
ކުރިމަތީގައި އެހުރީ އަލޫކްއެވެ. މިރަށުގައެވެ. މިގޭގައެވެ. އޭނާގެ ކޮޓަރީގައެވެ. ހުވަފެނެއްނޫންކަން ގައިމެވެ. މަލާކްއަށް އެސްފިޔަޖަހާކަށް ވެސް ހަނދާނެއްނެތެވެ.
“މަލާ..އަހަރެން ހާދަ ވަރަކަށް މަލާ ހޯދީމެ..ކީއްވެ މަލް އަހަރެން ގާތު ނުވެސް ބުނެލީ ރަށަށް އަންނަ ވާހަކަ. މަލާކް ކޮންއިރަކު ބުރުގާ އެޅީ؟ ދެން ކީއްވެތަ އަހަރެން ގާތު ނުބުނީ ރަށަށް އަންނަ ވާހަކަ؟” އަލޫކް ހުރީ ހިތުގައި ޖެހިފައެވެ. އޭނާ މަލާކް ގާތަށް އައިސް އަތުގައި ހިފާލުމާއެކު އަތް ފޮޅުވާލިއެވެ. އަލޫކްއަށް ސިހުން ލިބުނެވެ. “އަހަރެން..” މަލާކްގެ ދެލޯ ފުރިގެން ބަންޑުންވާން ފެށިއެވެ. އެރީތި ކޯތާފަތްމަތީގައި ކަރުނަތައް ފިރުކެމުން ފައިބަމުން ދިޔައެވެ. އެމަންޒަރު ބަލާކަށް އަލޫކްގެ ހިތަކަށް ކެތެއް ނުވިއެވެ. ތިމާ އެންމެ ލޯބިވާ މީހާ ތިމާގެ ކުރިމަތީގައި ހުރެގެން ރޯތަން ދެކެން ކުޅަދާނަވާނީ ވަކި ކާކައްހެއްޔެވެ؟ އަލޫކްއައިސް އޭނާގެ ބާރުގަދަ ދެއަތުން މަލާކްގެ މޫނުގައި ހިފާ، އޭނާއާ ދިމާލަށް އުފުލާލިއެވެ. އަދި ކަރުނަތަށް ފުހެލަދިނެވެ. މަލާކް އަނެއްކާވެސް އަލޫކްގެ އަތްފޮޅުވާލާފައި އަނެއްފަރާތަށް އެނބުރުނެވެ. އަލޫކް އިތުރަށް ހިތުގައި ޖެހުނެވެ.
“މަލާކް..ޕްލީޒް އެޓްލީސްޓް އަހަންނާ ވާހަކަ ދައްކަބަލަ..ވައި އާރ ޔޫ އެވޮއިޑިންގް މީ؟؟” އަލޫކް އާދޭހުގެ ރާގެއްގައި ބުންޏެވެ. “އަހަރެން..އަހަރެން ޖެހޭތަ ކޮންމެހެން..އަލޫކް ކައިރީ ބުނަން..އަލޫކް އަހަރެން ގާތު އެއްވެސް އެއްޗެއް ނުބުނާއިރު؟” މަލާކްއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ. “މަލާކް..ކީކޭ ތިކިޔަނީ..އިނގޭތަ ތިކިޔޭ އެއްޗެއް؟” “އާނ!!! އެނގޭ..އަލޫކް ހީކުރީ އަހަރެން މީކީ މޮޔައެއް ކަމަށްތަ؟ ބިޒްނަސް ޓްރިޕް ގޮސް އައިސްވެސް އަލޫކް އަހަންނަށް ދޮގު ނުހަދަންތަ..ވަން މޯރ ވީކް ވަރު ވެދާނޭ ކިޔައިގެން؟ ނުހަދަންތަ ދޮގެއް؟ އަހަރެންވެސް ދެރަވާނެދޯ… ކީއްތަވާނީ އަލޫކް އަހަރެން ގާތު އެއްފަހަރަށްވެސް ތެދަށްބުނިއްޔާ؟! އެވަރު.. އެވަރު ނުވާނެތަ؟ އަހަރެން…އަހަރެން ދެކެ ލޯބިވޭ ކިޔައިގެން އަލޫކް ތިކީ އަނެއްކާ ތެދު ވާހކައެއްތަ؟” މަލާކްގެ ދެލޮލުން ހޯސްލައިފައި ކަރުނަތައް ފައިބަމުން ދިޔައެވެ. “މަލާކް..ތިހެން އަހަންވެސް ނުވާނެ..އޮފްކޯރސް..އައ ލަވް ޔޫ މޯރ ދޭން އެނީތިން..މޯރދޭން މައި އޯން ލައިފް!!” “ހައު ކޭން އައި ބިލީވް ދެޓް؟ އަލޫކް ކީއްވެހޭ އެވަރު ކަމަކާ މަށަށް އޮޅުވާލަންވީ..އަލޫކްއަށް އެމް ނޮޓް ދެޓް އިމްޕޯރޓެންޓް ދޯ؟ އޯކޭ..އައި ގެޓް އިޓް.. ޔުއަރ ބޯރޑް ދޯ..” “ނޫން މަލާ..ޕްލީޒް، ލެޓް މީ އެކްސްޕްލެއިން__” “ނޯ..ނޯ.. މިރެއަށް ވާވަރު ވެއްޖެ..ގެޓް އައުޓް އޮފް މައި ރޫމް..” “މަލް ޕްލީޒް ހެޔޮނުވާނެ، އައި ފްލިޔު އޯލް ދަ ވޭ ހިޔާރ ޖަސްޓް ޓު އެކްސްޕްލެއިން އެވްރިތިންގް… ކޮޒް އައި ލަވް ޔޫ ސޯ… މަޗް..!” އަލޫކް ދެއަތް ޖޯޑުކޮށްލީ އާދޭސް ކުރާ ފަދައިންނެވެ.
މަލާކް ކިތަންމެ އަޑުއަހަން ބޭނުން ނަމަވެސް މިރެއަކު އެހިތްވަރެއް ނެތެވެ. އަލޫކްގެ ދުލުން އޭނާގެ އުޅުމުގެ ވާހަކަ ކިޔައިދޭ އަޑުއަހަން މަލާކަށް ކެތްވާނެ ހެއްޔެވެ؟ އަލޫކް އެވަރަށް އާދޭސް ކުރަން ފެށުމުންވެސް މަލާކް ހިތާދެކޮޅަށް އަލޫކްގާތު، އައި ގޮތަކަށް ނުކުމެގެންވެސް ދިޔުމަށް އެދި ތަކުރާރު ކޮށްލިއެވެ. “މަލް ޕްލީޒް…މަލާކް! މަލާކް ލިސެން ޓު މީ!” މަލާކް ހުރީ މިރޭ ގޮތްދޫ ކުރާނެ ގޮތަކަށް ނޫނެވެ. އަލޫކްއަށް ޖެހުނީ ބަލި ގަބޫލުކޮށްފައި ނުކުންނާށެވެ. “އައިލް ބީ ހިޔާރ.. ރެޑީ ޓު އެކްސްޕްލެއިން ޓު ޔޫ..މަލާކް ބޭނުންވި އިރަކުން.” “އަހަރެން ބޭނުންވި އިރަކުންނޭ؟ އެކަން ބޭނުންވެގެން އުޅޭތާ ކިހާ ދުވަހެއް؟ އެކަން ވިތަ؟” މަލާކް އަވަސް އަވަހަށް ކުޑަދޮރު ތަންޑުއެޅުވިއެވެ. އެއާއެކު އޭނާ ހިފަހައްޓައިގެން ހުރި ބަޑިފަޅައިގެން ދިޔައެވެ. އަނގަމަތީގައި އަތްއެޅުމަށްފަހު ހުރި ތަނަށް ތިރިވެ ފާރުގައި ލެނގިލައިގެން އިނދެ ހިތްފުރެންދެން އޭނާ ރުޔެވެ.
އަލޫކްގެ ހިތުގައި އަޅަމުން ދިޔަ ވޭނަކަށް ކެތެއް ނުކުރެވުނެވެ. ބިންމަތީގައި އިށީނދެ ވެލިގަނޑަށް ގޮށްމުށުގެ ހަމަލާތައް ދެމުން ދިޔައެވެ. މިކަން މިގޮތަށް ދިމާވީ ހުދު އޭނާގެ ސަބަބުންކަން އަލޫކްއަށް އިނގެއެވެ. މަލާކް އޭނާއަށް ކިޔައިދޭން ފުރުސަތު ދީފާނެބާއެވެ؟
އެތައް އިރަކު ރުއިމަށްފަހު މަލާކް ފާޚާނާއަށްވަނެވެ. މޫނު ދޮންނަ ތަށި ކައިރީ ހުއްޓި މޫނު ދޮންނަން ފެށިއެވެ. ލޯގަނޑުން އޭނާގެ މޫނަށް ބަލާލިއެވެ. ދެލޯ ވަނީ ދުޅަވެ ރަތްވެފައެވެ. ނޭފަތްދަމަމުން ދަމަމުން އައިސް އޭނާ އެދަށް އަރާ ބާލީހުން މޫނު ފޮރުވާލިއެވެ. އެއާއެކު އޭނާއަށް އަނެއްކާވެސް ރޮވެން ފެށުނެވެ. މަޑު ގިސްލުމެއްގެ އަޑުން މުޅިކޮޓަރި ގުގުމާލިއެވެ. އޭނާއަށް ނިދުނީވެސް އެގޮތުގައި އޮއްވައެވެ.
ސިއްސައިގެން ގޮސް މަލާކަށް ހޭލެވުނެވެ. ގަޑި ބަލާލިއިރު ހަތެއްޖަހަނީއެވެ. ފަތިސް ނަމާދުވެސް މިއަދު ގެއްލުނީއެވެ. އޭނާއަށް ހުވަފެނުގައިވެސް މުޅިން ފެނުނީ މަސްތުވެފައި ހުރި އަލޫކެވެ. އެނދުގައި އުއްޑުން އޮށޯވެ އޮތުމަށްފަހު މަލާކް ތެދުވެ ފާޚާނާއަށް ވަނެވެ.
ކުޑަގޮތަކަށް ސައިބޮއެލައިގެން މަލާކް ނުކުމެ ޖޯލިފަތީގައި އޮވެ ނުހާއަށް ގުޅަން ފެށިއެވެ. ނަމަވެސް ނުހާ ފޯނެއްނުނަގައެވެ. އޭނާ އެހެން އޮއްވާ އަފާއައެވެ. ބޭރަށް ނުކުންނަ ހިތެއްނެތްކަމަށް ބުނުމުން އަފާ ދިޔައީ ހަވީރުން ބަލައި އަންނާނަން ކަމަށް ބުނެފައެވެ.
މުޅިދުވަހުހެން މަލާކް ހުރީ ނެގިމަޑުވެފައެވެ. މަންމަމެން އަލަކޮންނަން އަލަކޯރަށް ހަވީރު ދިޔުމުންނާ، މާޒް ފުޓުބޯޅަ ކުޅެން ދިޔުމާއެކު އެކަނިގޭގައި ނުހުންނަން ވެގެން މަލާކް އަފާ އައުމުން ބޭރަށްދާން ރީތިވާން ވަނެވެ.
ނޫކުލައިގެ ޑެނިމް ޑަންގޭރީއެއްގެ ދަށުން މަޑު ކްރިމްސަން ކުލައިގެ ސްވެޓަރފާޑު މައްޗަކާއި މެރޫން ކުލައިގެ ޝޯލްއެއް އަޅައިގެން މަލާކް ނުކުތްއިރު ނުހަނު ފުރިހަމައެވެ. މޫނުގައި މާބޮޑު މޭކަޕެއްކޮށްފައި ނެތްނަމަވެސް ތުންފަތްވަނީ މަޑު ރަތްކުލަޔަކުން ފަވާލެވިފައެވެ. ހުދުކުލައިގެ ޓެނިސްފާޑު ބޫޓަކަށް އެރުމަށްފަހު މަލާކް ނުކުތުމުން އަފާއާ ދެމީހުން ހިނގައިގަތެވެ. މަލާކް ދިޔައީ އަފާދެއްކި މަގުމަގުންނެވެ. ގޮސް ނުކުމެވުނީ ސިމެންތި ޖެޓީ ހުންނަ މަގަށެވެ. އަފާގޮސް ޖެޓީއަށް އެރިއެވެ. އެގަޑީގައި އެތާކު އެއްވެސް މީހެއްނެތެވެ. “ކީއްކުރަންށޯ މިތަނަށް؟” މަލާކް ސުވާލުކޮށްލިއެވެ. “މިއީ ޔުއަރ ފޭވަރިޓް ޕްލޭސް، ސޯ ދެން..ވެއިޓް..” އަފާގެ ތުންފަތްމަތީގައި ދުވެލީ ލާނެތް ހިނިތުންވުމެކެވެ. މަލާކްގެ ނަމުން ގޮވާލުމާއެކު ފަސްއެނބުރި ބަލާލިއެވެ.
ދާދި ކައިރީގައި ހުރި ޒާހިލް ފެނުމުން މަލާކްހުރީ ޤަބޫލުކުރަންދަތިވެފައެވެ. މުޅިންކަޅު އައުޓްފިޓެއްގައި ޒާހިލް ހުރި އިރު ނުހަނު ރީއްޗެވެ. ސްމާރޓެވެ. ޒާހިލްގެ ދެއަތްވަނީ ފުރަގަހަށް ލެވިފައެވެ. ލޮލުގައިވަނީ މައުސޫމްކަމަކާއި ނުތަނަވަސްވެފައި ވުމުގެ ކުލަވަރެކެވެ. ޒާހިލް ކަރުކެހިލުމަށްފަހު ވަރަށް “ފިލްމީ” ގޮތަކަށް އެއްކަކޫ ޖަހައިގެން އިށީނދެލައިފައި އަތުގައި އޮތް މާބޮނޑި މަލާކަށް ދިއްކޮށްލިއެވެ. “މަލާކް… ވިލް ޔޫ އެކްސެޕްޓް ދިސް އެންޑް މޭކް މީ ދަ ހެޕިޔެސްޓް ޕާރސަން ރައިޓް ނައު ބައި ޔޫ ބީއިންގް މައި ގާރލްފްރެންޑް؟” މަލާކްގެ ދެލޯބޮޑުވެގެންދިޔައެވެ.
(ނުނިމޭ)
6 Comments!
Comments are closed.
koba tha 14 vana part??
Zelll ah olhigenn innaany ehenn account akunn vadhevifa. Zal ge name in author ehge account ge dhashun liyevifa
Thankolheh avah up kohdhehchey varah kiyaa hithun mihiry..
Inshaallah yes Rai
story is awsm.. story nimendhen kiyaalan libeyne kamah ummeedhukuran. ly
its soooo cute missed this thanks zelll