Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 8

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
November 24, 2018 One Min Read
7 Comments

ނިފްޝާއަށް ވަނީ މިހާރު ނަފްސާނީ ގޮތުންވެސް އަސަރު ކޮށްފައިއެވެ. އަދި ފިރިހެނުންދެކެ އޭނާ އިންތިހާއަށް ފޫހިވެއެވެ. ރުޅިވެސް އާދެއެވެ. ބިރުވެސް ގަނެއެވެ. ނަމަވެސް އެނާ ކުރާނީ ކީއްހެއްޔެވެ؟ އެ އޮތްތަނުން ތެދުވެވެނީކީ ނޫނެވެ. ހަތަރެސްފައި ވަނީ ބަނދެފައެވެ. މުޅި ހަށިގަނޑުވަނީ އަނަރޫފަވެފައިއެވެ. އެތާ އޮވެގެން ނިފްޝާއަށް މިހާރު މާތްﷲ އަށް ދުޢާ ކުރެވުނު އަދަދެއްވެސް ނޭނގެއެވެ. އިހްސާން އޭނާއަށް މިހެން އެހަދަނީ ކީއްވެބާއޭ ނިފްޝާގެ ހިތަށް އެތަށް ފަހަރަކު އަރައެވެ.

”ހައިޝަމް.. ސިމާލު… މުޅި މިރަށް ބެލިއިރުވެސް އެހެރީ އަހަރެމެން ނުބަލައި ތަނެއް.. މިރަށުގަ ހުރި ހުރިހާ ފަޅުގެއެއް ބެލިއިރުވެސް އަދި އެހުރީ ނުބަލައި ގެއެއް… ހިގާބަ އެގެއަށް ދާން….” އައިޒަން އޭތާ ވަލުއެތެރޭގައި ހުރި ޓިނުން ހަދައިފައިވާ ކުޑަ ކުޑަ ގެއަކަށް އިޝާރާތް ކުރަމުން ކުރެހިފައި ހުރި އަޑަކުން ބުނެލިއެވެ. ”އާން ހިނގާ އެތަން ބަލާލަން ދާން… މަށަކަށް ހިޔެއްނުވެ ފުލުހުންވެސް އެތަން ބެލިހެންނެއް….” ހައިޝަމް ބުނެލިއެވެ. އައިޒަން ބާރު ހިނގުމެއްގައި ގޮސް އެގެއާއި ހަމައަށް ދިޔައެވެ. އޭނާގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ ނިފްޝާވީ އެތަނުގައި ކަމެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ތެޅެމުން ދިޔަ ހިތަކާއިއެކު އައިޒަން ގޮސް ތަޅު ގައި ހިފާލިއެވެ. ނަމަވެސް ތަޅުލައިފައި ހުރުމުން ދޮރު ހުޅުވޭ ގޮތެއް ނުވިއެވެ. ”ސިމާލު… ހައިޝަމް… ހިނގާބަަލަ މި ދޮރު ވައްޓާލަން…” އައިޒަން ހާސްކަން އެކުލެވިގެންވާ އަޑަކުން ބުނެލިއެވެ. ”ނޫން އޭރުން އަހަރެމެން ކުއްވެރި ވެދާނެ… ތީމީހަކު އެއްޗެހި ރައްކާކުރާ ތަނަކަށް ވެސް ވެދާނެ….” ސިމާލު ގަނެފައި ހުރި ބިރާއެކު ބުނެލި ޖުމުލައިން އައިޒަން ރުޅި އަންނަ ގޮތްވިއެވެ. ”ނޫން… އަހަރެންގެ ހިތް އެބަ ބުނޭ ނިފްޝާވީ މިތަނުގައޭ… އާދޭސްކޮށްފަ އަހަރެންނާއިއެކު މިކަން ކޮށްދީބަލަ.. ސިމާލް…. ހައިޝަމް…..” އައިޒަން އާދޭހައިއެކު ބުނެލިއިރު އެދޮލުގައި ކަރުނައިގެ ފަށަލައެއްވެއެވެ. ހައިޝަމް، އައިޒަން އާއި ބައިވެރި ވީ އޭނާގެ އެކުވެރިއަށްޓަކައިއެވެ. ސިމާލުވެސް ބައިވެރިވިއެވެ. އަައިޒަންގެ ހިތަށް ކޮށްފައިވާ އަސަރު އެނގުނީކަމަށް ވެސް ވެދާނެއެވެ. އިން މީހުންގެ ބުރަ މަސައްކަތުން ދޮރު ހަލާކު ކޮށްލެވުނެވެ. ”ތިދެ މީހުން ހުރޭ ބޭރުގަ… މީހަކު އާދޭތޯ ބަލަން… އަހަރެން އެތެރެއަށް ވަންނާނަން..” އައިޒަން އަވަސްވެފައިވާ ހިތަކާއިއެކީ އޭނާގެ ދެ އެކުވެރިންނަށް އިރުޝާދު ދޭ ފަދައަކުން ބުނެފައި ގޮސް އެތެރެއަށްވަނެވެ. އޭގެ ދެވަނަ ސިކުންތުގައި އައިޒަން ހުއްޓުން އެރީއޭނާގެ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. މި މަންޒަރު ހުވަފެނަކަށް ވާނެ ބާއޭ އައިޒަން ގެ ހިތަށް އެރީ ކިތަށް ފަހަރަކު ކަމެއްވެސް ނޭނގެއެވެ. ނަމަވެސް އޭނާގެ ކުރިމަތިން އެފެންނަނީ ހަޤީޤަތެވެ. ކުރިމަތިން ފެންނަ މަންޒަރު ހުވަފެނަކަށް ހަދާނީވެސް ކިހިނަކުން ހެއްޔެވެ؟ އައިޒަންގެ ލޮލުން ކަރުނައައީ އޭނާއަށް ނުވެސް އެނގިހުއްޓައެވެ.

އައިޒަން ބަލަން ނުހުރެ އަވަހަސް ގޮސް ދުރުގައި އޮތް މެރޫން ކުލައިގެ ހެދުން ހިފައިގެން އައިސް ނިފްޝާގެ ހަށިގަނޑު ނިވާކޮށްލިއެވެ. ނަމަވެސް އައިޒަން އެންމެ ފަހަރަކު ވެސް ނިފްޝާއާ ދިމާއަށް ބަލާފަކައެއް ނެތެވެ. ހެދުން ލައްވަން ކިތަންމެ އުނދަގޫ ވިނަމަވެސް ލޯ ހުޅުވާކަށް އައިޒަން ގަސްތެއް ނުކުރެއެވެ. ހެދުން ލައްވައި ނިމުމުން ކައިރީގައި އޮތް މަޑު ފިޔާތޮށި ކުލައިގެ ޝޯލް ނިފްޝާގެ ބޮލުގައި އޮޅާލިއެވެ. އޭރު އައިޒަންގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. ފިރިހެނަކަށްވެސް ކެތް ކުރެވޭނީ ވަކިވަރަކަށެވެ. ހުރިހައި ކަމެއް ކޮށް ނިމުމުން އައިޒަންގެ އެ ކުރެހިފައިވާ އަޑުން ސިމާލު އަށާއި ހައިޝަމްއަށް ގޮވާލީ ފުލުހުންނަށް ގުޅުމަށެވެ. އަދި ވަރަށް އުނދަގުލުން ނިފްޝާގެ ހަތަރެސްފައިގައި އައްސާފައި ހުރި ވާ ތައް މޮހައިލިއެވެ. ލުއިފަތެއްހެން އައިޒަންގެ ބާރުގަދަ އަތްދަނޑި މައްޗަށް ނިފްޝާ ލައިގެން އައިޒަން ބޭރަށް ނުކުތެވެ. އޭރު ފުލުހުންވެސް ވަނީ އެތަނާ ނުހަނު ކައިރީގައިއެވެ. ފުލުހުންގެ ޖިޕު އެތަނަށް ހުއްޓުމުން ތިން މީހުން އަވަސްވެގަނީ ޖިޕަށް ލައިގެން ނިފްޝާ ހޮސްޕިޓަލަށް ގެންދުމަށެވެ. ޖިޕަށް އެރުމަށްފަހު އައިޒަން ހަމަޖެހިލައިފައި ނިފްޝާގެ މަންމަމެންނަށް އެހަބަރު ދިނެވެ. އަދި ނިފްޝާގެ އެ ދިރުމެއްނެތް ހަށިގަނޑާ ދިމާއަށް ބަލަން އިނީ ކަރުނުން ފުރިފައިވި ދެލޮލުންނެވެ. ފަސް މިނެޓު ތެރޭގައި ޖިޕުގޮސް ހޮސްޕިޓަލުގެ ދޮރު ކުރިމައްޗަށް ހުއްޓިއެވެ.

ސައިކަލުން ފެއިބި އިހްސާންގެ ތުންފަތުގައި ކުޅެލައިފައި ވަނީ ނުލަފައި ހިނިތުންވުމެކެވެ. އަދި މަޑު ހިނގުމެއްގައި ގޮސް ޓިނުން ހަނދައިފައި ހުރި ކުޑަ ގޭ ދޮރު ކުރިމަތީގައި ގޮސް ހުއްޓުނު އިހްސާން އަށް ސިހުން ގެނުވީ އެގޭގެ ދޮރު ވައްޓާލައިފައި ހުރުމުންނެވެ. އަވަސް އަވަހަށް ގޮސް އެތެރެއަށް ވަނީ އެތަނުގައި ނިފްޝާ އޮތްތޯ ބެލުމަށެވެ. އޭގެ އިރުކޮޅެއްފަހުން އެތަނަށް ހަނާން އާއި ޝާނާއައެވެ. ”އިހްސާން ކިހިނެއްވީ.. ކޮބައި ނިފްޝާ؟” ޝާނާ މޫޅި އެތަނަށް ބަލައިލަމުން ބުނެލިއެވެ. ” ކޮބާހޭ؟ މަށަށްތަ އިނގޭނީ އޭނާ ވީތަނެއް… ކަލޭމެންނަކަށް ނޫންތަ… މަމިތަނުން ދިޔައީ ކަލޭ މެން ކައިރީ ކީކޭ ބުނެފަ….. ކީކޭބުނެފަ ހޭ މަމިތަނުން ދިޔަ އީ…” އިހްސާންގެ ލޮލުން އަލިފާން ކަނި ބުރަ ބުރައި ހުއްޓެެވެ. އޭނާ ހީވީ ހަނާން އާއި ޝާނާވެސް ފިއްސާލަފާނެހެންނެވެ. ހުރިހާ ރުޅިއެއް އޭނާ ބޭލީ ހަނާން އަށާއި ޝާނާއަށެވެ. ”އިހްސާން ރުޅި މަޑު ކުރޭ… އަހަރެމެން ބަނޑުހައިވެފައި ހުރިވަރުން ކާން ދިޔައީ ވަރަށް އަވަހަށް އަންނަން… އަހަރެމެން ދިޔަތާ އަދި ބަރާބަރު ފަނަރަ މިނެޓު ވާނީ… އެކަމަކު އާއިރު މިއޮތީ މިތަން އޮތް ގޮތް… އެ ނިފްޝާގަނޑު ކޮންތާކަށް އެދިޔައީ؟” ޝާނާ ބިރުގަނެފައި ހުރިނަމަވެސް އެކަން ފޮރުވަމުން ބުނެލިއެވެ. ”ހެވޭ ދެން… ކޮންމެހެން ބަހަނާތަކެއް ދައްކާނެ ކަމެއްނެތް… އަންނަން ވީ އަހަރެންނާއެކު ދާން… އަހަރެމެންގެ ޕުލޭން ފުލޮޕް ވީމިދެން ކޮންކަމެއް ކުރެވޭނީ… މިތާ ހުރުމުގެ ބޭނުމެއް ކޮބާ؟ އަންނަން ވީ ދާން…. ބަދަލުވެސް ހިފުނީނު މި…. އެކަަމަކު އަދިވެސް އަހަރެން މިކަން ހުއްޓާއެއް ނުލަން… އަދިވެސް ބަދަލު ހިފާނަން…” އިހްސާން ދަތްތައް ފިއްތާލައިފައި ބުނެލިއިރު އެދެލޮލަށް ބަލައިލި މީހަކުވެސް ބިރު ގަންނާނެއެވެ.

”ކޮބާ މަގޭ ދަރިފުޅު… ކޮބާހޭ މަގޭ ދަރިފުޅު…” އިނާޝާ ހޮސްޕިޓަލަށް ވަނުމާއިއެކު ހަޅޭލަވައިގަތެވެ. ރޯރޯ އޭނާގެ ދެލޯ ވަނީ ރަތްވެފައިއެވެ. ”އިނާ ހަމަޖެހިބަލަ… އިރާދަކުރެއްވިއްޔާ އަހަރެމެންގެ ދަރިފުޅަކަށް އެއްވެސް ކަމެއް ނުވާނޭ… ދެން ނުރޮއިބަލަ… ހިތްވަރު ކޮށްބަލަ… އަލްހަމްދުލިއްލާހް.. އަހަރެމެންގެ ދަރިފުޅުވެސް ފެނުނީނު މި…” ސުޖާއު ދިޔައީ އިނާޝާއަށް ވިސްނައިދެމުންނެވެ. އޭނާގެ ހިތަށްވެސް ވަނީ ނުހަނު އަސަރު ކޮށްފައިއެވެ. ނަމަވެސް އޭނާ ރޯގެން އޭނާގެ އަންހެނުން ހުއްޓޭނީ ކިހިނަކުން ހެއްޔެވެ؟ ނިފްޝާގެ އާއިލާއެންމެން ހޮސްޕިޓާލަށް ދިޔައެވެ. އަދި ނިފްޝާވެއްދި ރޫމްގެ ކާއިރީގައި މަޑު ކޮށްލއިގެން ތިބީ ޑޮކްޓަރު ނިކުމަންނާނެ އިރަކަށެވެ. ”އައިޒަން.. އަހަރެންނަކަށް ނޭނގެ އައިޒަންއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް… އަހަރެމެންނަށް ތި ކޮށްދިނީ ވަރަށް ބޮޑު ކަމެއް…ދުވަހަކުވެސް އައިޒަންގެ ތި ހެޔޮ ކަން މިހިތަކުން ފިލައިގެން ނުދާނެ….” އިނާޝާ ، އައިޒަންގެ ކުރިމަށްޗަށް ގޮސް ހުއްޓިލައިފައި ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ. އައިޒަންވެސް އެއީ އެއްވެސް ކަމެއް ނޫނޭ ބުނެ ވާހަކަ ކުރު ކޮށްލީ ޑޮކްޓަރު ނުކުމުންނެވެ. އިނާޝާ ބާރަށް ގޮސް ޑޮކްޓާރުގެ ކުރިމަތީގައި ހުއްޓި ނިފްޝާގެ ހާލު އެހިއެވެ. ”ނިފްޝާގެ ހާލު ވަރަށް ސީރިއަސް… ވީ އެންމެ އަވަހަކަށް މާލެ ގެންދުން ރަނގަޅީ.. މިތަނުން ދެވެން އޮތް ފަރުވާއެއް އަޅުގަނޑުމެން ދެމުން މިތަނީ…” ޑޮކްޓާރު ހިތާމަޔާއިއެކު ބުނެލި ވާހަކައިން އެތާ ތިބި އެންމެންނަށް ހީވީ މުޅި ދުނިޔެ ހުއްޓުނުހެންނެވެ. އިނާޝާ އަޑުން އަޑު ނަގައި ރޯން ފެށި އިރު ސުޖާއު ހުރީ ބަސް ހުއްޓިފައިއެވެ.

ނިފްޝާ މާލެ ގެންދިތާ އޭގެ ދެވަނައަށް ވީ ދުވަހެވެ. މުޅި ރަށުގައި ކިޔަމުން ދިޔައީ ނިފްޝާ މި ފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ކީ ވާހަކައެވެ. އައިޒަންގެ ކަންފަތާއު ހަމައަށް މި އަޑު ފޯރީ ހޮނު ގުގުރިއެއްގެ ސިފައިގައިއެވެ. ނިފްޝާ މިދުނިޔެއާއި ވަކިވެގެން އެދިޔައީ އެތައް ބައެއްގެ ރުހުން ހޯދައިފައިއެވެ. ދެރަ ނުވާނީ ފަހެ ކާކު ހެއްޔެވެ؟ ސިމާލު އާއި ހައިޝަމް ވެސް ވަނީ ނުހަނު ދެރަވެފައިއެވެ. އެމީހުންގެ ކުރިމަތީގައި އައިޒަން ހުރި އެއް ކަމަކު އޭނާއެކޭ ނެތް މީހެކޭ އެއްގޮތެވެ. އެހިތަށް ކޮށްފައިވާ އަސަރު ގަލަމަކުން ބަޔާން ކުރަން ވެސް ދަތި ވާނެއެވެ. އައިޒަން ހިތްހަމަޖެއްސުމަށްޓަކައި އޭނާގެ ދެ އެކުވެރިން ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އައިޒަން އަށް ނަސޭހަތްދެނީ އކުވެރިއެއްގެ ހައިސިއްޔަތަކުންނޫނެވެ. ކޮއްކޮ އެއްގެ ހައިސިއްޔަތުންނެވެ. އައިޒަންގެ ކޮންމެ އުފަލެއްގައާއި ހިތާމައެއްގައި އެދެ މީހުން ބައިވެރިވެއެވެ. އައިޒަންގެ މޫނު ފެންނަ މީހަކުގެ ހިތަށް ވެސް އަސަރު ކުރާނެއެވެ. ކޮން ކަހަލަ އަނިޔާވެރި ދުނިޔެއެއް ހެއްޔެވެ؟

ނިފްޝާ މަރުވިފަހުން އެއާއިލާގެ އެކަކުވެސް އެމީހުން ރަށަށް އައިސްފަކާއެއް ނެތެވެ. ދިރިއުޅުން އެއްކޮށް މާލެއަށް ބަދަލު ކުރީއެވެ.ނިފްޝާއަށް އެހެން ހެދީ ކޮން ބައެއްކަމެއް އަދިވެސް ފުލުހުންނަށް ވަނީ ނުހޯދިފައިއެވެ. ނަމަވެސް އެމީހުން ހުއްޓާ ނުލައި މަސައްކަތް ކުރަމުން އެދަނީ އެ މީހުން ފެނޭތޯއެވެ.

***ފަސް އަހަރު ފަސް***

ޕޮލިސް ޔުނީފޯމްގައި ސައިކަލުގައި ދުއްވާފައި ދިޔަ ޒުވާނާއަށް ވަނީ އެތައް ބައެއްގެ ލޯތައް އަމާޒުވެފައިއެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަސް އަޅާނުލައި އެ ޒުވާނާ ދިޔައީ މަގުމައްޗަށް ސަމާލުވަމުންނެވެ. ދުއްވާފައި ގޮސް އެ ޒުވާނާ މަޑު އެކޮށްލީ ހީވާގޮތުންނަމަ އޭނާގެ ގޭ ދޮރުމަތީގައިއެވެ. ”އަހާ… ދަރިފުޅާ އައިޒަން… މިއަދު ހާދަ އަވަހަކަށް ތި އައީ… އެހެންނާ އަންނަ ގަޑިއަކު ނޫނެއްނު މިއަދު ތިޔައީ؟” އައިޒަން ގޮސް ގެއަށް ވަތް އިރަށް އައިޒަންގެ މަންމަގެ ސުވާލުތަކަކައި ކުރިމަތިވިއެވެ. ” ހުމް… މިއަދު ކުޑަކޮށް ބޮލުގައި ރިއްސާތީ އަވަހަށް މިއައީ…” އައިޒަން އޭނާގެ މަންމަ ގާތުގައި އެހެން ބުނެފައި ކޮޓަރިއައި ދިމާއަސް މިސްރާބު ޖެހިއެވެ. ހަމަ ހަޤީޤަތުގައިވެސް އައިޒަން މިއަދު އެއުޅެނީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީއެވެ. އައިޒަން ގޮސް އެނދުގައި އޮއްތާލިއިރަށް ނިފްޝާގެ އެކި ހިޔާލުތަކުން އޭނާގެ ސިކުނޑި ފުރާލިއެވެ. އަދިވެސް އައިޒަންއަށް އެއުޅެނީ ނިފްޝާގެ ހިޔާލުތަކުން ދުރުނުވެވިގެންނެވެ. އެ ހިޔާލުތަކުން ދުރުވެވޭތޯ މިހާރު އައިޒަން އެތައް މަސައްކަތެއް ކޮށްފިއެވެ. އެކި ހިޔާލުތަކުގައި އޮތް އައިޒަންގެ ލޮލަށް ނިދި ސަވާރުވީ ބަސް ބުނާހާ އަވަހަށެވެ. އައިޒަންއަށް ނޭނގުނީ އޭނާގެ ހަޔާތުގައި ބާކީ އޮތް ދުވަސްތައް އޭނާއަށް ވެއެތު ކުރަން ޖެހޭނީ ކިހިނެއްކަމެވެ. އޭނާގެ ހަޔާތުގައި ކުރިއަށް ވާނީ ކޮންކަމެއް ކަމެވެ. ތަގުދީރު އެނގޭނީ ފަހެ ކާކަށް ހެއްޔެވެ؟

(ނުނިމޭ)

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ކައިޒީން 6

Next

ލީން 2…

Next
November 24, 2018

ލީން 2…

Previews
November 24, 2018

ކައިޒީން 6

7 Comments!

  1. mariyanbu says:
    November 24, 2018 at 1:39 am

    assalaam alaikum…. miothy 8 vana part up vefai… mi part vs kiyaa hurihaa kudhinnah kamudhaane kamah unmeedhu kuran…. nd mistakes buneladhehchey kiyaa hurihaa kudhin ves….nd kiyun theringe faraathun nihaayathah maafah edhen mi part jas vi kamah takai….next part sunday ga… insha allah..:)

  2. Kudoo says:
    November 24, 2018 at 6:23 am

    Yeah me first

    1. ?Nafu? says:
      June 22, 2019 at 7:27 am

      Congrats kudoo?

  3. R says:
    November 24, 2018 at 6:33 am

    For a 14 year old your writing is amazing.. but in my opinion this story is kinda similar to Hulhukolhu.. the characters n the events happening… anyways keep it up dear

  4. mariyanbu says:
    November 24, 2018 at 8:59 am

    yeah kudoo… u r first… 🙂

  5. mariyanbu says:
    November 24, 2018 at 9:02 am

    thanks R…. miyaky alhuganduge amihla hiyaalah liyaa story eh… dhn baeh faharu baeh story thakun thanthan kolhu nagan…vr ufaa vehjje R ah mi story kamudhiya e ma…. thanks 🙂 🙂

  6. mariyanbu says:
    November 24, 2018 at 2:11 pm

    but hunnaani amihla gothah liyefa story thakun negiyas… ehvaahaka thakuga hunna gothakah noon.. 🙂

Comments are closed.


All Right Reserved!