Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

އުލްޙިޔާ ކަތިލުން މީސްތަކުންނަށް ބުރައަކަށްވަނީ.

Xim Level 110 Stories
October 14, 2013 2 Mins Read
1 Comment

އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީ ހިނދު މުސްލިމުންގެ މައްޗަށް ވާޖިބު އަދި ސުންނަތްކަން ގަދަވެގެންވާ ވަރަށް ގިނަ ކަންތައްތަކެއް ވަނީ ދީނާއި ދުނިޔޭގެ ދިރިއުޅުމުގެ އެކި ކަންކަމާއި ނުވަތަ މުނާޞަބަތު ތަކާއި ގުޅިގެން ދީނުގައި ކަނޑައަޅާ ލައްވާފައެވެ. އެހެންނަމަވެސް މިޒަމާނަށް ބަލާއިރު ދީނުގެ އަޅުކަމުގެ ކަންކަން ފުރިހަމަ ކުރުންވެސް ވެފައިވަނީ ފައިސާ އާއި ގުޅިފައިވާ ކަންކަން ކަމުގައެވެ. ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، ފައިސާ ލިބުން ދަތިވުމާއި ގުޅިގެން ދީނުގައި ކުރަން ބޭނުންވާ ގިނަކަންތައްތަކެއް މިދަނީ އެކަންކަން ކުރުމުގެ ކެރި ކުޅަދާނަ ކަމުން މީސްތަކުން މަހުރޫމް ވަމުންނެވެ. އެކަމުގެ ސަބަބުން މީސްތަކުން ދީނުގެ މަތިވެރި ޝިޢާރުތަކާއި ދުރަށް ދިއުމަށް މަގުފަހިވެގެން ދެއެވެ.

އުލްޙިޔާ ކަތިލުމަކީ ޙައްޖާއި ގުޅިގެން މުސްލިމުންގެ މައްޗަށް އަންނަ މަތިވެރިވެގެންވާ ސުންނަތްކަން ގަދަވެގެންވާ ޤުރުބާން ކުރުމެކެވެ. އަދި އެކަމުގެ ސަބަބުން މީސްތަކުންގެ ފާފަތައް ފޮހެވިގެންދާކަމެއްމެއެވެ. އެހެންނަމަވެސް އަޅުގަނޑުމެން މިކަން ކުރަން ކިތައްމެ ބޭނުންވި ނަމަވެސް މިއަދު މިވަނީ ވަރަށް ތަނަވަސްކަން ލިބިގެންވާ ފަރާތްތަކަށް މެނުވީ މިކަން ކުރެވޭނެގޮތް ނުވެފައެވެ. ދިރިއުޅުމުގެ ޚަރަދުތައް މިވަނީ އިންތިހާއަށް ބޮޑުވެގެން ގޮސްފައެވެ. ތަކެތީގެ އަގުތައް އުފުލުމުގެ އިތުރުން، ފައިސާ ލިބޭނެ މަގުތައްވެސް މިދަނީ ހަނިވަމުންނެވެ. އެހެންނަމަވެސް މިކަމަކީ އަޅާނުލާ ދޫކޮށްލެވޭވަރަށް ވުރެ ސީރިއަސް ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އަޅުގަނޑު މެންގެ ޤައުމަކީ %100 އިސްލާމް ޤައުމަކަށް ވީހިނދު، މިކަމަކީ ސަރުކާރުން ނާއި ތަނަވަސްކަން ލިބިގެންވާ ފަރާތްތަކުން އާއްމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީގެންވެސް ކުރަން ޖެހޭފަދަ ކަމެކެވެ.

އުލްޙިޔާގެ ގޮތުގައި ކަތިލަން މިޖެހެނީ ނާމްސޫފީގެ ތެރެއިން ކޮންމެވެސް އެއްޗެއް ކަމަށް ވީހިނދު، ދިވެހިރާއްޖޭގައި އެކަމަކީ އާއްމު ރައްޔިތަކަށް ކުރެވޭ ވަރަށްވުރެ ޚަރަދު ބޮޑުކަމެކެވެ. އެކަން އެހެން ވެފައިވަނީ އެފަދަ ޖަނާވާރު ތަކަކީ އަޅުގަނޑުމެންގެ ރާއްޖޭގައި މަދު އެއްޗިއްސަށް ވުމާއި އަދި އެތަކެތީގެ އަގު ބޮޑުވުމެވެ. މިސާލަކަށް ބުނާނަމަ، ދިރޭ ބަކަރިއެއް މިލިބެނީ ކިލޯއެއް 200 ރުފިޔާ އާއި 300 ރުފިޔާ އާއި ދެމެދު ރޭޓެއްގައެވެ. އާއްމު ގޮތެއްގައި ކަތިލާވަރުގެ ދިރޭ ބަކަރިއެއްގެ ބަރުދަން މިއުޅެނީ 20 ކިލޯ އާއި 30 ކިލޯ އާއި ދެމެދުގެ ބަރުދަނެއްގައެވެ. މިހެންކަމަށްވާނަމަ، 20 ކިލޯގެ ބަކަރި އަކަށްވެސް 200 ރުފިޔާގެ ރޭޓުން ބެލިކަމުގައިވިޔަސް އެއީ 4000 ރުފިޔާއެވެ. މިއަދަދަކީ އާއްމު ރައްޔިތެއްގެ އާއްމުދަނީ އަށް ބަލާއިރު ބޮޑު އަދަދެކެވެ. މިހެން މިކަން ވުމުގެ ސަބަބުން، މި މާތް މަތިވެރި ޤުރުބާން ކުރުމާއި އަޅުގަނޑުމެން ދުރަށްގޮސް ދީނުގެ ކަންކަން މިދަނީ ހަނދާން ނެތެމުންނެވެ.

ދީނުގެ ބައެއް އަޅުކަންތައް ފުރިހަމަ ކުރުމަށްޓަކައި މިޒަމާނުގައި މިވަނީ ލުއިފަސޭހަ ގޮތްތައް ހަމަޖެހިފައެވެ. މިސާލަކަށް ދަންނަވާނަމަ އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ޒަކާތް ދެއްކުމުގެ ކަންތައްތައްވެސް ވަނީ ފަސޭހަ ގޮތެއްގެ މަތިން އެސް.އެމް.އެސް އަދި އޮންލައިން ބޭންކް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭ ގޮތައް ހަމަ ޖެހިފައެވެ. އަދި މިނޫނަސް ޙައްޖާއި ގުޅިގެންވެސް އެފަދަ ފަސޭހަތައް މީސްތަކުންނަށް ވަނީ ހަމަޖެހިފައެވެ. ވީމާ، ސަރުކާރުން ނުވަތަ ތަނަވަސްކަން ލިބިފައިވާ ފަރާތްތަކުން އިސްނަގައިގެން މުސްލިމުންގެ މި މަތިވެރި ޤުރުބާން ކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދިދާނެއެވެ. އެގޮތުން އަޅުގަނޑުގެ ވިސްނުމުގައިވާ ގޮތެއްވެސް ކިއުންތެރިންނާއި ޙިއްޞާ ކޮށްލާނަމެވެ. މިސާލަކަށް ދަންނަވާނަމަ، މީސްތަކުންގެ މަތިން އަލްޙިޔާ ކަތިލާ އެމަސްތައް މީސްތަކުންނަށް ޞަދަޤާތް ކުރާނެ ޖަމާޢަތެއް އުފެއްދިދާނެއެވެ. ދެން ބަކަރީގެ އަގަށް ބަލާ މީހެއްގެ ބޮލަށް ޖެހޭވަރުގެ އަގެއް ކަނޑައެޅިދާނެއެވެ. މިހެން މިކަން އޮންނަ ނަމަ ކޮންމެހެން ކުޑަ އާއިލާ އެއް އުޅޭގެއަކަށް 4 ހާސް ނުވަތަ 6 ހާސް ދީފައި 20 ނުވަތަ 30 ކިލޯގެ ބަކަރިއެއް ކަތިލުމުގެ ބޭނުމެއް ނެތެވެ. އެގޭގައި ދިރިއުޅޭ މީހުންގެ ބޮލުގެ ނިސްބަތުން ކުރިން މިދެންނެވި ޖަމާޢަތަށް ފައިސާ ދެއްކިދާނެއެވެ. މިފަދަ ކަންކަމަކީ މިހާރުވެސް ބައެއް އިސްލާމީ ޤައުމުތަކުގައި ކުރަމުންދާ ކަންކަމެވެ. މިހެން މިކަން އޮންނަނަމަ ބޮޑު ޚަރަދެއް އަތުން ނުގޮސް ޤުރުބާނެއް ކުރުމުގައި ހަމަ ކޮންމެ މުސްލިމަކަށްވެސް ބައިވެރި ވުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ.

ދީނުގެ ޝިޢާރުތައް ފާޅުކުރުމާއި އަދި ދީނީ ހަރާކާތްތައް ހިންގުމާއި ދީނަށް މީސްތަކުންގެ ލޯބި ޖެއްސުމަށްޓަކައި އަދި އުލްޙިޔާ ކަތިލުންފަދަ މީސްތަކުންނަށް މިހާރަކަށް އައިސް ބުރައަކަށް ވެފައިވާ ކަންކަން ކުރުމުގައި ސަރުކާރުންވެސް ސަބްސިޑީސް ދީގެންވެސް ކުރުވެން ޖެހޭނެ ކަމުގައި އަޅުގަނޑު ދެކެމެވެ.

ިސްލާމްދީނާއިމެދު އަޅުގަނޑުމެންގެ ލޯބި އިތުރު ކުރައްވާ، ދީނުގެ ކަންކަމުގެ ތެރެއިން ބުރަ ކަންކަން ކަމުގައި ވެފައިވާ ކަންކަން އަޅަމެނަށް ލުއިކޮށްދެއްވާ، އަޅަމެންގެ ފާފަތައް ފުށްސަވާ، މި ބަރަކާތްތެރި އަލްޙާ އީދަކީ އަޅަމެނަށް އުފާވެރި ފާގަތި ދުވަސްތަކެއް ކަމުގައި ލައްވާށިއެވެ. އާމީން

Share Article

Follow Me Written By

Xim

Level 110 Stories

I am a freelance writer, who always love to write about different topics.

Other Articles

Previous

ވީމޭ އިންތިޒާރުގައި 2 ވަނަ ބައި

Next

ވީމޭ އިންތިޒާރުގައި 3 ވަނަ ބައި

Next
October 14, 2013

ވީމޭ އިންތިޒާރުގައި 3 ވަނަ ބައި

Previews
October 14, 2013

ވީމޭ އިންތިޒާރުގައި 2 ވަނަ ބައި

One Comment

  1. humaam says:
    November 28, 2013 at 3:11 am

    Mi vaahaka yakee dhivehinah varah muhim vaahakayeh miee dhivehin visnan jehey kameh. liunteriyaa. Ah shukuriyaa

Comments are closed.



All Right Reserved!