާދަ ކުރައްވާ ފާންދޭވެ.

  6. mysterious girl says:
    April 12, 2014 at 10:11 am

    the sad truth
    insha allah

Comments are closed.


All Right Reserved!