
ކަލާޔާ ނުލާ 7
އަޔާން އެލަވައިގެ ކޮންމެ ކަޑިއެއްގައި ބުނަމުން ދިޔަ ލަފުޒުތައް ނިސްބަތްކުރަމުން ދިޔައީ ޒޯޔާއަށް ށެވެ. ޒޯޔާގެ އެ ރީތި ސިފައަށްށެވެ. އަޔާންގެ ހިތުގައި ޒޯޔާއަށްޓަކައި އުފެދިފައިވާ އިހުސާސް ތަކަށްށެވެ. ޒޯޔާ ހުރީ އަޔާންގެ އެ މޫނަށް ބަލަހައްޓައިގެންނެވެ. އެލަވައިގައި އެކިޔާ ކޮންމެ އިބާރާތެއް ނިސްބަތްވަނީ އޭނާއަށްކަން ޒޯޔާއަށް އިނގެއެވެ. އަޔާން ލަވަކިޔައި ނިއްމާލުމުން އަތްތިލަބަޑީގެ އަޑުގަދަވެގެން ދިޔައެވެ. އަޔާން ގިޓާހިފައިން އިސްޓޭޖުން ފޭބިއެވެ. ޒޯޔާގެ މޫނުމައްޗަށް ވަނީ ރީތި ހިނިތުންވުމެއް ވެރިވެފައެވެ. ޝޯނިމުމުން ހަތަރުމީހުން ގެއަށްދާން ހިގައިގަތެވެ. ” އަޔާން… މިއަދު އިސްޓޭޖް މަތީ ކޮންކުއްޖެއް ވާހަކަ ތަ ދެއްކީ … “ރީނާ އަޔާން ގާތު އެހިއެވެ. ފަޔާޒް އަށް އަޔާން ލަވަކިޔައިދިނީ ޒޯޔާއަށް ކަން އިގުނެެވެ. ” އެއީ ވެސް ދެން ކުއްޖެއް.. ” އަޔާން ޒޯޔާއާއި ދިމާލަށް ސިއްރުން ބުނެލިއެވެ.
ގެއަށް އާދެވުނު އިރު ގަޑިން ބަރާބަރު 12 ޖެހީއެވެ. އެންމެން އައިގޮތަށް އެމީހެއްގެ ކޮޓަރިއަށް ވަނެވެ. ރީނާ އެއްޗެހި ބަދަލުކޮށްގެން ނިދަންއޮށޯތީއެވެ. ޒޯޔާއަށް އެނދުގައި ދެފަރާތަށް އެބުރި އެބުރިވެސް ނިދޭގޮތެއް ނުވިއެވެ. މަޑުމަޑުން އެދުން ތެދުވެގެން ޒޯޔާ ސިޓިން ރޫމަށް ނިކުތެވެ. ސިޓިންރޫމްގައި ހުރި ފަނޑުއަލި ބަދިގެއަށް އެޅިފައި ވާތީ ޒޯޔާ ބަދިގެއަށް ވަދެ ބޮކިނުޖައްސައި އައިސް އަލުމާރި ދޮރުހުޅުވާފައި ފެންފުޅިއެއް ނަގައިގެން ހަށިގަނޑު ސީދާ ކޮށްލި ވަގުތު ބަދިގެ ދޮރުމަތީ ހުރި އަޔާން ފެނި ޒޯޔާ ދިޔައީ ސިއްސައިގެންނެވެ. އަލުމާރި ދޮރުލައްޕާލުމަށް ފަހު ނެގި ފެންފުޅި ގެނެސް މޭޒުމަތީ ބަހައްޓާލިއެވެ. ” އަހަރެން މީ ހަންޑިއެއް ކަމައްތަ ހީކުރީ.. ” އަޔާން އައިސް މޭޒުކައިރީ ހުރި ގޮޑިއެއްގައި އިށީއްނަމުން ބުނެލިއެވެ. ” ނޫން… އެހެންނެއް ނޫން… ކުއްލިއަކަށް ފެނުނީމަ… ” ޒޯޔާ ފެންތަށިން ފެންފޮދެއް ބޯލަމުން ބުނެލިއެވެ. ” ޒޯ .. އަޔާން އަށް ކޮފީ ތައްޓެއް ގިރައި ދީފާނަށްތަ… ނިދިނައިސްގެން މި އުޅެނީ ބަޑުހައިވެފަ ހުރީމަ .. ” ޒޯޔާ އަޔާން އަށްށާއި އޭނާއަށް ކޮފީ ގިރައިގެން އައިސް މޭޒުކައިރީ އިށީނެވެ.
އަޔާން ޒޯޔާއާއި ދިމާލަށް ކަޅިޖަހާނުލައި ބަލަމުން ކޮފީތަށި ހުސްކޮށްލިއެވެ. ޒޯޔާއިނީ ފިނި ވެފައެވެ. އަޔާން އެވަރަށް ބަލާތީ ލަދުންގޮސް ހަލާކުވާ ވަރުވެފައެވެ. ޒޯޔާއަށް ކޮފީ ތަށި ހުސްކޮށްލެވުނު ގޮތެއްވެސް ނޭގުނެވެ. ދެތަށި ހިފައިގެން ޒިންކު ކައިރިއަށް ގޮސް ދޮވެލާފައި ތަށި އަޅުވާލިއެވެ. ޒޯޔާ ދާން އެބުރިލި ވަގުތު އަޔާން އައިސް ޒޯޔާގެ ކުރިމަތީ ހުއްޓުނެވެ.
ޒޯޔާ ކުރިއަށް އެޅިފިޔަވަޅު ފަހަތަށް އެޅިއެވެ. ޒޯޔާގޮސް ކަބަޑުގައި ލައްވެލިއެވެ. އަޔާން ދިޔައީ ޒޯޔާއި ގާތްވަމުންނެވެ. ” އަހަރެން ބުނި ބަހުގެ އެއްވެސް ޖަވާބެއް އަހަރެންނަށް ނެތީތަ … ” އަޔާން ޒޯޔާގެ ދެލޮލަށް ބަލަމުން ބުނެލިއެވެ. ޒޯޔާހުރީ އަގައިން ބަހެއް ބޭރުކުރަން ނޭގިފައެވެ. ހިތްއަވަސް ވެފައެވެ. އަޔާން ޒޯޔާގެ ފަރާތުން ބަހެއް ނުލިބުމުން ދާން އެބުރިލިއެވެ. ނަމަވެސް ހުއްޓެން މަޖުބޫރުވީ ޒޯޔާ އޭނާގެ އަތުގައި ހިފަަހައްޓާފައި ހުރުމުންނެވެ. ” ޔާން ” ޒޯޔާ ވަރަށް ލޯބިން އަޔާންއަށް ގޮވައިލި އެވެ. އަޔާން ޒޯޔާއާއި ދިމާލަށް ބަލައިލިއެވެ. ” އަދި އެއްފަހަރު ތިނަމުން ގޮވާލަބަލަ … ” އަޔާން ބުނެލިއެވެ. ޒޯޔާ ލަދުން އިސްޖަހާލިއެވެ. ” ޔާން ..އައި ލަވް … ޔޫ… ” ޒޯޔާ ވަރަށް މަޑުމަޑުން ލަސްލަހުން ބުނެލިއެވެ. އަޔާންގެ ހިތަށް ނޭގޭ އުފާވެރިކަމެއް ލިބިގެން ދިޔައެވެ. މަޑުމަޑުން ޒޯޔާގެނެސް އަޔާންގެ އަތުތެރޭ ގައި ހައްޔަރު ކޮށްލިއެވެ. ” އައި ލަވްޔޫ ޓޫ… ޒޯ .. ވަރަށް ލޯބިވޭ ޒޯ … ދެކެ …. އަހަރެންނަށް ނޭގެ ކޮންއިރަކު ކަމެއް… އެކަމަކު …އަހަރެން ނަށް ޒޯޔާދެކެ އިންތިހާއަށް ލޯބިވެވިއްޖެ… ” އަޔާން ޒޯޔާ ގައިގައި ބައްދާލަމުން ބުނެލިއެވެ.
ޒޯޔާހުރީ ހަރަކާތެއްވެސް ކޮށްލަން ނޭގިފައެވެ. މިއީ ހަޤީޤަތެއް ބާއޭ ޒޯޔާ ހިތައް އެރިއެވެ. ދިހަމިނެޓް ވެގެން ދިޔައިރުވެސް އެދެމީހުން ތިބީ ހަމައެގޮތަށްށެވެ. ޒޯޔާ އަށް އަޔާން ހިފަހައްޓާފަ ހުރިލެއް ބާރުކަމުން ނޭވާލާން އުދަގުވީ ނަމަވެސް އަޔާންއާއި ދުރުވާކަށް ޒޯޔާއަކަށް ނުކެރުނެވެ. ޒޯޔާ މަޑުމަޑުން ކެއްސައިގަތެވެ. އަޔާން ޒޯޔާ ގައިން ދޫކޮށްލިއެވެ. ” ސޮރީ .. އަހަންނާއި ހެދި ޒޯއަށް ހާރޓް ވީމަ..” އަޔާން ބުނެލިއެވެ. ޒޯޔާ އިޓްސް އޯކޭ އޭ ބުނެލިއެވެ. އަޔާން ޒޯޔާގެ ރީތި މޫނުގައި ފިރުމާލިއެވެ. “ވަރަށް ލަސްވެއްޖެ ދޯ ….ދެން ހިނގާ ނިދަން ދާން .. “އަޔާން ވަރަށް ލޯބިން މިހެން ބުނެ ޒޯޔާގެ ނިތް ކުރީގައި ބޮސްދިނެވެ. އަޔާން ޒޯޔާގެ އަތުގައި ހިފައިގެން ގޮސް ޒޯޔާގެ ކޮޓަރި ކައިރީ ބެހެއްޓިއެވެ. އަދި ގުޑްނައިޓް ލަވް އޭ ބުނެ ޒޯޔާއަށް ހިނިތުންވެލިއެވެ . އަދި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ދެމީހުންނަށް އެރޭ ނިދުނީ އެކަކު އެނެކަކު މަތިން ހަދާންކުރަމުންނެވެ. އެ ހިތްގައިމު ވަގުތު ކޮޅުމަތިން ޒޯޔާ ދުވަހަކުވެސް ހަދާން ނުނެތޭނެކަން ގައިމެވެ.
އޭގެ އެނެއްދުވަހު ހެދުނު ހޭލިއްސުރެ ޒޯޔާގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. ” ހޫނނ.. ޒޯ ހާދަ އުފާވެފަ … ކޮންކަމަކާ.. ” ރީނާ ހައިރާންވެ ހުރެ އަހާލިއެވެ. ” ކަމެއް .. ނުވޭ .. ދެންހަަމަ ހެޕީވެފަ މިހުރީ … ” ޒޯޔާ ބުނެލިއެވެ.
އަޔާން މެން ހެދުނު ސަޔަށް އައިސް ކާކޮޓަރިއަށް ވަނެވެ. އަދި ވަރަށް ލޯބިން އަޔާން ޒޯޔާއަށް ބަލާލިއެވެ. ޒޯޔާ ލަދުން އިސްޖަހާލިއެވެ. އަޔާންއަށް ޒޯޔާގެ އެ ލަދުރަކިކަން ވަރަށް ކަމުދިޔައެވެ. ” އޭއި … ހުރިހާ އެންމެން .. ރަނގަޅު ގަޑިއަކަށް ދޯ މިއާދެވުނީ … ” ރީޙާން އާއި އަޖުމަލް އެގެއަށް އައިސް ވަނީ އެވަގުތުއެވެ. ” ކަމް ޖޮއިން އަސް …” ފަޔާޒް ބުނެލިއެވެ. އަޖުމަލް ޒޯޔާއާއި ދިމާލަށް ބަލައިލިއެވެ.
އަޖުމަލް އަކީ ޒޯޔާއާއި ކުޑައިރުން ސުރެ އަޅައިގަނެގެން އުޅޭ ކުއްޖެކެވެ. ވަރަށް ފަހުން ޒޯޔާގާތު އަޖުމަލް ރައްޓެހިވަން ވެސް އެހިއެވެ. ޒޯޔާ އަޖުމަލްއާއި ރައްޓެހި ނުވާނެކަމަށް ބުނުމުން ވެސް އަޖުމަލް ޒޯޔާގެ ފަހަތުން ޒޯޔާގެ ލޯތްބައް އެދެމުން ދިޔައެވެ. އަޖްމަލްގެ އުންމީދަކީ ޒޯޔާ ކޮންމެވެސް ގޮތަކުން ހާސިލް ކުރުމެވެ.
” އަސްލު އަހަރުމެން މިއައީ ކަލޭމެން ކައިރީ ވާހަކަ އެއް ދައްކަން ” ރީހާން ސައިބޮއި ނިމިގެން ސިޓިންރޫމްގައި ހުރި ސޯފާގައި އިށީނަމުން ބުނެލިއެވެ. ” ކޮން ވާހަކަ އެއް …” އަޔާން އަހާލިއެވެ. ” މާދަމާ އަހަރުމެން މިވިސްނަނީ މިވިސްނަނީ މިތާކައިރި ފަޅުރަށަކަށް ދަތުރުދާން … އަޔާންމެންވެސް ގެންދަންވެގެން އެވާހަކަ ބުނަން މިއައީ……” ރަޔާން ބުނެލިއެވެ. ” ހޫން…އަހަރުމެން ވަރަށް ދާހިއްވޭ އެބަ…އެކަމަކު ޒޯޔާމެން ދަންޔާ އަހަރުމެން ދާނީ … އެހެންނޫނީ ނުދާނަށް … ދޯ ފަޔާޒް ” އަޔާން ޒޯޔާމެންނާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ. ” ޒޯޔާމެން ނުދާނަންތަ … ދެން ހިނގާބާ ދާން … ” ރަޔާން އާދޭހާއެކު ބުނެލިއެވެ. ޒޯޔާމެން ދާން އެއްބަސް ވިއެވެ. އަޔާން އާއި ދެންތިބި ތިންމީހުން ދަތުރު ގައި ބައިވެރި ވުމަށް އެމީހަކަށް ދޭންޖެހޭ މިންވަރަށް ފައިސާ ރަޔާންއަށްށާއި އަޖުމަލް އަށް ދިނެވެ. އަޖުމަލްމެން ދަމުން ރެޑީވެގެން މާދަމާ ފަތިހު 5:30 ގައި ބަދަރަށް ނިކުތުމަށް ބުނެފައި އެެގެއިން ދިޔައީއެވެ.
އެދުވަހު ހަވީރުގެ ވަގުތެވެ. ޒޯޔާމެން އުޅުނީ އެގޭގައި ދޮރުމަތީ އޮތް މާބަގީޗާގައި ގަސްތަކެއް އިންދާންށެވެ. އަޔާންއާއި ފަޔާޒް މެންދުރު ދަތުރަށް ތައްޔާރުވާން ގޮސް ގެއަށް އައީ އެވަގުތު އެވެ. ޒޯޔާމެން އެވަގުތު އެ މަސައްކަތުގައި ތިބިތަން ފެނުމުން ޖެއްސުން ކޮއްލާ ހިތްވިއެވެ. އަޔާން އާއި ފަޔާޒް އެތަނުގައި އޮތް ފެންޖަހާ ދެހޮޅި ނެގުމަށް ފަހު ޒޯޔާމެންނާއި ދިމާލަށް ކުއްލިއަކަށް ފެންބުރުއްސައިލިއެވެ. ޒޯޔާމެން ތިބިތަނުން ތެދުވެ އަޔާންއާއި ފަޔާޒްއާއި ދިމާލަށް ދުއްވައިގަތެވެ. އަދި ގޮސް ފެން ހޮޅިތައް ފަޔާޒް އާއި އަޔާންގެ އަތުން އަތުލިއެވެ. ޒޯޔާމެން އަޔާންމެން ބޮލަށް ފެންޖަހަން އުޅޭކަން އެގުމުން ދެމީހުން ދުވެފައި ގޮސް ފޯނުތަށް އުދޯލިމަތީ ބެހެއްޓިއެވެ. އަދި ޒޯޔާމެން ފަހަތުން ދުއްވައިގަތެވެ. އެސަކަރާތް ޖަހާ ނިމުން އިރު އެންމެން ތިބީ ތެމި ފޯވެފައެވެ.
އިރުއޮށްސި ނުވައެއް ޖެހިއިރު އެންމެން ނިދައިފިއެވެ. ފަތިހު ހޭލަން ޖެހޭތީއެވެ. ނަމަވެސް ޒޯޔާއަށް އޮތީ ދެލޮލަށް ނިދިނައިސް ފައެވެ. އެންމެފަހުން ނިދޭގޮތް ނުވުމުން ކޮޓަރިން ނިކުމެގެން ގޮސް ގޭ ދޮރުހުޅުވިއެވެ. ދޮރުހުޅުވުމާއި އެކު ޖެހުނު ފިނި ވައިރޯޅިން ޒޯޔާގައިން ހީބިހި ނަގައިލިއެވެ. ޒޯޔާއޭނާގެ ދެއަތް ދެއަތާ ކާއްތަމުން ގޮސް ބޭރު ގައި ހުރި އުދޯލީ އިށީދެލިއެވެ. އުދޯލި ހެއްލަމުން މޫނު މައްޗަށް ހިއްލައިލިއެވެ. ކަޅުކަން ގަދަ ފަޒާގައި ހުދުކުލައިގެ މުތީތަކެއް ފަދައިން ދިއްލިފައި ވާ އެތަށްތަރިއެއް އުޑުގައި ފިޔަޖަހަމުން ދިޔައެވެ. ހަނދުއޭގެ ފުރިހަމަ ވާޖިބު އަދާކުރަމުން ދިޔައިރު މުޅިތަނަށް ވަނީ ހަނދުގެ ފަޑުއަލި ފެތުރިފައެވެ. މި ފުރިހަމަ ރޭ އުޑު މައްޗަށް ކިތަންމެ އިރަކު ބަލަން އިންކަމުގައި ވީނަމަވެސް ފޫއްސެއް ނުވާނެއެވެ.
އަޔާން ގޭގެ ދޮރުމަތީގައި ޒޯޔާއަށް ބަލަހައްޓައިގެން ހުއްޓެވެ.އެ ރީތި ރޭގައި ޒޯޔާ އިހުނަށް ވުރެ ރީއްޗޭ އަޔާން ހިތަށް އެރިއެވެ. މަޑުމަޑުން ހިގާފައިގޮސް ޒޯޔާ ކައިރީ އުދޯލީގައިއިށީ ދެލިއެވެ. ޒޯޔާ ސިހިފައި އަޔާންއަށް ބަލައިލިއެވެ. ” ސާބަސް ޔާން… ތިގޮތަށް ބިރުގަންނުވަންޔާ … އަހަރެން އެއްދުވަހުން މޮޔަވާނެ ކަން ގައިމު… ” ޒޯޔާ މޭގައި އަތްއަޅާލަމުން ބުނެލިއެވެ. އަޔާން ހީލިއެވެ. “ތިފަދަ.. ރީތި ހޫރުޕަރީން ފެނިފަ ޖިންނިންވެސް މޮޔަވާނެ ކަން ގައިމު.. އެކަމަކު …. އަހަރެން ހުއްޓަ އެ ޗާންސެއް އެހެން މީހަކަށް ނެއް .. މައި ސުވިޓީ …. ” ޒޯޔާގެ ކޮލުގައި ލޯބިން ހިފައި ލަމުން އަޔާން ބުނެލިއެވެ. އަދި ޒޯޔާގެ ފަން އިސްތަށިގަނޑު ގައި އަށްސާފައިވާ ވޫލް ކޮޅު ނައްޓާލިއެވެ. އެވަގުތު އެފަން އިސްތަށިގަނޑު ވިހުރިގެން ދިޔައެވެ. އަޔާން ޒޯޔާގެ އެފަން އިސްތަށިގަނޑުގައި އަތްކާތާލަމުން މޫނު ގާތްކޮށްލިއެވެ. ޒޯޔާގެ އިސްތަށިގަނޑުގައި ދުވާ މީރުވަހުން އަޔާންއަށް ނޭފަތް އެތެރެއަށް ދަމައިލެވުނެވެ. އަޔާން އުޅޭގޮތުން ޒޯޔާ ލަދުގަތެވެ. އަޔާން ޒޯޔާގެ ރީތި މޫނަށް ބަލައިލިއެވެ. ޒޯޔާގެ ދެކޮލަށް ވަނީ ލޭކުލަ އަރާފައެވެ. އަޔާން އަށް އިތުރަށް ކެއްކުރަން ދަތިވިއެވެ. އަޔާންގެ މޫނު ޒޯޔާގެ މޫނާއި ގާތްކޮލިއެވެ. ” ދިސް އިޒް ބިކޯސް އޮފް ޔުއަރ ކިޔުޓް ނެސް … ” އަޔާން މިހެން ބުނެ ޒޯޔާގެ ފިޔާތޮށި ކުލައިގެ ތުނި އޮމާން ތުންފަތުގައި މަޑުމަޑުން ބޮސްދިނެވެ.
– ނުނިމޭ –
44 Comments!
Comments are closed.
Vaahaka than kolheh lahun up kodhe vuni thi hurihaa kiyun therin ge faraathun alhu gadu maafah edhen … Ekam aku alhu gadah veevarakun varah avahah konme part eh ves publish kohdhevey tho balaanah… Adhi bune lan bey nuh vani dhen mi vaahaka publish kohdhevey ni hafthaage aadhihtha angaara buraasfathi mi thin dhuvahu…. Eka maku vaguthu vihyaa eyge ithurun honihiru dhuvahu ves up kohdhe vey tho balaanah…. Alhu gadu ge kiyevun feshey thi ekam aa than kolheh busy koh mi ulheny… So readers understand vaane kamah heekuran… Love u all readers…. Mi part ves kamudhaa ne kamah heekuran…. Nd yeah
.. Comment plxxxx ❤❤❤❤
Varah reethi???? when is the part?
Thanks Sha… Next part Sunday
Owwh Ethin Dhivehi dhw.. ??
Yeah only that days ??
Vaahaka varah salhi????
Thanks winx ❤❤
Masha allah.. Varah reethi mi part ves .. I just loved it ash ❤️❤️❤️??❤️ when next part dear
Thanks kitty ❤❤ next part will be on Sunday ??
Mi part varah salhi engey Ashly.. ? dhn all I wanna say is that gud job.. u have improved a lot.. vrhak feshun iru huri massala thah mihaaru rangalhu vejje.. so keep going girl Insha Allah u’ll reach heights ??
Thanks zoyaan for ur beautiful comment ❤❤
Vrh reethi mi prt vx
Maasha allah???
Thanks maa ???
As usual vaahaka vrh reethi….gud luck 4 ur studies…
Thanks cheryyy blossom ??
Varah varah rythi mi prt vx ????❤..vrh bodah improve kohlaafa hurikan faahaga kurevey..Ashly kihineh tha jiji ge pending ga hunna comment kiyany ??????..alhe buneba?..
Ei my stories ah gos konme part ehga ihna view ah dhiyaama fehnani pending comments…… Thanks for ur comment ????
Ashly .. maasha allah maaa vrh kiyaa hihvaa reethi story eh mee .. ??
Alhey…. Vv reethi dhen Anna part vv foari gadha vaanetha… Love triangle ?❤️
Thank u lai … Ehen hen heevany dhow… Let’s see what happens ❤❤
vrh vrh vrh reethi mi vaahaka and i’m sure that you will be a very brilliant writer someday insha allah
mi vaahaka ves hama habeyyyss
Thanks sham … Yeah someday ???
Aslu fayaaz and reena vv gulhey ashly i have to ask you…..what is your real name?
So ayaan kiss zoyaa
Ishu thanks for ur comment … My name is asee
Ashh….alhe miadhu thankolheh avahah up kohdheheyy
Dheveynetha*
Sorry guys…. lahun vaahaka up kohdhe vey thi…. Mi dhuvas kolhu hama busy kamun nuvani…. Free v haaves avahakah up kohdhey nah ?☺
Its ok love.. We will wait patiently.. Ok???
Yah…itx ok….hope u will upload it soooon ashhh…
Vaahaka varah salhi i love this story?????
Ash………vrhaka mireyyy upload kohdheynantha????
Curiously waiting 4 it……
Ash…so late…i can’t wait vara salhi mi story❤❤❤mi vara kiyaa hi vaa vahaka ey..haadha salhi ey ash??…thi hama perfect story writer ey
Why r u uploading the story too late?
Ash miadhu vaahaka up khdhevidhaanetha..??
Ashhhh….adhivex bxytha????vrhaka thankolheh avahah upload kohdhehcheyy
Alhe vhka dhn up eh nukuraanan thr,, Curiously waiting 4 the next part..vrh kiyaahih vefa mihuryy..but bxyy viyya ok up nukuriyas ehaa avahah..avas aruvaalaigen liyunyma vhka hadi vedhaane..so when next part ashlyy????
Sorry for not updating for long ….. But I am sure that I want stop this story …. I will probably continue when I get a relief from school ….. One again sorry for all readers …. Plxxxxx don’t get upset …. ?????❤❤❤❤????
Its ok
Haadha lahea up vaaleh
Ash alhe up eh nuveyy?????
Mi week ga up eh nukureveyne tha ash miaky midterm break eynun..Vrh bodah kiyaa hih vefa mi huryy..Dhn vhka nugennanyya vex bunelabala dhww ash..Thihen up nukoh hurefa dhn vhka nuliye hunnaanyy dhn e hisaabun nimunyy e..konmexx varakah school in vex releief gadi thakeh libeyne kan hama yageen..Up kohbala plxx plxx plxx plxx..I really like this story..plx plx plx plx plx plx plx Ash
alhe next part whenn? been too long
Koniakun tha next part ash..been too long..up kohbala mi vhka vrh kiyaahihveyy..but you r talking too much break..plx upload it soon dear
girl … ash mihaaru ihnaani 8 vana part fonuvaafa esfiya ah … thank u for ur support and waiting for my story