
ކައިޒީން 6
ދާއިން ގޮވާލުމުން ކައިޒީން ގޮސް އެނދުގައި އޮށޯވެލީ ދާއިން އާ ޖެހިފިތިގެންނެވެ.
” އެހެންވީމަ އަދި 4 މަންތްސް ވަންދެން މިކޮޅުގަ މަޑުކުރަން ޖެހޭނެންނު ދޯ. ސޯ ޖޮބަކައް ދާންކަމަށް މި ވިސްނަނީ. މިހާރު ދާން ގެ އެކައުންޓްވެސް ދެން ގާތްގަނޑަކައް ހުސްވަނީ. ޖޮބަކައްނުގޮސް ނުވާނެ ދޯ” އެއް އަތް ނިއްކުރި މަތީގައި ބާއްވާލައިގެން އަނެތް އަތުން ކައިޒީންގެ ވަށާލަމުން ދާއިން ބުނެލިއެވެ. ” ތިހެން ދޯ ދެން ހަދަން ޖެހޭނި. އެކަމް އާން މަތިން ވަރައް މިސް ވާނެ.”. ” ޒީ މިސް ވާ ގޮތައް އަހަރެންވެސް އަހަރެންގެ ބޭބީސް މަތިން މިސްވާނެދޯ. އެކަމް އާން ކާރިއަށް ވެސް ދެވޭނި ޒީ ރަނގަޅުވެގެންނެންނު. އެހަށް އަމިއްލަ ނަފްސާ ދޭތެރޭ ވިސްނާލަބަ ބޭބީ ގާރލް” ދާއިން ވާހަކަ ދެއްކީ އޯގާތެރިކަމާއެކުއެވެ. ދެކުދިން ކުޑަ އިރުކޮޅަކު ވާހަކަ ދައްކާލަން ތިބުމަށްފަހު ނިންމީ ދާއިން ވަޒީފާ އަކަށް އެޕްލައި ކުރާށެވެ. އެކަންތައް ރަނގަޅުގޮތަކައް ޕްލޭން ކޮއްލެވުމުން ދެ ހިތައްވެސް ލިބިގެންދިޔައީ ހިތްހަމަޖެހުމެކެވެ. ބަންގިގޮވުމުން އެކުގައި ނަމާދުކޮއްލައިގެން ޤުރުއާން ކިޔަވާލުމަށްފަހު އިޝާވެސް ކުރީ ދެކުދިން އެއްކޮށެވެ. މާ ގިނައިރު ބޭރުގައި އުޅުނު ދުވަހަކައްވުމުން ރެސްޓޯރެންޓަކައް ދިއުމުގެ ބަދަލުގައި އެމީހުން ކާންދިޔައީ އެ ހޮޓެލްގެ ކެންޓީނަށެވެ. މަޖާ ވާހަކަ ތަކެއްގައި ތިބެފައި ކައިނިމިގެން އެނބުރި ކޮޓަރިއަށް އައިއިރު ދާއިން ހުރީ ކައިޒީންގެ ލޯމަތީގައި އަތް އަޅާގެންނެވެ. ކޮޓަރިއަށްވަދެ ދޮރުލައްޕާލުމައްފަހު ދާއިން އޭނަގެ އަތް ނެގިއެވެ. ކައިޒީން އަށް ހުރެވުނީ ކުޑަކޮއް ލޯ ބޮޑުކޮއްލާގެން ބަލާށެވެ. ބެޑް ޑެކަރޭށަން ހަދާފައިވަނީ އާކައިވެނީގެ ރެއަށް ތައްޔާރު ކުރާ ގޮތަށެވެ. އެނދުމަތީގައި ހިތެއްގެ ބައްޓަމަށް އަތުރާފައިވާ އެތައްހާސް ފިނިފެންމާފިޔަތައްވެސް ދެ ހިތައް ދައުވަތުދޭފަދައެވެ. ކޮޓަރީގެ އެކިދިމާލުގައި ސޯއި އުއްބައްތިތައް ދިއްލާލާފައިވާއިރު އޭސީގެ މަޑުފިނިކަމުގެ ތެރެއިންވެސް ލުއި މީރުވަހެއް ހިފާލާފައި ހުއްޓެވެ. “ލައިކް ދަ ސަޕްރައިސް؟” އެއް ބުމަ ހިއްލާލަމުން ދާއިން އެހެން ބުނެލީރު އެ އަޑުގައި ޖާދޫއެއްވިއެވެ. ކައިޒީން އަށް ބަލަހައްޓާގެން ހުރެވުނީ އިރުކޮޅަކުއެވެ. އެ އަތުގެ ތެރެއަށް ވިރިގެންދާން ނެގީ މަދު ސިކުންތުކޮޅެކެވެ.
އަންނަ ބާރު ވައިރޯޅިތައް ކުޑަދޮރުގެ ހިންމިތަކުން ވަދެ ހުޅުކޮޅަށް ގޯނާ ކުރާއިރު ހިޔަނިތައް ކޮޓަރިތެރޭގައި ނަށަމުން ދިޔައެވެ. މަޑު ބާލިސްތަކާއި ކުށަން ތަކުގެ ތެރޭގައި އަރާމު އެނދުގައި ޖައްސާލެވުނީރު އެދެހިތުގެ ތެޅުން އަވަސްވެ އެކަކު އަނެކަކަށް އިންތިހާއަށް ބޭނުންވެފައި ވިއެވެ. ދާއިން ކައިޒީން ގެންގުޅުނީ ބުދެއްހެންނެވެ. ލޯބިންގޮސް ހިތް ފުރޭވަރުވިނަމަވެސް ކައިޒީންގެ ހިތައް ކުޑަ ކުޑަ ބިރުވެރިކަމެއްވަނެވެ. ނަމަވެސް ދާއިން ގެ އިންތިހާ ލޯބީގެ ސަބަބުން އެހުރިހާ ނުތަނަވަސްކަމެއް ފިލާ ދާއިންގެ ބާރުގަދަ އަތުގެ ތެރެއަށް ވަދެވުނީ ރުހުމާއެކުގައެވެ.ވިރެމުން ދިޔަ އުއްބައްތިތަކުގެ ރަން އަލީގެތެރެއިން ފާރައް އެޅިފައިވާ ހިޔަނި ފެންނަނީ އެއްހިޔަނިހެންނެވެ.
ދޮރުގައި ދަމާފައިވާ ބޯ ފަރުދާތަކުގެ ސަބަބުން ކޮޓަރިއަށް އިރުގެ އަލި ވަންނަ ގޮތެއް ނުވިއެވެ.
މެލޭޝިއާއިން ރަނގަޅު ވަޒީފާއެއް ހޯދުން ވީ ދާއިން ހީކުރިވަރައްވުރެ އުނދަގޫކަމަކަށެވެ. ދެ މަސް ވަންދެން މަސައްކަތް ކޮއްގެންވެސް ވަޒީފާއެއް ލިބޭގޮތެއް ނުވިއެވެ. އަނެތްކޮޅުން ދާއިން ގެ އެކައުންޓުގައި ހުރިފައިސާކޮޅު ހުސްވުމުން ހުސްވިމަހު ކިޔާރާއަށް ފައިސާވެސް ފޮނުވޭގޮތެއް ނުވިއެވެ. އެމީހުން ގެ ބޭނުންތަކައްވެސް ހުރީ ހަމައެކަނި ކައިޒީން ގެ އެކައުންޓުގައި ހުރި މަދު ފައިސާކޮޅެކެވެ. އެހެންވެ ކިޔާރާއަށް އެހީ ވުމަށް އެދުނީ ދާއިންގެ ތިމާގެ މީހެއްގެ ގާތުއެވެ. ނަމަވެސް މާ އެދެވޭ ގޮތަކަށް އެކަންތައް ހަމަ ނުޖެހުމުން ދާއިން ކިޔާރާ ގާތު މި ދެމަހަށް ފައިސާ ދެވެން ނެތް ވާހަކަ ބުނީ ވަރައް ދެރަވެފައެވެ. ކިޔާރާ އަށް އަންޑަރސްޓޭންޑް ވާނެކަމުގެ އުންމީދުގައެވެ.
އެގޮތުގައި ފުރަތަމަ ތިންމަސް ނިމުނީރުވެސް ދާއިން އަށް ވަޒީފާއެއް ނުލިބުމުން ކިޔާރާއަށް އެއްވެސް އެހީއެއް ނުވެވުނެވެ. ކިޔާރާ ވަރިއަށް އެދިއްޖެއެވެ. އެކަން އެނގުނީ ރަށު ކޯޓުން ދާއިން އަށް ގުޅާފައި ބުނުމުންނެވެ. ނަމަވެސް ދާއިން ބުނާނީ ވަކި ކީކޭ ހެއްޔެވެ. ހަރަދު ނުދޭނަމަ ނޫޅެވޭނެކަން ދާއިން ރޮކެޓް ސައިންޓިސްޓަކައް ނުވިޔަސް ޤަބޫލު ކުރެވެއެވެ. ކިޔާރާ ކެތް ގަދައެވެ. 3 މަސް ދުވަހު ވެސް ކެތް ކުރެވޭނީ ވަރައް ހިތް ތިރި އަންހެނަކަށެވެ. ކިޔާރާގެ އެދުމަށް ދާއިން ކިޔާރާ ވަރިކޮއްދިނެވެ.ކައިޒީން އާވެސް މަޝްވަރާކޮއްލުމެއްނެތިއެވެ.
ކައިޒީން އަށް މި ހަބަރު އެނގުމާއެކު ނުރޮވުނީ ކިރިޔާއެވެ. ދާއިން ގާތު އެވަރައް ށަކުވާ ކުރިއެވެ. ދާއިން ގެ ޖަވާބަކައް ވީ އޭނަ ކިޔާރާ ވަރިކުރީ ކިޔާރާ ބޭނުންވެގެން ކަމަށާއި އެކަމުން ވެސް ފައިދާ ވާނީ ކިޔާރާ އަށް ކަމަށެވެ.
ނަމަވެސް ކައިޒީން އަށް ނުހުރެވިގެން އެންމެފަހުން ކިޔާރާއަށް ގުޅިއެވެ. ކިޔާރާގެ ވާހަކަތައް ހުރީ ދިމާ އިދިކޮޅަށެވެ.
’’އަހަރެން ވަރިޔަށް އެދުނީ ދާން ގޯސް ވެގެންނެތް ނޫން. އަހަންނަށް އިނގޭ އޭނަ އަހަންނާމެދު ވިސްނާކަން. ކުދިންނަށްވެސް ދެރައެއް ލިބެން ނޭދޭކަން. ދާން ވަރަށް ކެއަރ ކުރޭ. އަހަރެން މިއަދު އުފާކުރަން އެކަހަލަ ބައް÷ޕައެއް އަހަރެންގެ ކުދިންނަށް ލިބުނީތީވެ.ކިތަންމެ ދަތިވިޔަސް ބަރާބަރައް ހަރަދު ކުރޭ. މަދުވަނީ ކޮންކަމެއްތޯ އަހާ. އަހަންނަށް މިދުނިޔެއިން ހޯދާދެވެންހުރި ހުރިހާ އުފަލެއް ދާން އަހަންނަށް ހޯދައިދިން. ނަމަވެސް އަހަރެން ވަރިޔަށް އެދުނީ…… އެހެން މީ….ހަކުދެކެ ލޯބިވެވުނީމަ.” ހުއްޓަމުން ކަހަލަ ގޮތަކަށް ކިޔާރާ ޖުމްލަ ފުރިހަމަ ކޮއްލާފައި ފޯން ބޭއްވިއެވެ. ކައިޒީން ގެ ޖަވާބަކައްވެސް އިންތިޒާރުކުރުމެއްނެތިއެވެ. އެހިތުގައި އަޅަމުންދިޔަ ވޭން ދެނެވޮޑިގެންވާނީ ﷲއެވެ. ކުދިން ނިކަމެތިވުމުގެ އިތުރުން ގޭގެ އެހެން ހަރަދުތަކާއި ޙުދް ކިޔާރާގެ ކަންކަން ވެސް ފުރިހަމަ ނުކުރެވޭތާ ކޮންދުވަހެއްހެއްޔެވެ. ވަރައް ދުވަހު ކެތް ކޮއްލައިގެން ހުރުމައްފަހު މިއަދު ވަރިއަށް އެދުނީ ނެތް ހިތްވަރުލާފައި ދަރިންގެ ހައްޤުގައެވެ. އެކަނިވެރި މައިންނަށް ލިބޭ ފައިސާ ކޮޅުން ވިޔަސް ކުދިންގެ ހަރަދުތައް ކޮއްދެވޭތޯއެވެ. ދާޢިންގެ ހަނދާނުގައި އާވާރާއެއްހެން އަބަދު ހުރުމަށްވުރެ ކިޔާރާއަށް ވިސްނުނު އެންމެ ރަނގަޅުގޮތަކީ އެއީއެވެ. އޭނަވެސް އާފެށުމަކުން ފަށާނީއެވެ. ދިމާލަށް ނުބުންޏަސް ދާއިން އޭނަދެކެ ލޯބި ނުވާކަން ކިޔާރާއަށް ރަނގަޅަށް އިނގެއެވެ. ވީއިރު އޭނަ މިހެން ގަނަތެޅުމުގެ އެއްވެސް މާނައެއް ނެތެއްނޫންހެއްޔެވެ؟ ދާއިން ދިޔަދޭށެވެ. ކައިޒީން އާއެކު އުފަލުން އުޅުނަދޭށެވެ. އެމީހުންގެ އުފާތަކަށް އެޅޭ ހުރަހަކަށް ކިޔާރާ ވާކަށް ބޭނުމެއްނޫނެވެ. އޭނަ މި އެންމެންނާ ދުރަށް ހިނގައިދާނަމެވެ. ދުވަހަކު އުދަގުލެއްނުވާހާ ދުރަށް ހިނގައިދާނަމެވެ. ކިޔާރާ ގެ ހިތުގައި ކުރިލައި ވަރުގަދަ ވަމުން ދިޔަ ދާއިން ގެ ލޯބީގެ ވާން ކަން ކެނޑެމުން ދިޔައެވެ. ހިތެކޭ އެއްގޮތަށް ކިޔާރާވެސް ހިކި އަނަރޫފަވާން ނެގީ މަދު ދުވަސްކޮޅެކެވެ.
ކައިޒީން ފޯން ބޭއްވުމައްފަހު ދާއިން އަށް އެކޯލް ގެ ރިކޯޑިން އިއްވާލިއެވެ.ކިޔާރާގެ ޖުމްލަތައް އަޑު އިވުމާއެކު ދާއިން އަށް ޔަގީން ވީ ކިޔާރާ އެހެން މީހަކު ދެކެ ލޯބިވަނީ އޭ ބުނެ ހެދީ ދޮގުކަމެވެ. އަދި ރީތި ގޮތުގައި މަލާމާތް ކޮއްލިކަމެވެ. އެކަކަށް ނޭނގުނަސް ދާއިން އެމައިންގެ ހާލު ދިޔައީ ވަރަށް ގާތުން ބަލަމުންނެވެ. ރަށު ކޯޓުގައި އުޅޭ ދާއިންގެ ރައްޓިއްސެއް މެދުވެރިކޮށެވެ. ބޮލުގެ ފުއްކިބައިގައި ދެއަތުން ހިފަހައްޓާލައިގެން ދާއިން އިން އިރު ކުރިމަތީގައި ކައިޒީން އިނީ ޖެހި ބުދެއްހެން ގުޑާ ނުލައެވެ. އެކަކައްވެސް ދެން ދައްކަންވީ ވާހަކައެއް ނޭންގުނެވެ. އޮއްސެމުން ދިޔަ އިރާއެކު ކޮޓަރިތެރެއަށް ވެރިވެފައިވާ ފަނޑު އަލިކަން އަނދިރިކަމުގެ ތެރެއަށް ގެނބިގެން ދިޔައެވެ.
ހަފްތާއެއް ފަހެވެ. ދާއިންމެންގެ ދިރިއުޅުން މިހާރު ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅޭކަމުގެ ކުލަވަރު ފެނެއެވެ. ދާއިން އާއި ކައިޒީން ހެނދުނު ސައިބޮއެގެން ދިޔައީ ހޮޓަލާ މާ ދުރުނޫން ހިސާބެއްގައި ވާ ފަރުބަދަ ތަކުގެ މައްޗަށެވެ. ސިކުނޑީގެ އުދާސްތައް ލުއި ކޮއްލުމަށެވެ. ސިޓީގެ ތެރެއިން ގަނޑުފެން ވިރި ހުސްވިޔަސް ފަރުބަދަމަތީގެ ސަރަހައްދައް ވާތީ ބައެއް ހިސާބުތަކުގައި ގަނޑުފެން ހަރުލާފައި ހުއްޓެވެ. އުޑުމަތިވަނީ އަޅިކުލައިގެ ވިލާތަކުން ފުރިފައެވެ. ތިރީގައިވާ ވާދީތައްވެސް ފެންނަނީ ދުންފިނި ގަނޑެއްހެންނެވެ. ފިނި މޫސުމުގައި ހުރިހާތަނެއް ކަޅާ ހުދުން ފެންނައިރު އެޒުވާނުން ތިބި ހިސާބު ވަނީ ކުލަތަކުން ފަވާލެވިފައެވެ. ވިނަގަނޑުމަތީގައި ކުއިލްޓެއް ފަތުރާލައިގެން ތިބީރު ދެކުދިންގެ މޫނުމަތީގައިވެސް ލުއި ހިނިތުންވުމެއް ކުޅެލަކުޅެލާ ހުއްޓެވެ. އަމިއްލަ ދުނިޔެއަކަށް ގެއްލިފައިތިބީރު ދެއަތް ވަނީ ގުޅި ލާމެހިފައެވެ.ކައިޒީން އާއި ދާއިން ކުރެ އެކަކުވެސް އަނގައިން ނުބުނެ ތިބި ވަގުތުކޮޅަކައް ފަހު ފަޒާގެ ހިމޭންކަން މުގުރާލީ ދާއިން ގެ ފޯންރޮއިގަތް އަޑުންނެވެ. ގުޅަނީ އޮފިޝަލް ނަމްބަރަކުންނެވެ. “ހެލޯ… އިޓްސް ލިމްކޮކްވިން ޔުނިވަރސިޓީ އޮފް ކުއަލަލަމްޕުރް. އިޒް ދެޓް މިސްޓަރ ދާއިން” އެކޮޅުން ވާހަކަ ދެއްކިމީހާ ބުނެލިއެވެ. ދާއިން އަދަބުވެރިކަމާއެކު އެމީހަކާ ވާހަކަ ދައްކާ ނިންމާލިއިރު މޫނު ވަނީ އުފަލުން ފޮޅިފައެވެ. ކައިޒީން ގެ ލޯ މަޑުމަޑުން މެރެމުން ދިޔައިރު ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ފުސްވެ މުޅިން އަނދިރި ވެއްޖެއެވެ. ދެވަނަސިކުންތުގައި ކައިޒީން އޮތީ ދާއިންގެ އަތް މައްޗައް ދެމިފައެވެ. “ޒީ. ކިހިނެތްތަ ތި ވީ؟ މައިގޯޑް… ޒީ ޕްލީސް ހޭލަބަ.” ދާއިން މޮޔައެއްހެން ކައިޒީން ގެ ކޮލުގައި ކޮއްޓަމުން ގޮވަންފެށިއެވެ. ކައިޒީން ގެ އެއްވެސް ހަރަކާތެއްނެތެވެ. ނަމަވެސް އެ ހަށިގަނޑުގައި ވިންދުޖަހާކަން ޔަގީންކޮއްލުމައްފަހު ދާއިން އަވަހައް އެމްބިއުލެންސަށް ގުޅިއެވެ.
ފަނަރަވަރަކަށް މިނެޓް ތެރޭ އެންބިއުލެންސް ގައި ކައިޒީން ހޮސް÷ޕިޓަލައް ގެންދެވުނެވެ. ބައިގަޑިއެއްހާއިރު ފަރުވާދެވެންވާއިރައް ކައިޒީން ހޭ އަރައިފިއެވެ. ނަމަވެސް ބޮލުގައިވަނީ ބުނައްނޭނގޭފަދަ ރިހުމެކެވެ. މަޑުމަޑުން އެސްފިޔަތައް ތަޅުވާލުމަށްފަހު ލޯ ހުޅުވާލީރު ދާއިން ކައިރީގައި އިނެވެ. އަތައްވަނީ އައިވީ ގުޅާފައެވެ. ”ލަވް. އޯކޭތަ؟” ދާއިން އަހާލިއެވެ. “ކުޑަކޮއް ބޯ އަނބުރާ.” ކައިޒީން އެހެން އެއްޗެއް ނުބުނެއެވެ. އަނެއްކާވެސް ދެލޯ މަރާލިއެވެ. ކެތްތެރިކަމެއްނެތި ދާއިން އިންތިޒާރު ކުރަމުން ދިޔައީ ޓެސްޓް ތަކުގެ ނަތީޖާ ލިބޭނެ އިރަކަށެވެ.
ކައިޒީން އެގެއިން ދިއުމަށްފަހު އާޔަން ބަލަނީ އާޔަންގެ މާމަ ހުސްނާއެވެ. ނަމަވެސް މުސްކުޅިބަލީގެ ސަބަބުން މާގިނަ ކަންތައްތަކެއް ނުކޮއްދެވެއެވެ. ދެން އެކުއްޖާފުޅުގެ ކަންތައްތައް ކޮއްދެނީ ޒިދާން އާއި ޔާނާއެވެ. ޖާއިން އުޅެނީ ރިޒޯޓްގައެވެ. ހުސްނާ މާ އަވަސް އަވަހަށް ޑޮކްޓަރައް ދައްކަން ޖެހޭތީ އެކުޑަ އާއިލާ ލަންކާއަށް ބަދަލުވިއެވެ. ލަންކާގައި ދިރިއުޅެން ފެށިތާ މިއަދައް މަހެއްވީއެވެ. އަދި ކައިޒީން އާއި އާޔަން ދިމާވާ ގޮތެއް ނުވެއެވެ. ކޮންމެ ދުވަހަކުހެން ކައިޒީން އާޔަންގެ މާމަގެ ފޯނަށް ގުޅައެވެ. ނަމަވެސް ލިބެނީއެއް ޖަވާބެކެވެ. ފޯން ނިއްވާލާފައެވެ.ނޫނީ ގުޅޭ ސަރަހައްދުން ބޭރުގައެވެ. ކައިޒީން އަކައް އެކަމާ ބެހޭގޮތުން އެއްޗެއް އަހާކަށް ރަށުމީހަކައް ގުޅާކަށް ނުކެރުނެވެ. އާޔަން އާއި ދިމާވާނެ ކަމުގެ އުންމީދުގައި ދުވަސްތައް ގުނަމުން ގެންދިޔައީ ކެތްތެރިކަމެއްނެތިއެވެ.
ދާއިންގެ އަތަށް ރިޕޯޓް ލިބުމާއެކު އަވަހައް އެ ބަލާލިއެވެ…… “ޕްރެގްނެންސީ ޕޮސިޓިވް” ހައިރާންވެފައިވާކަހަލަ ގޮތަކަށް ދާއިން ގެ އަނގައިން އެ ޖުމްލަ ނުކުތްއިރު ކައިޒީން އޮތީ އެސްފިޔަޖަހާނުލާ ދާއިންއަށް ބަލާށެވެ. މަދު ސިކުންތުކޮޅެއްތެރޭ ކައިޒީންގެ ދެލޯ ފުރިގެންއައީ ބޮޑެތި ކަރުނަތިކިތަކުންނެވެ. ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް އެކަކަށްވެސް ނޭނގުނެވެ.
ނުނިމޭ……
11 Comments!
Comments are closed.
Kaizeen is preg ????? BTW Story vvv reethi maashaa allah and mi part vs ???????? you are a good writer maashaa allah???
And mee first dhww yesssssss?????????
Thanks minnu… ???
Hehehe… Yeah.. Mifaharu minnu dhw first.. ?
Phineas to the max…. Keep it up… M.A
Obiness to the max… Keep it up.. m.a
Thanks knmeves meehakah?????????
Hurry up thiyaa…. I’m dieing of curiosity
Sorry dear. I’m little sick these days. So it may take a little longer to update the next part.
Vrh undhagoo screen ah balahattaagen innan??sorry. Ekamvx vrh bodah try kuraanan nge.
Awlheyyyyy… Mioh lwbi story huttaalythr thiyaa??? I’m waiting eyy… Plx next part up kolladhyba avahah.. N gws ngey love.. ???