Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދިނީ ޒަހަރު… 10

Ushaali Level 810 Stories100 Comments100 Stories500 Comments
January 31, 2019 7 Mins Read
5 Comments

09 ވަނަ ބައިގެ ތެރެއިން….

“ދެންހެޔޮ ދިމާނުކުރިޔަސް. އެހެންވާނީ ދުވަހަކުވެސް މީހަކުދެކެ ލޯބިވާން ނޭނގޭ މީހަކު ތިކަހަލަ ވާހަކައެއް ދެއްކީމަ” ޔަނާލް ޝީޓުގައި ހަމަޖެހިލަމުން ބުނެލިއެވެ.

“ނަނާއަށް ކިހިނެއް އިނގެނީ އަހަރެން މިކުރީ ސަމާސާއެއް ކަމެއް. ހަޤީޤަތަކަށްވެސް ވެދާނެއްނު” ކާރު ދުއްވާލަމުން ފައިޒަން ބުނެލިއެވެ.

“ދެންހެޔޮ…. އަހަރެން ފައި ބޭނުމީ ހަމައެކަނި އެކުވެރިއެއް ގޮތުގަ. ޔުއަރ މައި ބެސްޓްފްރެންޑް. ފޯރ އެވަރ އެންޑް އެވަރ” ދުއްވަން އިން ފައިޒަންގެ ކޮނޑުގައި ބޯއަޅާލަމުން ޔަނާލް ބުނެލިއެވެ. ފައިޒަން ޔަނާލަށް ބަލާލީ ހިތިގޮތަކަށެވެ.

**************************

ވަދެގެން އައި ފައިޒަންއާއި ޔަނާލް ފެނުމުން ސިޓިންގްރޫމުގައި ތިބި ކުލްޝޫމާއި ރިޔާޒް ހީލިއެވެ. ކުލްޝޫމް ތެދުވެ ޔަނާލްގެ ގައިގާ ބައްދާލަމުން ބޮލުގައި ފިރުމާލިއެވެ. ޔަނާލަކީ އެންމެ ކުޑައިރުއްސުރެ އޭނާގެ ލޯމަތީގައި ބޮޑުވަމުން އަންނަ ކުއްޖަކަށް ވާތީ އޭނާގެ ހިތުގައި ވަނީ މައިވަންތަކަމުގެ ލޯބި އުފެދިފައެވެ.

“ރަނގަޅުތަ ގޭ ހުރިހާމީހުން” ކުލްޝޫމް އަހާލިއެވެ. ޔަނާލް ބޯޖަހާލިއެވެ. ރިޔާޒްވެސް ޔަނާލްގެ ބޮލުގައި ފިރުމާލިއެވެ.

“ދެން ހިނގާ އަވަހަށް ކާން… ބައްޕަ އެއްގޮތަކަށްވެސް ދަރިފުޅު ނާންނަނިސް ކާން އެއްބަހެއްނުވި” ކުލްޝޫމް ބުނެލިއެވެ.

“އަޅުގަނޑު ބުނީމެއްނު މަންމަމެން ފަށާށޭ. ކޮބާ ދާން؟” ފައިޒަން ބުނެލިއެވެ. ޔަނާލް ކޮނޑުގައި އޮތް ދަބަސް ސޯފާމަތީގައި ބާއްވާފައި ކުލްޝޫމް ފަހަތުން ބަދިގެއާއި ދިމާލަށް ދިޔައެވެ. ފައިޒަން މައްޗަށް އެރީ ޔަޒްދާން ބަލައެވެ.

އެންމެން ހަމަވުމާއެކު ބިސްމީގެ ބަރަކާތުން ކެއުން ފެށުނެވެ. ޔަނާލް އިންނަން ޖެހުނީ ޔަޒްދާން ކުރިމަތީގައެވެ. ޔަޒްދާންގެ މޫނަށް ބެލޭވަރުން ރަނގަޅަށް އޭނައަށް ރަނގަޅަށް ނުވެސް ކެވެއެވެ. އެހެންނަމަވެސް ޔަޒްދާން އެންމެ ފަހަރަކުވެސް  އިސްއުފުލާ އެހެންތަނަކަށް ބަލާނުލައެވެ.

“ފައި! ނާލް އަވަހަށް ގެއަށް ގެންދާތި. ފަތިހާ ހޭލަންވެސް ޖެހޭނެއްނު” ކުލްޝޫމް ބުނެލިއެވެ. ފައިޒަން ބޯޖަހާލިއެވެ.

“ކޮބާ ދާން! ކްލާސްތައް ކިހިނެއްވަނީ. އެކުވެރިންކޮޅެއް ނުލިބޭތަ” ހީލާފައި ކުލްޝޫމް ޔަޒްދާނާއި ވާހަކަދެއްކިއެވެ. ޔަޒްދާން އޭނާގެ ސަމާލުކަން ކުލްޝޫމަށް ހުއްޓާލިއެވެ.

“ވަރަށް އެކުވެރި ހުރިހާ ކުދިންވެސް. ދެން ފުރަތަމަ ދުވަސްކޮޅު ވީމަ އަދި ހަމަ ވަރަށް އާކޮށް މިޖެހެނީ އުޅެން. ފަހުން ރަނގަޅުވާނެ” ކުލްޝޫމަށް ބަލާލަމުން ޔަޒްދާން ހީލުމަކާއެކު ބުނެލިއެވެ.

“އޯއެމްޖީ… ހޭން އިނގޭ ފިރިހެނެއްމީ” ޔަޒްދާން ހީލިތަން ފެނުމުން ޔަނާލް ހިތާހިތުން ކިޔާލިއެވެ.

“ދެކުދިން ވަރަށް އެކުވެރިކޮށް ބޭބެއަކާއި ކޮއްކޮއެއްހެން ވާނީ އުޅެން. ބައެއްފަހަރު ފައިޒަން ވަރަށް ކޫސަނި ކަންތައްތަކާއި ރުޅިހަދާލާނެ. އެކަމަކު ހަމައެކަނި އާއިލާ މީހުންގެ ކުރިމަތީގައި. ޔަޒްދާން ވާނެ ބޭބެއެއްހެން ފައިޒަންއަށް ވިސްނަދޭން” ރިޔާޒް ވާހަކަދެއްކިއެވެ. ޔަޒްދާން ބޯޖަހާލިއެވެ. ނަމަވެސް އޭނާ ރިޔާޒްގެ މޫނަކަށް ނުބަލައެވެ.

“އެދޮގެއް ދާން. ބައްޕަ ކައިރީގަ އެކަނި ބޮޑާހާކަނީ….” ފައިޒަން އަވަހަށް ރެކިގަތެވެ.

ވަގުތަކަށް ފަހު ވަގުތެއް ފާއިތުވަމުން ދިޔައެވެ. ހަދަންޖެހޭ ހުރިހާ ފިލާވަޅުތަކެއް ނިންމާލިއިރު ދިހައެއްޖަހާ ބޮޑުވެއްޖެއެވެ.

“ފައި ކީ ހިފައިގެން ތިރިއަށް ފައިބާ. މިއަންނަނީ ފެންފޮދެއް ބޮއެގެން” ދަބަހަށް ގެނައި ފޮތްތައް އަޅަމުން ޔަނާލް ބުނެލިއެވެ.

“އޯކޭ. އަވަސްކުރާތި. ތިގޭ ހުރިހާ މީހުން އެބަގުޅާ. ހީވަނީ މުބާރާތެއް ފަށައިގެން އުޅޭހެން. އެންމެ މިނިޓެއް ލަސްވިޔަސް ތިގޭ ހުރިހާ މީހުން ތިބޭނީ މިގޭ ދޮރުމަތީގަ ކަންނޭނގެ” ތަޅުދަނޑި ހިފައިގެން ނިކުންނަމުން ފައިޒަން ބުނެލިއެވެ. ޔަނާލް ދިޔައީ ބަދިގެއާއި ދިމާލަށެވެ. ފެންބޮއެ ނިމިގެން ނިކުންނަން ދިޔަ ވަގުތު އަތުގައި ފޯނު ނެތްކަން އެނގުމުން އަމިއްލަ ބޮލުގައި ޖަހާލުމަށްފަހު ޔަނާލް މިސްރާބުޖެހީ ފައިޒަންގެ ކޮޓަރިއަށް އަލުން ފޯނު ބަލާދިޔުމަށެވެ.

ހިޔާލެއް ފިކުރެއްނެތި ކޮޓަރި ދޮރު ހުޅުވާލި ޔަނާލް ދެލޯ ބޮޑުވެގެން ދިޔައީ ކުރިމަތީގައި ހުސް ބޮކްސާކޮޅުގައި ހުރި ޔަޒްދާން ފެނިފައެވެ. ޔަޒްދާން ތެޅިގަނެފައި އެނދުމަތީގައި އޮތް ކުއިލްޓް ދަމައިގަތުމަށްފަހު ހަށިގަނޑުގައި އޮޅާލިއެވެ.

“ޔޫ!!! ކަލޭ ކޮން މޮޔައެއްވެގެން މިކޮޓަރިއަށް ތިވަނީ. ގެޓްއައުޓް” ލޯމަރައިގެން ހުރި ޔަނާލް ދެލޯ ހުޅުވާލީ ދަތްކުނޑި ވިކާލަމުންނެވެ. އެކޮޓަރިން ނިކުންނަން އޭނާ ޔަނާލަށް އެ އަންގަނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟

“ވައި މީ؟؟ ކަލޭ މިކޮޓަރީގައި ހުންނަން ޖެހޭތަ؟ ކަލޭ ނިކުމެބަލަ މިކޮޓަރިން” ޔަނާލް ހަށަން ބަނދެލަމުން މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ.

“އެކްސްކިއުޒްމީ މެޑަމް…. ފޯރ ޔުއަރ ކައިންޑް އިންފޮމޭޝަން. ދިސް އިޒް މައި ރޫމް. އެންޑް ޔޫ ގެޓް އައުޓް އޮފް މައި ރޫމް ރައިޓް ނައު” އަޑަށް ބާރުލަމުން ޔަޒްދާން ބުނެލިއެވެ.

“ހާދަ ހެއްވައޭ… ދެންމެ މިތަނުގައި އިނދެ މަ ވޯރކްތައް ނިންމާފައި މިނިކުތީ. އޭރުގަ މިތާކު ކަލޭ ނެތް. ނުފެންނަ ތާކިހާ އަޅައިގެންތަ ހުރީ…..އެހެންނޫނަސް މިރޫމް މަށަށް ދުވަހަކުވެސް ނޯޅޭނެ” ޔަނާލް ގަދަވެލިއެވެ.

“ފައިގެ ރޫމް މިކޮޓަރިއާއި ޖެހިގެން ހުންނާނީ. މިފަހަރު ރަނގަޅަށް ތިހެރީ އޮޅިފަ. އުނހު. އޮޅިފައެއްނޫން. ހަމަ ގަސްދުގައި މިތަނަށް ތިވަނީ….. ޔޫ ލައިކް މީ. ރައިޓް؟” ޔަޒްދާން އަހާލިއެވެ. އޭނާގެ ބޭނުމަކީ ޔަނާލް ރަކިކޮށް ލަދުގެންނެވުމެވެ.

“އާނ… ނޫން… ނެވަރ… މަމިއުޅެނީ ތިކަހަލަ ރަނޑުމީހެއް ނުފެނިގެންތަ އަޅައިގަންނަން… މޮޔަވޭ….” ޔަނާލް ދޮރުހުޅުވާލުމަށްފަހު ނިކުތެވެ. ޔަޒްދާން ރުޅިއައިސްގެން ބާރަށް ދޮރުލައްޕާ ތަންޑުއެޅުވިއެވެ.

އައިއްސަ ހުރި ރުޅިގަނޑު ޔަނާލް ބޭރުކޮށްލީ ކާރަށް އެރުމަށްފަހު ކާރުގެ ދޮރަށެވެ. ފައިޒަން ދެކަންފަތްމަތީގައި އަތްއެޅީ ޔަނާލް ބާރަކަށް ހަޅޭއްލަވާ ގަތުމުންނެވެ.

“ކިރިޔާއޭ އެޓޭކެއް ނައީ. މަށަކީ ބީރެއްކަމަށްތަ ހީކުރީ” ފައިޒަން ޔަނާލަށް ބަލާލަމުން ބުނެލިއެވެ.

“ހުނ… އަދި ބުނެފިއެއްނު އަހަރެން ހުންނަނީ ތިމަންނަ އާއި އަޅައިގަނެފައޭ…. ވަރަށް ފޫހިވޭ….މަ އެބައުޅެންތަ އަންހެނެއްކަންވެސް ފިރިހެނެއްކަންވެސް ނޭނގޭ މީހަކާ ހިތާވާން. މީނަ ހިތުން މީނަ ވަރުގެ ރީތި މީހަކު މި ދުނިޔޭގަވެސް ނެތް. ޕާގަލް ކަހީކޭ……” ހަށިގަނޑަށް ހަރާކާތެއް ގެންނަމުން އަނގައަށް ވައްތަރެއް ޖައްސާލާފައި ޔަނާލް ބުނެލިއެވެ. އޭރު ފައިޒަންގެ މޫނުމަތިން ފެންނަމުންދަނީ ހައިރާންކަމެވެ.

“މަ…. މަ ކޮންއިރަކު އެހެން ބުނީ…. މަށެއް ނުދައްކަން…..” ވާނުވާ ނޭނގި އިނދެ ފައިޒަން ބުނެލިއެވެ. ޔަނާލް ފައިޒަންގެ މޫނަށް ބަލާލިއެވެ. އެއާއެކު ދެންފެށީ ހޭށެވެ. ފައިޒަން އިނީ ސީރިޔަސްކަމާއެކު ޔަނާލްގެ މޫނަށް ބަލަހައްޓައިގެންނެވެ.

“ސާބަސް… މިކިޔަނީ ފައިއަކާ ނޫނޭ… ތިހެން އިނީމަ ދެން ހިނިއަންނާނެއްނު” ހުނުންގަނޑު ކޮންޓްރޯލް ކުރަމުން ޔަނާލް ބުނެލިއެވެ.

“ނޭނގޭނެއްނު. ނަނާ ކީކޭ ތިކިޔަނީ؟…. ކާކު ކީކޭ ކިޔައިގެން ތިއުޅެނީ؟ ފޯނު ބަލާގޮސްފަ އެހާ ލަސްވީ ކީއްވެ؟” ކާރު ކުރިއަށް ދުއްވާލަމުން ފައިޒަން އަހާލިއެވެ.

“ފައިގެ ބަޑީ ޔަޒްދާނެއްނު. މަށަށް އޮޅިގެން ފައިގެ ރޫމް ކަމަށް ހީކޮށްފަ އެރޫމަށް ވަދެވުނީ. ތިމާއަށް ތިމާ ފެނިފަ ހުންނަ ފިރިހެނެއް” ތުންއަނބުރާލަމުން ޔަނާލް ބުނެލިއެވެ.

“ހެހެހެ… ދާންއާއި ފައިޓްކޮށްފަ ދޯ ތިއައީ… ކީކޭ ކިއީ އޭނަ؟” ފައިޒަން އަހާލިއެވެ. ވެދިޔަ ހުރިހާ ކަމެއް ޔަނާލް ފައިޒަންއަށް ކިޔައިދިނެވެ. ހީކުރިގޮތާއި ހިލާފަށް ފައިޒަން ޔަނާލަށް ޖޯކުޖަހާފައި ފެށީ ހޭށެވެ. ގެއަށް ދެވުމާއި ހަމައަށް ކާރު ތެރޭގައި ދެކުދިން އެކަކު އަނެކަކާއި ތަޅާފޮޅުން ނޫންކަމެއް ނުކުރެއެވެ.

*************************************

ދުވަހަކަށް ފަހު ދުވަހެއް ހަފްތާއަކަށްފަހު ހަފްތާއެއް ފާއިތުވަމުން ދޭއެވެ. ޔަނާލާއި ފައިޒަންގެ އެކުވެރިކަމަށް ކުޑަވެސް ލޮޅުމެއް ނާދެއެވެ. އެހެންމަވެސް ޔަޒްދާނާއި ޔަނާލް އެއްތަންވެއްޖިއްޔާ ކަމަކަށް އޮންނަނީ ބަހުގެ ހަމަލާ ދިނުމާއި ތަޅާފޮޅުމެވެ. އެކަމާއި ފައިޒަން އަބަދު ހުންނަނީ މަޖާވެފައެވެ. އެއް ކުލާހެއްގައި ކިޔަވާ އައިނީ ޔަޒްދާނާއި މާގާތްކޮށްގެން ވާހަކަދައްކާތީ އެކަމާވެސް ޔަނާލް ހުންނަނީ ހިތްހަމަނުޖެހިފައެވެ. ޔަޒްދާނާއި މެދު ޔަނާލްގެ ހިތުގައި އޮތީ ކޯއްޗެއްކަން އައިނީ އަށް އެނގޭއެވެ. އެހެންކަމުން އޭނާ ބޭނުންވަނީ ޔަނާލް އަބަދުގެ އަބަދަށް ފަހަތުގައި ބެހެއްޓުމަށްފަހު ޔަޒްދާންގެ ހިތާއި ހަމައަށް ފޯރާށެވެ.

ޓެސްޓް ނިންމާލުމަށްފަހު ޔަނާލް ބެންޗުގައި މަޑުކޮށްލައިގެން އިނީ ފޯނެއްގައެވެ. ފައިޒަންއާއި އެކުގައި ނިކުމެގެން އަންނަ ޔަޒްދާން ފެނުމުން ޔަނާލް ފޯނު ބޭއްވިއެވެ. އިރުކޮޅަކުން ފަހަތުން އައި އައިނީ ޔަޒްދާނަށް ގޮވާލުމުން ހުއްޓުނެވެ. ފައިޒަން ޔަނާލާއި އަރާ ހަމަވުމުން ޔަނާލް ތެދުވިއެވެ.

“ޑޯންޓް ޔޫ ރިމެމްބަރ؟…” ފައިޒަން ބުނެލިއެވެ. ޔަނާލް ދެބުމަ އަރުވާލިއެވެ.

“ނަނާ ކީކޭ ބުނީ. އެންމެފަހު ޓެސްޓް ނިންމާދުވަހު….”

“އޯކޭ އޯކޭ… ހަނދާން އެބަހުރި.. އެކަމު ކޮންތާކަށް ދާނީ ތިކަން ކުރަން” ޔަނާލް ބުނެލިއެވެ.

“ތަންތަން ހުންނާނެ ބައިވަރު. އެކަމު ހިތަށް އަރަނީ ނަނާއަށް ކެރޭނެބާއޭ އެހާ ފުނަށް ފަތަން” ފައިޒަން ބުނެލިއެވެ. އެދެމީހުން އަދިވެސް ތިބީ ބެންޗް ކައިރީގައި މަޑުކޮށްލައިގެންނެވެ.

“ހެވެއްނު ނުކެރުނަސް. ބޮޑުވަރަކަށް މަރެއްނުވާނީ މައްޗަށް ނާރާއޮވެ” ޔަނާލް ބުނެލިއެވެ. ހިނދުކޮޅަކަށް ފައިޒަންގެ ނަޒަރު ޔަނާލަށް އަމާޒުވިއެވެ.

“ދެން މިހެން ތިބެނީތަ. ހިނގާބަ ކާންދާން. މިފަހަރުދާނީ އަހަރެމެން ގެއަށް” ޔަނާލް ބުނެލިއެވެ.

“ލެޓްސް ގޯ…” ފައިޒަން ބުނެލިއެވެ.

“ވެއިޓް. ތިހެރަ ގޯސްޓް ނުލާތަ ދާނީ” ޔަނާލް އިޝާރާތްކުރީ ތަންކޮޅެއް ދުރުގައި ހެވިފައި ހުރި އައިނީ އާއި ވާހަކަދައްކަމުން ދިޔަ ޔަޒްދާނަށެވެ.

“އާނ ދޯ…. އަދި އޭނަ ނުލައެއް ނުދެވޭނެ. މަޑުކުރޭ މިއަންނަނީ” ފައިޒަން ހިނގައިގަތްތަނާ އެދެމީހުން ފައިޒަންމެން ތިބި ދިމާލަށް އަންނަން ފެށިއެވެ.

“ހޭއި ފައި. އައިނީ މިއަދު ލަންޗު ދެނީޔޯ އެންމެންނަށް. ދާނަންތަ؟” ޔަޒްދާން އަހާލިއެވެ. ޔަނާލް ހުރީ ދުރަށް ބަލަހައްޓައިގެންނެވެ. އޭނާގެ ޕްލޭން އައިނީ ފަނިކޮށްލީތީ ފޫހިވެފައެވެ.

“ހިނގާދާން. ސަޅިކަމެއް ތީ” ފައިޒަން ބުނެލިއެވެ.

“އޯކޭ ފައި.. ބާއި.. ހަވީރު އަންނާތި ދުއްވާލަންދާން ބަލާ” ކޮނޑުގައި ދަބަސް އަޅުވާލަމުން ޔަނާލް ބުނެލިއެވެ. ހުރިހާ މީހުން އެކީގައި ޔަނާލަށް ބަލާލިއެވެ. ޔަޒްދާން ޔަނާލަށް ބަލާލިގޮތަށް ފޫހިކަމާއެކު ނަޒަރު ހިންގާލީ އެހެން ދިމާލަކަށެވެ.

“ނަނާ ނުދަނީތަ؟ އެހެންވިއްޔާ މަށެއްވެސް ނުދާނަން. އެކަމަކު…..” ފައިޒަން ޔަނާލަށް ބަލާލުމަށްފަހު ދެން ބަލާލީ ޔަޒްދާނަށެވެ.

“ޔަނާލް! ޕްލީޒް ހިނގާބަ ދާން” އައިނީ ޔަނާލަށް ބަލާލާފައި ބުނެލިއެވެ.

“ދާން ނުދާން ހުރެފައިވެސް ހީލަމުން ޔަނާލް އެމީހުންގެ ފަހަތުން ހިނގައިގަތެވެ. ފަހަތުގައި ހުރެ އޭނާ ދިޔައީ އައިނީއަށް ދެލޯ އަޅަމުންނެވެ. ޔަޒްދާންގެ ފަހަތުން އައިނީ އުޅޭތީ އެކަމާއި ޔަނާލް އެއްގޮތަކަށްވެސް ހިތްހަމައެއްނުޖެހެއެވެ. އައިނީއަކީ ވެސް ބަލާލަން ހުތުރު ކުއްޖެއްނޫނެވެ. ބުޅި އިސްތަށިގަނޑަކާއި ހެޔޮވަރުގެ އިސްކޮޅެކެވެ. އައިނީއަށް ލިބިފައިވަނީ ތަފާތު ދޮންކަމެކެވެ. ލައިގެން ހުރި ޓޮޕް ވަނީ ހަށިގަނޑަށް ހިފާލާފައެވެ. އެހެންކަމުން އޭނާގެ ހާމަވާން ހުރި ވަނާތަކަށް ބަލާލި ކޮންމެ ފިރިހެނެއްގެ ނަޒަރު ހުއްޓެއެވެ.

ފަހާނާ އިން ނިކުތް މާއިރާއަށް އެނދުގައި ވިސްނުމެއްގައި އޮތް ހާރޫން ފެނުމުން ހިނދުކޮޅަކަށް ހާރޫނުގެ މޫނަށް ނަޒަރު ހުއްޓުނެވެ. ނަމަވެސް ބަހެއް ނުކިޔާ އަތުގައި އޮތް ތުވާލި ގެންގޮސް ހަރުގައި އަޅުވާލުމަށްފަހު ޑްރެސިންގްޓޭބަލް ކައިރީގައި ހުރި ގޮނޑި ދަމާލާފައި އިށީނެވެ. މޫނުގައި ކްރީމް ހާކަމުން ހާރޫނަށް ނަޒަރެއް އެއްލިއެވެ. ހަމައެގޮތަށް ނިތްމައްޗަށް އަތް އެއްލައިގެން ހާރޫން އޮތެވެ. އޭނާގެ ކަޅި ވަނީ އެއްދިމާލަކަށް ހުއްޓިފައެވެ. ލައިގެން ހުރި ކުރު ނައިޓީ ކަކުލުން މައްޗަށް ހިއްލާލުމަށްފަހު ދެފައިގާ ލޯޝަން ހާކަމުން މާއިރާ ހާރޫނަށް ދެފަހަރަކު އަވަސް ނަޒަރެއް ދިނެވެ.

“ހާރޫން” މާއިރާ ގޮވާލިއެވެ. ނަމަވެސް ސިކުނޑި އޮޔާއި ވަޔާ އެކުވެގެން މާދުރަށް ދަތުރުކޮށްފައިވާ ހާރޫނަކަށް ހިލަމެއްވެސް ނުވިއެވެ. ހާރޫން ސިއްސައިގެން ދިޔައީ މާއިރާގެ ފިނިފިނި އަތްތިލަ ހާރޫން އަތުގައި ޖެހުމުންނުވެ.

“ކީކޭ؟؟؟ އެއްޗެއް ބުނިންތަ؟” އޮތްތަނުން ކުޑަކޮށް ހިއްލިލަމުން ހާރޫން ބުނެލިއެވެ.

“އިނދެގެން މިހާ ދުވަސްވެގެން ދިޔައިރުވެސް އަދި މިކަހަލަ މަންޒަރެއް ފެނިފައެއްނުވޭ. ބޮޑުކަމެއް ނުވާނަމަ ހާރޫން ތިގޮތަކަށް ވިސްނާކަށް ނޯންނާނެ. އަބަދުވެސް އަހަރެން އެންމެގާތް އެކުވެރިއަކަށް ދެކޭ މީހަކީ ތީ. ވެގެން އުޅޭ ކަމެއް ނުބުނެވޭނެތަ؟” ހާރޫންގެ މަގަތުން އިށީންނަމުން ބުނެލިއެވެ.

“މި ވިސްނާލީ ޝާއިރާއާ މެދު. އެބައްޔަށް ޝާއިރާ ބޭސްކުރާތާ ކިހާ ދުވަހެއް. ދުވަހަކަށް ފަހު ދުވަހެއް ހާލު އެދަނީ ދަށަށް. ރާއްޖެއިން ބޭރަށް ފުރުވާލަން މިވިސްނަނީ” ހާރޫންގެ ވާހަތައް އަހާފައި މާއިރާގެ މޫނުމަތީގައިހވާ ހިނިތުންވުން ފިލައިގެން ދިޔައެވެ. ނަމަވެސް އެކަން އޭނާ ހާރޫނަށް ނުދައްކާ އަވަސް އަވަހަށް ހަމަޖެހިލިއެވެ. ހާރޫންގެ ހަމަހިމޭންކަން އަބަދުވެސް އޭނާއަށް ވަނީ ހިތި ޒަހަރަކަށެވެ.

“އަހަރެން ކުރިން ވެސް ބުނީމެއްނު. އަވަހަށް ފޮނުވަން އުޅޭ. ބޭސްކުރީމަ ރަނގަޅުވެސް ވެދާނެއްނު” މާއިރާ އޭނާގެ ހިޔާލު ފާޅުކުރިއެވެ.

“މާއިރާ ހާދަ ރަނގަޅޭ. ތީ ހަމަ ޖަވާހިރެއް ކަހަލަ އަންތްބެއް” މަޑުމަޑުން މާއިރާ ނަގާ އަތްތެރެއަށް ލަމުން ހާރޫން ބުނެލިއެވެ.

“އަހަރެންގެ ދޮންތަމެން އުޅޭނެ އެކޮޅުގަ. އެމީހުން ކައިރީގައި ޝާއިރާއަށް ހުރެވޭނެއްނު. ހާރޫން ބޭނުންވިއްޔާ ތަނެއް ކުއްޔަށްހިފާފަވެސް ބެހެއްޓިދާނެ. އަހަރެންގެ މައްސަލައެއްނެތް ހާރޫން ދިޔަސް” މާއިރާ ހާރޫންގެ މޭދަށުގައި ބޮނޑިވެލަމުން ބުނެލިއެވެ.

“ނޫން. އަހަރެން ނުދާނަން. އެކަމަކު ޝާއިރާއަށް ދެރަގޮތެއް ވިޔަކަވެސް ނުދޭނަން. އަހަރެން ބޭނުންވަނީ ޝާއިރާ ރަނގަޅުވެގެން އަންނަން. އޭރުން އަހަރެމެންގެ ދަރިންވެސް ހާދަ ހިތްހަމައެއްޖެހޭނޭ ދޯ” ހީލަމުން ހާރޫން ބުނެލިއެވެ. މާއިރާވެސް ހީލަމުން ބޯޖަހާލިއެވެ. އޭނާގެ ތުންފަތްމަތީގައި ވަނީ ތަފާތު ހިނިތުންވުމެކެވެ.

“އޫމް… ހާދަ މީރުވަސް އެބަދުވައޭ….” މާއިރާގެ ކަރުދޮށުން ވަސްބަލާލަމުން ހާރޫން ބުނެލިއެވެ. މާއިރާ ހާރޫނާއި އިތުރަށް ގާތްވެލިއެވެ.

***********************************

ގޭ ދޮރުމައްޗަށް ޔަނާލް ނިކުތްތަނާ ފައިޒަންގެ ކާރު އައިސް މަޑުކޮށްލިއެވެ. ލޯގަނޑު ކަހާލިއިރު ދުއްވަންއިން ޔަޒްދާން ފެނި ޔަނާލްގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ.

އޯވް…. މިއަދު އަހަރެންގެ ޑްރައިވަރަކީ ތީތަ؟” މަލާމާތުގެ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން ޔަނާލް ބުނެލިއެވެ.

“ދުވަހަކުވެސް ކަލޭގެ ތިއެދުމެއް ނުފުދޭނެ.. އަރަންޏާ އަރަންވީ. ނާރަންޏާ މަށަށް ހެޔޮ މަގުމަތީގައި ތެޅެމުންފޮޅެމުން ދިޔަސް. އައި ޑޯންޓް ކެއަރ” ފަރުވާކުޑަ ރާގަކަށް ޔަޒްދާން ބުނެލިއެވެ.

“ފައިއަށް ކިއްކޮށްފަ ތިއައީ. ބުނޭ… އެންޑް…..” ޔަނާލް ޔަޒްދާނަށް އިނގިލި ދިއްކޮށްލިއެވެ.

“އެކްސްކިއުޒްމީ މިސް… ވަޓް ޔޫ މީން…. ފައި އޭނަ ބައްޕަޔާއެކު ތަނަކަށް ދިޔައީ. އަހަރެން މިއައީވެސް ފައި ބުނީމަ. ނާރަންޏާ ތިތާ އިންވެސްޓިގޭޝަން އޮފިސަރ އަކަށް ވެގެން ފައި ނައި ސަބަބު އިންވެސްޓިގޭޓް ކުރަން ހުރޭ. އަހަރެން މި ދަނީ” ސްޓާރޓް ބަޓްންއަށް ޔަޒްދާން ފިތާލުމާއެކު ދުމެއް ޖަހާފައި ޔަނާލް ގޮސް ކާރަށްއެރިއެވެ.

“ހެލޯ… އައެމް ނޮޓް ޔުއަރ ޑްރައިވަރ…. ތިތާ އިނދެގެން މި ކާރު ކުރިއަކަށް ނުދާނެ” ފަހަތުގައި އިން ޔަނާލަށް ލޯގަނޑުން ބަލާލަމުން ޔަޒްދާން ބުނެލިއެވެ.

“އަހަރެން ނޫޅެން ޔޫ ކައިރިއަށް ތިތާ ކުރިއަށް އަރާކަށް” ޔަނާލް ބުނެލިއެވެ.

“އަމުދަކުން މަށެއްވެސް ނޫޅެން މިތާ ތިކަހަލަ އޯލްޑް ވުމަންއެއް ބައިންދާހިތަކުން. އަހަރެންނަށް ވަރަށް ލަސްވޭއެބަ. އަދި އައިނީ ނަގަން ވެސް އަހަރެން ދާން ބޭނުން. ކުރިއަށް ނާރަންޏާ ފައިބާ” ޔަޒްދާން ފަހުގެ ހުކުމް އިއްވާލިއެވެ. ޔަނާލް ތުންކޮޅު ހަދާލާފައި ވެސް ފައިބައިގެން އައިސް ކުރީގައި އިށީނެވެ. އޭނާއަށް މުސްކުޅި އަންހެނެކޭ ޔަޒްދާން ބުނުމުން އިނީ ދެލޯ ފެންކަޅިވެފައެވެ. މީހުންގެ ހިތުގައި ޖައްސަން ކުޅަދާނަ ފިރިހެނެކެވެ.

****************************************

ހުކުރުދުވަހެވެ. ހާރޫނާއި މާއިރާގެ ދައުވަތަކަށް ކުލްޝޫމްގެ އާއިލާ މެންދުރުގެ ކެއުމަށް އެގެއަށް އައިސް އިންވަގުތެވެ. ހުރިހާ މީހުން ތިބީ ސިޓިންގްރޫމް ސޯފާގައެވެ. މަދީ ހަމައެކަނި ފައިޒަންއާއި ޔަޒްދާނެވެ.

“ކުލް! ގުޅާލަބަލަ އެސޮރަށް” ރިޔާޒް ބުނެލިއެވެ. ދަބަހުގައި އޮތް ފޯނު ނަގާ ގުޅާލަން ތައްޔާރުވެލިތަނާ ވަދެގެން އައި ޔަޒްދާނާއި ފައިޒަން ފެނުމުން ކުލްޝޫމް ހިނިތުންވެލިއެވެ. ޔަޒްދާން ފެނުމުން ހާރޫންގެ ނިތަށް ރޫ ގިނަވެގެން ދިޔައެވެ. ފައިޒަން ހުރިހާ މީހުންނާއި ސަމާސާ ކުރަމުން އައިސް އިށީނުމުން ބީރައްޓެހިވެފައި ތަންކޮޅެއް ދުރުގައި ޔަޒްދާން ހުއްޓުނެވެ. މާއިރާ އިން ސޯފާގެ އަތްގަނޑު މަތީގައި އިން ޔަނާލް ޔަޒްދާނަށް ބަލާލިއެވެ. އޭނާ ބީރައްޓެހިފައި ހުރިވަރު ފެނުމުން ކުޑަކޮށް ހިތުގައި ރިއްސާލިއެވެ.

“ދާން! އާދޭ އިށީންނަން. މީ ހަމަ ފެމެލީ…” ކުލްޝޫމް ގޮވާލިއެވެ. ޔަޒްދާން އިށީނީ ނާދު ތެދުވި ތަނުގައެވެ. އާކިންއާއި ޒާކިން އަދި ރާކިން ޔަޒްދާނާއި ހިތްހެޔޮ ހިނިތުންވުމަކާއެކު ސަލާމްކޮށްލިއެވެ. ނާދު ގޮސް ބަދިގެއަށް ވަނުމުން ކެއުމުގެ ކަންތައްތައް ހަމަޖައްސަން ނާދުއާއި ޝިފާ އެކީގައި ބަދިގެއަށް ވަނެވެ. އަޅާވެސްނުލާ އެންމެންގެ ތެރޭގައި ހޭންއިނީ އިފްނާއެވެ.

“ވަރަށް ރައްޓެހި ފޭސްއެއް” ހާރޫން ރިޔާޒު ކައިރީގައި ބުނެލިއެވެ. އެއަޑު ކުލްޝޫމަށް އިވުނެވެ.

“މީ ޔަޒްދާން. އަހަރެންގެ ވަރަށް ގާތް އެކުވެރިއެއްގެ ދަރިފުޅު. މާއިމެންނަށްވެސް އިނގޭނެ އެއްކަލަ ލިލީ. ލިލީ ގެ ދަރިފުޅު މީ” ކުލްޝޫމް އެންމެންނަށް ޔަޒްދާން ތަޢާރަފްކޮށްދިނެވެ. ޔަޒްދާން ވަކިވަކިން ކޮންމެ މީހެއްގެ މޫނަށް ބަލާލަމުން ހީލިއެވެ. ސޯފާގައި ތިބި އާކިން، ޒާކިން އަދި ރާކިން ފައިޒަން ފޯނުން އެއްޗެއް ދައްކާތީ އެދިމާލަށް ބަލަން ތިބިއިރު އެދިމާލަށް ޔަނާލްވެސް ބޯގުދުކޮށްލައިގެން ހުއްޓެވެ.

“ލިލީ އޭ… ޔާ  އައިނޯ…. ވަރަށް ދުވަސްވެއްޖެ ނުފެންނަތާ… ރިޔާ ކަލެއަށް ނޭނގޭތަ ލިލީ. ކަލޭ އެންމެ ގިނައިން ލިލީޔާ ދިމާކުރަނީ. ކަލޭ އަބަދުވެސް ބުނާނޭ ލިލީއަކީ ބާބީޑޯލއެކޭ. އަހަރެން ހަނދާން އެބަހުރި މީހާރުވެސް އެމަންޖެގެ ލޯ ރީތިވެގެން ކަލޭ އުޅުނުވަރު” ރިޔާޒް އެހެން ބުނުމުން ރިޔާޒް ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އޭނާ އެއްޗެއް ހަނދާންވިއެވެ. އޭނާގެ ބަލި ސިކުނޑީގައި ފުސްވެފައިވި ލިލީގެ ތަސްވީރު ކުލަޖެހިގެން ދިޔައެވެ. ދެން އޭނާ ބަލާލީ ޔަޒްދާނަށެވެ. ޔަޒްދާން އިނީ އޭނާގެ ފޯނަށް ބަލަހައްޓައިގެންނެވެ. ޔަޒްދާންގެ މޫނުމަތިން ލިލީގެ ތަސްވީރު ފެނުނުހެން ރިޔާޒަށް ހީވިއެވެ.

“އަހަރެން ވަރަށް ހަނދާންކޮށްފިން. އަދި ކިރިޔާ މިއެނގުނީ. އެންމެ ފުރަތަމަ ދުވަހުވެސް މަށަށް ވަރަށް ވައްތަރުވި ދަންނަ މީހަކާ” ރިޔާޒް ބުނެލިއެވެ. ކުލްޝޫމް ހުރިހާ  މީހުންނަށް ލިލީއަށް ދިމާވި ހިތްދަތި ހާދިސާ ކިޔައިދިނެވެ.

“މަންމާ! ކާން ހެދިފަ ހުރީ. ދާންވީނުން” ނާދު ބުނެލިއެވެ. މާއިރާގެ ބުނުމަށް އެންމެން ކާމޭޒު ކައިރިއަށް ޖަމާވިއެވެ. ކޮޅަށް ތިބީ ނާދުއާއި ޝިފާއެވެ. ވަކިން އައި ޔަނާލްގެ އިސްކޮޅަށް ފައިޒަންއަށް ބަލާލެވުނީ އަދި ކިރިޔާއެވެ.

“މިތަނަށް ކޮންއިރަކު އިންޑިޔާ މީހެއް އައީ” ފައިޒަން ބުނެލިއެވެ. ހުރިހާ މީހުން އެއްފަހަރާ ފައިޒަންއަށް ބަލާލިއެވެ.

“ދެން… ދިގުކޮށް ހުންނަ ހެދުމެއް ލައިފިއްޔާ އިންޑިޔާ މީހެއް. ކުރު ހެދުމެއް ލައިފިއްޔާ ޔޫރަޕް މީހެއް. ބުރުގާ އަޅައިފިއްޔާ ބުނާނެ ފަލަސްތީނު މީހެކޭ. މި ފައި ކުރިމައްޗަށް އަންނަންވީ އެއްވެސް އެއްޗެއްނުލާ ކަންނޭނގެ” ޔަނާލް ހަޅޭއްލަވައިގަތެވެ. އެއްވެސް މީހަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޔަޒްދާން ސިއްރު ނަޒަރެއް ޔަނާލަށް ދިނެވެ. ޔަނާލް ހުރިގޮތުން ޔަޒްދާން ކައިރރިއަށް ހިނިއައެވެ. ނަމަވެސް ހިމޭނުން އިނެވެ.

“ނޫނޭ.. ވަރަށް ރީތި ޕްރިންސަސް…” އާކިން ޔަނާލްގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“ތެދެއް. އަދި ވަރަށް ލޯބިކޮށް ހުންނާނީ ނާލް ބުރުގާ އެޅީމަ” ޝިފާވެސް ބުނެލިއެވެ.

“އަހަރެމެންގެ ނާލް ރީތިވާނެ ކޮންމެ ކަހަލަ ހެދުމެއް އެޅިޔަސް” އިފްނާ ބުނެލިއެވެ. ހުރިހާ މީހުންގެ ތަޢުރީފް ލިބެން ފެށުމުން އިސާހިތަކު ޔަނާލްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

“ހުރެބަލަ އެއްދުވަހަކުން ފައިއަށް ލަނޑެއްދޭނަން. މޫނު ބުރުގާ އަޅައިގެން ދާނީ ފައި ކައިރިއަށް. އޭރުން ހުންނާނެއްނު ކާކުކަން ނޭނގިގެން ވަރަކަށް ތެޅިގަނެފަ. އެދުވަހަކުން އަހަރެން ގެއްލިގެން ނުހޯދާތި” ޔަނާލް ބުނެލިއެވެ. ޔަޒްދާން އެއްފަހަރު ޔަނާލްގެ މޫނަށް ބަލާލުމަށްފަހު އަނެއްފަހަރު ފައިޒަންގެ މޫނަށް ބަލާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ލޯބި3

Next

2234

Next
January 31, 2019

2234

Previews
January 31, 2019

ލޯބި3

5 Comments!

  1. Ram Ziyaa says:
    January 31, 2019 at 12:37 pm

    Ummu Usuf??

    1. Ummu Usuf says:
      January 31, 2019 at 2:58 pm

      Miadhu mashah dho mi landudheny?

    2. Ram Ziyaa says:
      January 31, 2019 at 6:29 pm

      Dhuvaalaku meehakah

  2. Unknown girlll.. says:
    February 1, 2019 at 6:01 pm

    Ushali.. im agreat fan of u n ur stories.?????..ushalige kureege vaahakathakey ehfadhain mivaahakaves reethi vaanekamah ummedhukuran..kurige dhevaahaka kiyaalin..vaaloabi ingeyne nama yaa loabi nuviyas firumaaladhee.????.hama v.habeys???..faharehga comment nukoh huredhaane ekam baraabarah kiyaalin..v dhigu inthizaarakah fahu ushaalige vaahaka eh mifenuny..yey…v happy..ummedhukurany mivaahakaves reethivaanekamah…ekam adhi kiyaanulevigen moulheny..,furathama bain fashanvegen..ok ehnun..sooo wish u all thebest???.mcimment nukurevunas kiyaaleveytho balaanan inshallah…keep smiling, luv ya bodukoh.❤❤❤.reply nukurevuna kiyaalahcheyyy,teply kohfiyya v.happy vaane???,till dhen bye???

  3. Shaina says:
    February 2, 2019 at 9:17 am

    V v v reethi. Next part avaha genesdhechey

Comments are closed.

Next Episodeދިނީ ޒަހަރު….11←


All Right Reserved!