ފިރުޝާން މިދިލިގަހެއްގައި ލެގިގެން ހުރެ ވިސްނަމުން އެދަނީ ވީރާނާ ވެފައިވާ އޭނާގެ ހަޔާތާމެނދުގައެވެ. އެ ވޭނީ އިހްސާސްތައް މުޅި ހަށިގަނޑުން ވެސް ކުރާކަހަލަ އެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ތިމާ ދިރިހުއްޓައި މަރުގެ އިންޒާރު ލިބުމަކީ ކޮންމެ މީހަކަށް ވެސް ބިރުވެރި އިޙްސާސެއް ކުރެވޭނެ ކަމެކެވެ. އެޅުނު ކަތިފިޔަވަޅެއްގެ ސަބަބުން ފިރުޝާންއަށް ވަނީ އޭނާގެ ދިރިހުރުމުގެ މަގުސަދު ހަދާންނެތި ފައެވެ. އުންމީދުގެ ހުޅުކޮޅު ނިވިފައެވެ. އެހެން ހުއްޓާ އޭނާގެ މާޒީގެ ސަފްޙާތައް އޭނާގެ ކުރިމަތީގައި […]
ލޯބި ލޯބިކޮށް ނިދާފައި އޮތް މިޝްޔާ ހޭލެވުނީ މީހަކު އޭނާގެ ކޮނޑުގައި ކޮއްޓާލުމުން އެވެ. މަޑުމަޑުން ދެ ލޯ ހުވައިޅުވައި ލަމުން މިޝްޔާ އޭނާގެ ކުރިމަތީގައި ހުރި ޒުވާނާ އަށް ބަ ލާ ލިއެވެ. އެ ޒުވާނާ ހުރީ އަޅި ކު ލާގެ ޓީޝާޓަކާއި ކަޅުކު ލައިގެ ޖިންސެއް ލާގެ ނެވެ. އޭގެ ކަޅުކަން ގަދަ އެދޭ ކަޅި ހުއްޓިފައި ހުރީ މިޝްޔާދިމާލަށެވެ. އޭނާގެ ތުންފަތް މަތީގައި ކުޅެ ލަ ކުޅެ ލާ ހުރީ އުފާ ވެރި […]
ހަވީރުގެ ހިތްގައިމު ވަގުތެވެ. ރަށުގެ ތުނޑީގައި އިށީނދެ އިން ފިރިހެން ކުއްޖާއަށް އެންމެން ދެމުން އެދަނީ ހަމްދަރުދީގެ ނަޒަރެވެ. ބަލާ ބެލުމަށް މިފިރިހެން ކުއްޖާއަށް ވާނީ 14 އަހަރެވެ. ގިނަ ބައެއްގެ ނަޒަރު އޭނާއަށް ހުއްޓިފައި ވިޔަސް އޭގެން އެއްވެސް ކަމެއް އޭނާއަށް ނޭނގޭ ކަހަލައެވެ. މިވަގުތު އޭނާ ނުރުޔެއްކަމަކު ލޮލުން ކަރުނައިގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. —–އަކްނާންގެ (އެ ފިރިހެން ކުއްޖާގެ) ނަޒަރުން—– މިތަނަށް ކިތަންމެ ހިތްގައިމު ވައި ޖެހުނަސް އެކަމަކުން އަހަރެންގެ […]
އިރު ތިރިވަމުން ގޮސް ކަނޑުގެ ލޮނުގަނޑު އަޑިއަށް ދިޔައެވެ. އެއާ އެކު ޖައްވު އަނދިރި ވާން ފެށި އެވެ. އިރު އެއްސޭޭ މަންޒަރު ބަލަން ހުރި ސާދަ އަހަރުގެ ލާއިސް ގެއަށް ދާން ހިނގާ ގަތީ އަނދިރި ވާން ފެށުމުންނެވެ. ގެއަށް ދާން ހިނގާ ގަތް ތަނާ ވަރަށް ބާރަށް ވަައި ބާރު ވާން ފެށިއެވެ. ދެން އިވެން ފެށީ ވަރަށް ބާރު އަޑެކެވެ. އެ އަޑު ދިޔައީ ބާރު ވަމުންނެވެ. އެ އަޑު ބާރު ކަމުން […]
“ބައްޕާ.. އަޅުގަނޑަށް ފެންނަނީ ވިޝާމް ގާތު ތެދަށް ބުނަން. ނޫނީ އެމީހުނަށް ގޯސްގޮތަކަށް ހީވެދާނެ” ލަޔާން ހަމްޒާގެ ކޮނޑުގައި އަތް ޖައްސާލަމުން ބުނެލިއެވެ. “އަދި މަޑު ކޮއްލާ.. ބައްޕަ ގޮތެއް ނިންމާފަ ބުނާނަން” ހަމްޒާ މިހެން ބުނެފައި ތެދުވެއްޖެއެވެ. އެވަގުތު ޔުސްރާއާއި ނައުރާވެސް އަތުވެއްޖެއެވެ. އެމީހުން އެއައީ ލަމްހާގެ ޓެސްޓާ ސްކޭންގެ ނަތީޖާ ހިފައިގެންނެވެ. **** ނައުރާ ލަޔާން ގާތު މަޑުކޮއްލުމުން ޔުސްރާ ނަތީޖާ ހިފައިގެން ވަނީ ލުވޭޒާ ބައްވާފައި އޮތް ކޮޓަރިއަށެވެ. ލުވޭޒާގެ މަގަތުގައި އިށީންދެ އިނދެ ލަމްހާ އޭނާގެ އަތުގައި މަޑުމަޑުން ފިރުމަމުން ދިޔައެެވެ. ޔުސްރާގެ އަތުގައި އޮތް ރިޕޯޓު […]
ބަރްޒަލް ބޭނުންވީ ހަމަ އެކަނި ބާރެއް ނޫނެވެ. ވެރިކަމެވެ. ދުނިޔޭގެ ރަސްކަމެވެ. އެކަމުގެ ތެރޭގައި އެތަކެއް ބައެއްގެ ފުރާނަ ދެއެވެ. އެތަކެއް ލޭ އޮހޮރެވުންތަކެއް އުފެދެއެވެ. އެތަކެއް ހަމަނުޖެހުމެއް ހިނގައެވެ. އެހެނަސް އޭނާ ބޭނުންވާ ލަނޑު ދަނޑިއާ ހަމައަށް ވާސިލްވާން އިތުރު މީހެއްގެ އެހީ ހޯދަން އޭނާއަށް މަޖުބޫރު ވެއެވެ. ޒޯރާ ތެދުވަނީ އުފަން ބައްޕައާ ދެކޮޅަށެވެ. އިންސާފަށްޓަކައެވެ. އޭނާ ކުށެއް ނެތް ބައަކަށް އިންސާފު ހޯދައިދިން ވެސް މެއެވެ. ނަމަވެސް އެއީ އޭނާއަށް ކުރެވުނު ކުށްހީއެކެވެ. […]
ކޮންމެއަކަސް އަހަރެންގެ ހިތްބިރުގަންނަން ފެށިއެވެ. އަހަރެންނަށް ހީވީ ނަމާދު ނުކުރެވުމުގެ ސަބަބުން ވާގޮތެއްހެންނެވެ. ލޮލުފިޔައެއްވެސް ޖަހާނުލާ އަހަރެން ބޭރަށް ބަލަހައްޓައިގެން ހުރީމެވެ. ބަދިގެ ތެރޭގައި ބޮއްކެއް ހުއްޓަސް ބޭރު އަނދިރި ކަމުން އެއްޗެއް އައިސް އަހަރެން ކާލިޔަސް ނޭނގޭނެއެވެ. އަހަރެން އެހެން ބަލަހައްޓައިގެން ހުއްޓާ ކަންފަތް ފަޅައިގެންދާވަރުގެ އަޑަކާއެކު ކުރިމައްޗަށް އެއްޗެއް ފުންމާލައިފިއެވެ. އަހަރެންގެ އަތުގައި ކާއެއްޗިހި އަޅަން ހުރި ތަށިވެސް ސިއްސައިގެން ދިޔުމުން ދޫވިއެވެ. އޭރު ތައްޓައް އެޅި ބަތް ހުރީ އަހަރެންގެ ގަޔަށް އެޅިފައެވެ. […]
ޒާޔާވެސް ލިއަމްމެނަށް ހިނިތުންވެލައިފައި އޭނާއާއިއެކު އައުމަށް ބުންޏެވެ. ނިހާން ހިނގައިގަތުމާއިއެކު ލިއަމް އާއި މަތީންވެސް އެކަކު އަނެކަކަށް ބަލައިލައިފައި ނިހާންގެ ފަހަތުން ހިނގައިގަތެވެ. ބަދިގެއަށް ބަދެވުމާއިއެކު ލިއަމް އާއި މަތީންގެ ކުޅުދިޔާވާން ފެށިއެވެ. ކާން ތައްޔާރުކޮށްލައިފައިވާލެއް ފުރިހަމަކަމުން ދެމީހުންގެ ކެތްތެރިކަންވެސް ކުޑަވާން ފެށިއެވެ. ކާން ފެށޭނީ ކޮން ވަގުތެއްގައިތޯ ހިތަށް އަރައި އަރައި ތިއްބައި ޒާޔާ އެމީހުން ގާތުގައި އިށީނުމަށް ބުންޏެވެ. “ދަރިފުޅުވެސް އާދޭ ބައިވެރިވާން.” ތައްޓަށް ބަތް އަޅަމުން ނިހާން ބުންޏެވެ. ބައްޕަ ބުނީތީ ޒާޔާއަށް […]
ކޮންމެއަކަސް ކަނޑުގެ ލޮނުގަނޑު ކަފަމުން އައިސް ލޯންޗު ނެރުން އެތެރެވެއްޖެއެވެ. އެއާއިއެކު ދެމީހުންވެސް ތެދުވެ ލޯންޗު ލަފަން އޮތް ހިސާބަށް ހިނގައިގަތެވެ. ލޯންޗު ލެފުމާއިއެކު އޭގައި ތިބި މީހުންތައް އޭގެން ފައިބަން ފެށިއެވެ. ޒާޔާ ހުރީ އެ އެންމެން ފައިބައި ލޯންޗުގައި މަސައްކަތްކުރާ މީހާ ހުރިހާ ފޮށިތަކެއް ބައިލުވަންދެނެވެ. ނަމަވެސް މީހުންތަކުގެ ތެރެއިން އެންމެ ފަހުން ފޭބި މީހާ ފެނި ޒާޔާ އެކަން މަތިން މުޅިން ހަނދާން ނެތޭގޮތްވިއެވެ. “ލިއަމް…؟” ޤަބޫލުކުރަން ދަތިވެފައި ހުރެ ޒާޔާއަށް ވައި […]