އެންމެން ސައިބޮއެގެން އެކި ވާހަކަ ތަކުގައި ތިއްބައި އާލާ ބެލްކަންޏަށް ނިކުތީ ފޯނެއް އައުމުންނެވެ. ދެން ތިބީ ދެ ފިރިހެނުން ކަމުން ރުކާވެސް އާލައާއި އެއްބައިވެލަން ބެލްކަންޏަށް ނިކުތެވެ. “ހިނގާ މިރޭ އެއްކަލަ ދައްތަމެން ގެއަށް.. ބުނީ މިރެއަށް ހެދުން ނިމޭނެޔޯ..” ރުކާ އައިސް ހުއްޓުނު ވަގުތު އާލާ ބުނެލިއެވެ. އެހެން ކަމުން ރުކާވެސް އެކަމާއި އެއްބަސްވެލަމުން ބޯ ޖަހާލީއެވެ. ދެމީހުން ހަވިރު ބައްދަލުވާން ނިންމަމުން އެތެރެއަށް ވަތް އިރުވެސް އަޒާންގެ އިތުރުން ދާނިޔަލް ފޯރީގައި ވާހަކަ […]
“އަހަ..ސުންހާ ދޯ..އަވަހަށް އާދޭ..” ޔަމާންއަށް ގެއްލިފައި ހުރި ސުންހާ ސިހުނީ ލީޑިން ޓީޗަރުގެ އަޑުންނެވެ. ހިނިތުންވެލަމުން އޭނާ ކުލާސް ތެރެއަށް ވަދެ ބޯޑު ކުރިމަތީގައި ހުއްޓިލިއެވެ. އޭނާއަކީ ކިތަންމެ ހިތްވަރުގަދަ ނުވަތަ ބައެއް މީހުން ކިޔާ އުޅޭ “ކޮންފިޑެންޓް ވުމަން” އެކެވެ. އެެހެންނަމަވެސް ވަށްކަޅިން ޔަމާންއަށް ބަލާލެވޭ ކޮންމެ ފަހަރަކު އެ ހިތްވަރު އެލިގެން ދެއެވެ. ދޮންމޫނަށް ރަތް އަރާ އިސްޖަހާލެވެއެވެ. “އޯ ނިއު ޓީޗާރ ސޯ..” އާލިމް މުޅި ކުލާހަށް އިވޭވަރަށް ހަޅޭއްލަވައިގަންއިރު އޭނާ ބުނަން […]
މި އަންނަ ހަފްތާގައި އަޅުގަނޑުގެެ ޓެސްޓްތައް އޮންނާތީ އެ ހަފްތާގައި ވާހަކަގެެ އާ އެޕިސޯޑްއެއް ގެނެސްދެވެން ނެތް ވާހަކަ ހިތާމަ އާއި އެކު ދަންނަވަމެވެ. ހުރިހާ ކިޔުންތެރިންވެސް އަންޑަސްޓޭންޑް ވާނެކަމަށް އުއްމީދުކުރަން. ޓެސްޓްތައް ނިމި ފްރީ ވާ އެންމެ އަވަހަކުން ވާހަަަކަަ އަޕް ކުރަމުން ގެންދާނެ ވާހަކަވެެސްް ދަންްނަވަަމެެވެެ. އެންޑް ލާސްޓް ބަޓްް ނޮޓް ދި ލީސްޓް…. އައި ހޭވް ޑިސައިޑެޑް އެގްޒާމްތައް ފެށުމުގެ ކުރިން އަދި އެއް ޕާޓް ގެނެސްދޭޭންް ސޯ ކީޕްް ވެއިޓިން ފޯ […]
މަލާކަށް ތޫލި އަޑަކުން ހަޅޭއްލަވައި ގަނެވުނެވެ. ބާރުގަދަ އަތަކުން ދެލޯ މަރާ ތަގުޅި ކޮށްލައިގެން އޮތް މަލާކްގެ އޮމާން އަތުގައި ހިފަހައްޓައިގެން ހުރިހެން ހީވެގެން މަލާކް މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. ދާދި ކައިރިން ޒާހިލްގެ ނުތަނަވަސްވެފައި ހުރި މޫނު ފެނުމުން މަލާކްގެ ހިތް ތެޅިލިއެވެ. އޭރު ސައިކަލުގައި އައި ޒުވާނާވެސް ހުރީ އެދިމާލަށް ބަލަހައްޓައިގެންނެވެ. “ކެއަރފުލް މަލާ..” ޒާހިލް މަލާކަށް ނަސޭހަތްތެރި ވަމުން ޑިންގީއަށް މަލާކް އެރުވިއެވެ. ނަމަވެސް މަލާކްގެ ނަޒަރު އެޒުވާނާއާ ވަތްކެއް ނުވެއެވެ. އަލޫކް […]
“އަސްލުވެސް ސުމާ ވަރަށް ޗޭންޖް. ތި ޗޭންޖް ގެނެސްދިނީ ކާކުބާ؟ ހޫ އިސް ދަ ލަކީ ގާއީ.. ކުރީގެ ކަންތަކާ އަޅާނުލާ. އޭރު ރުޅި އާދެވުނަސް އެކަން ހަނދާން ނެތުންތާ ކޮންދުވަހެއް.. ސޯ ޔެސް ވީކޭން ބީ ފްރެންޑްސް… މާގިނައިރު ވާހަކަދައްކަން ހުރެވޭކަށް ނެތޭ. ފުރަން ދާން ދަބަސް ބަލާ މިދަނީ ގެޔަށް.” އަޔާން އަކީ އެއްއިރެއްގާވެސް އެހާ ރުޅިގަދަ ކުއްޖަކަށް ނުވާތީ ސުމާއަށް އަޔާންގެ ހިތް ސާފުކަން ބުނެދިނުމަށްފަހު ސުމާގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި މާޔޫސްކަމާއިއެކު ގެޔާދިމަށް […]
އިސްމާޢީލް ޢަލީ ރ.ކަނދޮޅުދޫ ސާފު ގޮނޑުދޮށްތައް ނަލަ ހަނދުވަރުގައި ފަޅު ފިލުވީމުއެވެ. ހިކިދިޔަވަރުގައި އާނުގަނޑު މަތީގައި ތިބީމުއެވެ. އިރުއޮއްސޭ ވަގުތު ރަތްވިލާ އުފެދޭނެތީ އިންތިޒާރު ކުރީމުއެވެ. ގަދައަވީގައި ރާޅުބީއްސާ ހިސާބުގައި އަރިކަށި ޖައްސައިގެން ތިބީމުއެވެ. އެއުފާވެރި ދުވަސްތައް ހިތާމައިގެ ދުވަސްތަކަކަށް ބަދަލުވެއްޖެއެވެ. ހިތް އާސްމާނަށް އެރީމާ ވީގޮތް ދެކޭށެވެ. މިއުފާވެރި ހިތްގައިމު މާހައުލު ދޫކޮށްލަން ބޭނުންވީއެވެ. އަހަރެންގެ ތެދުވެރި ލޯބިދޫކޮށްލަން ބޭނުންވީއެވެ. ލޯތްބަށްވުރެ މުއްސަނދި ކަމަށް އިސްކަން ދިނީއެވެ. އަވަހަށް ނެތިދަނީ ކޮން އެއްޗެއްކަންވެސް ނޭގުނެވެ. […]
ނިދާ ބޮކީގެ ފަނޑު އަލީގައިވެސް ޝާރިފްގެ މުށިކުލައިގެ އެމޫނު މަތިން ފެންނަން ހުރި ހިތްގައިމު ހިނިތުންވުން ޒާޔާގެ ހާސްވެފައިވާ ހިތް ހަމަޖައްސާލަދިނެވެ. ޒާޔާ ހުރީ ޝާރިފްގެ ހަރަކާތްތަކަށް ބަލާށެވެ. ވަށައިގެން ކޮޓަރިތެރެއަށް ނަަޒަރު ހިންގާލަމުން ޝާރިފް ބަލަމުންދިޔައީ ނިދާފައި އޮތް ޒިޔަލް އަށެވެ. ޝާރިފް މަޑުމަޑުން އެނދުގެ އެއްފަރާތުގައި އިށީނދެލުމާއެކު ޒާޔާ އައިސް އިށީނީ އެނދުގެ އަނެއްފަރާތުގައެވެ. “ދިހަ ފޫޓް ދޯ. ހަނދާން އެބަހުއްޓޭ.” ޝާރިފްގެ ބާރު އަޑުއިވިފައި ޒާޔާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. “މިތާކު އެހާ […]
ފެހިފެހި އާޒާދީ ނޫރޭ އާވާނީ… ފެހިފެހި އާޒާދީ ނޫރޭ ….. ފޯނުން އިވެމުން ދިޔަ ލަވަ ހުއްޓުނީ މެސެޖެއް ނޯޓިފިކޭަޝަނެއް އައުމުންނެވެ. އަހަރެން މެސެޖު ކިޔާލީމެވެ. ކޮފީތައްޓެެއް އެއްއަތުން ހިފަހައްޓައިގެން އިން އަހަރެންގެ އަތުން ތަށި ދޫވެގެން ބިން މައްޗަށް ވެއްޓުނީ ބޭ އިޙްތިޔާރުގައެވެ. އަޅާ އިދިކޮށް ދުއްވައިގަތީ ސީދާ އަހަރެންގެ ކޮޓަރިއަށެވެ. ކޮޓަރީގެ ދޮރު ތަޅުލައި، ފާހަނާއަށް ވަދެ، ފާހަނާގެ ދޮރުވެސް ތަޅުލީމެވެ. އިސާހިތަކު އަހަރެން މުށިތަކު މައްޗަށް ދެމުނެވެ. ދިހަ ވަރަކަށް މިނެޓު […]
އަދި ފެންޖަހައިފިއެއްނު.” ޝަރީފާ ރުޅި އައިސްގެން ޒާރާ ގައިގައި ޖަހަން އަތްމަޅައިގަތެވެ. “ސޮރީ.” ޒާރާ ވަގުތުން އިސްޖެހިއެވެ. “ބަލަ ކަލެއަަކަށް ނޭނގޭތަ ކަލޭތީ ވަކި މަޤްސަދެއްގަ މިގެޔަށް ގެނެއްސަ ހުރި މީހެއްކަމެއް. އަމިއްލަ އަމިއްލައަށް ކަންތައްތައް ކޮށްގެން ނުވާނެ ކަމެއް ނޭނގޭތަ.” ޝަރީފާ ހެދުމުން ފެން ފޮޅަމުން ޒާރާއާ ދިމާއަށް ހަޅޭލަވައިގަތެވެ. “މަންމާ. ކޮން ހަޅޭކެއްތަ ތިލަވަނީ މިއޮށް ހެނދުނު.” ކުއްލިއަކަށް ފާލިހްގެ އަޑު އިވުމުން ޝަރީފާ އަށް ތެޅިގަނެވުނެވެ. ހާސްވެގެން ގޮސް މުޅިމީހާ ތުރުތުރު އަޅައިގަތެވެ. […]