Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވިންދޭ ލޯބި ތީ އެދޭ 19

ifoo Level 910 Stories100 Comments100 Login500 Login500 Comments100 Stories1K Comments
January 17, 2019 8 Mins Read
26 Comments

މަޑުމަޑުން ތިރިއަށް ފޭބިއިރު ސިޓިންރޫމުގައިވެސް އެއްވެސް މީހެެއްގެ ހިލަމެއް ނުވެއެވެ. އެހެންކަމުން އެންމެންވެސް އެބައެއްގެ ކޮޓަރިއަށް ވަދެ ނިދީކަން ޔަގީންވުމުން މިންހާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އާދައިގެ ހިނގުމެއްގައި ގޮސް މިންހާ ވަނީ ކާކޮޓަރިއަށެވެ. ކާކޮޓަރީގެ ލައިޓް ޖައްސާލުމަށްފަހު ތަށިތައް ބަހައްޓާފަ ހުރި ތަނުން ވަށް ބިއްލޫރި ކުޑަ ތައްޓަކާއި ސަމްސަލެއް ނަގައި ރީތިކޮށް ދޮވެލުމަށްފަހު ކާމޭޒު މަތީގައި ބޭންދިއެވެ. އެއަށްފަހު ފްރިޖުގެ ގާތަށް ޖެހިލާ އޭގެ ދޮރު ހުޅުވާލުމަށްފަހު ޗޮކްލެޓް އައިސްކްރީމް ބޮޑު ތައްޓެއް ނެގިއެވެ. މިންހާ އޭނަ ދޮވުނު ތައްޓަށް ފުރެންދެން އައިސްކްރީމް އެޅުމަށްފަހު އަނބުރާ އައިސްކްރީމް ބޮޑު ތަށި ފްރިޖަށް ލިއެވެ. އެއަށްފަހު ކާމޭޒު ކައިރިން ގޮނޑިއެއް ދުރުކޮށްލުމަށްފަހު އިށީންދެ ވަރަށް މީރުކޮށް އަވަސް އަވަހަށް އައިސްކްރީމް ކާން ފެށިއެވެ. އައިސްކްރީމް ކަމުން ދިޔައިރު ހުއްޓުމެއްނެތި މިންހާގެ ލޮލުން ތާޒާ ކަރުނަތައް ފައިބަމުން ދިޔައެވެ. މިހާރުވެސް މިންހާގެ ހިތާއި ސިކުނޑީގައި ވަނީ އަލޫފްގެ ޚިޔާލުތަކެވެ. މިންހާ އަކީ އަބަދުވެސް ދެރަވާފަދަ ނުވަތަ ހާސްވެ ކަންބޮޑުވާފަދަ ކަމެއް ދިމާވެއްޖެނަމަ އައިސްކްރީމް ޗޮކްލެޓް ނުވަތަ ކޭކް ފަދަ ފޮނި އެއްޗެހި ކެއުމަށް ލޯބިކުރާ ކުއްޖެކެވެ. އެކަމުން އޭނަގެ ހިތަމާތަކާއި ހާސްކަމުން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ދުރުވެވޭ ފަދަ އިހުސާސެއް ކުރެވެއެވެ. ނުވަތަ ހިތުގައިވި ޝަކުވާތައް ބޭރުކޮށްލެވުމުން ލިބޭފަދަ ހިތްހަމަޖެހުމެއް އިހުސާސްކުރެވެއެވެ. އެހެންކަމުން އަބަދުވެސް ހުސްނުކޮށް އައިސްކްރީމް ފަދަ ފޮނި އެއްޗެއް އެގޭގައި ބަހައްޓައެވެ. މިންހާ އަބަދުވެސް އެފަދަ އެއްޗެހި ކެއުމަށް ލޯބިކުރެއެވެ.

ފުރަތަމަ އެޅި އައިސްކްރީމް ތަށި ހުސްކޮށްލުމަށްފަހު ލޮލުން އައިސްފައިވި ކަރުނަތައް ފޮހެލަމުން މިންހާ އަނެއްކާވެސް ތެދުވެ ދެވަނަ ފަހަރަށް އައިސްކްރީމް ތައްޓަށް އެޅިއެވެ. ކުރީ ފަހަރެކޭ އެއްގޮތަށް އަވަސް އަވަހަށް އެތަށިވެސް ހުސްކުރިއެވެ. ހިތްފުރޭ ވަރަށް ކެވުމުން ތަށްޓާއި ސަމްސާ ދޮވެލުމަށްފަހު އެއެއްޗެހި ހިއްކަން ބަންޑުން ބޭއްވުމަށްފަހު މަޑު ހިނގުމެއްގައި ކާގެއިން ނިކުމެ އޭނަގެ ކޮޓަރިއަށް ގޮސް ވަނެވެ. ކޮޓަރިއަށް ގޮސްވެސް ލޮލުގައި ނިދީގެ އަސަރުމުވުމާއެކު ނިދަން އޮށޯންނަ ހިތް ނުވުމުން މިންހާ ނިކުތީ ބެލްކަންޏަށެވެ. އޭރު ގަޑިން ބާރަ ޖަހާ ބޮޑުވެއްޖެއެވެ. އެދަންވަރުގައިވެސް އެއްވެސް ބިރުވެރިކަމެއްނެތި މިންހާ ބެލްކަންޏަށް ނިކުންއިރު އެއްވެސް ދިމާލަކުން އެއްވެސް އެއްޗެއް މީހެއްގެ ހިލަމެއްވެސް އަދި ދުއްވާ އެއްޗެއްގެ ހިލަމެެއްވެސް ނުވެއެވެ. ރެއިލިންގައި އަތުން ހިފަހައްޓާއިލައިގެން ހުރިއިރު އޭނަގެ ނަޒަރު ސީދާވެފައި ވަނީ އެންމެ ތަރިއެއްގެ ހިލަމެއްވެސް ނުވާ ފުސްކޮށް އޮތް އުޑާއި ދިމާލަށެވެ. ހިނދެއް ހިނދަކަށް ބާރުވަމުން ދިޔަ ވައިރޯޅިތަކުން މޫސުން ގޯސްވަނީކަން އިނގުނު ނަމަވެސް އެތެރެއަށް ވަންނަ ޚިޔާލެއް މިންހާ ނުކުރިއެވެ. އުޑަށް ނަޒަރު ހުއްޓާލައިގެން ހުރި މިންހާ އޭނަގެ ނަޒަރު ތިރިކޮށްލުމާއެކު ރޮނގެއްހެން ލޮލަށް ޖަމާވެފައިވި ކަރުނަތައް ފައިބައިގަތެވެ. އެކަރުނަތައް ކިތަންމެ ވަރަކަށް ހިފަހައްޓަން ބޭނުންވި ނަމަވެސް އެކަން އޭނައަށް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ހިތުގައި ވަނީ އެތައް ޝަކުވާއެއް އުފެދިފައެވެ. ކުރިން އަލޫފްގެ ލޮއެބާ އަޅާލުމުން ފުރިފައިވި ހިތް މިއަދު ވަނީ އަލޫފްގެ ބޭފަވާތެރިކަމުން ލިބުނު ހިތާމަތަކުން އެހިތް ފުނޑުފުނޑުވެފައެވެ. އިންތިހާއަށް ލޯބިވި ބައިވެރިޔާ އޭނައަށް ސިއްރުން އެހެން އަންހެން ކުއްޖަކާ ގުޅުން ބާއްވަމުން ދިޔަކަން އިނގުމާއެކެ މިންހާގެ ހިތް އަލުން އާބާދުނުކުރެވޭނެ ފަދައިން ހަލާކުވެގެން ދިޔައެވެ.

އިސްޖަހައިގެން ހުރިއިރު ހުއްޓުމެއްނެތި އޭރުވެސް އެރީތި ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. އޭރު ދެލޯ ވަނީ ރޮއެރޮއެ ރަތްވެގެން ގޮސް ދުޅަވެސް ވެފައެވެ. ކިތަންމެ ވަރަކަށް ކަރުނަ އެޅި ނަމަވެސް ހިތުގައިވި ރިހުމަކަށް ކުޑަ ނަމަވެސް ބަދަލެއް ނާދެއެވެ. މާގިނަ އިރެއްނުވެ ވާރޭގެ ކަނިތައް އަމާޒުވާން ފެށިއެވެ. ތުނިކޮށް ވެހެން ފެށި ވާރޭ ބޯކޮށްލިއިރުވެސް މިންހާ ގުޑާވެސް ނުލާ އެތަނުގަައި ހުއްޓެވެ. ވާރޭގެ ބޮޑު ތިކިތަކުން މިންހާ ތެމެމުން ދިޔުމުގެ ސަބަބުން ހެދުންވެސް ވަނީ ގައިގައި ތަތްލަވާފައެވެ. ލޮލޮން އޮހޮރެމުން ދިޔަ ކަރުނަތައް ވާރޭގެ ފެން ތިކިތަކުން ފަރުދާވަމުން ދާއިރު މިހާރު މިންހާގެ މަޑު ގިސްލުމުގެ އަޑުވެސް ދިޔައީ އެވާރޭގެ އަޑާއި އެކުވަމުންއެވެ. އިތުރަށް ކެތްކުރާނެހާާ ހިތްވަރު ނެތުމާއެކު މިންހާއަށް ރޮމުން ރޮމުން ތިރިވެވުނެވެ. އޭނަގެ ހިތަށް މިއަދު ވަރަށް އަސަރުކޮށްފިއެވެ. އަދިވެސް އޭނާ އަލޫފް އާ ކުރަން ބޭނުންވާ އެތަކެއް ޝަކުވާއެއް ވެއެވެ. ” ވައި އަލޫފް… ވައި… ވައި ޑިޑް ޔޫ… ޑޫ ދިސް… ޓު މީ… ވައި… އަހަރެން ހާދަ އިތުބާރެއް ކުރީމޭ… ހާދަ ލޯބިވީމޭ… ދެން… ކީއްވެ އަލޫފް… ކީއްވެ… ” ރޮމުން ރޮމުން މިންހާ އޭނަގެ ހިތުގައިވި ޝަކުވާތައް ބޭރުކުރަމުން ދިޔައެވެ. ” އެންމެ ކުރިންސުރެވެސް… އަހަރެން… ލޯބިވަނީ އަލޫފްދެކެ… އަލޫފްގެ… ކުޑަ ނަމަވެސް… އިޝާރާތެއް ލިބޭތޯ… އަހަރެން… ހާދަ އިންތިޒާރެއް ކުރީމޭ… ދުވަސްތަކަކަށްފަހު… އަލޫފްގެ ފަރާތުންވެސް… އަހަރެންދެކެ ގަޔާވާކަމުގެ އިޝާރާތްތައް… ފެންނަން ފެށުމުން… މިހިތް އުފަލުން ފޮޅުނު… އެއަށްފަހު… އަލޫފް އަހަރެންދެކެ… ލޯބިވާކަން ހާމަކުރުމުން… އަހަރެންނަށް ހީވި… ދުނިޔޭގެ ހުރިހާ އުފަލެެއް އަހަރެންނަށް… ލިބުނިއްޔޭ… އަލޫފް އަކީ… ތާއަބަދަށްވެސް އަހަރެންގެ… މީހެއްގެ ގޮތުގަ އަހަންނަށް ޔަގީންކުރެވުނު… އެކަމަކު… އެކަމަކު އެހެނެއް ނުވި… އަހަރެންނަށް ނޭނގި… އަލޫފް ދިޔައީ އެހެން… އެހެން ކުއްޖަކާއެކު ގުޅުން ކުރިއަށް ގެންދަމުން… އަލޫފް… އަހަރެންނަށް އޮޅުވާލީ… ބޭވަފާތެރިވީ… އެކުގަައި ވާނަމޭ ބުނެ ވީ އަހުދާ ވައުދުތައް… އުވާލީ… އެންމެ… އެންމެ ފަހަރަކުވެސް އަހަރެންނާ މެދު… ވިސްނާނުލާ… މިހިތަށް ކުރާނެ އަސަރަކަށް ބެލުމެއްނެތި… މިދެލޮލުން އޮހޮރޭނެ ކަރުނައަކަށް ފަރުވާލެެއްނެތި… އަލޫފް އަހަރެންގެ ހިތް ކުދިކުދި ކޮށްލީ… ވައި… އަލޫފް ވައި… ” އަދިވެސް އެވާރޭގެ ތެރޭގައި އިނދެ މިންހާ އޭނަގެ ޝަކުވާތައް ބޭރުކުރަމުން ދިޔައީ އަޑު އަހާނޭ އެއްވެސް މީހަކު ނެތްކަން އެނގިހުުރެއެވެ. އެތައް އިރަކު އެ ދަންވަރު ވެހެމުން ދިޔަ ވާރޭގެ ތެރޭގައި މިންހާ އިނެވެ. ދެއަތް މެއާއި ދިމާލުން ހުރަސްކޮށްލާފައިވާއިރު ފިޔާތޮށި ކުލަ އަރާ ތުނި ތުންފަތުގައިވެސް މަޑު ތުރުތުރެއް ވެއެވެ. ހީކަރުވައިގަނެގެން ގޮސް ދަތްދޮޅިވެސް ދިޔައީ ތުރުތުރު ލަމުންނެވެ.

އެތައް އިރަކު އެގޮތުގައި ހޭދަކުރުމަށްފަހު މިންހާ އިންތަނުން ތެދުވެ މަޑު ހިނގުމެއްގައި ގޮސް ކޮޓަރިތެރެއަށް ވަދެ ބެލްކަނީގެ ދޮރު ދަމާާލާ ދޮރު ފޮތިތައްވެސް އެތެރެ ނުފެންނާނޭހެން ދަމާލިއެވެ. އޭރުވެސް ހުއްޓުމެއްނެތި ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ތުވާލި ހަރުގައި އިން ދަނބު ކުލައިގެ ތުވާލި ހިފައިގެން ފާޚާނާއަށް ވަދެ ތެތް އެއްޗިހި ބަދަލުކުރިއެވެ. އެހާ ގިނައިން އައިސްކްރީމް ކެއުމަށްފަހު ވާރޭގައިވެސް އެހާ ގިނަ ވަގުތު ހޭދަކުރުމުން އޭނާ ދިޔައީ ތުރުތުރުލަމުންނެވެ. އެތެރެ ހަށި އެއްކޮށްހެންވެސް ވަނީ ފިނިވެފައެވެ. ކަރުތެރޭގައިވެސް ރިހުމެއް އުފެދިފައި ވާހެން ހީވެއެވެ. ގިނަ އިރު ނުނިދާ ރުއިމުގެ ސަބަބުން ބޮލުގަ އާއި އަދި ލޮލުގައިވެސް ދިޔައީ ރިއްސަމުންނެވެ. ފިނިކަން މާބޮޑަށް އިހުސާސްކުރެވެމުން ދިޔުމުން އަތްކުރު ޓޮޕެއްގެ ބަދަލުގައި މިންހާ ލީ ގަޔަށް ދޫ އަތް ދިގު ޓީޝާޓެކެވެ. އެނދުގައި އޮށޯވެ ބްލޭންކެޓް އަޅާ ހަށިގަނޑު އެއްކޮށް ފޮރުވާލަމުން މިންހާ ލޯ މަރާލީ ނިދާލެވޭތޯއެވެ. އޭރު ގަޑިން ދޭއްޖަހާ ބޮޑުވެއްޖެއެވެ. ހަށިގަނޑަށް ވެެރިވެފައިވި ވަރުބަލި ކަމާއެކު މިފަހަރު ދާދި އަވަހަށް މިންހާއަށް ނިދިއްޖެއެވެ.

ލޮލަށް ނިދި ނައިސްގެން އިއާންވެސް ބެލްކަނީގައި ވެހެމުންދިޔަ ވާރޭގެ ތެރޭގައި ހުއްޓެވެ. ހަމައެކަނި ސޯޓެއް ލައިފައިވާއިރު އޭނަގެ ދެއަތް ވަނީ ސޯޓުގެ ދެ ޖީބަށް ޖަހާލެވިފައެވެ. ވާރޭގެ ފެންތިކިތައް މިންވަންކަމާއެކު އިއާންގެ ފިރިހެންވަންތަ ހަށިގަނޑުގައި ބޮސްދެމުން ދިޔައެވެ. މިންހާގެ ހާލެެއް ނޭނގޭތީ އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބެނީއެވެ. ލޯ މަރާލާއިރަށް ސިފަވެގެން ދަނީ ކަރުނުން ފުރިފައިވި މިންހާގެ ދެލޮލެވެ. މިންހާގެ ހިތަށް ހާދަ އަސަރުކުރާނެއެވެ. އަލޫފް މިންހާ އާއިމެދު ކަންތައް ކުރި ގޮތުން އިއާންގެ ހިތުގަައި އަލޫފްއަށްޓަކައި ނަފްރަތުގެ ހުޅު ރޯވަމުން ދިޔައެވެ. އެމީހަކު ހިތާއި ފުރާނައިން ލޯބިވާ ފަރާތް ކަރުނަ އަޅާ ރޮމުންދާ މަންޒަރު ބަލަން އެމީހެއްގެ ހިތަށް ކުޅަދާނަވާނެ ހެެއްޔެވެ؟ މިންހާގެ ލޮލުން އޮހޮރުނު ކޮންމެ ކަރުނަތިއްކެއްގެ ޒިންމާ ނަގަންޖެހޭނީ އަލޫފްއެވެ. އެއީ އެކަރުނަތަކުގެ ސަބަބަކަށް ވަނީ އަލޫފްކަމުގަ ވާތީއެވެ. އަލޫފްގެ ބޭވަފާތެރިކަމުގެ ސަބަބުން މިންހާގެ ހިތަށް ވަނީ އެތައް އަނިޔާއެއް ދީފައެވެ. އިއާން އޭނައަށް ވެގެންވާނަމަ މިންހާގެ ލޮލުން އެންމެ ކަރުނަތިއްކެެއްވެސް ވެއްޓުނަކަ ނުދިނީހެވެ. އަބަދުވެސް އެމޫނު މަތީގައި އުފާވެރިކަން ދެމެހެެއްޓީހެވެ. އެރީތި ތުންފަތުން ހިނިތުންވުން ފިލާނެފަދަ އެއްވެސް ކަމެއް ނުކުރީހެވެ. އެނާޒުކު ހިތުގައި މަޑު ކޫރުމެއް ނަމަވެސް އެޅޭނަފަދަ ކަމެއް ކުރަން ހިތަށްވެސް ނޭރުވީހެވެ. އެހާވެސް އިއާން މިންހާދެކެ ލޯބިވެއެވެ. އެހެނަސް ކުރާނީ ކީއް ހެއްޔެވެ؟ ތަގުދީރުގެ ރޭވުން ނިކަން ދެކިބަލާށެވެ. ފުރާނަ ފަދައިން ލޯބިވީ ނަމަވެސް މިޖެހެނީ އެލޮއެބާ އެތައް ހާސް ދުރުމިނެއްގައި ހުންނާށެވެ. އިންތިހާއަށް ލޯބިވި ނަމަވެސް މިންހާއަށް އޭނަގެ ލޯބި ހާމަކުރުމަކަށް ހާލަތު ތަނެެއް ނުދެއެވެ. ކެތްކުރުން ނޫން އިތުރު ގޮތެއް ނެތެވެ. އެތައް އިރަކު ދެލޯ މަރާލައިގެން ވެހެމުން ދިޔަ ވާރޭގެ ތެރޭގައި އިއާން ހުއްޓެވެ. ހީކަރުވާ ފިނީގެ އަސަރުކުރަން ފެށުމާއެކު އިތުރަށް އެތަނުގައި ނުހުރެވުމުން އިއާންވެސް ތެތް އެއްޗެހި ބަދަލުކޮށްލައިގެން އައިސް ނިދަން އޮށޯތެވެ.

ފަތިސް ނަމާދަށްފަހު ސައި ތައްޔާރުކުރުމުގައި ނާހިދާގެ އިތުރުން މައިޝާ ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. ” މަންމާާ… މިންނު މިއަދު ހާދަ ލަސްވެއްޖޭ ދޯ… ” ހައެއް ޖަހާ ބޮޑުވިއިރުވެސް މިންހާ ނައުމުން މައިޝާއަށް ބުނެލެވުނެވެ. ” އާނ… މަންމަވެސް އެހެން މި ހިތަށް އަރަނީ… މިއަދު މިންނު ހާދަ ލަސްވެއްޖެ އޭ… އެހެންޏާާ ކޮންމެ ދުވަހަކުވެސް މިހާ އިރު ނުވަނީސް ބަދިގެއަށް އާދޭ ދޯ… މިއަދު ނާދޭ އަދިވެސް… ނުހޭލެވުނީބާ އަނެއްކާާ… މިންނު ނުގޮވިޔަސް އަމިއްލައަށް ތެދުވާތީ މަންމަ މިހާރު ބަލާނުލަނީ ބައެއް ދުވަސް ދުވަހު… އަންނާނަން އަޅެ ބަލައިލާފަ… ” އެންމެ ފަހު ރޮށި ދަމާ ނިންމާލަމުން އެހެން ބުނެ އަތް ދޮވެލައިގެން ނާހިދާ ސިޓިން މައްޗަށް އަރަން ފެށިއެވެ. ”ދަރިފުޅާ… މިންނު… މިންހާާ… ” ދެތިން ފަހަރު ދޮރުގައި ޓަކިޖަހަމުން ގޮވާލިއިރުވެސް ކޮޓަރީގެ ތެރެއިން އެއްވެސް ހިލަމެެއް ނުވިއެވެ. ” ދަރިފުޅާ މިންހާ… ދޮރު ހުޅުވާބަލަ… ނިދަނީތަ… މިންނޫ…” ތަކުރާރުކޮށް ދޮރުގައި ޓަކި ޖަހަމުން ގޮވުމުންވެސް މިންހާގެ ޚަބަރެއް ނުވުމުން ނާހިދާގެ ހިތް ނުތަނަވަސްވިއެވެ. އެވަގުތު މައިޝާވެސް ރޮށި ފިހެ ނިންމާލުމަށްފަހު އައިސް ނާހިދާގެ ގާތުގައި ހުއްޓުނެވެ. ”މަންމާ… މިންނު އަދިވެސް ދޮރު ހުޅުވަނީތަ… ” މައިޝާ ބުނެލިއެވެ. ” އާނ ދަރިފުޅާ… އަދިވެސް ނުހުޅުވާ… މަންމަ ވަރަށް ގޮވައިފިން… އަންނާނަން މަންމަ ކޮޓަރީގަ އޮތް ތަޅުދަނޑި ހިފައިގެން ދޮރު ހުޅުވަން… ” ހާސްވެފައިހުރެ އެހެން ބުނުމަށްފަހު ނާހިދާ އަވަހަށް އޭނަގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ. އެހާވަރަށް ގޮވިއިރުވެސް މިންހާ ދޮރު ނުހުޅުވުމުން ދެމީހުންވެސް ތިބީ ހިތް ނުތަނަވަސްވެފައެވެ. މީގެ ކުރިން އެހާާ ވަރަށް ގޮވާއިރު މިންހާ ނުހޭލައެއް ނުހުރެއެވެ. އަވަސް އަވަހަށް ތަޅުދަނޑި ހިފައިގެން އައިސް ނާހިދާ މިންހާގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވާލުމާއެކު އެނދުގައި ނިދާފައި އޮތް މިންހާ ފެނި ދެމީހުންވެސް އަވަހަށް އެނދާއި ދިމާލަށް މިސްރާބުޖެހިއެވެ. އެނދާއި ކައިރިވީ ވަރަކަށް މަޑުމަޑުން ލަސްލަހުން މިންހާ ކޮންމެވެސް އެއްޗެކޭ ކިޔަމުން ދިޔަކަން ދެމީހުނަށްވެސް އިނގުނެވެ. އެހެނަސް ދެމީހުންކުރެ އެކަކަށްވެސް މިންހާ ކިޔާ އެއްޗެއް ސާފެއްނުވެއެވެ.

” ދަރިފުޅާ… ” ލޮއެބާއެކު އެހެން ބުނެ މިންހާގެ ނިއްކުރި މަތީގައި ފިރުމާލަން އަތްލި ނާހިދާ ސިހިފައި އޭނަގެ އަތް ދަމައިގަތީ އަތަށްވީ ހޫނުންނެވެ. މައިޝާއަށްވެސް ސިހިފައި ނާހިދާއަށް ބަލައިލެވުނެވެ. ” ދަރިފުޅާ… ތިއޮތީ ހުމާ ފިހިފިހިއެއްނު… ދަރިފުޅާ މައިޝާ ދޭ އަވަހަށް ފެން ތައްޓަކާއި ކުޑަ ރުމާކޮޅެއް ގެނެސްދެން މަންމައަށް… ” އެނދުގެ މަގަތުގައި އިށީންދެ މިންހާގެ ބޮލުގަައި ފިރުމާލަމުން ނާހިދާ އެހެން ބުނެލީ ކަންބޮޑުވެފައި އިނދެއެވެ. އެވަގުތު މައިޝާ ބޯ ޖަހާލަމުން އަވަހަށް ކޮޓަރިން ނިކުތެވެ. ނާހިދާ ދެތިން ފަހަރަކު މިންހާގެ ކޮލުގައި މަޑުމަޑުން ޖަހާލަމުން ގޮވާލުމާއެކު މިންހާ ކުޑަކުޑަކޮށް ދެލޯ ހުޅުވާލިއެވެ. ” މަން… މާ… ” އެވަގުތު މަޑުމަޑުން ކެނޑިކެނޑިގެން ނަމަވެސް މިންހާއަށް ބުނެލެވުނީ އެހެނެވެ. އެއާއެކު އަނެއްކާވެސް ދެލޯ މެރިގެން ދިޔައެވެ. މައިޝާ ނުހަނު އަވަހަށް ފެން އަޅާފައިހުރި ބިއްލޫރި ބޯ ތައްޓަކާއި ހުދު ކުލައިގެ ރުމާލެއް ހިފަައިގެން ކޮޓަރިއަށް އައެވެ.  މައިޝާ އައިސް އެއެއްޗެހި ނާހިދާއަށް ދިއްކޮށްލުމުން ނާހިދާ އެއެއްޗެހީގައި ހިފާ ސައިޑް ކަބަޑު މަތީގައި ބެހެއްޓިއެވެ. އަދި ހުދު ކުލައިގެ ރުމާ ބޯ ތައްޓަށްލާ ތެންމާލަމުން މިންހާގެ ކަރު ދަށުގަ އާއި މޫނުގައި ފެން ހާކަން ފެށިއެވެ. ދެފަހަރަކު ތަކުރާރުކޮށްލުމަށްފަހު ތެތް ރުމާ މިންހާގެ ނިއްކުރިމަތީގައި ބޭއްވިއެވެ. ” ދަރިފުޅާ.. މިންނުއަށް ޖޫސްތައްޓަކާ ދެތިން ޓޯސްޓް ތައްޔާރުކޮށްލަންވީނު… އެއްޗެއް ކާންދީފައެއްނު ބޭސްވެސް ދޭން ވާނީ… މިގަޑީގަ މިހާލުގަ ރޮއްޓެއް ނުކެވޭނެހެން މަންމައަށް ހީވަނީ… ” ނާހިދާ އެހެން ބުނުމާއެކު މިތައްޔާރުކޮށްލަނީ ކަމުގައި ބުނެ މައިޝާ ކޮޓަރިން ނިކުމެ އަވަހަށް އެމަސައްކަތައިގެން އުޅެން ފެށިއެވެ. މައިޝާ ބަދިގެއަށް ގޮސް މިންހާއަށް އެންމެ މީރުވާނޭހެން ކެރެޓާއި ކެބެޖު އަދި ޓޮމާޓޯ ބޭނުންކޮށްގެން މަސްގަނޑު ތައްޔާރުކޮށް ޓޯސްޓް ހަދާ ނިންމާލިއެވެ. އަދި ފްރިޖުން މިކްސް ފުރުޓު ޖޫސް ޕެކެޓު ނަގައި ތައްޓަކަށް ޖޫސް އެޅުމަށްފަހު ޓްރޭއަކަށް އޭނާ ތައްޔާރު ކުރި ހަތަރު ޓޯސްޓް ލައިފައިވި ތައްޓާއި ޖޫސް ތަށީގެ އިތުރުން ފެން ތައްޓެއް ލައިގެން މިންހާގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ.

” މައި… ކާކަށް ބްރެކްފާސްޓް ރެޑީކޮށްގެން… ” އަޝްރަފާއިއެކު ގެއަށް ވަދެގެން އައި މާހިލް ހިނިތުންވުމަކާއެކު އަހާލިއެވެ. މީ މިންނުއަށް… މިންނު ނައިސްގެން ބެލިއިރު ވަރަށް ގަދައަށް ހުން އައިސްފަ އޮތީ… އެހެންވެ މިދަނީ… ” މައިޝާ އެހެން ބުނުމާއެކު އަޝްރަފާއި މާހިލަށް އެއްފަހަރާ އެހެންހޭ ބުނެލެވުނެވެ. މައިޝާ ބޯ ޖަހާލުމަށްފަހު ސިޑިން މައްޗަށް އަރަން ފެށުމުން އެދެމީހުންވެސް މައިޝާގެ ފަހަތުން ދިޔައެވެ. ކޮޓަރީގެ ދޮރާއި އަރާ ހަމަވިއިރު ދޮރު ކުޑަކޮށް ހުޅުވާފައި ހުރުމާއެކު ތިން މީހުންވެސް ޓަކި ޖެހުމެއްނެތި އެތެރެއަށް ވަނެވެ. އޭރުވެސް ނާހިދާ އެނދުގެ އެއްފަރާތުގަައި އިށީންދެގެން އިންއިރު މިންހާ އެދުނގައި އޮށޯވެލައިގެން އޮތެވެ. އޭނަގެ މޫނު މަތިން ވަރުބަލިކަން ފެންނަމުން ދިޔައިރު މިހާރު މިންހާ ވަނީ އޭނަގެ މަންމަގެ އެހީތެރިކަމާއެކު މޫނު ދޮވެލައި އެއްޗެހިވެސް ބަދަލުކޮށްފައެވެ. އެމީހުން އައުމާއެކު މިންހާ އެނދުން ތެދުވެ އެނދުގެ ހެޑް ބޯޑުގައި ލެނގިލައިގެން އިނެވެ. ގިނަ އިރު ތަކެއް ވަންދެން ގައިގައި ފެން ހޭކުމުގެ ސަބަބުން ކުރިއަށްވުރެ ރަނގަޅެވެ. ” ދަރިފުޅާ… ހުންއައީތަ… މިހާރު ކިހިނެއް… ” އަޝްރަފް އައިސް މިންހާގެ ނިއްކުރީގައި އަތް ޖައްސާލަމުން އެހެން ބުނެލުމާއެކު މިންހާ ކުޑަކޮށް ރަނގަޅު ކަމުގައި ބުނެލިއެވެ. ” މިންނު… ޑޮކްޓަރަށް ދައްކަން ވާނެއެއްނު… މިންހާގެ ގާތު އައިސް އިށީންދެ މާހިލް އެހެން ބުނެލުމާއެކު މިންހާއަށް ކުޑަކޮށް ހެވުނެވެ. ” ސާބަސް ދޮންބެއަށް… ޑޮކްޓަރަށް ދައްކަން ދާހާ ބައްޔެއް ނޫނޭ… ބޭސް ކެއީމަ ރަނގަޅުވާނެ… ” މާހިލްއަށް ބަލަހައްޓާއިގެން އިނދެ މިންހާ ބުނެލިއެވެ. ” އެހެންވީއިރު މިއެއްޗެހި އަވަހަށް ހުސްކޮށްލާ… ދެން ބޭސް ކާނީ… ” މައިޝާ މިންހާގެ ކުރިމައްޗަށް ވާގޮތަށް އިށީންދެ އޭނަގެ އަތުގައި ހުރި ތަށި މިންހާއަށް ދިއްކޮށްލަމުން ބުނެލިއެވެ. ”ޔޫ ހޭވް ޓު އީޓް އިޓް ކޮމްޕްލީޓްލީ… ” މާހިލް މިންހާއަށް ބަލައިލަމުން އެހެން ބުނެލުމާއެކު މިންހާކޑަ ކުއްޖެއް ފަދައިން ތުންކޮޅު އޫކޮށްލިއެވެ. އެވަގުުތު އަޝަރަފްވެސް އެކަމަށް ތާއީދުކޮށް ކޮޓަރިން ނިކުތީ އޭނައަށް މުހިއްމު ފޯނު ކޯލެެއް އައުމުންނެވެ. އިތުރު ގޮތެއް ނެތުމާއެކު މިންހާާ ކާާން ފެށިއެވެ. މައިޝާ ގެނައި ހަތަރު ޓޯސްޓްގެ ތެރެއިން ތިން ޓޯސްޓް ކާލާ ޖޫސް ތަށި ބޯލިއެވެ. އެއަށްފަހު ފެނުގެ އެހީގައި އޭނަގެ މަންްމަ ދިން ޕެނަޑޯލް ގުޅަަ ދިރުވާލިއެވެ. ” ދެން ބަސްއަހައިގެން ކެއިމަ ދޮންބެ ކާލަދީފާނަން ބާކީ ޓޯސްޓް… ” މިހެން ބުނެ މާހިލް ޓޯސްޓް ކާން ފެށުމުން އެންމެނަށްވެސް މަޑުމަޑުން ހެވުނެވެ. ”ދެން ދަރިފުޅު އަރާމުކޮށްލާ އިނގޭ… ” މިންހާގެ ބޮލުގައި ފިރުމާލުމަށްފަހު ނާހިދާ އެހެން ބުނުމާއެކު މައިޝާ އާއި މާހިލްވެސް އެނދުން ތެދުވެ މިންހާގެ ގާތު އަރާމުކުރުމަށް ބުނެލިއެވެ. އެންމެން ކޮޓަރިން ނިކުމެ ދޮރު ޖެހުމާއެކު މިންހާ ތިނެސްކަން ބުރުގާ ބާލާ ސައިޑް ކަބަޑު މަތީގައި ބޭއްވުމަށްފަހު އޮށޯވެލިއެވެ. ހަށިގަނޑަށް ވެރިވެފައިވި ވަރުބަލިކަމުން ދާދި އަވަހަށް މިންހާއަށް ނިދިއްޖެއެވެ.

އޭރު ނިދި ގޮތަށް މިންހާއަށް ހޭލެވުނީ ބާރަ ޖަހަން ގާތްވެފައ ވަނިކޮށެވެ. ހޭލުއިރު ކުރިއަށްވުރެ ރަނގަޅުކަން އިހުސާސްކުރެވިގެން ދިޔުމާއެކު މިންހާ ތެދުވެ ފެންވަރާ ތައްޔާރުވެލިއެވެ. އެއަށްފަހު ބަންގި ގޮވުމާއެކު މެންދުރު ނަމާދުކޮށްލިއެވެ. ނަމާދުކޮށްގެން މިންހާ ކޮޓަރީގެ އެއްފަރާތުގައި ހުރި ދަނބު ކުލައިގެ ސޯފާގައި އިށީނެވެ. އެއާއެކު އަލޫފްގެ ޚިޔާލުތަކުން އޭނަގެ ސިކުނޑި ވަށާލިއެވެ. ކިތަންމެ ވިސްނަން ބޭނުންނުވި ނަމަވެސް އޭނައަށް ހަމަ ވިސްނެނީއެވެ. ވިސްނެމުން ދިޔަ ވަރަކަށް ލޮލަށް ކަރުނަ ޖަމާވަމުން ގޮސް މިފަހަރުވެސް ކަރުނަތައް ކޯތާފަތުގައި ބޮސްދިނެވެ. ޚިޔާލުތަކުގައި އިން މިންހާ ސިހުނީ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުންނެވެ. އަވަސް އަވަހަށް ކަރުނަތައް ފޮހެލާ ހަމަޖެހިލަމުން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ކޮޓަރީގެ ދޮރު ހުޅުވާލިއިރު ކުރިމަތީގައި ތިބި އަޝްރާ އާއި އިއާންގެ އިތުރުން ނާއިލް ފެނުމުން މިންހާއަށް ހިނިތުންވެލެވުނެވެ. ”ހައުޒް ޔޫ ނައު… ” މިންހާ ފެނުނާއެކު ތިން މީހުންނަށް އެކުގައި އަހާލެވުނެވެ. އެއާއެކު އެންމެނަށް އެކުގައި ހީނގަނެވުނެވެ. ” ހެހެހެ… ނައު އައިމް ފީލިން ބެޓާ… ކިހިނެެއް އިނގުނީ ބަލިކަމެއް… އާދެބަލަ އެތެރެއަށް… އިށީންދޭ… ” ލުއި ހުނުމަކާއެކު އެހެން ބުނަމުން އެހެން ބުނަމުން މިންހާ އެންމެނަށް އެެތެރެއަށް ވަނުމަށް ހުއްދަ ދިނެވެ. އެއާއެކު އެންމެން އެކުގައި އައިސް އެތެރެއަށް ވަދެ ސޯފާގައި އިށީނެވެ. ” އަން… މީ ހުސް މިންނުއަށް ގެނައި އެއްޗެހި… މި ފްރުޓްސްތައް މީ މިންނުގެ ހެލްތްއަށް ވަރަށް މުހިއްމުވީމަ… އެން ދިސ ޗޮކްލެޓްސް… ވީ ނޯ ދެޓް ޔޫ ރިއަލީ ނީޑް ދިސް އިން ދީސް ޑޭސް… ޓު ރިލީޒް ޔުއާ ސްޓްރެސް… އެން އިނގުނީ ދޯ… މިއަދު ހެނދުނު އައި އިރު ނާހިދާއްތަ ބުނީ… އޭރު މިންނުއަށް ނިދިފަ އޮތީ… ދެން މިހާރު މިންނު ހޭލަފާނެ ކަމަށް މިއައީ… ” ސޯފާގެ ކުރިމަތީގައި ހުރި ބިއްލޫރި މޭޒު މަތީގައި އެމީހުން ގެނައި މޭވާ ކޮތަޅާއި ޗޮކްލެޓް ކޮތަޅު ބަހައްޓަމުން އަޝްރާ ވާހަކަ ދެއްކިއެވެ. ”މިހުރިހާ އެއްޗެއް ނުގެނައަސް އޯކޭއޭ… ބަޓް ތޭންކްސް…” މިންހާ ބުނެލިއެވެ. އެގޮތުގައި ހަތަރު މީހުން ވާހަކަ ދައްކަން ތިބިއިރު އެއްވެސް މީހަކު އިއްޔެގެ އެއްވެސް ވާހަކައެއް ނުދައްކައެވެ. އެއިން އެކަކުވެސް އިއްޔެ ހިނގާދިޔަ އެއްވެސް ހާދިސާއެއްގެ ވާހަކައެއް ނުދައްކައެވެ. އެންމެންވެސް ދައްކަމުން ދިޔައީ ކުރީގަ އެ ހަތަރު މީހުންގެ މެދުގައި ހިނގާފައިވި މަޖާ ކަަންތައްތަކުގެ ވާހަކައެެވެ. އެކަންތައް ފާހަގަވަމުން ދިޔަ މިންހާގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. އޭނަގެ އެކުވެރިން އޭނަދެކެ ވާ ލޯބި އިހުސާސްވުމުން ވަރަށް އުފާވިއެވެ. އޭނަދެކެ އިންތިހާއަށް ލޯބިވާ އާއިލާއެއްވެސް ވެއެވެ. އެހެނަސް ލޯބިވާ ބައިވެރިއެެއް ނެތެވެ. ސުވާލަކީ އާއިލާ އާއި އެކުވެރިންގެ ލޯއެބާއި އަޅާލުން ކިތަންމެ ވަރަކަށް ލިބުނަސް އަލޫފް މަތިން ހަނދާން ނައްތާލެވި ދާނެބާއެވެ؟ އަބަދު މިހެން ދެއްކުންތެރި ހިނިތުންވުމެެއް ވެރިކުރުވައިގެން އުޅެވިދާނެ ހެއްޔެވެ؟ ދިރިއުޅުމައިގެން ކުރިއަށް ދެވިދާނެ ހެއްޔެވެ؟ ހައްތަހާވެސް ޖަވާބު ނޭނގޭ ސުވާލުތަކެވެ.

 

 

Share Article

Follow Me Written By

ifoo

Level 910 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ދޮންބައްޕަ

Next

ހަދިޔާ (ހަތާވީސްވަނަ ބައި)

Next
January 17, 2019

ހަދިޔާ (ހަތާވީސްވަނަ ބައި)

Previews
January 17, 2019

ދޮންބައްޕަ

26 Comments!

  1. ifoo says:
    January 17, 2019 at 8:41 am

    Salaam dear readers… Here is the next part… Hope all will like this part too… Next part In Sha Allah on Sunday… Keep waiting dear readers… Thankyou so much all for the support ❤️❤️❤️?????????…

  2. nashfa says:
    January 17, 2019 at 9:58 am

    Nice ifooo

    1. Aminath nisha says:
      January 17, 2019 at 2:18 pm

      Meee first dhow

    2. ifoo says:
      January 18, 2019 at 7:56 pm

      Nashfa ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????…

  3. Hana says:
    January 17, 2019 at 10:53 am

    Vv nice mi part Wes minnu aw Aan aw gulhuvaba.

    1. ifoo says:
      January 18, 2019 at 8:16 pm

      Hana ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Hehe… Let’s see what happens ???…

  4. Nuher says:
    January 17, 2019 at 10:54 am

    Haadha kurey.. but v reethi❤️

    1. ifoo says:
      January 18, 2019 at 8:51 pm

      Nuher ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Alhey kurutha??? It’s more than 1800 words ???… Heheheh… ???… V ufaavehje story reethi v ma ???…

  5. QUEEN❤ says:
    January 17, 2019 at 11:29 am

    Yey me first??varah inthixaaru kohfin mi part ah??alhe plx dhn aan nd minnu gulhuvaba???❤minnu dheravegn ulheythee very sad?mi vaahaka kiyaa iru hyvany kurimatheega hingaa haadhisaa eh hn?
    LOVES FROM QUEEN❤

    1. ifoo says:
      January 19, 2019 at 4:32 pm

      QUEEN ❤️❤️❤️… thankyou soooooo much dear for the support n love ❤️❤️❤️?????????… V v v ufaavehje ???… Let’s see what happens???… Much more loves from me ❤️❤️❤️?????????…

  6. INAA says:
    January 17, 2019 at 12:09 pm

    I think I’m last kanneyge… but varah salhi mi part…??? ehaa lasnukoh aneh part up kohdhehchey ingey…????

    1. ifoo says:
      January 19, 2019 at 4:35 pm

      INAA ❤️❤️❤️… no… Ur not last ???… Heheh… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Next part In Sha Allah tomorrow morning ga ???… Much more loves from me ❤️❤️❤️?????????…

  7. scarlet says:
    January 17, 2019 at 1:54 pm

    mi part ga ehvx interesting kameh nuhingaa i mean vaahaka kuriah nudheyey. this is my fav story now so i am pointing what is wrong. just dont take it negatively. i love your stories. pls make the next part interesting and avahah up kurahchey 🙂 :*

    1. ifoo says:
      January 19, 2019 at 5:04 pm

      Scarlet ❤️❤️❤️… Thankyou soooooo for pointing out what is wrong ❤️❤️❤️?????????… In Sha Allah I will try to make next part more interesting ???… I believe mi part ga vaki haasa kameh nuhigaa kann… Mi part ga mi genaee minhaa n aan ge feelings bodah… ???… Hope to see ur comment more often ???… Much more loves from me ❤️❤️❤️?????????…

  8. Olaflover says:
    January 17, 2019 at 5:37 pm

    Alhey haadha kurey.. ekam vvvv reethi…

    1. ifoo says:
      January 19, 2019 at 5:09 pm

      Olaflover ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Alhey kurutha??? ???… It’s more than 1800 words ???… Next part In Sha Allah miahvure dhigukoh genesdheynan ???… Much loves from me ❤️❤️❤️?????????…

  9. Naju says:
    January 17, 2019 at 7:35 pm

    Masha Allah v v v furihama ?????????… Minnu frndx n family ge help aa ehkoh e aloof gadu mathin handhaan nahthaalaa avahah eyrun dhn maagina dhuvaheh nuve ingidhaane aan minnu dhekevaa hageegee loabi ?????????… Anyways mi partvx hama perfect ingey ?????????… I can image each n every scene in it ?????????… Keep up the good work dear n I really appreciate your hard work ?????????… curiously waiting for the next ??????❤❤❤… Much n more loves from naju ????????????☺☺☺????????????????????????

    1. ifoo says:
      January 19, 2019 at 5:11 pm

      Naju ❤️❤️❤️… Thankyou soooooo much for the colourful Comment ❤️❤️❤️?????????.. V v v ufaavehje ???… Let’s see what happens ???… Much more loves from me ❤️❤️❤️?????????…

  10. @Ikleel says:
    January 17, 2019 at 10:08 pm

    Yess ..❤❤????…Its finally here again…??❤❤??…. Hows you dear ifoo…??? Hope you will be fine…❤❤????…Alhe this story is so so cute…❤❤????…I just love this story….❤❤????…Mi part vex vrh vrh reethi ingey…V salhi sad scene thakuge imaginations…❤❤????…Alhe minnu was sick and she was hurted..??????…I feel sad for both minnu and aan…???????…Hope minnu will be fine….Alhe aan v sad vaane dhw…??????…..Alhe minnu and aan gulhuvaba avahah…Then surely she will be happy for and ever ❤❤????… Hope minnu will get aan soon…Please then e aloof aa minnu nugulhuvaathi….Ash men v good dhw….❤❤????…She loves her bestie a lot dhw…❤❤❤?????…Keep it up your good work dear ifoo…❤❤????… Worth waiting and reading story….❤❤???? …Waiting for next part….❤❤????…Miss you and love you….❤❤????
    Much loves ifoo…❤❤????
    THE BEST STORY
    THE BEST WRITTER
    ❤❤❤❤????

    1. ifoo says:
      January 19, 2019 at 5:14 pm

      @Ikleel ❤️❤️❤️… I’m fine Alhamdhulillah ???… Hws u??? Thankyou soooooo much for the support ❤️❤️❤️????????… V v v ufaavehje ???.. Let’s see what happens ???… Much loves from me ???❤️❤️❤️??????…

  11. unique says:
    January 17, 2019 at 10:32 pm

    just love this
    minnu avahah ragalhukollaba ifoo
    n aan aai minnu gulhuvaba
    hihih but i love this story ifoo genna gothah so dont listen to me n ifoo beynun gothah gendhaany
    waiting for the nxt part love u loads

    1. ifoo says:
      January 19, 2019 at 7:13 pm

      Unique ❤️❤️❤️… Ur soooooo sweet dear???❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Much more loves from me ❤️❤️❤️?????????…

  12. Sis says:
    January 18, 2019 at 10:12 am

    Varah varah emotional ☹️☹️ um crying already ??? but still story dhaa goh varah reethi ingey masha Allah ???? waiting eagerly for the next part ????

    1. ifoo says:
      January 19, 2019 at 7:15 pm

      Sis ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje???… Next part In Sha Allah tomorrow morning ga ???… Much loves from me ❤️❤️❤️?????????..

  13. nivaa says:
    January 19, 2019 at 4:46 pm

    wow ifoooo ,, mashaa allah vara reethi vaahaka gey all part eii ves
    when next part will come,,, I am waiting next part..

    1. ifoo says:
      January 19, 2019 at 7:18 pm

      Nivaa ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Next part In Sha Allah tomorrow morning ga ???… Keep waiting ???… Much loves from me ❤️❤️❤️?????????…

Comments are closed.


All Right Reserved!