Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ބަޑި ބުރާސްފަތީގައި އަޅުގަނޑު (ދެވަނަ ބައި)

Xim Level 110 Stories
November 3, 2013 5 Mins Read
4 Comments

ކުރީބަޔާއި ގުޅޭ..

މިސްކިތައް ދިޔައިރު މިސްކިތްވަނީ ފުރި ތޮއްޖެހިފައެވެ. އަހަރެންނަށްވެސް ޖެހުނީ ބޭރުގައި ކުނަލެއް އަޅައިގެން އިށީންނާށެވެ. އެއްމެންވެސް ތިބީ ދުޢާ ކުރުމާއި ޤުރުއާން ކިޔެވުމުގައެވެ. އިރުކޮޅަކުން ކޮންމެވެސް މީހަކު އައިސް އަހަރެންގެ އަތަށްވެސް ޚަތިމެއް ދިއްކޮށްލިއެވެ.
“ބޭބޭ ކީއްދޯ ވެގެން މި އޮޅެނޫ؟” އޭނާ ޚަތިމް ދިއްކޮށްލުމާއި އެކު އަހަރެން ހާސްކަމެއްގައި އިނދެ، ވެގެން އުޅޭގޮތެއް އޮޅުން ފިލުވުމަށް ސުވާލު ކުރީމެވެ.
“ކޮއްކެޔާ….މާލެއަށް ކާފަރުންތެކެއް ބަޑި ހިފާގެން އަރާ މާލެ ހިފާގެން މި އޮޅެނޫ” އޭނާ ވެސް ވަރަށް ދެރަވެފައި ހުރެ އެހެން ބުނެފައި އޭނާގެ އަޅުކަމާއިގެން ދިޔައެވެ.
އަހަރެންގެ ކަންފަތުގައި ކުރިން ޖެހުނު އަޑު ޔަޤީންވީއެވެ. އަހަރެންގެ ހިތައް އިތުރަށް ބިރުވެރިކަން ވަނެވެ. ބިރުން ފުރިފައި އިނދެ ޤުރުޢާން ކިޔެވުމަށްޓަކައި ޚަތިމް ހުޅުވާލީމެވެ.

…………………………

މުދިންބޭ މެންދުރުގެ ބަނގި ގޮވަން ފެށުމާއިއެކު އެއްމެންވެސް ޤުރާންގެ އަޑު މަޑުކޮށްލާ ނަމާދަށް ތައްޔާރުވާން ފެށިއެވެ. މީގެ ކުރިން ދުވަހަކުވެސް މިސްކިތައް ނާރާހާ ގިނަ މީހުން ވަނީ މިސްކިތަށް ނަމާދަށް ޖަމާވެފައެވެ.

ނަމާދަށްފަހު ކާފަރުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވުމަށް އެދި ޚާއްޞަ ދުޢާއެއް ކުރިއެވެ. އަދި ނަމާދުގެ ފަހުންވެސް ގިނަ އަދަދެއްގެ މީހުން ޤުރުއާން ކިޔެވުމާއި ދުޢާ ކުރުމަށް މިސްކިތުގައި މަޑު ކުރިއެވެ.

ނަމާދަށްފަހު ޤުރުއާން ކިޔެވުމަށް މިސްކިތުގައި އަހަރެންނަށް މަޑު ކުރެވުނީ ހަމަ ކުޑަ ވަގުތު ކޮޅަކަށެވެ. އެއަށް ވުރެބޮޑަށް ރަށުތެރޭގައި ހިނގަނީ ކީއްތޯ ބެލުމަށް އަހަރެންގެ ޝަޢުޤުވެރިކަންވަނީ އިތުރުވެފައެވެ. މަޑުމަޑުން ނޫން ގޮތަކަށްހުރެ މިސްކިތުން ފައިބައިގެން ދުވެފަ ކަހަލަ ގޮތަކަށް އަތިރިއާއި ދިމާއަށް ދިޔައީމެވެ.

ރަށުގެ ކަމުވޮށިގެންވާ ގިނަ މީހުނާއި ރަށުގެ ވެރިން އަތިރިމަތީގައި ވޯކީޓޯކީ ހިފައިގެން މާލޭގެ ޚަބަރެއްވޭތޯ ޓޯކީގެ އެންޓަނާ އޭގެ އެއްމެ ދިގުމިނަށް ދިގުކޮށްލައިގެން އެއްވެސް ދިމާލަކުން އަޑެއް އިވޭތޯ ގޮވަމުން ދިޔައެވެ. ބައްޕައަކީ ރަށުގެ ކުޑަ ކަތީބު ކަމުން ބައްޕަވެސް އުޅެމުން ދިޔައީ ވަރަށް ހަރަކާތް ތެރިކޮށެވެ. އިރު އިރުކޮޅާ ކޮންމެވެސް ދިމާއަކުން ނުސާފު ގޮތަކަށް އަޑު އިވެމުން ދިޔައެވެ. ޚަބަރުތައް މާލެއާއި ހަމައިން އަންނަމުން ދިޔައީ ދެތިން އަތޮޅު މެދުވެރިކޮށެވެ. މާލެއާއި ހަމައިން ލ.މުންޑޫ އާއި ހަމައަށް އެކި އެކި ފަރާތް މެދުވެރި ވެގެން މެސެޖް ލިބެމުން ދިޔައިރު އެމެސެޖްތައް އެކިފަހަރު ލިބެމުން ދިޔައީ އެކިގޮތަށެވެ. ތެދެއް ދޮގެއް ރަނގަޅަށް ވަކިވާވަރެއް ނޫނެވެ.

މިހާރު މަހަށް ދިޔަ އެންމެންވެސް ރަށަށް އައިސްފިއެވެ. އެމީހުންވެސް ނަމާދު ކޮށް ހެދުމަށްފަހު ރަށުގެ އަތިރީގައިވާ މަސްހޫރު ރުއްގަނޑު ކައިރިއަށް ރަށުގެ ވެރިންނާއި ކަމުވޮށިގެންވާ މީހުނާއިއެކު އެއްވިއެވެ. އަދި ދިމާވެގެން މި އުޅޭ ބޮޑު ނުރައްކާތެރި ހާދިސާ އާއިމެދު ކަންކުރާނެ ގޮތަކާއި މެދު މަޝްވަރާކޮށް ޚިޔާލު ހުށަހަޅަމުން ދިޔައެވެ.

“މަށް ފެނެން ގޮތަކޫ މީހުންވެސް ގަލާ، ފޭރާ ކަހަލަ އެއްޗިހި ހިފައިގެން ނައްޓާލާން ވޫ ގުރުވަ ދޯންޏާ، މާލެ ދާން” އެތަނުން އެކަކު އޭނާގެ ޚިޔާލު ހުށަހެޅިއެވެ. އަދި އެކަމަށް އެއްބަޔަކު ސަޕޯޓްވެސް ކުރިއެވެ. ޤައުމާއި މެދު އޭނާގެ ހިތުގައިވާ ލޯބި ބޮޑުކަމުން އޭނާއަށް ކެތްނުވެގެން އޭނާގެ ޝުޢޫރު ފާޅު ކުރިއެވެ. ގުރުވަ ދޯންޏަކީ ހުއްޓާ ނުލާ ދެރޭ ދެދުވާ ދުއްވާ ފަހުން މާލޭގެ މަލަފެންނަ ވަރަށް ދުވާ ދޯންޏެކެވެ. ބަޑި އާއި ޒަމާނީ ހަތިޔާރު ހުރި ބަޔަކާއި ދެކޮޅަށް ހަނގުރާމައަށް ދިއުމަށް މި ހުށަހެޅުނު ޚިޔާލު ގޯހެއް ނޫންތާއެވެ. އެބައި މީހުނާއި ހަނގުރާމައަށް ދިއުމުގެ ޝަޢުޤު އޮތްކަންވެސް އެއީ ލައްކަ ބޮޑުވަރުތާ ދޯއެވެ.

އަސުރު ވަގުތުގެ ބަންގި ގޮވާން ފެށުމާއިއެކު ނަމާދަށް ދިއުމަށް ގިނަބަޔަކު މިސްކިތާއި ދިމާއަށް ހިނގައި ގަތެވެ. އަސުރު ނަމާދަށްފަހު އަހަރެންވެސް މަޑު ކޮށްލީ ޤުރުއާން ކިޔަވާލުމަށެވެ. ޤުރުޢާން ކިޔެވުމާއި ދުޢާކުރުމުގައި މީހުންތައް ތިއްބާ މިސްކިތުގެ ގޯތި ތެރެއަށް ރަށުގެ ކަތީބު ވަދެގެން އައިސް ރައްޔިތުންގެ ސަމާލުކަމަށް ގޮވާލިއެވެ. އަދި އުފާވެރިކަމުގެ ޚަބަރެއް ދިނުމަށް އައިކަމުގައި ބުންޏެވެ. ކަތީބުގެ އެ ޖުމްލަ އާއި އެކު، ރައްޔިތުންގެ މޫނުމަތިން އުޖާލާކަމާއި އުފާވެރިކަން ފެނިގެން ދިޔައެވެ. ޤުރާން ކިޔެވުން މެދު ކަނޑާލުމަށްފަހު ކަތީބު ދައްކާވާހަކައަށް ސަމާލުކަން އެއްމެން ހުޓުނެވެ.

“އެއްވެސް ގޮތަކަށް އެއްވެސް މީހަކު ހާސްވެ ކަންބޮޑު ވާނެ ކަމެއްނެތް. މިހާރު ލީބިޔާ ސިފައިން އެބަ އާދޭ ރާއްޖެ ސަލާމަތް ކުރަން” ކަތީބު އެހެން ބުނުމާއި އެކު އެއްމެން ޙަމްދުކޮށް އާމީން ކިޔާ މޫނުގައި އަތް އެޅިއެވެ. އެހެންނަމަވެސް މިއަދާއި ހަމައަށްވެސް ރާއްޖެއަށް މިފަދަ ޙާދިސާއެއް ދިމާވިކަން ލީބިޔާ ސިފައިންނަށް އެނގިފައި ވޭބާއެވެ؟ މައްސަލައެއް ނެތްތާ ދޯއެވެ. އެވަގުތައް ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަމަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ކަތީބުގެ އެ ވާހަކައިން ގެނެސް ދީފިއެވެ. ކަތީބު އެހެން ބުނުމަށްފަހު ދޫޢާކޮށް ހެދުމަށް ރައްޔިތުންނަށް ނަސޭޙަތް ދިނުމަށްފަހު ދިއުމަށް ހިނގައިގަތެވެ. ކަތީބު ދިއުމާއިއެކު އަހަރެން އަވަހަށް ޚަތިމް ބާއްވާފައި ކަންވެގެން އުޅޭ ގޮތެއް ބެލުމަށް އަތިރިމައްޗަށް އަނެއްކާވެސް ދިޔައީމެވެ.

މަސްވަރާ ކުރެވެމުން ދިޔަ މީހުންތަކުގެ ކައިރީގައި އަހަރެން މަޑުކޮށްލީމެވެ. މަސްވަރާ ކުރަމުން ދިޔައީ އެރޭގައި ރަށުގައި ފޯރިއަށް ތިބުމާއި އަދި އަދުއްވުން އައިސްފިނަމަ ކަން ކުރާނެ ގޮތަކާއި މެދުގައެވެ. އެގޮތުން ރޭގަނޑު ރަށުގައި ފޯރިއަށް ތިބޭނެ މީހުން ކަނޑައަޅާ ނިންމިއެވެ. އަދި ކޮންމެ މީހަކު އަތުގައިވެސް ރަނގަޅު ދަނޑި ބުރިއަކާއި އަދި ކަތިވަޅިފަދަ ހަތިޔާރު ހުންނަން ޖެހޭނެ ކަމުގައި އެންގިއެވެ.

“ކޮބާ މިހާރު އެއަށް ހަތަރަގަޑި ބައިވޫ. ހިނގާ ފުޓްބޯޅަ ކޮޅޭން އެރެމާ” އެތަނުން އެކަކު ގަޑިއަށް ބަލާލުމަށްފަހު ބުންޏެވެ. އޭނާއަށް ކަމެއް ވެގެން އުޅޭހެން ވެސް ހީނުވެއެވެ. އާއެހެންޏާ މިއޮށްފަދަ ދުވަހުގައިވެސް އޭނާ އެ އުޅެނީ ކުޅެން ނުދެވިގެންނެވެ. ކުރާނެ ކަމެއް ނެތެވެ. ގިނަ މީހުން ތިބޭތަނެއްގައި އެކަހަލަ މީހުންވެސް އުޅޭނެއެވެ.

“މަރަށް ތޮޅި ތޮޅީ އޮތަސް ޖެހޭދޯ ފުޓްބޯޅަ ކޮޅޭން އެރޭން. މިހާ ނުރައްކާތެރި ދޯހުވެސް އިނބެން ތެއް އޮޅެނޫ ކީއް ނުވެގެންދޯ؟” ރަށުގެ އެއްމެންވެސް ގަދަރު ކުރާ އާގޭ ދޮންބޭބެ ބުންޏެވެ. އެހެން ބުނުމާއި އެކު މީހުންތައް ހަމަހިމޭން ވިއެވެ.
ހިނގަމުން ދިޔަ ކޮންމެ ކަމެއްވެސް އަހަރެންނަށް ވީ ފާޑެއްގެ ކުޅިވަރަކަށެވެ. އިރު އިރުކޮޅާ ގޭދޮށަށް ގޮސްލާފަ އަތިރިމައްޗަށް އެރިލާފަ ރަށުތެރޭގައި ދުވެލާފަ އުޅުނު އިރު އަހަރެންނަށް ހީވަނީ ފާޑެއްގެ އީދެއް އައިސްގެން އުޅޭހެނެވެ. ވާނީވެސް އެހެންތާއެވެ. އަހަރެންގެ އުމުރަކީ އަދި ހޭޖެހި ނުޖެހޭ އުމުރެވެ.

“އެއްވެސް ގެޔަކު ބޭރަށް ފެނެންގޮތައް އެއްވެސް އައްލެއް ނުބަހައްޓާތި! ކޮންމެހެން ބޭނުންވަން އެއްޗިހި ގޭތެރެއަށް ލައިގެން ތިބޭން ވާނޫ!، ވަރަށް މުހިއްމު ކަމަކާ ލާގެން ނޯނޫވާ އެއްވެސް މީހަކު ބޭރަށް ނުކުމެގެން ނުވާޅެ!” އިރުއޮއްސެން ކައިރިވުމާއިއެކު، ރޭގަނޑު އަމަލު ކުރަން ޖެހޭނެ ގޮތް އެއްމެނަށް ރަށު އޮފީހުގެ ފަރާތުން ކަތީބު އެންގިއެވެ. އެރޭގައި ރަށުގެ ފޯރިއަށް ތިބޭނެ މީހުނާއި އަދި ވޯކީ ޓޯކީއިން ޚަބަރު ހޯދާ ޑިއުޓީގައި ތިބޭނެ މީހުން ކަނޑައެޅުމަށް ފަހު އެންމެން ގޭގެއަށް ދިއުމަށް ހިނގައި ގަތެވެ.

އިރު އޮއްސި އަނދިރި ވުމާއިއެކު އަހަރެންވެސް އަވަހަށް ގެއަށް ދިއުމަށްޓަކައި ދުއްވައިގަތީމެވެ. އެއީ ކާފަރުން ހަމަލާއެއް ދިނުމުގެ އިތުރުން އެހެން ބޭރުގައި އުޅެނިކޮށް ފުރޭތައެއް ކާލަފާނެ ކަމަށް ނޫނީ ޖިއްނިއެއްގެ ހަމަލާވެސް އައިސްފާނެ ކަމުގެ ބިރަށެވެ. އެނޫނަސް އެއީ ހުކުރު ވިލޭ ރެއެވެ. އަހަރުމެންނަށް އަޑު އިވިފައިވާ ގޮތުން ހުކުރު ވިލޭ ރެއަކީ ނާމާން ރެއެކެވެ. ގެއަށް ދިޔައިރުވެސް މަންމަ އިނީ ޤުރާން ކިޔަވާންށެވެ. މައްމަގެ ދުލުން ހެޔޮ ދުއާތަކާއި ޤުރާންގެ އަޑު ކަނޑައިގެން ނުދެއެވެ. ވާނީވެސް އެހެންތާއެވެ. މަންމަގެ އެއްމެ ދޮށީ ދަރިފުޅުވެސް އެވަނީ ހަނގުރާމަ ހިނގާ މާލޭގައެވެ. ކާފަރުން ދޮންބެ މަރާ ނުލާކަމެއްވެސް ޔަޤީނެއް ނޫނީޔާއެވެ.

“މަހުތަމެން ކައިގެން ނިދާން އޮޅީ އަވަހަށް” އީޝާ ވަގުތުވެސް ނުވަނީ އަހަރެންމެން ނިދަން އޮށޯތުމަށް މަންމަ ބުންޏެވެ. އެހެން ނަމަވެސް އަހަރެން އެހާ އަވަހަށް ނިދާ ހިތެއް ނުވިއެވެ. އެނޫނަސް އަހަރެންނަށް ހަމަޖެހިލައިގެން ނިދާލެވެނީ ވަކިވުމުގެ ކުރިން އަޑުއަހާލާފައެވެ. ކިތައްމެ ނިދަން ބޭނުން ނުވިޔަސް ވެފައިވާ ވަރުބަލިކަމުގައި ގޭ ބޭރުގޭގައި ހުރި ބޮޑާއްޓަށް އަރާ އަހަރެން ހަމަ ޖައްސާލިތަނާ ނިދިއްޖެއެވެ.

04 ނޮވެމްބަރ 1988 ވީ ހުކުރު ދުވަސް

“އާޒިމް…..އާޒިމް… މަހުތާ ތެދުވޭ މިހާރު އެއަށް އިރައަރާ ހަތެއް ޖަހަނޫ” މަންމަ އައިސް ގައިގާ ކޮށްޓަ ކޮއްޓާފައި ގޮވަންފެށުމުން އަހަރެންނަށް ނިދިން ހޭވެރިކަން ވިއެވެ. އޭރު އިރު އަރާ ދުނިޔެމައްޗަށް ވަނީ ހޫނުކަން ގެނެސްދީފައެވެ. ހަމަ ތެދުވެވުމާއިއެކު މޫނު ދޮވުމެއް ނެތި ލޯ ފުހެލުމަށްފަހު، ތެދުވެގެން ރަށުތެރޭގެ ޚަބަރު ބެލުމަށް އަތިރިއާއި ދިމާއަށް ދިޔައީމެވެ. އަދި މިވަގުތު އަތިރި މަތިން މާބޮޑު ކަމެއް ފެންނާކަށް ނެތެވެ. އަތިރިއަކަށް އެރިލާ ދޮންވެލިކޮޅަކުން ދަތް އުނގުޅާލައިގެން ރުއްގަނޑާއި ދިމާއަށް ހިނގައިގަތީމެވެ. ރޭގައި ރަށުގެ ފޯރިއަށް ތިބި މީހުންގެ ތެރެއިން ބައެއް މީހުން ރަށުގެ ރައްޔިތުން އެއްވާ ރުއްގަނޑު ސަރަހައްދުގައި މަޑުކޮށްލައިގެން އެކިއެކި މަޝްވަރާގައި ތިއްބެވެ. ނަސީބަކުން ކާފަރުންތައް އަހަރެމެން ރަށަކާއި ރޭގައި ދިމާކޮށެއް ނުލައެވެ. މާބޮޑު ޚަބަރެއް ނެތެވެ.

އެތާންގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު ގެއަށް އާއިރު ހެނދުނުގެ ސައި ހެދުމަށްޓަކައި މަންމަ ބަދިގެ ދޮށުގައި އުޅެއެވެ. އަހަރެންވެސް ބަދިގެ ކައިރީގައި ކޮށްޓަށްލާފައިވާ ކޮއްކޮ ކައިރީގައި މަޑުކޮށްލީމެވެ.

އޭރުވެސް މަންމަ ހުރީ ރޭޑިއޯ ހުޅުވާފައެވެ. ރޭޑިއޯ ހުޅުވާފައި ވީނަމަވެސް އެއްވެސް ޚަބަރެއް ނާދޭއެވެ. ފާޑެއްގެ ޒީން ޒީން އަޑެއް އަރަ އަރާ ހުއްޓެވެ. މަންމަގެ މޫނުތިން އަދިވެސް ފެންނަމުން ދަނީ މާޔޫސް ކަމާއި ހިތާމައެވެ. މަންމަގެ އެ ހިތާމަވެރި މޮޅިވެރި މޫނު ފެނުމުން އަހަރެންވެސް ވަރަށް ދެރަވިއެވެ.

ހިތާމައިގެ ދުނިޔެއަކަށް އެއްމެން ގެއްލިފައިވަނިކޮށް ކުއްލިއަކަށް އެއްމެން ސިއްސައިގެން ގޮސް ޝައުޤު ވެރިކަން ހުއްޓިގެންދިޔައީ ރެޑިއޯ އިން ޤުރުއާންގެ އަޑު އިވެން ފެށުމާއިއެކުގައެވެ. މަހުމޫދު ޚަލީލް އަލް ހުސައިރީގެ ހަމަ އެރީތި އަޑެވެ. ވީ އުފަލެއްގެ ބޮޑުކަން ބުނަންވެސް ނޭންގުނެވެ. ޤުރުއާނަށްފަހު ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫނު އަބްދުލް ޤައްޔޫމްގެ ޚިޠާބު އަންނަން ފެށިއެވެ. ވީ އުފަލުގެ ބޮޑުކަމުން މަންމެވެސް ﷲ އަށް ޙަމްދުކޮށް އާމީން ކިޔާ މޫނުގައި އަތް އެޅިއެވެ. ރައީސްގެ ޚިތޯބުގައި ކަންވެގެން އުޅޭގޮތް ވަރަށް ތަފުސީލުކޮށް ވިދާޅުވިއެވެ. ރާއްޖޭގެ ޚާއިނުން ތަކެއް ލަންކާގެ ތަމަޅަ ޓައިގަރުން ތަކަކާއި ގުޅިގެން ރާއްޖޭގެ ވެރިކަން ވައްޓާލުމަށް އައިސް އެތައް ބަޔަކު މަރާފައިވާކަމަށް ވިދާޅުވިއެވެ. އަދި މިހާރު ބާޣީންތައް ފިލައިގެން ދިޔަ ވާހަކައާއި އިންޑިއާ ސިފައިން ރާއްޖެ ސަލާމަތް ކުރަން އައިސްފައިވާ ކަމުގައި ބުންޏެވެ. ބާޣީން ފިލައިގެން ދިޔައިރު ރާއްޖޭގެ ބައެއް ވަޒީރުންނާއި ރައްޔިތުން ގެންދިޔަކަން އެނގުނެވެ. ކަތީބު ބުނިގޮތާ ޚިލާފަށް ލިބިޔާ ސިފައިންގެ ބަދަލުގައި އައީ އިންޑިއާ ސިފައިންނެވެ. މައްސަލައެއް ނެތްތާއެވެ. އަހަރުމެންގެ ބޭނުމަކީ ކޮންމެ ބަޔަކު އައިސްގެންނަމަވެސް ރާއްޖެ ސަލާމަތް ވުމެވެ.

ނިންމުން

މިފަދަ ނުރައްކާތެރި އުދުވާން ތަކުން މި ދިވެހި ލޮބުވެތި ވަޠަން އަބަދުވެސް ސަލާމަތް ވުމެވެ. އަދި މިނިވަންކަން މަތީ މި ވަޠަން އަބަދުގެ އަބަދައް ލެއްވުމެވެ. އަދި ޤައުމުދެކެ ލޯބިވާ ކޮންމެ ދަރިޔަކީވެސް ޤައުމަށްޓަކައި ޤުރުބާންވާ ތައްޔާރަށް ހުރި ދަރިޔަކަށް ވުމެވެ. އެދުވަހު ޤަޢުމުގެ ދިފާއުގައި ޝަހީދުވެގެން އެދިޔަ ބޭކަލުންނަކީ އަހަރުމެންގެ ޙައްޤުގައި ޝަހީދުވެގެން ދިޔަ ބޭކަލުންނެވެ. އެބޭކަލުން އެދުވަހު މި ޤައުމު ދިފާޢު ނުކުރިނަމަ މިއަދު އަޅުގަނޑުމެން ވީހީ އަޅުވެތިކަމުގައެވެ. ވީމާ، ﷲ ސުބުޙާނަހޫ ވަތަޢާލާ މި ދެއްވެވި މަތިވެރި ނަސްރަށް ޝުކުރުކޮށް އެދުވަހުގެ ހަނދާނާއި އެ ދުވަހު ޝަހީދުވެގެން ދިޔަ ބޭކަލުންގެ ޒިކުރާ އާކުރަން ޖެއެވެ. އަދި އެފަދަ ޢުދުވާން ތަކުން ޤައުމާއި ދީން ސަލާމަތް ކުރުމަށްޓަކައި އަދުގެ ޒުވާނުން ޢަޒުމް ކަނޑައަޅަން ޖެއެވެ.

ހިތުގެ އަޑީން އަޒުމްތަކެއް އެކީއެކަށް އެކަށަ އަޅާ
އިހުގެ ބަޠަލުތަކުން ފަދައިން ކެރޭށަވީ ޝަޙީދުވާން
އަލުން ނުދީ ފުރާނަތައް މިޤައުމު އައު ވެވޭށިތޯ
ވަޠަންގެ މާތްދަރީންތަކެއް ފަށާށެއަދު އިޖާބަދޭން.
ޒަމާންތަކަށް ވިދާނެހެން ދިވެހި ދަރީންގެ ރީތިނަން
ވަމާހެ ދާބައެއްކަމަށް ހިތާއެކީ މި ރޫޙުދޭން.

އެހެންނަމަވެސް ހިތާމަ އަކީ އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަނާއި ތޮޅެން ބޭރުގެ ބަޔަކު އައިސްފައިވާ ކޮންމެ ފަހަރަކުގައިވެސް އެކަން ހިނގާފައިވަނީ މި ދިވެހި ޤައުމަށް ނިސްބަތްވާ ދިވެހި ދަރިންތަކެއް ޤައުމަށް ޚިޔާނާތްތެރިވެ، އެފަދަ މީހުންނާއި ގުޅިގެން އެކަން ހިންގާފައިވާތީއެވެ. އަދި މިއިން ކޮންމެ ފަހަރެއްގައި ދިވެހި ޤައުމު ސަލާމަތް ކުރެވިފައިވަނީ ދިވެހި ދަރިންގެ ލޭ މި ބިމަށް އޮހޮރުވާލައިގެން ނެވެ. އަދި މިހާރުވެސް ބައެއް ފަރާތަކުން މިފަދަ ގޮވުންތަކަށް ގޮވާލާ ކަމީ ހިތާމަހުރި ކަމެކެވެ. އަދި ނު އެނގުމެއްގެ ތެރޭގައި ތިބެގެން އަޅުގަނޑުމެންގެ ތެރެއިން ބަޔަކަށް އެފަދަ ފަރާތްތަކަށް ވާގިވެރިވެ އެފަދަ ވާހަކަތަކަށް ހިތްވަރު ދެވޭކަމީ ކޮޅުނެތްކޮޅަށް ހިތާމަ ކުރަންޖެހޭ ކަމެކެވެ. އަޅުވެތިކަމެއްގައި އަޅުގަނޑުމެން މިހާރު މިއުޅޭ މިނިވަންކަންމަތީ އެއްވެސް ފަރާތަކަށް ނޫޅެވޭނެކަން އަޅުގަނޑުމެންދަންނަން ޖެހެއެވެ.

….ނިމުނީ….

Share Article

Follow Me Written By

Xim

Level 110 Stories

I am a freelance writer, who always love to write about different topics.

Other Articles

Previous

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 50

Next

ނަސީބެއްނު..!!

Next
November 4, 2013

ނަސީބެއްނު..!!

Previews
November 3, 2013

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 50

4 Comments!

  1. edam says:
    November 4, 2013 at 3:23 am

    varah majaa vaahka ebahuri

  2. azu says:
    November 4, 2013 at 2:51 pm

    edhohaa aharun ves thiboo miskithuga qruan kiyavan..varah bira gaiy dhohaeh eyo..

  3. THA ATOLL says:
    November 4, 2013 at 4:33 pm

    MIVAHAKA VARAH RYTHI .EKAMAKULAAMU BAHUN LIEFAA HUNA TANTAN NEEGE VANUVAEH.DHIVEHINGE TEREYGAIVES EKIBAS BAS OVEYDHO..P

  4. Thee says:
    May 31, 2016 at 11:39 pm

    Xim Dhen nehdho ithuru vaahakaeh ,inbaliyefa hunna vaahaka v kiyan hiyvey kuda

Comments are closed.



All Right Reserved!