Skip to content
އެސްފިޔަ

މަންމަ އަހަރެންނަށް ހެދީ ދޮގެވެ

މިވާހަކަފެށިފައިވަނީ އަހަރެން އުފަންވީދުވަހުން ފެށިގެންނެވެ. އެދުވަހުން ފެށިގެން އަހަރެންގެ މަންމަ 8 ފަހަރު އަހަރެންނަށް ދޮގު ހެދިއެވެ.

އަހަރެންނަކީ ވަރަށް ފަޤީރު ޢާއިލާ އަކަށް އުފަންވެފައިވާ ހަމައެކަނި ޢާއިލާ ގައި ހުރި ފިރިހެން ދަރިއެވެ. ފަޤީރުކަމުގެ ޙާލަތު ހުރިމިންވަރަކީ ކާލާނެ އެއްޗެއްނެތިވެސް ބައެއްދުވަސް އެއްކޮށް ހޭދަވެގެންދެއެވެ. މިހާލުގައި އުޅެމުން ގޮސް ކާއެއްޗެއް ލިބޭ ހިނދު މަންމައަށްވާ ބައިވެސް ދެނީ އަހުރެންނަށެވެ. އަދި ދިނުމަށްފަހު ބުނެއެވެ. “ދަރިފުޅާ ކާލާށެވެ. މަންމަ ބަނޑުހައެއްނުވެއެވެ.” މިއީ މަންމަގެ ފުރަތަމަ ދޮގެވެ.

އަހަރެންގެ ޢުމުރުން ގާތްގަނޑަކަށް 6 އަހަރުވީއިރު ބައެއްދުވަސްދުވަހު މަންމަ ގޭތެރޭގައި ކުރަން ހުންނަ މަސައްކަތް ނިންމާލުމަށްފަހު ކާނެމަހެއްލިބޭތޯ ރަށުގެ ގޮނޑުދޮށަށް ދޮއްޓެއްހިފައިގެންދެއެވެ. މިހެން އުޅެނިކޮށް އެއްދުވަހަކު 2 މަސްބޭވުނެވެ. އަވަސްކޮށްލައިގެން އައިސް އެދެމަސް ގަރުދިޔަކަށްކާލުމަށްފަހު ކާންހެދިއެވެ. އަހަރެން ކާންފެށިއުރު މަންމަ ބަލަހައްޓައިގެން އިނެވެ. ކަށި ހުރުމުގެ ސަބަބުން ތަށީގެ އެއްފަރާތުގައި ބާއްވާ މަސްކޮޅު ނަގައިގެން މަންމަ ކާލައެވެ. އެތަންފެނެފައި އަހަރެންވަރަށް ދެރަވިއެވެ. ގަރުދިޔަތެލިން އަނެއްމަސް ނަގަފައި މަންމަކައިރިއަށް އަހަރެން ޖައްސާލީމެވެ. އެމަސް ވެސް އަހަރެންނާ ކައިރިކޮށްލުމަށްފަހު ބުނެލިއެވެ. “ދަރިފުޅާ ދަރިފުޅަށް އެނގެއެއްނު މަންމައަށް ފަރުމަސް މީރު ނޫންކަން” މީ އަހަރެންގެ މަންމަގެ 2 ވަނަ ދޮގެވެ.

ގްރޭޑް 2 ށް އަހަރެން ދިޔަ އަހަރު ރަށުގެ އައުމިސްކިތް އެޅުމަށް މަސައްކަތާއި ހަވާލުވި ފަރާތް ރަށަށް އައިސް މަސައްކަތްފެށިއެވެ. ހަމައެއާއެކު މަންމަ އެތަނުން މަސައްކަތެއް ލިބޭތޯ ދިއުމުން ގަލާއި ގަށާފައި ހުރި ސިމެންތި އުފުލުމުގެ މަސައްކަތް މަންމައަށް ހަވާލުކުރިއެވެ. މުޅި ދުވާލު މަސައްކަތު އުޅެފައި މަންމަ ގެއަށް އަންނަ އިރު ހުންނަނީ ހިރަފުހާއި ސިމެންތިން ތަތްތެޅިފައެވެ. އެއްދުވަހަކު އިރުއޮއްސުނު އިރުވެސް މަންމަ ގެޔަކަށްނައެވެ. މަސައްކަތް ކުރާ ސައިޓަށް ދިޔައިރު ފަނޑު އަލީތެރޭގައި މަންމަ އަވަދިނެތި މަސައްކަތް ކުރަން ހުއްޓެވެ. އެއިރު ވިދާ ގުގުރަމުންދެއެވެ. މަންމަ ކައިރި އަށް ގޮސް ހުއްޓުމުން ސިއްސައިގެން ގޮސް ބަލާލިއެވެ. އެހިނދު ހީނލާފަ މަންމަ ބުނެލިއެވެ. “މީ އިތުރުގަޑީގައި މަސައްކަތް ކޮށްލަނީއެވެ.” އަހަރެން މަންމައަށް ބުނީމެވެ. މަންމާ މިހާރު އިރުއޮއްސި އަނދިރިވިއެވެ. މަންމަ ވަރުބަލިވެސް ވަނެއެންނުހެއްޔެވެ. ހީނލާފަ މަންމަބުނެޏެވެ. ” ދަރިފުޅާ ވަރުބައްޔެއް ނުވެއެވެ.” މީ އަހަރެންގެ މަންމަގެ 3 ވަނަ ދޮގެވެ.

އަހަރުގެ ފަހު އިމްތިހާން އޮތް ދުވަހު އަހަރެން ގޮވައިގެން މަންމަ ސްކޫލަށް އައުމަށްފަހު ނިމެންދެން މަންމަ ބޭރުގައި ހުންނަނަމޭ ބުނުމުން ގެއަށްދިއުމަށް އެދުނީމެވެ. ނަމަވެސް އަހަރެން ޓެސްޓް ހަދަން ފެށީއްސުރެން ނިމެންދެން ގަދައަވީގައި މަންމަ ބޭރުގައި ހުރެ އަހަރެންނަށް ޓަކައި ދުޢާކުރަމުން ގެންދިޔައެވެ. ޓެސްޓް ނިމިގެން ބޭރަށް އައުމުން ލޯބިން ބައްދާލާފައި މަންމަ އަހަރެންނަށް ޓަކައި ގަނެގެން އައި ޖޫސް ޕެކެޓް ދިއްކޮށްލިއެވެ. ޖޫސް ކޯވަރެއް ބޯލުމަށްފަހު މަންމައާ ދިމާލަށް ބަލާލިއިރު މަންމަ ދާހިއްލާ ތެމެފޯވެގެން ގޮސް މޫނުން ފެންތިކި ޖަހަނީއެވެ. އަހަރެން ބޮމުންދިޔަ ޖޫސްޕެކެޓް ދިއްކޮށްލުމަށްފަހު ބޯލަން ބުނުމުން ޖަވާބުގައި މަންމަ ބުންޏެވެ. “ނޫން ނޫން ދަރިފުޅާ މަންމަ ފެނެއް ނުބޮވައެވެ.” މީ މަންމަގެ 4 ވަނަ ދޮގެވެ.

ބައްޕަ މަރުވުމުން އަހަރެމެން މުޅިން އެކަނިވެރިވިއެވެ. ދިރިއުޅުން ވަރަށްދަތިވެގެން ދިޔައެވެ. އަމިއްލެއަށް މަސައްކަތް ކޮށްގެން ދިރިއުޅުމުގެ ހުރިހާ ޚަރަދެއް ކުރަން ޖެހުމުން ބަނޑަށް ޖެހޭހިސާބަށް ވެސް ބައެއް ދުވަސްވަރުދެއެވެ. ބޮޑުބޭބެއަކީ ވަރަށް ރަނގަޅު މީހަކަށް ވުމުން ބައެއްފަހު ކާއެތިކޮޅު ފޮނުވާހަދައެވެ. މަންމަގެ މި އެކަނިވެރި ދިރިއުޅުން ފެނުމުން ދެވަނަ ކައިވެއްޏެއް ކުރުމަށް އަވަށްޓެރިން މަންމައަށް ޚިޔާލުދިނެވެ. ނަމަވެސް މަންމަ ބުންޏެވެ. “މީހެއްގެ އެހީތެރިކަމެއް ބޭނުމެއްނޫނެވެ.” މީ އަހަރެންގެ މަންމަގެ 5 ވަނަ ދޮގެވެ.

އަހަރެންގެ ކިޔެވުން ހަމަނިމުނުތަނާހެން ވަޒީފާއެއްވެސް ލިބިއްޖެއެވެ. އެއިރު މަންމަވެސް ޢުމުރުން ދުވަސްވެ މުސްކުޅިވެސް ވެއްޖެއެވެ. އެހެންވުމުން މަންމަ ލައްވާ އިތުރަށް މަސައްކަތް ނުކުރުވުމަށް ޤަސްދު ކުރީމެވެ. އަދި މަންމަ މަސައްކަތު ތަންތަނަށް ނުދިއުމަށް ބުނީމެވެ. އަދިހަމައެއާއެކު އަހަރެންގެ މުސާރައިން ވަކިވަރެ ކޮންމެ މަހަކުވެސް ދޭގޮތަށް ނިންމާ ލާރިދިނުމުން އެލާރި ގެންދިއުމަށް އިންކާރުކުރަމުން ބުނެލިއެވެ. “މަންމަ އަތުގައި ލާރި އެބަހުއްޓެވެ. ތިފައިސާ ދަރިފުޅު އަތުގައި ބަހައްޓާށެވެ. މަންމަ ލާރި ބޭނުމެއް ނޫނެވެ.” މީ މަންމަގެ 6 ވަނަ ދޮގެވެ.

ވަޒީފާގައި ލިބުނު ކުރިއެރުމާއެކު އަހަރެންގެ ވަޒީފާ ޖަރުމަނަށް ބަދަލުވިއެވެ. ވަޒީފާގައި އެތަނަށް ގޮސް ހަމަޖެހެލުމާއެކު މަންމަ އަހަރެންގެ ކައިރިއަށް ގެންދިއުމަށް ގުޅާލުމުން ޖަވާބުގައި މަންމަ ބުންޏެވެ. “މަންމަ ތިތަނަށް ދިއުމުން ދަރިފުޅަށް ދަތިވާނެއެވެ. އަދި އަމުދުން ބޭރުގައުމެއްގައި މަންމައަށް އުޅޭކަށް ފަސޭހައެއްވެސް ނޫނެވެ. ތިތާކު މަންމައަކަށް ނޫޅެވޭނެއެވެ.” މީ މަންމަގެ 7 ވަނަދޮގެވެ.

ދުވަސްތައް ހޭދަވަމުން ގޮސް މަންމަ ވަރަށް މުސްކުޅިވެއްޖެއެވެ. ބަލީގެ ފަރުވާކުރަމުން ދަނިކޮށް ޑޮކްޓަރ ދިންޚަބަރާއެކު ފައިދަށުން ބިންގަނޑު ދެމިގެން ދިޔައެވެ. މަންމައަށް ކެންސަރުޖެހިފައިވާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. މަންމަގެ ޙާލުބޮޑުވުމުން ހުރިހާ ކަމެއްދޫކޮށް ވަގުތުން އަހަރެން މަންމަ ކައިރިއަށް އައީމެވެ. މަންމަ ކައިރިއަށް އައިރު އެނދުމަތީގައި ވަރަށް ހާލުދެރަވެ، އޮށޯވެލައިގެން އޮތެވެ. އަހަރެން ފެނުމާއެކު ހީލުމަށް ވަރަށް މަސައްކަތް ކުރަމުންދިޔައެވެ. މަންމައަށް ވަމުންދިޔަ ގޮތްފެނިފައި ކުއްލިއަކަށް ރޮވިއްޖެއެވެ. މަންމަ ބުނެލިއެވެ. “ދަރިފުޅާއެވެ. ނުރޯށެވެ. މަންމަމުޅިން ރަނގަޅެވެ. ބަލީގެ އެއްވެސް އުނދަގުލެއް ނުވެއެވެ.” މީ އަހަރެންގެ ލޯބިވާ މަންމަގެ 8 ވަނަ ދޮގެވެ. މިހެން ބުނުމާއެކު އަބަދުގެ އަބަދަށް މަންމަ މިދުނިޔެއަށް ލޯމަރީލީއެވެ. އަހަރެންނާ މަންމަ މުޅި ޢުމުރަށް ވަކިވެގެން ދިޔައީއެވެ.

8 ކަމަކަށް މަންމަ ދޮގުހެދިކަމަށް މިބުނަނީ އެކަންކަމަށް މަންމަގެ ހިތުގެ އަޑިން ދަރިއަށްޓަކައި ބައެއްކަންކަން ފޮވުމުން ދިޔައީތީއެވެ. ބަނޑުހައި ނުވާވާހަކަ ބުނީ ބަނޑު ހައިނުވާތީކީނޫނެވެ. ދަރިފުޅަށް ކާންދިނުމުގެ ބޭނުމުގައެވެ. މަސްމީރުނޫން ކަމަށް ބުނީ މީރުނުވީމައެއްނޫނެވެ. ބުރަމަސައްކަތް ކުރަމުން ދިޔައީ ވަރުބަލިނުވާތީކީވެސް ނޫނެވެ. އަހަރެންނަށްޓަކައި ފައިސާ ހޯދުމަށެވެ. ޖޫސް ނުބުއީކީ ފެންނުބޮވާތީކީނޫނެވެ. މީހަކާ ނީނީވެސް އެހީތެރިކަން ބޭނުންނުވާތީކީނޫނެވެ. އެކަމުން އަހަރެންނަށް ގެއްލުމެއް ލިބިދާނެކަމަށް ބިރުންނެވެ. ފައިސާ ބޭނުން ނޫންކަމަށް ބުނީކީ ބޭނުންނުވާތީކީ ނޫނެވެ. އަދި އަހަރެން ދިރުއުޅޭ ޤައުމަށް ނުދިޔައީކީ ދަހިތްނުވާތީ ނޫނެވެ. އެކަމުން އަހަރެންނަށް ދައްޗެއް ފޯރަފާނެތީއެވެ. އަދި ވޭންނާޅާ ކަމަށް ބުނީ ވޭންނާޅާތީކީ ވެސް ނޫނެވެ. އެހުރިހާކަމެއް ކުރަމުން އެދިޔައީ އަހަރެންނަށް ޓަކައެވެ. ޙަޤީގަތުގައި މަންމަ ހަދަމުންއެދިޔަކީ ދޮގުތޯއެވެ. ދަރިންދެކެ ވާލޯބީގައި އެކުދިންނަށް އުނިކަމެއް ލިބިދާނެތީ ކަންކަން ފޮރުވަނީއެވެ.

މަންމަގެ މުހިންމުކަން އެމީހެއްގެ ޙަޔާތުގައި މަންމަގެ އެހީތެރިކަން ލިބެމުންދާ ކޮންމެމީހާކަށް އެނގޭނެއެވެ. އެއީ ކޮންފަދަ ނިޢުމަތެއްތޯއެވެ. މަންމަ އެހެން ގޮތަކަށް ސިފަކުރާނަމަ ބުނެވޭނީ މަންމައާއި މަލާއި އެއްވެސް ތަފާތެއްނުވެއެވެ. ދުނިޔެއަކީ މަލެއްނަމަ މަންމައަކީ އޭގެ މީރުވަހެވެ. ދުނިޔެއަކީ ލޯކަމުގައިވަނީ ނަމަ މަންމައަކީ އޭގެ ފެނުމެވެ. އެދުމެއްނެތި އިޚުލާޞްތެރި ލޯތްބޭއް ހަމައެކަނި ލިބޭނީ މަންމަގެ ފަރާތުންނެވެ. މަންމަ ނުވާގެއެއް ގަބުރުސްތާނެއް ފަދައެވެ.

މަންމައަށް ހިތާމައެއް ދިނުމަށްފަހު އުފަލުގައި ހުރެވުނީ ކާކަށްހެއްޔެވެ. އަރާމާއި ހަމަޖެހުމާއި އުފަލުގެ ތަންމައްޗަކީ އެއީއެވެ.
( ނިމުނީ )

Comments (17)

  1. hhhhh

    myvaahakaehge kophy eh

  2. sha

    Mi vahaka aki dhi islam ga in vahaka eh boontha?

  3. Aaaaaaaaaaii

    Thi is copy dh

  4. jhygyftf

    yes mi vAhaka keen when sitakun

  5. ahoo

    salhi

  6. zeenaa

    Nice.

  7. zeenaa

    Nice.♥♥♥♥♥♥♥♥♥♥♥♥♥

  8. shiyatha

    mom men dharinah takai kome fadha gurbaani ehves vedhaney nd v.v. nice

  9. abaan

    mivaahakaigaivaa charecter vanee eynaa ufanvi dhuvas varun fashaigen
    eynaage mamma maruvandhen hedhi dhoguthah countu kohgen

  10. lamha

    salhi

  11. mysterious girl

    varah reethi

  12. mysterious girl

    me ah jeheny mum ah taka dhogu hadan

  13. xiantieto

    someone told this is a copy but it is really fantastic LOVE YOU MOTHER you are fantastic than this story

  14. Aish

    Hurihaa enmennah hama ehaa rangalhu manmain libey nama haadha rangalhey………..

  15. luv luvy.

    Nice\\\”
    :- ;-

  16. raffu

    this is a coppy

  17. Story lover

    This story is one of my favourite but I want to request to write a story to this writer plss mamma ge vaahakaeh publish kohdhybaa then I will be most thank ful person to you plss hope you will understands my situations

Comments are closed.