Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ކަލާދެކެ އިންތިހާ ލޯބިވޭ

Dreamy Level 1
January 10, 2014 3 Mins Read
11 Comments

 

    ރޭގަނޑުގެ ކެއުމަށްފަހު މީހުންތައް އެކި ކަންކަމުގައި ހޭލިމޭލިވަމުންދަނީއެވެ. ރެއަކީ އުޑުމަތި ސާފުރެއެކެވެ. މަޑު މަޑު ވައިރޯޅިވެސް ޖެހެމުންދިޔައެވެ. ވިލާރޮއްޖެއް، ތަރިއެއް ނެތް ހާމަ އުޑަށް ބަލަހައްޓައިގެން ޒާއިން ހުއްޓެވެ. ޖެހެމުންދާ ހިތްގައިމު ވައިރޯޅީގެ އިހްސާސް ވެސް އޭނާއަށް ނުވާކަހަލައެވެ. ބެލްކަނީގެ ދަގަނޑުގައި ދެއަތް އަޅުވާލައިގެން މައްޗަށް ބަލަން ހުރިއިރު އޭނާގެ ދެލޮލުން ކަރުނަ ވިދަ ވިދާ ހުއްޓެވެ.

                 ކުއްލިއަކަށް އިވުނު އަޑެއްގެ ސަބަބުން އޭނާގެ ސަމާލުކަން އެއަޑަށް ހުއްޓުނެވެ. އެއީ ތަންކޮޅެއް ކުރީގެ މަޝްހޫރު ލަވައެކެވެ.

” ތިޔަ މޫނަށް ލޯ ހުއްޓޭ ގޮތްވޭ

ތިޔަ ހީލުން ފެނި ހައިރާން ހިތްވޭ

ދީވާނާ ލޯބިން ވެއްޖޭ ”

މޫސާ ސަމާއު އާއި މާއިން ރަޝީދުގެ އެހިތްގައިމު ލަވަ އަޑު އިވުމާއެކު ޒާއިންއަށް އޭނާގެ މާޒީގެ ހަނދާންތައް އާވާންފެށިއެވެ. ލޮލަށް ބޮޑިވެފައިވާ ކަރުނަތަކުގެ ތެރެއިން އެދުވަސްތައް އޭނާގެ ކުރިމަތީ ސިފަވާންފެށިއެވެ.

މީގެ ތިން އަހަރުކުރިން ޒާއިން އަކީ ރޭޑިއޯ ޕުރަގްރާމުތައް ހުށައަޅަމުން ދިޔަ ކުޅަދާނަ ޕްރެޒެންޓަރެކެވެ. އޭނާގެ އަޑަކީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ އަޑެކެވެ. ޙާއްސަކޮށް އަންހެންކުދިންގެ ހިތްތަކާ ކުޅެލި އަޑެކެވެ. ނައުހާ އާއި ޒާއިން ބައްދަލުވީވެސް އޭރުއެވެ.

         ނައުހާއަކީ ޒާއިންގެ ސުކޫލު ދައުރުގެ ގާތް އެކުވެރިއެއް ކަމަށްވާ ނާހިދުގެ ކޮއްކޮއެވެ. ޒާއިންއަށް ނައުހާ އެނގުނީވެސް ނާހިދުގެ ފަރާތުންނެވެ. އެދެމީހުންގެ އެކުވެރިކަން އުފެދުނީ ފޯނުންނެވެ. މަޑުމައިތިރި، ހިތްހެޔޮ މިޒާޖުގެ ނައުހާ ޒާއިންއަށް ވަރަށް ކަމުދިޔައެވެ. އެދެމީހުންގެ އެކުވެރިކަން ދިޔައީ ބަދަހިވަމުންނެވެ. ލިބޭ ހުސް ވަގުތުގައި ޒާއިން ނައުހާއަށް ގުޅައިގެން އެކި ވާހަކަ ދައްކައެވެ.ދެމީހުންގެ ދިރިއުޅުމުގެ ވާހަކައާއި އެކުވެރިންގެ ވާހަކައާއި އަދިވެސް މަޖާކަންތައްތަކުގެ ވާހަކައެވެ. ބައެއްފަހަރު ޒާއިން ނައުހާއަށް ލަވަވެސް ކިޔާދެއެވެ. މާއިން އާއި ސަމާއުގެ އެލަވައަކީ ނައުހާއަށް އޭރު އެންމެ ރީތި ލަވައެވެ. އެހެންކަމުން ޒާއިން ވަރަށް ގިނައިން ނައުހާއަށް އެލަވަ ކިޔާދެއެވެ.

ޒާއިންއަށް ޓީވީން ޕާރޓް ޓައިމް ޕްރެޒެންޓަރެއްގެ ވަޒީފާ ލިބުނީ އޭގެ އަހަރެއްހާ ދުވަސްފަހުންނެވެ. ޓީވީ ޝޯތައް ހުށައަޅަން ފެށުމުން އާންމުންގެ މެދުގައި ޒާއިންގެ މަޤްބޫލުކަން އިތުރުވެގެން ދިޔައެވެ. އޭގެ ސަބަބުން އޭނާ އެކަމާ ބޮޑާވިއެވެ. އަމިއްލަ ހައިސިއްޔަތު އޮޅުނީއެވެ. ކުރީގައި އެކުއުޅުނު ރަޙްމަތްތެރިން ބީރައްޓެހިންނަށްވިއެވެ. އެހާހިސާބަށް ގެނެސްދޭން މަސައްކަތްކުރި އެހީތެރިން ނުދަންނަ ބަޔަކަށްވީއެވެ. ނައުހާގެ މަތިންވެސް އޭނާ ހަނދާނެއް ނެތްކަހަލައެވެ. ނަމަވެސް މަދު މަދުން ނައުހާ ޒާއިންގެ ހާލުބެލުމަށް އޭރުވެސް ގުޅާ މެސެޖުކޮށް ހަދައެވެ. އެހެންކަމުން ޒާއިންއަށް ހީކުރެވެމުންއައީ ނައުހާ އޭނާދެކެ ލޯބިވާކަމަށާއި މަޝްހޫރު މީހަކަށް ވާތީ ގުޅުން ބާއްވަން ބޭނުންވަނީ ކަމަށެވެ. އޭނާގެ އެކުވެރިން ގާތުވެސް އޭނާ ބުނަމުން އައީ އެހެންނެވެ.

ދުވަސްކޮޅެއް ފަހުން ކިޔެވުމަށްޓަކައި ނައުހާ މާލެއައެވެ. އޭނާ ޒާއިންއާ ބައްދަލު ކުރިއެވެ. ކަޅުހެދުމުން އެއްކޮށް ނިވާވެގެން ހުރި ނައުހާ ފެނުމުން ޒާއިން އިތުރަށް ފޫހިވިއެވެ. އޭނާ ދެކޭ ގޮތުގައި ކަޅުހެދުމަކީ ‘ކަޓު” ު މީހުންގެ ސްޓައިލެވެ.

ދުވަސްތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. ރާއްޖެއަށް ދިމާވި އިޤްތިސާދީ ޙާއްސަ ހާލަތުގެ ސަބަބުން ސަރުކާރުގެ މުއައްސަސާތަކުން މުވައްޒިފުން ވަކިކުރަމުންދެއެވެ. އޭގެތެރޭގައި ޒާއިންވެސް ހިމެނުނެވެ. އެކަމުގެ ސަބަބުން ޒާއިންގެ މަޤްބޫލުކަން އާންމުންގެ މެދުގައި ކުޑަވިއެވެ. އެކީގައި އުޅުނު ރަޙްމަތްތެރިންވެސް އޭނާ ދޫކޮށްލާފައި ހިނގައްޖެއެވެ. އޭނާއަށް ފިލާވަޅެއް ދިނުމަށްފަހުގައެވެ. މަޝްހޫރުވުމުން އޭނާ ކުރީގެ ރަޙްމަތްތެރިން ދޫކޮށްލީއެވެ. މިއަދު އޭނާގެ މަޤްބޫލުކަން ކުޑަވުމުން މިހާރުގެ އެކުވެރިން އޭނާ ދޫކޮށްލީއެވެ.

ކުއްލިއަކަށް އޭނާގެ ހިތަށް ސިފަވެގެން ދިޔައީ ނައުހާއެވެ. އަބަދުވެސް ނައުހާ އޭނާއަށް އެހީވިއެވެ. ހާލުބެލިއެވެ. އެކަމަކު އޭނާއަށް ނައުހާއާއި ދޭތެރޭ ކަންތައް ކުރެވުނީ ކިހިނެއް ހެއްޔެވެ؟ އަދިވެސް ނައުހާ އޭނާއަށް އެހީވެދާނެބާއެވެ؟

ވަރަށް އުދަނގުލުން އޭނާ ނައުހާ އުޅޭ އެޑްރެސް ހޯދިއެވެ. އޭނާ އެޕާރޓުމެންޓު ދޮރުމައްޗަށް ހުއްޓި ބެލް އަޅާލިއެވެ. ދެތިން ފަހަރަކު ބެލް އެޅުމާއެކު ދޮރު ހުޅުވީވެސް ނައުހާއެވެ. ހިތްހެޔޮކަމާއި ހިނިތުންވުމާއެކީ އޭނާ ޒާއިންއަށް އެތެރެއަށް ވަނުމަށް ދަޢުވަތުދިނެވެ. އެވަގުތު ޒާއިންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އެތައް ދުވަހެއްފަހުންވެސް ނައުހާގެ އޯގާތެރިކަމަށާއި ހިތްހެޔޮކަމަކަށް ބަދަލެއް އައިސްފައި ނުވާތީއެވެ. އެސަމާސާކުރުމާއި މަޖާކުރުމަށް ބަދަލެއް ނާދެއެވެ. އޭގެސަބަބުން ޒާއިން ލަދުގަނެ، ދެރަވިއެވެ. އޭނާއަށް ކަންތައްކުރެވުނު ގޮތާ ބަލާފައި ނައުހާ އެކަމުގެ ބަދަލު އެދިނީ ކިހިނެއް ހެއްޔެވެ؟

އިރުކޮޅަކުން އެތަނަށް އައީ މިހާރު ރާއްޖޭގެ މަޝްހޫރު ޒުވާން ހިތުގެ ޙާއްސަ ޑޮކްޓަރ ،ޑޮކްޓަރ ދާނިއަލްއެވެ. ނައުހާ ޒާއިންއަށް ތަޢާރަފް ކޮށްދިނެވެ. ދާނިއަލް އަކީ އޭނާގެ ފިރިމީހާ ކަމަށް ބުނެދިނެވެ. ޒާއިންގެ ހިތް ކުދިކުދިވި ކަހަލައެވެ.

ނައުހާ އޭނާދެކެ ލޯބިވާކަމަށް ހީކުރެވުނީ އޭނާއަށެވެ. އަދި މިއަދު ނައުހާދެކެ ޖާންދެވޭހާ ވަރަށް ލޯބިވެވުނީވެސް އޭނާއަށެވެ. ނަމަވެސް މިއަދު އޭނާއަކަށް ނައުހާ އެއް ނުލިބޭނެއެވެ. ލިބުން ޙައްޤެއްވެސް ނޫނެވެ. ނައުހާއަށް އެވަނީ އޭނާ އެންމެ ލޯބިވާ ބައިވެރިޔާ ލިބިފައެވެ. ދާނިއަލްވެސް ނައުހާދެކެ ވަރަށް ލޯބިވެއެވެ. ދާނިއަލް އަކީ ނަސީބުވެރިއެއް ކަމަށް އޭނާ ޤަބޫލުކުރެއެވެ. އެއީ ނައުހާފަދަ މާތް އަޙުލާޤެއްގެ ވެރި އަންހެންކުއްޖެއް ލިބޭނީ މަދުމީހަކަށް ކަމަށްވާތީއެވެ. އެހެނަސް އޭނާވެސް ނައުހާދެކެ އިންތިހާއަށް ލޯބިވެއެވެ.

              އޭގެފަހުން ޒާއިން ވޭތުކުރަމުންދަނީ ހިތްދަތި ދިރިއުޅުމެކެވެ. ނައުހާގެ ލޯތްބަށް ހިތްއެދުނަސް އެކަން ނުވާނެކަންވެސް އެނގެއެވެ. ނަމަވެސް ނައުހާގެ ހަނދާން އާކޮށް ހިތް ކަރުނުން ފޯކޮށްލައެވެ. ނުލިބުނަސް އޭނާގެ ހިތްއެދެނީ ނައުހާއަށެވެ. އެއީ އޭނާ ކަޓުކަމަށް މަލާމަތްކުރި ނައުހާއެވެ. އޭނާއާއި ހެދި މޮޔަވެގެން އުޅެއޭ އޭނާ ބުނަމުން އައި ނައުހާއެވެ. ނަމަވެސް އެ ކަޓު ނައުހާގެ ލޯތްބަށް މިއަދު ރޮމުން ކަރުނަ އަޅަމުން އެދަނީވެސް ހަމައޭނައެވެ. މިހާރު އޭގެފަހުން ތިން އަހަރު ފާއިތުވެގެން ދިޔައީއެވެ.

ެ.

” ތިޔަ މޫނަށް ލޯ ހުއްޓޭ ގޮތްވޭ

ތިޔަ ހީލުން ފެނި ހައިރާން ހިތްވޭ

ދީވާނާ ލޯބިން ވެއްޖޭ ”

އެއީހަމަ އެލަވައެވެ. އޭނާ ނައުހާއަށް އެއްއިރެއްގައި ވަރަށް ގިނައިން ކިޔާދިން، ނައުހާއަށް އެންމެ ރީތިލަވައެވެ. މިހާރުއެއީ ޒާއިންއަށް އެންމެ ރީތި ލަވަކަމުގައިވަނީވެފައެވެ.

                   “ހުވާކޮށްފާ ބުނަން ލޯބިވޭ

ކަލާދެކެ އިންތިހާ ލޯބިވޭ

ހުވާކޮށްފާ ބުނަން ހިތްގަޔާވޭ

މިޖާނު ދޭނަމޭ ލޯބިންހުވާ”

އެލަވައިގެ ބަސްތަކަކީ ޒާއިންގެ ހިތުގެ އެންމެ ފުންމިނުން ނައުހާއަށްޓަކައިވާ ބަސްތަކެއްފަދައެވެ. ޔަޤީނެވެ. ޖާނާއި ފުރާނަ ދެވޭވަރަށް އޭނާ މިއަދު އެވަނީ ނައުހާގެ ލޯބީގައި ދީވާނާވެފައެވެ.

Tags:

ހަޤީޤީ

Share Article

Follow Me Written By

Dreamy

Level 1

Other Articles

Previous

ވާހަކަ ހުށައެޅުމަށް މާފަސޭހަ ގޮތެއް..!!

Next

މަންމަގެ ޑައިރީ 9 ވަނަ ބައި (ރާޝިދު)

Next
January 12, 2014

މަންމަގެ ޑައިރީ 9 ވަނަ ބައި (ރާޝިދު)

Previews
January 10, 2014

ވާހަކަ ހުށައެޅުމަށް މާފަސޭހަ ގޮތެއް..!!

11 Comments!

  1. nunnu says:
    January 10, 2014 at 10:03 pm

    Haadha avas kohlaaafa vaahaka ninmaalaafa a..heevany thanakh dhaaan lass vefa huri meehak liyefa hen…. v fooohi stry…mulhin nauhaa nauhaaa nauhaaa nauhaaaa…..

  2. zoya says:
    January 11, 2014 at 2:11 am

    .Its just a simple, nice and short love story. Keep writing more. Not all the stories are same
    .Hope to see more stories

    1. Anonymous says:
      January 11, 2014 at 12:56 pm

      Asluuves vaahaka reethi.

  3. Dreamy says:
    January 11, 2014 at 2:19 pm

    thnx guys

  4. BibbiDhooni says:
    January 11, 2014 at 8:50 pm

    Nice story.. Mygen vs kudhin kudhinnah ibratheh libey Nama ragalhu.. Thanks dreamy?.. Ummmwah

    1. Ebony says:
      February 5, 2014 at 12:45 pm

      There’s a terrific amount of knewdolge in this article!

    2. bears binkies says:
      September 23, 2014 at 10:36 pm

      That’s not just the best answer. It’s the bestest answer!

  5. riffa says:
    January 28, 2014 at 11:08 pm

    niceee!!

  6. maahy says:
    February 27, 2014 at 6:22 pm

    …nyc

  7. Elyyyy says:
    March 23, 2014 at 7:42 am

    Vaahakayah dyfa in nan v asarugada … ekm namaa vaahakayakagulhumeyney…. vaahakaige feshun kudakoh k… ekm vaahakaige maigandu , kunnu adi nimun ryhcheynun….. ehaa asarugada namey dyfa vaahaka ehaa kuruvma koahchakah vaany…… overol koh Elyy bunaany vaahaka kamaku nudeye…… uhmydu kuran kuriah oytaanga miahvure ohtaru huri sauguveri kamaaeku kiyaaleveyne vaahakatakey up vegen daane kamah…… INSAA AHLAAH….. BAI BAAI TC

  8. Shiya says:
    March 28, 2014 at 12:14 am

    nyc..waiting 4 the next sry

Comments are closed.



All Right Reserved!