އެނގުމެއްނެތި…9
ބޯ ހާސްވެގެން ދެކޮޅަށް ހިނގަހިނގައި ހުރި އަލީޝާ ފޯނު ބަލައިލިއެވެ. އަނެއްކާވެސް ނުދަންނަ މީހެކެވެ. މިފަހަރު ފޮނުވާފައި އިނީ ވީޑިއެކެވެ. ވީޑިއޯއިން ފެނުނު މަންޒަރުން އަލީޝާއަށް ހުރެވުނު ތަންވެސް ނޭންގުނެވެ. އެއީ އެނދެއްގެ މަތީގައި ހަތަރެސްފައި ބަނދެފައި އޮތް ތޫބާގެ ވީޑިއޯއެވެ. އަނގަމަތީ ފޮތިގަނޑެއް ބަނދެފައިވީއިރު، ސަލާމަތްވެވޭތޯ ގަދަހަދަމުން ކަރުނައަޅަމުންދިޔަ މަންޒަރެވެ.
“ކޮއްކޮ ސަލާމަތް ކުރަން ބޭނުންތަ؟…. ނުކުރެވޭނެ!” ވީޑިއޯ ނިމުނީ ކެެމެރާ ފަހަތުގައި ވީޑިއޯކުރަން ހުރި ފިރިހެނަކު، މަލާމާތުގެ ރާގަކަށް ބުނެލި ޖުމުލައަކާއި، އިތުރު ދެމީހެއްގެ ވަރުގަދަ ހުނުންގަނޑާއިއެކުއެވެ.
***************************
ތޫބާގެ އެ ހާލަތު ފެނިފައި އަލީޝާއަށް ފޮހެލަން ބޭނުންވާ ހަނދާނެއް އުނދަގޫކުރަންފެށިއެވެ. ހިތުން ފޮހެލަން މަސައްކަތްކުރަމުން އައި މަންޒަރުތަކެއް ސިފަވާންފެށިއެވެ. ތޫބާއަށް ދިމާވަމުން އެދާ ހާލަތު އޭނާވެސް ވަނީ ތަހައްމަލުކޮށްފައެވެ.
ދެތިން ފުން ނޭވާ ދޫކޮށްލުމަށްފަހު އަލީޝާ ދެފަޅިއަށް ބޯ ހަލުވަައިލިއެވެ. މިއީ ބަލިކަށިވެވޭނެ ވަގުތެއް ނޫންކަން އަމިއްލަ ނަފްްސަށް ވިސްނައިދިނެވެ. އެ ވީޑިއޯ ފޮނުވި މީހާއަށް ގުޅަމުން ގުޅަމުން ގެއިން ނުކުތީ ދާނެ މަންޒިލެއް ނޭންގޭ ހާލުއެވެ. އޭނާގެ ބޯ ހާސްވެގެންގޮސް ބޮލުގައި ރިއްސަންވެސް ފަށައިފިއެވެ. ފުރަތަމަ ދިޔައީ ތޫބާގެ ގެއަށެވެ. ތޫބާ އަދިވެސް ޓިއުޝަނުން ނާންނަަކަމަށް ބުނުމުން އަލީޝާ ނުކުތީ، ހަމީދާއާއި ހަނީފަށްވެސް ނުތަނަވަސްކަން ގެނުވާފައެވެ. ފުލުހަށްވެސް އެންގިއްޖެއެވެ. ނަމަވެސް ފުލުހުންނަށް ހުރިހާ ކަމެއް ދޫކޮށްލާފަައި މަޑުމަޑުން އަލީޝާއަަކަށް ނުހުރެވޭނެއެވެ. ދެވަނަ ފަހަރަށް ވީޑިއޯ ބަލައިލިއެވެ. އޭގެން ފެންނަ ތޫބާ އޮތް އެނދާއި، އެނދުގައި ހުރި މަކުނުވާތަކުގެ އިތުރުން، ފަހަތުގައި ސިިމެންތި ނުޖަހައި ހުރި ފާރުން އިނގެނީ އެއީ ވަރަށް ބާ ގެއެއްކަމެވެ. ހިތުލަފައަކަށް އަލީޝާ ދިޔައީ ރަށުގައި އެންމެ މީހުން މަދު އަވަށުގައި ހުންނަ ފަޅުގެތައް ކައިރިއަށެވެ. ފުލުހުންވެސް އެ ދިމާއަށް އައުމަަކަށް އޭރު ނުވިސްނައެވެ. އިރު އޮއްސިފައިވުމުން، އަނދިރިކަން އަލީޝާ ބިރުގެންނެވި ނަމަވެސް ތޫބާ ސަލާމަތް ކުރާނަންކަމަށް އޮތް އަޒުމު އެއަށްވުރެ ވަރުގަދަކުރިއެވެ. ފަހަރަކު ގެއެއްގެ އެތެރެއަށް ވަދެ ބަލަން ފެށިއެވެ.
ބަލަންފެށި ފިލްމަކަށް ސަމާލުކަމެއް ނުދެވުނެވެ. ކަމެއް ކުރާހިތެއްނުވިއެވެ. އެނދުމަތީ އެއްފައި ހަލުވަންއިން އީތަންއަށް އޭނާއަށް ކުރެވުނު ކަމުން އުނދަގޫވާންފެށިއެވެ. އެކަން ނުކުރެވުންނަމައޭ ހިތަށްއަރަންފަށައިފިއެވެ. އަލީޝާ އޭނާ ބޭޒާރުކުރިފަދައިންް، އޭނާއަށްވެސް މި ދެވެނީ އެއަށް އެކަށޭނެ ބަދަލެއްކަން އަމިއްލަ ނަފްސަށް ވިސްނައިދިން ކޮންމެ ފަހަރަކު ސިފަވަނީ އަލީޝާ އޭނާއާއި ރާނިޔާ ސަލާމަތްކޮށްދިން ހަނދާނެވެ. ކުރެވޭ ކަމަކީ ރަނގަޅު ކަމެއް ނޫންކަން އޭނާއަށް އިނގެއެވެ. ނަމަވެސް އެކަން ގަބޫލުކުރަން އޭނާއަށް ދަތިވިއެވެ.
“ދަރިފުޅަކީ މުއްސަންޖެއް. ކޮންމެ ކަމެއް ގޯސްވިޔަސް ބައްޕަ ސަލާމަތްކޮށްދޭނަން. އަހަރުމެންނަށްވުރެ ދަށް މީހުންނަށް ބަލިނުވާތި!” ކުޑައިރުންސުރެ ބައްޕަ ބުނަމުން އައި ބަސްތައް އޭނާގެ ސިކުނޑީގައި ގުގުމަންފެށިއެވެ. ހުރިހާ ކަމެއް ހަނދާންނައްތައިލެވޭތޯ އޮށޯވެ ކަންފަތްމަތީ ބާލިސްއަޅައި ލޯ މަރައިލިއެވެ. ނަމަވެސް މާ ގިނައިރަކު އޭނާއަކަށް އެހެން ނޯވެވުނެވެ. ބައްޕަގެ ވަސްވާސްތަކާއި ސިކުނޑީގެ މައްޗަށް ހިތް ބާރުފޯރުވައިފިއެވެ.
ތިންވަނަ ފަޅުގެއަށް ވަދެވުނުއިރު އަލީޝާއަށް އެތެރެއިން ބަޔަކު ވާހަކަދައްކާ އަޑުއިވުނެވެ. އެންމެ އެތެރެ ކޮޓަރިންނެވެ. އަލީޝާ ސިއްރުސިއްރުން ބޯ ދިއްކޮށްލިއެވެ. އަނދިރިކަން މިފަހަރުވީ އޭނާގެ ފަރުދާއަށެވެ. އެތެރޭގައި ތިބީ އީތަންއާއި ޒުވާން ތިން ފިރިހެންނުނެވެ.
“ކިހިނެތް ތިހެދީ ބުރޯ؟ އަހަރުން ނުލާހިކު މޫޑުގަ މި ތިބީ.” އެތަނުން އެއް ޒުވާނަކު ބުންޏެވެ.
“ޕޭމެންޓަށް އިތުރު ހާހެއް ވައްޓާލަދޭނަން. އޯކޭއެންނު.” އީތަން ހީވީ ބޮޑު ޑީލްއެއް ހަދައިލި ވިޔަފާރިވެރިއެއްހެންނެވެ. ތިން ޒުވާނުން ގޮތްދޫކޮށްފައި ވަަލުދޮރޯށިން ނުކުތީ، މަޖާ ޕާޓީއެއް ހުއްޓުވައިލުމުން ފޫހިވެފައި ތިބިކަހަލަ މޫނުތަކަކާއިއެކުއެވެ. އީތަން ދޮރާއި ދިމާއަށް އަންނަަންފެށުމުން އަލީޝާާ ޖެހިގެންހުރި ކޮޓަރިއަށް ދެމިގަަތެވެ. އެ ކޮޓަރިން އޭނާއަށް ސިހުން ލިބުނީ އެނދެއްގެ މަތީގައި އޮތް ތޫބާ ފެނިފައެވެ. ހެދުމުގެ އެއްބައި ވީދާލައިފައި އޮތުމުން އެ މީހުން ކުރަން އުޅުން ކަންތައް ހުއްޓިފައިވަނީ މެދުތެރެއިންކަން އިނގެއެވެ. އަލީޝާ އަވަސްވެގަތީ އެނދާއިލައި ހަތަރެސްފައި ބަނދެވިފައިވާ ވާތަށް މޮހައިލުމަށެވެ. ތޫބާ އޮތް ކޮޓަރިއަށް ވަތް އީތަަންއަށް އަލީޝާ ފެނުމުން ސިހުނެވެ. ހުރިތާ ހުރެވުނީ ހަދާނެގޮތެއް ބުނާނެ އެއްޗެއް ނޭންގިފައެވެ. މަޑު ތުރުތުރެއް ހުރި ތުބާގެ ހަށިގަނޑުގައި އަލީޝާ ހިފަހައްޓައިލީ މަޔަކު ދަރިއެއްގެ ގައިގައި ވަށްކޮށްލާ ފަދައިންނެވެ. ތޫބާ ގޮވައިގެން އަލީޝާ އެތަނުން ނުކުތީ އީތަންއާއި ކަޅި ހަމަކޮށްލުމަކާއިނުލައެވެ.
އަލީޝާ ފުލުހުންނަށް ރިޕޯޓުކުރި ތިން ޒުވާނުން ރިޕޯޓުކުރިއިރު އީތަންގެ ވާހަކައެއް ނުބުނީ ވާނުވާ ރަނގަޅަށް އޮޅުން ނުފިލާތިއެވެ. އެ ތިން ޒުވާނުން ހޯދުމަށް ފުލުހުން ކުރި މަސައްކަތްވީ ނާކާމިޔާބެވެ. އަލީޝާ ހީކުރިގޮތާއި ހިލާފަށް ތޫބާ އެކަންތަކާއި ވިސްނައި، ބިރުގަތުން ހުއްޓައިލީ ހިތްވަރާއިއެކުއެވެ. ކޮންމެ ދުވަަހަކު ގެއަށް ހާލު ބަލަން އަންނަ އަލީޝާއާއި ދެތެރޭ ދެކެންވީ ގޮތް ތޫބާއަށް އަނެއްކާވެސް އޮޅުނެވެ. އޭނާއަށް ފެނުނީ އަހަރުތަކެއް ވަަންދެން އޭނާ އިހުތިރާމުކުރި ރޯލް މޮޑެލްއެވެ. ލޯބިވާ ފިރިހެންކުއްޖާއަށް ހަނގާކުރި ނުބައި އަންހެނެއް ނޫނެވެ.
އީތަން ސްކޫލަށް ދިޔައީ ހަފްތާއެއްް ވަންދެން ބަލިކަމަށް ހަދައިގެން ގޭގައި އޮތުމަށްފަހުއެވެ. އިންޓަވަލް ގަޑީގައި އަލީޝާ އައިސް ކުރިމަތީ ހުއްޓުމުން އީތަން ހައިރާނެއް ނުވެއެވެ. އަލީޝާ ކިޔާނެ އެއްޗަކަށް ތައްޔާރުވެގެން ހުރިނަމަވެސް އޭނާގެ ހިތުގައި އިހުސާސެއްނެތެވެ. މާފަށް އެދުމުގެ ނިޔަތެއްވެސް ނެތެވެ.
“ކަލޭ ކުރިކަމެއްދޯ އެއީ.” އަލީޝާ ސީދާ އީތަންގެ ލޮލަށް ބަލައިލަމުން ބުންޏެވެ. ބަލަހައްޓައިގެން އިން އީތަން، ޖަވާބެއް ނުދެއެވެ. “މަގޭ ކޮއްކޮކަން އިނގިހުރެ، މަށަށް އަނިޔާއެއް ދިނުމަށްވުރެ މަށަށް މުހިންމު މީހަކަށް އަނިޔާއެއް ދިނީއާ މަ މާ ހިތްދަތިވާނެކަން އިނގޭތީ. އެކަމަކު އެކަން ހުއްޓުވީވެސް ކަލޭ. ހިތް ބަދަލުވީދޯ. ކަލޭކަހަލަ ހައިވާނެއްގެވެސް އިންސާނިއްޔަތުކަން ހުރޭތާދޯ.” އަލީޝާާ ވާހަކަދެއްކީ މަޑުމައިތިރިކަމާއިއެކުއެވެ. “ކަލޭ ފަޟީހަތްކުރުން އެއީ ކުރެވުނު ގޯސްކަމެއްކަމަށް އަދިވެސް ނުދެކެން. އެކަމަކުވެސް މާފަށް އެދެން. ކަލޭ މޮޅުވީ. އޯކޭއެންނު. ދެން މިކަަންތައް ހުއްޓާލަން ހިނގާ.”
“އޭނ؟… ކިހިނެތް މިވީ؟ އެހާ ފަސޭހައިން؟ ދެން މި ނިމުނީ ހުރިހާ ކަމެއް؟” އީތަންގެ ސިކުނޑިއަށް އަރައިފައިބައިިގަތެވެ. އަލީޝާގެ ދުލުން އޭނާ މިއޮއްހާ ދުވަހު އެންމެ އަޑުއަހަން ބޭނުންވި ޖުމުލަ އަޑުއިވުނީއެވެ. ނަަމަވެސް އޭނާގެ ހިތެއް ހަމައެއް ނުޖެހުނެވެ. އޭނާ އިނީ އަލީޝާ އެހާ ފަސޭހައިން ބަލި ގަބޫލުކުރިކަން ހަޖަމުނުކުރެވިފައެވެ. “ކިހިނެތް ތި ހެދީ؟ ތީ ތިހާ ފަސޭހައިން ދަށްވާ މީހެއް ނޫނެންނު. ކީއްވެ ކުރިންހެން ބޮޑު ރުޅިގަނޑާއެކީ އައިސް ބަަދަލުހިފާނަމޭ ކިޔައި އިންޒާރު ނުދިނީ؟” އީތަންގެ ކަަރުން އަދިވެސް އަޑެއް ނުނިކުމެއެވެ.
“މީގެ ފަހުން އަހަރުން މީ ބީރައްޓެހިން.” އަލީޝާ ބުންޏެވެ. އީތަން ބުނާނެ އެއްޗަކަށް މަޑުކޮށްގެން އަލީޝާ ހުރުމުން އީތަން ހޫނއެއް ލައްވަައިލިއެވެ. އެވަރުން ފުއްދާލައިގެން އަލީޝާ އެނބުރި ދާންހިނގައިގަތެވެ. ނަމަވެސް އެޅުނީ ހައެއްކަ ފިޔަވަޅެވެ. ބަނޑުތެރޭ ކެކެމުންދިޔަ ރުޅިގަނޑު ބޮކިޖަހައިގަަތުމުން އެނބުރި ދިޔަގޮތަށްގޮސް އީތަންގެ ކަންކަށިމައްޗަށް ގޮށްމުއްކަވާފައި އެތިފަހަރެއް އަރުވައިލިއެވެ. ދެ ލޯ ތަންމިނަށް ހުޅުވުނުގޮތަށް ތަރިބުރާފައި އީތަންއަށް އިނދެވުނީއެވެ. އެ އެތިފަހަރު ހަދިޔާކޮށްލެވުމުން ހަމަބިމަށް ފޭބުނު އަލީޝާ އެއްވެސް އަސަރެއްނެތި ހިނގައިގަތެވެ. ދެ ކުދިންގެ ދެމެދުގައި ފެށުނު ކޯޅުންގަނޑަށް ނިމުމެއް ގެންނަމުންނެވެ.
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ދެ ޖީބަށް އަތް ޖަހައިގެން މަގުމަތިން ހިނގައިފައި ދިޔަ ރާއިންގެ ހިޔާލުން އަލީޝާާއެއް ނުނިކުތެވެ. އެތަކެއް އަންހެންކުދިންނަކާއި ރައްޓެހިވެފައި ހުރި ރާއިންއަށް، މިއުޅެނީ މި ކުއްޖާއާއި ހިތް ކިޔައިިގެންްކަން އިނގެއެވެ. ގެއަކުން ކާށި އަޅައި ފުުރާފައި ހުރި ބަރޯއެއް ހިފައިގެން ނުކުތް އަލީޝާ ފެނުމާއިއެކު ރާއިންގެ ހިތު ވިންދެއް ނުޖަހައި ދިޔަކަހަލައެވެ. އެއީ އެ ހިތުގެ މަލިކާކަން ވަގުތުން އަންގައިދެމުންނެވެ. ކަރު ކެހިލާފައިގޮސް އަލީޝާއާއި ހިނގުން އެއްވަރުކޮށްލިއެވެ.
“ހައި.” ރާއިން ވާހަކަފެށީ ޒަމާނީ ގޮތަަކަށެވެ. އަލީޝާ ބަލައިިލިއެވެ. ކޮންމެވެސް ތާކުން ފެނުނު މީހެއްހެން ހީވެއޭ ހިތަށްއެރި ނަމަވެސް ކާކުކަމެއް ހަނދާނަަކަށް ނައެވެ. “ނޭންގުނުތަ؟ އެއްކަލަ ދުވަހު ބީޗުން ދިމާވިއެންނު. މަގޭ ދައްތަ ސަލާމަތްކޮށްދިނީމެންނު.” ރާއިން ބޯ އަރިކޮށްލާފައި އަލީޝާއަށް ހަނދާންކޮށްދިނެވެ.
“އާނ ހަނދާންވެއްޖެ.” އަލީޝާ ބުންޏެވެ. އެއާއިއެކު، އަނެއްކާ ކޮންމެވެސް ޝުކުރެއް އަދާކުރަން އައިސް ބޭކާރު އަނގަތަކެއް ތަޅަން ފަށަނީއޭ ހިތާ ފޫހިވިއެވެ.
“މަށަށް ކިޔަނީ ރާއިން.” ސަލާމަތް އަތްދިއްކޮށްލަމުން ރާއިން ތައާރަފްވެލިއެވެ. ރާއިންގެ ދިއްކޮށްފައިވާ އަތަށް ބަލައިލާފައި ބަރޯގައި ހިފަހައްޓައިފައިވާ އަމިއްލަ އަތަށް އަލީޝާ ބަލައިލިގޮތުން ރާއިން ވަރަށް ނޫންކަމަށް ހަަދާފައި ޖީބަށް އަތް ކޮށްޕައިލިއެވެ.
“މަށަކީ އަލީޝާ. ކުރިންވެސް ބުނިންދޯ.” އަލީޝާ ހުރީ އެއްގޮތަކަށްވެސް މީހަަކާއި ވާހަކަދަައްކާ ހިތަަކު ނޫނެވެ. އެކަން ރާއިންއަށް ފާހަގަވިއެވެ.
“ހްމްމް… މީން ގާރލްއެއް ދޯ.” ހިތާހިތުން ކިޔައިލިއިރު ރާއިން ހިނިތުންވެލިއެވެ. އޭނާއަށް އަލީޝާގެ މިޒާޖު ކަމުދިޔަ ކަހަލައެވެ.
ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ގޭގެ ދޮރު ހުޅުވައިލި އަލީޝާ އައިީ ހިތުގައި ބޮޑިވެފައިވައި ކަންތައް ބޭރުކޮށްލުމަށެވެ. ސަލާންގޮވައިލުމުން ނުކުތް ތޫބާއަށް އަލީޝާ ފެނުމާއިއެކު އެތެރެއަށް ވަނުމަށް ބުންޏެވެ. ބަދިގެފަރާތުގައި ހަމީދާ އުޅޭތީ އަލީޝާގޮސް ތޫބާގެ ކޮޓަރިއަށް ވަނީ، ހަމީދާ ހުއްޓައި އޭނާ ދައްކަން ބޭނުންވާ ވާހަކަ ނުދެއްކޭނެތީއެވެ. ތޫބާވެސް ދެ ޖޫސްފުޅި ހިފައިގެން ކޮޓަރިއަށް ވަނެވެ. އެނދުމަތީ އިށީންދެފައި ޖޫސް ފުޅީގައި ހިފި އަލީޝާ ތޫބާއަށް ސީރިއަސް ގޮތަކަށް ބަލައިލުމުން ތޫބާގެ ހިތް ނުތަނަވަސް ވާގޮތެއްވިއެވެ. އަލީޝާގެ އެ ލޮލުން، ސަމާސާއެއް ނުކުރާނެކަން އޭނާ މިހާރު ވަނީ ރަނގަޅަށް ދަނެފައެވެ.
“ތޫބާ… ކުރިން ދުވަހަކު އެހީމެންނު އަސްލު މަންމަޔާ ބައްޕަގެ ވާހަކަ. އަަހަންނަށް އިނގޭ އެއީ ކޮން ބައެއްކަން.” އާދައިގެމަތިން އަލީޝާ ބޭކާރު އަނގައެއް ތަޅާކަށް ނޫޅެއެވެ. ފެށީ ދައްކަން ބޭނުންވާ ވާހަކައިންނެވެ. އެއްވެސް އެއްޗެކޭ ބުނުމަކާއި ނުލައި ތޫބާ އަޑުއަހަން އިނެވެ. ސުވާލެއް ކުރަން ނެހެދީ އޭނާއަށްވެސް މިހާރު ކަމެއް އުޅޭކަން ޝައްކުވާތީއެވެ. “ތޫބާގެ އަސްލު ބައްޕައަށް ކިޔަނީ ޔޫސުފް. މަންމައަށް ކިޔަނީ ރާއިދާ. ދެ މީހުން އުޅެނީ މި ރަށުގަ.”
“ޔޫސުފް؟ ރާއިދާ؟ މި ރަށުގަ….” ތޫބާއަކަށް އަލީޝާ ބުނަން އުޅޭ އެއްޗެއް ނުވިސްނުނެވެ.
“އާނ… ތޫބާގެ އުފަން މަންމައާއި ބައްޕައަކީ މަގޭވެސް މަންމައާއި ބައްޕަ. މަށަކީ ތޫބާގެ އެއްމާބަނޑު ދައްތަ.” އަލީޝާ ޖެހިލުންވުމަކާއި ނުލައި ބުނެލިއެވެ. ތޫބާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އަލީޝާ ސަމާސާއެއް ކުރަނިކޮށް އިވުނީ އަލަށް ކަންނޭންގެއޭ ހިތަށްއަރާފައެވެ. “މީ ސަމާސާއެއް ނޫން. މީ ހަގީގަތް.” އަލީޝާ ހީވީ ތޫބާގެ ހިތުގައި އޮތް އެއްޗެއް ދެނެގަތްހެންނެވެ. ދަބަހުން ނެގި ފޮޓޯ ފްރޭމް ތޫބާއަށް ދައްކައިލަމުން އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.
“މީ އަހަރެންގެ އެއްމާބަނޑު ކޮއްކޮ، އައިކާ. އައިކާ ނިޔާވިކަމަށް ބުނީ ކުޑައިރު ތިމާގެމީހެއްގެ ގޭގަ ހުއްޓަ، އެ ގޭގަ އަލިފާން ރޯވެގެން. ހަމީދާއްތަމެން ތޫބާއަށް ދޮގުހެދީ ކީއްވެކަމެއް ނޭންގެ. އެކަމަކު އެ ހާދިސާގަ ނިޔާވި ދެމަފިރިންނަކީ މަށާއި އައިކާގެ މަންމަގެ ތިމާގެ ބައެއް. އެއީ އައިކާގެ، މަންމައާއި ބައްޕައެއް ނޫން. މިބުނި އައިކާއަކީ ތި ތޫބާ ކުޑައިރު.” އަލީޝާ ބުންޏެވެ.
“ތި…ތި ވާހަކަ ހަމައެއް ނުޖެހެއެންނު. ތިމާގެ މީހެއްގެ ގޭގަ ހުއްޓަ އަލިފާން ރޯވީމަ ކީއްވެ އަލީޝާގެ މަންމަމެން އަހަރެން ނުހޯދީ؟ ކީއްވެ އަހަރެންގެ އާއިލާ މީހެއް ނުހުންނަކަމަށްވީ؟ އެޑޮޕްޓެއް ނުކުރެވުނީސްދޯ އަސްލު މައިންބަފައިން ހޯދަން އައިނަމަކާ.” ތޫބާ ބުންޏެވެ. އެއީ ކުރިން ވިސްނައި ނުލެވިފައިވާ ކަމެއްކަމުން އަލީޝާ އެކަމާ ވިސްނައިލިއެވެ. “އެހެންނޫނަސް އަލީޝާއަށް ކިހިނެތް ތިކަން އިނގުނީ؟ ތި ފޮޓޮއިން އެކަނި އެއްވެސް ކަމެއް ސާބިތެއް ނުވެއެންނު.” އޭނާގެ ކުޑައިރުގެ ފޮޓޯތަކާއި، އެ ފޮޓޯގަނޑުގައި އިން ކުއްޖާ ވައްތަރުކަން، ވަހުމެއްކަމަށް ވިސްނަން މަސައްކަތް ކުރަމުން ތޫބާ އަހައިލިއެވެ. އެ ސުވާލުގެ ޖަވާބު ދިނުމަށް އަލީޝާ ފަސްޖެހުނެވެ. އޭނާއަށް ފުރަތަމަ މައުލޫމާތު ދިނީ އިތުބާރު ކުރުވަނިވި ޒަރީއާއަކުން ނޫނެވެ. ދެން ހަމީދާމެން ވާހަކަދައްކަނިކޮށް އަޑުއިވުނު ވާހަކަވެސް އެއީ، ގަބޫލުކުރަން ބޭނުން ނުވެފައި އިން ތޫބާއަށް ގަބޫލުކުރަން އެހާ ފަސޭހަވާނެ ވާހަކައަކަށް ނުވާނެކަން އިނގެއެވެ.
“މިހާރު ދައްކަން މިއުޅޭ ވާހަަކަަ ގަބޫލުކުރުމާއި ނުކުރުން އޮތީ ތޫބާއަށް. މަގޭ އެދުމަކީ މަށަށް އިތުބާރުކުރުން. މަ އެންމެ ފުރަތަމަ މިކަމުގެ ތެރެއަށް ވެއްދީ އީތަން.” އީތަންގެ ނަން އިވުމުން ތޫބާއަށް ހައްތަހާ ވާނުވާ އޮޅުންބޮޅުންވިއެވެ. ނަމަވެސް އަލީޝާ އައީ ހުރިހާ ކަމެއް ފާޅުކުރަން ނިންމައިގެންނެވެ.
“އީތަންއަކީ އެންމެން ހީކުރާހާ ރަނގަޅު މީހެއް ނޫން. މަ އޭނަ ރަށަށް ފަލީހަތްކުރި ސްޓޯރީ އިނގެއެންނު ދޯ. އޭގެ ފަހުން އޭނަ އެހެން މީހުންގެ އިތުބާރު ހޯދަން ބަސްއަހައިގެން އުޅުނަސް އަހަންނާ ހުންނަނީ ޖައްސާލާފަ. އަހަރުމެން ދެ މީހުންނަކީ އޭރު ދުޝްމަނުން. ތޫބާއަކީ މަގޭ ކޮއްކޮކަން ކޮންމެވެސް ގޮތަކުން އިނގިގެން އޭނަ ރޭވީ ތޫބާއަށް ދެރަގޮތެއް ހަދައިގެން މަގޭ ހިތް ހަލާކުކޮށްލަން. އެކަމަށްޓަކައި އަަހަންނަށް އެ އެޑޮޕްޝަން ސެޓްފިކެޓް ދައްކައި، ޑީއެންއޭ ރިޕޯޓު ދައްކައި ހެދީ.” އަލީޝާ ސިޓީއުރައިން ނެގި ޑީއެންއޭ ރިޕޯޓު ތޫބާއަށް ދައްކައިލިއެވެ. ރިޕޯޓު ބަލަހައްޓައިގެން އިން ތޫބާއަށް އެ އަހަރު ތެރޭގައި އޭނާއަށް ފެނި، އިވުނު އެއްޗެއްސާއި ބެހޭގޮތުން ފުންކޮށް ވިސްނައިލިއެވެ.
“އީތަންއަށް ހަނގާކުރާހެން ހީވިއިރު އަސްލު ދެ މީހުން ދެމީހުނަށް ދޯ އެ ގޯނާކުރީ. ދެން އެރޭ ވަގަށް ގެއަށް ވަދެ އުޅުނީ އީތަންތަ؟ އަނެއްދުވަހު މަންމަމެން ކައިރީ ބުނެގެން ކޮޓަރި ބެލިއިރު އެއްޗެއް މަދެއްވެސް ނޫން. ވަގެއްނަމަ އެހެންނެއް ނުވާނެއެންނު.” ތޫބާގެ ހިތާއިހިތުން ކިޔައިލިއެވެ. “އެކަމަކު އީތަން އެ ދުވަހު އަހަރެން ސަލާމަތްކޮށްދިނީ…” ތޫބާ ބުނެލި އެތިން އަލީޝާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.
“އެއީ… އެ ދުވަހު އެއީ އީތަން ރާވައިގެން ކުރިކަމެއް. އޭނަގެ އެކުވެރިން ލައްވައި ތޫބާ ވައްޓައިލާފަ އޭނަ ގޮސް ސަލާމަތްކުރީ، އެހެން މީހުނަށް ރަނގަޅުކަން ދައްކަންވެގެން.” ތޫބާގެ ދެލޯ ބޮޑުވިއެވެ.
“އެހެންވިއްޔާ މިއޮއްހާ ދުވަހު އަހަންނަށް ލޯބިވެވުނީ ބޮޑު ދޮގުވެރިކަމަކާތަ؟…” ދުވަހަކުވެސް އެފަދަ ގޮތަކަށް އީތަންއާއި ދޭތެރޭ ވިސްނަައިނުލެވުނު ތޫބާގެ ހިތަށް، އެންމެ ހިތަށް އަރުވަން ބޭނުންނުވާ އެތި ހިތަށް އެރުމުން ލޮލުން ކަރުނަ ހިލުނެވެ.
“އެކަމަކު އެ ދުވަހު ތޫބާ ރޭޕްކުރަން ފޮނުވި މީހުން އަލުން ހުއްޓުވީވެސް އީތަން. ކީއްވެކަމެއް ނޭންގެ.” އަލީޝާ ދެން ބުނެލި އެތިން ތޫބާގެ ބަލިކަށި ހިތަށް އަނެއްކާވެސް މަގު އޮޅިއްޖެއެވެ. އިސްއުފުލައި، އަލީޝާއަށް ބަލައިލިއެވެ.
“އަލީޝާ ކީއްވެ ދެންމެ ‘އޭރު’ ދުޝްމަނެކޭ ބުނީ؟ މިހާރު؟…”
“މިހާރު ގުޅުން ކަނޑައިލައިފިން. މަގޭ ކޮއްކޮއަށް އެކަހަލަ ކަމެއް ކުރުވަން ހިތަށްވެސް އެރުވި މީހެއްގެ މޫނުވެސް މަ ބޭނުމެއް ނޫން ބަލާކަށް.” އަލީޝާގެ މޫނުން ރުޅިވެރިކަން ދައްކައިލިއެވެ.
“އަލީޝާ ތި ބުނާހެން އީތަންއަކީ ދުޝްމަނެއް ވެއްޖިއްޔާ ކިހިނެތް އެހާ ފަސޭހައިން އީތަން ބުނި އެއްޗެއް ގަބޫލުކުރެވުނީ؟ މި ޑީއެންއޭ ޓެސްޓަކީ އަސްލުކަމެއް ކިހިނެތް ގަބޫލުކުރީ؟” ތޫބާ އެއްސެވެ.
“މަ އަޑުއެހިން ހަމީދާއްތައާއި ހަނީފުބެ ވާހަކަދައްކަނިކޮށް. ރީތިކޮށް އަޑުއެހިން ތޫބާއަކީ ޔޫސުފްމެންގެ ދަރިއެކޭ ބުނިއަޑު. އުޅުނީ ކޮންމެވެސް ކަމަކާ ވަރަށް ބިރުން. ކީ ހިނގާށޯ މާލެ ދާން. ހިނގާށޯ ފިލަން.” އަލީޝާ ކިޔައިދިނެވެ. ތޫބާގެ ގާތަށް ދެން އައީ ރުޅިއެވެ. އަލީޝާ ހަދަހަދައިގެން ވާހަކަދައްކަނީއޭ ހިތާއެވެ. އޭނާ މައިންބަފައިންނަށް ކުރާ އިތުބާރަށްވުރެ އަލީޝާގެ ބަސް ކުރިއެއް ނޭރިއެވެ.
ތޫބާ ފެންޑާއަށް ނުކުތެވެ. އަދި ކޮފީ މޭޒުމަތީ އޮތް ހަމީދާގެ ފޯނު ނަގާފައި ކޮންމެވެސް މީހަކަށް ގުޅައިލިއެވެ. އެ މީހަކު އަންނަންދެން ދޮރުމަތީ ތޫބާ ހުރިއިރު އަލީޝާ ކުރިމަތި ކުރުވި ސުވާލަކަށް ޖަވާބެއް ނުދެއެވެ.
ބައި ގަޑިއިރެއްހާއިރު ފަހުން ގެއަށް އައި ރާއިދާ ފެނިފައި އަލީޝާއަށް ލިބުނީ ހައިރާންކަމެކެވެ. ރާއިދާ އައި ގޮތަށް އައިސް ފުރަތަމަވެސް ބެލީ އަލީޝާއަށް ކަމެއްވީތޯއެވެ. އޭނާ އައީ ތޫބާ ގުޅާފައި ވަރަށް އަވަހަށް އެ ގެއަށް އައުމަށް އެދުމުންނެވެ. އަލީޝާވެސް އެތާނގައި ހުރިކަމަށް ބުންޏެވެ. ރާއިދާއަށް ހީކުރެވުނީ އަލީޝާއަށް ގޮތެއް ވީކަަމަށެވެ.
ރާއިދާ ގޮވައިިގެން ފެންޑާއަށް ތޫބާ ވަނެވެ. ސޯފާގައި ތިބި ހަނީފުއާއި ހަމީދާ ވަރަށް ހާސްވިއެވެ. ވާނުވާގައި ހުރި ރާއިދާ ތޫބާއަށާއި ހަމީދާމެނަށް، ބަލާލާފައި އަލީޝާއަށް އެއްބުމަ އަރުވައިލިއެވެ. އަލީޝާ، ތޫބާ ހަދަން އުޅޭ އެއްޗަކަށް ސަމާލުކަން ދިނެވެ. ވާން މިއުޅޭ ގޮތެއް އޭނާއަކަށްވެސް ނޭންގެއެވެ.
“މަންމާ! ބައްޕާ! ތެދަށް ބުނެދީ. އަޅުގަނޑުގެ އަސްލު މަންމައާއި ބައްޕައަކީ ކޮބާ؟” ތޫބާ ސީދާ ސީދަލަށް އަހައިލިއެވެ. އެތާނގައި ކުރީގެ ބަލިކަށި، މަޑުމޮޅި ތޫބާއެއް ނެތެވެ. ހުރީ ތެދު ހޯދުމަށް އަޒުމުކަނޑައަޅައިގެން ހުރި ތޫބާއެވެ.
(ނުނިމޭ)
15 Comments!
Comments are closed.
mee first dhww vvvv reethi
Ya ur first thnx nattu
Wow varah reethi
Thnx
Wowww reethi ingey Mi part vx masha Allah ??? when next part part? Mihaaru raain vx like vani aleeshaa dheke.. Eethan react kuraani kihineh baa ekamah? ? varah curious.. ??? waiting eagerly for the next part ❤️❤️❤️❤️❤️❤️❤️❤️
Thnx sis next part mianna Tuesday ga ingey
Kiyaa kiyaa foohi nuvey v reethi
Thnx aroo
Woooooow..v salhi..thooba keeh ekuree?? Don’t stop her aleesha..thooba beynun suvaaleh kuran dhen aleesha wait..plzz jinni bunachey aleesha kaari i bunee ey madun hunnasheyy..btw waiting 4da next part
Aleesha nukuraane dhen beykaaru kameh. Eyna ah ves rangalhuvaanee hurihaa kameh thooba ah gaboolu kurevuneema ennu. So eyna hunnane madun kulhi balan. Look forward to the next part
vrh salhi mi partves ❤❤❤ im rlly lookin forward to the next part ??? btw aleesha is living with yoosuf men dhw ??
thnx mmnhrr aan aleesha ulheny yoosuf aa raaidha aa ekkoh s her parents ennu
Kba part 10
where is the tenth part?
whens nxt part?