Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކީ 23

Dhonthiii Level 210 Stories100 Comments
November 24, 2018 4 Mins Read
28 Comments

އަތިރިމަތީ ތިބިއްޔާ ތިބި މީހަކު އެފިހާރަދޮށަށް ޖަމާވަންނެގީ މަދުސިކުންތުކޮޅެކެވެ. ހަވީރު ގަޑިކަމުން ފުދޭވަރަކަށް މީހުންވެސް ގިނައެވެ.

ފިހާރެތެރޭ ހުރި ޒުވާނާވެސް ބޭރަށް ނުކުތުމަށް އަވަސްވެގަތީ އެވަގުތެވެ. ޝަަަަައިރާ ބިރުން އަވަސްއަވަހަށް ފިހާރަދޮރުމަތިން ދުރުވެލީ އެޒުވާނާގެ އަތުގައޮތް ކަޓަރުން ހަމަލާއެއްދީފާނެތީއެވެ.

“އެކޮއި ބޭބެޔަށް ހީވަނީ މީ ނިޒާރުބޭގެ ސޮރުހެން. ބޭބެ ދެކެން އެސޮރު އެގައަށް ވަދެ ނިކުމެއުޅޭ މަންޒަރުު.” ފިހާރަދޮށަށް އެއްވެތިބިތަނުން މުސްކުޅިފުރާގެ މީހަކު އެހެންބުނުމުން އެތާތިބި އިތުރުމީހުންވެސް އިތުރަށްކައިރިވެލީީ ރަނގަޅަށް ބަލައިލުމަށެވެ. ޝަަަަަަަަައިރާވެސް ހުރީ ލިބުނު ސިހުމުން އަނގަސަކަރާތްވެ އަނގަތަންމިނަށް ހުޅުވައިގެނެވެ.

“އާނނ އެއީ ނިޝާހު. މަށަށް ޔަގީން. މަދަންނަން އޭނަ. އެއީތަ ތިބުނާ ވަގަކީ.. ވެރިމީހާގެ ދަރިޔަށްތަ ވަގަށްތިގޮވަނީ؟” އެތަނުން ޒުވާންފުރައިގެ ކުއްޖަކު ޔަގީންކަމާއެކު ބުނެލިބަހުން ޝަައިިރާާއަަށްް ކުއްވެރިއެއްހެން އިސްޖަހާލެވުނެވެ.

ވެގެންއުޅޭގޮތް އެނގުމުން އެތަނަށް ޖަމާވި ހުރިހާ މީހުންވެސް އެމީހެއްގެ މަސައްކަތާއިގެން އެނބުރި ދިޔައީއެވެ.

ފިހާރަތެރެން ނުކުތް ނިޝާހްއަށް އެތާ ބޭރުގަދެކެވުނު ހުރިހާ ވާހަކައެއް އަޑުއިވޭނޭ ހިތާ ޝަައިިރާާހުުރީީ ހަމަ އެހުރި ފިޔަވަޅުމަތީ ނިޝާހް ނިކުންނަންދެން އިސްދަށަށް ޖަހައިގެނެވެ.

“ކިހިނެއް ވެގެނޯ މިއުޅެނީ؟ މަ މިތަނަށް އެހެންޔާ ނަޔަސް މިރަށު މީހުނަށް އެނގޭނެ މަށަކީ މިފިހާރަ ވެރިމީހާގެ ހުރި ހަމައެކަނި ދަރިކަން. ދެން ރަށު އެންމެން އެއްކޮށްފަ މަށަށް ވަގަށް ގޮވަން ޖެހޭތަ؟ ތަނެއްދޮރެއްވެސް ބެލުމެއް ނޯވެޔޭ؟ ތީ ދޯ މިތާ ވަޒީފާގަ އިންނަ ކުއްޖަކީ؟ ގަޑިވެސް ޖެހިގެނޭ އަންނަނީ.. ބައްޕަ ކައިރި ޝަަކުުވާާ ނުކުރާނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ…. އަދިވެސް ތިތާާ ހުންނާންވީކީ ނޫނޭ. އެޔޮއް ހުރިހާ މުދަލެއް ގުނާ އަގުހަދާފަ ޖަހާންވީ.” ނިޝާހުގެ ވާހަކަ ހުރިގޮތުން ނިޝާހު ހުރީ ވަރަށް ވެސް ރުޅިއައިސްސަކަން ޝަައިިރާާއަަށްް ދެނެގަނެެެެެެެވުނެވެ.

“އަ…. އަޅުގަ…. އަޅުގަނޑަށް މާފް….. މާފްކޮށްދެއްވާ…..” ޝަަަަައިރާ ގަތްފާހުރި ބިރުންނާއި ލަދުން ނިޝާހުއާއި ދިމަ ބަލާލުމެއްވެސް ނެތީ އަޅަ އަޅައިގަނެގެންކަމަކުވެސް މާފަށްއެދިފަ އިސްދަށަށް ޖަހައިގެން އެތެރެއަށް ވަދެގެން ދިޔައީ ދެންވެސް އިިތުރަށް ނިޝަހް ރުޅިނާރުވަންށެވެ.

ރީތި މިއުޒިކެއްފަދައިން ކަންފަތަށް ވިރިގެންދިޔަ ލޯބި އަންހެންވަންތަ އަޑުގެ ޖާދުލުުގަަ ޖެހިފާ އިރުކޮޅަކު ނިޝާހްއަށްވެސް ހުރެވުނީ އާޝޯހުވެފައެވެ. ދެންމެ ތަލައިން ދުންއަރާވަރަށް އައިސްސަހުރި ރުޅިގަނޑުވެސް ދިޔަތަނެއްވެސްނޭނގެއެވެ. އެލޯބި އަޑުގެ ވެރިޔާގެ މޫނު ދެކިލަން ހިތްއެދެެެެެެެެެެެންފެށިއެވެ.

* * * * * * * *

“ހައި ޔާން…. އޯލްރެޑީ މިސިންގްޔޫ…. ހަނދާންނެތުނީއޭ އަހާލަން. ކޮންދުވަހަކުން ދެން ރަށަށް އަންނާނީ؟” އަޔާން މިއަދު ފުރުމުގެކުރިން ސުމާކައިރި ފްރެންޑްވެވޭނޭ ބުނުމުން ސުމާ ވިސްނަމުންދިޔައީ އޭގެންވެސް ނާޖައިޒް ފައިދާނެގޭތޯއެވެ. އަޔާންގެ ހިތް އަނބުރާލެވޭތޯއެވެ.

އެތައް އިރެއްވިއިރުވެސް ޖަވާބެއް ނައުމުން ދެން ފެށީ އަޔާންއަށް ގުޅަންށެވެ. ކޮންމެ ގޮތެއް ހަދާފަވެސް މިހާރު ސުމާ ބޭނުންވަނީ އަޔާންއާއި ގުޅުން ބަދަހިކުރާށެވެ.

“ތިޔަ ގުޅުއްވި މޯބައިލްފޯން މިވަގުތުވަނީ ނިވާލާފައި. ފަހުންގުޅުއްވުުުުުުުުުުންއެދެން. ޝުުުުުުުުުކުރިއްޔާ.. ސޮރީ…. ދަ މޯބައިލް ޔޫކޯލްޑް އިސް ސްވިންޗްޑް އޮފް އެޓް ދިސް މޮމެންޓް. ޓެންކިޔޫ ފޯރ ޔޫސިންގް ދިރާގު” ކިތަންމެވަރަށް ގުޅިކަމުގައި ވިޔަސް ލިބުނީ ހަމަ އެއްޖަވާބެކެވެ.

“އެެ ދިޔަ ރަށަކަށް ގޮސް ހަމަޖެހިލާފަ އަދި ފޯނުހުޅުވާނެ ކައްނޭނގެ. އޭރަށް ގުުުުުޅޭނެއެންނުން. ނޫނީ އަޔާންގެ ފޯނު ޗާރޖް ހުސްވީކަންނޭނގެ… އަނެއްކާ އަޔާން ނަންބަރ ބަދަލުކުރީބާ؟…”

* * * * * * * * * *

ކައުންޓަރަށްްވަދެ ބިިލްތައް ބަލާ އަގުހަދަންވަތް ޝަައިިރާާ ސިއްސައިގެން ދިޔައީ ކުއްލިއަކަށް ނިޝާހުއައިސް ކައުންޓަރުމަތީ ނިކަން ބާރަށް ޖެހުމުންނެވެ. ސިއްސައިގެންގޮސް ޝަައިރާއަށް ބޭއިޙްތިޔާރުގާ ނިޝާހުއާއި ދިމަށް ބަލައިލެވުނެވެ. ދަންނަ ވައްތަރެއްޖެހިއެވެ. ނަމަވެސް މޫނުކުނިކޮށްލާފާ އިސްދަށަށްޖެހީ ނިޝާހުއަށް ބަލަން ޝަަަަަަަަަަަަަަައުގެއްނެތޭ ބުނާފަދަޔަކުންނެވެ. ނިޝާހު ބޭނުންވީ އެސޫރަ ދެކިލަންކަމުން ނިޝަހުގެ ރޭވުން ކާމިޔާބުވިއެވެ.

އެއީ ހަމަ އެމޫނެވެ. ކުރިމަތިން މިފެންނަ މަންޒަރު ގަބޫލުކުރަންވެސް ދަތިވިއެވެ. އެއީ އެދުވަހު ވާރޭތެރޭން ފެނުނު ލޯބި ލޯބި ޕަރީއެވެ. އެންމެފެނިލުމަކުންވެސް އެހިތުގެ ހަމަޖެހުންނަގާލާ ރަނިކަންކުރަމުންއައީ ރާނީއެވެ. އެދުވަހަށްފަހު ގެއްލުނުގޮތަށް ހޯދާ ހޯދާވެސް ނުފެނުން އިރު ހަގީގަތުގައި ލޯކުރިމަތީ ހުރީމާ ނުފެނުނީއެވެ. އެހާ ގާތުގައި ވިއިރުވެސް ނޭނގުމުން ނިޝާހްކައިރިއަށް ހިނިވެސްއަޔެވެ. މަންމަ ބުނިގޮތަށް ހަދައިގެން ފިހާރަޔަށް އައިނަމަ ހޯދާކަށް އިތުރުތާކަށްވެސް ދާކަށްނުޖެހުނީހެވެ. ފުރަތަމަ މީހާ ހުއްޓުނަސް ދެން އުފަލުންގޮސް ހަދާނެގޮތެއް ނޭނގިގެން ނިޝާހްއަށްް ހަމަ ހެވެނީއެވެ.

“މީއަދި ހާދަ ގޮތެއްވެސް ނެތް މީހެކޭ. މަގޭ ހިތް ހުއްޓޭވަރަށް ކައުންޓަރުމަތީ ޖަހާފަ އަދިއެބަ ހެޔެއްނުން. މަ ކައިރިއަކަށް ކުޑަކޮށްވެސް ހިންޏެއްނާދެއޭ…” ޝަައިިރާާ ދަތްތައް ބިންދައިގެން ދާހާވަރަށް ދަތްވިކާގަނެގެންހުރެ ހިތާހިތާ ކުދިކިޔަމުން އަނގައިންވެސް ނުބުނެ އަލުން މަސައްކަތާއިގެން ކުރިޔަށްދިޔައީއެވެ.

“ހާދަ ލޯތްބޭ. ރުޅި އައިސްސަ ހުރީމަ އަދި ވަކިން ލޯބި.” ނިޝާހް ހިތާ ހިތާ ވާހަކަދައްކަމުން ޝަައިރާއަށް ބަލަމުންދިޔައީ ހިތްފުރެންދެން ބަލާނަމޭ ބުނާފަދަޔަކުންނެވެ.

ގަދަ ގަދަ ފެހިކުލައިގެ އަބާޔާއަކާއިއެކު މެރޫންކުލައިގެ ޝްޯލްއަކުން ބޯނިވާކޮށްލައިފަވެއެވެ. އެއްވެސް މޭކަޕްއަކާ ނުލާވެސް އެދޮން ހަންގަނޑުގެ ރީތިކަން ބަލައިލި ކޮންމެމީހަކަށްވެސް ފެންނާނެއެވެ. ލިޕްސްޓިކެއް ބޭނުންނުކުރިޔަސް ދަތްވިކައިގަނެގެން ހުރުމުން ތުންފަތުގެ ރަތްކަން ދިޔައީ އިތުރުވަމުންނެވެ. އާދައިގެ ގޮތަކަށް ހުރި ސާދާ ކުއްޖަކު މިހާ ފުރިހަމަވާނޭ މީހަކު ހިތަށްވެސް ނާރާނެއެވެ.

“މިކުއްޖައަކަށް މަށެއް ނޭނގުންތަ؟ އަދި ދުވަހަކު ދިމާ ނުވެސްވާމީހަކަށް ބަލާހެންވިއްޔާ މަށާދިމާލަށް އެބަލައިލި. އެދުވަސް މަތިން ހަނދާންނެތީކަންނޭނގެ.. އަނެއްކާ އެދުވަހު އޭނަގެ ބިޓުކަމަށް ހީކޮށްތަ މަގޭފަހަތުންއައީ… އަދި އެހެރަ ތޫނު ދެލޮލެެެެއް ދޯ… ހީވަނީ އަލިފާން ކަނި ކަނޑާހެންވިއްޔާ. ޕިސް މަވެސް ކުރާކަންތައް ވިއްޔާ. ފުރަތަމަވެސް އޭނަ ފިއްކަނޑުވާލީ ވިއްޔާ. ދެންވެސް މޮޔައެއްހެން ބަލަހައްޓާގެން ނުހުރެ މާފަށްއެދިބަލަ. އަޅޭ މަމިހުރީ ކޮންޗެއް ބޮވިފަތަ؟ މިކުއްޖާ ކީކޭ ހިތަށްއަރާނީވެސް. ޕިސް ޕިސް ބޯހަލާކު.” ޝަަަަަަަަަަަަައިރާއާއި ދިމާލަަަށް ބަލަން ކަޅިވެސްޖަހާލަން ހަނދާންނެތިފާ ނިޝާހްއަށް ހުރެވުނީ އަމިއްލަ ދުނިޔެއަށްގެއްލިފައެވެ.

“ވަރަށް ބޮޑަށް ސޮރީ އިނގޭ. އަސްލު ސިއްސުވާލާކަށް ނޫން އުޅުނީއެއް. އަނެއް… މީ… އުމްމްމްމް… އާނ މިތާ އިން މަދިރިއެއް މަރާލަން ޖެހީ…” ޝަައިރާާއަށް މީހަކު އެއްޗެއް ކިޔާހެންވެސް ހީނުވިއެވެ. އަޅާވެސް ނުލާ ބަލާވެސް ނުލާ ކުރަން ހުރި މަސައްކަތާއިގެން ކުރިޔަށް ދިޔައީއެވެ.

ނިޝާހްވެސް މިވީގޮތުން ކަޑަވިވަރުން އިތުރަށް އެތާ ހުންނަން ނުކެރިގެން ބޭރަށްނުކުތީއެވެ.

“މަދިރިއެކޯ.. ހުއް.. އިންސާނަކު ވެސް މަރުވިސް…. އެހާ ބާރަށް ވިއްޔާ އެޖެހީ.. ހަމަ މަށަށް ކަންތައް ދައްކާންއެއުޅެނީ. ވަރަށް ފޫހިވޭ..” ނިޝާހް ދިޔަ ދިމާއަށް ޝަަަަައިރާ ބަލަންހުރެ ނިޝާހްއާ ދިމަށް ކުދިކިޔާލިއެވެ.

* * * * * * *

އިރުއޮއްސުންއިރު ފިހާރަބަންދުކޮށްފައި ގެޔަށްދެވުންއިރު ކަމަކުދާކަށްނެތެވެ. ޝަަަަަަަައިރާގެ އިންތިޒާރުގާ ބައްޕަ ހުރީީ ގޭދޮރުމަތީ ދެކޮޅަށްދެކޮޅަށް ހިނގާލަ ހިނގާލައެވެ. ބައްޕަފެނުމުންވެސް ކޮންމެސްކަމެއް ވަރަށް ގޯސްވެއްޖެެެެެކަން ޝައިރާގެ ހަވަނަހިއްސު ޝައިރާއަށް އިންޒާރުދިނެވެ.

“ބައްޕާ…. އަނެއްކާ ކަމެއްދިމާވީތަ؟” ޝަަަަަަައިރާ ފެނުމުން ޝަަަަަަަަަަަަައިރާގެ ބައްޕަހީވީ އަދި ރުޅިގަނޑު ވަކިންގަދަވިހެންނެވެ. ޝަަަަަަައިރާގެ އަތުގާހިފާ ދަމަމުންކަހަލަގޮތަކަށް ގެނެސް ގޭތެރަށް ވައްދާ ޕަސްލާފާ ދޮރުޖެހިއެވެ.

“ޝިިިިިއުރާ ނިކަން ބަލާލަބަލަ މިހިރަ ދަރީގެ ހުރިގޮތެއްނެތްކަން. މަގުމަތީ ފިރެހެނުންގެ ގައިގާބައްދަބައްދާފަ އަދި އެބައަހަޔެއްނު މަގޭކައިރި ކީއްހޭވީ… ތީތައަހަރުމެންދިން ތަރުބިއްޔަތަކީ އޭ…. އެއުޅޭ މަރީނާގެ ހުސޭނު މަގޭކައިރި ދެންމެއަކުހެން ފެނިގެން އެވާހަކަ ބުނީމާ އަދި މަވެސް ނިކަންފަޚުރުވެރިވެފަ ބުނީމޭ ހުސޭނަށްް އޮޅިގެނޭތިއުޅެނީ މަގޭޝައިރާއަކީ އެހެންއުޅޭނެކުއްޖެއްނޫނޭ. އެސޮރު މަ ގަބޫލުނުކޮށްފާނެތީ ފޮޓޯއެއްދެއްކީމަ މަށަށްވެސް މަޖުބޫރުވީ ގަބޫލުކުރަން. އަހަރުމެންގެ އަބުރާ އިއްޒަތް ގެއްލުވާލިއިރު ހަމައެކައްޗެއްވެސް ހިތަށްނޭރިތަ؟ މަހާދަހާވާ ދެރަވިޔޭ. މަގޭ ހިތް ފުޑުފުޑުވި. ހަނދާންކުރާތި މިއަދުންފެށިގެން މިގޭން ނިކުތަސް މިދަނޑިބުރީގެ ހުރިވަރެއް ދައްކާލާނަން. ފިހާރަޔަކަށްވެސް އެއްތާކަށްވެސް ގޮސްގެންނުވާނެ. މަބުނާނަން ނިޒާރުކައިރި ޝަަަަަަައިރާ ދެންނުދާނޭ ވަޒީފާއަކަށް.” ޝަަަަަަަަަައިރާއާއި ދިމާލަށް އެހުރިހާއެއްޗެއް ބައްޕަ ކީއިރުވެސް އަމިއްލަދިފާއުގާ އެއްޗެއް ބުނެލާނެހާ ހިތްވަރުވެސްނެތި ފެންކަޅިވެފާ ހުރެވުނީއެވެ. ދުވަހަކުވެސް މަންމައާއިބައްޕަ ރޯމަންޒަރު ފެނިފާ ނުވާތީ ފާޑަކަށް ހުއްޓިފާ ބަލަހައްޓައިގެން ރޮއިލަ ރޮއިލާ ހުރެވުނީއެވެ.

* * * * * * * * * * *

ދުވަސްތައް ފާއިތުވަމުންގޮސް ތިންމަސްދުވަސް ވީއިރުވެސް ޝަައިިރާާއަކީ އޮޅުކޮށްފައިން ދޫންޏެއްހެން ކިޔަމަންތެރިކަމާއިއެކު އަދިވެސް އިންނަނީ ގޭތެރޭގައެވެ. ޝަަަަައިރާއަކަށް އަޔާންގެ ހަބަރެއްވެސްނުވެއެވެ. ޝަައިިރާާ މުސާރަ ލިބުންއިރަށް އާފޯނެއް ގަންނަންބޭނުންވިޔަަަސް ބައްޕަގެ ހުއްދަނުލިބެނީސް ޝަަަަަަަަައިރާއިނީ ގެއިން ނުނިކުންނަންހުވާކޮށްގެނެވެ. ކޮންމެ ދުވަހެއްމެ ނިމިދަނީ އަޔާންގެ ހަނދާންތަކުގައެވެ.

މިވީހާދުވަހަކު އަޔާން ނުފެނި، ހަބަރެއްނުވާތީ ޝަަަަަަައިރާގެ ދެލޮލުން ކަރުނަ ހުސްނުވެއެވެ. އަޔާން މިހާރު ޝަަަަަަައިރާގެ މަތިން ހަނދާންނައްތާލާނޭ ހިތާ އަބަދު ހިތާމަކުރާތީ ދުވަހެއްދުވަހަކަށް ޝަަަަަަައިރާގެ ހަށިގަނޑުވެސް ދަނީ ނިކަމެތި ވަމުންނެވެ. ރީތި ކަންގެއްލި މިލާމޯޅިވެފައިން މަލެކޭ ޝަައިިރާާއެެކޭ ތަފާތެއްވެސްނެތެވެ..

ޝަައިިރާާއަަށްް އަންނަމުން ދިޔަ ބަދަލުތަކުން ޝަައިިރާާގެެ މައިންބަފައިންވެސް އިންތިހާއަށް ކަންތައް ބޮޑުވިިިިިއެވެ. ޝަައިިރާާއަަށްް ބަލާލާފަ ހީވަނީ ބޮޑު ބައްޔެއް ޖެހިގެން ނިކަމެތިވެފަ ހުރި ކުއްޖެއްހެންނެވެ. ޝަަަަަަައިރާގެ މައިންބަފައިންނަށް ވިސްނުންގޮތުގާ ޝަަަަައިރާ އެހެންއެއުޅެނީ އެދުވަހުު މަގުމަަަތީ ބައްދައިގެންހުރި ޒުވާނާއާއި ބައްދަލްނުވާތީއެވެ. އެދެމީހުންގެ ނަޒަރުގާ ޝަަަަައިރާ ހަމަ އެޒުވާނާދެކެ އެހާލޯބިވަނީއެވެ. ޝަަައިރާގެކައިރި އަހާ މީހަކު އަނގަވާޅުވިޔަސް ޝަައިިރާާ ދެނީ ހަމަ އެއްޖަވަބެކެވެ. އޭނަ މަތިން ހަނދާންނެތުންތާ ކިިިިިިިިިިިިިިިިިިިިިިިިިިިތަންމެދުވަހެއްވެއްޖެކަމެވެ. އަދިބައްޕަ ދިިިން އަދަބާާާާާާާއިމެދު އެއްވެސް ޝަަަަަަަަަަަަަަަަަަަަަކުވާއެއްނެތްކަމެވެ. އެކަމަކުވެސް މައިންބަފައިންނަށްވީތީ ހުރި ހަމައެކަނި ދަރިފުޅުގެ ހިތާމަތައްދެކެން ކުޅަދާނައެއްނުވެއެވެ. އެހެންކަމުން އެދެމީހުންވެސް ނިންމީ ޝަަަަަަަަަަަަަަަަަަަަަަައިރާ އުފާކޮށްލަން އެކުއްޖާއާއި ބައްދަލްކޮށް ކައިވެނީގެ ކަންތައް ހަމަޖައްސާ ޝަަަަަަަަައިރާއަށް ސަޕްރައިޒެއް ދިނުމަށެވެ. އެދެމީހުންވެސް އެގޮތަށްނިންމީ ޝަަަަަަަަައިރާއަކީ އަންހެންކުއްޖެއްކަމުން މަގުއޮޅިި ރަށުތެރަށް ގިނަވެދާނެކަމުގެ ބިރަށެވެ.

* * * * * * *

ވީގޮތެއްނޭނގި ފިހާރައިން ޝަައިިރާާ ކެނޑުމުން ނިޝާހުވެސް ހީކޮށްގެންހުންނަނީ ނިޝާހުގެ ސަބަބުންކަމަށެވެ. ޝަައިިރާކުރެން މާފަށްއެދޭން ބޭނުންވިނަމަވެސް އެދުވަހަށްފަހު ޝަައިިރާާ ފެނުނީކީވެސްނޫނެވެ. އެހެންކަމުން ނިޝާހު ނިންމީ ޝަައިިރާާ އެރަށް ދޫކޮށް ދިޔައީކަމަށެވެ.

* * * * * * * *

މިވޭތުވެދިޔަ ތިން މަސްދުވަހުވެސް ސުމާ އަޔާންއާއި ގުޅަން ކުރިމަސައްކަތްވަނީ އަދިއަދަށް ދާންދެންވެސް ކާމިޔާބުވާގޮތްނުވެފައެވެ. ކިތަންމެވަރަށް ގުޅިޔަސް ލިބެނީ ހަމަ އެންމެ ޖަވާބެކެވެ. އެއީ އެފޯނުވަނީ ނިވާލާފަކަމެވެ. ކޮންމެވެސް ދުވަހަކުން އަދި އަޔާން އަންނާނެކަންއެނގޭތީ ހިތްވަރުއެލުވައެއްނުލައެވެ.

* * * * * * * *

މިވީ ތިންމަސްދުވަސްތެރޭ ޝަައިިރާާއާާއިި ދިމާވޭތޯ ރާއިލްވެސް ކޮންމެދުވަހަކު ހަވީރަށް ރަށްވަށައި ބުރެއްޖަހާލައެވެ. ނަމަވެސް އެއްވެސް އަލިމަގެއް ފެންނަގޮތެއްނުވިއެވެެ. އެގޭ ދޮރުމަތިން ދިޔަސް އަބަދު ހުންނަނީ ދޮރު ލައްޕާފަކަމުން އެތެރެ ފެންނަގޮތެއްވެސް ނުވެއެވެ. ކޮންމެ ދުވަހަކުމެ އަނބުރާ ދާންޖެހެެނީީ މާޔޫސްކަމާއިއެކުއެވެ.

* * * * * * *

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhonthiii

Level 210 Stories100 Comments

Love to read and write. Need everyone's help to improve. Sarangheyoa ???

Other Articles

Previous

އެހެނަސް…(15)

Next

ތިބާ އާއި އިސްލާމްދީން

Next
November 24, 2018

ތިބާ އާއި އިސްލާމްދީން

Previews
November 24, 2018

އެހެނަސް…(15)

28 Comments!

  1. kokkie says:
    November 24, 2018 at 12:21 am

    Vvvvvvv nice mi story.. ly dhonthiiii…????

    1. Dhonthiii says:
      November 25, 2018 at 6:00 am

      Thank you kokkie ??? love you ??

  2. Anonymous says:
    November 24, 2018 at 10:35 am

    foohi

  3. zaara says:
    November 24, 2018 at 12:42 pm

    No, don’t let rail marry shira
    plx ?

    1. Dhonthiii says:
      November 25, 2018 at 6:00 am

      Eh dhekudhin nugulheytha hehehe..

  4. Kai says:
    November 24, 2018 at 1:07 pm

    Dhonthiii enme best writer mi site ge. Love you. Meehun kiyaa ehcehsah alhaanulaa u go girl. Ignore kohlaa ingey Hama ekahceh ves bunaanekamehnei. Kiyaa ehceh kiyaafane ehnun.. varah varah nice mi story..

    1. Dhonthiii says:
      November 25, 2018 at 6:01 am

      Ok Kai. Thank you ??

  5. Lover says:
    November 24, 2018 at 2:48 pm

    Wow. Vvv reathi. When next part?

    1. Dhonthiii says:
      November 25, 2018 at 6:02 am

      Thank you ?? next part tommorow ga up kohlaanan ingy

  6. Roona says:
    November 24, 2018 at 2:52 pm

    Loabi dhnthii konirakun next part. But vvvvv nice. Love u

    1. Dhonthiii says:
      November 25, 2018 at 6:03 am

      Thank you loabi roona ?? ??? next part tommorow ga up kohlaanan ingy

  7. ??? says:
    November 24, 2018 at 7:12 pm

    Ahle ayaan aai shaira gulhu vahche pox plx

  8. Sana says:
    November 24, 2018 at 9:50 pm

    Gamaaru vaahaka eh huvaa mibunee foohigadeh bodu…

    1. Summu says:
      November 24, 2018 at 10:15 pm

      Foohiyyaa nukiyaa hunnaanee. Konmehen thihen kiyaane kameh neii. U fool and stupid girl??

    2. Dhonthiii says:
      November 25, 2018 at 6:04 am

      Summu loabi alhaanulaa dhoonyaa. Dhonthiii ves mihaaru alhaehnulan ??

  9. Kam says:
    November 24, 2018 at 11:00 pm

    Tedeh foohihyaa nukeema veenu. Kiyaan beynun kithanme kujjeh ebaulhey mithaanga. Gamaarey kiyaameehun hageegathuga maa gamaaruvaane. Dhonthiii darling don’t listen mi stupid meehunge vaahaka. Believe in your self.. love you. Story Hama habeys.

    1. Dhonthiii says:
      November 25, 2018 at 6:05 am

      Yap. Dhonthiii alhaehnulaanan. Thank you Kam ???

    2. ?? says:
      November 25, 2018 at 10:57 pm

      Mi alhe fahe kon moyaeh vegen ulhey kujjeh. Thimaameehaage agey ti vahtanee. Hithun varah molhuvegen ulhey bodaa kujjeh. Thibaa ah heyovisnun dehvaashi… Ehen meehakah kuri erumeh libeythy jealous viyas boduvaru thidhen..

  10. Fan says:
    November 24, 2018 at 11:05 pm

    Vaahaka hadimeehun keehveyoa mikiyany? Hama rude comment eh kohlaahithutha jealous vegen… Alhuganduge mi suvaaleh javaabu dheyne kujjeh beynun. Varah nice story eh. Next part ah waiting……..

    1. Dhonthiii says:
      November 27, 2018 at 5:16 pm

      Thank you ???

  11. GI says:
    November 25, 2018 at 5:46 pm

    Vvv reethi. Thankolheh avahah vaahaka up kohladheeba. Vaahaka kiyaa konme meehaku comment nukuriyas varah gina kudhin mi vaahaka kiyaa. Baeh kudhin buney varah dhuvas vejjey nugenes dheythaa

    1. Dhonthiii says:
      November 25, 2018 at 11:01 pm

      Thank you. Tomorrow up kohlaanan inshallah ?

  12. Sana says:
    November 25, 2018 at 10:54 pm

    Hehe ehen v ma theeves gamarehtha dhw lol….athah govaairu ves neygey…hahahaaaa

  13. No Name says:
    November 27, 2018 at 3:09 pm

    Maasha Allah varah reethi story eh..next part up kohdheeba varah kiyaa hithun plx…?

    1. Dhonthiii says:
      November 27, 2018 at 5:15 pm

      Thank you ???

  14. Dhonthiii says:
    November 27, 2018 at 5:15 pm

    Sorry all the readers.. buni dhuvahah vuren lasveema vaahaka up kohlun. Tomorrow up kohlaanan ingey. ??

  15. Dhonthiii says:
    November 28, 2018 at 3:18 pm

    As promised vaahka upkohlaafin ingey ??

  16. ??? says:
    December 10, 2018 at 3:45 pm

    Kobaa vaahakage anehbaiii

Comments are closed.

Next Episodeލޯތްބަކީ 24←


All Right Reserved!