Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ………! (3 ވަނަ ބައި)

Ishaaa Level 210 Stories
January 16, 2019 One Min Read
3 Comments

އައިހަމްވެސް ހިނިއައިސްފައި އަނެއްކާވެސް ސޯފާގައި އިށީން ވަގުތު ބެލްޖަހާލުމާއެކު އިޝްރާގެ ކޮޓަރިން “އައިހަމޫ ދޮރުހުޅުވާ”ށޭ ކިޔާ އިޝްރާ ހަޅޭއްލަވައިގަތް އަޑަށް ސިހިފައި އައިހަމަށް ސޯފާއިން ތެދުވެވުނެވެ.

ހިރެމުންހިރެމުންގޮސް ދޮރު ހުޅުވައިލެވުނު ވަގުތު ކުރިމަތީގައިހުރި ސޫރަ ފެނިފައި ހުއްޓެވުނެވެ. ރާއޖޭން ބޭރުގައި ކިޔެވުމުގެ މަރުޙަލާތައް ކަޑައްތުކުރަމުންދާ އައިހަމްއަށް ހުއްޓި ހުރެވުނީ ކުރިމަތިން ފެންނަންހުރި މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ. އެއީ ހަމަ ފަތްމިންޏެއް ހެއްޔެވެ؟ ކަޅުކުލައިގެ ބަޓަފްލައި އަބާޔާއަކާއި މެރޫންކުލައިގެ ޝޯލްއެއްގެ ނިވަލުގައި ފަރުދާވެގެންހުރިއިރުވެސް އެ ރީތިކަން ފަނޑުނުވާ ފަދައެވެ. ހިތިފަތު ބުމަޔާ އެ ކުރަނގި ދެލޮލާއި ފިނިފެންމަލެއްފަދަ ރީތި ދެތުންފަތް ފެނިފައި އައިހަމްއަށް އިތުރު ހަރަކާތެއް ގެންނަން ނޭނގިފައި ހުރެވުނީއެވެ. ރީތި ކުދިން އޭނާ ދުށްޓެވެ. ނަމަވެސް މިފަދަ ފުރިހަމަކަމެއް އޭނާއަށް ފެނިގެން މި ފެނިގެންދިޔައީ އަދި އަލަށެވެ. ކުއްލިއަކަށް އައިހަމް ސިއްސައިގެން ދިޔައީ ފަހަތުން އިޝްރާގެ އަޑު އިވުނެވެ. “ލުބޫ! ކޮބާ ހިނގާ ދާން! ދޮންކަލޯ! ދޮންތަ ބުނީ ދޮންކަލޯވެސް ގޮވައިގެން ދާށޯ! އެހެންވީމައި ހިނގާދާން އަވަހަށް ދާން! ގަޑިޖެހެނީއޭ!” އަތުގައި ހުރި ފޮތްތަކުން އެއްބައި އައިހަމް އާއި ދިމާއަށް ދިއްކޮށްލަމުން އިޝްރާ ބުނެލިއެވެ. “ލުބޫ…” އައިހަމްއަށް ހިތާހިތުން ބުނެލެވުނެވެ. އެންމެ އިޝްރާ ދެއްކި އެއްވެސް ވާހަކައެއް އޭނާއަށް އަޑުނީވޭ ފަދައެވެ. އިޝްރާ އަނެއްކާވެސް އައިހަމްގެ ކޮނޑުގައި ބޮނޑިއެއް އަޅާލުމަށްފަހު އޭނާގެ އަތުގައި ހުރި ފޮތްތައް އައިހަމްގެ އަތަށް ދިނެވެ. އެއަށްފަހު “ދާން ހިނގާށޭ” ކިޔާ ދެމީހުންގެ ދެމެދުގައި ހުރެ ސްކޫލާއި ދިމާލަށް މިސްރާބު ޖެއްސެވެ.

“ވަރަށް ގިނައިރުވެއްޖެތަ ލުބޫ އައިފަހުން؟ މިސޮރު ކައިރި މަ ބުނީމޭ ލުބޫ މަގޭ ރޫމްއަށް ފޮނުވާލަދޭށޭ! އެކަމަކު ދުވަހަކު ބުނަގޮތަކަށް ނަހަދާނެ!” ބޯހޫރާލަމުން އިޝްރާ ބުނެލިއެވެ. “ނޫނޭ! މަ އިޝް ކޮބާތޯ އަހާލަން އުޅެނިކޮށް އިޝް ތި އައީ! ސޯ ނޯ ވޮރީސް އޯކޭ!” ކޮލްގެޓް އިޝްތިހާރެއް ކުޅެލަން އެންމެ އެކަށީގެންވާފަދަ ބޯކިރުކޮޅެއްފަދަހުދުހުދު ދަތްތައް ދައްކާލާ ހިނިތުންވެލަމުން ލުބްނާ އިޝްރާއަށް ޖވާބުދިނެވެ. އެއަޑު އައިހަމްގެ ކަންފަތުގައި ޖެހުމާއެކު ހީވީ އޭނާގެ ކަންފަތްބުޑުގައި ރީތި ރާގެއް ކުޅެލެވިގެންދިޔަހެންނެވެ. އައިހަމްއަށް ބޭއިޚްތިޔާރުގައި އަމިއްލަ ނަފްސަށް ހިނިތުންވެލެވުނެވެ.

“އޮކޭ ލުބޫ! ސޯ، މީ އައިހަމް އިނގޭ! މަގޭ ޔަންގާ ކަޒިން ބްރޯ! ދޮންކަލޯ! މިއީ ލުބްނާ! ލުބޫ. މައި ބެސްޓީ ފޯރއެވަރ ދޯ ގާރލް!”ލުބްނާއަށް ދޯ ދެމީހުން އެކަކު އަނެކަު ތަޢާރަފްކޮށްދިނެވެ. އެވަގުތު ކުރިމަތިން ފެންނަންހުރި ސްކޫލުގެ މައިދޮރޯށި ފެނިފައި ދެމީހުނަށް އެކަކު އަނެކަކަށް ހިނިތުނަވެވުނެވެ.

“އައިހަމް… ކުރުކޮށް ކިޔާނަމެއް ނެތްދޯ! ހެހެ….” ހިނިގަނޑެއް ޖަހާލަމުން ލުބްނާ އަހާލިވަގުތު އެމީހުންނަށް ހުއްޓެވުނީ ކުރިމައްޗަށް އައިސް ހުއްޓުނު މީހާ ފެނިފައެވެ. ވާނުވާ ނޭނގުނެއްކަމަކު އެމީހުން ހުއްޓުމުން އައިހަމްވެސް އެހުރިތަނުގައި އޭނާގެ ފިޔަވަޅުތައް މަޑުޖައްސާލިއެވެ.

“ވާވާ! ނޫނޭވާ ފައްކަލޭ! މަ މިއޮށް ހުރިހާ ދުވަހު ކުރި މަސައްކަތްތައް އެއްވެސް އަގެއްނެތް އެއްޗަކަށް ހަދާލާފައި ދެންމެ ފެނުނު މީހަކަށްޓަކައި ހޭބަލި ވެފައި ދޯ މިހިރީ! އަޅެ ލުބޫއެއް ނޫންތަ ބުނީ ހިތަކީ އަނިޔާއެއް ލިބިއްޖެނަމަ މުޅިން ހީލްކުރަން އުނދަގޫވާނެފަދަ ގޮތަކަށް އުފެދިފައިންނަ މަސްކޮޅެކޭ! ބަލަ މަގޭވެސް އޮންނަނީ ހިތެކޭ!ަ މިހިތަށްވެސް ތިހެން ވާނެކަން ލުބޫއަށް ނޭނގެނީތަ ހަމަ؟ އޭނ! އަދި ބުނެފިއެއްނު ކުރުކޮށް ކިޔާ ނަމެއް ނެތްހޭ! ތިހާ ކުރުނަން ވިޔާހިތްވަންޏާ، ތިހާވަރު ވެފައިހުންނަ މީހަކު އެހެނަމީހަކު ކުރެން އެހުމަކާއިވެސް ނުލާ ކިޔާ ނަންނަން ހުރެއޭ! ނޭނގޭދޯ! ހެހެ!” “ހުއްޓާލާ ޒިދާން! ތިހެން ލުބޫއާއި ދިމާލަށް އެއްވެސް އެއްޗެއް ބުނުމުގެ ޙައްޤެއް ޒިދާންއަކަށް ނެތޭ! ތިހެން ޒިދާން ހިތުހުރި އެއްޗެއް ކިޔާ ތި ނިންމާލަނީ ލުބޫ އެއީ ޒިދާންގެ ގާލްފްރެންޑްތަ؟ ނޫނީ އަންހެނުނަތަ؟ ބުނެބަލަ؟ އެހެންނޫނަސް އައިހަމްއާއި ލުބޫއާއި މެދު ތި ހީކުރާކަހަލަ ގުޅުމެއްނެތޭ! މިއަދު ލައިބްރަރީއަށް މިފޮތްތައް ލާން އަންނަން އުޅެނިކޮށް ދޮންތަ ބުނެގެން މަ މިއައީ އައިހަމް ގޮވައިގެން! އެހެންވީމައި ނޭނގޭ އެއްޗެއް ނުކިޔާ ހުރުން ބުއްދިވެރިވަނީ އިނގޭ!” އަތިލަބަޑި ޖަހަމުން ލުބްނާއާއި ދިމާލަށް އެއްޗެހިކިޔަންހުރި ޒިދާން މައިތިރިކޮށްލިގޮތް ފެނިފައި އައިހަމް ހައިރާންވިއެވެ. ގޭތެރޭގައި އިޝްރާ އުޅެމުންދިޔަ ގޮތާއި މިހާރު އިޝްރާގެ ފަރާތުން މިފެނުނު ސިފައިގެ މައްޗަށް ބިނާކޮށް އިޝްރާގެ ފޮރުވިފައިވަ ތަފާތު އެތައް ކުލައެއް ވާނެކަން އައިހަމް ދެނެގަތެވެ. ނަމަވެސް ޒިދާންއާއިހުރެ އޭނާގެ ގާތުގައި ތިބި ދެ އަންހެންކުދިންނަށް ސަމާލުވުމަކީ މުހިންމުކަމެއްކަން ވިސްނާ އައިހަމް މިވަގުތު އޭނާގެ ވިސްނުން އެހެންކަންކަމުން އެއްކިބާ ކޮށްލާ މާހައުލުގައި ހިނގަމުންދާ ކަންކަމަށް ސަމާލުވެލިއެވެ.

“ދެން ކަލެއަށް ކޮން ޙައްޤެއް އޮތީ އޭނާގެ ދިފާޢުގައި ވާހަކަދެއްކުމުގެ؟ މާ ހިތްމޮޅުވެގެން ނޫޅެއްޗޭ އިނގޭ މަންޖޭ!” ޒިދާން ހިތްފުރޭވަރަށް އެއްޗެހި ކިޔާނުލެވުމުން އޭނާ ހުރިހާ ރުޅިއެއް އައީ އިޝްރާ ދެކެއެވެ. ޙަޤީޤަތުގައި އޭނާ ވަނީ ލުބްނާގެ ލޯތްބަށް ފެންބޮވައިގަނެފައެވެ. ނަމަވެސް ލުބްނާ ފާޅުގައި އޭނާއާއި ގުޅެން އިންކާރުކުރުމުން ލުބްނާ އެހެން ފިރިހެން ކުއްޖަކާއި ދިމާއަށް އޭނާގެ ލޮލުގެ ހިމަކޮޅުން ބަލައިލިއަސް ޒިދާން ހުންނަނީ ކެކިއުތުރި އަރައަރައެވެ.

ރައްޓެހިންނޭ ކިޔާފައި ތިބެނީ ކަމަކު ނޫނޭ! ކޮންމެފަދަ ކަމެއް ދިމާވިޔަކަސް އެހީ ފޯރުކޮށްދީ އެކމުން އަރައިގަނެވޭނެ މަގެއް ފަހިކޮށްދޭން. އެހެންނޫނީ ރައްޓެއްސެކޭ ކިޔާފައި ހުރުމުގެ އެއްވެސް ބޭނުމެއްނެތް!” ސާބިތުކަމާއެކު އިޝްރާ އެހެން ބުނެލިއިރު އޭނަގެ މޫނުމަތީގައި ފަނޑުނުވާ ހިނިތުންވުމެއް ދުވެލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ މޫނުމަތީގައިވާ ހިނިތުންވުން ފިލާ ދިޔައީ ހަމަ ކުއްލިއަކަށެވެ.

“ކަލޭ…..” ވާހަކައިގެ ތެރެއިން އިޝްރާގެ ގައިގައި ޖަހަން ޒިދާންް މަޅާލި އަތާއެކު އޭނާގެ ވަހަކަ ހުއްޓިގެންދިޔައީ ހަމަ ކުއްލިއަކަށެވެ. ހަމަ އެވަގުތު އިޝްރާއާއި ލުބްނާއަށް ދެލޯމަރާލަމުން އަނެއްފަރާތަށް އެނބުރުނެވެ. ނަމަވެސް މިނެޓެއްހާއިރު ވެގެންދިޔައިރުވެސް އޭނާގެ  ގަޔަށް އެއްވެސް ހަމަލާއެއް ނޭރުމުންއިޝްރާ ދެލޯ ހުޅުވާލަާ މަޑުމުޑުން އަނެއް ފަރާތަށް އެނބުރުނު ވަގުތު ފެނެނު މަންޒަރުން އަނގަމަތީ އަތްއަޅާލެވުނެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ishaaa

Level 210 Stories

Never loose hope. Dream high and think outside the box. Look for ways you can achieve your targets and dreams. When there is a will, there is a way. Where there is life, there is hope. So dream high and think creatively till the last breath of your life as you will lways have a chance to achieve them. You'll never know what you can do, unless you give a try. So go and try what you want. There will always be some haters being hateful. Ignore them and hold on to what will help you shine bright. Trust yourself forever and keep shining brightly. -Ishaaa-

Other Articles

Previous

ބުނެދެންހޭ… 5

Next

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…….! (1 ވަނަ ބައި)

Next
January 16, 2019

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…….! (1 ވަނަ ބައި)

Previews
January 15, 2019

ބުނެދެންހޭ… 5

3 Comments!

  1. T says:
    January 18, 2019 at 5:07 pm

    Where is the next part

  2. Angel says:
    January 18, 2019 at 6:01 pm

    Part 2 koba

  3. Ishaaa says:
    January 18, 2019 at 8:33 pm

    Ishaa enme furathama 3 part up kuran fonuvi iru adhii emeehun trailerves up nukuey. But still Ishaa liye nimifai ineemai fonuvee. Ishaa fonuveeves oder in but emeehun up kuri iru inee enme furathama 2 vana part, then trailer, then 3 vana part, then furathama part upkoffa. 2 vana part innaane 2nd page ga Angel. And 4 vana part upkuran fonuvaafai mihaaru innaanee T.

Comments are closed.

Next Episodeރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…….! (1 ވަނަ ބައި)←


All Right Reserved!