Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

މައުސޫމު ލޯބި

Azkii Level 110 Stories
January 30, 2019 7 Mins Read
20 Comments

މީހުން ބުނާތީ އަޑު އަހަމެވެ. ލޯތްބަކީ ފޮނި އިޙްސާސެކެވެ. އާނއެކެވެ. އަހަންނަށް މިހާރު އެކަން ޤަބޫލުކުރެވެއެވެ. ލޯތްބަކީ ކުރެވޭ ވަރަށް ފޮނި އިޙުސާސެކެވެ. އެ ފޮނިކަން އަހަންނަށް އިޙްސާސްކުރަން ލިބުނުނަމަވެސް އެލޯބި އޭނައާއި ޙިއްސާކުރާނެހާ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. އަހަރެން ދެކެ އޭނަ ވާ ލޯބި އަހަންނަށް އިޙުސާސް ކުރެވުނެވެ. ނަމަވެސް އޭނައަށް ބަދަލުގައި ލޯބިދޭނެހާ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. އަހަރެންވީ ބޮޑު ފިނޑިއަކަށެވެ.

އެންމެ ފުރަތަމަ އަހަންނަށް ޔަމީން ފެނުނީ ޔަމީންގެ ގެއިންނެވެ. ޔަމީންއަކީ މުއްސަނދި ދެމަފިރިއަކަށް ލިބިފައިވާ ދެކުދިންގެ ތެރެއިން ދޮށީ ކުއްޖާއެވެ. ދެން ހުންނަނީ ޔަމީންގެ އަންހެން ކޮއްކޮ ޔާނާއެވެ. ހިތްހެޔޮ މަޖާ މިޒާޖެއްގެ ކުއްޖެކެވެ. ޔަމީންގެ މަންމަ ޔުމްނާ އަކީ ޒީލަގަދަ ކިބުރުވެރި އަންހެނެއް ނަމަވެސް ބައްޕަ ޒަހީންއަކީ ހިތްހެޔޮ މީހުންނަށް އޯގާތެރި މީހެކެވެ.

ރަށުން އޭލެވެލް ހެދުމަށްފަހު އަހަރެން މާލެ ދިޔައީ އިތުރަށް ކިޔެވުމަށްޓަކައެވެ. މާލޭގައި ތިމާގެ ބަޔަކު ނޫޅޭތީވެ އަހަރެން ހުންނަން ހަމަޖެހުނީ މަންމަގެ އެކުވެރި ޔުމްނާގެ ގޭގައެވެ. މަންމަގެ އެކުވެރިއެއް ނަމަވެސް އަހަރެން އެގޭގައި ބަހައްޓައިދިނީ މަހަކު އެއްހާސް ރުފިޔާގެ އިތުރުން ކޮލެޖަށް ދާންވަންދެން ގޭގެ ކުދިކުދި މަސައްކަތް ކޮށްލައިދޭ މަތިންނެވެ.

އެންމެ ފުރަތަމަ އަހަންނަށް ޔަމީން ފެނުނީ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުން ދިޔަ ވަގުތުއެވެ. އަހަރެން މޭޒުމައްޗަށް އެއްޗެހި އަރުވަމުން ދިޔައިރު ޔަމީން އިރުއިރުކޮޅާ އަހަންނާ ދިމާއަށް ބަލަމުން ދިޔަކަން އަހަންނަށް ފާހަގަވިއެވެ. އަހަންނަށް އެބެލުމުން އުނދަގޫވެ ހިތާ ހިތުން ޔަމީންއާއި ދިމާއަށް އެތިވަރު ގޮވުނެވެ. އޭގެ ފަހުން ޔަމީންއަށް އަހަރެން ފެންނަ ކޮންމެ ފަހަރަކު އަހަންނާ ދިމާއަށް ބަލާލާ ގޮތުން އަހަރެން ގައިން ހީބިހި ނަގައިގެން ދެއެވެ. ފަހުން ފަހުން އައިސް އޭނާގެ އެތޫނު ނަޒަރު އަހަންނަށް ކަމުދާން ފެށިއެވެ. ބައެއް ފަހަރު ލަދުން ހީލެވޭއިރު އަނެއްބައި ފަހަރު ލަދުން ރަތްވެފައިވާ މޫނު ނުދައްކަން އިސްޖަހާލެވެއެވެ.

އެންމެ ފުރަތަމަ ޔަމީންއާއި އަހަރެން ވާހަކަދެއްކި ރޭ އަދިވެސް އަހަރެން ހަނދާން އެބަހުއްޓެވެ. އެއީ ވަރަށް ވިއްސާރަ ދުވަހެކެވެ. އަހަރެން ކޮލެޖުން ގެއަށް ނުދެވިފައި ހުރީ ބޯކޮށް ވާރޭ ވެހޭތީއެވެ. ޔުމްނާއްތަ ކާރު ފޮނުވާނަން ކަމުގައި ބުނީމައި އެއަންނަންދެން އޭގެ އިންތިޒާރުގައެވެ. އަހަރެންގެ އިންތިޒާރު ނިމުމަކަށް އައީ ކަޅުކުލައިގެ ޕްރައިވެޓް ކާރު އައިސް ކޮލެޖް ކުރިމައްޗަށް މަޑުކޮށްލުމުންނެވެ. އަތުން ބޯނިވާކޮށްގެން ހުރެ ކުޑަކޮށްދުވެލާފައި ކާރަށް އެރީމެވެ. ފުންނޭވާއެއް ދޫކޮށްލާފައި ހީލަމުން ޑްރައިވަރ ސީޓަށް ބަލާލީ ޑްރައިވަރ ކަރީމް ކަމަށް ހީކޮށެވެ. ލާނެއް ހިނިތުންވުމެއްގައި އިން ޔަމީން ފެނުމުން އަހަރެން އަނގަ ސަކަރާތްވިއެވެ. އަހަންނަށްވީ ގޮތް ފެނި ޔަމީން ލުއިކޮށް ހިނިތުންވި އަޑުއިވުނެވެ. އަހަރެން ލަދުން އިސްޖަހާލިއިރު މުޅި މީހާ ވަނީ ފިނިވެފައެވެ.

ފަސްމިނެޓްގެ ދަތުރަކަށްފަހު ޔަމީން ކާރުމަޑުކޮށްލީ ކާނިވާ ސަރަހައްދުގައެވެ. އެތަނަށް ކާރު މަޑުކުރުމުން އަހަރެން ޖެހިލުންވި ނަމަވެސް އިސްޖަހާލައިގެން އިނީމެވެ.

” ނަޔާބް….” ފުރަތަމަ ފަހަރަށް ޔަމީން އަހަރެންގެ ނަމުން ގޮވާލިއެވެ. އަހަންނަށް އެމޫނަށް ބަލާލެވުނީ ޔަމީން އަހަންނަށް ގޮވާލުލުމުގައި ހުރި އަސަރުގަދަ ގޮތުންނެވެ.

” ވަރަށް ރީތި ވަރަށް ޔުނިކް ނަމެއް.. ” އެބަރު އަޑުން އަނެއްކާވެސް ޔަމީން ބުނެލިއެވެ.

” ނަޔާބް އަހަންނާ ވާހަކަ ދައްކަބާ… ނަޔާބްގެ އަޑުއަހާލާ ހިތުން މިއިންނަނީ” އަސަރުގަދަ ގޮތަކަށް ޔަމީން ބުނި ނަމަވެސް އަހަންނަށް އެއިން ގޮތަށް އިނދެވުނީއެވެ. އޭރުވެސް ޔަމީންގެ ތޫނު ނަޒަރު ހުއްޓިފައި ވަނީ އަހަންނަށެވެ.

” އަހަންނާ ވާހަކައެއް ނުދައްކާނަންތަ…” ދެރަވާގޮތް ދައްކަމުން ޔަމީން ބުންޏެވެ.

” ލަސްވާނެ… ދައްތަ ހުންނާނެ އިންތިޒާރުގަ…” އެއިން ގޮތަށް އިނދެ އަހަރެން ބުނެލީމެވެ.

” ވާއު.. ނަޔާބްއާއި އެއްވަރަށް އަޑުވެސް އެހާ ރީތި… ނަޔާބް އަހަރެން ވަރަށް ދުވަސްވެއްޖެ ނަޔާބްއާއި ވާހަކަ ނުދެއްކިގެން އުޅޭތާ… ދެން އަހަންނަކަށް ކެތެއް ނުވާނެ… ނަޔާބް… އަހަންނަށް ނަޔާބް ވަރަށް ކަމުދޭ… ހަމައެކަނި ކަމުދަނީކީ ނޫން… ނަޔާބްގެ ލޯބީގަ އަހަރެން މިހުރީ ދީވާނާވާން ކައިރިވެފަ…. އެންމެ ފުރަތަމަ ނަޒަރުންވެސް އަހަންނަށް ނަޔާބް ދެކެ ލޯބިވެވުނު… އަހަރެން ބޭނުން ވީހާވެސް އަވަހަކަށް ނަޔާބް އަހަރެންގެ މީހަކަށް ހަދަން.. އައި ލަވް ޔޫ ސޯމަޗް ނަޔާބް… ވިލް ޔޫ ބީ މައިން ފޯ އެވަރ…”އުނގުމަތީގައި އޮތް އަހަރެންގެ އަތުގައި މަޑުމަޑުން ހިފާލަމުން ޔަމީން ބުންޏެވެ. އަހަންނަށް އަތް މަޑުމަޑުން ދަމައިގަނެވުނީ ގަނެފައިވާ ލަދެއްގެ ބޮޑުކަމުންނެވެ. ޔަމީންގެ ވާހަކަތަކުން އަހަންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހިތް ތެޅެމުން ދިޔައީ އޭގެ އެންމެ ބާރުމިނުގައެވެ. އެވަގުތު މީގެ ކުރިން ދުވަހަކުވެސް ނުކުރެވޭހާ އިޙްސާސްތަކެއް ކުރެވުނެވެ. ޔަމީންގެ ލޯބީގައި ގެނބިގެން ދާން ބޭނުންވިއެވެ. އޭނާގެ ލޯބި ބަލައިގަނެ އަހަރެންވެސް ލޯބިވާ ވާހަކަ ބުނަން ބޭނުންވިއެވެ. ނަމަވެސް ދޫހަރަކާތެއް ނުކުރިއެވެ.

” އޯވްހ ނަޔާބް.. ތިހެން ނީނދެ ކޮންމެސް އެއްޗެއް ބުނެބާ… އެހެން ނޫނީ ތިލޯބީގަ އަހަރެން މޮޔަވެދާނެ… ” އާދޭހުގެ ރާގަކަށް ޔަމީން ބުނެލިއެވެ. އަހަރެން ޔަމީންއަށް ބަލާލީ ހިނިތުންވެ އިނދެއެވެ. ޔަމީންގެ ލޮލާ އަހަރެން ލޯ އަމާޒުވީ ހިނދު އަހަރެން އެދެލޮލުގެ ފުންކަމުގެ ތެރެއަށް ގެނބިގެން ދިޔައެވެ. ހަތަރުކަޅި ހަމަކޮށްގެން އަހަރުމެންނަށް ތިބެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގުނެވެ. ސިހިގެން ދިޔައީ ޔަމީންގެ ފޯނު ރިންގުވާ އަޑަށެވެ. ޗޮކެއް ކަނޑާލުމަށްފަހު ޔަމީން އޭނާގެ ޖީބުން ފޯނު ނަގާފައި ބަލާލިއެވެ.  ސްކްރީންގައި ބައްޕަ އަރާފައި އޮތްތަން އަހަންނަށްވެސް ފެނުނެވެ. އަވަހަށް ފޯނުނަގާފައި ހަލޯއޭ ބުނުމަށްފަހު ދެން އިވުނީ އެބަ ދަމޭ ބުނި އަޑެވެ. ފޯނު ޖީބަށްލުމަށްފަހު އަނެއްކާވެސް ޔަމީން ބަލާލީ އަހަންނަށެވެ.

” އަހަރެން ވަގުތު ބޭނުން…” ނުކެރި އިނދެފައި އަހަރެން ބުނީމެވެ.

” އަހަރެން އިންތިޒާރު ކުރާނަން… ނަޔާބްއަށްޓަކައި… ” ފުންނޭވައެއް ދޫކޮށްލުމަށްފަހު ޔަމީން ބުންޏެވެ. އެއަށްފަހު ދެން މިސްރާބުޖެހީ ގެޔާއި ދިމާއަށް ދިއުމަށެވެ. ކާރުތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަން ނައްތާލުމަށްފަހު ޔަމީން ކާރުގެ ސްޓީރިއޯ ޖައްސާލިއެވެ. އެވަގުތު އަންނަމުން ދިޔަ ލަވައިން އަހަރުމެން ދެމީހުންނަށްވެސް ކުރުވަމުން ދިޔައީ ތަފާތު އަސަރުތަކެވެ.

” ލޯބިން ތިޔަ އަތުގަ މަ ބީހިލީމަ

ފޮރުވީހޭ ގަސްދުގަ ރީތ މޫނު

ބުނާށެ އެދެނީ ހިތް ‘އައި ލަވް ޔޫ’

ލޯބިން ކަލާގެ އަތް ބީހީލީމަ

ފޮރުވީމޭ ލަދުގަނެފާވި މޫނު

ބުނާށެ އެދެނީ ހިތް ‘އައި ލަވް ޔޫ’ ”

އަހަރުމެން ދެމީހުންނަށް ހާއްސަކޮށްފައިވާ ލަވައެއްހެން ހީވިއެވެ. ތެދަށް ބުނާނަމަ އެދުވަހުގެ ފަހުން އެލަވަޔަކީ އަހަރެންނަށް އެންމެ ހިތްގައިމު ލަވައެވެ. އަހަރެން ލަދުން އުޅޭތީ ޔަމީން ޖަހާލާ ލުއިލުއި ހިނގަނޑު އިރުއިރުކޮޅާ އަހަންނަށް އިވެއެވެ.

 

ކާރު ޕޯޓިކޯތެރެއަށް ވަނުމާއެކުހެން އަހަރެން ދޮރުހުޅުވާލާފައި ނިކުމެގެން އެތެރެއަށް ވަންނަން ދުއްވައިގަތީ ގަނެފައިވާ ލަދެއްގެ ބޮޑުކަމުންނެވެ. ލަދުރަކި ހިނިތުންވުމެއް ވެރިކޮށްގެން ހުރެ ދުވަމުން ގެއަށް ވަންއިރު ކުރިމަތީގައި ދެއަތް ފުރަގަހަށް ލައިގެން ހުރީ ޔުމްނާއްތައެވެ. ހިތްހަމަނުޖެހިފައި ހުރިކަން މޫނުމަތިން ސާފުކޮށް ފެންނަން ހުއްޓެވެ. އަހަރެން މޫނުގެ ކުލަ ވަގުތުން ބަދަލުވެގެން ދިޔައެވެ. ރަތްވެފައިވާ މޫނު ހުދު ކަފަކޮޅަކަށް ވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

” މީކޮން ގަޑިއެއް ގެއަށް އަންނަން… މިހާރު އެއޮއް އެގާރަ ޖަހަނީ… ” ޔުމްނާއްތަ ސުވާލުކޮށްލި ގޮތުންވެސް އަހަރެން ބިރުން ހަލާކުވާވަރުވިއެވެ.

” މަންމާ.. ވާރޭ ވެހޭތީ މަގުމަތި ވަރަށް ބާރުބޮޑުކޮށް އޮތީ… އެހެންވެ….” ޔަމީންގެ ޖުމްލަ ފުރިހަމައެއް ނުވިއެވެ.

” އަހަރެން ޔަމީންއަކާ ނޫނެއްނު މިވާހަކަ ދައްކަނީ… އެހެންނޫނަސް އަހަރެން ބުނީ ޔަމީން ކައިރީގަތަ ނަޔާބް ބަލާދާށޭ…. ކޮބާ ކަރީމް” ހަމަ އެމޭރުމުގައި ޔުމްނާއްތަ ޔަމީންއާއި ސުވާލުކޮށްލިއެވެ.

” ކަރީމްބެ ހުންއައިސްފަ ހުރީމަ އަހަރެން ގެއަށް ފޮނުވާލީ… ނަޔާބްއަށް ލަސްވެދާނެތީވެ އަހަރެން ދިޔައީ”  ޔަމީން އޭނާގެ މަންމައާއި ވާހަކަދެއްކީ މަޑަމައިތިރިކަމާއި އަދަބާއި އެކީގައެވެ.

” ކަރީމްއަކީ އަހަރެން ގެންގުޅޭ މީހެއް… އޭނަ ބަލިވިޔަސް ގުޅަން ޖެހޭނީ އަހަންނަށް .. ޔަމީން އަކާ ނުޖެހޭނެ މީގޭގަ ގެންގުޅޭ ނޯކަރު ކުދިން ބަލާދާކަށް” ޔުމްނާއްތަގެ ވިހަ ގަދަ ބަސްތަކުން އަހަރެންގެ ދެލޯ ފުރިގެން އައީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. ހަމައެވަގުތު އެއްޗެއް ނުބުނިއެއްކަމަކު ޔަމީންގެ ދެއަތް މުށްކެވިގެން ދިޔަތަންވެސް އަހަންނަށް ފެނުނެވެ. ހަރުއަޑުން ޔަމީންކައިރީގައި ކޮޓަރިއަށް ދާން އަމުރުކުރުމުން ޔަމީން ދެވަނަ ބަހެއް ނުބުނެ ހަމްދަރުދީއާއި ލޯބި އެކުލެވިގެންވާ ބެލުމަކުން އަހަންނާ ދިމާއަށް ބަލާލުމަށްފަހު ސިޑިން އަރައިގެން މައްޗަށް ދިޔައެވެ. ޔަމީން ލޯމަތިން ގެއްލުމާއެކު ޔުމްނާއްތަ އަހަންނާއި ކުރިމަތިލިއެވެ.

” އަހަރެންގެ ޔަމީން އަކީ މައުސޫމު ހިތްހެޔޮ ކުއްޖެއް…އޭނައަތުއަޅުވާލަން މަސައްކަތް ނުކުރާތި… އަހަރެންގެ ދަރިފުޅުގެ އިހުސާސްތައް އަހަންނަށްވުރެ ބޮޑަށް އެނގޭނެ އެހެން މީހަކު ނުހުންނާނެ… ޔަމީން ނަޔާބްދެކެ ގަޔާވާ ކަން އަހަންނަށް އެނގޭ… އެކަމަކު އަހަރެން ބޭނުމެއް ނޫން ނަޔާބް ކަހަލަ ކުއްޖަކާ ޔަމީން ގުޅޭކަށް.. ޔަމީން އާއި ނަޔާބް އެކަށީގެނެއްނުވޭ… އަހަރެންގެ ޔަމީންއާ އެކަށީގެންވަނީ ރަނާއާ… ނަޔާބްއަށް ވުރެ ރީތި މޮޑާން ކުއްޖެއް އެއީ… އެދެމީހުންގެ ކައިވެނި ވަނީ މާކުރިންވެސް ހަމަޖެހިފަ… އެކަން ޔަމީންއަށްވެސް އެނގޭނެ.. އެހެންވީމަ ނަޔާބްއަށް ރަނގަޅުވާނީ އަހަރެންގެ ޔަމީންއާ ވައިވެސް ނޭޅޫނިއްޔާ… ހަނދާންކުރާތި.. މީގެ ފަހުން ޔަމީންއާއި ވާހަކަ ދައްކާތަން ފެނިއްޖިއްޔާ އަހަންނަށްވުރެ ނުބައި މީހަކު ނެތް ކަން އަންގާލާނަން” ޔުމްނާއްތަ ބަސަތައް އަހަރެންގެ މެޔަށް ހެރެމުންދިޔައީ ވިހަގަދަ ތީރުތަކެއް ފަދައިންނެވެ. އެދުވަހުގެ ފަހުން ޔަމީންއަށް ނުފެނި އުޅެން އަހަރެން ގަސްދުކުރީމެވެ.

ނަމަވެސް ޔަމީންގެ އަޒުމު އެއަށްވުރެ މާވަރުގަދައެވެ. އެކި ގޮތްގޮތުން އަހަންނާ ވާހަކަދެއްކޭތޯ ޔަމީން މަސައްކަތް ކުރަމުންދިޔައެވެ. ކްލާސް ނިންމާލާފައި ނިކުންނައިރު ކޮންމެދުވަހަކުވެސް ކޮލެޖް ކައިރީގައި ހުރެއެވެ. ޔަމީންގެ ވާހަކަތަކަށް ބީރުކަންފަތެއް ދެމުންދިޔައީ ޔަމީންއަށްޓަކާ ހިތުގައި އޮތް ލޯތްބަށް ފަސްއަޅާ ފޮރުވާލަމުންނެވެ. ޔަމީންއާއި ވާހަކަނުދެއްކުމުގެ އަޒުމުގައި ހުރި އަހަންނަށް އެންމެ ފަހުން ޔަމީންއާއި ވާހަކަ ދައްކަން ޖެހުނީ ޔަމީންގެ ގޮތްދޫނުކުރުމުގެ ސަބަބުންނެވެ.

އެރޭ އަހަރެން ކޮލެޖުން ނިކުތްއިރު ޔަމީން ފެންނާކަށް ނެތެވެ. ހަމަޖެހުމުގެ ނޭވައެއް ލަމުން އެތަނަށް މަޑުކޮށްލި ޓެކްސީއަކަށް އަރަމުން ދާންވީ އެޑްރެސް ބުނީމެވެ. ގެހުރި ދިމާނޫން އެހެން ދިމާއަކަށް ދާންފެށުމުން އަހަރެން ބިރުގަތެވެ. އަދި ތަކުރާރުކޮށް ކާރު ހުއްޓުމަށް ބުނަމުން ދިޔައީމެވެ. އެކި އެކި ބިރުވެރި ހިޔާލުތަކުން ހާސްވާން ފެށުމުން އަހަންނަށް ރޮވެން ފެށުނެވެ. އެހިސާބުން އެމީހަކު ކާރު ހުއްޓާލިއެވެ. އަހަރެން އަވަހަށް ފޭބިއިރު ކާރު މަޑުކޮށްފައިވަނީ ރަސްފަންނު ކައިރިއަށެވެ. އިރުކޮޅަކުން ދޮރުހުޅުވާލާފައި ޓެކްސީގެ ޑްރައިވަރުވެސް ފޭބިއެވެ. އޭނާގެ މޫނު ފެނުމާއެކު އަހަންނަށް ސިހުމެއް ލިބުނެވެ. އެއީ ޔަމީން ނުން ދެވަނަ އެހެން މީހެއް ނޫނެވެ.

” ސޮރީ ނަޔާބް… ޕްލީޒް ޑޯންޓް ކްރައި… ނަޔާބްއާއި ވާހަކަދެއްކުމަށް އަހަންނަށް މިނޫން ގޮތެއް ނެތީ.. ނަޔާބް އަހަރެން ދެކެ ލޯބި ނުވަންޏާ އެވާހަކަވެސް ބުނެބަލަ… ކީއްވެ އަހަރެން އިގްނޯރ ތިކުރަނީ.. ޕްލީޒް ނަޔާބް އަހަންނާ ވާހަކަ ދައްކަބާ…” އާދޭސް ކުރަމުން އަހަރެން އަތުގައި ހިފަން ދިމާކުރި ޔަމީންގެ އަތް އަހަރެން ފޮޅުވާލީމެވެ.

” ޔަމީން ކިހިނެއް ވެގެން ތިއުޅެނީ… ޔަމީން އެހެން މީހަކާ ކައިވެނި ކުރަން އުޅޭއިރު ކީއްވެ އަހަރެން ފަހަތުން ތިދުވަނީ… ” ރުޅިއިސްކޮށް އަހަންނަށް ބުނެވުނެވެ.

” އަހަރެން އޭނައާއި ކައިވެނި ކުރަން މިއުޅެނީ ލޯތްބަކުން ނޫން… ނަޔާބް އެންމެ ފަހަރަކުވެސް އާއެކޭ ބުނެބަލަ.. މާތްﷲ ގަންދީ ހުވާކޮށްފަ ބުނަން… އަހަރެން ނަޔާބް ނޫން މީހަކާ ނީންނާނަން” ވާހަކަ ދައްކަމުން ދިޔައިރު ޔަމީންގެ އަޑު ކުރެހިފައިވާކަން އަހަންނަށް ފާހަގަވެގެން ދިޔައެވެ.

” ޔަމީން ޕްލީޒް… ރަނާއާއި ކައިވެނިކުރުން ރަނގަޅުގޮތަކީ… އޭނައަކީ އަހަންނާ ހިލާފަށް މުއްސަނދި ރީތި މޮޑަން ކުއްޖެއް… ޔަމީން އަށް ރަނގަޅުވާނީ އޭނައާއި އިނުން” ޔަމީންއަށް ފުރަގަސް ދެމުން އަހަރެން އެހެންބުނީ އެވަގުތު އަހަރެންގެ ލޮލުން ފައިބާން ތައްޔާރުވަމުން ދިޔަ ކަރުންތައް ނުދެއްކުމަށްޓަކައެވެ.

” އަހަންނަށް ރަނގަޅުގޮތް ބުނެދޭކަށް ނަޔާބްއަކަށް ނޭނގޭނެ… ރަނާއަކީ މުއްސަނދި ރީތި މޮޑަން ކުއްޖެއްކަން އެނގިހުރެއޭ އަހަރެން ފަގީރު އެހެނަސް ރަނާއަށް ވުރެ އެތައްގުނައަކަށް ރީތި ނަޔާބްއަށް ހިތްދެވުނީ… ” އަހަރެންގެ އަތުގެ ފަލަމަސްގަނޑުގައި ހިފާ އޭނައާއި ދިމާއަށް އަނބުރުވާލަމުން ބުންޏެވެ. އޭރު އަހަރެންގެ ލޮލުން އަންނަމުން ދިޔަ ކަރުނަ ރަނގަޅަށް ޔަމީންއަށް ފެންނާނެއެވެ.

” ޕްލީޒް ނަޔާބް… ނަޔާބްވެސް އަހަރެން ދެކެ ލޯބިވާކަން ތިދެލޮލުން އެބަ ހެކިދޭ… ” އަހަރެން ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެދެމުން ޔަމީން ވާހަކަދެއްކިއެވެ.

” ޔަމީން އަހަރެންދެކެ ވަރަށް ލޯބިވޭތަ…” އަހަރެން ސުވާލުކޮށްލީމެވެ. ޖަވާބުދޭން ޔަމީން ތައްޔާރަށް ހުރިކަހަލައެވެ.

” އާނ ވަރަށް ބޮޑަށް ލޯބިވޭ… ” ޔަމީން އަވަސްއަވަހާ ބުނެލިއެވެ.

” އެހެންވިއްޔާ އަހަރެންދެކެ ލޯބިވާކަން އަހަންނަށް ސާބިތުކޮށްދެވޭނެތަ…” އަނެއްކާވެސް އަހަރެން އަހާލީމެވެ.

” އާން.. ޔަގީން.. އަހަރެން ކީއްކުރަންވީ ސާބިތުކޮށްދޭން…ނަޔާބްއަށްޓަކާ ފުރަނަދޭންވެސް ތައްޔާރު” ޔަމީން ބުނެލިއެވެ.

” އެހެނވިއްޔާ ރަނާއާއި ކައިވެނިކުރޭ…” އަހަރެން ސީދާ ޔަމީންގެ ލޮލަށް ބަލާން ހުރެފައި ބުނެލީމެވެ. އެވަގުތު ޔަމީންގެ މޫނު ހުދު ކަފަކޮޅަކަށް ވެގެން ދިޔަތަން އަހަރެން ދުށީމެވެ.

” ތިކަމެއް ނުވާނެ…” ޔަމީން ހިތްހަމަނުޖެހިފައިވާވަރު އޭނާގެ އަޑުން ހާމަވެގެން ދިޔައެވެ.

” ކޮބާ… ޔަމީންއަކަށް ސާބިތެއް ނުކުރެވުނެއްނު… އަހަރެން ޤަބޫލެއް ނުކުރަން ޔަމީން އަހަރެންދެކެ ލޯބިވާ ކަމަކަށް… ނަސީބެއް އަހަންނަށްވެސް ޔަމީންދެކެ ލޯބިނުވެވުނުކަން” އަހަރެން އެބަސްތައް ދުލުން ބޭރުކުރީ ހިތްމަތީގައި ހަރު ހިލަގަނޑެއް ބާއްވައިގެންނެވެ.

” އެންމެ ރަނގަޅު… އަހަރެން ރަނާއާއި ކައިވެނި ކުރާނަން…. އަހަރެންގެ ލޯބި ސާބިތުކޮށްދެވޭނީ އެގޮތަށް ކަމަށްވަންޏާ އަހަރެން އެކަމަށް ތައްޔާރު.. އެކަމް ނަޔާބް ބޮނޑިތިބޮނީ އަމިއްލައަށް… އަހަރެން ރަނާއާއި ކައިވެނިކުރުމަށްފަހު އަހަރެންގެ ހަޔާތުން ނަޔާބްއަށް އެއްވެސް ޖާގައެއް ނޯންނާނެ… އެކަމަކު އޭގެ ކުރިން ނަޔާބްއަހަރެން ދެކެ ލޯބިވާކަން އެނގިއްޖިއްޔާ ކައިވެނީގެ މަޖިލީހުގަ އިނދެފަވެސް އަހަރެން ނަޔާބް ކައިރިއަށް އަންނާކަށް ފަހެއް ނުޖެހޭނަން… ” ޔަމީން އެންމެ ފަހު ބަސް އިއްވާލުމަށްފަހު ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަމުން އޭނައައި ކާރަށް އަރައިގެން ދިޔައީއެވެ. ހަތަރު އުދަރެސް ފެނު ޖެހުނުކަހަލަ އިހުސާސެއް ކުރެވި އަހަރެން ހުރިތަނުން ގުޑިވެސް ނުލެވިފައެވެ.

އެރޭގެ ފަހުން ޔަމީން އަހަންނާ ވާހަކަ ދައްކާކަށް ނޫޅޭޔެވެ. ކުޑަމިނުން އަހަންނާ ދިމާއަށް ބަލާވެސް ނުލައެވެ. ޔުމްނާއްތަ ކައިރީގައި ބުނެގެން ކައިވެނި އަވަސްކުރުވީވެސް ޔަމީންއެވެ. ޔަމީން ކައިވެނި ކުރާ ދުވަހާ ކައިރިވީހެން އަހަރެންގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދެން ފެށިއެވެ. އަތުން އަގުބޮޑު އެއްޗެއް ގެއްލިގެންދާ ފަދަ އިހުސާސެކެވެ.

ކައިވެނިކުރަން ހަމަޖެހިފައި އޮތް ދުވަހު އަހަރެން ކޮޓަރިންވެސް ނުނިކުންނަމެވެ. އިރުއޮއްސެން އުޅެނިކޮށް ދޮރުގައި ޓަކިޖެހި އަޑުއިވުމުން ދޮރުހުޅުވާލީމެވެ. ކުރިމަތީގައި މާޔޫސްވެފައި ހުރި ޒަހީންބެއާއި ޔާނާ ފެނުމުން އަހަންނަށް ހައިރާން ކަމެއް ލިބުނެވެ. ” އަހަރެން މިއައީ އަހަރެންގެ ޔަމީންގެ އުފަލަށް އެދި އާދޭސް ކުރަން… އޭނަ ނުބުންޏެއް ކަމަކު މިގޭ އުޅޭ އެންމެނަށްވެސް އެނގޭ ޔަމީން ނަޔާބްދެކެ ލޯބިވާ ވަރު.. ނަޔާބް އަމިއްލަ ހިތުގެ އަޑުއަހާ ހިތްބުނާ ގޮތަށް ކަންތައް ކުރުމަށް އަވަސްވެގަނޭ… އެހެން ނޫނީ މާލަސް ވެދާނެ… ނަޔާބްގެ ސަބަބުން ތިން ހަޔާތެއް ބަރުބާދުވެގެން ދާނެ… ޔަމީނާއި ނަޔާބްގެ އިތުރުން ރަނާގެ…އަދިވެސް އެއްފަހަރު ވިސްނާލާ… އަދިވެސް ވަގުތު އެބައޮތް… ކުރިއަށް މިއޮތް ދެގަޑިއިރު ވަރަށްވެސް މުހިންމު…” ނަޔާބްއަށް އިތުރަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ ޒަހީން ކިޔާލިއެވެ.

” އެތެދެއް ނަޔާ ދައްތާ… ދޮންބެ ލަވްސް ޔޫ އަލޮޓް… އަހަރެންގެ ދޮންބެ ދެރަނުކުރޭ… ފަހަކަށް އައިސް ދޮންބެއަކީ މަރުވެފައިވާ މައްޔިތެއް ކަހަލަ… ޕްލީޒް ޑޫ ތިންކް އެބަޓް އިޓް” ޔާނާވެސް މިހެން ބުނެލުމަށްފަހު ޒަހީންބެގެ ފަހަތުން ހިނގައިގަތެވެ. އަހަރެން ހަތަރު އުދަރެސް ފެނު ޖެހުނު ކަހަލައެވެ. ވިސްނާ ވިސްނާ ބޯގޮވާ ވަރުވިއެވެ.

އެންމެ ފަހުން ކައިވެނި ކުރާ ވަގުތު އައިސް ޖެހުނެވެ. މޭޒުކައިރީ އިން އަންހެންކުއްޖާއަކީ ރީތީގެ މިސާލެކެވެ. ސިޑިކައިރީގައި ހުރި ތަނބުކައިރީގައި އަހަރެން ހުރީ އެހެންމީހުންގެ ލޯތަކުން ސަލާމަތްވާން ވެގެންނެވެ. މޭޒުކައިރީގަ ތިބި އެންމެންގެ ނަޒަރު ސިޑިއަށް އަމާޒުވީ ހިނދު އަހަންނަށްވެސް އެދިމާއަށް ބަލާލެވުނެވެ. ކަޅުކުލައިގެ ކޯޓޫ ފަޓުލޫނުގައި ފައިބައިގެން އަންނަނީ ޔަމީންއެވެ. މޫނުމަތިން އެއްވެސް ކަހަލަ އަސަރެއް ފާޅެއް ނުވެޔެވެ. ޔަމީންގެ ލޮލުގައި އަހަރެން އަޅައިގަތުމާއެކު އަހަރެން އިސްޖަހާލީމެވެ.

” އަދިވެސް ވަގުތު އެބައޮތް… ޕްލީޒް ޑޯންޓް ބްރޭކް މައި ހާޓް…އަހަރެންދެކެ ލޯބިވަންޏާ މޭގައި އަތްއަޅާލާ އޭރަށް އަހަރެން ހުރިހާ އެއްޗެއް ދޫކޮށް ނަޔާބް ކައިރިއަށް އަންނާނަން” އަހަންނަށް އިވޭ ވަރަށް ބުނެލަމުން ޔަމީންގޮސް އޭނައަށް ހާއްސަކުރެވިފައިވާ ގޮނޑީގައި އިށީނެވެ. ކައިވެނީގެ ހުތުބާ ފެށުމާއެކު އަހަރެންގެ ހިތް ތެޅެން ފެށީ އެޔެއް މިޔެއް ނުބަލައެވެ. ލޯބިވާ މީހާ ބީވެގެންދާ މަންޒަރު ބަލަން ކެތެއް ނުވިއެވެ. މަޑުމަޑުން ހިނގަމުން އައިސް އަހަރެން މޭޒާ ތަންކޮޅެއް ދުރުގައި ހުއްޓުނީމެވެ. ޔަމީންގެ ދެލޯ އެންމެ ހިނދުކޮޅަކަށްވެސް އަހަންނާ ވަތްކެއް ނުވެއެވެ. ގާޒީ އަނބި ޤަބޫލުކުރަން ބުނުމާއެކު އަހަންނަށް ރޮވެން ފެށުނެވެ. ޔަމީންއަށްޓަކާ އަހަރެންގެ ހިތުގައިވާ ލޯބި އިހުސާސް ކުރެވެން ފެށުނެވެ. އެވަގުތު އަހަރެންގެ ހަނދާނުގައި ހުރީ ޔަމީންގެ ލޯބި އެކަންޏެވެ. ގާޒީ ދެފަހަރަށް ބުނުމުންވެސް އެއްޗެއް ނުބުނެ އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުރީ އަހަރެންގެ ޖަވާބެއްގެ އިންތިޒާރުގައެވެ. އެންމެ ފަހުން ގޮތްދޫކޮށް އަހަރެން މޭގައި ދެއަތް އަޅާލީމެވެ. ޔަމީންގެ މޫނުމަތި އުޖާލާވެގެން ދިޔަތަން ފެނުނެވެ. އެކަމަކު ރޮވޭ ވަރުން ބަހެއް ނުބުނެވުނެވެ. ދެން ފެނުނީ އިންތަނުން ޔަމީން ތެދުވި ތަނެވެ. ހައިރާންވެފައި އެންމެން ޔަމީން އާއި ދިމާއަށް ބަލާލިއެވެ.

” އަހަންނަށް މާފުކުރޭ ރަނާ… އަހަންނަށް މާފުކުރޭ މަންމާ… އަހަރެން ލޯބިވަނީ ނަޔާބް ދެކެ… ހަމައެކަނި ނަޔާބް ދެކެ.. އަހަންނަށް މި ކައިވެނި ކުރެވޭކަށް ނެތް” ކައިވެނީގެ މަޖިލީހުގައި ތިބި އެންމެނަށް އިވޭ ވަރަށް ބުނުމަށްފަހު ޔަމީން ދުވެފައި ކަހަލަގޮތަކަށް އައިސް އަހަރެން އޭނާގެ އަތުތެރެއަށްލާ ބޮނޑިކޮށްލިއެވެ. އަހަންނަށް ޔަމީންގައިގާ ބާރަށް ބައްދާލެވުނުއިރުވެސް ރޮވެމުން ދިޔައެވެ. އެދުވަހު މައްސަލަ ވަރަށް ހޫނުވިއެވެ. ޔުމްނާއްތަ ރުޅިއައިސްގެން ނުކިޔާއެއްޗެއް ނެތެވެ. ރަނާގެ އާއިލާ މީހުން އެގެއިން ނިކުމެގެން ދިޔައީ ޔަމީންގެ އާއިލާ މީހުންނާ އެއްކޮށް ގުޅުން ކަނޑާލާފައެވެ.

އަހަރުމެންދެމީހުން ކައިވެނި ކުރީ އޭގެ އެއް ހަފްތާ ފަހުންނެވެ. ޔުމްނާއްތަގެ ނުގަބޫލުގައެވެ. މިހާރު އަހަންނާ ޔަމީން ދިރިއުޅެނީ ވަކިން އެޕާޓްމެންޓެއްގައެވެ. އަހަރެން ދެކެ ކިތަންމެ ބަޔަކު ރުޅިއަޔަސް ފަރުވާލެއް ނެތެވެ. ޔަމީންގެ ލޯބި އަހަންނަށް ފުދެއެވެ.

ނިމުނީ

Share Article

Follow Me Written By

Azkii

Level 110 Stories

Other Articles

Previous

ހުވަފެނުގެ ރާނީ 24

Next

ލޯބި2

Next
January 30, 2019

ލޯބި2

Previews
January 30, 2019

ހުވަފެނުގެ ރާނީ 24

20 Comments!

  1. Akii says:
    January 30, 2019 at 2:02 pm

    here’s third story.. hope you all will like it.. loves..

  2. Kujjeh says:
    January 30, 2019 at 2:19 pm

    Wow this stori is amazing???? Very nice story ❤

    1. Akii says:
      January 30, 2019 at 2:57 pm

      Thank you ❤️

  3. Hope says:
    January 30, 2019 at 2:26 pm

    Vavuth faaithu nuvanees

    1. Akii says:
      January 30, 2019 at 2:57 pm

      ???

  4. ??Neha?? says:
    January 30, 2019 at 2:27 pm

    Omg…. Wow Wow Wow….. It’s amazing…. ?????❤️❤️❤️❤️????????????????when next.. ❤️❤️❤️❤️❤️????

  5. ??Neha?? says:
    January 30, 2019 at 2:29 pm

    Ooh I am really sorry… Nimunyy dhw.. ????

    1. Akii says:
      January 30, 2019 at 2:58 pm

      It’s ok neha … Thank you ❤️

  6. Kitty says:
    January 30, 2019 at 3:01 pm

    Varah reethi mi vaahaka.. Masha allah keep up the good work dear ❤️❤️

    1. Akii says:
      January 30, 2019 at 3:34 pm

      Thank you kitty ❤️

  7. Aroo says:
    January 30, 2019 at 3:54 pm

    Vvvvvvv reethi hama thivareh neyi thikuraa masahkathuga kaamiyaabu lavvaashi

    1. Akii says:
      January 30, 2019 at 4:18 pm

      Thank you so much Aroo ❤️

  8. Ahu says:
    January 30, 2019 at 5:17 pm

    Maasha allah.. v rythi.. ??

    1. Akii says:
      January 30, 2019 at 6:20 pm

      Thank you ahu ?❤️

  9. Naf says:
    January 30, 2019 at 9:10 pm

    Masha Allah…❤️❤️❤️❤️ Obbiness to the max…??? Haadhahaa vaa ryhchey mi vaahaka vs.. ??? aslu vs akii ah Hama award eh dheyvaru vey.. ??❤️❤️????? now u r one of my fav writer..??❤️?? keep it up the work… Next story Kon dhuvahakun kiyaalan libeyny akii… Aslu vs mihaaru Hama beleni akii ge story eh up vefai indhey thr..????❤️❤️❤️❤️❤️❤️❤️ gud nyt akii???

    1. Akii says:
      January 30, 2019 at 9:56 pm

      Ur comment never fail to impress me naf ? thank you so much ❤️

  10. LuLoo says:
    January 30, 2019 at 9:13 pm

    Hama asluvexx innocent love ..vrh loabi cute vhka eh.. Keep it up akii????❤❤??

    1. Akii says:
      January 30, 2019 at 9:17 pm

      Thank you lulooo ??❤️

  11. ??Neha?? says:
    February 2, 2019 at 12:32 pm

    Akki Ehen story eh up kohdheebaaa…

  12. Haly says:
    February 4, 2019 at 1:05 pm

    Wow its very nice??

Comments are closed.


All Right Reserved!