Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހުވަފެނުގެ ރާނީ 24

Ninnu Level 210 Stories
January 30, 2019 7 Mins Read
8 Comments

“ބައްޕަ ކޮންތާކު އުޅެފަ ތިއައީ؟….” އައްމާރު އިސް ޖަހާލައިގެން އެހެން ބުނެލިއިރު އެމޫނުން ލަދުވެތިކަން ވިއެވެ. އޭނާ އަހަން ބޭނުން ނޫން ނަމަވެސް އެވާހަކަ އެހުން މުހިންމުވިއެވެ.

“ބައްޕަ އުޅުނީ ގޭގަ…. ހަމަ ހަބަރު ލިބުމާއެކު މިއައީ….” މުއާޒް އެހެން ބުނަމުން ހީލިއެވެ. އައްމާރުއަށް ބަލަން ހުރެވުނީއެވެ. މިއީ އޭނާ ބަލާބޮޑުކުރި މީހާ ހެއްޔެވެ. އައްމާރު އޮފީހުގެ ލައިޓްތައް ޖައްސަން ދިޔައިރު އޮފީހުގެ ފަހަތު ދޮރުން މުއާޒް ނިކުތްތައް ފެނުނެވެ. އޭނާގެ ދުއާއަކީ އޭނާ ހިވާގޮތް ހަޤީޤަތަށް ނުވުމެވެ. އޭނާގެ ބައްޕަ އެހެނެއް ނުވާނެއެވެ. އޭނާ އެކަން ޤަބޫލު ކުރާނީ ކިހިނެއް ހެއްޔެވެ. އުމުރުން އެންމެ ފަސް އަހަރުގައި މުއާޒް ގެނެސް ބަލަން ފެށީ އަމިއްލަ ދަރިއެއް ހެންނެވެ. މުއާޒް މޫނަށް ބަލަންހުރި އައްމާރުގެ ލޮލަށް ހީވީ ދިލައެއް އަރައިގެން ދިޔަ ހެންނެވެ. މަޑުމަޑުން އައިސް މުއާޒްގައި ބައްދާލި އައްމާރު ހިންދިރުވާލިއެވެ. އޭނާގެ ބައްޕައަކީ އެކަހަލަ މީހެއް ނޫނެވެ. ލޮލުން ކަރުނަ ފައިބައިގަތީ ބައްޕައަށް އެހިތުގައި ދެވިފައިވާ ގަދަރަކާއި ލޯތްބެއްގެ ބޮޑުކަމުންނެވެ. އޭނާ ކުރަން އެއުޅޭ ކަމެއްގެ ސަބަބުން ދެންތިބި މީހުނަށް އެކަމުން އަސަރެއް ނުފޯރާނެ ބާވައެވެ.

“އައްމާރު… ދަރިފުޅު ރޮނީތަ؟….” މުއާޒްގެ އަޑުގައިވަނީ ނުތަނަވަސްކަމެވެ. އައްމާރު ލޯ ފެހުލަމުން މުއާޒް ގައިން ދޫކޮށްލިއެވެ.

“ބައްޕަ އަޅުގަނޑާއި އަމްރު ދެކެ ވަރަށް ލޯބިވޭ ދޯ….” އައްމާރު އެހެން ބުނެލަމުން މުއާޒްގެ އަތުގައި ހިފާލިއެވެ. މުއާޒް އައްމާރުގެ ކޮނޑުގައި އަތުން ޖަހާލަމުން ހީލިއެވެ.

“ބައްޕަ އައްމާރުދެކެ ބޮޑަށް ލޯބިވޭ…. އަމްރުއަށް ނަންވެސް ކީ އައްމާރުގެ ނަމުން…. ތީ ބައްޕަގެ ލޯ ފަދައިން ބޮޑުކުރި ދެކުދިން…” މުއާޒް އެހެން ބުނުމުން އައްމާރު އިސްދަށަށް ޖަހާލަމުން އަނެއްކާވެސް ހިންދިރުވާލިއެވެ. އޭނާއަށް އެކަން އެނގެއެވެ. އޭނާ ކަންތައް ކުރާނީވެސް އެހެންނެވެ. އެއްވެސް މީހަކު އެމީހެއްގެ ލޮލަށް ގިތެއް ވާކަށް ނޭނގޭނެއެވެ.

“އެނގޭ… ބައްޕާ… އަޅުގަނޑާއި އަމްރުއަށް ކަމެއް ކުރެވުނިއްޔާ މާފު ކުރައްޗޭ… ކުރިއަށް ކަމެއް ކުރެވެންޏާވެސް… އަޅުގަނޑު ކޮންމެ ކަމެއްވެސް ކުރާނީ ބައްޕައާއި އަމްރުއަށް ރަނގަޅަކަށް… ޝަވާދިންއަށްވެސް….” އެއާއިލާއަށް އުފަންވި ކުއްޖާ މަތިން ހަނދާން ވުމުން އައްމާރު ބުނެލިއެވެ. މުއާޒް މަޑުމަޑުން ބޯ ޖަހާލަމުން ހިނގައިގަތީ ނިޝާންމެން ތިބި ދިމާއަށެވެ. އޭރު ނިޝާން ހަމަ ދެކޮޅަށް ހިނގަނީއެވެ.

ދެދުވަހެއްގެ ތެރޭގައި ނިކަތު ހޭ އެރުމުން އެންމެންވެސް އުފާކުރިއެވެ. ޕްރައިވެޓް ރޫމް އަކަށް ނިކަތު ބަދަލު ކުރުވިއެވެ. ނަމަވެސް ނިކަތު ވާހަކައެއް ނުދައްކައެވެ. ހަރަކާތެއް ނެތި އެހެން އޮންނަނީއެވެ. މެދު ކެނޑުމެއްނެތި ލޮލުން ކަރުނަ އާދެއެވެ. އަނގައިން އަޑެއް ނުނިކުތް ނަމަވެސް ލޮލުން ފެން ހިކޭ ތަނެއް ނާދެއެވެ. ކުއްޖާ ގެނެސް އަތުގެ ތެރެއަށް ލުމުންވެސް ބަލާނުލައެވެ. ކުޑަކުޑަ ޝަވާދިން ރޮއެރޮއެ ހިނދުނު އިރުވެސް ނިކަތުއަކަށް ހަރަކާތެއް ނުގެނެވުނެވެ. ވީ ކިހިނެއްތޯ އެއްވެސް އަހާނުލެވެއެވެ. ހޭ އަރައި ދެގަޑީރު ނުވަނީސް އަނެއްކާވެސް ފިޓް ޖެހޭވަރުން ޑޮކްޓަރުން ނިންމީ ނިންދާފައި ބާއްވާށެވެ. އެހެން ނޫނީ ނިކަތުގެ ސިކުޑިއަށް އޭގެން އަސަރު ކުރާނެއެވެ. އަމްރު އޮފީހުން ޗުއްޓީ ނަގައިގެން މަޑުކުރީ ނިކަތު އެއްކޮށް ރަނގަޅު ވާންދެނެވެ. ޝަވާދިން ދޫކޮށްލުމުން ސާރާ ގޭގައި މަޑުކުރީ ޝަވާދިން ބަލާށެވެ. އަމްރު އަބަދުހެން އުޅެނީ ހޮސްޕިޓަލުގައެވެ. އޭނާ ކުށް އިހްސާސްވީ ކަންނޭނގެއެވެ.

ނާޒިން ގޭގެ ސިޓިން ރޫމްގައި މަޑު އިށީނދެގެން އިނީ ޝަވާދިން އުނގަށް ލައިގެންނެވެ. ސާރާ ބުއްފުޅިއެއް ހިފައިގެން އަންނަތަން ފެނެއެވެ. ސާރާގެ މޫނުވަނީ މިލާފައެވެ. ނިކަތުއަށް އެހެންވުން އެއީ އޭނާ ބޭނުންވާނެ ގޮތެއް ނޫނެވެ. އަމިއްލަ ދަރިއަށް ކިޔާ ނަން ކިޔާފައި ނިކަތު އެއުޅެނީ އެމީހުން ދޫކޮށްލާފައި ދާށެވެ. އެކަހަލަ ހިޔާލު ތަކުން އެސިކުނޑިވަނީ ބަރުވެފައެވެ. ސާރާގެ ސަމާލުކަށް އަތުލައިގަތީ ދޮރުން ވަދެގެން އައި މުއާޒެވެ. ކަޅު ފަޓުލޫނަކާއި ހުދު ކުލައިގެ ގަމީހެއްގައި ހުރިއިރު މީހަކުއެއީ ބޮޑު ދެފިރިހެން ދަރިންގެ ބައްޕައޭ ނުބުނާނެއެވެ. މުއާޒް އައިސް ކުޑަކުޑަ ޝަވާދިންގެ މޫނަށް ބަލާލިއެވެ. ޝަވާދިންވެސް މުއާޒްގެ މޫނަށް ބަލާލަމުން ދެލޯ ބޮޑު ކޮއްލިއެވެ. ސާރާ ހީލަމުން ޝަވާދިން މުއާޒްގެ އަތު ތެރެއަށް ލަމުން ބުއްފުޅި ދިއްކޮށްލިއެވެ.

“ދެން ކާފައަކަށް ވީމަ ތިކަހަލަ ކަންތައް ކުރަން ޖެހޭނީ…” ނާޒިން ހީގަންނަމުން އެހެން ބުނެލުމުން މުއާޒްވެސް ހީލިއެވެ. އޭނާއަށް ފެނުނީ އަމްރުގެ މޫނެވެ. ޝަވާދިން ހީވަނީ އަމްރު ހެންނެވެ.  އެއްވެސް ތަފާތެއް ނެތެވެ. މުއާޒް މަޑުމަޑުން ހީލަމުން ޝަވާދިންގެ ފޮޓޯއެއް ނެގިއެވެ. އަދި ބުއްފުޅި ޖައްސާލުމުން އެކުއްޖާ އަވަހަކާއި އެދަމަން ފަށައިފިއެވެ. ލޯބިކަމުން ރޮވެން އުޅޭހެންވެސް މުއާޒަށް ހީވެއެވެ.

“ބައްޕަވެސް އެބައުޅެންތަ؟…..” ދުރުން ނިޝާންއާއި އައްމާރު ވަދެގެން އަންނަމުން ގޮވާލިއެވެ. އައްމާރު ހީލީ މުއާޒް ޝަވާދިން ގޮވައިގެން ހުރި ގޮތުންނެވެ.

“ހޫމް…” މުއާޒް އަދިވެސް ބަލަން އިނީ ޝަވާދިންގެ މޫނަށެވެ. ނިޝާން އައްމާރުގެ މޫނަށް ބަލާލަމުން ހީލިއެވެ.

“ބައްޕާ.. ނިކޫ ކިހިނެއް މިހާރު…” ނާޒިން ސޯފާއިން ތެދުވަމުން އައިސް ފެންފުޅި ތުނބުގައި ޖަހާލަމުން ބުނެލިއެވެ.

“ނިންދަވައިފަ އަދިވެސް… އެހެން ނޭނގެ ބުނާކަށް… އަމްރު އެބައިން ނިކޫ ކައިރީގަ…” ފުން ނޭވާއެއް ދޫކޮށްލަމުން ނިޝާން އައިސް ޝަވާދިންގެ ކޮލުގައި ހިފާލިއެވެ.

“ބައްޕަ މިގޭގަ ކީއްކުރަނީ؟” އައްމާރު އެހެން އަހާލުމުން މުއާޒް ބަލާލިއެވެ. އަދި ލޮލުން ޝަވާދިން ދައްކާލިއެވެ. އޭރު ޝަވާދިންއަށް އޮތީ ބުއްފުޅި ބޮއެގެން ނިދިފައެވެ.

“މާދަން ރޭގަ އެމީހުން އެބައުޅޭ ނިކޫގެ އޮޕަރޭޝަން އެއް ކުރަން… އެހެންވެ އެމީހުންގެ ބެލުމުގެ ދަށުގަ ނިކޫ ބާއްވަނީ… އަހަރެން ބުނެފިން އަމްރު ކައިރީގަވެސް ދެން ގެއަށް އައިސް ނިދާލަން ވާނެއޭ މާދަން ރޭގަ….” ނިޝާން މޫނުގައި އަތް ހާކާލަމުން އެހެން ބުނެލިއެވެ. އެމޫނުން ފެންނަނީ ވަރުބަލި ކަމެވެ. ޝަވާދިންގެ ކޮލުގައި ހިފާލަމުން ނިޝާން ހިނގައިގަތީ ބަދުގެ ފަރާތަށެވެ.

“އަމްރުވެސް ނުވެސް ނިދާތަ… ބައްޕަވެސް ބުނާނަން ނިދަން އަންނަން…” މުއާޒް އެހެން ބުނެލަމުން އެތަނުން ތެދުވެގެން ހިނގަތީ ޝަވާދިން ސާރާއަތަށް ދީފައެވެ.

އެނދުގައި ބޯ އަޅައިގެން އޮތް އަމްރުއަށް ހޭލެވުނީ އިސްތަށިގަނޑަށް ވާންވުމުންނެވެ. އަމްރު ތަދުވި ވަރުން ކޮއްޅަށް ތެދުވެ ބޮލުގައި އަތް ފިރުމާލިއެވެ. އެނދުގައި ތެދުވެ އިށީނދެއިން ނިކަތު ފެނުމުން އަމްރު ހިނިތުން ވެލިއެވެ. މިހާރު ނިކަތު ކުރިއަށްވުރެ ރަނގަޅުގެން ހީވެއެވެ. ނަމަވެސް އެމޫނު މަތިން ފެނުނީ ރުޅިވެރި ކަމެވެ. އަމްރު ބޮޑަށް ހިނިތުން ވެލަމުން އައިސް ނިކަތުގެ އަތުގައި ތުންފަތް ޖައްސާލިއެވެ. އެއަތް ފިނިކަމުން ހީވަނީ ގަނޑުފެން ކޮޅެއް ހެންނެވެ. ބޯއަރި ކޮއްލި ނިކަތު އަތް ދަމައި ގަންނަމުން އަތުގައި ހުރި ބާރެއްލާފައި އަމްރުގެ މޫނުގައި ޖަހާލިއެވެ. ދިލަ ނަގައިގެން ދިޔަ މޫނުގައި އަތް ހާކާލަމުން އަމްރު މަޑުމަޑުން ނިކަތުއަށް ބަލާލިއެވެ.

ކަކުލާއި ހަމައަށް އަންނަ ހެދުމެއް ލައިގެން އިން ނިކަތު މިގަޑީގައި ފެންނަނީ ބިރުވެރި ކޮށެވެ. ގަޔަށް ގުޅާފައިވާ ވާތަކާއިއެކު ނިކަތު ހުރީ ކޮޅަށެވެ. އެދެލޯ ރަތްކަމުން ހީވަނީ ލޭއަރާފައިވާ ހެންނެވެ. އަމްރުއަށް ހަދާނެ ގޮތެއް ނޭނގުނެވެ. އަމްރުއަށް ބަލާލެވުނީ ނިކަތުގެ ބަނޑާއި ދިމާލަށެވެ. އަނެއްކާ އޮޕަރޭޝަން ކޮއްފައިވާ ތަނުން ލޭ އައިސްފާނެ ހެއްޔެވެ. އަމްރު ވިސްނަމުން ދިޔައީ ނިކަތު އަނބުރާ އެނދުގައި ބާއްވާނެ ގޮތަކާއި މެދުގައެވެ. މިވީ ދެދުވަހު ނިކަތު އެހެން އުޅެފައެއް ނުވެއެވެ.

“އަހަރެން ބުނިން ދޯ…” ލޮލުން ފައިބަމުން ދިޔަ ކަރުނަތަކާއެކު ނިކަތުއަށް ވާހަކަ ދެއްކެމުން ދިޔައީ ގިސްލެވެމުންނެވެ.
“ނިކޫ… ބޭބީ… ލިސެން ޓު މީ….” އަމްރު އަތް ނަގާލަމުން ނިކަތު ކައިރިއަށް ފިޔަވަޅެއް އަޅައިލިއެވެ. ނިކަތު އިނގިލި ދިއްކޮށްލަމުން ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ.

“އަހަރެން އާދޭސް ކުރިންދޯ… ކަލޭގެ ބައްޕަ އަހަރެންގެ މަންމައާއޮ ކޮއްކޮ މަރާލީ… މި.. މި  ދެލޮލުންނޭ ދުށިން ހުރިހާ މަންޒަރެއް….” ނިކަތު ހިތުގައި ވި ބިރުވެރިކަން ފިލައިގެން ދިޔައީ ކޮންއިރަކު ކަމެއް ނޭނގުނެވެ. އޭނާ އަތަށް ޖަހާފައިވާ އައވީ ނައްޓާލިއެވެ.

“ނިކޫ… އަނެއްކާ ނުފަށާ.. ނިކޫއަށް ހީވާ ގޮތޭ އެއީ…” ރޮވެންދިޔަ ނިކަތު ބޯހޫރާލިއެވެ. އެހެން ވާންވީ ކީއްވެ ހެއްޔެވެ. މިހާރު އެއްވެސް އޮޅުމެއް ނެތެވެ.

” އެހެންތަ… ހެހެ” އައިވީ ނައްޓާލި ތަނުން ލޭއަންނަ ތަން ފެނުމުން އަމްރު ހާސްވިއެވެ. އަތުގެ ނުފުށުން ނިކަތު މޫނު ފުހެލިއިރު އެމޫނުގައި ލޭތަށް ހޭކުނެެވެ.

“އަހަރެންގެ ލޮލުގެ ކުރިމަތީގަ މުއާޒް އަހަރެންގެ ކޮއްކޮ ކޮށާ ކުދިކުދި ކޮއްލީ.. ރޯމަހެއް ވެސް މީހަކު އެހައި ލޯބިން ނުކަނޑާނެ…” ނިކަތު ގިސްލެވެމުން ދިޔައީ ‘ނިކަތު’ މަރަށް ތެޅުނުގޮތް ހަނދާން ވުމުންނެވެ.

“ފުރަތަމަ ކަރުގަ.. ދެން ކޮނޑުގަ…. ދެން ދެއަތުގައ….” އިނގިލިން ނިކަތު ކަރުގައި ކާތާލީ މުއާޒް ‘ނިކަތު’ގެ ކަރުގައި ވަޅި އެޅުވި ގޮތަށެވެ. ގައިން ވަރުދޫވި ނިކަތު އެނދުގައި ހިފަހައްޓާލިއެެވެ.

“ނިކަތު… ޕްލީޒް….” އަމްރު ނިކަތުއާއި ކައިިިރިވަމުން ކުއްލިއަކަށް އެއަތުގައި ހިފައި ފުރަފަހަށް ލަމުން  ބާރަށް ހިފަހައްޓާލިއެވެ.

“އައި ޓޯލްޑް ޔޫ… ހީ ކިލްޑް ދެމް…”

“ނަރސް.. ޝުސް ޝޫސް… ޝުސް…” އަމްރު ބާރަށް ނަރުހަކަށް ގޮވައި ލުމުން ނަރުސް ކުއްޖާ އައިސް ނިކަތުގައި ހިފަހައްޓާލިއެވެ. އޭރުވެސް ނިކަތު މަސައްކަތް ކުރަމުން ދިޔައީ އަމްރު އަތުން ނެއްޓިގަނެގެން ދެވޭތޯއެވެ. ޑޮކްޓަރ އެތަނަށް އައިސް ނިކަތުގެ އަތަށް އިންޖެކްޝަންއެއް ޖެހުމުން މަޑުމަޑުން އެދެލޯ މެރެމުން ދިޔައެވެ.

“ހީ ޑިޑް ދިސް ޓު މީ…” ނިކަތު އެވަގުތުވެސް އެހެން ބުނެލިއެވެ. އަމްރު ބަލާލީ ނިކަތު ފައިން ލޭ އަންނަމުން ދާތީއެވެ. ވަގުތުން ނަރުސް ދެކުދިން ވެގެން ނިކަތު ނަގައި އެނދަށްލިއެވެ. ލޭފައިބާ ކަމަކަށް ބުނުމުން އަމްރު ހާސްވިއެވެ. ނިކަތު އަބަދު އެހެން ކިޔާތީ އޭނާ ހާސް ވެއްޖެއެވެ. މިކަމުގެ ހަޤީޤަތެއްވެސް ބަލަން އެބަޖެހެއެވެ.

“ކޮބާ އަހަރެންގެ ކުއްޖާ… ޕްލީޒް އަހަރެންގެ ކުއް… ކުއް…ކު….” އަމްރު އެދިމާލަށް ބަލާލީ ނިކަތު ޝަވާދިންގެ ވާހަކަ ދެއްކުމުންނެވެ. ނިޝާނަށް ގުޅާލަމުން އަމްރު ޝަވާދިންގެ ވާހަކަ އަހާލިއެވެ.

ނިކަތުއަށް ނިދޭހައި އިރުކޮށްފައި އަމްރު އެކޮޓަރިއަށްވަދެ ބަލާލިއެވެ. ނިދިފައި އޮތް މީހަކަށްވުރެ ނިކަތު ވައްތަރީ ހޭނެތިފައި އޮތް މީހަކާއެވެ. އަމްރުއައިސް ނިކަތުގެ އަތާއި ތަންތަން ބަލާލީ އެއްވެސް ތަނަކަށް ގެއްލުމެއް ވެފައި އޮތްތޯއެވެ.  ނަސީބަކުން އެއްވެސް ގެއްލުމެއް ވެފައެއް ނެތެވެ. ނިދާފައި އޮއްވައި އަމްރު ބޭނުންވީ ގެއަށް ގޮސް ފެންވަރާލާށެވެ. ދޮރު ލައްޕާލާފައި އަމްރު އެތަނުން ނިކުމެގެން ދަމުން އަދި އެއްފަހަރު ނިދިފައި އޮތް ނިކަތުއަށް ބަލާލިއެވެ. ސާރާ އައުމުން  އަމްރު ދިޔައީ ގެއަށެވެ. އަމްރު ދެން އަނބުރާއައީ އެރޭގެ ބާރަ ޖަަހަން އުޅެނިކޮށެވެ. އައިސް ގޮނޑީގައި ރަނގަޅަށް ނުއިށިނދެވިގެން އުޅެނިކޮށް އައްމާރު އައިސް އަމްރުގެ އަތުގައި ހިފައި ދުރުގައި ހުރި ފަރުދާ ތަކުގެ ފުރަގަހަށް ވަދެފިއެވެ. އަމްރު ކިހިނެއް ވީހޭ އަހާލުމުން އަތުގެ އިޝާރާތުން އައްމާރު ދައްކާލީ ހުޅުވިގެންދިޔަ ދޮރެވެ. މުއާޒް މަޑުމަޑުން ވަދެގެން އައިސް ނިކަތުގެ އެނދު ކައިރީގައި މަޑު ކޮއްލިއެވެ.

އެނދުގައި ނިދާފައި އޮތް ނިކަތުއަށް މުއާޒް ބަލާލިއެވެ. މަޑުމަޑުން ހިނގަމުން އައިސް ހުއްޓުނު މުއާޒް އެމޫނަށް ބަލާލިއެވެ. އެމޫނުން ފެންނަނީ ވަރުބަލި ކަމެވެ. އެތަށް ދުވަހެއް ވާންދެން ސަލާމަތް ވުމަށް ނިކަތު ކޮއްފައިވާ ހިތްވަރު މުއާޒްގެ ހިތަށް އެރިއެވެ. ހިނދުކޮޅަކަށް ނަމަވެސް އެލޮލުން ރަހުމު ފެނިގެން ދިޔައެވެ. މަޑުމަޑުން އައިސް ނިކަތުގެ އިސްތަށިގަނޑުގައި މުއާޒް ފިރުމާލިއެވެ. މިހާރު ނިކަތުގެ ބޮލުގައި އަތް ޖައްސާލައިގެން އިނީ މީގެ ސޯޅަ އަހަރުކުރީގެ މުއާޒެވެ. އޭނާ މިފަދަ ހިތެއް ނެތް އިންސާނަކަށް ހެދީ އީމާނާއެވެ. ކޮންމެ ދުވަހަކު އެތަށް ފަހަރަކށް މުއާޒް އީމާނާ ކައިރީގައި އާދޭސް ކުރެއެވެ. އީމާނާގެ ފައިދަށަށް ވެއްޓި އާދޭސް ކުރާ ކޮންމެ ފަހަރަކު އަމިއްލަ ނަފްސަށް އޮންނަ ގަދަރާއި އިހްތިރާމް ކުޑަވެއެވެ.

މީހުންނަށް ވިސްނޭނީ ކޮން އިރަކުން ހެއްޔެވެ. އެއްވެސް މީހަކު ހުރެފައި ގޯހެއް ނުވާނެއެވެ. ކޮންމެ މީހެއްގެވެސް އަމަލުތަކަށް ބަދަލު އަންނަންވި ސަބަބެއް ވާނެއެވެ. ސަބަބާއިމެދު ވިސްނުމެއްނެތި އަހަރުމެއް ކިތަށް ކުދިންނަން އަޑުލައި އެކުދިންގެ ހިތުގައި ޖައްސަން ހެއްޔެވެ. މީހުން ހިޓްލަރއަކީ ގޯސް މީހެކޭ ބުނޭ ނޫން ހެއްޔެވެ. ތެދެކެވެ. އެއީ ގޯސް މީހެކެވެ. އެއްވެސް މީހަކު މަރާކަށް ނުވާނެއެވެ. ހިޓްލަރވެސް އިސްރާލީލްގެ މީހުންގެ މަރާކަށް ނުޖެހޭނެއެވެ. އެހިތުގައި އެމީހުނާއި މެދު ނަފްރަތު އުފެދުނީ  ހިޓަލަރ ކުޑައިރުގައި އެމީހުން ހިޓްލަރއާއި މެދު ކަންތައް ކުރި ގޮތުންނެވެ. މުއާޒަށްވީވެސް އެހެންނެވެ. އޭނާގެ އަމިއްލަ ނަފްސުގެ އަގު ވެއްޓުނީ އީމާނާ އޭނާގެ ކުރިމަތީގައި ޝައްމޫން ގޮވައިގެން އެންމެ ހަޑި ގޮތަށް އުޅުނީމައެވެ. ނަމަވެސް މުއާޒްވެސް ކުށެއްނެތް ބަޔަކު މަރާކަށް ނުޖެހޭނެއެވެ.

ލޮލުން ފައިބަމުންދިޔަ ކަރުނަތަށް ފުހެލަމުން މުއާޒް ލައިގެން އިން ޓީޝާޓް ފަހަތުން ކުޑަ ވަޅިއެއް ނަގައި ނިދިފައި އޮތް ނިކަތުގެ ކަރުގައި ޖައްސާލިއެވެ. ދެވަނަ ސިކުންތުގައި މުއާޒް ވަޅި ނަގައި ދުރަށް ޖެހިލިއެވެ. އަދި ގުދުވެ އެނދުގައި ބޯޖައްސާފައި ގިސްލަ ގިސްލާފައި ރޯންފެށިއެވެ. އޭނާއަށް ދެން ފަހަތަކަށް ނުދެނޭއެވެ. އޭނާ ދެން ނިކަތު ދޫކޮށް ލެވޭކަށްވެސް ނެތެވެ. ނިކަތުއަށް އޭނާ ފެނިއްޖެއެވެ. މުއާޒް އެނދުން ތެދުވަމުން މޫނު ފުހެލިއެވެ. އެއްކޮށް އެމޫނުން ކުރީގެ ކުލަވަރު ފިލައިގެން ދިޔައެވެ. ވަޅީގެ މިޔައިގައި އިނގިލި ޖައްސާލަމުން ނިކަތުގެ ކަރުގައި އަނެއްކާވެސް ޖެއްސިއެވެ. ނިދިފައި އޮތް ނިކަތުގެ ހަށިގަނޑަށް ކުޑަ ލޮޅުމެއް އައެވެ. ހޭލާ އޮތް ކަމުގައި ވިއަސް އޭނާ ލޮލެއް ނުހުޅުވިއެވެ. އޭނާ ލޯ ނުހުޅުވައި އޮތީ މުއާޒްގެ ގޮތެއް ނޭނގޭތީއެވެ.

“ބައްޕާ….” ދުރުގައި ހުރި ފަރުދާގެ ފުރަގަހުން އަމްރުއާއި އައްމާރު ނިކުތުމުން މުއާޒްގެ ކުލަވަރު އެއްކޮށްހެން ބަދަލުވިއެވެ.

“އަމްރު… މާރު….” މުއާޒް ޒުވާނުންގެ މޫނަށް ބަލާލިއެވެ. އަމްރުގެ މޫނުން ފެންނަނީ ހައިރާންކަމެވެ. އޭނާގެ ލޮލަށް ފެންނަމުން ދިޔަ މަންޒަރު ޤަބޫލު ނުކުރެވިފައިވާ ހެންނެވެ. އައްމާރު ހުރީ އިސްދަށަށް ޖަހައި ލައިގެންނެވެ. ރޮނގަކަށް އެކޯތާފަތް މަތިން ކަރުން ތިއްކެއް ފައިބައިގެން ދިޔަތަން މުއާޒަށް ފެނުނެވެ.

“އައްމާރު… އައްމާރު….” މުއާޒް ދެތިން ފަހަރު އިސް ޖަހައިގެން ހުރި އައްމާރުއަށް ގޮވާލިއެވެ. މިއީ އައްމާރުގެ ކަމެއްކަން އޭނާއަށް އެނގެއެވެ.

“ބައްޕާ.. ކީއްވެ؟…. ނިކޫ އޭރު ބުނީ ތެދެއްތަ….” އަމްރުގެ އަޑު ކުރެހުނެވެ. ނަމަވެސް މުއާޒްގެ އަތް އަދިވެސް ވަނީ ނިކަތުގެ ކަރުގައި ޖެއްސިފައެވެ. އެލޯ ސީދާ ވެފައިވަނީ އައްމާރުއަށެވެ.

“އައްމާރު… ޑިޑް ޔޫ ޕްލޭން ދިސް…” މުއާޒްގެ އަޑު ބާރުވިއެވެ.

“އައްމާރު………”

“އަޅުގަނޑު ބައްޕައާއޭ މިވާހަކަ ދައްކަނީ.. ނިކޫ އޭރު ބުނީ ތެދެއްހޭ…..” އަމްރު ހަޅޭއް ލަވައި ގަތުމުން މުއާޒް ބަލައިލިއެވެ. އެމޫނުގައިވީ އެތަށް ސުވާލެކެވެ. އައްމާރު އަދިވެސް ހުރީ އިސް ޖަހާލައިގެންނެވެ. މުއާޒްގެ މޫނަށް ބަލާލަންވެސް ނުކެރިފައެވެ.

“ދިސް ވޯޒް ޔުއަރ ވިޝް އަމްރު….” މުއާޒް އެހެން ބުނުމުން އަމްރު ވަގުތުން ހަނދާންވިއެވެ. އެހެން އަޑުު އިވުމަށްވިރެ އޭނާ މަރުވި ނަމައޭވެސް ހިތަށް އެރިއެވެ.

“ބަ…ބައްޕާ… އައި ވޯޒް ފޯރޓީން އިޔަސް އޯލްޑް… އެއީ އަޅުގަނޑު ރުޅި އައިސްގެން ބުނި އެއްޗެއް… ބައްޕަ…..” އަމްރު ވާހަކަ ދައްކަ ދައްކައި ހުރެފައި ސިހުނީ ނިކަތުގެ ކަރުން ލޭ އަންނަތަން ފެނުމުންނެވެ. މުއާޒް އެތަނަށް ބާރު ކޮއްލިކަން އެނގުމުން އަމްރުއަށް ހަދާނެ ގޮތް ހުސްވިއެވެ. އައްމާރު އަތުގައި އޮތް ކުޑަ ވަޅި ޖަހައި ގަންނަމުން އަމްރު، އައްމާރުގެ ކޮނޑުގައި ހިފައި ތިރިކޮށްލިއެވެ. އަމްރުގެ ކުއްލި އަމަލުން އައްމާރުގެ ދެކަކޫ ޖެހުނީ ބިންމަތީގައެވެ. ވަގުތުން އަމްރު ވަޅި ނަގައި އައްމާރުގެ ކަރުގައި ޖައްސަލިއެވެ. މުއާޒްގެ މޫނަށްވީ ގޮތް އަމްރުޅަށް ފެނުނެވެ. އައްމާރުގެ ކަރުން ލޭ ފެނުމުން މުއާޒް ވަގުތުން ދެލޯ ބޮޑުކޮއްލިއެވެ.

“އަމްރު….” މުއާޒް އެހެން ބުނެލިއިރު ނިކަތުގެ ކަރުން މުއާޒްގެ އަތް ދުރުވެއްޖެއެވެ.

“ކިހިނެއްވީ…. އަޅުގަނޑު ގައިވެސް ހުރީ ބައްޕަގެ ލޭ… ބައްޕަ ދާތަނަކަށް އަޅުގަނޑުވެސް ދާނަން ބައްޕައާއެކު،….” އަމްރު އިސްޖަހާލަމުން އައްމާރުގެ ކަރަށް ބާރު ކޮއްލިއެވެ. ވަގުތުން މުއާޒްގެ އަތުން ވަޅި ދޫވެގެން ވެއްޓުނެވެ. އޭރު އައްމާރުގެ ކަރުން ލޭ އާދެއެވެ. ނަމަވެސް އައްމާރު ގުޑިވެސް ނުލައި އިނީއެވެ. އޭނާއަށް ތަދުވެސް ނުވާ ކަހަލައެވެ.

“ނޫން…. އަމްރު… ބެއްބެއަށް ތަދުވެޔޭ އެބަ….” މުއާޒް ރޮއެ ގަންނަމުން އެހެން ބުނިއިރު އެއަޑު ތުރުތުރުލައެވެ.

“ބައްޕާ…. ތަޝްކީލްއަށްވެސް ތަދުވިޔޭ…. ކުޑަކުޑަ ނިކަތުއަށްވެސް ތަދުވިޔޭ… މަންމައަށް ވެސް… އަޅުގަނޑަށް މާފުކުރޭ….. އައި ޑިންޓް ހެޑް އަ ޗޮއިސް…..” އަމްރުގެ ބަދަލުގައި ވާހަކަ ދެއްކީ އައްމާރުއެވެ. އެވަގުތު ދޮރު ހުޅުވާލާފައި ނިޝާންއާއި އަދި އިތުރު ޕޮލިހުންވެސް އައެވެ. އެތެރެއަށް ވަދެގެން އައި ޕޮލިހުން މުއާޒް ގައި ހިފެހެއްޓި ގޮތުން އައްމާރުއާއި އަމްރުއާއި ދެބެން އެދިމާލަށް ދުއްވައި ގަތެވެ.

“ހޯލްޑް ދެމް….” އިސްޖަހާލި މުއާޒް ދުރުގައި ތިބި އިތުރު ޕޮލިހުން ކައިރީގައި ބުނެލިއެވެ. އެމީހުން ވަގުތުން އަމްރުއާއި އައްމާރުގައި ހިފަހައްޓާލިއެވެ. ނަމަވެސް އަމްރުއާއި އަމްރު ހަޅޭއްލަވަމުން ދިޔައީ މުއާޒް އަތުގައި ބިޑި އެޅުވުމުންނެވެ. މުއާޒް އެދިމާލަސް ބަލާލަމުން ހީލިއެވެ. އަދި ބޯހޫޜާލިއެވެ. ވަގުތުން އަމްރުއާއި އައްމާރު ރޮމުން ތިރިވެ ކަކޫ ޖަހާލިއެވެ. މުއާޒް ކޮޅަށް ނަގައި ގެންދިޔައީ އަމްރުއާއި އައްމާރު ކުރި މައްޗަށެވެ. މުއާޒް އައިސް ދެކުދިންގެ ބޮލުގައި އަތް ޖައްސާލިއެވެ. ވަގުތުން އެލޮލުން ދިލަ ނަގައި ގަތުމާއެކު ކަރުނަ ފައިބައިތެވެ.

“ބައްޕައަށް މާފް ކުރާތި….” އަމްރުއާއި އައްމާރު ކުޑަ ދެކުދިންހެން މުއާޒްގެ ފައިގައި އޮޅުލައި ގަނެފައި ރޯން ފެށިއެވެ. ކިތަންމެ ބޮޑުވެފައި ކިތަންމެ ކުޑަ ނަމަވެސް ބައްޕަވާނީ ބައްޕައެވެ. ކަމެއް ކިތަންމެ ގޯސްކޮށް ކުރި ނަމަވެސް ދަރިން ރަނގަޅަށް ބަލައިފިނަމަ ލޯތްބާއި ގަދަރު ކުދިންގެ ހިތުގައި އޮންނާނެއެވެ.

“ނިކަތު ކައިރީގަވެސް ބުނާނީ…..” މުއާޒް އެހެން ބުނެލީ ނިޝާނަށް ބަލާލަމުންނެވެ. ނިޝާން ބޯ ޖަހާލިއެވެ. ކޮންމެވެސް ސަބަބާއިހުރެ މުއާޒް އެހެން ހެދީ ކީއްވެކަން ނިޝާނަށް ވިސްނުނެވެ.

“އަޅުގަނޑު މާފް ކޮއްފިން…..” އެނދުގައި ތެދުވެ އިށީނދެއިން ނިކަތު ހިނިތުން ވަމުން ބުނެލިއެވެ. މިހާރު ނިކަތުއަށް ފެންނަމުން ދިޔައީ މީގެ އެތަށް އަހަރެއް ކުރިން އޭނާގެ ބޮލުގައި ފިރުމާލި މުއާޒެވެ. މުއާޒް އެދިމާލަށް ބަލާލަމުން ބޯ ޖަހާލިއެވެ. ދެން އަމްރުއަށް ބަލާލަމުން ނިކަތުއަށް ބަލާލިއެވެ. މިފަހަރު ނިކަތު ބޯ ޖަހާލީ މުއާޒް ބުނަން އުޅުނު އެއްޗެއް ވިސްނިގެންނެވެ. އަދި ނިޝާންއަށް ބަލާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ninnu

Level 210 Stories

Other Articles

Previous

ފާތިކް

Next

މައުސޫމު ލޯބި

Next
January 30, 2019

މައުސޫމު ލޯބި

Previews
January 29, 2019

ފާތިކް

8 Comments!

  1. SCARLET says:
    January 30, 2019 at 1:39 pm

    Yeyyyyy… finally stry is here…. Alhe vvvv wait koffin… kndhuvahakun nxt prt up kurany… n stry vvvv reethi

  2. hajja says:
    January 30, 2019 at 9:49 pm

    Vv reethi mi paatves kon irakun anh past up kon deeny avaha up konla deebala dear

  3. Aki says:
    January 31, 2019 at 2:28 am

    nikath pls amr ah ehaa avahah maafu nukuraathi … vaahaka varah reethi

  4. Holi says:
    February 1, 2019 at 12:40 pm

    Avs next part
    ???????????????

  5. Sid says:
    February 2, 2019 at 10:49 pm

    When next part will be published. Can’t wait to read it ?

  6. aki says:
    February 4, 2019 at 1:50 pm

    haadha inthizaare kohfeemey vaahaka ah

  7. raani says:
    February 4, 2019 at 3:48 pm

    haadha ey dhw lahy

  8. Airah says:
    February 5, 2019 at 12:11 pm

    vaahaka nimuneetha

Comments are closed.

Next Episodeހުވަފެނުގެ ރާނީ (ފަހުބައި)←


All Right Reserved!